“އަލް ވިސްނަބަލަ ކީއްވެތަ އަލް އެކަމާ ދެކޮޅު ހަދަން ތިއުޅެނީ؟ މިހާރު މަށަށް އެނގިއްޖެ އަލް އެއް އިރެއްގަ ވެސް ވިނާން ދެކެ ލޯތްބެއް ނުވާކަން! އެހުރިހާ ކަމަކީވެސް އަލް ކުޅުނު ގޭމެއް ކަން… ބުނެބަލަ މިއީ ދޮގެއްތަ؟” ލީޒާ ހިތްހަމަ ނުޖެހި ހުރެ އަލްޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. ބަދަލުގަ އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ އޭނަގެ ގޮތުގައެވެ. “ބުނެބަލަ.. މަމިބުނީ ދޮގެއްތަ؟ ކީއްކުރަން ވިނާންގެ ހިތް ހަލާކު ކުރަން ރައްޓެހިވީ؟ ބުނެބަލަ.. އަލްއާއޭ […]
ހެނދުނު އިރު އެރީއްސުރެ އަލްޔާ ހީވަނީ ދެފަޔަށް ހިިނި އަރައިގެން އުޅޭހެން ހެންނެވެ. އެހެން ނުބުނެ ހުރެވޭ ވަރެއްވެސްނޫން ވިއްޔާއެވެ. މިއަދަކީ އޭނަގެ އެކުވެރި ޒިއާދާމެން އެއްކޮށް ދޫކޮއްލާ ދުވަސް ވިއްޔާއެވެ. އިބުރާހީމް ބުނީ މިއަދު މެންދުރު އެއްކޮށް ދޫކޮއްލާނެ ކަމަށެވެ. އިދުރީސްއަށް ވަނީ އޭނަ ކުރި ކުށުގެ އަދަބެއްގެ ގޮތުން ވިހި އަހަރަށް ޖަލަށް ލުމަަަށް ހުކުމް ކޮއްފައެވެ. އަދި އޭނަޔަށް އެހީތެރިވެ ދިނުމަށް އެތާ އުޅުނު އެއްމެންނަށް ވެސް އެކުވެރިކޮށް އަދަބު ދީފިއެވެ. އަފީފާ […]
“އަލް ކޯއްޗެއް ތިބަލަނީ؟” އަލްޔާ އެއްދިމާލަކަށް ބަލަން އިނުމުން ކަރަމް އަހައިލިއެވެ. އޭރު އަލްޔާ އިނީ ދާހިއްލާ ފޯވެފައެވެ. “އުހު… ނޫން! ތަނަކަށް ނުބަލަން، ކިހިނެއްވީ؟” ސިއްސައިގެން ގޮސް ހާސްވެފަ އަލްޔާ ބުނެލިއެވެ. އަލްޔާ ސިއްސައިގެން ގޮސް އެހެން ބުނުމުން ކަރަމް އިތުރަށް ހާސްވެ ދެވަނަ ފަހަރަށް ވެސް އެ ސުވާލް ތަކުރާރު ކޮއްލިއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ވެސް ތަނެއް ނުބަލާކަމަށް އަލްޔާ ބުނެލިއެވެ. “ކަރަމް ހިނގާ ދެން ދާން… ވަރަށް ލަސް ވެއްޖެ […]
އަލްޔާއަށް ވަޒީފާއެއް ހަމަޖެހިގެން ވަޒީފާޔަށް ނިކުންނަތާ މިހާރު ހަފުތާއެއް ވީއެވެ. އެހެން ކަމުން މިހާރު ކޮންމެވެސް ވަރަކަށް މަސައްކަަތަށް ހޭނި މަޑު މަޑުން އަންނަނީ ވަޒީފާގެ ކުރި އެރުން އަންނަމުންނެވެ. އަލްޔާގެ އަތުގަ ފޯނެއް ނެތުމުން ލީޒާ ވަނީ އޭނަޔަށް ފޯނެއް ވެސް ދީފައެވެ. ލީޒާ ބުނާ ގޮތުން ވިއްޔާ ވަޒީފާޔަށް ދާއިރު ފޯނަކީ ވަރަށް މުހިންމް އެއްޗެކެވެ. ކޮންމެ ފަދަ ވަގުތެއްގަ ވެސް ހަސަދަވެރިންގެ މުސީބާތެއް ޖެހުމަކީ ދުރު ނޫން ކަމެއް ވިއްޔާއެވެ. އަނެއް ކޮޅުން […]
ޝަރީފުމެން ގެއަށް އަލްޔާ ބަދަލުވީތާ ހަފުތާއެއް ވީއިރު ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރަށް ލީޒާގެ ފޯނަށް ގުޅާ ނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެގޮތުގެ މަތިން މިއަދު ވެސް އުންމީދެއް ނެތް ގޮތަށް ލީޒާގެ ފޯނަށް ގުޅާލާއިވެ. ނަސީބު ރަނގަޅު ކަމުން ފޯނު ރިންގު ވެއެވެ. ދެތިން ފަހަރު ގުޅާލި އިރު ވެސް ލީޒާ ފޯނު ނުނަގާތީ މާޔޫސް ކަމާއެކު ފޯނު ކަނޑައިލައިފަ އަލްޔާ އިށީނީ ސޯފާގައެވެ. “އަލްޔާ ހާދަ ވަރަކަށް ތި ގުޅަނީ… […]
“ކޮއްކޮ ކީއްކުރަނީ މިތާ؟ ސުބުހާނަﷲ ކިހިނެއްވެފަ ތިހިރީ؟ ތިއީ ކޮންލޭއްތަ؟” އެމީހާ އަހައިލިއެވެ. “ބޭބޭ އަހަރެން އެކުސިޑެންޓުވީ! ވަރަށް ތަދުވޭ އެބަ…” އަލްޔާ ގައިގެ އެކި ތަންތަނުގަ އަތް ހާކަމުން ބުނެލިއެވެ. “އެހެންތަ؟ ހާދަ ބޮޑު ވަރުފައޭ ތިހިރީ! ހިނގާ ހޮސްޕިޓަލަށް ދާން…” އެމީހާ ބުނެލިއެވެ. “ނޫން ބޭބޭ! އެންމެ ފުރަތަމަ އަޅުގަނޑަށް ފޯނެއް ކޮއްދީފާނަންތޯ؟” އަލްޔާ ބުނެލިއެވެ. “ބޭބެ ފޯނެއް ކޮއްދީފާނަން އެކަމަކު ތިހާ ބޮޑު ވަރު ވެފަ ހުއްޓާ ހޮސްޕިޓަލަށް ނުގޮސް ކަމަކު ނުދާނެ… […]
ގަޑިން އަށެއް ޖެހުމާއެކު މުހައްމަދު ހުރީ އަލްޔާ ބަލާ އައިސްއެވެ. އިދުރީސް އަންގާފަ އޮތީ އަށެއް ޖަހާއިރު އަލްޔާ ގެނެސް އޭނަގެ ކޮޓަރިއަށް ލުމަށެވެ. އެހެން ކަމުން އެ ގަޑިއަށް މުހައްމަދު އަތުވިއެވެ. އޭނަ އައި އިރު ވެސް އަލްޔާ ނުގެންދެވޭނެ ކަން އޭނަޔަށް އިނގެއެވެ. އެހެން ނަމަވެސް އޭނަގެ ވާޖިބު އަދާ ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ވިއްޔާއެވެ. “އިދުރީސް ބުނެގެން މިއައީ…” އެތެރެއަށް ވަނދެ ބުނެލިއެވެ. “ހެހެ… ބަރާބަރު! މުހައްމަދުބެގެ މަސައްކަތް ވަރަށް ފުރިހަމަ، […]
ހެނދުނު ދިހައެއް ޖެހިއިރު ވެސް ސައުދުގެ ދެމަފިރިން ހޭނުލައެވެ. އެހެންނަމަވެސް ވިނާން ރޭއްސުރެވެސް ވަނީ ނިދި އޭނަޔާ މާދުރަށް ގޮސްފައެވެ. ނިންޖަކީ އޭނަޔަށްޓަކައި ހަރާން އެއްޗެއް ފަދައެވެ. ވަޒުނާ ބޮލުގަ ރިއްސާތީ ބަލިކަމަށް ބުނެ މިއަދު ޗުއްޓީ ނެގިއެވެ. ހަގީގަތުގައި ވެސް ރޭގަ ހިނގި ކަންތަކާ ހުރެ ހަމަ ނިދި ލިބުނެއް ކަމަކު ވަޒުނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ކޮޓަރީގަ އޮތުމަށް ފަހު ސައިތަށްޓެއް ބޯލާނަމޭ ހިތާ ވަޒުނާ ނިކުތީ ބޭރަށެވެ. އޭރު ޖަޔާ […]
“ޒިއާ ވާހަކައެއް އަހަންތަ؟!” ޒިއާދާޔާ އަލްޔާއާ ދެމީހުން ވާހަކަ ދައްކަން ތިބެފަ އަލްޔާ އަހައިލިއެވެ. “ހޫމް… އަހާބަލަ” ޒިއާދާ ބުނެލިއެވެ. “މިހާރު ވީކެއްވީނުން އިދުރީސަށް އިނގޭންނުން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން އެހެން ވީމަ ދެން އެހެން ވެފައޭ ވެސް ނުބުނެވޭންނުން؟… އަލް ބޭނުމެއް ނޫން ކޮންމެ ގޮތެއް ވިޔަސް އަލްގެ އިއްފަތް ގެއްލިގެން ދާކަށް އަދި އަމުދުން ބޮޑު ފާފާޔަކަށް އަރާގަންނާކަށް!” އަލްޔާ ދެރަވެފައި ބުނެލިއެވެ. “އާ… ތީވެސް ރަނގަޅު ވާހަކައެން އަނެއްކާ އޭނައަކީ […]