ޖަޔާ ނިކުމެގެން ދިޔަ ތަން ބަލައިގެން ވިނާންއަށް ހުރެވުނީ ފެންކަޅި ވެފައެވެ. އޭރު ވިނާންގެ ސިކުނޑީގައި ވަނީ ވަރު ގަދަ ހައިޖާން ގަނޑެއް އެބުރި އެބުރިއެވެ. އެވަގުތު ދެން ކުރަންވީ ކޮން ކަމެއްކަމެއް އެ ސިކުނޑިއަކަށް ނަގައި ނުގަނެވުނެވެ. “މަންމަގެ ހުންނަ ރަހުމެއް ނެތް ވަރު ވިސްނާ، އެއްވެސް ކުށެއް ނެތް ކުއްޖަކަށް އެހަދާލި ގޮތް! އަހަރެން ހިތަށް އަރާ އެއީ ހަމަ އަހަރެންގެ މަންމާބާއޭ؟ ކޮންފަދަ ނުލަފާ މަންމައެއްތަ! ޖަޔާ ދޮގެއް ނަހަދާނެކަން ހަމަ ޔަގީން، […]
“އެހެންތަ؟! މަންމަ ހީކުރީ ފަހުން ދާންވެގެން އައީ ކަމަށް…” ސޯފާއިން ތެދުވަމުން އަފީފާ އަހައިލިއެވެ. “ތި ވާހަކަ ބަހައްޓާ…! އަލްގެ ހަބަރެއް ވެއްޖެތަ؟” ސީދާ އަފީފާގެ މޫނަށް ބަލަމުން ވިނާން އަހައިލިއެވެ. “ނުވޭ ދަރިފުޅާ… މަންމަ މިހިރީ ތިކަމަކާ ހުރެ ކުރާނެ ކަމެއް ނޭނގިފަ ދަރިފުޅާ ދެން ކިހިނެއް ހަދާނީ؟” އަފީފާ ދެރަވެފައި އަހައިލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. “ނޭގެ މަންމާ… ކީކޭ ދެން ބުނާނީވެސް އިރާދަ ކުރެއްވިއްޔާ އަދި އަލް އަންނާނެ، އަޅުގަނޑުގެ […]
“ހަލޯ ވަޒޫ ކޮން އިރަކުތަ ގެއަށް އަންނަނީ؟ މަންމަ މިހާރު ހެދިކާ ވެސް އޯޑަރު ކޮއްގެން ގެނެސްފިން…” ވަޒުނާ ފޯނު ނެގުމާއެކު އަފީފާ ބުނެލިއެވެ. “އެހެންތަ މަންމާ؟ އަޅުގަނޑު މަގުމަތީގައޭ މިހިރީ، ކޭކު ނަގައިފިން ދެން ވާނީ ފަސް ވަރަކަށް މިނިޓް…” ވަޒުނާ އެހެން ބުނުމާއެކު އެންމެ ރަނގަޅޭ ކިޔާ އަފީފާ ފޯނު ބޭއްވިއެވެ. އޭރުވެސް އަފީފާ ހުރީ ހިންޏާގެން ފަޅައިގެން ދާން ކައިރި ވެފައެވެ. “އަހަ..! ސައުދު ވެސް އައީދޯ… ހާދަ ބޮޑު ޕާރުސަލްއެއް!” ސައުދު […]
ޝަރާ އާ ވާހަކަ ދެއްކުމަށް ފަހު އަލްޔާ ފޯނު ބޭއްވުމަށް ފަހު ރޭގެ ޕާރުސަލްތައް މަތިން ހަނދާންވެގެން އަވަހަށް ގޮސް ޕާރުސަލްތައް ނަގައިގެން ހުރިހާ އެއްޗެއް އެނދު މައްޗަށް ލައިގެން ދެފައި ވަތް ކޮއްލައިގެން ހުރެ ޕާރުސަލްތައް ނުއޮޅަން ފެށިއެވެ. ހުރިހާ ޕާރުސަލްއެއް ކަނޑައިގެން ބެލިއިރު ހުރީ މުޅިން ވެސް އަގު ބޮޑެތި ސެންޓުފުޅިތަކާ، ރީތިވާ ސާމާނާ އަދި އަލްޔާ ބޭނުންވާ ކަހަލަ ރީތި ހަދިޔާތަކެވެ. ހުރިހާ ކަރުދާސް ތަކާ އެއްޗެހި ނަގައި ޑަސްބިމަށް ލުމަށް ފަހު […]
އަލްޔާ އައުމުން ވަރަށް ބަނޑުހައި ވެއްޖެކަމަށް ބުނެ ހިނގާގަތީ ބަދިގެއާ ދިމާށެވެ. ސައުދުއާ އަފީފާއާ ދެމީހުން ވެސް ވިނާންގެ ފަހަތުން ވަނީ ބަދިގެއަށެވެ. އަލްޔާ ވެސް ރަކި ކޮއްޓަމުން އެމީހުންގެ ފަހަތުން އައިސް ސައިބޯން ފެށިއެވެ. ދަތުރުގެ ވާހަކަޔާ މީޓިންއަށް ފަހު އެމީހުންގެ ކުންފުންޏަށް ލިބޭނެ ކުރި އެރުމާ އެކަހަލަ އެތައް ވާހަކަ ދެއްކުމަށް ފަހު ގަޑި ޖެހެނީ ކަމަށް ބުނެ އެއްމެންނާ ސަލާން ކުރުމަށް ފަހު ވިނާން ތެދުވެގެން ހިނގައްޖެއެވެ. ވިނާން ނިކުމެގެން ދިއުމުން އަފީފާއަށް […]
ގަނޑިން އެގާރަ ޖެހިއިރު އަލްޔާ ހުރީ ފެންވަރައިގެން ލޯގަނޑު ކުރިމަތީ ތިއްތި ވާންށެވެ. އޭރު އަލްޔާ ހުރީ މިރޭގެ ޕާރޓީއަށް ދާން ލާންވެގެން ވަޒުނާ ގަނެދިން ހެދުން ވެސް ލައިގެނެވެ. އެހެދުމުގައި ހުރި އިރު މޭކަޕެއްކޮށް ނުލާ ހުރި އިރުވެސް ހީވަނީ ރީތި ޕަރީއެއް ހެންނެވެ. ލޯގަނޑު ކުރިމަތީ ހުރެ އަލްޔާ އަމިއްލަޔަށް ވެސް އޭނާގެ ސިފަ ބަލައިފަ އައްމިލަ ނަފުސާ ބުނަމުން ދިޔައީ މިރޭ އޭނަ ހާދަ ރީއްޗެވެ. ވާނީވެސް އެހެންތާއެވެ. ހަޔާތުގައި ވެސް އެކަހަލަ […]
“ހަލޯވް ވަހީދާ!” ވަހީދާ ފޯނުނެގުމުން އަފީފާ ހަލޯއޭ ބުނެލިއެވެ. “މިހާރު ކީއްކުރަން ތިގުޅީ؟!” އަފީފާ ގުޅީތީ ވަހީދާ އިނީ ހިތްހަމަ ނުޖެހިއެވެ. “އަހަރެން މިގުޅީ ރޭގަ ވީކަންތަކަށް މާފަށް އެދެންވެގެން އަހަރެން އުއްމީދު ކުރަން ވަހީދާ މާފު ކޮއްދޭނެކަމަށް، އަހަރެން މިހިރީ ރޭގަ ވީ ކަންތަކާ ވަރަށް ދެރަވެފައި އަހަރެން ހިތަށް ވެސް ނާރާ ވިނާންއަށް އެފަދަ ނިންމުމެއް ނިންމަން ކެރިދާނެ ކަމަކައްވެސް!!” އަފީފާ އިންތިހާޔަށް ދެރަވެފަ ވަހީދާއާ ްވާހަކަ ދައްކަމުން ދިޔައެވެ. “އެކަން އެއޮތީ ނިމިފަ […]
“ހެލޯ ވިނާ ހައު އާރޔޫ؟ ހާދަ ފަލައޭދޯ މިހާރު؟” ވިނާން އައިސް އިށީނުމުން ތުއިވެފައި އުޝާ އަހައިލިއެވެ. އުޝާ ހީވަނީ ރީތިވެގެން ހުރި އިރު އެހެންފަދަ ކަމެއް ހެންނެވެ. އެގޭގަ އިތުރު މޭކަޕު ސާމާން ކޮޅެއް ދެން އޮވެދާނެހެނެއް ވެސް ހީނުވެއެވެ. އޭނަ ހުރީ އެވަރު އަރުވާލައިފައެވެ. އެކަން ފެނި ވިނާން ހުރީ ފޫހިކަން ދެގުނަ އިތުރު ވެފައެވެ. އުޝާ ދެވަނަ ފަހަރަށް ގޮވައިލުމުންވެސް ވިނާން ހުރީ އަނގައިން ވެސް ނުބުނެ އިސްޖަހައިގެންނެވެ. އެމަންޒަރު ފެނި އުޝާގެ […]
ީ މިހާއަށް ހީވަނީއޭ އެމަންމަ އެކީ އެހެރީ ވާ އަންހެނެއްއިގޭ، ޕިސް ޕިސް އަޅެ މަންމަޔައް ހަމަ އެ ބަޑި ގަނޑު ނޫން އެހެން އެއްޗައް ނުލިބުނީތަ؟ ހުވާ މިބުނީ ހާދަ ނައްޓައޭ ” ރުޅިއާ އެއްވަރަށް ހާސް ވެގެން ވިނާްން ވާހަކަ ދައްކަމުން ދިޔައެވެ. ” މަހިތައް އަރާ އެއްބައިފަހަރު ނައްޓާ ވަރުން މަންމަމެންނާ ވެސް މިފާޑައް ވާހަކަ ދެއްކިދާނެޔޭ އެކަމާ ބިރު ވެސް ގަނޭ ހުވާ މިބުނީ ” އަނެއްކާވެސް ވިނާން ބުނެލިއެވެ. ވިނާން […]