އޭގެ ފަހުން އެދެމީހުން ތިބެނީ އަބްޔާންއަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށެވެ. އެހެން ކަމުން ކަންތައްތައް ބަލަހައްޓަން އަބްޔާންއަށް ވެސް ފަސޭހަވެގެން ދިޔަ އެވެ. ޒައިދާން އާއި އެކު ވަގުތުތައް ހޭދަކުރަމުން އަބްޔާން ދިޔަ އެވެ. ދެމީހުން ރާވައިގެން ގުރޫޕު އެއްކޮން މަހަށް ދިއުމާއި ދަތުރުގޮސް މަޖާނެގުމުގައި އުޅެމުން ގޮސް ޒައިދާން ފުރާދުވަސް ގާތް ވެއްޖެ އެވެ. ޒައީމާ މެންގޭގައި ހަދިޔާއަށް ތަފާތު ވައްތަރުގެ ދިވެހި ލުއިކާނާގެ ބާވަތްތައް ހެދުން ކުރިއަށް ދިޔައިރު އަބްޔާން […]
ދުވަހަކު ރުޅި ނާންނަ ވަރަށް ހިދާޔާ ދެކެ އަބްޔާން ހުރީ ހުޅި އައިސްފަ އެވެ. އެތައް އެއްޗެއް ކިޔާލަން ހިތަށް އަރަމުން ދިޔަ އެވެ. ނަމަވެސް އޭނަ މަންމައާއި ދިމާއަށް އަޑުލައި ބާރަށް ވާހަކަދެއްކުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ދުވަހަކު ވެސް އެގޮތަށް ރުޅިއައިސްގެން ބާރަށް މަންމައަށް ގޮވާލާފައި ވެސް އޭނާ ނެތެވެ. ނަމަވެސް މިއަދު އައި ރުޅިން މަންމައާއި ދިމާއަށް މާބާރަށް ގޮވާވެސް ލެވިއްޖެ އެވެ. “މަންމާ، ކީއްވެ؟ ކީއްވެ ތިހެން ތި ހެދީ.” […]
އަޅުގަނޑު ލިޔަމުން ދިޔަ ވާހަކަ “ޤުރުބާން ވުމީ މިހިތުގެ އުފާ” މެދު ކެނޑުނު ކަމަށް ޓަކައި އެންމެހައި ކިއުން ތެރިންގެ ފަރާތުން މާފަށް އެދެމެވެ. އަޅުގަނޑުގެ ހަޔާތުގައި ދިމާވި ބައެއް ކަންތައްތަކާއި ގުޅިގެން ވޭތުވެދިޔަ ދުވަސްކޮޅު ދިޔައީ އެއް ގޮތަކަށް ވެސް ‘ލެޕްޓޮޕް’ ގައި އަތް ވެސް ނުލެވި އެވެ. އިރާދަ ކުރެއްވިއްޔާ މިއަދުގެ ފަހުން އަނެއްކާވެސް މިވާހަކަ ކުރިއަށް ދާނެ ކަމުގައި އެންމެ ހައި ކިއުން ތެރިންނަށް އަންގާލަމެވެ. ހުރިހާ ބޭފުޅުން ވެސް ތި ދެއްވާ […]
“ދެމީހުން ދޭތެރޭ ކަމެއް އެބަ ހިނގާ…” އާޒަތު މާނަވީ ގޮތަކަށް ދެމީހުނަށް ބަލައިލަމުން ހިނިތުން ވެލާފައި އެތަނުން ދިޔަ އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލި އެވެ. ޖަންނަތު އަނބުރާ ބަދިގެއަށް ވަނުމުން ޒައިދާން ވެސް ޓީޝާރޓާއި ދިމާއަށް ބަލައިލާފައި އެނބުރި ކޮޓަރިއާއި ދިމާއަށް ދިޔަ އެވެ. އެދުވަހު ހަވީރު ޒައިދާންއާއި އާޒަތު ބޭރަށް ދިޔައީ ގެއަށް ބޭނުންވާ ބައެއް ތަކެތި ގަންނާށެވެ. އާޔަތު ޔަޒަން ގޮވައިގެން ނުކުތީ އެގޭ ކުރިމަތީ އޮތް ކުޑަކުދިން ކުޅޭ ކުޑަ […]
މިހާރު ޒައިދާންއަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ޒުވާން އެންމެ ތަނަވަސް މީހާއަށް ވެއްޖެ އެވެ. އެކަމާ އެންމެ ބޮޑަށް ހަސަދަ ވެރިވެފައި ހުންނަނީ ހިދާޔާ އެވެ. އެއީ ޒައިދާން ކުރިއަރައިގެނެއް ނޫނެވެ. ޒައިދާން ކުރި އެރުމުން ހުރިހާ ފައިދާއެއް ޖަންނަތުއަށް ކުރާނެތީ އެވެ. ޖަންނަތު އުފަލުގައި އުޅޭތަން ދެކެން ހިދާޔާގެ ހިތަށް ކުޅަދާނައެއް ނުވެ އެވެ. އުޑުމަތި ބަނަކޮށްލާފައި އޮތް ދުވަހެކެވެ. އެދުވަހު ޒައިދާން މާލެ ދިޔައީ ވިޔަފާރީގެ ބައެއް ކަންތައްތައް ނިންމާށެވެ. […]
“ހެލޯ އަބީ!” ނޫރު ހުރީ ނިކަން އަވަސް ކޮށްލާފަ އެވެ. އެވާހަކަ ބުނާ ހިތުން ކެތް މަދު ވެފަ އެވެ. “ހެލޯ، ކީކޭ ނޫރު؟” “ވަރަށް އެހެން ކަހަލަ ހަބަރެއް ލިބިއްޖެ.” “ކޮން ހަބަރެއް؟” “ކޮން އިރަކުން އަންނަނީ؟” “މާދަމާ ހެދުނުވެސް ދެވިދާނެ… ބުނެބަލަ.” “އައިމަ ބުނެވޭނީ…” “ހާދަ ވަރުގަދަ ވާހަކައެކޭ ދޯ… އޯކޭ ތިހެން ވިއްޔާ މިރޭ މިދަނީ.” “އާން، އަހަރެން ލީކްސްގަ އިންނާނަން.” އެހެން ބުނެފައި ނޫރު ފޯނު ކަނޑާލި އެވެ. އަދި އެތެރެއަށް […]
ޒައިދާން އިނީ ޔަޒަންއާއި އެކު ޔަޒަންގެ ފޮތްތައް ބަލާށެވެ. ނަސީރު އައިސް އިންވާހަކަ ބުނުމުން ޒައިދާން ތެދުވެ ޖަންނަތުއަށް ބަލައިލަމުން ކީއްކުރަންތޯ އިޝާރާތުން އަހާލި އެވެ. ޖަންނަތު ކޮންޑު އަރުވާލީ ނޭގެޔޭ ބުނާ ފަދަައަކުންނެވެ. ދެމީހުން ވެސް ތިބީ ނަސީރު ދައްކާނެ ވާހަކައެއް ނޭގޭތީ ނިކަން ޖެހިލުންވެ ހިތް އަވަސް ވެފަ އެވެ. “ނަސީރުބޭ،” ޒައިދާން ސިޑިން ފައިބައިފައި ނަސީރުއަށް ގޮވާލި އެވެ. “އައްސަލާމް އަލައިކުމް.” ނަސީރު ކައިރިއަށް އައިސް ޒައިދާން ސަލާން ކޮށްލި އެވެ. “ނަސީރުބޭ […]
“ނޫރު، އާދޭ ސައިފޮދެއް ބޯލަން.” ޒައީމާއަށް ނޫރު ފެނުމުން ގޮވާލި އެވެ. ނޫރު ވެސް ނިކަން ހެވިފައި ވަނީ ކުޑަކޮން ވެސް އެއީ ޖަންނަތުއާއި ޒައިދާންގެ ކައިވެނީގެ ސައިކަން އިނގިގެނެއް ނޫނެވެ. “ހޭ ގައިސް، މީ ކޮންކަމެއް؟” ނޫރުގެ ފަހަތުން ވަން ކުއްޖާ އެހެން ގޮވާލުމުން އެންމެނަށް އެދިމާލަށް ބަލައިލެވުނެވެ. އޭ ޒިޔާދާ!” ސާރާއަށް ޒިޔާދާ ފެނުމުން ދުވެފައި އައިސް ޒިޔާދާ ގައިގައި ބައްދައި ގަތެވެ. “ސަރޕްރައިސް!” ޒިޔާދާ ހެމުން ބުނެލި އެވެ. “އެކަމު މީ ކޮން […]
“ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ “ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ ވަރަށް ލައިކްވޭ. އަހަރެން މިހިރީ ޖަންނައާ މެރީ ކުރަން ތައްޔާރަށް.” މާޒިދު އެހެން ބުނުމުން ޖަންނަތުއަށް މާޒިދުއާއި ދިމާލަށް ހައިރާންވެފައި […]