Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބު 5 (ފަސްވަނަބައި) _ފަހުބައި

Annna Level 510 Stories100 Comments100 Login
March 9, 2020 8 Mins Read
7 Comments

މިމުބާރާތުން ވާނީ ކިހިނެތް ބާވައެވެ.

***

ސްލައިޑްތައް އަޅުވާފައި ހުރިއިރު ފެންނަން އިނީ ވިހި ސުވާލެވެ. އޭގެ ތެރެއިން ފަހު ހަތަރު ސުވާލު އިނީ ބޯނަސްގެ ބައިގަ އެވެ. ސުވާލުކުރާ ޓީޗަރު މުބާރާތް ކުރިއަށް ދާނެ ގޮތް ކިޔައިދިނެވެ. “ތިކުންދިންގެ ކުރިމަތިން ތި ފެންނަ ސޯޅަ ސުވާލަކީ މިމުބާރާތުގެ އަސްލު މާކްސް.. ބާކީ އިން ހަތަރު ސުވާލާ ލައިގެން މާކްސްތައް އެއްކޮށްލައިގެން ވަނަވަނަ އަށްދާ ގުރޫޕެއް ހޮވާނީ..

މުބާރާތުގައި ކުރިއަށް ދާނީ ދެރައުންޑެއް.. ފުރަތަމަ ރައުންޑްގައި އެގުރޫޕަކަށް ޖެހުމުން ގުރޫޕުން ކަނޑައަޅާ ކުއްޖަކު ތެދުވާނީ.. އެއަށްފަހު ސުވާލުވެސް ކުރާނީ.. މިއަށް ލިބެނީ 5 މާކްސް.. އެކުއްޖަކަށް ޖަވާބު ނުދެވިއްޖެ ޙާލަތެއްގައި ގުރޫޕުން އެހެން ކުއްޖަކަށް ފުރުސަތު އެރުވޭނެ.. ޖަވާބު ދެވިއްޖެނަމަ މާކްސް އުނިކުރުމާއެކު ލިބޭނީ 2 މާކްސް.. މިރައުންޑްގެ އެންމެ މުހިންމު ވާހަކަ.. ކޮއްޅައް ތެދުވުމަށްފަހު އެހެން ކުދިންނަށް ސުވާލުގެ ޖަވާބު ނުއެއް ދެވޭނެ.. ސުވާލު ކުރުމަށް ފަހު ޖަވާބު ނުދީ 30 ސިކުންތު ވެއްޖެނަމަ ބަލާނީ ނޭނގޭ ކަމަށް.. ގުރޫޕަށް ފުރުސަތު ލިބުމަށްފަހު ޖަވާބު 1 މިނިޓުތެރޭ ނުދެވިއްޖެނަމަ އެސުވާލުގެ ޖަވާބު އަޑުއިއްވާލެވޭނެ..

ދެވަނަ ރައުންޑްގައި ފުރަތަމަ އިއްވާނީ ސުވާލު.. އެއަށްފަހު ގުރޫޕުން ޖަވާބު މަޝްވަރާ ކުރުމަށްފަހު ކުރިން ޖަވާބު ނުދޭ ކޮންމެވެސް އެހެން ކުއްޖަކު ތެދުވާނީ.. އަދި އެއަށްފަހު ޖަވާބު ދޭނީ.. މީގެން ކޮންމެ ސުވާލަކަށް 7 މާކްސް.. ނޭނގިއްޖެ ޙާލަތެއްގައި އެސުވާލެއްގެ ޖަވާބު އިއްވޭނެ..

ބޯނަސް ރައުންޑްލައިގެން ޖުމުލަ 3 ރައުންޑް.. ބޯނަސް ކޮންމެ ސުވާލަކަށް 10 މާކްސް.. ސުވާލުކުރުމުން ޖަވާބު މަޝްވަރާ ކޮށްފައި އަތްްމައްޗައްނަގާނީ ޖަވާބު އިނގެންޏާ.. އަތްމައްޗައް ނެގުމައްފަހު ޖަވާބު ދޭންޖެހޭނެ.. ނުދެވިއްޖެ ނަމަ، އެގުރޫޕަކުން 3 މާކްސް އުނިކުރެވޭނެ.. އަދި އެސުވާލު އެހެން ގުރޫޕަށް ލިބޭނެ.. ޖަވާބު ދެވިއްޖެ ނަމަ، 10 މާކްސް އުނި ކުރުމެއްނެތި ލިބޭނެ. ސަބަބަކީ އެއީ ބޯނަސް ރައުންޑްވީމައި.. އެއްވެސް ސުވާލެއް………… ނެތިއްޔާމުން.. ލެޓް ދަ ކޮމްޕެޓިޝަން ބިގިން..”

ފުރަތަމަ ރައުންޑް ނިމުނުއިރު ނާރާމެން އުޅެނީ އެންމެ ކުރީގައި އެވެ. ނަމަވެސް ދެވަނަ ރައުންޑް ނިމުނުއިރު އެއްމާކްސްގެ ތަފާތުން ނާރާމެން އުޅެނީ ދެވަނައިގަ އެވެ. ބޯނަސް ރައުންޑް ނިމުނުއިރުވެސް ނާރާމެން އުޅެނީ ހަމަ އެންމެ މާކްސް އެއްގެ ތަފާތުން ދެވަނައިގައެވެ. ރީނާމެންގެ ގުރޫޕު އަބަދުވެސް އުޅުނީ ތިންވަނަ ހަތަރު ވަނައިގައެވެ. އެއަށް ވުރެ ކުރިއަކަށް ނާރައެވެ.

މުބާރާތް ނިމުމުން އަންނަ ހުކުރު ދުވަހުގެރޭ ނަތީޖާ ފާޅުކުރުން އޮންނާނެކަން އިޢުލާން ކުރެވުނެވެ. އެއްބައިކުދިން އުފާވެރިކަމާ ހިތްހަމަޖެހުމުގައި ނިކުމެގެން ދިޔައިރު، އަނެއްބައި ކުދިން ނިކުމެގެން ދިޔައީ މާޔޫސީކަމާއި ހިތާމަވެރި މޫނުތަކައިގެންނެވެ. ހަސަދައިގެ ބެލުންތައްވެސް އެކިކުދިންކުދިންނަށް އަމާޒު ވަމުން ދިޔައެވެ.

ޖެހިގެން އަންނަ ދުވަހަކީ ސްކޫލު ދުވަހެއް ކަމުން ނާރާ ދިޔަގޮތަށްގޮސް ހޯމްވޯކްތައް ހަދާ ނިންމާލިއެވެ.

***

ރީނާ ސްކޫލަށް ގޮއްސައި އެމީހުން އެންމެ ފުރަތަމަ ޓެސްޓް ހަދާ ނިންމާލިކަމަށް ކިޔާ ފޮނި ކަނޑާފައި ދައްކަން ފެށިއެވެ. “ތިހެދިއެއްޗެއްގެ ނަތީޖާ ލިބުނީމައެއްނު އިނގޭނީ ފޮނިކަނޑަން..” ރައިހާ ފޫހި ގޮތަކަށް ބުމަ އަރުވާލައިފައި ބުނެލިއެވެ. “ހައި ރައިހާ.. އައިމް ރީނާ.. ކޭން ވީ ބީ ފްރެންޑްސް..” ރީނާ ރައިހާގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓަމުން ބުނެލިއެވެ. ކްރިއޭޓިވް އާޓްސް ގަޑިއަކީ ހުސްގަޑިއެކެވެ. ބޭނުންކަމެއް ކުރާނެ ހުއްދަ ޓީޗަރު ވަނީ ދީފައެވެ. ނަމަވެސް އަޑުމަޑު ކޮށެވެ. “ވެވިދާނެ.” ޝައުޤުވެރި ގޮތަކަށް ދަތްދޮޅީގައި އަތް އަޅުވާލައިފައި ރައިހާ ޖަވާބުދާރީ ވިއެވެ. “އެހެންވީއިރު ރައިހާ ޖޮއިން ކުރަންވީނު އަހަރެމެން ގްރޫޕައް؟؟؟” އެގޮތަށްހުރެ ރީނާ ރައިހާ އަށް ބުނެލީ ނާރާއަށް ނަޒަރެއް ދެމުންނެވެ. “އަހަރެން މިތަނުގައި ހުއްޓަސް ރީނާ އަށް އަހަރެންނާއި އެކުވެރިކަން ބޭއްވިދާނެއެއްނު؟؟ ނާރާ ކީކޭ ބުނަނީ..” ރައިހާ ނާރާއަށް ބުނެލީ ރީނާ އަށް ވާގޮތެއް ބަލާލާށެވެ.

“އަހަރެން މިކަމުގައި ނާޜާގެ ޚީޔާލެއް ބޭނުމެއް ނޫން… އަހަރެން ހަމަ އެންމެ މަޤްސަދެއްގައި ރައިހާ އާއި އެކުވެރިކަން ބާއްވަން މިއުޅެނީ.. މިނާރާ މީ އަހަންނަށް ހުރި ބޮޑު މުސީބާތެއް.. ނޭވާވެސް ނުލެވެޔޭ މީއްޗަކާ ހެދި.. ހުއް.. ވަރަށް ފޫހިވޭ.. އަދި އެހެން މީހުން ކުރިމަތީ މާ މައުސޫމް ކަމަށް ހެދިގެން އެބަ އުޅެއެއްނު.. ބަލަމަށަށް ކަލޭގެ އަނދިރި ފުށް ފެނިއްޖެއޭ!!! އަދި މަށާ ދިމާލަށް ދެލޯ ދިއްލައިގެން ބަލަން އެބަހުއްޓެއްނު!! ހުއް” ނާރާ އާއި މެދު އޮތް ރުޅިވެރިކަން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް ބޭރު ކޮށްލިއެވެ.

“އަހަރެން ރީނާ ރުޅި އަންނާކަށް އެއްވެސް ކަމެއް ނުކުރަން..” ނާރާ ވަރަށް ސާބިތު ކަންމަތީ ރީނާއަށް ބުނެލިއެވެ. ވަގުތަކީ ޓީޗަރު ކުދިން އެދިގެން ވީޑިއޯ އެއް ދައްކަން ވެގެން ލެޕްޓޮޕް ބަލާ ދިޔަ ވަގުތެވެ. ކުދިންތައްވެސް އެނބުރިފައި ބަލަން ތިއްބެވެ. “އާން މިހާރު އެއްބަހެއް ނުވާނެ.. އަހަރެންނަށް ފެނުނުކަން އެ އިނގުނީނު.. އަދި އަހަރެންގެ އަތުން ރައިހަން ޖަހާ ގަނެގެން އަނގަ ފުޅާކޮށްފައި އެހެން ކުދިންނާއެކު ވާހަކަ ދައްކަން އެބައިނެއްނު… ބަލަން ހުންނާތި… އަހަރެންނާ ރައިހަން ރައްޓެހި ނުވެއްޖިއްޔާ ކަލެއަކާވެސް ވަކި ރައްޓެހި ވެގެނެއް ނޫޅެވޭނެ.. މާކް.މައި.ވޯޑްސް ޔޫ ލޫޒާރ..” ރީނާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކަން ފެށި އެވެ. އެނާ ރުޅިގަދަވެފައި ހުރިވަރުން ކިޔޭނުކިޔޭ އެއްވެސް ނޭނގެއެވެ.

ރީނާ އޭނާއާއި ނާރާ އާއި އަޅުވައި ކިޔާ ވާހަކަ ދެއްކުމުން ރައިހަން ގާތަށް މިއިން ދުވަހަކު ރުޅިނާންނަ ވަރަށް ރުޅިއާދެވުނެވެ. “ބަލަ ތިކަހަލަ ވާހަކަތައް ދައްކާއިރު، ރީނާ އަކަށް ނޭނގޭތަ އެދެމީހުންގެ ގުޅުން.. އެއީ ރީނާމެން ހީކުރާކަހަލަ ހުތުރު ހުތުރު ގުޅުމެއް ނޫނޭ..” ރައިހާ ނުރުހިފައި ރީނާ އާއި ދިމާލަށް ބުނެލިއެވެ. “އާޗާ.. މިމީހުންވެސް މިތިބީ އަދި އެކޮޅަށޭ ދޯ! އާނ.. އަހަރެން ހަނދާން ނެތުނީ އޭ.. މިމީހުންނަށްވެސް ރަނގަޅުވާނީ އެގޮތެއް ނޫންތަ؟ ބަލަ އަހަރެން ދެލޮލުން ދުށީމޭ ނާރާ އާއި ރައިހަން ބުރާސްފަތި ދުވަހު ހަތަރުގަޑި ބައިވިއިރު ގެސްޓް ހައުސް އަށް ވަންނަނި ކޮށް.. ރާޝާ އަށް ވެސް ފެންނާނެ.. އެކަހަލަ ތަނަކަށް ވަންނާނީ………” ރީނާ އެމީހުން އެތަނަށް ދިޔަ މަޤްސަދު ނޭނގި ހުރެ އެކިކަހަލަ ވާހަކަ ދައްކަމުން ގެންދިޔައެވެ. ރިނާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ނަޝާ ވާހަކަ ދައްކަން ފެށި އެވެ. އޭރު ނުރުހުމުގެ ނަޒަރުތައް ނާރާ އާއި ރައިހަން އަށް އަމާޒު ވަމުން ދިޔައެވެ. “އޭތް ބަލަ ރީނާ އަށް ރިފެނުނީ އެއްބައޭ!!! އަހަރެމެންގެ ގުރޫޕު ހުރިހާ ކުދިން އެދުވަހު އެތަނައްދިޔައީ މުބާރާތައް ފަރިތަ ކުރަން.. ނައީޝް އާއި އަންޝް ވެސް ހެކިވާނެ..” މިހާހިސާބައް ބުނެފައި ނަޝާ ވާހަކަ ހުއްޓާލި އެވެ. އޭރު ނާރާ ހުރީ ރީނާ އެފަދަ ހުތުރު ގޮތަކަށް ވާހަކަ ދެއްކުމުން ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްގެނެވެ.. އޭނާގެ ދެކޮނޑުގައި ރައިހާ ހުރީ ހުރީ ހިފަހައްޓައިގެންނެވެ.

“ރީނާ އަށް އެބަ އިނގޭތަ؟ ނާރާ އާއި ރައިހަންގެ ގުޅުމަކީ ތިކިޔާ ގުޅުމަކަށް ވުރެ އެތައް ގުނައެއް މާތް ގުޅުމެކޭ… ނާރާގެ ބައްޕަ އާއި ރައިހާ އާއި ރައިހަންގެ މަންމަ އަކީ އެއްބަނޑު އެއްބަފާ ދެބެންނޭ…” ނަޝާ އޭނާގެ ވަހާކަ އަށް އިތުރު ކޮށްލިއެވެ. މިހުރިހާ ވާހަކަ އެއް ދެއްކިއިރު އެމީހުންނަށް ނޭނގުނީ ޕްރިންސިޕަލް އެތާކައި ހާޟިރުވެ ހުރި ކަމެވެ.

އެކުދިންކައިރިން އިތުރު ތަފްސީލް ހޯދިއިރު އެނގުނީ ރީނާ ސްކޫލުގެ ޤަވައިދާ ޚިލާފައް އުޅުނުކަމެވެ. އެކަމުގެ ސަބަބުން ރީނާގެ މައިންބަފައިން އޮފީހަށް ގެނެވުނެވެ. އަދި ޕްރިންސިޕަލް އަމިއްލަ ފުޅަށް އެމީހުންނާއި ވާހަކަ ދެއްކިއެވެ. ރީނާގެ ބައްޕަ އިސްޖަހައިގެން އިންއިރު ރީނާގެ މަންމަ ލޮލުން ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. އެތާގައި ރީނާ ކޮޅަށް އިސްޖަހައިގެން ހުއްޓެވެ. “ރީނާއަކީ އަހަރެމެން ބޭރު ޤައުމު ތަކަށް ގޮސް ބޭސް ފަރުވާ ކޮށްގެން ލިބުނު ދަރިއެއް.. އެހެންވެ މާބޮޑަށް ލޯބި ވެވުނީ.. ބޭނުންހާ އެއްޗެއް ރޯލާއިރަށް ގަނެދެވެނީ އެހެންވެ.. އަހަރެން ރީނާ އަށް އިތުބާރު ކުރީ ދެލޯ މަރައިގެން ހުރެ.. ފަހަރެއްގައިވެސް ހިއެއް ނުކުރަން ރީނާ އެހާ ވިޔާނުދާ ކުއްޖަކަށް ވާނެކަމަކަށް… ޓެސްޓުތަކުން ދަށް ނަތީޖާ ލިބުނަސް އަހަރެމެން ހީކުރަނީ އެއީ ހުރިހާކުދިން އެއްގޮތް ނުވާތީކަމަށް.. އެހާވަރަށް އެއަށް ބަރޯސާ ވެވުނީ ރީނާ ފޮތް ހިފައިގެން އިންނާތީ.. މިހާރު ޝައްކު ފޯނާކުޅެން ވެސް އިނދެދާނެ.. މިހާރު އެނގިއްޖެ.. ދައްވަނީ ހަމަ ރީނާގެ އިހުމާލުން ކަން..” ރީނާގެ މަންމަ ހިތުގައި ޖެހިޖެހިފައި ބުނެލިއެވެ.

ރީނާގެ މަންމަ އާއި ބައްޕަ ރީނާގެ އަތުން ފޯނާއި، ލެޕްޓޮޕާއި އެހެން ތަކެތިތައްވެސް އަތުލިއެވެ. އަދި ގަނެދީފައިވާ ލަވަ ސީޑީ ތަކާއި މޭކަޕް ސާމާނުތައްވެސް އުކާލިއެވެ. އޭނާ ލާން ގެންނުޅޭ ކުރުހެދުންތައްވެސް މަންމަ ވީ ދެރައިން އުކާލިއެވެ. ރީނާ އަށް އެއްގޮތަކަށްވެސް ތިން ދުވަސް ވާންދެން ގޭން ބޭރަކަށް ނުނިކުމެވެއެވެ. ސްކޫލަށްދާން ފިޔަވައެވެ.

***

ހުކުރު ދުވަހުގެ ރެއަށް ސްކޫލުގެ ހޯލްތެރެ ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައި އެވެ. ސާދަވިލޭރޭގެ ހަނދުވަރު އޭގެ އެންމެ ފުރިހަމަ އަށް ދިއްލާ ލައިގެން، ނަލަ ހެދިލައިގެން ވިލާތަކުގެ ނިވަލުން ނިކުމެގެން އިނެވެ. އެރެއަށް އިތުރު ހިތްގައިމު ކަމާއި ފުރިހަމަ ކަމެއް ގެނެސް ދެމުންނެވެ.

އެތަނަށް އައި ރީނާ ފެނިފައި އެހެން ކުދިން ދިޔައީ ހައިރާން ވެގެންނެވެ. ގަދަ ފެހިކުލައިގެ އަބާޔާ އަކާއި ޕީޗް ކުލައިގެ ޝޯލް އެއްގައި ހީވަނީ މުޅިން އެހެން ކުއްޖެއް ހެންނެވެ. ރީނާތޯ ޔަޤީން ކުރަން އެނގުނީ ކައިރީގައި ތިބި އޭނާގެ މައިން ބަފައިން ފެނިފައިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަބަދު ރީނާ ފެންނާނީ ސިފަ ނޭންގޭ ވަރަށް މޭކަޕް ކޮށްފައި ކުރު ބާރު ހެދުމުގައި އެވެ. އެގުރޫޕުގެ ބުރުގާނާޅާ ކުދިންވެސް ތިބީ ބުރުގާވެސް އަޅައިފައި ކަކުލާހަމައަށް އަރާ ވަރުގެ ހެދުމުގައި އެވެ. އެކުދިންނަށް ވިސްނުނީތީވެ ނާރާ ނުހަނު އުފާ ކުރިއެވެ.

“މަންމާ ކޮބާ ބައްޕަ؟” ނިހާން ފެންނަން ނެތުމުން ނާރާ، ނައިރާ ކުރެން އަހާލިއެވެ. “ބައްޕަ އަންނާނެ..” މާނަ ފުން ކުރު ޖަވާބަކުން ނައިރާ ފުއްދާލިއެވެ. އެޖަވާބުން ނައިރާ ކިތަންމެ ސުވާލު އުފެދުނަސް އަންނާނެކަން އިނގުމުން ނުހަނު އުފާވިއެވެ. އެހެނީ ނާރާ އާއި ނަރާންގެ ހުރިހާ ކަމަކަށް ވަރަށް ފަރުވާތެރިވާނެއެވެ.

އެންމެން އެތެރެއަށް ވަދެ ހަމަ ޖެހިލިއިރުވެސް ނިހާން ނައުމުން ނާރާގެ ހިތުގައި ސުވާލު އުފެދުނެވެ. ނިހާން އަކީ މިކަހަލަ ޙަފްލާތަކަށް ވަރަށް ގަޑިއަށް ފަރުވާތެރިވާ މީހެކެވެ. އެންމެ ހައިރާންވީ ނައިރާ ނިހާން އަށް ޖާގައެއް ނުބެހެއްޓުމުންނެވެ. ހުރިހާ ކުދިން އެއްބަރިއަކު އެތުރިލިއެވެ. ފަހަތުގައި އެމީހުންގެ މައިބަފައިންވެސް އެތުރިލިއެވެ. ނާރާ ނައިރާ ކުރެން އަހާލަން ވެގެން އެބުރިލިވަގުތު ހުރިހާ ކުދިން ޝަރަފުވެރި މެހެމާނު ވަންނާތީވެ ތެދުވިއެވެ. ކުރިމަތީ ތިބި މީހުންގެ ސަބަބުން ނާރާ އަށް އެމީހެއްގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެކަމާ ހުރެ އަނގައަށް ވައްތަރެއް ޖައްސާލައިފައި އިށިންދެއްޖެއެވެ.

ނާރާ އިނީ ފޫހި ވެފައެވެ. މިއީ އޭނާ އެންމެ ފޫހިވާ ވަގުތު ކޮޅެވެ. އަވަހަށް ނަތީޖާ ފާޅުކުރުން ފެށޭތޯ ދުޢާ ކޮށްލަ ކޮށްލާ އިނެވެ. ޝަރަފުވެރި މެހެމާނަށް ގޮވާލީ އެކަހަލަ ޙާލަތެއްގައި ނާރާ އިންދައެވެ. ނާރާ އަށް ވަރުގަދަ ސަޕްރައިޒެއް ލިބުނެވެ. ޝަރަފުވެރި މެހެމާނަކީ އޭނާގެ ބައްޕައެވެ. ނާރާ ވަރަށް ޝައުޤު ވެރިކަމާއެކު ނިހާންގެ ވާހަކަ އަޑު އެހިއެވެ. އެގޮތަށް ޕޯޑިއަމް އެއްގައި ނާރާ ޙާޟިރުވެ އިން ރަސްމިއްޔާތެއްގައި ނިހާން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ނިހާންގެ ވާހަކަ އަށްފަހު ދެން އައީ ނާރާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރި ވަގުތެވެ. އެންމެ ފުރަތަމަ އިޢުލާން ކުރަން އުޅުނީ ތިންވަނަ އެވެ. ތިންވަނަ ގުރޫޕަކަށް ހޮވުނީ ހަތެއްގެ ގުރޫޕެކެވެ. ދެވަނައަށް ހޮވުނީ އަށެއްގެ ގުރޫޕެކެވެ. ތިންވަނައަށް ދިޔަ ގުރޫޕައް މެޑަލް ލިބުނުއިރު ދެވަނައަށް ދިޔަ ގުރޫޕަކަށް ލިބުނީ ޓްރޮފީ އެވެ. ދެން އިޢުލާން ކުރެވުނީ އެއްވަނަ އަށްދާ ގުރޫޕަށް ލިބޭ ޕްރައިޒް އެވެ. “އެއްވަނަ އަށް ދާ ގުރޫޕަކަށް ވަނީ މެލޭޝިއާގައި އަލަށް ތަޢާރަފު ކުރެވުނު އިންޓަނޭޝަނަލް ކުއިޒް އަކަށް ދާން ފުރުސަތު ލިބިފައި.. މިމުބާރާތުގައި ވާދަ ކުރާނީ އުމުރުން 13 އަދި 14 އަހަރުގެ ކުދިން.. މިހާރު ވާނީ އެކޮޅައް އެއްވަނަ އަށްދާ ކުދިންގެ ފޯމުތައް ހުށައެޅިފައި.. ޓިކެޓާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނީ ޝަރަފުވެރި ނިހާން އެކުދިންނަށް ދޭ ހަދިޔާ އެއްގެ ގޮތުގައި. ދެންމި އިޢުލާން ކުރަނީ މިމުބާރާތުގެ ފަޚުރުވެރި އެއްވަނަ…” އެނައުންސާ ގޮވާލި ތިން ގުރޫޕަކު ސްޓެޖައްއަރާ ތިއްބެވެ. މެދުގައި ތިބީ ނާރާ މެންނެވެ. ދެރަތް ކުލައިގެ ލައިޓް އިނދެފައި އެއްމެ ފެހިކުލައެއްގެ ލައިޓް އިނެވެ. ފުރަތަމަ އެލައިޓްތައް އެޅެންފެށި މަޑުންނެވެ. ހިތްތެޅެ އަޑު ވެސް ކުޑަކޮށް ލަސްކޮށް އިއްވެން ފެށިއެވެ. މަޑުމަޑުން ހިތްތެޅޭލެއް ބާރުވެފައި ލައިޓް އެނބުރުންވެސް އަވަސްވާން ފެށިއެވެ.

މިހާރު އެނބުރެނީ ބުރުނޭނގޭހާ އަވަސްކޮށެވެ. ހިތްތެލޭއަޑުވެސް އަވަހެވެ. “އެއިންސްޓައިން!!!!” މިހެން ބުނިވަގުތު ފެހި އަލި ހުއްޓުނީ ނާރާމެންނާއި ދިމާލަށެވެ. ނައިރާ އަށް އުފަލުން ރޮވުނެވެ. ރުހާމް އާއި ރަހާނާވެސް އުފަލުން ފެންކަޅިވިއެވެ. އަންޝްގެ މަންމަ އާނިސާ އާއި ނަޝާ އާއި ނައީޝްގެ މަންމަ ޝިމާނާ އާށްވެސް ވީ ހަމަ އެވަރެވެ. އެކުދިންނަށް އެކުއިޒްއަށް ވަދެވޭ ކާޑާއި މެލޭޝިއާ ޓިކެޓުވެސް ޙަވާލުކުރީ ނިހާން އެވެ. ނާރާ އުފަލުން އުދުއްސައި ނުގަނެވުނީ ކިރިޔާ އެވެ. އެކުދިންނަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު އެރުވުނެވެ. ހުރިހާކުދިން އެއްބަސްވެގެން ދާން ނިންމީ ނާރާ އެވެ. “އަޅުގަނޑު މެންނަށް މިފަދަ މުބާރާތެއްގައި ވާދަކުރުމުގެ ނަސީބް ދެއްވި މާތްﷲ އަށް އަށް ޝުކުރު ކުރަން.. އަދި މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއް އަޅުގަނޑުމެންގެ މައިން ބަފައިންނަށް ޝުކުރު އަދާ ކުރަން.. އަދި ކާމިޔާބު ލިބުނު ކަމައްޓަކައި މާތް ﷲ އަށް ށުކުރުކޮށް ޙަމްދު ކުރަން..” ނަޝާ އާއި ރައިހާ ގޮސް ނާރާގެ ދެފަރާތުގައި ހުއްޓުނެވެ. އަނެއް ތިންކުދިންވެސް ގޮސް އެކުދިން ކައިރީ މަޑުކޮށްލިއެވެ.

ހަފްތާއެއް ފަހުން ދިރާސީ އަހަރުގެ ކިޔެވުން ނިމުނެވެ. ދެން އައީ ޓެސްޓް ހަފްތާއެވެ. ހުރިހާ ޓެސްޓަކުން ނާރާ އަށް 90 ޕަސެންޓް ލިބުނެވެ. ރީނާވެސް މިފަހަރު ހުރިހާ މާއްދާ އަކުން ފާސްވިއެވެ.

***

ގަޑީއިރަކަށް ވުރެ ދިގު ދަތުރަކަށްފަހު އެމީހުންނަށް މެލޭޝިއާ އަށް ދެވުނެވެ. ހުރިހާ އެންމެންވެސް ލަގެޖް ތައް ހިފައިގެން އެއާޕޯޓުން ނިކުތްއިރު ރަހާނާމެންގެ ގޭގެ ދެކާރު މާކުރިން އޮތީ އެމީހުންގެ އިންތިޒާރުގައި ޕާކިން ޒޯނުގައި އެވެ. ކާރެކޭ ބުންޏަސް އޭގެން ކޮންމެ ކާރަކަށް އަށް މީހުންނަށް ހަމަ ޖެހިލައިގެން ތިބެވެއެވެ. މިދަތުރުގައި ބައިވެރިވީ އެހަކުދިންގެ އިތުރުން ނައިރާގެ ދެމަފިރިންނާއި ނަރާން އާއި، ރުހާމްގެ ދެމަފިރިންނެވެ. ނަޝާ އަކީ އަންހެން ކުއްޖެއްކަމަށް ވުމުން މަޙުރަމަކާ ނުލާ ދަތުރު ކުރުމަކީ މަނާ ކަމަކަށް ވުމުން އެދަތުރުގައި ނަޝާއާއި ނައީޝްގެ ބައްޕަ ނައުޝާދްވެސް ބައިވެރި ވިއެވެ. އަންޝް އައީ ނިހާންގެ ބެލުމުގެ ދަށުގައި ހުރެގެންނެވެ.

އިއްތިފާގުން މުބާރާތް އޮންނަ އަވަށާއި ރަހާނާގެ ގެ ހުންނަ އަވަށަކީ އެއް ތަނެއް ކަމަށް ވުމުން ހުރުމުގެ އިންތިޒާމް ހަމަ ޖެހުނީ އެގޭގައި އެވެ.

ކާރުގައި އެގޭގެ ގޭޓުގެ ތެރެއިންލާފައި ވަދެގެން ދިޔައިރު ނާރާގެ އެތަނުގެ ފުރިހަމަކަން ބަޔާން ކުރަންވެސް ދައްޗެވެ. ގެއަކަށް ވުރެ ވައްތަރީ ގަނޑުވަރަކާއި އެވެ. ރަށުގައި އިންނަ ގެއަށް ވުރެ އެގެ އެތައް ގުނައެއް ބޮޑެވެ. އެބޮޑު ގޯތި ތެރޭގައި ވަނީ އެކިކަހަލަ ގަސްގަހުން ޒީނަތްތެރި ކޮށްފައެވެ. ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ ފެހިކަމެވެ. ގޯތިތެރެއަށް ވަތް ގޭޓުން ފެށިގެން ގަރާޖާ ހަމައަށް ވަނީ ޑްރައިވް ވޭއެއް ހަދާފައި އެވެ. ޑަރައިވްވާގެ ދަފަރާތުގައި ޕޭމެންޓްގާ ޖަހައިގެން ހަދައިފައިވާ ވޯކްވޭ އެއްވެސް ހުއްޓެވެ.

ކަނާތް ފަރާތުގައި ވަނީ އެކިކަހަލަ ތަރުކާރީ ގަސް ތަކެވެ. ތަރުކާރީތައް ބިންނަވަރުވެފައި ހުރުމުން ބަލާލަން ހިތްގައިމު ގޮތެއް ހުއްޓެވެ. އެތާގައި ނެތްއެއްޗެއް މަދެވެ. ކެރެޓާއި ކެބެޖުގެ އިތުރުން ކޯލިފްލާވާ އާއި ބްރޮކޮލީ އިންގޮސް ޓޮމާޓޯގެވެސް ޗެރީ ޓޮމާޓޯއަށް ދަންދެން ހުއްޓެވެ. އޭގެ ކައިރީ ގައި ބޮޑު ލިނބޯ ގަހަކާއި ދެ އަންނާރު ގަހެއްވެސް ހުއްޓެވެ. އަންނާރު ގަހަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންފެ ފައްކާ ވެފައިވާ ރަތްރަތް އަންނާރު ތައް ފެނިފައިއެވެ. ހަމައެފަރާތުގައި ބޮޑު ކާމަރަނގަ (ސްޓާފްރުޓް) ގަހެއް ވެސް ހުއްޓެވެ.

ވާތް ފަރާތުގައި އެއްކޮށްހެން ހުރީ ކާޕެޓް ވިނަ އެވެ. ނަމަވެސް އެކިކަހަލަ މާގަސް ހައްދާފައިވާ ކުޑަބަގީޗާއެއްހެން އިންތަނެއްވެސް އިނެވެ. މާގަސްތަކުގެ މެދުގައި ފެންއަރުވާ ވަޑަމެއްވެސް އިނެވެ. މާގަސްތަކުގެ ނަން ލިސްޓުކުރިއަސް ވާނީ ކުރާހައި އެވެ. ފިނިފެންމަލުގެވެސް ރަތް، ހުދު، ރީނދޫ، ފިޔާތޮށި މިހެން ގޮސް ކިޔާނެކަމެއްނެތެވެ. ނާރާގެ ލޮލުގައި އެންމެ އަޅައިގަތީ ލައިލެކް ގަސްތަކާއި ލެވެންޑާ ގަސްތަކެވެ. އޭގެވަސް މުޅި ފަޒާގައި ހިފާލައިފައި ހުއްޓެވެ. އޭގެ ތަންކޮޅެއް ދުރުގައި ބޮޑު ސްވިމިން ޕޫލެއްވެސް އޮތެވެ. މިހާރުވެސް އެރެން ދާންވީއޭ ނާރާގެ ހިތައް އެތައް ފަހަރަކު އަރައި ފިއެވެ. އެފަޅީގައި އޮތް ހުސް ޖާގައިގައި ކުޑަ ވަރެއްހެ ހަޓެއްވެސް އިނެވެ. ދެތިން ބެންޗާއި ކޮފީ ޓެބަލް އެއްވެސް އިނެވެ. އެއީ ފިނި ދުވަސްވަރު ކަމުން ސްނޯތައް ގަސްތަކުގައި ހަރުލާފައި ހުރިލެއް ޗާލު ކަމުން ނާރާގެ އަނގައިން ސޮނި ކޮޅު ނުވެއްޓުނީ ކިރިޔާއެވެ. އެމާޙައުލަކީ ކިޔަވާ ކުދިންނަށް އެންމެ އެކަށީގެންވާ މާޙައުލެކެވެ.

ބޭރު ރީތި އިރު ގޭތެރޭ އަދި ކިހާ ވަރެއް ވާނެ ބާއޭ ނާރާގެ ހިތައް އެރިއެވެ. ގޭތެރެއަށް ވަތްއިރު ރަހާނާގެ މަންމަ އާއި ބައްޕަ ކަމަށްވާ ހިންދު އާއި ނަދީމް ތިބީ އެމީހުންގެ އިންތިޒާރުގައި އެވެ. އޭރު ރޭގަނޑުގެ އެއްދަން ފާއިތުވެގެން ގޮއްސިއެވެ.

މުޅި ލިވިންގް ރޫމް އަލި ކޮށްފައި ވަނީ އެބޮޑު ޗާންދަލިއަރ އިންނެވެ. އެބޮޑު ދޮރުން ވަދެގެން ކަނާތް ފަރާތުގައި ވަނީ ބޮޑު ސޯފާ ސެޓެކެވެ. އެންމެންނަށް ހަމަ ޖެހިލައިގެން ތިބެވެއެވެ. ކުރިމަތީގައި ބިއްލޫރި ކުޑަ މޭޒެއްވެސް އިނެވެ. އޭގައި ޓިޝޫ އާއި މާވާހެއްވެސް ހުއްޓެވެ. ސޯފާސެޓުގެ ކުރިމަތީގައި ބޮޑު 52 އިންޗީގެ ފަތިޓީވީ އެއްވެސް ހަރުކޮށްފައި އިނެވެ. ތިރީގައި ހުދު ކުލައިގެ ކަބަޑުގައި އެކިކަހަލަ ފޮތްތައް އަތުރާފައި ހުއްޓެވެ. މަތީގައި ހަރުކޮށްފައި ހުރި ކަބަޑުގައި ހުރީ ޓްރޮފީތަކާއި ހަނދާނީ ފިލާތަކެވެ. ތިރީގައި އިން ފިލާކޮޅައް ޖަހާފައި ހުރި މޮހަރު ތަކުގައި ހުރީ މެޑަލް ތައް ހަރު ކޮށްފައި އެވެ.

ދޮންރުން ވަންނަތާ ކުރިމަތީގައި ފާރުގައި ވިއްދާފައި އިން ސިޑިގައި ހުރީ މުށި ޖަހައިފައެވެ. އަދި ދަގަނޑު ޗެންޗޭނު ޖަހައިފައި ހުރުމުން ވަރަށް ރީއްޗެވެ. ފެންނަން އިން ފަރާތުގައި ހުރީ އެއާއިލާގެ ފޮޓޯ ތައް ހަރުކޮށްފައި އެވެ. ނައިރާ ގޮސް ހުއްޓުނީ އެފޮޓޮތަކުގެ ތެރެއިން ޒުވާން ކޮށް އިން ފިރިހެނެއް ކައިރީގައި އެވެ. ނާރާ އަޝް އެއީ އޭނާގެ ބައްޕަކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއީ އޭނަގެ ބައްޕަގެ ހުންނަނީ އޭނާ ފަދައިން ފެހިކުލައިގެ ލޮލެކެވެ. ހިންދު އައިސް ނާރާ ގޮވައިގެން ގޮނޑި ސެޓުގައި އޭނާގެ ކައިރީގައި ބެހެއްޓިއެވެ.

އިރުކޮޅެއް ނުވެ އެގޭގެ ދެތިން ނޯކަރަކު އަންނާރު ޖޫސް ހިފައިގެން އައެވެ. އެބޮއެގެން އެންމެންވެސް ދެޔައީ ވެފައި ހުރި ވަރުބައްޔާ އެއްކޮށް އަރާމު ކުރާށެވެ.

ނައިރާ އާއި ނިހާން އަށް ނާޝިދުގެ ކޮޓަރި ލިބުނު އިރު ރަހާނާ އަށް ހަމަ އޭނާގެ ކޮޓަރިއެވެ. ތިން އަންހެން ކުދިންނަށް ރައިހާގެ ކޮޓަރި އަދި ތިން ފިރިހެން ކުދިންނަށް ތިބެން ހަމަޖެހުނީ ރައިހަންގެ ކޮޓަރިއެވެ. ނަރާން އަށް ވަގުތީ ގޮތުން ހަމަޖެހުނީ ނައިރާ ގާތު އެކޮތަރީގައި ހުރުމަށެވެ. ނައުޝަދް އަށް ވަކިން ގެސްޓް ރޫމް އެކެވެ.

“މާމަ އަށްދެން އަހަރެންނެއް ނުފެންނާނެ ދޯ.. މާމަ ދަރިންގެ ތެރެއިން އެންމެ ބޮޑޫ ކުއްޖާ އައީނު..” ރައިހާ ފޫހިވާ ކަމަށް ހެދެމުން ބުނެލިއެވެ. “ހޫމް ހޫމް.. ތީ އެހެން ވީއިރު މާމަގެ ރަންދަރި.. ދެން ތިހާވަރަށް ޖޭ ނުވެ ހިނގާބަލަ ނިދަން… އަދި މާދަން ތެދުވެ ޖެހޭނެ ދަސް ކުރަންވެސް..” ނާރާ މިހެން ކިޔާފައި އެކިންގް ސައިޒް އެނދުގެ މެދައް އެރިއެވެ. އޭރު ނަޝާ އޮތީ ވާހަކަ ފޮތެއް ހިފައިގެންނެވެ. “އޭތް.. ނަޝް އާދޭ ނިދަން..” ރައިހާ ސޯފާގައި އޮތް ނަޝާ އަށް ގޮވާލަމުން ބުނެލިއެވެ. ނަޝާ އައިސް ވާތް ފަރާތުގައި އޮށޮތެވެ. ރައިހާ ކަނާތް ފަރާތުގައި އޮށޯވެފައި ކޮޓަރީގެ ލައިޓް ތައް ނިއްވާލައިފައި ހަމަ އެކަނި އެނދުގެ ދެފަރާތުގައި އިން ލޭމްޕް ގެ ފަނޑު އައްޔައް ބަދަލު ކޮށްލިއެވެ.

***

ދެދުވަސް ފަހުން އޮތް މުބާރާތް ވެސް ނާރާމެން ކާމިޔާބު ކުރިއެވެ. އެކުދިންނަށް ދެދުވަހު މެލޭޝިޔާގެ ރިސޯޓެއްގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބުނެވެ. ދެދުވަހެއްވަރު ޗުއްޓީ ހަދާލައިފައި ނަޝާ އާއި ނައީޝް އާއި އަންޝްގެ އިތުރުން ނައުޝާދް ފުރިއެވެ. އެހެން މީހުން ނުގޮސް މަޑުކޮށްލީ ހިންދު އާއި ނަދީމްގެ އެދުމުގެ މަތިންނެވެ.

އެކުދިންނަށް މިލިބުނު ކާމިޔާބީގެ ސިއްރަކީ ދުޢާ ކުރުމާއި ބަރާބަރަށް ނަމާދު ކުރުމެވެ. އަބަދުވެސް ހުރިހާ އެންމެންނަށް ކާމިޔާބީ އަށް އެދެމުން ‘ކާމިޔާބު’ މިވާހަކަ ނިންމާލަމެވެ. ކެތްތެރިކަމާއެކު އިންތިޒާރު ކުރެއްވީތީ ޖަޒާކުމުﷲ ޚައިރަން އެވެ. ކިޔުން ތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމައް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. އަނެއްކާވެސް މުޅިން އާ ވާހަކަ އަކާއެކު ބައްދަލު ކޮށްލިމުގެ އުއްމީދުގައި ‘ކާމިޔާބު ވާހަކަ އާއެކީ ވަކި ވެލަމެވެ. ހުރިހާއެންމެންނައްވެސް ބާއްޖަވެރި އުފާވެރި އަދި ކާމިޔާބައް އެދެމެވެ. އަދި ބަލިތަކުން އަހަރެމެންގެ ވެށި ރައްކާތެރި ކުރައްވާތޯ ދުޢާ ކުރާ ހާލު މިވާހަކަ ނިންމާލަމެވެ.

  • -ނިމުނީ-

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ހަހުރަޔާ – ޓްރެއިލާ

Next

ހީވޭ ހިތް ބުނާހެން 19

Next
March 10, 2020

ހީވޭ ހިތް ބުނާހެން 19

Previews
March 9, 2020

ހަހުރަޔާ – ޓްރެއިލާ

7 Comments!

  1. Liyaa says:
    March 10, 2020 at 8:15 am

    Mashaa allah v reethi vaahaka

    1. A aaR says:
      April 21, 2020 at 9:51 pm

      jazaakallah khairan.. sorry fr the late reply

  2. Shina says:
    March 10, 2020 at 8:36 am

    Niceeeeeeee love it

    1. A aaR says:
      March 10, 2020 at 2:49 pm

      Thnk u vv much Shina..

  3. A aaR says:
    March 10, 2020 at 2:47 pm

    After a long time here is the last prt of the story.. hope u all loved it…
    Next story up kuran fashaany story ehkoh liye ninmaafa… n mihaaru gaay gandakah nimumakaa gaathuga ulheny…
    After reading the story, you loved it or not pls tell me.. also tell me my mistakes that I have to correct.. ly my readers.. without u i can’t reach here also

  4. Quiin? says:
    March 13, 2020 at 1:31 am

    Vrh salhi ingeyyyy …
    Ma sha allah …
    I’m quiiin the author of nafrathun ufedhunu loabi …
    ?❤?

    1. A aaR says:
      April 21, 2020 at 9:52 pm

      jazaakallah khairan Quiin

Comments are closed.


All Right Reserved!