Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ 2 (ދެވަނަބައި)

Annna Level 510 Stories100 Comments100 Login
March 18, 2020 5 Mins Read
9 Comments

ސަމިއްތަ އަހަރެންނާއި އެކު ވަގުތު ހޭދަކޮށް ހަދައެވެ. އަހަރެންނަށް ކާންދީ ހަދައެވެ. ނިދެނީ ސަމިއްތަ ކައިރިގައި އޮއްވައެވެ. އެދުވަސްތަކުގައި ސަމިއްތަގެ ހިތްހެޔޮކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެގޮތުގައި ބޮޑު ޗުއްޓީ ހޭދަވި ގޮތްވެސް ނޭންގުނެވެ. އެއި އަހަރެންގެ ބައްޕަ ޗުއްޓީ ނިންމާފައި ރިސޯޓައް ދާން، ފުރި ދުވަހެވެ.

***

ބައްޕަ ފުރުވާފައި، ސަމިއްތަ އާއި އެކު އަހަރެން ގެއައް އައީ މޮޅިވެރި ކަމާއި އެކުއެވެ. ސަމިއްތަ ހުރުމުން ދެން ބައްޕަ އަންނާނީ ވަރަށް ގިނަ ދުވަސް ކޮށްފައިއެވެ. ގާތް ގަނޑަކަށް ދެމަސް ދުވަސް ވަރު ވެދާނެއޭ ބައްޕަ ބުނުއްވި އެވެ. ބައްޕަ ދެމަސް ދުވަހޭ ބުނުމުން އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އެހެނީ ދެމަސްދުވަހު އަހަރެންގެ ބައްޕަ ލޮލައްވެސް ފެނިނުލާނެއެވެ. ކޮންމެއަކަސް، ބައްޕަ ނުބުންޏަސް ބައްޕަގެ ހިތަށް ކުރާނެ އަސަރު އަހަރެންނަށް އަންދާޒާވެސް ނުކުރެވޭނެއެވެ. އަހަރެން ބައްޕަ ދެކެ ލޯބިވާ ވަރަށް ވުރެއް ބޮޑަށް، ބަައްޕަ އަހަރެންދެކެ ލޯބި ވެއެވެ.

ބުންނަހެއްޔެވެ. އެދެމަސް ދުވަހު އަހަރެންނަށް އަހަރެންގެ ގެއަކީ އަމިއްލަ ތަނެކޭ އެއްގޮތަކަށްވެސް ހީ ނުވެއެވެ. ދުރުހިލޭ ތަނަކަށް ވުރެއް އެމާޙައުލު އަހަރެންނަށް ދުރެވެ.

އަހަރެން ގެއަށް ގޮއްސައި އެނދުމަތީގައި އޮށޯވެލީމެވެ. ތެދުވާ ހިތްވެސް ނުވިއެވެ. އޭރު ސަމިއްތަ މެންދުރުގެ ކެއުން ތައްޔާރު ކުރުމާއިގެން ބަދިގެތެރޭގައި ހަރަކާތްތެރިވާ އަޑު އިވެއެވެ. އިރުކޮޅެއްފަހުން ސަމިއްތަ އަހަންނަށް ގޮވާލި އަޑު އިވުނެވެ. “އާޝާ! އާދެބަލަ ނިކަން ސަމިއްތަ އަށް މިފިޔާކޮޅު ނޮޅާލަދޭން..” އެކަހަލަ ކުދި ކުދި ކަންކަން ކުރުމުގައި އަބަދުވެސް އެހީ އަށް ސަމިއްތަ އެދެއެވެ. އަހަރެން ޝަކުވާއެއްނެތި އެކަންތައް ކޮށްދެމެވެ.

އަހަރެން ތެދުވެގެން މޫނުދޮވެލައިގެން ބަދިގެ ފަރާތައް ދިޔައީމެވެ. މަޑުމަޑުން އިނދެ، ފިޔާކޮޅު ނޮޅާލާފައި އޭތި ސަމިއްތަ އާއި ޙަވާލު ކުރީމެވެ. އަތުން ފުޔާވަސް ދުވާތީވެ ސިންކު ކައިރިއަށް ޖެހިލީ އަތްދޮންނަން ކަމަށެވެ. އަތްދޮވެ ނިންމާފައި އަތް ފޮޅަމުން ފޮޅަމުން އަހަރެން އެނބުރިލީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އަހަރެން އެނބުރުނު ވަގުތުގައި ހިއްކަން ތުވާލިކޮޅު މަތީގައި ބަހައްޓަފައި ހުރި ތަށިތަކުގެ ތެރެއިން އެއްމެ މަގަތަށް އިން މަގު އަހަރެންގެ އަތުން ވެއްޓި އޭގެ އަތްގަނޑު ނެއްޓުނެވެ.

މީގެ ކުރިން ދުވަހަކުވެސް އަހަރެންގެ އަތުން ތައްޓެއް ތެޅުމުން ދައްތަ ވަރަށް ރީތި ކޮށް އެއީ އެވަރުގެ ކަމެއް ނޫނޭ ބުންޏެވެ. ނަމަވެސް، އެދުވަހު ތަފާތެވެ. އަހަރެންނަށް ދުވަހަކުވެސް އަޑުލައި ވާހަކަ ނުދައްކާ މީހާ ފުރަތަމަ ފަހަރަށް އަހަރެންނާއި ދިމާލަށް އަޑު ހަރުކޮށް ވާހަކަ ދެއްކި އެވެ. “އާޝާ!!… ތި މަޑު މައިތިރިކޮށް ކަމެއް ކުރާކަށް ނޭނގޭތަ؟ އޭނ… ތި ތަޅާލީ އަހަރެންގެ ޖޯޑޭ… އިނގޭތަ އޭގެ އަގު.. ބަލަ އެއީ ދެހާސް ރުފިޔާ އަށް މަގަތް އެއްޗެކޭ… ކަލޭ ކޮންތާކުން ތިވަރުގެ އެއްޗެއް މަށް ގަނެދޭނީ.. ކަލޭގެ މަންމަގެ ވެސް އެފެންވަރު ނުހުރޭ ވިއްޔާ… އޭނ.. ބުނެބަލަ..” ސަމިއްތަގެ އަޑު ހޮނު ގުގުރިއެއް ފަދައިން މުޅި ގޭގައި ގުގުމާލިއެވެ.

އަހަރެން ގުޑިލާންވެސް ނޭނގިފައި ދެލޯ ބޮޑުކޮށްގެން ހުރެވުނެވެ. ލިބުނު ސިހުން ބޮޑުކަމުން ލޮލުން ކަރުނަވެސް އައެވެ. އެކަމަކު އަހަރެން ހުރީ އެކަން އިނގޭނެ ފަދަ ޙާލަތެއްގައެއް ނޫނެވެ. އަހަރެންގެ ކޮނޑުގައި އަތުން ޖަހާ ފަހަތައް ކޮއްޕާލި ވަގުތު އަހަރެން ފަހަތައް ވެއްޓުނެވެ. ބޮޑު އަނިޔާ އެއް ނުލިބުނުކަމީ އަހަރެންގެ ނަސީބު ތޯއްޗެކެވެ.

އަހަރެންގެ މަޖާ ސަކަ މިޒާޖު ބަދަލުވާން ނެގީ މަދު ދުވަސްކޮޅެކެވެ. އަބަދު އަހަރެންގެ ހިނިތުންވެފައި އިން މޫނުން ފެންނަނީ ދެރަވެފައި އިންނަކަމެވެ. ހިނިތުން ވާތަން އެއް ގޮތަކަށްވެސް ނުފެނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދުވަސްތައް އެގޮތުގައި ފާއިތު ވަމުން ދިޔައެވެ. އަހަރެންވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑައް އަސަރު ކޮށްފައެވެ. ކުރިން ކޮލުގައި މަސްޖަހާފައި ހުންނަ އަހަރެން މިހާރު މުރަނގަ ތޮޅި އެކޭ އެއްފަދަ އެވެ. އެހާ ހިއްކެވެ. ވާނީވެސް އެހެންނެވެ. ގޭން ކާން ލިބެނީ މަދު އެތި ކޮޅެކެވެ.

ދޮންމަންމަގެ ނުރުހުމާ ކުރިމަތިލާން ނުޖެހޭ ދުވަހެއް މަދެވެ. އަހަރެންނަށް ދުވަހަކު އޭނާ ހިތްހަމަޖެހޭ ގޮތަކަށް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. އުމުރުން އެގާރަ އަހަރުގައި ގޭތެރެ ފޮޅާ ސާފު ކުރަނީ އަހަންނެވެ. މަގު މައްޗާއި މެދު ގޯތި ކުނި ކަހަނީ އަހަންނެވެ. ކުނި ކަހާ ނިމޭ އިރު ހުންނަނީ ގުދާރު ބިންދައިގެން ދާވަރު ވެފައި އެވެ. ނަމަވެސް ކާއެތި ކޮޅު ސަމިއްތަ ކައްކާލައެވެ.

***

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން އުޅުނީ ގޭތެރެ ސާފު ކުރާށެވެ. އަހަރެންގެ ގެއަކީ ރަށުގެ އެހެން ގޭގެތަކެކޭ އެއްގޮތަށް ދެބުރި ތިންބުރިއަށް ނަގާފައި ހުންނަ ގެއެއް ނޫނެވެ. ނަމަވެސް އެގެއަކީ ބޮޑު ލިވިންގް ރޫމަކާއި އެއްކޮށް ބަރާބަރު ދިހަ މީހުންނަށް އެއްވެސް އުނދަގޫ ކަމެއްނެތި ކެވޭ ގޮތަށް އިންނަ ކާގެ އަކާއި ބޮޑު ބަދިގެއެއް ހުންނަ ގެއެކެވެ. ކްއީން ސައިޒް އެނދާއި ހަތަރު ދޮރުފަތްލީ އަލަމާރިއަކާއި އެކު ހަތަރު ކޮޓަރީގެ މާސިންގާ ގެއެކެވެ.

އަހަރެން ދިޔައީ ކުނި ކަހަމުންނެވެ. ސަމިއްތަ ބަދިގޭގައި ހަރަކާތް ތެރިވާ އަޑު އިވެއެވެ. ކުނި ކަހަމުން ކަހަމުން ގޮސް ފާރުކައިރީގައި އިން ކަބަޑެއްގެ މަތީގައި އިން ވާސް އެއްގައި ޖެހި އެވެއްޓުނެވެ. ކާކުގެ ނަސީބް ކަމެއް ނޭނގެއެވެ. އޭއި ޖެހުނު ގޮތަކުން ތަޅައިގެނެއް ނުދެއެވެ. ނަމަވެސް، އެހަމަހިމޭން ގޭތެރޭގައި އެވެއްޓި ޖެހުނު އަޑު ގުގުމާލި އެވެ.

އެވާހަކީ އެއްދުވަހަކު ސަމިއްތައަށް ވަރަށް ރީތިވެގެން ގަތް އެއްޗެކެވެ. އެވެއްޓުނު އަޑައް ސަމިއްތަ ގުންފައި ޖަހާފައި އަންނަ އަޑު އިވެއެވެ. އެއުޅެނީ ހަޅޭއްލަވަންކަން އިނގެއެވެ. ނަމަވެސް، އެންމެ ކުރީ ދުވަހެކޭ އެއްފަދައިން އަހަރެން ބިރު ގަނެއެވެ. ސިހެއެވެ.

ރުޅިއައިސް އެހުންނައިރު ކޮލުގެ މަސްތައް ފުފޭ ގޮތުން އަހަރެންނަށް ސިފަވަނީ، ރުޅިއައިސް ރަތްވެ ޝިކާރައަކަށް ދަހިވެތި ވެފައިވާ ސިންގާ އެއްހެންނެވެ. އަދި އެއޮތް ދަތްޕިލައެއް ފެނުނަސް އަހަރެން މޭނުބައި ކުރެއެވެ. މިއިން ދުވަހަކުވެސް ދަތް އުނގުޅި ފާޑު ނުޖަހައެވެ. ލޮލު ކައިރީ ބޯކޮށް އަނދުން އަޅައިފައި ހުރުމުން އިތުރަށް ބިރުވެރި ކަމަށް ދައްކައެވެ.

ސަމިއްތަ އެއައި ގޮތައް އައިސް އަތް ހޫރަމުން ހޫރަމުން އެއްޗެހި ކިޔަން ފެށިއެވެ. އެއްއަތުގައި ދޯފަތެއްވެސް އޮތެވެ. އަޑުބަރުކަމުން އަހަރެން ސިހުނުވަރުން، ޖެހުނީ ކުޑަވަރެއްގެ ހާޓް އެޓޭކެކޭ ބުންޏަސް ދޮގަކައް ވާނެ ހެނެއް ހީނުވެއެވެ. “ކަލޭ ކީއްކުރާނަމޭ ހިތާ ތިއުޅެނީ.. ކަމެއް ޙަވާލު ކުރިއަސް ރަނގަލާއް ކުރެވޭ ތޯ ބަލާބަލަ.. ނޫނީ މީނދީ ފިހިގަނޑުގައި ހުރި ވަރެއް އަންގާލަފާނަން އިނގޭ… ހަމަ މަގޭ އެއްޗެހި ހަލާކު ކުރާހިތުން އެބަ އުޅެއޭ… ކަލޭ ބޭނުމެއްނުވާނެ މަށް މޮޅެއް ލިބޭކަށް… ކަލޭގެ އަމާވެސް ބޭނުންވާނީ އެގޮތް.. މީނާގެ ބައްޕަ މީނާ ފެންނަން ހުރިއްޔާ މަމީ އެތާގައި އިން މީހެންވެސް ހީނުވާނެ… ބަލަން ހުންނާތި.. އަހަރެން އަދި ކަލޭގެ މަންމަގެ މަޤާމްވެސް ހޯދާނަން… ހަނދާން ކުރާތި.. އަދި ބުންޏޭނުން… ‘މަންމަގެ މަޤާމައް އެހެން މީހަކު ނުގެންނާތި’.. ހުއް..” އަޑައް ޅަކަން ގެންނަމުން ސަމިއްތަ ބުންޏެވެ.

އެހެން ދުވަސް ދުވަހު ލަވާނީ ހަޅެކެވެ. ނަމަވެސް ފުރަތަމަފަހަރަށް އަތް އިސްކޮށްފައި އަހަންނަށް އަނިޔާ ކުރިއެވެ. އަހަރެންގެ ދެކޮލުގައި ހިފާ ފިތާލި ވަގުތު، ތަދުވިވަރުން އެނބުރުން ނޭރީ ކިރިޔާ އެވެ. އެވޭނަކީ އުމުރު ދުވަހު ތަޙައްމަލް ކުރި ވޭނެއް ނޫނެވެ. ކޮލުން އަތް ދޫކޮށްލި ވަގުތު ފަހަތައް ކޮއްޕާލި ކޮއްޕާލިނުން އަހަރެން ފަހަތައް ވެއްޓުނެވެ. ފަހަތުގައި އިން ބިއްލޫރި މޭޒުގެ ފައިގައި އަހަރެންގެ ބޯޖެހުނެވެ. މުޅިތަން އެނބުރޭހެން އަހަރެންނަށް ހީވިއެވެ. ބޮލުގައި އިރުކޮޅަކު ހިފަހައްޓައިލައިގެން އަހަރެން ހުރެފައި ތެދުވި އިރު ސަމިއްތަގެ ހިލަމެއްވެސް ނުވެއެވެ. އެއްކޮށްފައި ހުރި ކުނިތައް ބޭރުގައި އިން ގޯންޏައް އަޅާލައިފަ އަހަރެން ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗައް ޖެހި ގަތީމެވެ.

ސަމިއްތަ ހުރިހާ އެއްޗެއް ކީއިރުވެސް އަހަރެން ޗުއްޕުވެސް ނުބުނަމެވެ. ސްކޫލުގެ މުދައްރިސް ބޮޑެތިމީހުންނަށް އިހްތިރާމް ކުރަން ވާނޭ އަބަދުވެސް ބުނެއެވެ. އަހަރެންގެ ހިތުގައި ޝަކުވާތައް ފުންޏަކަށް ހުއްޓަސް އެއަޑު އަހާލާނެ ފަރާތެއް ނުވެއެވެ. އެކުވެރިން ކައިރީ ބުންޏަސް ޤަބޫލެއް ނުކުރާނެއެވެ.

އިރުކޮޅަކު އެހެން އޮވެފައި އަހަރެން ބަނޑުހައި ވެގެން ކާން ދާން ތެދުވީ މެވެ. ތެދުވި ގަޑީ ހީވީ ބޮލައް ތޫނު ވަޅިއެއް ހަރާލި ހެންނެވެ. އެކަހަލަ ކަންކަމާ ވިސްނާ ވިސްނާ އަހަރެންގެ ބޯގޮވާ ހިސާބައްވެސް ކަންތައްތައް ދާން ފަށިފާނެ އެވެ. އަހަރެން ގޮސް ބަދިގެއަށް ވަތް ތަނާހެން އަހަރެންނަށް ލިބުނީ ދުވަހަކު ނުލިބޭނެހާ ވަރުގެ ހިތްދަތި ކަމެކެވެ. އެހާ ވަރަށް ހިތުގައި ޖެހުނު ދުވަހެއް މުޅި އުމުރުގައި ވެސް އަހަރެން އަޑުއަހަން ޖެހިފައި ނުވާކަހަލަ އެވެ.

“މިއަދު އާޝާ އަކަށް ކާކަށް ނުލިބޭނެ.. ދާން އުޅޭ މަގޭ ކުރިމަތިން ތި އެކްޓްތައް ނުޖައްސާ.. ހުއް… ތިމާ ވަރުގެ މީހެއް ނެތިގެން އަދިވެސް އުޅޭތި..” ދޮންމަންމަ އެދުވަހުބުނި ބަސް އަކުރެއް ފިޔެއް ބަދަލެއްނުވެ އަހަރެންގެ ސިކުނޑީގައި ކަނޑާ ނެގިފައި އެބަ ހުރި އެވެ. އެވާހަކަ އަޑު އިވިފައި އަހަރެން ނުވެއްޓި ސަލާމަތްވީ ދޮރުކަނީ ގައި އަހަރެންނަށް އަތް ޖައްސާލެވުމުންނެވެ. ސަމިއްތަގެ ހިތަކީ ހަމަ އެހާ ހަރު ހިތަކީ ހެއްޔެވެ؟ އެހިތުގައި އެއްވެސް ރަހުމެއް ކުލުނެއް އަހަރެންގެ މައްޗައް ނެތީ ހެއްޔެވެ؟ އަހަރެން މިހުރީ ހެނދުނު ހެނދުނާ ކަޅުސައި ތައްޓެއް ބުއި ގޮތަށެވެ. މިހާރު ގަޑިން އެހެރަ އެއްގަޑި ބައިވެ ދޭއްޖަހަނީ އެވެ. އަހަރެން މަޑުމަޑުން ފަހަތައް ޖެހެމުންގޮސް ދުވެފައި ކޮޓަރިއަށް ވަނީމެވެ. އެރު އަހަރެންގެ ލޮލުން ކޯތާފަތް މަތިން ކޯރަކަށް ކަރުނައި ރޮނގެއް ދެމިފައި ހުރިކަން ޚުދު އަހަންނަށް ވެސް ނޭނގެ އެވެ.

ހާދަހާވާ އަނިޔާވެރި ދުނިޔެ އެކެވެ. އުމުރުން ދިހަ އަހަރު ވާންދެން އަނިޔާ އަކީ ކޯއްޗެއް ކަން އަހަރެން ނުދެނަ ހުރީމެވެ. ނަމަވެސް އެކަނިވެރިކަމާ ހިތްދަތިކަން ތަޙައްމަލް ކުރަން ޖެހުނީ މަންމަ އާއި ބައްޕަގެ ވަކި ވުމަށް ފަހުއެވެ. މަންމަ އާއި މެދުވެސް ފުރަތަމަ ފަހަރަށް ޝަކުވާ އުފެދުނެވެ. އެ ދެމީހުން ވަކިވި ސަބަބު ނޭނގި މަންމަ، ބައްޕަ ދޫކޮށްލާފައި ނުދިޔަނަމަ މިހެންނެއް ނުވީސްއޭ އަހަރެންގެ ހިތައް އެރި އަދަދެއްވެސް ނޭނގެއެވެ. ކުރީގެ އުފާވެރި ދިރިއުޅުން ބޭނުންނަމަ ޖެހޭނީ މަންމަ ހޯދާށެވެ.

ނަމަވެސް މަންމަ ކޮބާ ބާއެވެ. ދެއަހަރުވާން އުޅޭ އިރުވެސް މަންމަ އަށް އަހަރެންގެ ފަޅުކަން އިޙުސާސް ނުވަނީ ހެއްޔެވެ. މިވީހާތަނައް މަންމަ ލޮލުންވެސް ނުދެކެމެވެ. އެދުވަހު ގެއިން ނިކުމެގެން ދިޔަފަހުން ޚަބަރެއްވެސް ނުވެއެވެ. ކުޑަމިނުން މަންމަގެ އަޑުވެސް އަހަރެންގެ ކަންފަތުގައި ނުޖެހެއެވެ. ބައްޕަ ނުބުންޏަސް މަންމަ ނެތް ތަނުގެ ފަޅުކަން ބައްޕަގެ ހިތުގައި ވެސް އޮންނާނެކަން އަހަރެންނަށް އިނގެ އެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އެއްބަޔަކަށް އުފާވެރިކަން ލިބޭއިރު އަނެއް ބަޔަކަށް ލިބެނީ ހިތާމައެވެ. ވޭނާއި ކެކުޅުމެވެ. އަހަރެންގެ ތަޤުދީރުގައި ހީވަނީ އުފާވެރިކަމެއް ލިޔެފައި ނެތީ ހެންނެވެ. ކޮންމެ ދުވަހަކު ދޮންމަންމަ އެއްގެ ވަކިތަކުގެ ދަށުގައި އަހަރެންގެ ފުރާވަރުގެ ދުވަސްވަރު ހޭދަވަމުން ދިޔަ އެވެ.

***

އާދުވަހަކަށް އިރު އަރައިފިއެވެ. މިއަދުމީ ދެމަސް ދުވަހަށް ފަހު އަހަރެންގެ ބައްޕަ ރަށައް އަންނަ ދުވަހެވެ. އަހަރެންނަށް އުފަލުގެ ކޮޅެއް ވެސް ނެތެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އަހަރެން ހުރީ އަހަރެންގެ އަނިޔާ ވެރިކަމުގެ ދުވަސްތައް ނިމުމަކަށް އަންނަކަމުގެ ހިޔާލީ ފޮލާ ކައްކާށެވެ..

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ޚަމްދު ލީލާ – 01

Next

ސިއްރެއް 3

Next
March 18, 2020

ސިއްރެއް 3

Previews
March 18, 2020

ޚަމްދު ލީލާ – 01

9 Comments!

  1. Quiiin? says:
    March 18, 2020 at 11:33 am

    Vrh vrh vrh rythi ma sha allah … in sha allah aashaa ah dhera gotheh nuvaane … A aar ur so talented dear … waiting fr nxt part
    ?❤

    1. A aaR says:
      March 18, 2020 at 12:16 pm

      jazaakallah khairan dear Quiiin.. yeah dhen vaagotheh balama dho..

  2. A aaR says:
    March 18, 2020 at 12:19 pm

    miothy 2vanabai ves up vefa. ummydhukuran kiyuntherinnah kamudhaane kamah.. kiyaalaafa comment kohlahchey.. 3 vanabai insha Allah on saturday..

  3. LAZY_QUEENY says:
    March 18, 2020 at 12:55 pm

    Vvvv reethi mi part vx…. Curiously waiting ngey… ???Lysm???

    1. A aaR says:
      March 18, 2020 at 8:54 pm

      Jazakallah khairan LAZY_QUEENY

  4. Yan♥️ says:
    March 19, 2020 at 10:19 pm

    Varah reethi Masha Allah and curiously waiting for the next part

    1. A aaR says:
      March 19, 2020 at 10:46 pm

      Jazaakallah khairan

  5. A aaR says:
    March 21, 2020 at 6:12 pm

    alhugandu balivumuge sababun vaahakaige dhen oi bai genes dhevey duvaheh neyge eve. adhi kulli gothakah Male’ dhaan jehumun alhugandakah ithuru vagutheh nulibe eve. alhuganduge haalathu visneynekamah ummydhu kurameve. alhugandu rashah ais furathama vx balaany kiyuntherin naa hama ah vaahaka genes dhevey tho eve.
    jazaakallah Khairan all for your support for me. ly my ….readers a lot

    1. A aaR says:
      March 31, 2020 at 2:25 pm

      vaahakaige anehbai mihaaru vaany submit kurevifa… next saturday ga 4 vana episode kiyuntherinnaa hama ah genes dheynan.. insha allah…

Comments are closed.

Next Episodeއަހަރެންގެ ވާހަކަ… 3 (ތިންވަނަބައި)←


All Right Reserved!