Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ކާމިޔާބު 4 (ހަތަރުވަނަބައި)

Annna Level 510 Stories100 Comments100 Login
February 8, 2020 4 Mins Read
8 Comments

އެދުވަހު ހުރިހާ ކުދިން އައީ ނިހާންގެ ގެސްޓް ހައުސްއަށް ފަރިތަކުރުންތަށް ކުރިއަށް ގެންދަން ނިންމައިގެންނެވެ. އެހެންކަމުން ކާގަޑިއަށް ފިލާވަޅުތައް ނިންމާލައިފައި ނާރާ އަވަހަށް ދިޔައެވެ.

***

އޭރު ނިހާން އާއި ނައިރާވެސް ތިއްބެވެ. ނަރާން އޭރުވީ ސްކޫލުގައި އެވެ. ނާރާ އޭނާ އާންމުކޮށް އިށީންނަ ގޮނޑީގައި ހަމަ ޖެހިލާވައި ނިހާންގެ ސަމާލުކަން ހޯދިއެވެ. “ބައްޕާ!.. އަޅުގަނޑުވާނެ މުބާރާތެއްގައި ބައިވެރިވެފައި.. ދެން އަޅުގަނޑުމެން ގުރޫޕު ކުދިން ބޭނުން ދަނސްކޮށްލަން ހިތްހަމަ ޖެހޭކަހަލަ މާޙައުލެއް….” ނާރާ، ވާހަކަ އެހާ ދުރުން ނޫނަސް ސިދާ މަޢުޟޫއަކަށް ނުދެއެވެ. “ދަރިފުޅު ތިއުޅެނީ ކަމެއް ބޭނުން ވެގެންތަ؟” ނިހާން ހިތުދަސްކޮށްފައިވާ، ނާރާގެ މިޒާޖު ރަނގަޅަށް ދަނެއެވެ. “މީ… ބައްބަގެ ގެސްޓުހައުސްއަށް އަޅުގަނޑުމެން ދަސްކޮށްލަން ދިޔަސް އެންމެ ރަނގަޅުތޯ އަހާލަން ވެގެން..” ނާރާ އިސްޖަހައިގެން އިނދެ ބަތް ތަށި ހާވަމުން ބުނެލިއެވެ. ނިހާން އިސް އުފުލާލަމުން ނާރާގެ މޫނަށް ބަލާލައިފައި އަހާލިއެވެ. “އެއްމެ ރަނގަޅު.. މިވަގުތު އެތާކު ނެތް އެއްވެސް މީހަކު.. އެހެންވީމައި ދަރިފުޅުމެން ކީގަޑިއެއް ބައްޕަ ކައިރީގައި ބުނެލަބަލަ..” ނިހާން ވަރަށް ލޯތްބާއެކު ވާހަކަ ދެއްކިއެވެ.

މިވާހަކަ އަޑު އިވިފައި ނާރާގެ މޫނޫ ވަގުތުން އުޖާލާ ވިއެވެ. އަދި ތުންފަތް މައްޗައް ހިނިތުންވުމެއްވެސ ވެރިވިއެވެ. “ހަތަރުގަޑި ބަޔަށް..” ނާރާ ކާން ފަށަމުން ބުނެލިއެވެ. “މައްސަލައެއްނެތް… ބައްޕަ އޮފީސް ނިންްމާލާފައި ދަމުން ދާނީ އެތަން ހުޅުވާފައި އިނގޭ.. ދަރިފުޅާ….. ގޯސް ގޮތަކަށް ނޫޅެއްޗޭ އިނގޭ…….” ނިހާން މިހެން ކިޔައިފައި އާދައިގެ މަތިން ނަސޭހަތް ދޭން ފެށިއެވެ. އެއީ އެ އާއިލާގެ އަބަދުވެސް އާދައެވެ. އެގޮތަށް ދޭތެރެ ދޭތެރެއިން ނިހާން އަދި ނައިރާ އެމީހުންގެ ދަރިންނަށް ނަސޭހަތް ލައިދެއެވެ.

ހަތަރުގަޑި ބައިވިއިރު އެކުދިން ތިބީ ގެސްޓު ހައުސް ގައިއެވެ. ވަރަށް ފޯރީގައި ދަސްކޮށް ނިންމާލިއިރު އެކުދިން ިބީ ގްރޭޑް ހަތަރެއްގެ ފޮތް ދަސް ވެފައިއެވެ. އެގޮތަށް ތިން ދުވަހު ދާއިރަށް އެކުދިން ގްރޭޑް ހަތަރެއް، ފަހެއް، ހައެއްގެ ފޮތް ދަސްކޮށް ނިންމާލިއެވެ.

ރީނާމެންގެ ގުރޫޕުވެސް ދަސްކުރަނ ދެއެވެ. ނަމަވެސް އެއީ ނަމަކަށެވެ. ގްރޫޕު އެއްތަންވެފައި ދަސްކުރުމުގެ ބަދަލުގައި އެވެރިންގެ ކަމަކީ ސަކަރާތް ޖެހުމާއި، ފިލްމު ބެލުމާއި، މަޖާ ކުރުމަކީ އާދަ އެކެވެ. އެވެރިން އެބަންދުގައިވެސް ނާޖާއިޒް ފައިދާ ނެގީ މައިންބަފައިންނަށް ދޮގު ހަދައިގެންނެވެ.

އާދިއްތަ ދުވަހެވެ. ރީނާމެން ތިބީ އަދި ދެހަފްތާ ވަރުފަހުން އޮންނާނެ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ހީކުރި ގޮތާޚިލާފަށް އަންނަ އަންގާރާ ދުވަހާއި ބުދަ ދުވަހު އޮންނަ ފޮތަށް ވަނީ ހަމަ ޖެހިފައިއެވެ. މިކަމުން ‘އެއިންސްޓައިން’ ޓީމަށް އުފަލެއް ލިބުނު އިރު، ރީނާމެންގެ ‘ގާރލީ’ ގުރޫޕަށް ލިބުނީ ޝޮކެކެވެ. އަންގާރަ އަދި ބުދަ، މިދެދުވަހަށް ނިންމުނީ އެއީ އެދެދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމަށް ވުމުންނެވެ.

އެދުވަހުގައި ގްރޭޑް ހަތެއްގެ ފޮތް މުރާޖާ ކޮށް ނިންމާލިއެވެ. އަށެއްގެ ފޮތް ދަސް ވެފައިވާތީ އެހަކުދިން ހާހެއް ނުވެއެވެ. ރައިހާ އާއި ރައިހަން އައީ މާލޭގައި ފުރަތަމަ ޓާރމް ނިންމައިގެން ކަމުން އެކުދިންނަށްވެސް ފަސޭހައެވެ. އެގޮތަށް އުޅޭއިރު އެއްކުއްޖަކަށް އިނގޭ މަޢުލޫމާތު އަނެއްކުއްޖަކަށް ހިއްޞާ ކުރުމުން އެކުދިންގެ އިތުރު މަޢުލޫމާތުވެސް ވަރަށް މުއްސަންޖެވެ.

ހޯމަ ދުވަހެވެ. އެދުވަހު މުބަރާތް ކުރިއަށް ދާނެ ގޮތް ކިޔައިދިނެވެ. ފުރަތަމަ ދުވަހު ހާޟިރު ވާންޖެހެނީ ނުވައެއް ޖަހާ އިރަށެވެ.  އެއީ އެދުވަހުދެނީ ދެގަޑިއިރުގެ ޕޭޕަރެކެވެ. ކޮއްމެ ގްރޫޕަކުވެސް ޑިސްކަސް ކޮށްގެން ހަދަން ޖެހޭ ޕޭޕަރެކެވެ. މިޕޭޕަރުގެ ދިގުމިނަކީ ދެގަޑިއިރެވެ. އޭގެ ކުރިން ނިންމައިފައި އެތާގައި އެވަގުތުގައި ހުންނަ ޓީޗަރަކާ ޙަވާލު ކޮށްފައި ގެއަށް ދެވޭނެއެވެ. ދެވަނަ ދުވަހު އޮންނަނީ ކުއިޒް އެވެ. ކުއިޒްގެ މާކްސް އާއި ޕޭޕަރުގެ މާކްސް އެއްކޮށްލައިގެން އެއްވަނަ ދާ ގްރޫޕަކަށް އޮންނަ ހަދިޔާ ވަނީ ސިއްރު ކުރެވިފައިއެވެ. ދެވަނައަށްދާ އަދީ ތިންވަނަ އަށްދާ ކުދިންނަށް ލިބޭނެ އިނާމްވެސް ވަނި ސިއްރު ކުރެވިފައިއެވެ. ހަމަ ޔަޤީނުންވެސް އާދައިގެ ހަދިޔާއެއް ނުލިބޭކަން ވަނީ އިނގިފައިއެވެ. އަދި އެހުރިހާ އިނާމް ތެކަކީ ސަޕްރައިޒް އެއް ކަމަށް ބުނެލިއެވެ.

ޖެހިގެން އަންނަ ދުވަހަކީ މުބާރާތް ފެށޭ ދުވަސް ކަމުން އެދުވަހުވެސް އެކުދިން ގްރޫޕު ސްޓަޑީސް ހެދިއެވެ. އެކުދިންވަނީ މިމުބާރާތައް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިއެވެ. އެކުދިންނަށް ޓީމް އެއްކުލައިން ހެދޭނެ ކަމާއި ނޫނީ ހަމަ އާދައިގެ ހެދުމާއިވެސް ދެވޭނެ ވާހަކަ ބުންޏެވެ.

ނަމަވެސް ނިހާން އަށް އެކުދިން އާދައިގެ ހެދުމާއި ދާން ހިތްހަމަ ނުޖެހޭތީވެ އެކުދިންނަށް ޓީޝާޓް ގަތުމާއި ތަތްގަނޑު ޖެހުމާއި ޙަވާލުވީ ނިހާން އާއި ރުހާމް އެވެ. އެކުދިންނަށް މިމުބާރާތައް ތައްޔާރުވާން އެކުދިންގެ ލޯބިވާ މައިންބަފައިން ދަނީ ޖާނުން ފިދާ ވަމުންނެވެ. އެހެނީ އެކުދިން މިމުބާރާތައް ކުރަމުން އައި މަސައްކަތް ފެނިފައި އެކުދިންގެ މައިންބަފައިންނަށް ވެސް ވަނީ ފާޑަކަށް ޖޯޝާއި ފޯރި އަރައިފައިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މިމުބާރާތަކީ މިސްކޫލުގައި އަލަށް ތަޢާރަފް ކުރި ތަފާތު މުބާރާތެކެވެ.

މިމުބާރާތަކީ ގްރޭޑް ހަތެއް އަދި އަށަކަށް ވަކިން އޮންނަ މުބާރާތެކެވެ. އެއީ ހަތެއްގެ ކުދިން ދަސްކުރަންޖެހޭ ބައިތައް މަދުވުމުންނެވެ. ނަމަވެސް ވަނަ ހޮވަނީ ދެބައި މީހުން އެއްކޮށެވެ. ބުދަދުވަހު އެކުދިން އަށެއްގެ ކުދިންނާއެކު ކުއިޒް ހުށަނޭޅޭތީވެ އެކުދިން އޮންނަނީ ސްކޫލުގެ މާލިމީ މާލަމުގައި ކަމަށްވެސް އިޢުލާން ކުރެވުނެެވެ. އަށެއްގެ ކުދިންނަށް ބުދަ ދުވަހު އޮންނަނީ ކެމިސްޓްރީ ލެބްގައެވެ.

ނުވައެއް ޖަހަނީ އެވެ. ނާރާމެން ތިބީ ފުރިހަމަ އަށް ތައްޔާރު ވެގެންނެވެ. ހުރިހާ ކުދިންނަށްވެސް މަޑު ފެހިކުލައެއްގެ ޓީޝާޓުގެ ފަހަތު ‘ޓީމް އެއިންސްޓައިން’ ޖަހާފައި އެވެ. އަންހެންކުދިން ކަޅު އަބާޔާ ހެދުން ލައިފައި މަތިން ޓީޝާޓް ލައިގެން ކަޅުކުލައިގެ ޝޯވްލް އަޅައިގެންނެވެ. ފިރިހެންކުދިން ޓީޝާޓް އާއި އެއްކޮށް ކަޅު ޖިންސާއި އޮފިޝަލް ބޫޓެވެ.

***

އަށްގަޑި ސާޅީސް ފަހެއްވިއިރު ހުރިހާކުދިން ހަމަވިއެވެ. ނުވައެއްޖެހުމުން ހުރިހާ ކުދިން ހޯލަށް ވަދުނެެވެ. ފުރަތަމަ އޮތީ ފެށުމުގެ ރަސްމިއްޔާތެވެ. ޤުރުޢާންގެ ބަރަކާތުން މުބާރާތް ފެއްޓީ ގްރޭޑް ހަތެއްގެ ދަރިވަރެކެވެ. ހުރިހާ ގުރޫޕަކު އެގުރޫޕެއްގެ ނަން ބުނަން ޖެހުނެވެ. އެއްމެ ފުރަތަމަ ޖެހުނީ ރީނާމެންގެ ގްރޫޕާއިއެވެ. ‘ގާރލީ’ މިހެން ތުއި އަޑަކުން ކިޔައިފައި ރީނާ އިށީންދެއްޖެއެވެ. ދެންޖެހުނީ ނާރާ މެންނާއިއެވެ. އެގުރޫޕު ނަން ބުނިފަހުން އިތުރު ހަވަރަކަށް ގްރޫޕުކުދިން ނަން ބުންޏެވެ. ފިރިހެން ތިން ގްރޫޕާއި، އަންހެން ތިން ގްރޫޕުގެ އިތުރުން އަންހެން ފިރިހެން އެއްކޮށް ދެގްރޫޕެވެ. ގްރޭޑް ހަތަކުން ހަތަރު ގުރޫޕާއި އަށްކުން ހަތަރުގުރޫޕާއެކު މުޅިމުބާރާުގައި ވާދަ ކުރަނީ އަށް ގުރޫޕެވެ.

އިރުކޮޅަކު ތިބެފައި ނުވަގަޑި ބައިވީމައި ހުރިހާކުދިން ދާންވީ ލެބްގެ ނަން ބުނެލިއެވެ. ގްރޭޑް އަށެއްގެ ކުދިން ކެމިސްޓްރީ ލެބައް ދާން ނިންމިއިރު ހަތެއްގެ ކުދިން ދާންޖެހުނީ ޕިޒިކްސް ލެބަށެވެ. ބަޔޮލޮޖީލެބްގައި މުބާރާތާއި ގުޅޭ އެކިކަހަލަ ކަރުދާސް ތައް ހިތްޕާފައި ހުރުމުން އެތަނަށް ނުދެވުނީއެވެ. ހަތަރު ގްރޫޕު ވަދުނުއިރު ކޮށްމެ ގްރޫޕެއްގެ ނަން ހަރުކޮށްފައި އެގްރޫޕަކަށް މޭޒެއް އިނެވެ. ކުދިން ގޮސް ހަމަޖެހިލިއިރު އަދި ޓީޗަރެއް ނުދުރުވެއެވެ. ނާރާމެން މަޑުން ތިބިއިރު ރީނާމެންގެ ގްރޫޕު ވާހަކަ ދަށްކާ އަޑު އެއްއަޑަކަށް ގުގުމާލައިފައި ހުއްޓެވެ. އަނެއް ގްރޫޕުތައްވެސް ސިމިސިމި ލައްވާއަޑު އިވެއެވެ.

ރީނާމެންގެ ގްރޫޕު ނާރާމެންނަށް ބަލަބަލާފައި އަނގައަށް ވައްތަރު ޖައްސާފައި އުޅުނުގޮތުން ނާރާމެންނަށް، އެއުޅެނީ އެމީހުން އެއްވައްތަރުކޮށް ޓީޝާޓް ލައިގެން އައުމުން އެހެންވެގެންކަން އިނގުނެވެ. ރީނާމެންގެ ގްރޫޕު ކުދިންތިބީ ގައިގެ ވަނާތައް އިނގޭގޮތަށް ހުރި ބާރު ކުރު ހެދުމާއި އެކު ޖިންސެއް ލައިގެންނެވެ. ލައިގެން ތިބި ޖިންސު ބާރުކަމުން ހީވަނީ ދެންމެ ދެންމެ އިރައިގެން ގޮސްދާނެ ހެންނެވެ. ފައުންޑޭޝަން އުނގުޅާފައި ހުރީ މީހާގެ ސިފަ ގެއްލޭވަރަށެވެ. އަދި ހަމުގެ ކުލައާއި ނުގެޅޭ ފައުންޑޭޝަނަކަށް ވުމުން ހީވަނީ ޗަރުކޭސް ޖައްސާ (ކްލައުން) މީހެއް ހެންނެވެ. ޝޯވްލް އޮޅާފައި ހުރިއިރު ކިރިޔާ ކަރު ނިވާ ވަނީ އެވެ. މޭމަތި އޮތީ ހާޔަށެވެ. ތުންފަތުގައި ރަތް ކުލަޖައްސާފައި ހުރިލެއް ގަދަކަމުން ހީވަނީ ލޭފައިބާ ހެންނެވެ. ލައިގެން ހުރި ހެދުމުގެ އަތް އުޅަބޮށްޓާއި ހިސާބުން ރޫޖައްސާފައި ދޫކޮށް ފުޅާކޮށް ހުރިއިރު، މޭޒުމަތީގައި އަތްވިއްދުމުގެ ސަބަބުން މުޅި އަތް އޮތީ ހާޔަށެވެ. އަދި އެގުރޫޕުގެ އެކި ކުދިން ތިބީ އެކިކުލައިގެ ހެދުން ލައިގެންނެވެ.

ގާތްގަނޑަކަށް ދިހަ ވަރަކަށް މިނިޓު ފަހުން ސްޓެމް ކްލަބްގެ އިންޗާޖު ޕޭޕަރުތައް ހިފައިގެން އައިސް ވެންނެވި އެވެ. ޕޭޕަރުތެއް ބަހައިފައި ބަރާބަރު ނުވަގަޑި ބައިވީ އިރު ފެށިއެވެ. ނިމޭ ކުދިބައެއް ފޮނުވާލާނެ ވާހަކަވެސް ވިދާޅު ވިއެވެ. އެޕޭޕަރު ތަކުގެ ބޯމިން 0.5 ސެންޓިމީޓަރު ހުންނާނެ ކަން ކަށަވަރެވެ.

ބައިގަޑިއިރެއްހައި އިރު ތެރޭ ‘ގާރލީ’  ގުރޫޕު ހަދާ ނިންމާލިއެވެ. ނާރާމެންނާއި ދިމާއަށް ބަލާލައިފައި މަލާމާތުގެ ހިނިތުންވުމެއް ދީފައި ނިކުމެގެން ހިނގަތްޖެއެވެ. ނާރާމެން ހަމަޖެހިލައިގެން ނިންމާލިއިރު އަދި ބައިގަޑި އިރު އޮތެވެ.އެކުދިން ކުލާހުން ނިކުމެގެން ދިޔައިރު މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. ތުންފަތްމަތިން ފެންނަނީ އުފާވެރި ކަމުގެ ނިޝާނެވެ. ނިމިގެން ދިޔަ ޕޭޕަރުގެ ގިނަ ސުވާލުތަކެއް ރަނގަޅުވާނެ ކަމުގެ އުންމީދެވެ. މި މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމުގެ ޢަޒުމެވެ.

ޖެހިގެން އައި ދުވަހެވެ. ބުދަ ދުވަހެވެ. ނާރާމެންގެ ‘އެއިންސްޓައިން’ ގްރޫޕު ތިބީ އެކުދިންނަށް ހަމަ ޖެހިފައިވާ މޭޒުގައި އިށީންދެގެންނެވެ. އޭރު ހަތެއްގެ ކުދިން ނިންމާފައި ގެއަށް ގޮއްސި އެވެ. މުބާރާތް ފެށެން ވަގުތު ކުޑަތަން ވަނީ އެވެ. އެންމެގެ ހިތް ތައްވެސް ތެޅެމުންދަނީ އަވަސް ކޮށް ބާރަށެވެ. މިމުބާރާތުނަ ވާނީ ކިހިނެތް ބާވައެވެ.

_ނުނިމޭ

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…11

Next

ނޭނގޭ ބުނެދޭކަށް 2

Next
February 8, 2020

ނޭނގޭ ބުނެދޭކަށް 2

Previews
February 8, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…11

8 Comments!

  1. Meekkomee says:
    February 8, 2020 at 11:34 pm

    Varah Reethi ??? whn is next…. waiting for it???ly❤️??

    1. A aaR says:
      February 12, 2020 at 8:38 pm

      Thnx meekkomee

  2. Shaxaadha Suood says:
    February 9, 2020 at 10:19 am

    Kp

    1. A aaR says:
      February 12, 2020 at 8:39 pm

      Thnx

  3. Kaneli says:
    February 9, 2020 at 5:44 pm

    Amaa ey liyeba l

    1. A aaR says:
      February 12, 2020 at 8:40 pm

      I accept negative and positive comments
      Bunan beynunvaa ehcheh saafukoh buneladhee

  4. Kiaa says:
    February 10, 2020 at 4:08 pm

    Vadhune ranagalhenoon. rangalhu gothakee vaneve. Gossieve. Rangalhu gothakee hingajje eve.gosfi eve

    1. A aaR says:
      February 12, 2020 at 8:42 pm

      Thnx kiaa.. I will correct it next time Insha Allah❤❤

Comments are closed.


All Right Reserved!