ރަހާނާ އެގޭގެ ދޮރުމައްޗައް އަރައިފައި ބެލް ޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލީ އަންހެނެކެވެ. ފެންނަން އިނީ ހަމައެކަނި ލޯކަމުން އެއީ ދީނަށް ލޯބިކުރާ މީހެއްކަން އިނގުނެވެ. “ރަހާނާ!” ކުރިމަީގައި ހުރި މީހެއް ފެނުމުން ދެނެގަންނާކަށް ނައިރާ އަކަށް އުނދަގުލެއް ނުވިއެވެ. *** އެއީ އޭނާގެ މަރްހޫމް ފިރިމީހާގެ ކޮއްކޮ އެވެ. މޫނޫމަތިން ބަލާލިއަސް ވައްތަރުކަން އެނގެއެވެ. “ތީކާކު ތޯ؟ ކިހިނެތް ތޯ އަޅުގަނޑުގެ ނަން އިނގުނީ؟” ރަހާނާ ހައިރާން ކަންމަތީ އިނދެ އަހާލި އެވެ. އަނެއްކާ…… ހިތަށް […]
މިއީ “ކާމިޔާބު” ވާހަކަ ސިލްސިލާ އަށްފަހު އަޅުގަނޑު ލިޔާނެ ތިންވަނަ ވާހަކަ ސިލްސިލާ އެވެ. މިއީ އެއްވެސް އިރަކު ހިނގި، އަދި ހިނގައި ފާނެކަމަށް ލަފާކޮށް ލިޔެފައިނުވާ، އަޅުގަނޑުގެ ޚިޔާލަށް ލިޔެފައިވާ، މުޅިން ޚިޔާލީ ވާހަކަ އެކެވެ. “އައިނާ” ވާހަކަ ސިލްސިލާ އަދި “ކާމިޔާބު” ވާހަކަ ސިލްސިލާ އަށް ވުރެ ބޮޑު ތަރުޙީބެއް “އަހަރެންގެ ވާހަކަ” ވާހަކަ، ސިލްސިލާ އަށް ލިބުމަކީ އަޅުގަނޑުގެ އުއްމީދެކެވެ. މިވާހަކަ އަކީ ނޭވާ ހިފަހައްޓާލަންޖެހޭ އެތަށް ޙާދިސާއަކާއެކު ކިޔުންތެރިންނަ ކިޔާހިތްވާނެ ވާހަކައަކަށް […]
ނަރާން އެއްލި ނޯޓު ގޮސް އަފްރާހުގެ ބުރަކަށީގައި ޖެހުމުން ކުޑަކޮށް ހިނި އައެވެ. އެވަގުތު މަންމަ ދޮނތި އައިސިއޭ ކިޔައިފައި ގޮވާލިއެވެ. *** ނަރާން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ކާގެއަށް ވަދުނެވެ. “ދަރިފުޅާ! މަންމަ އަބަދުވެސް ބުނަމެއްނު މަޑުން ސިޑިން ފައިބާށޭ.. ނޫނީ އަނިޔާއެއް ވެދާނޭ.. އެކަމަކު ހަމަ ނަރާން އަކަށް އަޑެއް ނީވެއޭ..” ނައިރާ ނަރާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އޯކޭ މަންމާ..” ނަރާން ރޮށިކޮޅެއް ފިލުވާލަމުން ބުނެލިއެވެ. “ބައްޕާ! އަޅުގަނޑު […]
بسم الله “ދަރިފުޅާ!.. ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން ބުނެލިއެވެ. “ލައްބަ.. މަންމާ މިދަނީ..” އުމުރުން ސާދަ އަހަރުގެ ނާރާ އޭނާގެ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލަމުން ރަނގަޅުތޯ ބަލާލިއެވެ. ހިކި ކުއްޖެކެވެ. ވަށް މޫނަކާއި ހަންގަނޑު އަލި ރީތި ކުއްޖެކެވެ. އިސްކޮޅުން މާދިގު ނޫނަސް ކުރެކޭވެސް ނުބުނެވޭނެއެވެ. ކަނޑު ނޫކުލައާއި މަޑު ނޫކުލައިގެ ޔުނީފޯރމް ގައި ފެންނަނީ ވަރަށް ސާދާ […]
މީ ‘އައިނާ’ އަށް ފަހު އަޅުގަނޑު ނެރޭނެ ދެވަނަ ވާހަކަ ސީރީޒް އެވެ. ވަރަށް އަވަހަށް އަންނަނީ! އިންތިޒާރު ކޮށްލައްވާ!! “ދަރިފުޅާ ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން އަހާލިއެވެ. “ލައްބަ މަންމާ.. މިދަނީ..” ނާރާ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލި އެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލައިފައި ޔުނީފޯރމް ރަމގަޅުތޯ ބަލާލިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ލިޔާ މޭޒުމަތީގައި އިން ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ…. _ނުނިމޭ
އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫ ވާވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔާލި އެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާ ފައި… ހަމަ އަނީލްގެ މިޒާޖު… ޕިސް ޕިސް ޕިސް..” *** މިހެން ކިޔާފައި ކޭކު ބަޖިޔާ ހަދާ ނިންމާލި އިރު ތިންގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. އައިނާ އިސްރާ ކައިރީ އަވަހަށް ތައްޔާރު ވާން ދާށޭ ބުނެލި އެވެ. އިސްރާ ތައްޔާރު ވެގެން […]
ހެނދުނު އައިނާ ސްކޫލަށް ދިޔައިރު އަޝްހާ ކުލާހުގައި އިނެވެ. އައިނާ ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ގޮސް އަޝްހާ ކައިރީގައި އިށީންދުނެެވެ. “އަނާ!!؟؟” އަޝްހާ ގޮވާލީ އައިނާގެ ސަމާލުކަން ހޯދާށެވެ. “ހޫމްމްމް..” އައިނާ މަޑުމަޑުން ފަރުވާ ކުޑަ ގޮތަކަށް ހޫމް އެއް އަޅުވާލިއެވެ. އަޝްހާ ހަދާ އެއްޗެއް ބަލާލާށެވެ. ވީވެސް އައިނާ ހީކުރި ގޮތަށެވެ. އަޝްހާ އަށް އޭނާ ‘އެކްޓް’ ޖައްސާކަން އެނގުނެވެ. “އޯހް ގޯޑް އަނާ!! ނޭނގޭ ކަމަށް ނަހަދަބަ.. އެއްމެ ފަހުން އަހަރެންގެ ޑްރީމް […]
ކުރިޔަށް އޮންނަ ހަފްތާ އަކީ އަޅުގަނޑުގެ އެގްޒާމް ދުވަސްވަރު ކަމުން އައިނާ ވާހަކަ އަޕް ކޮށްދެވޭނީ އެއްމެ އަވަހަށް ވެސް 6 ނޮވެމްބާރ 2019 ގައެވެ. އެއަށް ވުރެ އަވަހަށް ތޭރަވަނަބައި އަޕްކޮށްދޭން އަޅުގަނޑު މަސައްކަތް ކޮށް ދޭނަމެވެ. އިންޝާ ﷲ *** މިވާހަކަ އާއި މެދު ކިޔުންތެރިން ދެކޭގޮތް ކޮމެންޓް އަކުން ބުނެލުން އެދެމެވެ! މިވާހަކަ ކަމުދޭ ހެއްޔެވެ؟ – ވާހަކައިގެ ލިޔުންތެރިޔާ –
އިސާހިތަކު ލޮލުން ކަރުނަ ނިރާލީ އެދުވަސްތަށް ހަނދާން ވުމުންނެވެ. ހުރިހާ އިހްސާސެއް އެއްވެ ރުޅި އިސްކުރަން ނެގީ މަދު މިނިޓު ކޮޅެކެވެ. *** “އޭތް!! އަޝޫ ހިނގާ ބަލަ އަހަރެން ގެއަށް ލައިދޭން.. ރީމް ނުދާނަންތަ؟” އައިނާ އަޝްހާ ކައިރީ ބުނެލުމަށްފަހު ، އޮޅުން ފިލުވާލީ ރީމާ ގެއަށް ދޭތޯއެވެ. “އާން.. އަހަރެން ދާނީ ނަވްޝާ ކައިރިއަށް ވަދެލާފައި. އެއީ ވެސް އަހަރެންގެ ބެސްޓް ފްރެންޑެއްނު؟ އަދި އޭނަ އަށް ވެސް މިފްރެންޑް ޝިޕް އަންގަންޖެހޭނެ. ނަވްޝާ […]