Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފަނާ 23

I-RaM Level 110 Stories
June 17, 2015 5 Mins Read
19 Comments

ދެލޮލުން ފައިބަމުން ދިއައީ އުފާވެރި ކަރުނައެވެ. އެއީ އެތަށް ދުވަހެއް ފަހު އަހަރެންނަށް ހިމާޔަތްދޭނެ އަތެއްގެ ހިޔާލިބުނުކަން ޔަގީންވުމުންނެވެ. މިއަދު އަހަރެންނަށް އަހަރެން ދެކެ ލޯބިވާ ބަޔަކު ލިބިއްޖެއެވެ. އަހަރެންގެ ހިތް ބިރުގަންނަނީ އަނެއްކަވެސް ތަގްދިރު އަހަރެންގެ މި އުފާތަކާއި ހަސަދަވެރި ވެދާނެތީއެވެ، ލަމްހާ އަކީވެސް އަހަރެންގެ ހަތުރެކޭ ހިތްބުނަމުން ދިއައިރު އެކަން އެގޮތަށް ނުވުމަށް އެދި ދުއާކުރެވުނެވެ.

އަހަރެންގެ ކަޅު މާޒީއާ ދެކޮޅަށް ތެދުވަމުން އަހަރެން ނިންމީ ރަށާ ދުރަށް ވީހާވެސް އަވަހަކަށް ދާށެވެ. ޒައިދު އާއި ޔޫނުސްބެގެ އެހީތެރިކަން ލިބެން އޮތްނަމަވެސް އަހަރެން މިފަހަރު ހުންނަށް ނިންމީ އަހަރެންގެ އަސްލު ބައްޕަ ކައިރީ އެވެ.މާޒީގަ ކިތަންމެ އަނިޔާއެއް ލިބިފައިވިއަސް މުސްތަގްބަލަށް އެކަމުން ހުރަހެއް އެޅޭކަށް އަހަރެން ބޭނުންނުވެއެވެ. ޒައިދުވެސް އަހަރެންގެ ހަގީގަތް އެނގިހުރެ އަހަރެންދެކެ ލޯބިވީ އަހަރެންވެސް ޒައިދުގެ އެ ލޯތްބަށް ގަދަރު ކުރަމުން އެލޯބި ބަލައިގަތީމެވެ. ދުވަހަކުވެސް ބީވެ ނުދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އަބަދަށް އަހަރެންގެ މިހަޔާތަށް ރޯސަންކަމެއް ލިބިދޭނެފަދަ އަލިކަމެއް ދެވޭނެކަމުގެ ޔަގީންކަން އޮތް ހަމައެކަނި ފަރާތަކީ ޒައިދުކަމުގައި އަހަރެންގެ ހިތް އެއްބަސްވިއެވެ.

ރޭގަނޑުގެ ވަގުތެވެ.އަހަރެން އިނީ ސިޓިން ރޫމްގައި ޓީވީ ބަލާށޭވެ. “ދަރިފުޅާ މާހީ” ބައްޕަ ޒުހޭރު އަހަންނަށް ގޮވާލިއަޑަށް ތަޅުވައިގެން ގޮސް ފަހަތްބަލާލެވުނު އިރު ، ދަބަހެއް ކޮނޑުގައި އަޅުވައިގެން އަހަންނާއި ދިމާއަށް އަންނަމުން ދިއައެވެ. ސުވާލުގެ ނަޒަރު އަހަރެން ބަލައިންދާ، ބައްޕަ ބުނީ މާލެ ފުރަން އުޅޭވާހަކަ އެވެ. “ދަރިފުޅާ މިބައްޕަވި އިހްމާލލުން ދަރިފުޅަށް ލިބުނު އަނިޔާތަކަށް ބައްޕަ މާފް އެދެން، މިރަށައް އައި ސައިނާ ސަލާމަތް ކުރަން ، އެކަމަކު އެ ކެހިވެރި މަކަރުން ފުރިފައިވާ ނުލަފާ ައންހެނާ އާއި މެދު އެއްވެސް ރަހުމެއް ބަހައްޓާކަށް ދެން ބޭނުމެއްނޫން ، އަދި ބައްޕަގެ ދެ ފިރިހެން ދަރިގެ މުސްތަގްބަލަށް ސާއިނާގެ ހިޔަނި އެޅުނަ ނުދޭންވެގެން ބައްޕަ މި ނިންމީ، މާލެދިއުމަށް ފަހު ވީހާވެސް އަވަހަކަށް ލަންކާ އަށް ދާން، ދަރިފުޅުގެ ދޮންތަގެ ބޭސްފަރުވާ ލަންކާގައި ކުރިއަތް ގެންދާތީ އެންމެންވީ ވެސް ލަންކާ އަށް ބަދަލުވެފަމިހާރު، ބައްޕަވެސް އެހެންވެ، މާއިން،މެން ގޮވައިގެން ،ދާން މިއުޅެނީ، ބައްޕަގެ މިކޮޅުގެ ހުރިހާ އެއްޗެއް މިހާރު ވާނީ، މަހީގެ އެއްޗެހި ކަމުގައި، ފިހާރައިން ލިބޭ އެއްޗަކާ،މިގެވެސް މީ މާހީއަށް، އެކަމަކު މާހީ ރަށުން ދާންނިންމި ކަން އެގުނީމަ ބައްޕަ މިތަން ބަލަހައްޓަށް ހަވަލު ކުރީ ހަމްޒާއަށް، މިތަން ކުއްޔަދީގެން ލިބޭ އެއްޗެއް ވެސް ވާނީ މާހީގެ ހައްގަކަށް، އެކައްފާރާ ގަބޫލްކުރާނެކަމަށް އުއްމީދު ކުރަން، އެހެނޫނަސް މާހީ ބޭނުންނަމަ އަދިވެސް ކިޔަވާ މޮޅު ކުއްޖަކަށް ވެވި އަމިއަލަ ފައިމަށްޗަށް ތެދުވެވިދާނެ،އުއްމީދު ކުރަން މާޙީ އަދި މޮޅު ކުއްޖަކަށް ވެ ފަހުރުވެރި ދަރިޔަކަށް ވާތަން ދެކެން ފުރުސަތު ލިބޭނެކަމަށް، ސައިނަ އާއި އަޒާލް ފަދަ ނުލަފާ ބައެއްގެ ކިބައިން ދަރިފުޅު ސަލާމްތް ވިއަސް ވިސްނާތި ކުރިއަށް ތާނގަ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެހެންމީހަކަށް ނުކުރާތި، އަޒާލްއާއި ސާއިނާ. މިހާރު ވީ މިއަތޮޅު ވެރިކަން ކުރާރަށުގަ ހުރި ޕްލިސް ސްޓޭޝަންގަ އެދެމީހުންގެ ފަރާތުން ގެއްލުމެއް ދެން ދަރިފުޅަކަށް ނުލިބޭނެ، ބައްޕައަށް ހިތްހެޔޮކުރާތި، މާޙީ ކޮންމެ ތާކު ހުއްޓަސް ބައްޕަ ގުޅާނަށް ޝަނިމްއަށް މާހީގެ ހާލެއް ބަލަން، އަދި މާހީ މާލޭ އައީމަ ބައްޕަ ދާނަށް މަޙީއާއި ބައްދަލު ކުރަން، ދެން ދަނީ …” ބައްޕަ ވާހަކަ ނިންމަލަމުން ދިށްކޮށްލި އަތުގައި އަހަންނަށް ހިފުނު އިރު ލޮލުން ކަރުނަތަޢް ފައިބަން ފަށާފިއެވެ.ލޯބިވާމީހުން ގެއްލިގެން ދާއިރު، ލިބޭވޭން ތަހައްމަލު ކުރަން ދަތިވާނެކަން އެގޭން ފަދައިން، ތިމާ އަމިއްލަ ބައްޕަކަމުގައި ގަބޫލްކުރި މީހާ އަބަދަށް ގެއްލޭކަމުގެ އިހްސާސެއް ކުރެވުމުން އިހްތިޔާރެއް ނެތި ދެލޯފުރިގެންދިއައެވެ. ބައްޕަ އަހަރެން މޭގަ ޖައްސާލަމުން ، ބައްޕަގެ ކޮޓަރީގައި އަހަރެންނަށް ވީ ކުޑަ ހަދިޔާއެއް އިންނާނެ ކަމުގައި ބުނެލިއެވެ. އަދި ސަލާމް ކޮށްލަމުން ނުކުމެންނަށް ހިގައި ގަތެވެ، އަހަރެންނަށް ހަރަކާތް ކޮށްލަންވެސް ނެގި ހުރެވުނީ ބައްޕަދިއަ ދިމާއަށް ބަލާށޭވެ، ލޯމަތި ގެއްލިދިއައިރުވެސް ހިޔާލެއްގެ ތެރޭހުއްޓާ ފަހަތުން އައިސް އަހަރެންގެ މޫނު މަަތީ މީހަކު އަތް އެޅުމުން ގަތްބިރުން، ނެވާއާއި ހިތުގެ ހިންގުން ވެސް އަވަސްވިއެވެ، ލޯމަތީ އެޅިފަެި އޮތް ދެއަތުގާ ހިފާ ނައްޓާލަމުން ބަލާލިއިރު ޒައިދު އެވެ، ލޯބި ހިނިތުންވުމުގެ ހުރި ޒައިދު ފެނި އަހަރެންގެ ހާސްކަން ފިލާދިއައެވެ، އެމޭގަ ލައްވެލަމުން، އަހަރެން ބައްޕަ ފުރައިުގެން ދިއަ ވާހަކަ ބުނީމެވެ.

 

ބައްޕަގެ ކޮޓަރި ދޮރުން އެތެރެއަށް ވަތް އިރު، އެނދުމަތީގައިއިން ޕާރސަލެއް ލޮލުގައި އަޅާގަތުމުން އެއާ ހަމައަށް ގޮސްބަލަލީމެވެ. ބައްޕަބުނި ހަދިޔާއަކީ އެއީކަން އެގުމުން ވަގުތުން އިށީދެ އެ ކަޑަން ފެށީމެވެ. ފުރަތަމަވެސް ލޮލުގަި އަޅައިގަތީ ފިޔާތޮށި ކުލައިގެ އައިޕެޑެކެވެ. އޭގެ ތެރޭގައި އަދި އިތުރަށް ފިޔާތޮށިކުލައިގެން ރިތި ހެދުމަކާއި، އެހެދުމާއި ގުޅޭ ގޮތުން ރީތިރިތި ފަިއވާނަކާއި ލޯބި މޭކަޕް ސެޓެއްވެސް އޮތެވެ. ވަގުތު އަހަރެން ހަނދާންވީ އަހަރެން ލިޔަން ގެންގުޅނު ދައިރީ މަތިންނެވެ، އޭގެން ނޫނީ ބައްޕައަށް އަހަރެން އެންމެ ބޭނުންވާ އެއްޗެއް އެގޭނެ ގޮތެއް ނޯންނާއެވެ، އަހަރެންނަށް ހެވުނީ އުފަލުންނެވެ. ދުވަހަކުވެސް މިހާ ރީތި ލޯބިލޯބި އެއްޗެހިތަކެއް އަހަންނަކަށް ނުލިބެއެވެ.ވީ އުފަލުން ޒައިދު ކައިރިއަށް ދިއައިރު، ކުޑަދޮރުން ބަލާލެވުނީ ކަންފަތުގައެި ޖެހުނު އަަޑެއްގެ ސަބަބުންނެވެ. ފެނުނު މަންޒަރުން މީހާ ގަނޑުވިއެވެ. ޒައިދުގެ ކޮޓަރި ތެރޭ ޒައިދު ގައިގާ ބައްދާލައިގެން ހުރެ ރޮމުން ދިއަ ލަމްހާފެނި ހިތަށް ނުބައި ގޮތްތަކެއް ވެގެން ދިއައެވެ. އިސްޖާހަލަމުން އެނބުރި ކޮޓަރިއަށް މިސްރާބު ޖެހީ، އެ މަންޒަރު ހިތަށްވި ތަދު ބޮޑުކަމުން ޒައިދުއާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. ލަމްހާގެ ހިތުގައި އަހަންނަށް ނަފްރަތުވީ ފަދައިން ޒައިދަށް ލޯބިވެދާނޭ ހިތަށް އެރީވެސް އެވގުތުއެވެ.

އާދެވުނު ރުޅީގައި ގޮސް އަހަރެންނަށް ޒައިދުގެ ކޮޓަރި ދޮރުގައި ހިފައިގަތެވުނީ ހީނުކުރާހާ ބާރަށެވެ. އެތެރޭގައި ތިބި ލަމްހާއާއި ޒައިދު ވެސް ސިހިފައި ބަލާލެވުނު އިރު، އަހަރެންނަށް ވަނީ ރޮވިފައެވެ،. ‘މާހީ ކިހިނެއްވީ،” އަހަރެން ފެނުމައި އެކުހެން ޒައިދު އައިސް އަހަރެންގެ އަތުގައި ހިފަމުން ސުވާލުކުރަން ފެިއިރު،ހަސްވެފަވާ މިންވަރު އެއަޑުން ރަގަޅަށް ދޭހަވެއެވެ.” ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީ” ބުނަށް ބޭނުވި އެތި ދުލާހަމައަށް ނައުމުން ހަގީގަތުގައި ވެސް އަހަންނަށް ބުނެވުނީ އެވަގުތު ހަމަ އަހަންނަށް ވަމުން ދިއަ ރިހުމެއްގެ އިހްސާސެކެވެ. އެކަމަކު ބޮލަށް ވުރެ ބޮޑަށް ރިހެމުންދަނީ އަހަރެންގެ ހިތުގައެވެ. ލަމްހާ ލޯއަޅާލަމުން ތުންފަތަށް ގޮތެއް ހަދާލިތަންފެނި އަހަރެންނަށްވި ސައްކު ޔާގީންވިއެވެ. ޒައިދު އަހަރެންގެ އަތުގައި ހިފައިގެން ނުކުނަމުން ލަމްހާއަށް ގޮވާލަމުން ފެންތައްޓެއް ގެނެސްދިނުމަށް ބުނަމުން އަހަރެން ގޮވައިގެން ވަނީ ކޮޓަރި އަށެވެ. “މާޙީ މާ ބޮޑަށް ވިސްނާތީ ތިހެން ވިވަނީ، މާޙީ ތިގޮަތަށް އަބަދު ރޯތީ އަހަރެން ވަރަށް ދެރަވޭ، އެނޣޭނުން ދޯ މާޙީއަށް ކަމެއްވެއްޖެއާ އަހަރެން ކިހިނެއް ކެތް ކުރާނީ، ޕްލީސް އަހަރެންދެކެ ލޯބިވަންޔާ ހިތާމަކުރުން ހުއްޓާލާ ތިވިސްނުންތައް ދޫކޮށްލާ،އަހަރެން މާހީ ދެކެ ވަރަށް ލޯބިވޭ، ދުވަހަކުވެސް މާހީ ދެރަވާތަން ދެކެން ބޭނުމެއް ނޫން ” ޒައިދު އަހަރެން އެމޭގައި ފޮރުވާލަމުން ނިތްކުރީގައި ތުންފަތްޖައްސާލި ވަގުތު ހުޅުވިގެން ދިއަ ދޮރުން ވަތް ލަމްހާ އަށް ފެނުނު މަންޒަރު އަތުގައި ހުރި ތަށި ދޫވެގެން ދިއައިރުވެސް ނޭގުނެވެ.

ވެއްޓީގެން ދިއަ ތަށީގެ އަޑުފަށްގަނޑާއި އެކު، ލަމްހާ ސޮރީ އޭކިޔާ ދުއްވައިގަތެވެ. ޒައިދު ހައިރާންކަމާއެކު ލަމްހާއަށް ގޮވަމުން ދިއައިރު، ވާނުވާ ނޭގި އަހަރެންނަށް ހުރެވުނީ ލަމްހާގެ ފަރާތުން ފެންނަމުންދާ އަމަލުތަކުން ވިސްނަންވީ ކޮންޗެއްކަން ނޭގިފައެވެ.ދެން ފެނިގެން ދިއަޢި ޒައިދުވެސް ބޭރަށް ނުކުމެގެން ދިއަ ތަނެވެ.

ދަންވަރުގެ ވަގުތެވެ. މިރޭ ހިގާދިއަ ކަންތައް ގަނޑަށް ފަހު ދިއަގޮތަށް ޒައިދު ނާންނާތީ ޢާި ވީ ކަންތަކުގެ ސަބަބުން ސިކުނޑި އަށް ބުރަވެ، ނިދި ރުޅިވެފައިވާތީ ސިޓިންރޫމްގައި އަހަރެން ގޮސް ޖައްސާލީ ޒައިދު އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ނެވެ. ގަޑިން ދަންވަރު އެއްގަޑި ބައިވަނީ އެވެ. ކުއްލިއަކަށް މުޅިގޭން ކަރަންޓް ކަނޑައިގެން ދިއައެވެ. ދުވެފައި ގޮސް ބޭރަށް ނުކުމެވުނުއިރު، މުޅިރަށްވެސް އޮޮތީ ކަނުއަނދިރީގައެވެ. ހާސްވެފައި އަހަރެން މުޅިތަން ހޯދަމުން ދިއައިރުވެސް މީހެއްގެ ހަބަރެއް ނުވިއެވެ. ކުއްލިއަކަށް މީހެއްގެ ކުކުރުން އަޑުއިވިގެން އަތިރިއާއި ވީ ދިމާއަށް މިސްރާބު ޖެހުނީ ބޭއިހްތިޔާރުގައެވެ. މޭގަނޑު ނުކުމެދާނެހެން ހީވީ ބިރުގަނެފާވިލެއް ބޮޑުކަމުންނެވެ. ބައިބޯގަސްތައް ކައިރީ ހުރި ރުކެއްގަ އައްސާފަ ހުރި ފިރިހެނެއް ލޮލުގައި އަޅާގަތީ އެވަގުތުއެވެ.. ހިތުގައިވި ބިރު އިތުރުވި އިރު، މޫނު މަތީ ވަރުގަދަ އެތިފަހަރެއް މީހަކު ޖެހިހެން ހީވެގެން ދިއައީ ފައިގާ އައިސް ޖެހުނު ޒައިދުގެ ގަމީސް ފެނުމުންނެވެ. ހަނދުވަރުގެ ގަދަ އަލިން އެގަމީސް ރަގަޅަށް ވެސް ވަކިކުރަން އެގުނެވެ.އެއީ ހަމަޒައިދު ނިކުމިއިރު ލަގެން ހުރި އެއްޗެވެ. ޒައިދަށް ކިހިނެތްވީ ބާއެވެ. ރުކާދިމައަށް ބަލާލެވުނީ ތުރުތުރު ްއަޅާހާލުއެވެ. ލޭގެ އަސަރު އަހަރެންގެ އަތުގައި ހުރި އިރު، ހިތަށް އެރި އެއްޗަކުން ދުވެފައި ގޮސް ރުކާކައިރިއަށް ހުއްޓީ ބަލާލިތަނާ އަހަރެންގެ ފުރާނަވެސް އުދުހިގެން ދިއައެވެ. ބޮލުން ފައިބަމުން ދިއަ ލޭތަކާއި އެކު ކަޅި ހުއްޓިފައިވީ އިރު، މޫނުމަތިވެސް ވަނީ ލެއިންތަތްތެޅިފައެވެ. އެމޫނުގައި އަހަރެން ތުރުތުރުލަމުން ދިއަ ދެއަތް ނަގާ ޖައްސާލާ ހިފަހައްޓާލުމާއި އެކު ބަޑިފަޅައިގެން ދިއައެވެ. އަޑުންއަޑުނަގަ ރޮވެންފެށުނީ އަހަރެންގެ ފުރާނަފަދަ ލޯބިވާ ޒައިދުއަށް ކޮށްލާފައިވާ ވަރުން ކެތް ނުވެގެންނެވެ. ޒައިދުއޭ ކިޔާ ހަޅޭލަވައި ގަތުމާއެކުހެން ހހަބަރުހުސްވެގެން އަހަރެންވެސް ވެއްޓުނެވެ.

 

 

ވެފައި ހުރި ވަރުބަލިކަމައެކުހެން ވެސް ލޯހުޅުވާލުމާއި އެކުހެން ފުރަތަމަ ވެސް ގޮވާލެވުނީ ޒައިދުއަށެވެ. މުޅިތަން ހޯދާލެވުނު އިރު މީހަކު ލޮލުގައި އަޅައި ނުގަތެވެ. އަހަރެން އޮތީ ގޭ ސިޓިން ރޫމްގައެވެ. ފެނުނީ ހުވަފެނެއްކަމަށް ނިންމަށް ހިތްއެދުނަސް އެހެން ނުވާނެކަން އެގުނީ ކުރިމަތި އަހަންނާއި ދިމައަށް އަންނަމުން ދިއަ ލިމްޔާ ދައްތަ ފެނިއެވެ.” ދައްތ އަހަރެންގެ ޒައިދު ކޮބާ…؟” ލިމްޔާ ދައްތަގެ ގައިގާ ހިފައިގަންނަމުން އަނެއްކާވެސް ރޮވެން ފެށުނެވެ. ” މާޙީ ޒައިދު ގެ ހަލު ވަރަށް ސީރިއަސް، މިހާރު އޮތީ އެމެނޖެންސީކޮށް އައިސީ ޔޫގައި ވަރަށް އަވަހަށް މާލެ ފޮނުވާލަން މަސައްކަތް ކުރަނީ، އެކަމަކު ބޮލަށް ދީފަވާ ގެއްލުމުގެ ސަބަބުން ސިކުނޑިއަށް ގެްއްލުންވެދާނެތީ ޔޫނުސް މެން މަސަްއްކަތް ކުރަނީ މާލޭ ޑޮކްޓަރުންތަކެއް ގެނެސްގެންޒައިދުއަށް ފަރުވާދޭން އެއީ ދަތުރެއް ކުރާކަށް ހުއްދަދެވެން ނެތުމުން ހިވަގޮތުން މިހާރު އެބަޔަކު އާދޭބަ، އެކަމަކު ކީއްކުރާނީ އެކުއްޖާ ފަކީރަށް އެހާލުޖެއްސިބައެއް ނޭގޭވިއްޔަ، ރޭގަ ލަމްހާ އާއި އެކު އަހަރެމެންގޭގަ އިނދެފަ، ނުކުމީ ވެސް ބާރަ ޖެހި ފަހުން ލަމްހާގެ އުފަންދުވަސް ފާހަގަ ކޮށްފަ ، އެފަދަ ކަމެއެްވާނެކަން އެގޭނެނަމަ ސާނިމް ޒައިދު އެކަނި ނުވެސް ފޮނުވީސް، ޒައިދު އެކަނިދާނަމޭ ބުނުމުން ސާނިމް ނައީ ދެގަޑިއިރެއް ނުވަނީސް މި ފެނުނީ މަރާހަނގުރާމަ ކުރާތަން، އަހަރެންގެ ލަމްހާވެސް އެކަމާ ރޮއޮރޮއެ އަވަދިވަނީ އެ ހޮސްޕިޓަލުންވެސް ނުނުކުމި، ސާނިމް މާޙީ ކައިރިއަށް އަހަރެން ފޮނުވީ މިތާ މިހަކު ނެތިގެން” ދައްތަގެ ވާހަކަ ހުއްޓުމަކަށް އައިއިރުވެސް އަހަރެނ އިނީ އިވެމުން ދިއަ ބިރުވެރި ޖުމްލަތަށް އިވި ނޭވާލާންވެސް އަދި އެސްފިޔަ ޖަހާލަންވެސް ނޭގި އެއްކޮށް ހުއްޓިފައެވެ.”މާހީ. މާހީ…” ދައްތަ އަހަރެން ގައިގަ ހިފައި ތަޅުވާލުމުން ނުޫނެކޭ ކިޔާ ހަޅޭލަވައި ގަނެވުނީ ކެތްނުވެގެންނެވެ. …ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ފިޔަވަޅު 4ވަނަ ބައި

Next

ހިތަކުން ނުފިލާނެ 18

Next
June 18, 2015

ހިތަކުން ނުފިލާނެ 18

Previews
June 17, 2015

ފިޔަވަޅު 4ވަނަ ބައި

19 Comments!

  1. neem says:
    June 17, 2015 at 5:02 pm

    Ur the best..
    Story is perfect, n thnx..
    Keep it up
    Ramadaan mubaarik

  2. july says:
    June 17, 2015 at 6:46 pm

    v nice mi part ves….keep it up…ramadaan mubaarak♡♡

  3. jee says:
    June 17, 2015 at 6:50 pm

    Alhe v dhera gotheh e v bt mi part v salhi keep it up

  4. Sheryn says:
    June 17, 2015 at 7:49 pm

    Alhe zaidh maraa nulahchey plxx… kurin e hiyaalu indhejiyya avahah fuhelaa plx zaidh maraa nulaathi…

  5. Amm says:
    June 17, 2015 at 7:51 pm

    Wow nice ❤️

  6. nishy says:
    June 17, 2015 at 8:01 pm

    Zaidh maruvehjehyaa v hadi vaaane… maaheeah zaidh libuneema reethi vaaaneee

  7. rose says:
    June 17, 2015 at 8:03 pm

    Lamhage kameh hen haadha heeveye.ithurah mahy ah dheraeh nudheh che. Eyrun hadivaane

  8. Sheryn says:
    June 17, 2015 at 9:20 pm

    Im agrre with rose and nishy..asluvexx zaidh maruvejjeyyaa v v hadi vaaane dhw comment writer’s?? Hw do u guys think??

  9. kiyuntheriyaa says:
    June 18, 2015 at 12:19 am

    exactly sheryn…. by the iram, story is awsome:) … love it

  10. reader says:
    June 18, 2015 at 9:54 am

    zaidhah dheragotheh nuvaane dho…awesome.story

  11. shaa says:
    June 18, 2015 at 10:24 am

    Maybe zaidh will forget abt maahy

  12. inayaa says:
    June 18, 2015 at 6:54 pm

    Konmegotheh hadhaafavess xaidhuaa maahee jeheyne gulhuvan konmeves dhuvahakun noony mivaahaka nuveskiyaanan

  13. Sheryn says:
    June 18, 2015 at 8:12 pm

    Shaa hw could u say tht.. zaidh will forget maahy… eyrun ehisaabun vaahaka e fani v..

  14. RIU says:
    June 18, 2015 at 8:49 pm

    WOW WOW WOW WOW WOW WOW WOW WOW

  15. Story reader says:
    June 19, 2015 at 9:24 am

    I ram…. please…. adhivex bodah paragraph kohla bala… varah foohi kiyan……. but vaahaka hama habeys….

  16. nihaa says:
    June 19, 2015 at 10:30 am

    Zaidh maruviyas zaidh maahy mathin hadaan nethunas story vrh fanivaane plx don’t do that … Any was mi part nice…

  17. Anonymous says:
    June 19, 2015 at 1:03 pm

    Nice….

  18. shiaa says:
    June 19, 2015 at 4:55 pm

    zaidh and mahy gulhu vaadhy ba plx. and e lamha gandu maraalaba. or eena ah heyo vis nun vis ney goi hadhaadhyba I- RaM. Any way story reethi . ekamu kudakoh foohi vaagoy vey eba mihaaru , hus aniyaa libey thy maahy ah

  19. nice says:
    June 20, 2015 at 11:01 am

    Awesome…i ram dhen kon irakun vaahaka up kh dheny…cant wait…avahah up kh dhyba plz plz…..nd zaidh maraa nulaathi..gud luck i ram

Comments are closed.


All Right Reserved!