ހަމަހޭވެރިވުމާއެކު އިންތަނުން ތެދުވެ، އަހަރެން މިސްރާބުޖެހީ، ޒައިދު އޮތް ހިސާބަކަށް ދާށެވެ. އަހަރެންގެ ހަރާކާތްތައް ހުއްޓިފައިވިއަސް ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑޫ ބޮޑުވެ ފަޅައިގެންދާން ވަރުވެއްޖެއެވެ. ލޮލުން ކަރުނަހިކިއްޖެއެވެ. ޒައިދުއަށް އެފަދަ ހާލެއް އެ ދިމާވީ އަހަރެންފަދަ ސުންޕާ ކުއްޖެއްގެ ހިޔަނި ޒައިދުގެ ދިރިއުޅުމަށް އެޅުމުން ބާއެވެ. ތަގްދީރު އަހަރެންނާއި ޒައިދާއި ދިމާކޮށްދިނީ މިދުވަސް ދެކެންބާ އޭ ހިތަށް އަރައެވެ. ޒައިދު ފަދަ މާތް އިންސާނަކު އެފަދަ ހާލެއްގަ އޮންނައެޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން ކިހާ ބަދު ނަސީބުހެއްޔެވެ. އަހަރެން ދެކެ އެދުމެއް ނެތި ލޯބިވި މީހާއަށް ވެސް މިލިބެނީ ހިޔާލަށް ވެސް ނުގެނެވޭހާ ބޮޑު ވޭންތަކެކެވެ. ނުހައްގު އަނިޔާއެވެ. ޒައިދަށް ހަމަލާދިން ބަޔަކު އެކަން އެކުރީ ހަމަގައިމުވެސް ކޮންމެވެސް ބަދަލެއް ހިފާށެވެ. އެކަމަކު ކާކު ކީއްވެގެން ކުރިކަމެއްކަން ނޭގުނަސް އެ ހުރިހާ ހަގީގަތެއް ހޯދާ އެމީހަކަށް ސާޒާ ދޭން ހިތުގައި އަޒުމް ކަނޑައެޅީމެވެ. މިއަދު ޒައިދުގެ ފުރާނައަށް ކަމެއްް ވެއްޖެއްޔާ މާދަމާ އެކަންކުރިމީހެއްގެ ވެސް ފުރާނަ ރޯވަރު ކޮށްލާނަމެވެ.
އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހިގަމުން ދިއަ އަހަރެންނަށް ހުއެްޓެން މަޖްބޫރުވީ މަރުކަޒުގެ ދޮރުމަތީ ހުރި ޔޫނުސްބެގެ އަޑަށެވެ. ” މިހާރު ޑޮކްޓަރުންވެސް އައިސްފި،އެމީހުން މަސައްކަތް ކުރަނީ ވީހަވެސް އަވަހަކަށް އޮޕްރޭޝަން ކުރެވޭތޯ، އެއަށް ފަހު ވާގޮތަކުން މާލެ ގެންދެވޭނީ، އަދި ހުއަދައެއް ނެތް ބޭރަށް ވެސް ގެންދެވޭނެ ގޮތެއްވާނީ، އޮޕްރޭޝަނަށް ފަހު ހުއްދަ ލިބިގެން، މަގޭ ދަރިފުޅު ރަގަޅުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްމަކުރާނަށް، ކިތަންމެ ބޮޑު ހަރަދެއް ކޮށްގެންވެސް އެކުއްޖާ ސަލާމަތުން މިދުނިޔޭގަ އުޅޭތަން ދެކެ ބޭނުން،އެއީ މަގޭ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ، އެހަށިގަނޑުގަ މިހާތަނަށް އެންމެ ކޫރުމެއް ވެސް އެޅިފަ ނުވާނެ، އެކަމަކު ބަލާބަލަ މިއަދު އެދަރި އެދަނީ ދިރިހުންނަށް ބޮޑު ހަނގުރާމައެއްކުރަމުން އެ ކުށެއްނެތް ދަރިފުޅުގެ ދުސްމަނަކު ހުންނަވީ ކީއްވެ އެކުއްޖާ ކޮންކުށެއް ކޮށްގެންތައް އެވަރު އެކުރީ… މަގޭ ދެލޮލުގެ ކޮއިފަދަ ދަރިއަށް އެފަދަ ހާލެއް ޖެއްސި ބަޔަކު ދުލެއްނުކުރާނަށް ޕޮލިހުން ދަނީ އެކަންތައް ބަލަމުން އަދި މާބޮޑު ކުރިއެރުމެއް ނުލިބޭ، އެކަމަކު މަގޭ ހަށީގަ ފުރާނަ ހުރިއްޔާ އެ މީހަކު ހޯދާނަށް..” ރޮމުން ބައްޕައަކު އެހިތުގާ މަރާހަނގުރާމަ ކުރަމުންދާ ދަރިފުޅުގު ހާލާމެދު އުފެދިފައިވާ ވޭންތައް ބޭރުކުރަމުން ދިއައިރު، ޔޫނުސްބެގެ ހާލު ފެނި އަހަރެންގެ ހިތް ކުދިކުދިވިއެވެ. ކުރެވުނު އުއްމީދުގެ ހުޅުކޮޅުވެސް ނިވެމުންދާ ކަހަލަ އިހްސާސެއް ކުރުވި އެވެ.
ފޯނު ކަނޑާލާފައި ޔޫނުސްބެ އެނބުރުނު އިރު ކުރިމަތީ ހުރި އަހަރެންފެނި ސިހުނެވެ. ” ދަރިފުޅާ މާހީ މި ބޭބެއަށް އެދަރިފުޅު އަނބުރާ ގެނެސްދީ، ދަރިފުޅަށް ވެސް އެގޭނުން މަގޭ އެދަރިފުޅަކީ ކިހާ ރަގަޅު ކިހާ އޯގާތެރި އެންމެންނަށް ވެސް އޯގާތެރި އަޅާލާ ކުއްޖެއްކަން، މަގޭ އެ ދަރިއަށް އެހާލު ޖެހެންވީ ކީއްވެ” ޔޫނުސްބެގެ ސަކުވާ އިވި، ހިލައަށްުވެފައިވާ ކަރުނަތައް އަހަރެންގެ ލޮލުން ބޭރުވާން ފެށިއެވެ.” ޒައިދކަށް އެއްވެސް ކަމެއް ނުވާނެ، ޒައިދު އެނބުރި އަންނާނެ، ޒައިދަށް ކިހިނެއް ޒައިދުގެ ލޯބިވާ ބައްޕަ އެކަނި ދޫކޮށްލާފަ ދެވޭނީ .. ޔޫނުސްބެ ހިތްވަރުކުރޭ، އިރާދަކުރެއްވިއްޔާ ޒައިދު ވަރަށް އަވަހަށް ރަގަޅުވެގެން އަހަރެމެން ކައިރިއަށް އަންނާނެ، ” ޔޫނުސްބެ އަހަރެންގެ ބޮލުގައި ފިރުމާލަމުން އެތެރެއަށް ދާން ހިގައި ގަތުމުން ފަހަތުން އަހަރެން ވެސް ވަންނަދިއައީމެވެ. ޒައިދު އޮތް އިމަރޖެންސީ ރޫމްގެ ދޮރުމަތީ ހުއްޓެވުނު އިރު އަހަރެންގެ ހަށިގަނޑު ތުރުތުރު ލައެވެ. ޒައިދު ދެކިލުމަށް ހިތްއެދި ރޮމުންދާއިރު، ލޯވަނީ ބޭގަރާރުވެ ކެތްމަދުވެފައެވެ. ދެލޯ ފުސްވެފައިވާ ކަރުނަތަކާއި އެކު އެތެރެ ފެންނަ ހުރި ކުޑަ ދޮރު ކައިރީއަށް ގޮސް ބަލާލީމެވެ. އަހަންނަށް މި ދުނިޔޭން އެންމެން އޯގާވި އިންސާނާ އެ ހާލުގައި ފެނި ހިތުގައި ރިހުމެއް ފެތުރުނެވެ. ހީވާކަހަލައެވެ. ޒައިދު ތެދުވެ “މާހީ ” އޭ ކިޔާ ގޮވާލަފާނެއެވެ. އަހަރެން ހެއްވާލަން ސަމާސާ ކޮށްފާނެއެވެ. އެހެނަސް އެ ކުށްހީ އެއީ ހަމައެކަނި ކުރެވޭ ހީއެކެވެ. ކުރިމަތީ މަރާ ހަނގުރާމަކުރަމުން ދާއިރުޒައިދުގެ ވަށާގެން ތިބި ނަރުހުންނާއި ޑޮކްޓަރުން މަސައްކަތް ކުރަމުން އެދަނީޒައިދުގެ މެރިފައިވާ އެދެ ލޯ ދެވަނަފަހަރަށް މިދުނިޔެ އަށް ހުޅުވޭތޯއެވެ.
ހަމަހިމޭންކަން ވެރިވެފައިވީ އެތަނަށް ހަލަބޮލިކަން ގެނައީ އެމަރޖެންސީ ރޫމް ހުޅުވާލަފައި ނުކުތް ޑޮކްޓަރގެ އަޑަށެވެ. ވީހާވެސް އަވަހަކަށް އޮޕްރޭސަން ފެށޭނެ، ގަތްގަނޑަކަށް ހަގަޑިއިރު ވަރު ހޭދަވާނެ މިކަމަށް، ޒައިދުގެ ހަށިގަނޑުން އެތައް ލެއެއް ބޭރުވެފައިވުމުން ވަރަށް އަވަހަށް ޑޯނާރއެއް ބޭނުންވޭ، އެކަން އަވަހަށް ހަމަޖައްސާ، އޮޕްރޭޝަނަށް ފަހު 24 ގަޑިއިރު ތެރޭ ޒައިދު ހޭނާރާފިނަމަ، ކޯމާއަކަށް ގޮަސްދާނެކަމަށް ލަފާކުރެވޭ، އޮޕްރޭޝަނަށް ފަހު ވާގޮތަކުން ޒައިދު އެހެންތަނަކަށް ގެންދިއުމުގެ ހުއްދަ ދެވޭނީ، އަޅުގަނޑުމެން ވީ އެންމެހާ މަސައްކަތެއް ކުރާނަށް ޒައިދު ސަލާމަތް ކުރެވޭތޯ، އިންސާﷲ ސިފާ ދެއްވާނީ އެފަރާތުން ދެއްތޯ، ތިއެންމެންގެ ހެޔޯދުއާ ޒައިދާއި އެކުވަންޏާ ދެރެގޮތެއް މެދުވެރި ނުކުރައްވާނެ..އެހެންވީމަ ވިހާވެސް އަވަހަކަށް ޒައިދު އާއި އެއްގްރޫފެއްގެ ލޭ ލިބޭނެ ގޮތް ހަމަޖައްސާދެއްވާ” ޑޮކްޓަރު ބަހާއި އެކު ޔޫނުސްބެ އެމަސައްކަތްކުރުމަށް ހިގައިގަތެވެ، އޭރު ފަހަތުން އައިސް ހުއްޓުނު ބައްޕައާއި ލަމްހާ އާއި ލިމްޔާދައްތަވެސް ހުއްޓީހުރީ ޑޮކްޓަރުގެ އެވާހަކަތައް އިވިފައެވެ، ޔޫނުސްބެ ފަހަތުން ކަހަލަގޮތަކަށް ބައްޕަ ދިއުމުން ލަމްހާ އައިސް ހުއްޓުނީ އަހަރެން ކައިރީގައެވެ. ލިމްޔާ ދައްތަ ފޯނެއްގައި ދުރަށް ޖެހުނުތަން ފެނި ލަމްހާ އަހަރެންގެ އަތުގައި ހިފައި ގަތެވެ. ” ބުނަަން ޒައިދުއަށް ކަމެއްވެއްްޖެއްޔާ ނިމުނީ ކަލޭ ދުނިޔޭގަ އުޅެން ބޭނުން ނުވާ ވަރު ކޮށްލާނަށް، ޒައިދުއަށް މިހުރިހާ ކަމެއް މި ދިމާވީ ތިމާހީގެ ބަލާބޮޑުކަމުން، ކަލެއަށް ނޭގުނުވިއަ ޒައިދު ފުރާނަ ނުނަގާ ޒައިދުއާ ދުރުވާންވެސް، މިތާ ހުރުމުގެ އެއްވެސް ހައްގެއް ކަލެއަށް ނޯންނާނެ. ދޭ މިތަނުން ކަލޭ ހުރިއްޔާ ނޭގެ ޒައިދަށް ރަގަޅު ގޮތެއް ވާނެކަެއްވެސް،” ލަމްހާގެ ވިހައެއްފަދަ އެ ލަފްޒުތަކުން އަހަރެންގެ ހިތްތޮރުފާލިއެވެ. ކަރުނަތައް ދިރުވާލަމުން އެންމެ ފަހު ފަހަރަށް ބަލާލާ ނަޒަރަކުން ޒައިދާ ދިމާއަށް ބަލާލެވުނީ، އެތަނުގައި އިތުރަށް ނުހުރެވޭނެކަން އެގުމުންނެވެ.، އަދި ހުދު އަަހަރެންގެ ޒަމީރުވެސް ޒައިދުގެ އެ ހާލަތުގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅުވާތީއެވެ.
ހުރިހާކަންތައް ހަަޖެހުމާއި އެކުހެން އޮޕްރޭޝަން ފެށުނެވެ. ޒައިދު ސަލާމަތް ވުމަށް އެދި ދުވާކޮށްކޮށް އެންމެން ތިބިއިރު އަހަރެންނަށް ދާން ހިގައި ގަނެވުނީ ބޭއިހްތިޔާރުގައެވެ،
ލަސްފިޔަވަޅު ތަކެއްގައި ބޭރަށް ނުކުންނަ ހިގައިގަތީމެވެ.ކުއްލިއަކަށް މަރުކަޒުގެ ދޮރުމަތިން މީހަކު އަހަރެންގެ ގައިގާ ވަރަށް ބާރަށް ޖެހިގަނުމުން، ސިހިފައި އިސްނަގާ ބަލާލިއިރު، ކުރިމަތި ފެނުނު ސޫރައިން ހީވީ މެއަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އެ ސޫރައެއީ އެތަށް ދުވަހެއް ކުރިފެނުނު ސޫރައެއްހެން ހީވިއެވެ. އަޒާލުބެގެ ޑަބަލް ކޮޕީއެއް ފެނުހެން ހީވުމުން އެއީ ކާކުކަން ދެނެގަންނަ އެގިއްޖެއެވެ. އެވަގުތު ހިތް ތެޅި ގަތީ އެހެނެއް ބަލާފައެއް ނުނެވެ. އެއީ އަޒާލްގެ ކޮއްކޮއެވެ.ވައްތަރުކަމުން ގިނަބަޔަކަށް ވަކިކުރަން އުދަނގޫވެއެވެ.، ދެމީހުންގެ ސިފަ ވަކިކުރަން އެގޭ ހަމައެކަނި ގޮތަކީ އާޒިރު ގެ އިންނަ އަޅި ކުލައިގެ ކަޅިއާއި، ލޯ ކައިރީ އިންނަ ބޮޑު ކަޅުތިލައެވެ.ފަސްއަހަރު ކުރިން އަޒާލްބެ އައިތާ ފުރަތަމަ ދުވަސް ކޮޅު އެގޭގެ އެންމެ ރަށައް އައި އިރު އާޒިރު ވެސް އައެވެ. އެހެންކަމުން މިއަދު އެ ތަފާތެއް ނެތް ސޫރަފެނުުމުން އެކާކުކަން ރަގަޅަށް ޔަގީންވެއްޖެއެވެ. އަހަރެން ގަނޑުވެފައި ހުއްޓާ އާޒިރު ނުކުންތަން ފެނނެވެ. ހިތުގަ އެތަށް ސުވާލެއް އުފެދުނެވެ. އާޒިރު މިރަށުގައި އުޅުމުގެ ބޭނުމަކީ ކޮބާބާއެވެ؟ މިރަށައް އައިސް އުޅެނީ ކޮންބޭނުމަކުބާއެވެ. އަޒާލްބެ ގާތަށް ބާއެވެ؟ ހަަމަގައިމުވެސް ކޮންމެވެސް ބޭނުމެއް އޮވެގެން ކަން ޔަގީނެވެ. އާޒިރުއަށް އަހަރެން ނޭގުނުކަން އެއީ ނަސީބެކޭ ހިތަށް އެރި އެވެ.
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަހަރެން އާޒިރުގެ ފަހަތުން ދާން ހިގައި ގަތީމެވެ. ހިލަން ނުވާނެހެން ދުރުދުރު ދިއައިރު އާޒިރުގެ މަގްސަދު ފަހުުނުވެފައި އޮތުން އެއީ އަހަންނަށް އެޅިދާނެ ޅައެއްޗެއްކަން ވިސްނައެއް ނުލެވުނެވެ. އާޒިރުގެ ބޯކޮޅުބަލަމުން އަހަރެން ނަށް ގޮސް ހުއްޓެވުނީ ޒާރާތަމެންގޭ ދޮރުމައްޗަށެވެ. އޭރު ޒާރާތައް ޖޯއްޔެއްގައި އިންއިރު އަޒާރު ކޮޅަށް ހުއްޓެވެ. ” ތެންކްސް ސިސް، އަހަރެންގެ ބޭބެއާ ބަދަލްވާނެ ގޮތެއް ހަދައި ދިނީތީ، ބޭބެގެ ވައިފް އުޅޭގޭ މީހުންނާއި ބައްދަލު ކުރަންވެސް ބޭނުން ، ސާއިނާ ދައްތަގެ ހާލެއް އެމީހުން ނުބަލާދޯ، އަސްލު ގަބޫލްކުރަން އެމީހުން ކުރި ކުށަކީ ވަރަށް ބޮޑު ކުށެއްކަން، އެކަމުގެ ސަބަބުން މާހީއަށް ލިބޭނެ ގެއްލުން މަށައްވެސް ވިސްނޭ،މާހީ ގާތުން މާފަށް އެދެން އަހަރެން ބޭނުން އަދި ވެވެން އޮތް އެހީއެއްވެސް ވާން ބޭނުން، މާޙީ އަކަށް ނޭގޭނެ ތާ ސާއިނާ ދައްތަ އަށް ނަފްސާނީ ގޮތުން ކޮށްފަހުރި އަސަރެއް މާހީގެ ބަސްތަކުން، އެފަކީރު ދަންޖެހެންވެސް އެއުޅުނީ ކިހާ ބޮޑަށް އެކަމުގެ އަސަރު ކޮށްފަވާތީދޯ، އަހަރެން ބޭނުން ހަމަ މިއަދު މާހީ އާއި ބަދަލްކުރަން” އާޒިރުގެ ބަސްތަކުން އަހަރެންގެ ސިކުނޑިއަށް ކުރަމުންދިއަ އަސަރު އެތަާށް ގުނަ ބޮޑުވެގެންދިއައެވެ. ލޯމަތީ އެއަޅުވާދެމުންދާ އަދުނަކީ ހަގީގަތެއެް ނޫންކަމެއް ވިސްނާ ގަންނަށް އަހަރެންނަކަށް ނޭގުނެވެ. ޒާރާ ދައްތަ ސަލާމަތްވެގެން އައިސް ހުރިކަންވެސް މިއެގުނީ އަދިއެވެ. އަޒާލްބެގެ ކޮއްކޮގެ މަގްސަދެއެް ހިތަށް ގެންނަށް ނޭގުނަސް މިރަށަށް އެއައީ އަހަރެން ހޯދަން ކަށް އެގި ހާސްވާގޮތްވިއެވެ. އަހަންނާމެދު ކަންތައް ހިގިގޮތް އެގިފަވާނަމަ މިއަދު އަހަރެންނާ ބައްދަލު ކުރަން އައިމުގެ ބޭނުމަކީ ކޮބާ ބާއެވެ!!!
އައިކޮޅަށް އަހަރެން ދާން ހިގައިގަތީ ޒައިދުގެ ހާލުބަލަން ދާންވެގެންނެވެ. ހިތުގަ އުތުރިއަރަމުން ދިއަ އިހްސާސްތައް އެދިގޮވަނީ ޒައިދުއާއި އެންމެ ގާތުގާވުމަށެވެ. ޒައިދު އަށް ގޮވާ ހޭލަށް ވާށޭވެ. އާދޭސްކުރަންވެސް ބޭނުމެވެ. މިއަދު އަހަރެންގެ ހިތަށް ފަރުވާ ދީފަ ހުދު ޒައިދު އެވަނީ ދިރިއުޅުމުގެ ނިވެމުންދާ ހުޅުކޮނުގެ އަލިފާން ކަންޏަކަށް ވެފައެވެ. ޒައިދުި އެ ހާލުގަވާތަން ދެކެ ހިތަށް ކުޅަދާނައެއް ނޫނެވެ. އަލުން ަ ޒައިދުގެ ހަޔާތުގެއުފާވެރި ދުވަސްތައް ދެއްވާތޯ މިހިތުން އަބަދުވެސް ދުއާކުރަމެވެ. އެލޯބި މުޅި އުމުރަށް ވެސް އަހަރެން ބޭނުމެވެ. އެހެނަސް ޒައިދުގެ ފުރާނަ ގުރުބާންކޮށްފައެއްނޫނެވެ.
“މާހީ، ދަރިފުޅު ހޯދާތާ ކިހާއިރެއް މިހާރު، ނުބުނެ ކޮންތާކަށް ދިއައީ ތި.. ބައްޕަ މިއައީ ގެއަށް ވެސް ގޮސް، ކިހިނެއްވީ؟ ލިމްޔާ ބުނި ލަމްހާ އާއި ދެކުދިން ވާހަކަދައްކަން ތިބެފަ މާހީ ދިއަތަނެއް ނޭނގޭ، އަނެއްކާ ލަމްހާ ދައްތަ ދަރިފުޅު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނީތަ؟”މަރުކަޒުގެ ދޮރުން އަހަރެންވަންތައ ްފެނި ބައްޕަގެ ސުވާލުއަމާޒުވިއެވެ. އެހެނަސް އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް އިވުނި އަޑަކުންސިހިފައި ހިތް ތެޅިގަތީ ދުވަހަކު ނުތެޅޭހާ ވަރަށެވެ… ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


Haadha kurukoh. .next part avahah up kohdheche. .
Nice
Dhen abadhu eh kanthahthakeh foohi vey mihaaa mi vahaka kiyan …. alhe change ah gennan vehje eh nun ….
Vaahaka mathin eba foohive, abadhu maahy fakeerah hithaama, e noon gotheh dhn nethytha e manje ah
Me too dhen vrh foohi…
Haters gona hate. But i love this story an u too writer. Keep it up. Zaidh avahah ragalhu kohdhehche.
luv it. way to go iram
Mitha haters ehnoolhe dhw athoo. Vaahaka dhaa gothun foohi vaan feshi vaahaka ebunany.. Chnge eh genes dhinumah bunun ei hatevumeh nun dhw …
Nice…
Waiting for next part. Mi part ves varah reethi
mi vAhka mihAru eba varaSq haDiv.. wabadu wewqgotalaSq kanqtawq tawqvanI.. wadi mivAHak liyA kuwqjAwasq waSq kamewq hadAnq koDq dEnq bENunq mi vAhakwige perigqrApq tawq digu kamunq wasqlu vAhaka wige rIti kanqvesq gewql.. perigqrAfqtawq gina viyasq jumqla nuvata wibRAtqtawq rIti gotewqga genqdAnama vAhakwige namA wewq gotakaSq vAhaka varaSq rItui vegenq dAne.. wehenq vimA mikamA medu visqnAlumaSq wedenq..