Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 18

ShaiShy
November 1, 2016
7 Mins Read
64 Views
18 Comments

އައުފް މިކްޔާ އޭނާގެ އަތް ދަނޑި މައްޗައް ނަގައިގެން ލިފްޓާއި ދިމާއަށް ދިޔައެވެ. ކަޅުކޯޓުލައިގެން ހުރި މީހާ ދުވެފައި ދިޔަ ދިމާއިން ނިކުމެގެން އައި އިސްކޮޅުން ދިގު ޒުވާނާއާއި މުޚާތަބުކޮށް މިޝްޔާ ބުނެލި ޖުމްލަ މިކްޔާ އަށް ސާފުކޮށް އަޑު އިވުނެވެ.
” ޖޯން..ވިލް ޔޫ ޕްލީޒް ޓޭކް ދެޓް ޗެއާރ އައުޓް އޮފް ދި ޕޫލް..” ޕޫލަށް އިޝާރާތް ކުރަމުން މިޝްޔާ އެހެން ބުނުމަށްފަހު މަރިޔާގެ ފަހަތުން ގެއާ ދިމާއަށް ހިނގައިގަތެވެ.
މިޝްޔާ ދިޔުމުން ޖޯން ބަލާލީ ޕޫލާ ދިމާއަށެވެ. ދެން އެއަށްފަހު ލެއްޕެމުން ދިޔަ ލިފްޓްގެ ދޮރާދިމާއަށެވެ. މިކްޔާ އަށް ޖޯން އޭނަ އާއި ދިމާއަށް ބަލާލިކަން އެނގުމުން އައުފްގެ ކަނދުރާތެރޭ މޫނު ފޮރުވާލިއެވެ.
**
ސޮފިއްޔާމެން އެނބުރި އައި ދުވަހު މިކްޔާ ވަނީ އޭނަގެ މަންމަ އާއި ބައްދަލުކޮށް މާފަށް އެދިފައިވެ. ސޮފިއްޔާވެސް މިކްޔާގެ ކިބައިން މާފަށް އެދެމުން ވަޢުދުވީ ދެން ދުވަހަކުވެސް މިކްޔާ އޭނާ އާއި ވަކި ނުކުރާނެކަމަށެވެ. ދެމީހުން ރޮމުން ގިސްލަމުން ދިޔައިރު މައިކަލް ވެސް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެތައް ދުވަހެއްފަހުން އަނބިމީހާގެ ގެއްލިފައިވާ އުފާވެރިކަން އެނބުރި އެ މޫނުމަތިން ފެނުމުން މައިކަލް އެކަމާ ވަރަށް ހިތްހަމަޖެހުނެވެ.

އައުފްގެ އެހީތެރިކަމާއެކު މިކްޔާ ކޮޓަރިއަށް ގެނައީ ސޮފިއްޔާ ކައިރީގައި ވަރަށް ގިނައިރުވަންދެން ވާހަކަދައްކަން އިނުމަށްފަހުއެވެ. އޭނާގެ މަންމަގެ ހަޔާތުގެ ބައެއް ސޮފްހާ ތައް މިކްޔާއާއި ހިއްސާކުރިއެވެ. އޭނާވެސް ވަނީ ޝަކީލާ އާއި އިކްރާމް ދިން އަނިޔާގެ ވާހަކަ ސޮފިއްޔާ އަށް ކިޔައިދީފައިއެވެ. މާޒީގެ އެދުވަސްތައް މަތިން ހަނދާވުމުން މިކްޔާ އަށް އޭނާ ހިފަހައްޓައިގެން އިން ކަރުނަތައް ކޮންޓްރޯލް ކޮށްލައިގެން އިނދެވުނީ ކޮޓަރިއަށް ވަދެވުމާ ހަމައަށެވެ. ކޮޓަރިއަށް ވަނުމަށްފަހު މިކްޔާ ރޮއެރޮފައި އުޅުނު ގޮތުން އައުފް ހުރީ އެކަމާ އިންތިހާއަށް ދެރަވެފައެވެ. އައުފް އެތައް ވާހަކެއް ދެއްކުމުން މިކްޔާ ހަމައަކަށް އެޅުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މިކްޔާ ވެސް ދިޔައީ އެގެއަށް ހޭނެމުންނެވެ. ހުރިހާ މީހުންނާ އެކުވެރިވުމުން އޭނާވެސް ފޫހިވާނެ ވަގުތެއް ނުލިބެއެވެ. މިކްޔާއަކީ އޭނާގެ ދައްތަކަން އެނގުމުން އެކަމާ އުފަލުން މިޝްޔާ ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. މާރިޔާ އަށް ވެސް މިހާރު މިކްޔާ ކައިރިއަށް އަންނާނެ ފުރުސަތެއް މިޝްޔާ ނުދެއެވެ. ޒިޝާ އަކީ މާބޮޑަށް ކަންތަކާ އަޅާލާ ކުއްޖެއް ނޫންވީމަ އޭނާ އެކަމާބެހޭގޮތުން މާގިނަ ވާހަކައެއް ނުދައްކައެވެ. ޒީޝާގެ ކަމަކީ އަބަދު ޗެޓް ކުރުމާއި ރައްޓެހިންނާއެކު ބޭރުތެރޭ އުޅުމެވެ. ސޮފިއްޔާ އާއި މައިކަލް އެތައް ނަސޭހަތެއް ދިނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެނީ ފަހުން އޭނާ ރަނގަޅުވާނެކަމަށް ބުނަމުންނެވެ. މައިކަލްމެން ދެމަފިރިންގެ އުއްމީދަކީ އެދުވަހެއް އަވަހަށް ދެއްކެވުމެވެ.

ރޭނގަނޑުގެ ވަގުތެވެ. ހުރިހާއެންމެން ތިބީ ޓެރެސްގައިއެވެ. މާދަމާ މިޝްޔާ ފުރަން ހަމަޖެހިފައި އޮތުމުން މައިކަލް އޭނަ އުފާކޮށްލަން ޕިއްޒާ ޕާރޓީއެއް ދިނީއެވެ. ތަފާތު އެކި ވައްތަރުގެ ޕިއްޒާ މޭޒުތައް މަތީގައި އަތުރާފައި ހުއްޓެވެ. މުޅިތަނުން ދުވަނީ ކުޅުދިޔާވާހާ މީރުވަހެވެ.
އިކްރާމްގެ އެދުމުގެ މަތިން ޖޯންވެސް ހުރިހާއެންމެންނާ ބައިވެރިވުމަށް ޓެރެސްގައި ހުއްޓެވެ. އިކްރާމް އަބަދުވެސް ޖޯން ގެންގުޅެނީ ވަރަށް ގާތް ކޮށްގެންނެވެ. މިކަމާ އެންމެ ހިތްހަމަ ނުޖެހެނީ ޒީޝާ އެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި އެއްޗެއް ބުނަން ނުކެރިފައި ޒީޝާ ހުންނަނީ ޖޯން އަށް ކަޅިއަޅައިގެންނެވެ.
އެހެން މީހުންނާ ތަންކޮޅެއް ދުރުގައި އިން ޒީޝާ ކައިރިއަށް ކޯކުތައްޓެއް ހިފައިގެން ހުރި ޖޯން ކައިރެވެލިއެވެ. ” ހޭއި ޒީ..” ޖޯންގެ އަޑު ޒީޝާ އަށް ނީވޭކަހަލައެވެ. އެވަގުތު ޒީޝާގެ ދެލޯ އަމާޒުވެފައި ހުރީ އޭނާ ހުރި ދިމާ ކުރިމަތިން ތަންކޮޅެއް ދުރުގައި ތިބި ތިން މީހުންނަށެވެ. މިކްޔާ އާއި މިޝްޔާ ސަކަރާތް ޖަހަމުން ހީ ސަމާސާ ކުރަމުންދިޔައިރު އައުފް ގެ ނަޒަރު މިކްޔާގެ މޫނުން ހިނދުކޮޅަކަށްވެސް ވަކި ނުވެއެވެ. ” ޒީ..އާރ ޔޫ ލިސްޓެނިންގ ޓް މީ..” ޒީޝާގެ މޫނާ ދިމާއަށް އަތް ހޫރާލަމުން ޖޯން ބުނެލިއެވެ. އެވަގުތު ޒީޝާ ސިހިގެންގޮސް ޖޯންގެ މޫނަށް ބަލާލުމަށްފަހު އެތަނުން ދާން ތެދުވިއެވެ.
” ވައި އާރ ޔޫ އިގްނޯރިން މީ؟.. ޔޫ ކާންޓް ގެޓް ހިޒް ލަވް..ސްޓޮޕް ހާރޓިން ޔުއަރސެލްފް ޒީ..” ޒީޝާގެ އަތުގައި ހިފުމަށްފަހު މިކްޔާމެން ތިބި ދިމާއަށް ބަލާލަމުން ޖޯން ވާހަކަދެއްކިއެވެ.
” އިފް ޔޫ ލަވް މީ ދެން ޔޫ ޝުޑް ރެސްޕެކްޓް މައީ ފީލިންގްސް ޓޫ.. ހީ އިޒް ނޮޓް މައި ބްރަދާރ ސޯ ދެއަރ އިޒް ނޯ ވޭ ދެޓް އައި ކާންޓް ލަވް ހިމް..އައި ވިލް މޭކް ހިމް މައިން އެޓް އެނީ އިޓް ކޮސްޓްސް އެން ވަން މޯރތިންގް، އިޓް ހާރޓްސް މީ މޯރ ވެން އައި ސީ ހިމް ވިތް ސަމްވަން އެލްސް..” ޖޯންގެ އަތް ފޮޅާލަމުން ޒީޝާ ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ.
“އެން އައިވިލް މޭކް ޔޫ މައިން ނޯ މެޓަރ ވަޓް އިޓް ޓޭކްސް..” ޒީޝާ ދިޔަ ދިމާއަށް ބަލަންހުރި ޖޯން އަމިއްލަ ނަފުސައް އަޑު އިވޭނެހާ ސިއްރުން ބުނެލިއެވެ.

ތަންކޮޅެއްދުރުން ހިނގާފައި އެދިމާއަށް އަންނަމުންދިޔަ ޖޯން ފެނި މިކްޔާ މޫނުމަތީގައިވި ހިނިތުންވުން ގެއްލި މީހާ ދާހިއްލާން ފެށިއެވެ. އޭރު އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔުމުގެ ސަބަބުން ދެން ތިބި ދެމީހުން ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ޖޯން އައިސް އެމީހުން ކައިރީގައި ހުއްޓުނު ގަޑީގައި މިކްޔާ އަށް އައުފްގެ އަތުގައި ހިފައިލެވުނީ ނޭނގުމެއްގެ ތެރޭގައެވެ. އައުފަށް އޭނާގެ އަތުގައި ހިފެހެއްޓިފައިވާ މިކްޔާގެ އަތައް ބަލާލަމުން ޖޯން އަށް ހިނިތުންވެލަމުން މިކްޔާ އަށް ނަޒަރެއް ދިންއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ހާސް ކަމެވެ. އައުފް ހިކުރީ ނުދަންނަ މީހެއް ފެނުމުން މިކްޔާ ޖެހިލުންވީ ކަމަށެވެ.
” ހެލޯ އެވްރީ ވަން..” ޖޯން ބުނެލިއެވެ. މިޝްޔާ އޭރުވެސް ފޯރީގައި ވާހަކަދައްކަމުން ދިޔައެވެ. އައުފް އާއި މިކްޔާގެ ގުޅިފައިވާ އަތައް ބަލާލަމުން އައުފްއަށް އަތުގެ އިޝާރާތުން ރަނގަޅޭ ބުނަމުން ޖޯން އެއްލޯމަރާލިއެވެ.
” ހައި މިކްޔާ! ވީ ހެވްންޓް މެޓް ޔެޓް..އައި އޭމް ޖޯން..ވެއަރ ހޭވް ޔޫ ބީން އޯލް ދީޒް ޑޭޒް؟ ބައި ދަ ވޭ ޕްލީޒް ބީ ކެއަރފުލް” މިކްޔާ އާއި ދިމާ އަށް ކުޑަކޮށް ގުދުވެލަމުން ޖޯން އެހެން ބުނުމާއި އެކު މިކްޔާ އަށް އައުފް ގެ އަތައް ފިތާލެވުނީ ބިރުގަތްވަރުންނެވެ. އޭރު އޭނާގެ އަތް ވެސް ތުރުތުރުލަމުން ދިޔަ ކަމުގެ އިހްސާސް އައުފަށް ކުރެވެމުން ދިޔައެވެ. އެވަގުތު މައިކަލް ޖޯން އަށް ގޮވާލުމުން އެދިމާއަށް ދާން ހިނގައިގަތެވެ.
އެތައް ދުވަހެއް ފަހުން ޖޯން ފެނުމުން މިކްޔާ އަށް ކުއްލިއަކަށް ޕޫލުގަ އެދުވަހުވީ ކަންތައް ހަނދާނަށް އައުމާއެކު ބިރުގަތީއެވެ. ފަހުން އެކަމާ ބެހޭގޮތުން އައުފް ސުވާލު ކުރުމުންވެސް މިކްޔާ އެވާހަކަ ސިއްރު ކުރީއެވެ. ޝައްކެތް މަތީގައި މީހެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވަން މިކްޔާ ބޭނުން ނުވީއެވެ.

**
ޖެހިގެން އައި ދުވަހު މިޝްޔާ އާއި އެކު ސޮފިއްޔާވެސް ލަންޑަނަށް ފުރައިގެން ދިޔައީ އެއްމަސް ފަހުން އަންނަ ގޮތަށެވެ. މިކްޔާ ފޫހިވެގެން އުޅެންފެށުމުން އައުފް އާއި އެކު ބޭރަށް ނިކުމެލީ ހިތްހަމަ ޖައްސާލުމަށެވެ. މިކްޔާ އާއި އައުފް ތިބީ ފޫލަށް ދެފައި ބާލައިގެންނެވެ. އެދެމީހުންގެ ގުޅުމަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފިކަން މިކްޔާ އަށް އިހްސާސް ވަމުން އަންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އައުފް އޭނަ އާއި މެދުގައި ބަހައްޓާ ގާތް ކަމުން މިކްޔާ އަށް ހިތް ހަމަޖެހުން ލިބެއެވެ. ގިނަގިނައިން އައުފް އާއި ވާހަކަ ދެއްކުމަށް ހިތް އެދެއެވެ. އައުފް އާއިއެކު ވަގުތު ހޭދަ ކުރެވުމުން މިކްޔާ އަށް އުފާވެރިކަން އިހުސާސްވެއެވެ.
“މިކްޔާ ވެސް ލައިކްވާހެން ހީވޭ..އެކަމަކު އަދި އަވަސް ކަންނޭގެ އަހަރެން ލޯބިވާ ވާހަކަ ބުނަން..ފަހަރެއްގައި މިހާރު މިއޮތް އެކުވެރިކަންވެސް ގެއްލިދާނެ.. މިކްޔާގެ ފަރާތުން އިޝާރާތެއް ނުވާހިނދަކު އަހަރެންގެ ހިތުގެ ހާލެއް ބަޔާން ނުކުރާނަން.. މިކްޔާ އަށް އަދި ވަގުތު ބޭބުންވާނެ..ހުރިހާ ކަމަކުން އަރައިގަންނަން ދުވަސްވެސް ނަގާނެ.. މިހާރުވެސް ކިތައްރޭ އޭނާގެ ދަރިން މަތިން ހަނދާންކޮށްފައި ރޯ އަޑު އަހަރެން އަޑު އަހަނީ..ކިތައްމެ އުފާވާ ކަމަށް ހެދުނަސް އަދިވެސް މިކްޔާ އަށް އެކަންތަކުން އަސަރުކުރާކަން އަހަރެންނަށް އެނގޭ..”
އައުފްގެ ހިތުތެރޭގައި ދައުރުވަމުން ދަނީ މަސްހުނި އިހުސާސް ތަކެކެވެ. އޭނާ އަށް މިކްޔާ ދެކެ ލޯބި ވެވިއްޖެކަން އެހިތް ބުނަމުން ދިޔަ ނަމަވެސް ދުލާ ހަމައަށް ގެންނަން ބޭނުން ނުވަނީ މިކްޔާ އޭނަ އާއި މެދުގައި ދެކޭގޮތެއް ނެނގޭތީއެވެ. އެ ދެލޮލުން ބައެއްފަހަރު ތަފާތު ޝުއޫރުތަކެއް އައުފަށް ފެންނަހެން ހީވި ނަމަވެސް މިކްޔާގެ އަމަލަކުން އޭނަ ގަޔާވާކަން ހާމަކޮށްފައިއެއް ނެތެވެ.

އައުފް އާއި މިކްޔާގެ ހަރަކާތް ތަކަށް ފާރަވެރިވެގެން ހުރި މީހެއްގެ ދެލޮލުން ފާޅުވަމުން ދަނީ ރުޅިވެރިކަމެވެ. އޭނާގެ މަގްސަދާ ދެމެދަށް ހުރަސް އަޅާ ކޮންމެ މީހެއްގެ ވަސްވެސް ދުނިޔެމަތިން ފޮހެލާނެކަން އެދެލޮލުން ފެންނަމުންދާ ޝުޢޫރުތައް ހެކިދެއެވެ. އެކަމުގައި ކިތައްމެ ދަތި އުނދަގޫތަކެއް ހުރިކަމުގައި ވިޔަސްވެސް ހެވެވެ.

**
ވަރަށް އަމާން ކަމާއި އެކު ހަފްތާއެއް ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ސޮފިއްޔާ ނެތުމުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޒީޝާ ނަގަމުން ދިޔައެވެ. މައިކަލް އަކީ އަބަދުވެސް ބިޒްނަސް ކަންތަކުގައި ވަރަށް ބުރަކޮށް އުޅޭ މީހެއް ކަމުން ގިނަފަހަރަށް ނިދާލަން ނޫނީ ގެއަށް ނުވަދެއެވެ. އަދި މިދުވަސްކޮޅު ފަށައިގެން އުޅޭ ޕްރޮޖެކްޓެއްގެ މަސައްކަތް ގިނަ ކަމުން ބައެއް ރޭރޭ ނިދަނީވެސް އޮފީހުގައި އެވެ. މިކަމުގެ ސަބަބުން ޒީޝާ އަށް ދޭންޖެހޭ އަޅާލުމެއް ނުދެވެއެވެ. އެކަމާ ޝަކުވާ ކުރުމުގެ ބަދަލުގައި ޒީޝާވެސް ވަނީ އުފަލެވެ. ރައްޓެހިންނާއި އެކު ކުލަބުތަކުން ޕާޓީ ތަކުން އެތަން މިތާނގައި އެނބުރެމުން ދަނީ ޒުވާން ދުވަސްވަރުގެ ބޭނުން ހިފަން ޖެހޭނެއޭ ބުނަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. އައުފް އިނީ ސިޓިންރޫމްގައި މައިކަލްގެ ޕްރޮޖެކްޓް ގެ ބައެއް ކަންކަން ނިންމުމަށެވެ. މިކްޔާވެސް ކައިރީގައި އިނީ އޭނަ އެކަހަލަ ކަންތަކަށް ހުންނަ ޝަޢުގެއްގެ ބޮޑުކަމުންނެވެ. މަސައްކަތް ކުރިއަށް ގެންދަމުން ދެމީހުން އެކި އެކި ވަހަކަ ދައްކަމުން ދިޔައެވެ. މުޅިންވެސް ދެކެވެނީ އެ ޕްރޮޖެކްޓް އާއި ގުޅޭ ވާހަކަތަކެވެ. މިކްޔާގެ ޚިޔާލުތައް އައުފްއަށް ވަރަށް ކަމުދެއެވެ. އެހެން ކަމުން ދެމީހުން އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހައެވެ.
” ހެލޯ އާފް! އާރ ޔޫ ބިޒީ..” ޒީޝާ ކޮޓަރިން ނިކުމެގެން ފަރިހިނގުމެއްގައި އައިސް މިކްޔާމެން ތިބި ސޯފާ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. މިކްޔާ އަށް އެއަޑު އިވުމާއެކު ޒީޝާ އާއި ދިމާއަށް ބަލާލިއެވެ. ޒީޝާ ލައިގެން ހުރި ކުރު ސޯޓުން އެ ދޮން ފަލަމަސްގަނޑު ހާމަވާން ހުރި އިރު ލައިގެން ހުރި ގަމީސް ކޮޅުގެ މޭމަތިން ތިން ގޮށް ނައްޓާލާއިފަނީ އެތަނަވަސް މޭމަތިން ބައެއް ފެންނަ ވަރަށެވެ. ތުންފަތުގައި ލޭރަތް ކުލައިގެ ލިޕސްޓިކެއް ޖައްސާފައިވާއިރު އެދެލޯވަނީ އަނދުނުން ފަވާލާފައިއެވެ. ހީވަގޮތުން ކޮންމެވެސް ތަނަކަށް ދާން ތައޔާރުވެގެން ހުރީއެވެ. ޒީޝާ ހުރި ގޮތް ފެނުމުން މިކްޔާ އަށް އިސްޖަހާލެވުނީ އެހާ ނިވާކަން ކުޑަ ހެދުމެއްގައި ހުރުމުންނެވެ. މިކްޔާ އަށް ހިނިތުންވުމެއް ރައްދުކުރަމުން ޒީޝަ ސޯފާގައި އިށީނީ އައުފް އާއި ޖެހިފިތިގެންނެވެ.
އައުފް އަނގައިންވެސް ނުބުނެ ފައިލުތައް ހާވަމުން އުނގުމަތީގައި އިން ލެޕްޓޮޕުން ޓައިޕް ކުރަމުން ދިޔައެވެ. ޒީޝާ އަށް އައުފް ގެ އެ ދުރުކަމުން ހިތައް ތަދުވިނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ.
” ކޭން ޔޫ ޑްރޮޕް މީ ޓް “ރޯޔަލް ޕެލެސް” ..އެހާ ދުރެއްވެސް ނޫނެއްނު..ޕްލީޒް ” ޒީޝާ އެދުނީ އެގެޔާއި މާ ދުރުނޫން ހިސާބެއްގައި ހުރި ޑިސްކޯ ކްލަބަކަށް އޭނާ ގެން ގޮސް ދިމުނަށެވެ.
” ނުދެވޭނެ..ކާންޓް ޔޫ ސީ އައި އޭމް ބިޒީ” އައުފް އެއިން ގޮތަށް އިނދެ ބުނެލިއެވެ. އެންމެ ފަހަރަކުވެސް އިސް އުފުލާ ޒީޝާ އާއި ދިމާއަށް ބަލާވެސް ނުލައެވެ.
މިކްޔާ އިނީ ވާނުވާނއެއް ނޭނގިފައެވެ. މިވީހާ ދުވަހު އޭނާއަށް ފާހަގަވީ ކަމަކީ ޒީޝާ އާއި އައުފް ގެ ގުޅުން އެހާ ރަނގަޅު ނޫން ކަމުގައި އެވެ. ކިތައްމެ ފަހަރަކު އެވާހަކަ އަހަން އުޅެފައިވެސް މިކްޔާ އަށް ފަސްޖެހެވޭނީ އަހާނީވެސް ވަކީ ކީކޭބާއޭ ހިތައް އެރުމުންނެވެ.

ޒީޝާގެ ފޯނަށް ކޯލެއް އައުމުން އެއަށް ޖަވާބުދިނުމަށްފަހު ސޯފާއިން ތެދުވީ އައުފްގެ ކޮލަސް ބޮސްދިނުމަށްފަހުއެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަޖެހުމެވެ. އައުފް ކިޔާނެ އެއްޗަކަށް ބެލުމެއްނެތި ޒީޝާ ބާރު ހިނގުމެއްގައި ގޮސް ދޮރުން ބޭރަށް ނިކުތެވެ. އައުފް ކައިރިއަށް އައި ރުޅީގައި ލެޕްޓޮޕް ލައްޕާލުމަށްފަހު ސޯފާ ގޮނޑީގައި ބުރަކަށިޖައްސާލުމަށްފަހު ލޯ މަރާލިއެވެ. މިކްޔާ އަށް އެމަންޒަރު ފެނުމުން ހިތައް ގޮތްތަކެއް ވެގެން ދިޔައެވެ. އައުފް އާއި އެހެން އަންހެއްކުއްޖަކު ކައިރިވީމަ އޭނަގެ ހިތައް ތަދުވާންވީ ކީއްވެހެއްޔެވެ؟

” ކޮޓަރިއަށް ގެންގޮސްދީފާނަންތަ؟” އައުފް ދެލޯ ހުޅުވާލީ މިކްޔާގެ އަޑުޖެހުމުންނެވެ. އެވަގުތު އެދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ. އައުފް ކައިރީގައި ދައްކަން ބެނުންވާ އެތައް ވާހަކަތަކެވެ. ދުލާ ހަމަށް ނުގެނެވިފައިވާ އިހްސާސްތަކެވެ.
އައުފް ވެސް ކިތައްމެ ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް އަނގައިން ބަހެއް ބޭރެއް ނުކުރެވުނެވެ. ހަމައެކަނި ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން މިކްޔާގެ ގޮނޑި ލިފްޓާ ދިމައަށް ދުއްވާލިއެވެ.

މޫޑް ހަރާބުވުމުން އައުފަށްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވުނެވެ. އެހެން ކަމުން ހުރިހާ އެއްޗެއް ހިފައިގެން ކޮޓަރިއަށް ވަނީ ފަހުން އެމަސައްކަތް ނިންމާލުމަށެވެ. މިކްޔާ ކޮޓަރީ ދޮރުގައި ޓަކި ދިނުމަށް އެތައް ފަހަރަކު އަތް ނެގުމަށްފަހު އެނބުރި އައުފް ވަނީ އޭނާގެ ކޮޓަރިއަށެވެ.

**
ގަޑިން މެންދަމު 2 ޖެހީއެވެ. މިކްޔާ ކޮޓަރީގެ ތަޅު ހުޅުވުމަށްފަހު އެކޮޓަރިއަށް ވަތް މީހަކު ހުރީ ކަޅު ކުލައިގެ ކޯޓަކުން ނިވާވެގެންނެވެ. މަޑުމަޑުން އެތެރެއަށް ފިޔަވަޅު އަޅަމުން އެނދާ ކައިރިވަމުން އަތުގައި އޮތް ވަޅި މިކްޔާގެ މެއާ ހަމައަށް ތިރި ވުމާއެކު މިކްޔާ ލޯހުޅުވާލިއެވެ. ކުއްލިއަކަށް ކަޅުކުލައިގެ ބޮޑު ހިޔަނޏެއްހެން ހުރި މީހަކު ފެނުމުން މިކްޔާ ހަޅޭލަވާގަތެވެ. އެވަގުތު އެމީހަކު ދުމެއްޖަހާފައި ކޮޓަރީގެ ދޮރާ ދިމާއަށް ދުއްވައިގަތެވެ. އެމީހާ ހުރީ މޫނު ނިވާކޮށްގެން ކަމުން މިކްޔާއަށް މޫނު ފެންނަ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ލައިގެން ހުރި ކޯޓުގެ ފަހަތުގައި ކުރަހަފައިވާ ދޫންޏެއްގެ ފިޔަގަނޑަކާއެކު މެދުގައި ޖޭ އަކުރެއް ސިފަވާގޮތަށް އިން ނިޝާނެއް މިކްޔާގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު މިކްޔާ ގެ ދުލަށް އައީ އެންމެ ނަމެކެވެ. “ޖޯން” އެކަމަކު އޭނާ މިކްޔާގެ ފަހަތުން އެއުޅެނީ ކީއްވެހެއްޔެވެ؟

ބެލްކަނީގައި ކޮފީމަގެއް ހިފައިގެން އިން އައުފަށް މިކްޔާގެ ހަޅޭކުގެ އަޑު އިވުމާއިއެކު ބެލްކަންޏާ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ގަޑި ބަލާލި އިރު ދޭއް ޖަހާ ބޮޑުވުމުން ހިތައް ނުތަނަވަސްކަން ވެރިވިއެވެ. ކޮފީމަގު މޭޒުމަތީގައި ބެހެއްޓުމަށްފަހު އައުފް ކޮޓަރިން ބޭރަށް ނިކުތް ވަގުތު ހުޅުވިފައިވާ މިކްޔާގެ ކޮޓަރީގެ ދޮރު ފެނުމާއިއެކު ހިތައް ބިރުވެރިކަން ވަނެވެ.
ކޮޓަރީގެ ދޮރުމަތިން މީހެއްގެ ހިޔަނި ފެނުމާއިއެކު މިކްޔާ އަށް އަނެއްކާވެސް ހަޅޭލަވާގަނެވެނެވެ. އައުފް ދުވެފައި ކަހަލަ ގޮތަކަށް މިކްޔާގެ އެނދުކައިރިއަށް އައިއިރު މިކްޔާ އިނި މޫނުމަތީގައި އަތް އަޅައިގެންނެވެ.
” ނޫން…ނޫން…ޕްލީޒް ލީވް މީ..” މިކްޔާ ތަކުރާރު ކުރަމުން ދިޔައީ އެއް ޖުމްލައެކެވެ. އައުފް މިކްޔާގެ އެނދުގައި އިށީނުމަށްފަހު މިކްޔާ އަށް ގޮވާލުމާއިއެކު މޫނުމަތިން އަތް ނަގަމުން އައުފް ގައިގަ ބައްދާލީ އެވެ. އެވަގުތު މިކްޔާގެ ބިރުން ހުރި ވަރު އައުފަށް އިހުސާސް ކޮށލެވެނެވެ. މިކްޔާ އަށް ރޮވޭވަރުން ވާހަކައެއް ނުދެއްކުނެވެ. އައުފް ވެސް އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކީ މިވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ވީމައެވެ. އެގޮތުގައި ދިހަ ވަރަކަށް މިނެޓް ވުމުން މިކްޔާ ހަމައަކަށް އެޅި އައުފް އާއި ދުރުވެލިއެވެ. ހިނިތުން ވެލަމުން އައުފް އެނދުމަތިން ތެދުވެ ހިނގައިގަތީ ދޮރާ ދިމާއަށެވެ. އެވަގުތު މިކްޔާ އައުފްގެ އަތުގައި ހިފެހެއްޓުމަށްފަހު ބޮލުގެ އިޝާރާތުން ނުދާށޭ ބުނެލިއެވެ.
” ދޮރުލައްޕާލާފަ އަހަރެން އޮންނާނަން އެ ސޯފާގައި..އޯކޭ އެންނު ދޯ؟ ” އައުފް އެހެން ބުނުމުން މިކްޔާ އައުފްގެ އަތުން ދޫކޮށްލިއެވެ.

އެނދުގައި އޮތް މިކްޔާ އަށް ބެލްކަނީ ދޮރުފޮތިތައް ވަޔާ ވިހުރެމުންދާ މަންޒަރު ފެންނަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. ބައެއް ފަހަރު ބެލްކަނީގައި މީހަކު ހުންނަހެންވެސް ހީވެޔެވެ. ބިރުގަނެފައި ހުރުމުގެ ސަބަބުން ވިސްނެނީ ހުރިހާ ކަމެއްވެސް އެންމެ ނުބައި ގޮތަށެވެ.
“އައުފް ޕްލީޒް މިތާ އޮވެބަ…” ދޮރުލައްޕާލުމަށްފަހު ސޯފާގައި އޮތް އައުފަށް ބަލާލަމުން އެނދުގެ އަނެއް ފަޅިއަށް އިޝާރާތް ކުރަމުން މިކްޔާ ބުނެލިއެވެ.
” އޯކޭ ވާނެތަ؟..އަހަރެން ނިދުމަށްފަހު ދެން ވާނެ ގޮތެއްގެ ޒިންމާ ނުނެގޭނެ..މީ ވަރަށް ނިދިގަދަމީހެއް..” މިކްޔާ އަށް ހެވުނީ އައުފް ބުނި އެއްޗަކުންނެވެ. އައުފް އޮށޯތުމަށްފަހު މިކްޔާ އާއި ދެމީހުންގެ ދޭތެރޭގައި ބާލީހެއް ބޭއްވިއެވެ.
” ފޯ ސޭފްޓީ..ހެހެހެ..ނައު ޔޫ ކޭން ސްލީޕް ވެލް..” ބާލީހަށް ބަލާލަމުން އައުފް ބުނެލިއެވެ. މިކްޔާވެސް އަނެއް ފަރާތައް އެނބުރެމުން ލޯމަރާލީ ނިދޭތޯއެވެ. ނަމަވެސް އެގޮތުގައި ގަޑިއެއް ހެދަވީ އިރުވެސް ނިދޭގޮތެއް ނުވިއެވެ. ލޯމަރަލުމާއި އެކު ސިފަވަނި ކަޅު ކުލައިގެ ހިޔަންޏެކެވެ. އެއީ ޖޯން އަށް ވެދާނެއޭ މިކްޔާގެ ހިތައް އަރަމުން ދިޔައެވެ. ދެރައީ އެމީހެއްގެ މޫނު ނުފެނުމުންނެވެ. އެކި ހިޔާލުތައް މިކްޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
އެގޮތުގައި ވަގުތު ގުނަމުން އައުފް އާއި ދިމައަށް އެނބުރުނު އިރު ދެލޯމަރައިގެން އޮތް އައުފް ފެނި މިކްޔާގެ ހިތުގައިވި ބިރުވެރިކަން ހިނދުކޮޅަކަށް ނެތި ދިޔައެވެ. މިކްޔާގެ އަތް މަޑުމަޑުން އައުފްގެ ކޮލުގައި ޖައްސާލެވުނީ ހިތުގައި އެވަގުތު އުފެދުނު ޖަޒުބާތެއްގެ ސަބަބުންނެވެ. ކުއްލިއަކަށް އައުފް ދެލޯ ހުޅުވާލުމާއެކު މިކްޔާ ސިހިގެންދިޔައެވެ.

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި

Next
November 1, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި

Previews
October 31, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ

18 Comments

  1. kayashandy says:
    November 1, 2016 at 12:42 am

    hey all…☺ heekuran mi partves kamudhaane kamah…plx leave ur comments ☺ thank you all for de support…☺❤

  2. aik says:
    November 1, 2016 at 4:12 am

    Reethi..

    1. kayashandy says:
      November 1, 2016 at 9:47 am

      thank you aik☺

  3. ? says:
    November 1, 2016 at 7:16 am

    V reethi lasnukoh 19 vanabai genesdhechey

    1. kayashandy says:
      November 1, 2016 at 10:12 am

      insha allah…☺

  4. Navya says:
    November 1, 2016 at 9:52 am

    Vvv reethi mibaives ❤

    1. kayashandy says:
      November 1, 2016 at 10:13 am

      thank you navya…☺☺

  5. SaSha says:
    November 1, 2016 at 10:15 am

    next part koniraku?

    1. kayashandy says:
      November 1, 2016 at 12:27 pm

      insha allah tonyt i ll upload next part…☺

  6. lilyyy says:
    November 1, 2016 at 10:29 am

    Auf n mishya gulhuvumun vaahaka ehaa reecheh nuvaane
    First lov is waiting eh nu so let them b together eyrah vaahaka reethivaanee

    1. kayashandy says:
      November 1, 2016 at 12:30 pm

      sometimes 1st love nulibunas life will b more dan perfect…u hav to blv urself..☺
      dn let’s c dhw fahun storyga vaanegothei neynge bunaakah…keep waiting ☺

  7. sonaalee says:
    November 1, 2016 at 1:45 pm

    Wow ..mi story v v reethi..aauf n mikya ves gulhey..v inthixaarukuraa story eh mee..kon irakun next part

  8. Wasy says:
    November 1, 2016 at 3:46 pm

    Kon irakun dhen upkohlaanee

  9. Ana says:
    November 1, 2016 at 5:33 pm

    Ekam saamaan ge evves massala eh ves nei. Ehenveema saamaan ehaa gina aharu vandhen wait kureema ves evves faidhaa eh nethehnu. Kihaa bodu dhera eh e dheveni. Okay saamaan kusheh kuri nama ves. Ekam kushakaa nulaa dhera eh dhenya kamaku nudhey. That’s not right. Vaahaka reehcheh ves nuvaane. And mikya saamaan dheke Kurin ehaa bodah loabi vefa hama auf fenna irah change veema kamaku nudhey dho

    1. Ana says:
      November 1, 2016 at 5:35 pm

      Shamaan*

  10. Samsam says:
    November 1, 2016 at 10:24 pm

    Keep waitin….inthizaar ge nimun vrh fonivaane..so keep waitin…hehe…im I ryt kayasandy…aw vrh salhi stry…hithah arany vaahaka nimeyny kihinehbaa ey..shamaan ah mik libigenbaa ey…noony auf ah mik libigen baa ey…waitin waitin…lets c dhw…ekm reethi vaany shamaan ah libunihyaa…cox eyge neh dhw shamaan ge kusheh..so kayasandy plx e dhemeehun gulhuvaaba…

  11. Vishaa says:
    November 2, 2016 at 12:58 pm

    Kobaatha new part waiting

  12. Fahana thashi says:
    November 2, 2016 at 2:36 pm

    >:) koba next part??

Comments are closed.

All Right Reserved!