” އީޝޫއަށް އެނގޭތަ މިރޭ ވީކަމެއް.. ހުޝާމްގެ ވައިފް ދޮންތަ ކައިރީ ބުނީ ވާހަކައެއް ދައްކަން ބޭނުމޯ.. އަނެއްކާ ކޮންވާހަކައެއްބާ އޭނަ ދައްކަން އުޅުނީ..” ހައިރާންވެ އިނދެ އައިޝާ އަހާލިއެވެ.
” ވެދާނެއްނު ތިމަންނަގެ ފިރިމީހާއާއި ދެން އަންބަށް އިންނާށޭ ބުނަންކަމަށްވެސް” އީޝަލްގެ ޖުމްލައިން އައިޝާ ސިހިގެން ދިޔައެވެ.
” މިހާރު ހާދަ ނުލަފާ ވެއްޖޭ ދޯ.. ހުރެބާ ހޭއަރުވާލާނަން” މިހެން ބުނެ އައިޝާ އީޝަލްގެ ބަނޑުކޮއްޓަން ފެށިއެެވެ. މެންދަމުގެ އެހަމަހިމޭންވަގުތުގައި އެގޭގައި ހަރުލާފައިވަނީ އީޝަލްގެ ހުނުމުގެ އަޑެވެ.
ގަޑިން ފަސްގަޑި ބައިވީއިރު ލޫޝާއަށް ހޭލެވުނީ ހުޝާމް ގޮވާ އަޑަށެވެ. އޭރު ހުޝާމް ލޫޝާ އާއި ދާދި ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ލޫޝާ ސިއްސައިގެން ތެދުވީ އަނެއްކާ ކިހިނެއްވީބާއޭ ހިތައެވެ. މަޑުމައިތިރިކަމާއެކު ހުޝާމް ލޫޝާކައިރީ އެދުނީ ވުޟޫކޮށްގެން ފަތިސް ނަމާދުކުރުމަށެވެ. މިދަނީއޭ ބުނުމަށްފަހު ލޫޝާ އެނދުން ތެދުވެގެން ދާން ހިނގައިގަތެވެ. އެެވަގުތު ހުޝާމް ގޮވާލާފައި ލޫޝާގެ ފޯނުދިނުމަށް އެދުނެވެ. ކަންބޮޑުވެފައި ހުރެ ލޫޝާ ކަބަޑުމަތީގައި އޮތް ފޯނުނަގިއެެވެ. އަދި ހުޝާމްއަތަށް ފޯނުދޭން ފަސްޖެހުނެވެ. އެހެނީ އޭގައިވާ މެސެޖްތައް ހުޝާމްއަށް ފެންނާކަށް ލޫޝާ ބޭނުމެއް ނޫނެވެ. މިހާ އަވަހަށް ހުޝާމް ލޫޝާގެ ފޯނު ޗެކް ކުރަންބޭނުންވެދާނެއެކޭ ހިތަށްެސް ނާރައެވެ. ލޫޝާގެ ހަރަކާތްތަށް ހުރިގޮތުން ފޯނުދޭން ފަސްޖެހެނީ ކީއްވެބާއޭ ހުޝާމްގެ ހިތަށް އެރިއެވެ. ލޫޝާ ހުޝާމްއަށް ކަމެއް ސިއްރުކުރަނީ ހެއްޔެވެ.
” ހާސްނުވޭ.. އަހަންނަކީ އަނބިމީހާގަ އެހެންނޫނީ އަނބިމީހާއަށް ސިއްރުން ފޯނު ޗެކް ކޮށް ފާރަލާ ހަދާ މީހެއްނޫން.. އަންބެއްގެ ފަރާތުން ފިރިއަކު ބޭނުންވާނެ އެންމެ ބޮޑު އެއްޗަކީ އިތުބާރު.. އެހެންވިމަ އަހަރެން ބޭނުންވަނީ ލޫޝާއަހަންނަށް އިތުބާރުކުރަން” ހުޝާމްގެ ވާހަކައިން ލޫޝާ ދެރަވެ އިސްޖަހާލެވުނެވެ. އަދި ހުޝާމްއަތަށް ފޯނު ދިއްކޮލުމަށްފަހު ގޮސް ފާހާނައަށް ވަނެވެެ. ވުޟޫކޮށްގެން ނިކުމެ ލޫޝާ ނަމާދުކުރަން ފެށިއެވެ. އޭރު ހުޝާމް އެނދުމަތީގައި އޭނަގެ ފޯނާއި ލޫޝާގެ ފޯނު ހިފައިގެން އޮތެވެ. ލޫޝާ ނަމާދުކޮށް ނިމުނުލެއް އަވަސްކަމުން ހުޝާމް ހައިރާންވެފައި ލޫޝާއަށް ބަލާލިއެވެ. އަދި ލޫޝާ ފަތިސް ނަމާދުގެ ކުރީ ދެސުންނަތް ނުކުރާކަން ހުޝާމްއަށް އެނގިގެން ދިޔައެވެ.
ހުޝާމް ބަލާލިގޮތުން ކިހިނެއްވީތޯ ލޫޝާއަށް ސުވާލުކޮށްލެވުނީ މަޑުމައިތިރކަމާއެކުގައެވެ.
” އަހަންނަށް އެނގޭ ބޮޑުދައިތަ ލޫޝާއަށް ދީނާ ބެހޭގޮތުން މާބޮޑު އެއްޗެއް ކިޔައިދީފައިނުވާކަން.. އެކަމަކު މިހާރު ލޫޝާތީ އަހަރެންގެ އަނބިމީހާ.. އަހަރެންގެ ވާޖިބެއް ލޫޝާއަށް ނުބައިގޮތާ ހެޔޮގޮތް ކިޔައިދިނުމަކީ.. ލޫޝާ އަށް އެނގޭތަ ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ މުހިންމުކަން” ހުޝާމް އަހާލިއެވެ.
ލޫޝާ ދެފަރާތަށް ބޯހޫރާލަމުން ނޫނެކޭ ބުނެލިއެވެ.
” ފަތިސް ނަމާދުގެ އިހު ސުންނަތް ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑު.. މީގެ އިތުރުން މެނދުރު ނަމާދު ކުރީ ހަތަރު ރަކްއަތާ ފަހު ދެރަކައަތާ މަގްރިބް ނަމާދުގެ ފަހު ދެރަކްއަތް އަދި އިޝާ ނަމާދުގެ ފަހުން ދެރަކްއަތް ކުރާ މީހާކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަމަށް އޮވޭ.. އެހެންވީމާ ލޫޝާވެސް މިގޮތަށް ކަންތައްކުރުމަށް މިއަދުން ފެށިގެން ކަނޑައަޅާ… އަހަރެން ބޭނުން އަހަރެންގެ އަނބިމީހާއަކީ އަހަރެން ފަދައިން ހެޔޮކަންތައް ކުރުމަށް އިސްކަންދޭ މީހަކަށްވާން.. ކައިވެނި ބާއްޖަވެރިވާނީ ދެމަފިރިންވެސް މާތްﷲ އެންގެވި ގޮތަށް އުޅެގެން” ހުޝާމް ވާހަކދައްކާ ނިމުނުއިރު ލޫޝާއަށް އިނީ ރޮވެން ކައިރިވެފައެވެ. މިހާ މާތް މީހަކާދޭތެރޭގައި ލޫޝާއަށް ކަންތައްމިކުރެވެނީ ކިހިނެއް ހެއްޔެވެ. ލޫޝާ ޖެހޭނީ ހުޝާމް ކައިރީ ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭށެވެ. ނަމަވެސް ލޫޝާގެ ކިބައިގާ އެހާ ހިތަވަރެއް ނެތެވެ. ލޫޝާގެ ހަޤީގަތް އެނގިގެން އާއިލާ ރޫޅުން ނޫން ކަމެއް ނުވާނެއެވެ.
ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބޮޑު އެނދުމަތީގައި ޔާނިޝްގެ އުނގުތެރޭގައި ހިބާ އިނެވެ. އެހެން އިން އިރު ޔާނިޝްކޮށްލަމުންދާ ކުދި ކުދި ގޯނާތަކުން ހިބާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.
” ޔާން ކޮންއިރަކުންތަ އަހރުމެން މެރީ ކުރާނީ..” ޔާނިޝްއާއި ދިމާއަށް ބަލާލަމުން ހިބާ ތުއިގޮތަކަށް އަހާލިއެވެ.
” ކުރާނަމޭ ކެތްކޮއްބަލަ..” ހިބާގެ ދަތްދޮޅީގައި ހިފާލަމުން ޔާނިޝް ބުނެލިއެވެ.
” މިހާރު ދެން ހިބާއަށް ކެތްވަނީކީ ނޫން.. އައި ވޯންޓް ޔޫ ސޯ ބޭޑްލީ” އަނެއްކާވެސް ހިބާ ބުނެލިއެވެ.
” ޔާން މީ އަބަދުވެސް ހިބާގެ މީހެކޭ.. އެހެން ނޫނަސް މެރީ ނުކުރިޔަސް އަހރުމެންނަށް ކުރަން ބޭނުންވާ ކަމެއް ކުރެވިދާނެއްނު” ނުލަފާ ގޮތަކަށް ޔާނިޝް ބުނެލިއެވެ.
” ނޫނޭ ޔާން.. އެއީ ހަރާމް ކަމެއްނު.. ކައިވެނީގެ ފަހުން އެކަންވާނީ..” ހިބާ ބުންޏެވެ.
” އެކީއްވެ.. މިހާރުވެސް އަހަރުމެން މިކުރާނީކީ ހަލާލުކަމެއް ނޫނެއްނު.. އެހެން ނޫނަސް އަހަރެން ބޭނުންވޭ މެރީކުރުމުގެ ކުރިން ހިބާ ޓެސްޓްކޮށްލަން” ޔާނިޝް ބުނި އެއްޗަކުން ހިބާއަށް އިންތަނުން ތެދުވެވުނެވެ.
“ވަޓް.. ޔާން ހިބާއަށް ޓްރަސްޓެއް ނުކުރަންތަ” ހިބާ އަހާލިއެވެ.
” ޓްރަސްޓް ކުރަމޭ.. ބަޓް ސްޓިލް” ޔާނިޝް ހިބާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ބުނެލިއެވެ. ނަމަވެސް އެވަގުތު ހިބާގެ ހިތުގައި އުފެދުނު ނޭނގޭ ބިރެއްގެ ސަބަބުން ޔާނިޝްއާއި ދުރަށް ޖެހެވުނެވެ.
” ދެންތީ ކޮންކަމެއްތަ ހިބާ.. ބީ ކޫލް.. އަހަރެން ވަރަށް ފޫހިވޭ ތިވައްތަރަށް އުޅޭ ކުދިންދެކެ.. ” ހިތްހަމަނުޖެހޭ ގޮތް ދައްކަމުން ޔާނިޝް ބުނެލިއެވެ. އެވަގުތު ޔާނިިޝް ގެއްލި ދާނެ ކަމުގެ ބިރު ހިބާ އަށް ހީވިއެވެ. އަވަހަށް ޔާނިޝް ކައިރިއަށް ޖެހިލާ މާފަށް އެދުނެވެ.
” ޔާން ޕްލީޒް ރުޅި ނާދެބާ.. ޔާން ބުނާ ގޮތެއް ހިބާ ހަދާނަމޭ.. އެކަމަކު މިރެއަކު ނޫން.. ދޯ.. މިހާރުވެސް މާލަސް ވެއްޖެ.. ދޮންބެ ކޮލެޖް ކައިރިއަށް ހިބާ ބަލާ ދިއުމުގެ ކުރިން ހިބާ ޖެހޭނެ ކޮލެޖަށް ވަންނަން” ހިބާ ބުންޏެވެ. ޔާނިޝް ޕްރޮމޮސް ހޭ އަހާލުމުން ޕްރޮމިސްއޭ ބުނުމަށް ހިބާ އަވަހަށް އެތަނުން ނިކުތީ ގެންފައިވާ ބިިރެއްގެ ސަބަބުންނެވެ. މަގުމަތިން ހިނގަމުން ދިޔައިރުވެސް ހިބާއަށް ވިސްނެމުންދިޔައީ ޔާނިޝް ބުނި ވާހަކައާއި ދޭތެރޭގައެވެ. ފުރަތަމަ ފަހަރަށް އުޅެވޭގޮތާ މެދު ހިބާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ހިނގަމުން ދިޔައިރު ހިބާގެެ ދޮންމޫނުގައި ވިދަމުންދިޔަ ދާތިކިތިކިތައް ޓިޝޫކޮޅަކުން ފޮހެލިއެވެ. އަދި ފޯނުގެ ސްކްރީނުން އަމިއްލަ މޫނު ބަލާލިއެވެ. އެވަގުތު އެމޫނު ފެނުމުންވެސް ހިބާއަށް އުނދަގޫވިއެވެ. ފޯނު ދަބަހަށް ލަމުން ބާރަށް ހިނގައިގަތީ ހުޝާމް ބަލާ އައުމުގެ ކުރިން ކޮލެޖަށް ވަންނާށެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދެމަސް ފާއިތުވެގެން ދިޔައިރު ހުޝާމްއާއި ލޫޝާއަކީ ގާތް ދެ އެކުވެރިން ކަމުގައި ވެއްޖެއެވެ. ހުޝާމްގެ އެދުމުގެ މަތިން ލޫޝާ ހެދުން އަޅާ ގޮތް ބަދަލުކޮށް ބޮޑެތި ކަޅު ހެދުމާ ފުޅާ ކަންބުރުގާ އަޅާންފެށިއެވެ. ހުޝާމްގެ މަސައްކަތުން ލޫޝާ ދަމުނަމާދާއި ޟުހާ ނަމާދުކުރުމަށްވެސް އާދަކުރުވިއެވެ. އެދެމީހުން އުޅޭގޮތުން ފެންނަމީހަކަށް ހީވާނީ ވަރަށް އުފަލުގައި އުޅޭ ދެމަފިރިން ހެންނެވެެ. ނަމަވެސް ހަޤީގަތަކީ އެދެމެދުގައި ރަހުމަތްތެރިކަން ފިޔައިވައި އިތުރު ގުޅުމެއް އުފެދިފައި ނުވާކަމެވެ.
އާދައިގެ މަތީން މިރޭވެސް ލޫޝާ ކައިގެން ތަށިތައް ދޮވެ މޭޒުމަތި ސާފުކުރުމަށްފަހު ކޮޓަރިއަށް ވަނެވެ. އޭރު ހުޝާމް އެނދުމަތީގައި އޮތެވެ. ނިތްކުރިމަތީގައި އަތް ބާއްވާލާފައިވާ ގޮތުން ހީވަނީ ބޮޑު ފިކުރެެއްގައި އޮތް ހެނެވެ.
” ކޮންކަމަކާ ތިިވިސްނަނީ.. ” ޑްރެސިންގެ ޓޭބަލް ކައިރިއަށް ހުއްޓި ބުރުގަލުގެ ޕިންތައް ނައްޓަމުން ލޫޝާ އަހާލިއެވެ.
” އަހަރެން ލޫޝާ ކައިރީގައި ވާހަަކައެއް ދައްކަންވެފައި އެބައޮތް.. އާދެބާ މިތާ އިށީންނަން..” ހުޝާމް އެއްކައިރިއަށް ޖެހިލަމުން ލޫޝާ އިށީންނަން ތަން ދެއްކިއެވެ. ލޫޝާ ކޮންވާހަކއެއްހޭ އަހާލަމުން އައިސް ހުޝާމް ކައިރީގައި އިށީނެވެ. ހުޝާމްވެސް އިށީނދެ ކަރުކެހިލި ގޮތުން އެވާހަކަދައްކަން އުނދަގޫވެގެން އުޅޭ ކަހަލައެވެ.
” އެނގެެއެއްނު އަހަރުމެންމީ ދެމަފިރިންކަން.. މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެ ކައިވެނިކުރިތާ.. އެކަމަކު….. އަދިވެސް…” ހުޝާމްއަށް ކުރިއަށް ނުގެންދެވިގެން އުޅޭ ކަހަލައެވެ.
” ލޫޝާ ދަރިއަކު ބޭނުމެއް ނުވޭތަ؟” ހުޝާމްކޮށްލި ސުވާލަކުން ލޫޝާ ދެލޯ ބޮޑުކޮށްލިއެވެ. އަދި އަނެއްފަރާތަށް އެނބުރުނީ ހުޝާމްއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
” ލޫޝާ އައި ނޯވް ތަންކޮޅެއް އަވަސްކަން.. ބަޓް އަހަރުމެން މީ ދެމަފިރިން.. ކޮންމެވެސް އެއްދުވަހަކުން ކުރަންޖެހޭނެ ކަމެއް ނޭނގެ އެއީ.. ހީކުރަން އަހަރެން މިކިޔާ އެއްޗެއް ލޫޝާއަށް ވިސްނޭނެ ކަމަށް” ހުޝާމްވެސް ލޫޝާއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފަ އިނދެ ބުނެލިއެވެ.
ލޫޝާ އެއްވެސް ބަހެއް ނުބުނެ އިސްޖަހައިގެން އިނުމުގެ މާނަ ހުޝާމްއަށް ނެގުނީ މުޅިން އެހެން ގޮތަކަށެވެ. ހުޝާމް ލޫޝާ ކައިރިއަށް ޖެހިލާ އެމޫނުގައި ދެއަތުން ހިފާލިއެވެ. އެވަގުތު ލޫޝާ މެޔަށް ފިނިވެގެން ދިޔައެވެ. މީކޮންމެސް އެއްދުވަހަކުން ކުރަންޖެހޭނެ ކަމެއްކަން ލޫޝާއަށް މާކުރިންވެސް އެނގެއެވެ. އަވަހަށް އިންތަނުން ދާން އުޅުމުން ހުޝާމް ހީކުރީ ލޫޝާ ލަދުގަތީކަމަށެވެ. އަދި ލޫޝާގެ އަތުގައި ހިފާ ހުޝާމްއާއި ކައިރިއަށް ދަމާލިއެވެ. އެވަގުތު ލޫޝާ އައިސް ޖެހުނީ ހުޝާމްގެ މޭގައެވެ. ލޫޝާ މަޑުމަޑުން ހުޝާމްއާއި ދުރުވެލިއެވެ. އަދި އަނެއްކާވެސް އިސްޖަހާލީ ހުޝާމްއަށް ބަލަން ނުކެރިގެންނެވެ. ހުޝާމް ލޫޝާގެ ދަތްދޮޅީގައި ހިފާ މައްޗަށް ނެގިއެވެ. އެވަގުތު ހުޝާމްއަށް ނުބަލަންވެގެން ލޫޝާ ލޯމަރާލިއެވެ. އެއީ ލޫޝާދިން ދައުވަތެއް ކަމަށް ވިސްނާ ހުޝާމް މަޑުން ލޫޝާއާއި ކައިރިވާންފެށިއެވެ. ހުޝާމްގެ ހޫނު ނޭވާ ލޫޝާގެ މޫނަށް އެޅެން ފެށުމުން ލޫޝާއަށް ކުރެވުނީ މުޅިން އެހެން އިހްސާސެކެވެ. ލޫޝާ ހުޝާމަށް ކިތަންމެ ބޭނުންވިޔަސް މިކަން ކުރެވޭކަށް ލޫޝާއަކަށް ނެތެވެ. ލޫޝާއަށް ޖެހޭނީ ހުޝާމް ހުއްޓުވާށެވެ. އެހެން ނޫނީ ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ. ކުއްލިއަކަށް ލޫޝާ ހުޝާމްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ.
“ޕްލީޒް ހުޝާމް.. އަދި އަހަރެން ރެޑީއެއް ނޫނޭ” މިހެން ބުނެ ލޫޝާ ބާރަށް ހިނގާފައި ގޮސް ފާހަނައަށް ވަދެ ތަޅުލިއެވެ. ލޫޝާ ކަންތައްކުރި ގޮތުން ހުޝާމް ހައިރާންވިއެވެ. އަދި އެހާމެ ލަދުވެސް ގަތެވެ. ދެފަރާތަކަށް ބޯހޫރާލަމުން ހުޝާމް އެނދުން ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނިކުތެވެ.
ފާހާނައިގެ ދޮރުގައި ލެގިލައިގެން ހުރި ލޫޝާގެ ލޯވަނީ ރޮއެރޮއެ ރަތްވެފައެވެ. ހުޝާމް ދެރަކުރާކަށް ލޫޝާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް މިއަދު ލޫޝާއަށް އެހެން ގޮތެއް ނެތެވެ. ހުޝާމްގެ ދިރިއުޅުން ބަރުބާދުކުރުމުގެ އެއްވެސް ހައްގެއް ލޫޝާއަކަށް ލިބިގެނެއް ނުވެއެވެ. ލޫޝާއަށް ޖެހޭނީ ހުޝާމް ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދޭށެެވެ. އެހެން ނޫނީ މާލަސް ވެދާނެއެވެ.
އެދުވަހަށް ފަހު ހިބާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަންފެށިއެވެ. އަބަދުވެސް ހުރެވެނީ މާޔޫސްވެފައެވެ. އެކަނިން ތަންތާގައި ހުންނަން ބިރުގަނެއެވެ. ދަންވަރު އެއްގޮތަކަށްވެސް ހިބާއަކަށް ނުނިދެއެވެ. ކޮލެޖަށްދާން ފިޔަވައި ގެއިން ނިކުންނަންވެސް ހިބާ ބޭނުމެއް ނުވެއެވެ. އަބަދު ކަމަކީ ކުރެވޭ ގޯސް ކަންތައްތަކާ މެދު ވިސްނުމެވެ. ޔާނިޝްއާއި ބައްދަލުކުރަން އެއްގޮތަކަށްވެސް ހިބާ ބޭނުން ނުވާ ކަހަލައެވެ. ކިތަންމެ ވަރަކަށް ޔާނިޝް ގުޅިއަސް ފޯނެއް ނުނަގައެވެ. ޔާނިޝް ކޮލެޖްކައިރިންވެސް ހިބާއާއި ބައްދަލުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހުޝާމް ހިބާ ލާންގޮސް އަދި ބަލާ އައިސް ހަދާތީ ހިބާ އާއި ބައްދަލުކުރާެނެ ފުރުސަތެއް ޔާނިޝްއަކަށް ނުލިބެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ހިބާ އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއް ކުރާށެވެ. އެހެން އިންދާ ހިބާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލާފައި ހިބާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އެތައްފަހަރަކު ގުޅިފަހުން ހިބާ ފޯނުނެގީ މުހިންމު ކޯލަކަށް ވެދާނޭ ހިތަށް އެރުމުންނެވެ. ހިބާ ހެލޯއޭ ބުނުމާއެކު އެކޮޅުން ބުނި އެއްޗަކުން ހިބާގެ ދެލޯ ބޮޑުވެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
-ނުނިމޭ-
3916 Comments
Comments are closed.
V v v v reeeeethi Masha Allah ??
varah reethi whn nxt part?
so nice..?
anhbai avaskohlahcheyy❤
V salhi. Avaha up kollachey.thnx
Vvv salhi maaha Allah…. Waiting for next part Ingey.. ?
V v v rythi masha allah n loosha husham ah mi sirrukurany kon kamebbaa looshaa pregytha noony looshaa ah dharin nulibenytha hushaam ge himmathaa minnathun looshaa hurihaa namaadhekkuraa iru thiya sirrukuraakameh birun bey ihuthiyaaruga namaves hushaam ah engenvejje dhw anyway stry v rythi n waitin nxt prt
Insha Allah aharenves vaany husham kahala solih firiakah.
varah salhi masha Allah… 🙂
Mi site ga huri hurihaa vaahakaeh gaives vany dhaadhi ehgotheh….
Loabi vaany ehen meeheh dheke marry kuraany ehen meehakaa….
ekam mivaahaka thafaath vaane kamah heekury…
but same….
v dheravi….
kmme gotheh viyas Aisha dhen vaany husham ge 2nd wife ah….
ehen vaakah aslu beynumeh noon….
aisha ah ves dhen ehen dheenveri firi eh libunyma kanneyge rangalhu vaany….
Ekam story kuriah gen dhaane goiy engeyny writer ah…..
husham men ge baikiyan v foohi…
dheeny mauloomaath kolheh libeythy mi vaahaka nw mikiyany ves….
kiyaahiy nuvanya nukiyaany… ok
good job sis…. very intersting….. 🙂
v. reethi. avahah up koh dhechey….
Varah rythi mi part vx please hibaa yaanis faraathun salaamai kndheythi
good job sis….. very interesting…. 🙂
Hushaam Kahala kujjegge inthizaaru ga alhugadu mihury 🙂 waiting waiting
good!!! the story is getting interesting and I’m just loving it!!!