” މިއީ އަޅުގަނޑު ‘ އެސްފިޔަ ‘ ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އަދި މިފަދަ ސައިޓެއްގައި އާއްމުކުރާ ފުރަތަމަ ވާހަކަވެސް މެއެވެ. މިއީ ކުރު ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑު ސުކޫލު ދައުރުގައި ލިޔުނު ކުރު ވާހަކައެކެވެ. ފެށުމެއްގެ ގޮތުން މިވާހަކަ މިސައިޓުގައި އާއްމު ކޮށްލީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. “ ޝިހާމަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. […]
ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދާ ހާލު އޮތް އަންޖޫދާއަށް ވިޝާން ބަލާލިއެވެ. އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. އަންޖޫދާ އޮތް ހާލުފެނި އެހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނުއުފެދުނެވެ. “ހީކުރީމެއްނު ދޯ މަގޭ ކައިރިން ސަލާމަތްވެވޭނޭ… ހެހެ.. ނުވާނެ އެހެނެއް… މިޔަދު މަ ބޭނުން ކަމެއް މަށަށް ކުރެވޭނެ…” އަންޖޫދާގެ ގާތަށް ފިޔަވަޅު އަޅަމުން ވިޝާން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ. އޭރުވެސް އަންޖޫދާ، އަތުގައި އައްސާފައިވާ ވާތައް މޮހެވޭތޯ ތެޅެމުން ދިޔައެވެ. ވިޝާން އަންޖޫދާގެ ކައިރިއަށް އަންނަމުން […]
ވިޝާން އަންޖޫދާގެ ޓީޝާޓުގެ ކަރުގައި ހިފައި ބާރަކަށް ދަމައިގަތެވެ. އަދި ފަސޭހަކަމާއެކު އެ ޓީޝާޓު އިރާލިއެވެ. އެ ވަނާތައް ފުރިހަމަ ހަށިގަނޑަށް އޭނާގެ ދެލޯ ހުއްޓިފައިވިއެވެ. ދެއަތުން ގައި ނިވާކުރަން މަސައްކަތްކުރަމުން ދިޔަ އަންޖޫދާއަށް ގިސްލެވެމުން ދިޔައެވެ. ހިތާހިތުން އޭނާ މި މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރަމުން ދިޔައެވެ. “އޭރުވެސް އައި ވޯންޓަޑް ޔޫ ސޯ ބޭޑްލީ އިނގޭ… ކީއްވެތަ އޭރު އަހަންނަށް ފުރުސަތު ނުދިނީ؟” އަންޖޫދާގެ ކަނދުރާއިން ވަސްގަންނަމުން ވިޝާން ވާހަކަދެއްކިއެވެ. އެއަޑުގައި ވަނީ މަަސްތީކަމެވެ. […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (7) ”ވަފާގެ ބޭބެއާއެކުއޭ ބުނުމުގެ ބަދަލުގައި އެހެން ބުނީ. ވަފާއަށް ރޭގަނޑު ކިހިނެއް އާދެވޭނީ އަހަރެން ގޮވައިގެން” އީރާ ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ. ”އެންމެ ރަނގަޅު. ފޮތްތައް ބަހައްޓާފައި އާދޭ ކާން” ޝާޔާ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. އީރާ އައުމުގެ ކުރިން ކާން ހަދާ ތައްޔާރުކުރިއެވެ. ތިންމައިން އެކުގައި ކައި ނިންމާލެވުނު އިރު އަށްގަޑި ބައިވެގެން ބޮޑުވެއްޖެއެވެ. ކާމޭޒުދޮށުގައި ސަލަފް ކާން ނުފަށާ އިންނަތާ ބައިގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. ސަލަފްގެ މަންމަ މާނާ އިރުކޮޅުކޮޅާ ދޮރާއި […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (6) އާދިލް ރިޕޯޓްތައް ހިފައިގެން އައިރު ޒަވީން ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އިން ރިޝްފާ ގާތު އަހާލުމުން ޒަވީން ބޭރަށް ނިކުމެއްޖެ ކަމަށް ބުނުމުން އާދިލް ރިޕޯރޓްތައް ގެންގޮސް ޒަވީންގެ މޭޒުމަތީގައި ބެހެއްޓި އެވެ. އޮފީހުގެ ގަޑި ނިމި ޝާޔާ އާއި ޔޫއާން އެކުގައި ގެއަށް ދިޔަފަހުން ޒަވީން އާއި ސުދާ އެކުގައި އޮފީހުން ނިކުތެވެ. ކާރު ދުއްވަން އިދެ ޒަވީން އެހެން ދުވަސްތަކާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. “ޒަވީން. އަހަރެން އެއްޗެކޭ […]
އަންޖޫދާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސް ކުރެވިގެންނެވެ. ތެޅިގަނެފައި އޭނާއަށް ފުންމައިގެން ތެދުވެ ދެކޮޅު ހޯދާލެވުނެވެ. ކައިރީގައި ލާނެތް ގޮތަކަށް ހީލައިގެން އޮތް ރާހުލް ފެނުމުން އޭނާގެ ހިތް ބާރަށް ތެޅެލިއެވެ. ވަގުތުން އެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “އަންޖޫ.. އައި ލަވް ޔޫ… ސޯ މަޗް..” އަންޖޫދާގެ މޫނުގައި ފިރުމާލަމުން ރާހުލް ބުނެލިއެވެ. އެއަޑުގައި ވަނީ ތަފާތު އަސަރެކެވެ. އޭނާ އަންޖޫދާ ގެ ގައިމަތީގައި އަޅާލާފައި އޮތް ރަޖާގަނޑު […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (5) ޝާޔާ އިސްއުފުލާ ބަލާލިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލަމުން އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ. ތުންފަތަށް ގެނެވުނީ ތުރުތުރެއް ކަހަލަ ހަރަކާތެކެވެ. އަރު ބެދޭގޮތްވުމުން އަޑެއް ނުނިކުތެވެ. ސަލަފް ތަކުރާރުކޮށް ސީޑީ ފެނުނުހޭ އެހުމުންވެސް ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން ރުޅި ގަދަވިއެވެ. “ޖަވާބެއް ދޭންވެއްޖެއެއްނު. ޝާޔާ ރޮއި ނިމޭނެ އިރެއްވަންދެން އަހަންނަށް މިތަނަކު މަޑެއް ނުކުރެވޭނެ.” ސަލަފްގެ އަޑު ބާރުވަމުން ގޮސް އައި ރުޅީގައި މުށްކަވާފައި ޝާޔާގެ މޭޒުމަތީގައި ޖެހި […]
“ނަޝް… އަހަރެން ބޭނުން އަންޖޫއާ އިންނަން… ދެއަންބަށް…” ދެއަތް ދެއަތާ މޮޑެމުން ރާހުލް އެހެން ބުނެލީ ޖެހިލުންވެހުރެއެވެ. އިވުނު ވާހަކައާ މެދު ޔަޤީންނުވެ ހުރެ ނަޝްފާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ހައިރާންކަން ފާޅުވާން ހުއްޓެވެ. އެއަށްފަހު ދެން އެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “އަސްލުވެސްތަ ރާހުލް؟ ހަމަ އަސްލުވެސްތަ؟” ނަޝްފާ ހިނިތުންވެ ހުރެ ރާހުލްގެ ދެ އަތުގައި ހިފާލަމުން އަހާލިއެވެ. ނަޝްފާ އުޅޭ ގޮތުން […]