ހޮސްޕިޓަލު ތެރޭ ދެކޮޅަށް ހިނގަ ހިނގާ ޔަޝްއަލް ހުރީ ހާސްކަމާއެކުގައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށްވުރެ ސިކުނޑީގެ ހައިޖާނު މާބޮޑެވެ. ނާހީ އަމިއްލައަކަށް މަރުވާން އުޅުނީ ކީއްވެ؟….. އެވަގުތަށް ޔަޝްއަލްއަށް ނުދެވުނު ނަމަ ދެންވާނީ ކީއްބާއެވެ؟… މުައްކަވާފައި ހޮސްޕިަޓަލު ފާރުގައި ބޮނޑިއެއް އަަޅުވާލެވުނީ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބޭނެކަމަށް ހީކޮށެވެ. ޔަޝްއްލް ދެއަތުން އޭނާގެ ބޮލުގެ އިސްތަޝިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ޑޮކޮޓަރު އޮތީވެސް ބުނެފަ ނާހީ އެކަނިވިއަ ނުދޭށެވެ!…. އަޅެ އެގަޑީގަ ބޭރަށް ނުދެވުނުނަމަ !……. ޔަޝްއަލް […]
ނާހީ!……..ނާޙީ…….. އަހަރެންގެ ދެލޯމެރެމުން ދަނީއެވެ. އަނދިރިވަމުންގޮސް މަންޒަރު އެކީ ފުސްވެއްޖެއެވެ.ދެލޯ ހުޅުވަންވެސް ބޭންވެއެވެ. އަހަރެންނަށް ގޮވަމުން އެއަންނަނީ ކާކު ބާއެވެ.؟……… އެއަަޑަށް ޖަވާބުދޭންވެސް ބޭނުންވެއެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. ނާހީ!.. އެއަޑު ކައިރިވަމުން އަންނަހެންވެސް ހީވެއެވެ. އަހަރެންގެ ހަށިގަނޑުގައި އަަަޅައަމުންދިއަ ވޭން މަޑު މަޑުން ކެނޑެމުން ދާ ކަހަލައެވެ. މިއީ އަހަރެނގެ ނިމުން ބާއެވެ.؟…މިއީ މިދުނިޔެއާ އަހަރެން އަލްވަދާއު ކިޔަންވީވަގުތުބާއެވެ.