ވެހެމުން ދިޔަ ބޯ ވާރޭއަައް ބަލަހައްޓައިގެން ހުރި އީރަމް ގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ.ވާރޭ އިން ހިޔާ ވުމަށް ވަދެ ހުރި މާ ވިއްކާ ފިހާރައިގަ ގިނައިީ އާ އަހަރު ފެށޭތީ އެ އުފާ މަލުން ލޯބިވާ ފަރާތް ތަކަށް ބަޔާން ކޮށްދޭން ބޭނުން ވާ މީހުންނެވެ. ނަމަވެސް ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭ ވަރަށް ވުރެ އީރަމް ގެ ހިތަށް ކޮށްފައިވާ އަސަރު މާ ފުނެވެ.ދަބަހުގައި އޮތް ފޯނު ރިންގް ވާން ފެށުމާއެކު އީރަމް އަައް ތެޅިގެނެވުނެވެ.ކަައިރީ ހުރި އަންހެން ކުއްޖާ އައް ހިނިތުންވެލަމުން އީރަމް ފޯނު ނެގިއެވެ. “ހެލޯ އީމް…ކޮންތާކު؟” ހަނާ ވާހަކަ ދެއްކީ އަވަސް އަރުވާލާފައެވެ. “އައި އެމް ސްޓަކް ވާރޭ ވެހޭތީ ފިހާރަ އެއްގަ. ހަނާ ކަމަކުތަ؟” އީރަމް ވެސް ކޮށްލީ ސުވާލެކެވެ. “ނޫން. ބަޓް އައި އެމް ބޯޑް.އީމް ބަލާ ދަންތަ؟އަސްލު މި ގުޅީ އޮފީސް ނިންމާފަ މި ގެއަައް އަންނާށޭ ބުނަން ވެގެން.”ހަނާ އެހެން ބުނުމާ އެކު އީރަމް އައް ހެވުނެވެ.”ހޫމް. މި ވިއްސާރަައިގަ؟ އިންގެޔޭ މީހަކަަށް ލަައިސެންސް ލިބިއްޖެ ކަން. އަދި އިއްޔެ އެންނު ސައިކު ވެސް ލިބުނީ.” އީރަމް އެހެން ބުނުމާ އެކު ހަނާ ގޮތް ދައްކާލިއެވެ.”މަ ވެއްޓުނަސް އީމް އަަށް ގޮތެއް ވިޔަކަ ނުދޭނަމޭ. ދޮންތަ ގެ ވާރޭ ކޯޓު އީމް އަށް ހެޔޮވަރުވާނެ. އިޓްސް ގޮނަ ބީ ފަން.” ހަނާ ކިޔަން ފެށުމުން އީރަމް ފޯނު ބޭްއްވީ ފިހާރައިގެ ނަން ބުނެފައެވެ. ދަބަހަށް ފޯނު ލަމުން އެނބުރުނު އީރަމް ގެ ލޮލުގައި އަޅައިގަތީ ދުރުގައި ހުރި ޒުވާނާ އެވެ. ދިގު އިސްކޮޅެއް ލިބިފަައިވާ އިރު ހަމުގެ ކުލަ އަލި ނޫން ނަމަވެސް ހިތް ކިޔާ ގޮތެށް ހުރެެއެވެ. އެ ޒުވާނާ ގެ ނަޒަރު ސީދާ ވެފައިހުރީ އީރަމް އަށެވެ. ނުވެސް ދަންނަ މީހަކަށް ބަލަހައްޓައިގެން ހުރެވުނު ގޮތުން އީރަމް ލަދު ގަނެއްޖެއެވެ. އަވަހަށް ހިނގަައި ގަތީ ފިހާރައިން ނުކުންނާށެވެ. ވާރޭ ތުނި ކޮށްލައިފާ ވާުއިރު ހަނާ އަންނަން ދެން ބޭރުގައި މަޑު ކުރުމަށް ނިންމައިންނެވެ.
ހަނާ ގެ މަޖާ ވާހަކަތަަށް އަޑު އަހަން އިން އީރަމް ގެ ހިނިތުންވުން ފިލާ ދިޔަަައީ ގެއަށް އާދެވުމުންނެވެ. ސަައިކަލުން ފައިބަމުން ކޯޓު ހަނާ އަތަށް ދިނެވެ. ފަހުން ގުޅާނަން ކަމަށް ބުނެ ގެ އަށް ވަންނަން ހިނގައިގަތެވެ. އީރަމް އަަައް އަައީ ބަދަލު ހަނާ އަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަ ވިއެވެ.ހަނާ ގެއާ ދިމާލަަށް މިސްރާބު ޖެހީ މާދަމާ އީރަމް އާ ވާހަކަ ދައްކަން ނިންމައިންނެވެ.
ތަޅުދަނޑިން އެޕާޓްމަންޓްގެ ދޮރު ހުޅުވާލި އީރަމް އައް ފުރަތަމަ ވެސް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި އިން ފޮޓޯ ފްރޭމް އަށެވެ. އެއީ އީރަމް އާއި ނާއިލް ގެ ކައިވެނީގެ ރޭ ނަގައިފައިވާ ފޮޓޯ އެކެވެ. ދެ މީހުން ގެ މޫނު މަތިން ފެންނަ ހިނިތުން ވުން އެ ދެމެދުގައިވާ ލޯބި ހާމަކޮށްދެެއެވެ. ނަމަވެސް ކައިވެންޏަށް އަހަރެއް ވެގެންދިޔަ އިރު ހުރިހާ ކަމެށް ބަދަލު ވެއްޖެެއެވެ. ނާއިލުގެ ހިތުގައިވާ ލޯބި ފުހެވިގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެށް އީރަމް އަައް ވިސްނާ ވިސްނާ ނޭނގުނެވެ. އެ ގުޅުން ރަނގަޅު ކޮށް އުފަލުގަައި އުޅެން އީރަމް މަސައްކަތް ކުރާނެއެވެ. އެއްޗެހި ބަދަލުކޮަަށްލައިން އީރަަމް އަވަސް ވެގަތީ ނާއިލް އަންނަން ވާއިރަށް ކާން ހަދާށެވެ.
ގެއަށް ވަދެގެން އަައި ލާމިހް ވެއްޓި ގަތީ ސޯފާއަށެވެ. އެ ވަގުތު ސިޓިންގް ރޫމް ގަައި ކުޅެން އިން ތިން އަހަރުގެ އަާނާ ދޮންބޭ އެ ކިޔާ ގޮވާލިއެވެ. ލާމިހް ތެދުވެގެން ގޮސް އަނާ އުރާލަމުން ހިނގައި ގަތީ ބަދިގެއަށެވެ. އޭރު ލޫނާ ހުރީ ކާން ހަދާށެވެ.” ލާމީ ކޮންތާކު އުޅެފަ ތިއަަައީ؟އާދޭ ކާން އަވަހަށް. ” ލާމިހް އާނާ އާ ތޮޅެލަމުން އިށީނެވެ. “މިއައީ ހުސެން އާ އެކީ އެއްޗެއް ގަނެލައިން.މިރޭ ނުކާނަން. އާނާ ގެ ޑެޑީ ކޮބާ މިރޭ؟” ލާމިހް އާނާ އައް ބަލާލަމުން އަހާލިއެވެ.”އަދި ނާދޭ އޮފީހަކުން.” ޖަވާބު ދިނީ ލޫނާއެވެ. ލޫނާ އަކީ ލާމިހުގެ ދަައްތަ އެވެ. ލޫނާ ރާމިޒް އާއި ކަައިވެނި ކޮށްގެން މާލެ ބަދަލުވީ ލާމިހް ގޮވައިންނެވެ. ސަރުކާރު އޮފީހެއްގައި މަސަައްކަތް ކުރާ ލާމިހް ބޭނުން ވަނީ އިތުރަށް ކިޔަވާށެވެ. ރަށުގަައި ތިބި މަންމަ އާއި ބައްޕަ މާލެ ގެންނާށެވެ.އެކަން ވާން އަދި ދުވަސް ނަގާނެެއެވެ.ގޭގެ ހަރަދުތަށް ބަލަހައްޓަނީ ރާމިޒު އާއި ލާމިހް އަށް ލިބޭ އެއްޗަކުންނެވެ. ލިބޭ މުސާރައިގެ އެއްބައި ރަށަަށް ފޮނުވުމަށް ފަހު އަނެއް ބައި ލާމިހް ރައްކާ ކުރަނީ އޭނާ ދެކެމުން އަންނަ ހުވެފެން ހަގީގަތަކަށް ހަދާށެވެ. ކުޑަ އާައިލާ އެއް ނަމަވެސް އުފާވެރިއެވެ.ވާހާކަ ދައްކާލަން އިން ލާމިހް ކޮޓަރި އަށް ހިނގައިގަތީ އާނާ ގެ ކޮލުގައި ބޮސްދީފައެވެ.ކޮޓަރިއައް ވަތް ލާމިހް އަވަސް ވެގަތީ ފެންވަރާލާށެވެ. އޮހެމުން ދިޔަ ފެން ތަކުގެ ދަށުގައި ހުރި ލާމިހް ލޯމަރާލިއެވެ. އެވަގުތު ސިފަވެގެން ދިޔައީ މިރޭ ފިހާރައިން ފެނުނު އަންހެން ކުއްޖާ އެވެ. ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔަަަަަައީ ބޭއިހްތިޔާރުގައެވެ.
73
13 Comments
Comments are closed.
Hi all lovely readers! This is my first story and it took a lot of work and courage to post this. After reading leave a comment pointing out the mistakes and letting me know if you like it or not. I would really appreciate it ❤
Nice…
This is awesome.. i love this part.. v v v reeethi.. waiting for the next part… ??
V reethi
Reethi but MAA kuru
Haadhr kurey.. next part avahah up kohdheebr
Ehecheh bunan ingeyny kuriah dhaan feshymaa..BT mi part goaheh noon…pls someone let me knw vaahaka up kuraa dhuvasthah..
Reethi… Ekam haadha kureyy… Avahah up kohdhehcheyy
Varah reethi. Ekam hope kuran avahah up kurey thoh.
Hahaha hama jehey vaahaka eh noon meee…. hama jassalanikoh ok vaaane
Nice
It is nice bt aslu kuru. First story ah balaafa i love it.♡♡♡
Wow love it