Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – ( ތިންވަނަ ބައި)

shixz00 Level 1
December 18, 2016 5 Mins Read
8 Comments

* ރޭގަނޑު 9.30 ވީއެވެ… ގޭގެ ހުރިހަ މެމްބަރުން ކެއުމަށް، އިންސާފުކުރުމަށްފަހު، ގޭތެރޭގައި އަނގަމަޖާކުރަމުން ދިޔައީ، 9.45 ގައި ޓީވީއިން ދައްކާ ޑްރާމާއަށް އަކަށް އިންތިޒާރުކުރަމުންނެވެ. އެހެނަސް އަހަރެންގެ ނަޒަރު ހުޓިފައިވަނީ، ފޯނަށެވެ. ޒިޔާން ގުޅާއިރަކަށެވެ….

ނުހުރެވިގެން އަހަރެން މަގުމައްޗައް ނުކުތް އިރު ޒިޔާން އަހަންނާ އަރާހަމަވަނީއެވެ.

”  ހާދަލަސްވީ؟ ކީއްވެ ނުގުޅާތިއައީ؟،’

” ސަޕްރައިޒެއް ދޭންކަމަށް ބަޓް ދެން އޯކޭ”

” ހިނގާ ދާންދޯ!” ‘ސައިކަލަށް އެރުމަށް ޒިޔާން އަހަންނަށް އިޝާރާތް ކުރިއެވެ…”

”ވާހަކަ ނުދައްކަންތަ ތިއިންނަނީ؟…” މާލޭގެ ހަލަބޮލި މަގުތަކުން ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުގައި އިން ޝާއިން އާ  މުހާތަބުކޮށް ޒިޔާން  ބުނެލިއެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުން ޒިޔާންއަށް އުނދަގޫވީއެވެ.

”ކޮން ވާހަކައެއްތަ ދައްކަންވީ؟…” ޝާއިންގެ އޮމާން ރީތި އަޑު އިވުމާއެކު ޒިޔާންގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް އެއަންހެންވަންތަ އަޑުގެ ޖާދުލުގައި ޖެހިފައި ހުރެވިދާނެއެވެ.

”ކޮންމެ އެއްޗެކޭ ބުންޏަސް އަހަަރެން އަޑުއަހާނަން، ޝާއިންގެ އަޑު އިވެންޏާ އަހަންނަށް ފުދޭނެ… މިރޭ އަހަރެން އުފާވެފައި ހުރި މިންވަރު ޝާއިން އަށް އިނގޭތަ؟… ސްކޫލުގައި އުޅުނުއިރުވެސް އަހަރެން ވަރަށް ބޮޑަށް ޝާއިން އާ ވާހަކަދަށްކާ އުޅޭ ހިއްވޭ! ނޭނގެ ކީއްވެގެންކަމެއް،، އެކަމް ޝާއިން އުޅެނީ އަހަންނާ ވަރަށް ދުރުދުރުން ވިއްޔާ!…”

ޒިޔާންގެ އަޑުން އެކަނި ވެސް އުފާވެރިކަން ޝާއިން އަށް އިހުސާސްކުރެވުނެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ފިނިކަމެއް ލިއްބައިދިންކަން ގައިމެވެ.”

އެވަގުތު އަހަންނަށް ބުނަންނޭނގޭ ކަހަލަ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ… އަނެއްކާ އަހަންނަށް މިވަނީ ކީއްބާ؟ އަހަރެންގެ ހިތަށް އެރިއެވެ…

” ޒިޔާން ވާހަކައެއްބުނަންތަ؟”

“ހޫމް، ބުނެބަލަ! ”

”އަސްލު އަހަރެން ބޭނުންވަނީ..” ؛؛ޝާއިންގެ ވާހަކަ ނުނިމެނީސް ޒިޔާން ދުއްވަން އިން ސައިކަލުގެ ހަންފަޅައިގެން ހިނގައްޖެއެވެ.”  ސައިކަލު ޕާކް ކޮށްލުމަށްފަހު މަޑު ހިނގުމެއްގައި ހިނގަމުން ހިނގަމުން ގޮސް އާޓްފިޝަލް ބީޗް ތެރެއަށް ވަދެ ގޮނޑުދޮށާ ވީ ހިސާބުން  ޒިޔާން އަރެންގެ އަތްނަގާ އޭނާގެ އަތުތެރެއަށް ލިޔެއެވެ…  އަދި ބުންޔެވެ. ” ކޮފީ ދެން އެހެންފަހަރަކުން ހިނގާ މިތާ އިށީންނަމާ ދޯ؟…”. އެކަމާ އެއްބަސްވުމުގެ ގޮތުން އަހަރެން ބޯޖަހާލިއެވެ. ހިނިތުންވެލި ޒިޔާން  ހިކިފައިވާ ދޮންވެލިގަނޑުމަތީ ޖައްސާލަމުމާއެކު އަހަރެެން ވެސް އެފަދައިން ކަންތައް ކުރީމެވެ. ދޮންވެލިގަނޑުގައި ދެއަތް ވިއްދާލި ޒިޔާން ފުރަތަމަ ނަޒަރު ހިންގާލީ ކުރިމަތިން ފެންނަން އޮތް މޫދަށެވެ. ހަނދުގެ އަލިވަރުން މުޅި މާހައުލަށް އިތުރު ދިރުމެއް ގެނެސްދީފައި އޮތެވެ. ޤުދުރަތުގެ ޖާދުވީ މަންޒަރުން އުފާލިބިގަންނަމުން ޒިޔާން އޭނަގެ ތޫނުފިލި ދެލޯ ހުއްޓާލީ އަހަންނާ ދިމާލަށެވެ.. އެވަގުތު އަހަރެންވެސް  އިނީ ހުވަފެނީ ބަލާލުމަކުން ޒިޔާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ހިތްގައިމު ދޮންވެލި ތުނޑިމަތީގައި  ޒިޔާންގެ ހިތަށް ލިބެމުންދަނީ ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ހަލަބޮލި ދުނިޔެއަކުން ހަމަހިމޭން ވެއްޓަކަށް ހިޖުރަ ކުރާމީހަކު ކުރާނެ ހުރިހާ އުފަލެއް މިވަގުތު އެ ދެ ޒުވާނުން ދިޔައީ  ކުރަމުންނެވެ،… ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހުނު ހިނދު ފުރަތަމަ އިސްތިރިކޮށްލީ ޝާއިން އެވެ.. އަނެއްކާވެސް ދެމީހުން މޫނަށް ބަލައިލި އެވެ. އެއަށްފަހު ހަމަ ކުރިއެކޭ އެއްގޮތަށް ޝާއިން ލަދުވެތި ކަމާއެކު އިސް އޮބައިލި އެވެ. އެވަގުތު ޒިޔާންގެ ހިތަށް އެރި އެވެ. ”ހާދަ ލަދުރަކި ކުއްޖެކެވެ. އެއީ އަހަރެން އަންހެން ކުދިންގެ އެންމެ ގަޔާވާ ސިފައެވެ. އެ ސިފައިން ޝާއިން އެވަނީ ޖަރީވެފަ އެވެ.” ޝާއިންގެ އެހަރަކާތުން ޒިޔާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ. ކޮމެވެސް އެއްޗެކޭ ބުނުމުގެ ގޮތުން، ޒިޔާން ބުންޏެވެ..

“ތި ލަދުވެތިކަމުގެ ސަބަބުން ތި މޫނުގެ ރީތިކަން އެތައް ގުނައަކަށް އެބަ އިތުރުކޮށްދޭ.”

ޒިޔާން ހީކުރީ  އޭނާ ކޮންމެވެސް ޖަވާބެއް ދޭނެކަމަށެވެ. އެންމެ ކުޑަމިނުން “ތޭންކްސް” އޭ ނަމަވެސް ބުނާނޭ ކަމަށެވެ. އެކަމަކު އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

” ޒިޔާން ހިނގާ ދެން ދާން މިހާރު މާލަސްވެއްޖެ!”

” ނޫން! އަދި 11 ވެސް ނުޖަހައެއްނު؟ އަދި އެބަހުރި ދައްކަން ވަރަށް ގިނަވާހަކަ!..” ” އެކަމް މިހާރު މަންމަ ހޯދާނެ، ވަރަށް ދަންވެސްވެއްޖެ، ދެން އެހެން ރެއަކުން ދޯ؟” މިހެން ބުނެފަ އަހަރެން އެތަނުން ތެދުވެގެން ދުވެފައި ކަހަލަ  ގޮތަކަށް މަގަށްނުކުމެ ޓެކްސީ އެއްގައި ގެއަށް ދިޔައިރު،، މަންމަ އަދި ބައްޕަވެސް އޮތީ ނަސީބަކުން ނިދާފައެވެ..

” ނަސީބެއްނު” އަހަރެންގެ ހިތައްއެރިއެވެ.

ނޫންނަމަ އެތައްހާސް ސުވާލު ކުރާނެކަން ހަމަޔަގީން!… ސިޓިން ރޫމްގައިން ސޯފާ އެއްގައި އިރުކޮޅަކަށް އިށީނުމަށްފަހު،، ތެދުވެ ފުރިޖް އިން ފެންފުޅިނަގައި ފެން ބޯލުމަށްފަހު އަހަރެން ވަނީ، ކޮޓަރިއަށެވެ.. ވަރުބަލިވެފައި ހުރިވަރުން އެދުގައި އޮށޯތުމާއެކު އަހަންނަށް ނިދުނެވެ…

**

ޖެހިގެން އައި ދުވަހު، ހޭލެވުމާއި، އެކު އަހަރެން ތެދުވެ ފޯނު ބަލައިލީމެވެ…. އަދި ތެދުވެގެން ފާޙާނައަށް ވަދެ މޫނު ދޮވެގެން ނުކުމެ ރީތިވެގެން އަހަރެން ބޭރަށް ނުކުތްއިރު ސިޓިންރޫމްގަ އަޔާން ހުޓެވެ. އަޔާން އަހަރެން ފެނުމާ އެކީ،، އަހަންނަށް ހިނިތުންވެލިއެވެ… ހަމައެއާއެކު ދޮރުން ވަދެގެން ގޭތެރެއަށް އަންހެންކުއްޖަކު ވަދެގެން  އަންނަތަން އަހަންނަށް ފެނުނެެވެ..

” މީ ކޮން ކުއްޖެއް ؟” އަހަރެން އަޔާން ކުރެން އެހީމެވެ..

” މިއީ ރައްޓެހި ކުއްޖެއްގެ ކޮށްކޮއެއް! ނަމަކީ ޒީޝަން އޭނާގެ ހުންނަނީ، ހަމައެކަނި، ބޭބެ އެއް އޭނާގެ މަންމަ އަދި ބައްޕަ ވެސް މިދުނިޔެއަކު ނެތް ޒީޝަންގެ ބޭބެ އުޅެނީ ރިސޯޓެއްގައިކަމުން ، އަހަންރެން އޭނާ ގޮވައިގެން މިއައީ..،”. ” އެހެންތަ! އެހެންވީމަ މިގޭގައި އުޅެން ވީނުން؟…  މިގޭގައި އިތުރު އަންހެން ކުއްޖަކުވެސް ނެތީމައާއެކީ އަހަރެން ބުނީމެވެ” އެވަގުތު މަންމަ އެތަނަށް އަތުވެއްޖެވެ. އަދި ބުންޏެވެ.

” މިއީ އަޔާންގެ ވެސް ގެ އެހެންވީމަ ބަލަންނުހުރެ ޒީޝަންގެ އެއްޗެހި ކޮޓަރިއަށް ގެންދޭ!”

އަހަރެންގެ ފޯނު ރިންގުވާންފެށީ ހަމަ އެވަގުތު އެވެ. ސިއްސާއިގެން ދިއެވެ. ފޯނުކުރީ ޒިޔާން އެވެ. “ކީކޭ؟” ފޯނު ކަންފަތުގައި ޖައްސާލަމުން އަހަރެން އަހައިލީމެވެ. “‘ އަހަރެން މިހިރީ ތި ގެ ކައިރީ… ”

މިހެން ޒިޔާން ބުނުމާ އެކު، އަހަންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަހަރެން  އަވަސް އަވަހަށް ގޮސް ބޭރު  ބަލައިލެވުނީ، ޒިޔާން ކޮބައިތޯ އެވެ. ފެނުނީ ތަންކޮޅެއް ދުރުން އަތް ހޫރާލާފައި ހެމުން ހެމުން ޒިޔާން ސައިކަލުގައި ދިޔަތަނެވެ. އެވަގުތު އަހަންނަށްވެސް ހިނގައިގަނެވުނީ ސައިކަލާ ދިމާއަށެވެ. ބޭއިޚުތިޔާރުގަ އެވެ…. އަހަރެންގެ ކޮނޑުގައި މީހަކު އަތް ޖައްސާލިތަނުން އަހަރެން ފަހަތް ބަލާލިއިރު، އެއީ  އަޔާންއެވެ.

” ކީއްކުރަނީ މިތާ ބޭރުގަ؟ ” ” ކަމެއްނުކުރަން” މިހެން ބުނުމަށްފަހު އަހަރެން ދުވެފައިގޮސް އެތެރެއަށްވަނީމެވެ.. އަޔާންވެސް އަހަރެންގެ ފަހަތުން އައިސް ގެއަށްވަނެވެ. އަދި އަހަރެންގެ އަތުގައި ހިފިއެވެ. އަދި ހިނގާބަލާށޭ ޓެރަސް މަށްޗަށް ބުންޏެވެ… އަހަރެން އޭނަ އާ އެކީ ޓެރަހަށް  ދިޔައިމެވެ.. އަދި އޭނާ ކުރެން އެހީމެވެ.

” އަޔާން ކިހިނެއްވީ މިތަނަށް ތިއައީ؟”

” އަހަރެން އެބައޮތް ވަރަށް ބޮޑުވާހަކައެއް ދަށްކަންވެފައި” ” އިރުގަނޑެއްކޮށްފަ އަނެއްކާވެސް އަހަރެން އަހާލީމެވެ. ކިހިނެއްވީ އަނެއްކާ، މީހަކުދެކެ ލޯބިވެވުނީތަ؟” އަޔާން ހިނިތުންވެލައިފައި ބޯ ޖަހާލިއެވެ. އަހަރެން އެކިގޮތްގޮތުން އަޔާން އާ ސުވާލު ކުރީމެވެ… ނަމަވެސް އޭނާ ބުނީ ”ފަހުން ބުނާނަމޭ” މިހެންނެވެ..

” ދެން އަހަރެން މިތަނަށް މިގެނައީޔޯ؟” އަޔާން  އޭނާ ދައްކަންއުޅޭ ވާހަކަ ދައްކަން އެއީ  އެންމެ ރަނގަޅުވަގުތުކަމަށް ނުފެންނާތީ، އެވާހަކަ އޮއްބާލުމުގެ ގޮތުން ޝާއިން އާ ސުވާލުކުރިއެވެ..

” ޝާއިން ! އަހަރެން ވާހަކައެއް އަހާލަންތަ؟” ” ހޫމް އަހާބަ!” ” ޝާއިން އެއްވެސް ކުއްޖަކުދެކެ ލޯބިވިންތަ؟”

” ކުރިން ނުވަން އެކަން މިހާރު އަހަންނަށް ހީވޭ އަހަންނަށްވެސް ކުއްޖަކުދެކެ ލޯބި ވެވިއްޖެހެން” ” ދަރިފުޅާ ޝާއިން”‘ ” އަޔާން އެއިވެނީ މަންމަ ގޮވާއަޑު ހިނގާ ދާން ކިހިނެއްވީތޯ ބަލަން” މިހެން ބުނެފަ އަހަރެން ދިޔައީމެވެ…

ޝާއިން މިހާރު ހާދަ ބަދަލުވެއްޖެއެވެ.. އަޔާންގެ ހިތައް އެރިއެވެ….

*****

3 ދުވަސް ވޭތުވެގެން ހިނގައްޖެއެވެ.. ޒިޔާންގެ ހަބަރެއްވެސް ނުވެއެވެ.. އެއްރެއެއްގެ މެންދަމުގެ ވަގުތެވެ.. އެރޭ ދަންވަރު އަހަރެން ނިދާފައި އޮއްވާ ކުއްލިއަކަށް އިވުނު އަޑަކުން ލޯ ހުޅުވާލެވުނު، އަދި  ގަތްބިރާއިއެކު އަވަސް އަވަހަށް ހަޅޭލަވައި ގަންނަން އުޅެނިކޮށް ކޮންމެ ވެސް މީހަކު އަހަރެންގެ އަނގަމަތީ އަތް އެޅި. ” އަޔާން ތީ ކޮންކަމެއް” އަހަރެން ހީކުރީ އަޔާން އަހަންނާ ސަމާސާއެއް ކޮށްލީކަމަށެވެ. އަހަރެން މިހެން ބުނުމާއި އެކު، އަހަރެންގެ މޫނުމަތިން އޭނާގެ އަތް ދޫވެއްޖެއެވެ… އެވަގުތު އަހަރެން  ބަލައިލިއިރު އެއީ ދެވަނަ އެހެން މީހެއްނޫނެވެ. ޒިޔާންއެވެ.. ޒިޔާން ކޮޓަރިއަށް ވަނީ ކިހިނެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ…

ކުއްލިއަކަށް ވަރަށް ބާރަށް ގުގުރެން ފެށައިފިއެވެ… ވައިގަދަކަމުން އަހަރެން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރުތަކުގެ ފޮތި ރަނގަޅު ކޮށްލާފައި އެބުރުނު ތަނާ،، ޒިޔާން އަހަރެންގެ އަތުގައި ހިފިއެވެ.. އަދި ބުންޏެވެ.

” ޝާއިން އަހަރެން ޝާއިން ދެކެ ވަރަށް ބޮޑަށް ލޯބިވޭ!”

” ތިހާ ލޯބިވާނަމަ 3 ދުވަސް ވިީއިރު ޙަބަރެއްވެސް ނުވޭ! ގުޅާވެސް ނުލައި ”

” ޝާއިން ! އަހަރެންގެ ފޯނު ހަލާކުވެގެން މިއުޅެނީ… މިގޭ ކައިރިން ވަރަށްގިނައިން ދަން ފެނޭތޯ ބަޓް ދެން އިތުރުގޮތެއް ނެތީމަ ކުޑަދޮރުން މިވަނީ… އައި އެމް ސޮރީ!!  އެކަމް އައި ޕްރޮމިސް…އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޝާއިން ދެކެ ލޯބިވާނަން… އަހަރެންގެ ފުރާނަވެސް ޝާއިން އަށްޓަކާ ދުއްވާލަން މިހުރީ ތައްޔާރަށް…” ޝާއިންގެ ސީދާ ލޮލަށް ބަލަމުން ޒިޔާން ބުނެލިއެވެ. އެ ފިރިހެންވަންތަ ބަލާލުމުންވެސް ޝާއިން ވެސް ޒިޔަންދެކެވާ ލޯބި ހާމަވަމުން ދިޔައެވެ.
ޒިޔާން  ޝާއިން ގައިގާ ބައްދާލިއެވެ. އަދި މަޑުމަޑުން އިސްޖެހިފައިވާ ޝާއިންގެ މޫނު އުފުލާ ބަލާލަމުން އައި ލަވް ޔޫ ބުނެ މަޑުމަޑުން ޒިޔާން ޝާއިންގެ  ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޝާއިން އޭނާގެ ދެލޯ މަރާލިއެވެ….. ގާތްގަނޑަކަށް 2 ގަޑިިއިރު ވަންދެން ހުރެފައި.. ޒިޔާން ހިނގައްޖެވެ..

އެރޭ އަހަރެންނަށް ނިދުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. ޒިޔާން ޚިޔާލުތައް އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެގަނެ ނިދި މުޅިން ބީކޮށްލައިފިއެވެ. ސަބަބަކީ އަހަރެންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާތީއެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވެގެން ގޮސް ،، ކުއްލިއަކަށް ޒިޔާން އަހަންނާ ވާހަކަ ދެއްކުން މަދުވެއްޖެއެވެ.. ދިމާނުވާތާ އެތައްކެއްދުވަސް ވެފައިވާއިރު އޭނާގެ ފޯނަކަށް ނުވެސް ގުޅެނީއެވެ. އަހަރެން އެކި ގޮތް ގޮތުން އޭނާ އާ،، ދިމާވޭތޯ ވަރަށް މަސައްކަތްކުރީމެވެ… އެކަމަކު އޭނާގެ ޙަބަރެއް އަހަންނަކަށް ލިބޭނޭ ގޮތެއްވަނީ ނުވެފައެވެ.. ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވެގެންދަނީއެވެ.. ނަމަވެސް އަހަރެންގެ އިންތިޒާރަކަށް ނިމުމެއް ނާދެއެވެ. ކޮންމެވެސް ދުވަހަކުން ޒިޔާން އަންނާނެއޭ އަހަރެންގެ ހިތްބުނަމުން ދެއެވެ.

އެކަމަކު 2 މަސް ވީ އިރުވެސް ޒިޔާންގެ ޙަބަރެއް ނުވިއެވެ.. އަހަންނަށް ލިބުނު ހިތާމަތަކާއި ހިތްދަތިކަން އިތުރުވެގެން ދިޔައެވެ. ފިރިހެނުން މަތިން ފޫހިވެ ފިރިހެނުންނަކީ،  މަކަރުވެރި ކެހިވެރި ބައެއްކަމުގައި ވެސް ނިންމީމެވެ.

އެންމެފަހުން އަހަރެން އަޔާން އަށް މިވާހަތަށް ކިޔަދިނީމެވެ.. އެވަގުތު އަޔާން ރޮމުން އަހަންނަށް ހިއްވަރުދިނެވެ… އަދި އަބަދުވެސް އަހަންނާ އެކީ، އޭނާ ހުންނާނެ ކަމަށްބުނެ އަހަރެންގެ އުދާސްކަން ފިލުވަން ވަރަށް މަސައްކަތް ކުރިއެވެ… ނަމަވެސް އަހަރެންގެ ހިތަކަށް އެއްވެސް ހިންހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ ތަނަކަށް ، ކޮންމެ ދިމާލަކަށް، ނުކުތަސް އަހަންނަށް އެކި ދިމަ ދިމާލަށް ބައި އޭނާ ފެނޭތޯ ހޯދެއެވެ. ދެން ވާނީވެސް މިހެންތާއެވެ. މުޅިހަޔާތުގައިވެސް އަހަރެން  ހަމައެކަނި ލޯބި ވި މީހަކީ އޭނާ އެވެ.

|********

ދުވަހުގެ އެންމެ ހިތްގައިމު ވަގުތުކަމުގައިވާ ހަވީރުގެ ވަގުތެވެ. ހަވީރުގެ ފިނިޖެހެލުމާއެކު ކުޅިވަރު މައިދާންތަކަށް ދެޖިންސްގެ ޒުވާނުންތައް ޖަމާވަމުން ދިޔައެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ނުވަތަ އެހީތެރިން ހިތްގައިމު ދޮންވެލި އަތިރިތަކަށް ޖަމާވަމުން ދިޔައީ ދުވަހުގެ މިހިތްގައިމު ވަގުތުގެ އުފަލާއި ހިތްހަމަޖެހުން އެކުދިންނަށް ހޯދާ ދިނުމަށްޓަކައިކަން ޔަގީނެވެ. އެކުދިންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކުޅިވަރުމައިދާންތަކަކީ މިއީ ކަމުގައި ވެސް ބައެއްމީހުން ދެކެއެވެ. މައިންބަފައިންނާއި ދަރިން އެކުގައި ކުޅެލާ މަޖާކޮށް ހިތްހަމަ ޖައްސާލަން މިއަށްވުރެ އެކަށީގެންވާ ތަނެއް ނެތްކަމުގައި ދެކޭ މީހުން ވެސް މަދެއް ނޫންކަން ޔަގީނެވެ. އެބައި މީހުންގެ އެބުނުމަށް ލިބޭ އިތުރު ބާރަކަށްވަނީ އެއަތިރިތަކަށް އައުމުން އެކުދިންނަށް ލިބޭ އުފަލާއި ހިތްހަމަ ޖެހުމެވެ. އަހަރެެން އިނީ، އާޓިފިޝަލްގައި ބަހައްޓާފައިވާ ޖޯއްޔެއްގައެވެ.. އިރުކޮޅެއްވީތަނާ ކުޑަކުއްޖަކު ރޯ އަޑަށް އަހަރެން އެ އަޑުއަންނަދިމާލަށް ބަލައިލި އިރު………..

 

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shixz00

Level 1

Other Articles

Previous

އުމުރަށް ކަލާ – 4

Next

ގޭމް

Next
December 18, 2016

ގޭމް

Previews
December 18, 2016

އުމުރަށް ކަލާ – 4

8 Comments!

  1. Fasoo says:
    December 18, 2016 at 8:36 pm

    Yeayyy I’m first nice story vvvv salhi waiting 4 next part

  2. Laina says:
    December 18, 2016 at 9:34 pm

    Woooooh!v v v v nice ??? konirakun next part up kollaani???

  3. Mic says:
    December 18, 2016 at 9:36 pm

    V v habeys? Waiting….

  4. Shaan says:
    December 18, 2016 at 9:39 pm

    New story eh dhw mee? V reethi mibaives aneh vaahakaves up kohlahchey

    1. shixz00 says:
      December 18, 2016 at 10:00 pm

      Yeah sure

  5. Ryn says:
    December 18, 2016 at 9:47 pm

    Varah reethi mibaives maasha allah
    Best of luck ?

  6. shixz00 says:
    December 18, 2016 at 9:59 pm

    Thanks all of yuh my lovely readers… yuh guys shixz00 ah thikura support vvv appreciate kuran… means a lot ??????

  7. Main says:
    December 18, 2016 at 10:15 pm

    Wooow haadha reehchey shixz00 ur the best ??? waiting for the next part ingey

Comments are closed.

Next Episodeއަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – 4←


All Right Reserved!