Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (4)

shafu Level 110 Stories100 Comments
December 29, 2016 4 Mins Read
4 Comments

“އެކަމް…އާހިލް، އަހަރެން…އަހަރެން އެބަޖެހޭ ވަރަށް އަވަހަށް ދާން”. މެހެކް އިސްޖަހާލަމުން ބުނެލި ޖުމްލައިން އާހިލް ސިހުނެވެ.  “ކޮންތާކަށް؟”. ހައިރާން ކަމާއެކު އާހިލް އަހާލިއެވެ.

“އި…އިންޑިއާއަށް، މި އަންނަ ހަފްތާގައި ފުރަން….، އަހަންނަށް ވަނީ މެޑިކަލް ދާއިރާއިން ކުރިއަށް ދާން ސްކޮލަރޝިޕެއް ލިބިފަ، 5 އަހަރަށް ޑޮކްޓަރުކަން ކިޔަވަން ދިއުމުގެ ފުރުސަތު، އަހަރެން މޮޅަށް ކިޔަވައިގެން އައިސް މި މުޖުތަމަޢަށް ޙިދުމަށް ކުރުން އެއީ މަންމަގެ އެންމެ ބޮޑު އުންމީދު”.މެހެކް ބުނެލިއެވެ.

ދެން އައީ ހަމަ ހިމޭން ވަގުތުކޮޅެކެވެ. އާހިލް ހުރީ ފެންކަޅިވެފައެވެ. “އަހަންނަށް އިންތިޒާރު ކުރާނަންދޯ”. މެހެކް ލޮލުން ފޭދެމުންދިޔަ ކަރުނަ ފޮހެލަމުން އަހާލިއެވެ.

އާހިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. މެހެކްއަށް ރޮވެން ފެށުނީ އެހެންވެއެވެ. ކެތްނުވުމުން އޭނާ އާހިލްއަށް ފުރަގަސްދިނެވެ.

ކުއްލިއަކަށް އާހިލްގެ ފިރިހެންވަންތަ ދެއަތުން މެހެކްގެ އުނަގަނޑު ވަށާލިއެވެ. އަދި މަޑުމަޑުން  ކޮނޑުގައި ބޯ ޖައްސާލިއެވެ. އެވަގުތު އޭނާގެ ގައިން ދުވަމުން ދިޔަ މީރު ސެންޓް ވަހުގެ އިތުރުން އިސްތަށިގަނޑުން ދުވި ހިތްގައިމު ވަހުން މެހެކް ގެ އެންމެ ހިމަ ނާރު ތަކަށް އަސަރު ކުރިއެވެ.

އާހިލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޭދުނީ މެހެކްގެ ކޮނޑު މައްޗަށެވެ. ފުރަތަމަ ފަހަރަށް ފިރިހެނެއްގެ ބީހުން މެހެކްއަށް އިހްސާސްވިއެވެ. އޭނާ އެހާ ލޯބިވާ މީހަކު ބީހުމުން އިހްސާސްވީ ބުނެދޭން ނޭނގޭފަދަ އަރާމެކެވެ. އެގޮތަށް އުމުރު ދުވަހު ހުންނަން އޭނާގެ ހިތް އެދުނެވެ. ބޭއިޙްތިޔާރުގައި ލޯމަރާލެވުމާއެކު ފައިބައިގަންނަން ތައްޔާރުވެފައި ހުރި ކަރުނަތަށް ކޯތާފަތް މައްޗަށް އޮހޮރިގަތެވެ.

އާހިލްގެ ފިނިވެފައިވާ ދެއަތުގައި މެހެކް ހިފާލިއެވެ. އެވަގުތު އަތް ދޫކޮށްލާފައި އާހިލް މަޑުމަޑުން ދުރަށް ޖެހިލިއެވެ. “މަޢާފްކުރޭ، ކެތްނުވީ ހަމަ”. އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން އާހިލް ބުނެލިއެވެ. އެއަށްފަހު ދެމީހުން އަނެއްކާވެސް އިސްޖަހައިގެން ތިބީއެވެ. ހަމަހިމޭންވެފައެވެ. ވަށައިގެން ދަތުރުކުރާ ދުއްވާ އެއްޗެއްގެ އަޑުވެސް އެމީހުނަށް އިހުސާސެއް ނުވެއެވެ.

“މެހެކް”. ހަމަހިމޭންކަން ފޫއަޅުވާލަމުން އާހިލް ގޮވާލިއެވެ. “އަހަރެން މެހެކް އަށް އިންތިޒާރު ކުރާނަން، ފަސް އަހަރު ކީއްކުރަން މުޅި އުމުރަށްވެސް، އަހަރެންގެ ހިތްވާނީ މެހެކް އަށް ހިބައިން ދީފަ، ޕްލީޒް. .އެއަށް ޙިޔާނާތްތެރި ނުވާތި، އިންތިޒާރު ކުރާނަން”.

އާހިލް އިސްޖަހާލީ އަނެއްކާވެސް ފެންކަޅި ވުމުންނެވެ. “އަހަރެންގެ ހިތްވެސް އަމާނާތެއްގެ ގޮތުގައި ރައްކާ ކޮށްދޭތި، އަހަރެންގެ ހަށިގަނޑު އާހިލް އަށްޓަކައި ރައްކާކުރާނަން، ބޭވަފާތެރިއެއް ނުވާނަން، އިރާދަކުރެއްވިއްޔާ އަހަރެން އަންނާނަން، ޔަގީނުންވެސް އަހަރަކު އެއްފަހަރު ދިމާވާނެ އެއްނު، ދެން ފޯނުންވެސް އެކޮޅުގަހުރެ ވާހަކަ ދެއްކޭނެއެއްނު”. ދެމީހުންނަށް ހިނިތުން ވެވުނީ އެއްފަހަރާއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިނަމަވެސް އެރޭގެ އެހިތްގައިމު ބައްދަލުވުން ކަރުނައިން ނިމިގެން ދާކަށް ދެލޯބިވެރިން ބޭނުމެއް ނުވެއެވެ. ވަގުތުގެ ގޮތުން ދެމީހުންނަށް ހިނިތުން ވެވުނަސް ވަކިވުމުން ހިތާމަ ކުރެވޭނެވަރު އެނގެއެވެ.

“އާހިލްގެ ނަން ފިޔަވާ އެކައްޗެއްވެސް އަހަންނަކަށް ނޭނގެ، އަހަރެންގެ ހިތް އާހިލް އަށް ދެވުނުއިރު ތީ ކާކުކަމެއްވެސް އަހަންނަކަށް ނޭނގެ”. މެހެކް ލަދުން އިސްޖަހާލަމުން ބުނެލިއެވެ. “ތީއޭ ލޯތްބަކީ”. އާހިލް ކުޑަކޮށް ހީލިއެވެ. އަދި އޭނާގެ ވާހަކަ ފެށިއެވެ. “އަހަރެން ދޯ، އޫމްމް…، ކިހިނެއް ފަށާނީ؟… އޯކޭ… އަހަރެންގެ ނަމަކީ މުޙައްމަދު އާހިލް،އަހަރެން ގެ ރަށަކީ ސ.ހިތަދޫޫ، އަހަރެންގެ އުމުރަކީ 20 އަހަރު، އަހަރެން ވަޒީފާ އަދާކުރަނީ ފަރްނީޗަރ ވިއްކާ ފިހާރަ އެއްގެ އޮފީސް ބައިގައި އެޑްމިން އޮފިސަރ އަކަށް”. އާހިލް ހޭންފެށިއެވެ. “އެކަމަކު….”. އާހިލް އެހެން ބުނެލިއިރު އެމޫނުމަތީގައިވި ހިތްގައިމު ހިނިތުންވުން ގެއްލިއްޖެ އެވެ. “މެހެކް އަށް އިނގޭތަ؟.. އަހަރެންގެ މަންމަ އާއި ބައްޕަ މިދުނިޔެއަކު ނެތް، އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ ކާފަ އެކަނި.. މާމަ އެއްވެސް ނެތް، އަހަރެން ކުުޑަ އިރު ކާފަ އަހަރެން ގޮވައިގެން މާލެ އައިގޮތަށް މިއުޅެނީ، ކާފަ އަހަންނަށް ބައްޕަ އާއި މަންމަގެ ލޯބި ދިނީ.. އެއީ އަހަރެންގެ ހުރިހާވެސް މީހަކީ”. އާހިލް ފުންނޭވާއެއް ބޭރުކޮށްލިއެވެ.

“އެެެެެެހެންތަ؟”. މެހެކް ދެރަވެފައި އަހާލިއެވެ. އޭނާގެ ހިތް އާހިލް އަށްޓަކައި ރަހުމުން ފުރުނެވެ. ހިތުގައި އާހިލްއަށް އޮތް ލޯބި އިތުރުވިއެވެ. އެލޯބި ފަނޑު ނުވާނެއެވެ. އާހިލް އަކީ ކޮންމެ މީހަކަށް ވިޔަސް އޭނާއަށް ހެވެވެ.

އެރޭ ދެމީހުން އެތަށް ވަޢުދެއްވިއެވެ. މެހެކް ކިޔަވައިގެން އަންނަގޮތަށް ކައިވެނި ކުރުމަށް އާހިލް އެދުމުން އިތުރު ވިސްނުމަކާ ނުލާ އޭނާ އެކަމަށް އެއްބަސްވިއެވެ.

“އަހަރެން ދެން ދަނީ އިނގޭ”. އާހިލްއާއި ހަތަރުކަޅި ހަމަކޮއްލަމުން މެހެކް ލޯތްބާއެކު ބުނެލިއެވެ. “ދަނީތަ؟”. އާހިލް އަށް ވަގުތު ކުރުވިއެވެ. “ކޮންމެވެސް ހަނދާނެއްދީފަ ދޭ”. އާހިލް އެދުނެވެ. މެހެކް ވިސްނާލިއިރު ދެވޭނެ އެއްޗެއް ނެތެވެ. “އޫމްމް.. ކޮންޗެއް ދޭނީ؟”. މެހެކް އަހާލިއެވެ. “ކޮންމެ އެއްޗެއް ދިނަސް ގަބޫލް ކުރާނަން، ދިން ހަނދާނެއްވިއްޔާ ބާއްވާނަން”.

އިރުކޮޅަކު ހުރުމަށްފަހު މެހެކް ތިރިވެލާފައި ފައިގައި އިން ކެވެލިކޮޅު ނައްޓާލާފައި އާހިލް އަށް ދިނެވެ. “މީ އަހަރުމެންގެ ލޯބީގެ ފެށުން، އާހިލް އަތުގައި ބާއްވާ”. “ދެން ދަނީ.. ފުރުމުގެ ކުރިން ދެން މިގޮތަށް ބައްދަލެއް ނުވާނެ ކަންނޭނގެ، މިރޭވެސް މިބައްދަލުވީ މަންމަ ބަލިވެ ނިދިފަ އޮތީމަ، އަބަދުވެސް މަންމަ ނިދާނީ އަހަންނާއެކު”. މެހެކް ގެއަށް ވަންނަމުން އަށް ހިނިތުން ވެލިއެވެ. ނަމަވެސް އޭނާ ހުރީ ރޮވެން ކައިރިވެފައެވެ. އާހިލް ވެސް ކުޑަކޮށް ހީލިއެވެ. “ވަރަށް ލޯބިވޭ… ގުޅިޔަސް އޯކޭދޯ”. ލޯތްބާއެކު އާހިލް ކޮށްލި ސުވާލަށް ހިނިތުންވަމުން މެހެކް ބޯޖަހާލިއެވެ.

މެހެކް ފުރަން ހަމަޖެހުނީ ޖެހިގެން އައި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތުުއެވެ.

މެހެކް ހުރީ އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާރޕޯޓްގައެވެ.  އޭނާ ފުރުވަން މަންމަ އާއި ބޮޑުބޭބެގެ އާއިލާ އެންމެންވެސް ތިބީ އައިހެވެ. އެންމެންވެސް މެހެކް އަށް ރަނގަޅަށް ކިޔެވުމަށް ނަސޭހަތްތެރިވިއެވެ. “ދަރިފުޅާ ހިތްވަރު ކުރާތި، ދަރިފުޅު މޮޅު ކުއްޖަކަށް ވުން އެއީ މަންމަ އެކަންޏެއް ނޫން، ބައްޕަގެވެސް އުއްމީދު”. މެހެކްގެ އަތުގައި ހިފާލަމުން މަންމަ ބުނެލިއެވެ.

އިރުކޮޅަކުން ބޮޑުބޭބެ އައިސް މެހެކްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ބޮޑުބޭބެ ބުނި ދެމަފިރިން މަތިން ދަރިފުޅު ހަނދާން އެބަހުރިދޯ، އެދެމީހުން ދަރިފުޅު ބަލާ އަންނާނެ އިނގޭ، އެއްވެސް ވަރަކަށް ހާސްނުވާތި، ދަރިފުޅު އެ ގޭގައި ހުރެގެން ހަމަ ރަނގަޅަށް ކިޔަވަންވީ، އެމީހުން ވަރަށް ހެޔޮވާނެ”. ހިނިތުންވެލަމުން ބޮޑުބޭބެ ބުނެލި ޖުމްލައަށް މެހެކް މަޑުމަޑުން ބޯޖަހާލިއެވެ.

މެހެކް އިންޑިއާއަށް ގޮސް ހުރުމަށް ބޮޑުބޭބެވަނީ  ގެއެއްވެސް ހަމަ ޖައްސާދީފައެވެ. އަމިއްލަ ބައްޕަ ފަދަ ރަނގަޅު އިންސާނެކެވެ. ގޭގައި ކުރާނެ ކަމެއް ނެތި ހުންނަން ޖެހުނު ދުވަސްކޮޅުވެސް ބޮޑުބޭބެގެ އޮފީހުން ވަޒީފާދިނެވެ. ކޮންމެ ކަމެއްގަވެސް މެހެކް އާއި ދޭތެރޭ އެހާ ވިސްނާނެއެވެ. ކިޔަވަން ދިއުމަށް މެހެކްއަށް ޝްކޮލަރޝިޕް ލިބުމާއެކު ހޮސްޓެލްގައި ހުރެވޭގޮތް ހަމަޖެހުނެވެ. ނަމަވެސް އެގޮތަށް ބޮޑުބޭބެ ނުރުހުނީއެވެ. އޭނާ ބޭނުންވީ މެހެކް ފެންވަރުގައި އުފާވެރިކަމާއެކު ކިޔަވާށެވެ. ދިވެހި ދެމަފިރިއަކު އެކަނި ދިރިއުޅެމުންދާ ގެއެއްގައި މެހެކްއަށް ހުރެވޭނެގޮތް ހަމަޖެއްސީ އެހެން ވެގެނެވެ.

“އަދި ބުނަންތަ! ދަރިފުޅުގެ މަންމަ މީގެފަހުން ހުންނާނީ ބޮޑުބޭބެމެން ގޭގައި، ބޮޑުބޭބެގެ އާއިލާއާއެކު، އޭރުން ދަރިފުޅު ނުޖެހޭނެ އެއްނު މަންމަ އެކަނި ވެދާނެތީ ހާސްވާކަށްދޯ”.

“އެއީ ތެދެއް ، ކުއްލިއަކަށް އިވުނީ ބޮޑުބޭބެ ގެ އަނބި ނަފީސާގެ އަޑެވެ. އަހަރެންވެސް މިހާރު ވަރަށް ބަލި، ކަމެއް ވާވަރެއް ނޫން، ޝިނާ އަކީވެސް ކުއްޖަކު ގޮވައިގެން އެކަނި ވަޒީފާއަދާ ކުރާ ކުއްޖެއް”.

ނަފީސާގެ ޖުމްލައިން މެހެކް ހިތަށް އަސަރު ކުރިއެވެ. ބޮޑުބޭބެ ވެސް އިސްޖަހާލިއެވެ. އެއީ ނަފީސާގެ ވިސްނުން ހުންނަ ގޮތެވެ. ނަމަވެސް މަންމަ ހުރީ ނުހަނު އުފާވެފައެވެ. މަންމަ ގަބޫލްކުރާގޮތުގައި މަންމަގެ މުޅި އުމުރު ބޮޑުބޭބެމެންމެންގެ ޙިދުމަތުގައި ހޭދަވިޔަސް އެ އިޙްސާންތެރިކަމުގެ އަގު އަދާ ނުކުރެވޭނެއެވެ.

“ދަރިފުޅު ތިދާ ފްލައިޓުން ދާނެ ބޮޑުބޭބެގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއްވެސް”. ބޮޑުބޭބެ މަޢުލޫއު ބަދަލު ކޮށްލަމުން ބުނެލިއެވެ. “އެކަމަކު އެމީހުން އަދިވެސް ވީތަނެއް ނޭނގޭ”. ބޮޑުބޭބެ ދެކޮޅު ހޯދާލިއެވެ. އިރުކޮޅެއްނުވެ މެދުފުރައިގެ ދެމަފިރިއަކާއި ދާދި މެހެކް ވަރުގެ އަންހެން ކުއްޖެއް އެއަރޕޯޓަށް ވަދެގެން އަންނަތަން ފެނުނެވެ. އައިގޮތަށް އައިސް ފިރިހެން މީހާ ބޮޑުބޭބެ އާއި ސަލާމް ކޮށްލިއެވެ. “މިހުރީ އަހަރެންގެ ދަރިފުޅު ސާދުނާ”. ކައިރީގައިހުރި އަންހެން ކުއްޖާ ދައްކާލަމުން އެމީހާ ބުނެލިއެވެ. “މީ މެހެކް، އަހަރެންގެ ކޮއްކޮގެ ދަރިފުޅު”. މެހެކް އެމީހާއަށް ދައްކާލަމުން ބޮޑުބޭބެ ތަޢާރަފް ކޮށްދިނެވެ. “ދެކުދިން އަވަހަށް ރައްޓެހިވެލާ”. އެމީހާ ހިނިތުން ވެލަމުން ބުނެލިއެވެ.

ސާދުނާ ހީލިއެވެ. މެހެކް ވެސް ބަދަލުގައި ހިނިތުންވެލިއެވެ. ސާދުނާ އަކީ ހަށިގަނޑު ރީތި، ބުޅި އިސްތަށިގަނޑެއްގެ ވެރި ހަމުގެ ކުލަ ކަޅު ނަމަވެސް ރީތި ކުއްޖެކެވެ. އޭނާގެ ބޮޑުދެލޯ އޭނާގެ ރީތިކަން ފުރިހަމަ ކުރުވައެވެ. ސާދުނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބަލާބެލުމަށް ޖަހަނީ އަނގަ މަޑު، މަޑުމައިތިރި ކުއްޖެއް ވައްތަރެވެ.

އެންމެން ތިބީ އޮލަވާހަކައިގައެވެ. މެހެކްވެސް ހުރީ ޝިނާގެ ދަރިފުޅުު ޝަހަފް އާއި ސަކަރާތް ޖަހާލަ ޖަހާލައެވެ.ކުއްލިއަކަށް އޭނާ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ.

“ފަހަތަށް ބަލާލަބަލަ، މަގޭ ރާނީ”. އާހިލްގެ މެސެޖެކެވެ. މެހެކް ވަގުތުން ފަހަތަށް އެނބުރި ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން އާހިލް ހުއްޓެވެ. މެހެކް ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އާހިލް ފެނުމުން އޭނާ މުޅިން ދާހިތް ކެނޑުނެވެ. ހިތަށް ތަދުވާން ފެށިއެވެ. އަނެއްކާވެސް މެސެޖެއް އައެވެ.

“ޓޮއިލެޓް ހުންނަ ދިމާއަށް އެކަނި އާދެވޭނެތަ؟”.މެސެޖް ގައިވަނީ އާހިލްގެ އެދުމެވެ.ފޯނަށް ބަލަހައްޓައިގެން މެހެކް އަށް ހުރެވުނީއެވެ.

ދެން ނަޒަރު ހިންގާ ލެވުނީ ކައިރީގައި ތިބި މީހުންނަށެވެ.މަންމަ އާއި ނަފީސާ ތިބިީ ކޮންމެވެސް ވާހަކަ އެއް ދައްކާށެވެ.

ޝަހަފް އުރާލައިގެން ދެކޮޅަށް ހެލިލަ ހެލިލަ ހުރި ޝިނާ ވެސް ހުރީ އެމީހުންގެ ވާހަކަ އަށް ގެއްލިފައެވެ. ބޮޑުބޭބެ އާއި އޭނާގެ ރަހުމަތްެތެރިޔާވެސް ތިބީ އެގޮތުގައެވެ. ސާދުނާ އާއި އޭނާގެ މަންމަ ވެސް މެއެވެ.

“މަންމާ، އަހަރެން އަންނަންތަ ފާހާނާ އަށް ގޮސްލާފަ؟”

މެހެކް ފިނިވެފައި ހުރެ ސުވާލު ކޮއްލިއެވެ.”ދަރިފުޅު އެކަނިި؟ ނޫން މަންމަ ވެސް ދާނަން.”

އޭނާ އެކަނި ގޮސްލެވޭނޭ މިހާރު، ދެން ޒާހިދާ ތިއުޅެނީ އޭނާ މާ ކުޑަކޮށްގެން.

ނަފީސާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.ނަފީސާގެ ޖުމްލަ ތަކުން އެހެންފަހަރު ތަކުގައި ކިތަންމެ އަސަރު ކުރިކަމުގައި ވިޔަސް

މިފަހަރު މެހެކް ގެ މޫނުމަތިން ފެނުނީ ހިނިތުން ވުމެކެވެ.”ބޮޑުބޭބެ ގާތު ބުނެލާފަ ދޭ.” މަންމަ ހުއްދަ ދިނެވެ.

ބޮޑުބޭބެ ގާތު ބުނެލުމަށް ފަހު އޭނާ ފާހާނާ ހުންނަ ދިމާއަށް މިސްރާބު ޖެހިއެވެ. ފަހަތް އެނބުރި ބަލާލިއިރު މަޑު ހިނގުމެއްގައި ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އާހިލް އަންނަތަން ފެނުނެވެ. މެހެކް ގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެންމެން ނިވާވާ ހަމައަށް ގޮސް ފާހާނަތައް ހުންނަ ހިސާބުގައި މެހެކް ހުއްޓުނެވެ. ހިތުގެ ވިންދު އަވަސް ވެފައި ހުރިވަރުން ނޭވާ ލެވެނީވެސް އަވަސް އަވަހަށެވެ.ވާނީވެސް އެހެންތާއެވެ.

ފުރުމުގެ ކުރިން އާހިލް އާއި ބައްދަލުކޮއްލަން އޭނާ ނުލާހިކު ބޭނުންވިއެވެ. އޭނާގެ ހިތް އުފަލުން ފޮޅެނީއެވެ.

އާހިލް އައިސް ހުއްޓުނީ މެހެކް ގެ ކުރިމައްޗަށެވެ.ދެމީހުންގެ ހަތަރުކަޅީ ބައްދަލުވުމާއެކު މެހެކް ލަދުން އިސްޖަހާލިއެވެ.

“އަހަރެން ދެކެ ތިހާ ލޯބިވޭތަ؟. ތޭކްސް އައީތީ، ވަރަށް އުފާވެއްޖެ.” އާހިލް ގެ މޫނުމަތިން ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

“މެހެކްގެ ފޮޓޮއެއް ދީފާނަންތަަަަަ؟”

އިރުކޮޅަކު ބަލަން ހުރެފައި އާހިލް ބުނެލިއެވެ. “ތި ރީތި މޫނަށް ފޮޓޯއަކުން ބަލަން ލިބުނަސް އަހަރެން ކިހާ އުފާވާނެ، ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް”.

އާހިލް ފެންކަޅިވިއެވެ. އަދި ހިތްވަރު ކުރަމުން ފުން ނޭވާއެއް ލިއެވެ.”އާހިލް، އަހަރެންނުވޭ ދާހިތެއްްް” މެހެކް އަށް ރޮވެން އުޅުނެވެ.

ނަމަވެސް އޭނާވެސް އާހިލް ފަދައިން ހިތްވަރު ކުރިއެވެ.ދެލޯމަރާލުމަށްފަހު ތުންފަތުގައި ދަތް އަޅާލިއެވެ.އަދި ފޯން ނަގާފައި އާހިލްގެ ފޯނަށް އޭނާގެ ދެ ފޮޓޯ ފޮނުވާލިއެވެ.

“އާހިލް ގެ ފޮޓޮއެއްވެސް ދީބަ”. މެހެކް އެދުނެވެ.އާހިލްގެ ފޯނުގައި ހުރި އޭނާގެ ފޮޓޮއެއް ވިއްޔާ މެހެކްގެ ފޯނަށް ފޮނުވާލިއެވެ.

“ޕްލީޒް އަހަންނަށް ނުގެއްލޭތި އިނގޭ”.މެހެކް ގެ ފިނިވެފައިވާ ދެއަތުގައި ހިފާލަމުން އާހިލް ބުނެލިއެވެ. މެހެކް ބޯ ޖަހާލިއެވެ.ދެރަވެފައިވާ ވަރުން އަޑު ނުނިކުންނާނެކަން އެނގޭތީއެވެ.

“ދެން ދަނީ އިނގޭ”. މެހެކްގެ ބެދެމުން ދިޔަ އަޑުން ކިރިޔާ ބުނެވުނީއެވެ. މެހެކް ހިނގައިގަތުމާއެކު ދެމީހުންގެ ގުޅާލެވިފައިވާ ދެއަތް މަޑުމަޑުން ނެއްޓެން ފެށިއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް

އޭނާ ދާން ޖެހޭނެއެވެ. އާހިލް ފަސްދެވުނު އިރު މެހެކް ހިތްވަރު ކުރިނަމަވެސް ދެލޯ ކަރުނުން ފުރިއްޖެއެވެ. ހިތްވަރު ކުރަމުން އޭނާ ކަރުނަ ފޮހެލިއެވެ. އަދި އައިސް މަންމަ ގާތު ހުއްޓުނެވެ.

“ދަރިފުޅުމެން ދެން ވަންނަންވީ އެތެރެއަށް”. މެހެކް ސިހުނީ ބޮޑުބޭބެގެ އަޑަށެވެ. އޭނާ މަންމަ ގައިގައި ބައްދައިގަތެވެ. އަދި ރޯން ފެށިއެވެ. “ދަރިފުޅު ރޮންޔާ މަންމަ އަށް ވެސް ރޮވޭނެ،”. މަންމަ އެހެން ބުނެލުމާއެކު މެހެކް ކަރުނަ ފޮހެލަމުން އެތެރެއަށް ވަންނަން ހިނގައި ގަތެވެ. އެންމެނަށް އަތުން ހަނާ އަޅާލިއެވެ.  މަންމަވެސް ހިނިތުންވެލިއެވެ، ގަދަކަމުންނެވެ. އެލޯ ފުރިގެން ވަނީ އުންމީދީ ހުވަފެންތަކުގެ ކަރުނައިންނެވެ. މެހެކް ބޯހޫރުވާލިއެވެ. ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. ހަމަ އެވަގުތު އޭނާ އާހިލް ފެނޭތޯ ބަލާލިއެވެ. ތަންކޮޅެއްދުރުގައި އާހިލް މެހެކްއަށް ބަލަން ހުއްޓެވެ. އަދި ކުޑަކޮށް ހަނާ އަޅާލިއެވެ. އެވަގުތު މެސެޖެއް އައެވެ. “ވަރަށް ލޯބިވޭ، ތިޔަ އިންތިޒާރުގަ އަބަދުވެސް ހުންނާނަން، ވަރަށް ހަނދާން ވާނެ”. އާހިލްގެ މެސެޖުން އޭނާގެ ހިތަށް ކުރި އަސަރުން އަނެއްކާވެސް ރޮވުނެވެ. ކަރުނަ ފޮހެލަމުން މެހެކް ސާދުނާ އާއެކު އެތެރެއަށްވަނެވެ.

 

*ނުނިމޭ*

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ޢަޞްރު (ސައުވީސްވަނަ ބައި)

Next

އައިޝާ

Next
December 29, 2016

އައިޝާ

Previews
December 29, 2016

ޢަޞްރު (ސައުވީސްވަނަ ބައި)

4 Comments!

  1. Naash says:
    December 31, 2016 at 12:22 am

    V.Nice. waiting for the next part.

  2. aashy says:
    December 31, 2016 at 12:30 am

    Screen rotation on kohlaigen mi kee.. eyrun ekkoh fehnany fonun.. v salhi ingey.. asaru gadha.. mehek gehlenytha anekkaa

  3. Azuna says:
    December 31, 2016 at 12:52 am

    Nice

  4. azeema says:
    December 31, 2016 at 3:02 pm

    5 vana bai kobaa? kohme dhuwahaku up kohbala dho eyrun kiyan fesheyny huh

Comments are closed.


All Right Reserved!