Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާޔާނުލާ ދިރުމެއްނެތެވެ. (10)

blue sea Level 110 Stories
December 28, 2016 5 Mins Read
13 Comments

 

“އަނީސާ އަޙްމަދު.” ފައިލު ހުޅުވާލުމާއެކު ސުދާއަށް ފެނުނު ބިލުގެ މަތީގައި ލިޔެފައިވާ ނަން ސުދާއަށް ކިޔާލެވުނެވެ.

އެއަށްފަހު އެ ބިލުގެ ތަފްސީލަށް ނަޒަރު ހިންގާލެވުނެވެ. ހޮސްޕިޓަލުން ހޯދާފައިވާ ޚިދުމަތްތައް ލިސްޓް ކުރެވިފައި ވާއިރު ތިރީގައި ބިލުގެ ޓޯޓަލް ލިޔެވިފައި ވިއެވެ.

”އަށާވީސް ހާސް.” ސުދާ ހައިރާންވެ އަންތަރީސްވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑި ހިންގައިލީ އަނީސާ އަޙްމަދުއަކީ ކާކުކަން ހަނދާންކުރުމުގައެވެ. އަނީސާއަކީ އެގޭގައި މަސައްކަތް ކުރި އަންހެނެކެވެ. އެއީ ޝާޔާގެ މަންމައެވެ.

“ހައު ކުޑް ހީ ޑޫ ދިސް. އޮފީހުގެ އެކައުންޓުން ޝާޔާއަށް ޚަރަދު ކޮށްފައި. އޯހް. ޝާޔާ ޔޫ ޝުޑް ޕޭ ދިސް.” ސުދާއަށް މައްސަލައަކީ ސަލަފް ޝާޔާއަށް ޚަރަދުކޮށްފައިވާތީއެވެ.

މީގެކުރިންވެސް ސަލަފްގެ ދީލަތި އެހީ އެތައް އާއިލާއަކަށް ފޯރުކޮށްދީފައިވެއެވެ. ސުދާ ފައިލު މޭޒުމައްޗަށް ޖަހާފައި އެތަނުން ނިކުތެވެ. ސުދާގެ އަމާޒަކަށްވީ ޝާޔާ ހުރިތަނަކަށް ގޮސް ރަނގަޅަށް ބަވާލުމެވެ. އޮފީހުގެ ކޮރިޑޯތެރެއިން ސުދާ ހިނގާފައި ދަނިކޮން ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ސައިކޮޓަރި ތެރެއަށް ދަމައިގަތެވެ. ހަމަ އެސިކުންތުގައި ސައިކޮޓަރީގެ ދޮރު ލައްޕާ ތަޅުލައިފި އެވެ. ސުދާއަށް ބަލާލެވުނީ އެއަށްފަހުއެވެ. އޭނާގެ ކުރިމަތީގައި ހުރި ޒަވީން ފެނި ރުޅި ހިސާބަކަށް ފިނިވެގެން ދިޔައެވެ.

“ހާދަ ލޯތްބޭ. އަސްލު ރޭ މަތިން ހަނދާންވުމުން ސުދާ މަތިން މިސްވެގެން ހޯދަން ދާން އުޅެނިކޮށް ސުދާގެ ކުރިމައްޗަށް. ވަރަށް އުފާވެއްޖެ އަހަރެން.” ޒަވީން ހިނިތުންވަމުން ސުދާ އާއި ކައިރިވެލިއެވެ. ސުދާ ދޮރާއި ފިތެމުން ގޮސް ޒަވީންގެ ހަށިގަނޑުގެ ހޫނުކަން އިޙްޞާސްވި އެވެ.

“ދެން ޒަވީން އުޅޭ ގޮތް. މިއީ ކޮޓަރިއެއް ނޫނޭ.” ސުދާ ޒަވީންގެ މޭގައި އަޅާކޮއްޕާލަމުން ބުނެލި އެވެ.

“އެނގެއޭ. އެހެންވެއެއްނު މިތަނަށް މިގެނައީ. އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. ހިނގާބަލަ މެންދުރު ކާންދާން. ވަރަށް ހައިވެފައި މިހުރީ.” ޒަވީން ސުދާ އާ ދުރަށްޖެހެމުން އާދޭހުގެ ރާގަކަށް ބުނެލި އެވެ.

“ހިނގާ.” ސުދާ ސައިކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލި އެވެ. ސުދާ ނިކުތީ ޝާޔާ ހޯދަން ކަމުގައި ވިއަސް މިވަގުތު ޒަވީންއަށް އިސްކަން ދިނެވެ.

ސަލަފް ބޭރުގައި އުޅެފައި އައިސް ކެބިންއަށް ވަންއިރު ފުރަތަމަވެސް އަޅައިގަތީ މޭޒުމަތީގައި އޮތް ފައިލެވެ. އެ ފައިލު މިއަދު ނެގުނު ހަނދާނެއް ނުވިއެވެ. އެކަމަކު އޭނާ ނޫން އިތުރު މީހަކު އެއްޗެހީގައި އަތްނުލާނެއޭ ހިތަށް އެރުމުން ފައިލު ނެގުނީ އަމިއްލައަށް ކަމަށް ނިންމާފައި ފައިލު އަނބުރާ ވަތްގަނޑަށް ލައިފިއެވެ.

ކޮލެޖަށް ދިއުމުގެ ނަމުގައި އީރާ މިއަދު އުޅުނީ ޝަހުދުގެ ގޭގައެވެ. ޝަހުދު ރިޒޯޓްގައި އުޅެފައި މިއަދު މާލެ އައީތީ އެކުގައި ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ. ޝަހުދުއަށް ކޮފީއެއް ހިފައިގެން އައިސް އީރާ ސޯފާގައި އިށީނީ ޝަހުދު އާއި ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. ޝަހުދުގެ ނަޒަރު ހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ.

“ދެދުވަސް ތެރޭގައި ބާއްވަން ބުނި ޕާރޓީއެއް ނުބޭއްވުނެއްނު. ދެން ހިނގާބަލަ އެހެން ތަނަކަށް ދާން.” އީރާ ޝަހުދުގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލި އެވެ.

“އީރާއަކަށް ނުދެވޭނެ. އެބައޮތް ގޮތެއް. އަހަރެން މިކޮޅުގައި އޮފަށް އައިސް ހުންނަ ހަތަރު ދުވަހަށް އީރާ މިގެއަށް ބަދަލުވޭ. ދެމީހުން އެކުގައި ވަގުތު ހޭދަވާނެ. އަހަރެން އެކުވެރިންނަށް ދައުވަތު ދޭނަން. އީރާވެސް އެކުވެރިން ގޮވައިގެން އާދޭ. މަޖާވާނެ.” ޝަހުދު ބުނެލި އެވެ.

“އަހަންނަށް އާދެވޭނީ ދުވާލުގެ ގަޑިތަކަށް އެކަނި. ހަތަރު ދުވަހަށް ގެއިން ބޭރަކަށް ނުފޮނުވާނެ. އެކަމަކު ފަހުން ތިބުނީ ރަނގަޅު ގޮތެއް. އަހަރެން ކޮންމެ ދުވަހަކު އެކުވެރިން ގެންނާނަން. އޭރުން މަޖާވާނެ.” އީރާ ޝަހުދު އާ އެއްބައިވެލި އެވެ.

ޔޫއާންގެ ކޮޓަރި ސާފުކުރުމަށް މާނާ އެ ކޮޓަރިއަށް ވަންއިރު އެ ކޮޓަރިއެކޭ ކުޑަވަރެއްގެ ކުނި ގޮނޑެކޭ އެއްގޮތެވެ. އެނދުގެ ބެޑްޝީޓްއޮތީ ރޫޖެހި ބޮނޑިވެފައެވެ. ތަޅުންމަތީ ކިޔަން ގެންގުޅޭ ފޮތްތަކާއި އެންމެ ފަހުން ގައިން ބޭލި ޓީޝާޓާއި ޖިންސު ގުޅައަކަށް ޖަހާފައި އޮތެވެ. ފޮތް ހަރުގަނޑުގައި ފޮތް ހުރީ ހިތަށް އެރި ގޮތަކަށެވެ. ކޮޓަރި ތެރެ ތަރުތީބު އޮޅުވާލާފައި އޮތުމުން ހިތްހަމަ ނުޖެހިފައި މާނާ ކޮޓަރިތެރެއަށް ވަނީ ކުދި ކިޔަމުންނެވެ. ފުރަތަމަ އެނދުގެ ބެޑްޝީޓް ނަގައި އާ ބެޑްޝީޓެއް އަޅައިފިއެވެ. ދެން ގައިން ބޭލި ޖިންސު ނެގިވަގުތު ޖިންސުގެ ޖީބުން ވޮލެޓް ވެއްޓުނެވެ. މާނާ ގުދުވެ ވޮލެޓް ނެގި ވަގުތު އޭގެ ތެރޭގައި އިން ފޮޓޯގަނޑު ފެނުނެވެ. ޔޫއާން ކޮންމެ ރެއަކު ބޭރަށް ދާކަން މާނާއަށް އެނގެއެވެ. ބޭރަށް ދާ ސަބަބަކީ އެއީކަން އެނގުމުން މާނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ސަލަފް ހުއްޓާ ސުދާ އާއި ޔޫއާން ދިރިއުޅުމައިގެން ކުރިއަށް ދާކަން އެނގުމުން އުފާވި ވަރަށް ދެރަވެސް ވިއެވެ. ސަލަފް ހުސްކޮށް ހުންނާތީ މާނާ ކަންބޮޑުވެއެވެ. ސަލަފް އާއި ކައިވެނީގެ ވާހަކަވެސް ދެއްކެވުނެވެ. ސަލަފްއަށް ހުށައެޅުންތަކެއްވެސް ލިބުނެވެ. ނަމަވެސް ސަލަފް އެކަމަށް އިންކާރު ކުރަނީ ވަގުތު ނުޖެހެނީކަމުގައި ބުނެފަ އެވެ.

ޕާރޓީއަށް ދިއުމަށް ސުދާ ތައްޔާރުވަމުން ދިޔައެވެ. ސުދާއަށްވުރެ ކުރިން ތައްޔާރުވެ ނިމުނު ޒަވީން ކޮޓަރި ތެރޭ ފެންނަން ނެތުމުން ސުދާ ހީކުރީ އޮފީހަށް ދިޔައީ ކަމަށެވެ. ސުދާ ލައިގެން ހުރި ރަތްކުލައިގެ ކުރު ޓޮޕްކޮޅާ ގުޅޭގޮތުން ރަތްކުލައިގެ މޭކަޕެއް ތުންފަތުގައި ޖައްސާލިއެވެ. އޭގެ މަތިން ލިޕްސްގްލޮސް އުނގުޅާލުމަށްފަހު ތުންފަތުގެ ވިދުން ގަދަކޮށްލި އެވެ. އިސްތަށިގަނޑު މިނިވަންކޮން ދޫކޮށްލުމުގެ ބަދަލުގައި ބޮޑު ހުޅިއެއްޖަހައި އައްސާލިއެވެ. އަދި ކަންހުޅިއަށްވާ އިސްތަށިކޮޅު އަތުން އޮޅާލުމަށްފަހު މޫނުގައި ބީހޭނެހެން ދޫކޮށްލިއެވެ. ސުދާ ގަހަނާ ފޮށި ނަގައި ހެދުމާއި ގުޅޭ ހާރެއް ނަގަން އުޅެނިކޮން ކުއްލިއަކަށް ކޮޓަރީގެ ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.

ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރޭ އެކަނި ހުންނަން ސުދާ ބިރު ގަތެވެ. ކޮޓަރީގެ ދޮރު ވަކިކުރަން ނޭނގިފައި ބިރުން ހުރި ފިޔަވަޅުމަތީގައި ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވުނުތަން ފެނުނެވެ. ސިޓިންރޫމްގެ ތެރެއިން އަލީގެ ކުޑަ މިންވަރެއް ކޮޓަރި ތެރެއަށް އެޅުމުން ފަނޑުއަލިކަމެއް ވިއެވެ. އުއްބައްތިއެއް ހިފައިގެން ޒަވީން ކޮޓަރި ތެރެއަށް ވަނެވެ.

“ޒަވީން. ވަޓް އިސް ގޮއިން އޮން.” ސުދާ އަހާލިއެވެ.

ޒަވީން ދޮރު ލައްޕާލުމަށްފަހު ސުދާގެ ކައިރިއަށް އައިސް ހުއްޓުނެވެ. އުއްބައްތީގެ ރަންއަލިން ސުދާގެ މޫނު ފެންނަމުން ދިޔައީ ޒަވީން މޮޔަވާ ވަރުގެ ރީތިކަމެކެވެ.

“ލޯމަރާލަބަލަ.” ޒަވީން އުއްބައްތި މޭޒުމަތީގައި ބަހައްޓަމުން އެދުނެވެ.

ސުދާ ޒަވީންއަށް ފުރަގަސްދެމުން ލޯމަރާލިއެވެ. ޒަވީން ޖީބަށް އަތް ކޮއްޕާލުމަށްފަހު ކުޑަ ފޮއްޓެއް ނެގިއެވެ. ޒަވީންގެ ފަރާތުން ހަދިޔާއެއް ލިބެން އުޅެނީއޭ ހިތަށް އެރުމުން އެއީ ކޯއްޗެއްތޯ ބެލުމަށް ސުދާގެ ކެއްތެރިކަން ކުޑަވަމުން ދިޔައެވެ. ސުދާ ލޯމަރާ ބާރުކޮށްގެން ހުއްޓާ ކަރުގައި ފިނިއެއްޗެއް ޖެހުނެވެ.

“ބަލާލަބަލަ.” ސުދާ މަޑުމަޑުން ލޯ ހުޅުވާލިއެވެ.

ޒަވީން އުއްބައްތީގެ ހުޅުކޮޅު ނިއްވާލުމަށްފަހު ހޮޅިބުރި ޖައްސާލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ ސުދާގެ ސޫރައަށް ބަލާލުމުން ކަރުގައި އަޅާފައިވާ ހިމަ ރޮނދިފަށެއް ކަހަލަ ފަށް ފެނުނެވެ. ސުދާއަށް ތުންއަނބުރާލެވުނީ ފަށް ކަމުނުދިޔަ ވަރުންނެވެ.

“އެއްވެސް ރީއްޗެއް ނޫން.” ޒަވީން އުއްމީދު ކުރި ފަދަ ޖަވާބެއް ސުދާގެ ފަރާތަކުން ނައެވެ.

ތަޢުރީފްގެ ބަހެއް ނުއިވުނު ތަނުގައި ޝުކުރުވެސް އަދާނުކޮށް ކަމުނުދާ ވާހަކަ ބުނުމުން ޒަވީންއަށް ހީވީ ރުވާފައި ހުރި ތީރުތަކެއް ހިތަށް ހެރިގެން ދިޔަހެންނެވެ. ސުދާ ފަށް ބޭލުމަށްފަހު ގަހަނާ ފޮށި ތެރެއަށް އެއްލާލުމަށްފަހު އެތަނުން ހާރެއް ނަގައި ކަރުގައި އަޅާލިއެވެ. ޒަވީން ހުރީ ވީދެރައިން ސުދާއަށް ބަލަން ބޭނުން ނުވެފައެވެ.

އެރޭގެ ޕާރޓީއަށް ތަން ޒީނަތްތެރިކޮށްފައި އޮތީ ތައުރީފް ހައްޤުވާވަރަށެވެ. އޮފީހަށް ވަންނައިރު ފުރަތަމަވެސް އަޅައިގަންނަނީ ދިމާއަށް ހުރި ފާރުގައި ހަރުކޮށްފައި ހުރި އިނގިރޭސި އަކުރުތަކަށެވެ.

“ވެލްކަމް” ޖަހާފައި އިންލެއް ރީތިކަމުންނެވެ. އޮފީހުގެ މައި ހޯލުވެސް ހުސްކުރެވިފައިވަނީ މިރެއަށް ޚާއްސަކޮށްނެވެ. އޭގެ އިތުރުން ކާއެއްޗިއްސާއި ބުއިންތައް ބެހެއްޓިފައިވަނީ ކޮންފަރެންސް ހޯލުގައެވެ. ސަލަފް އޮފީހުގެ ކޮންމެ ކަނަކަށް ނަޒަރު ހިންގަމުން ގޮސް ހޯލަށް ވަންއިރު ހުރިހާ މުވައްޒަފުން ތިބީ އޭނާގެ އިންތިޒާރުގައެވެ. ސަލަފްގެ ކަޅި އެތަނުގައި ހިންގާލެވުނީ ޝާޔާ ހުރިތޯއެވެ.

ކަޅުކުލައިގެ ދިގު މެކްސީއެއްގައި ހުރި ޝާޔާ ފެނުމުން ސަލަފްއަށްހީވީ ކަޅު ވިލާތަކުން ފޮރުވިފައި އިން ހަނދެއް ފެނުނުހެންނެވެ. ބުޅި އިސްތަށިގަނޑުގެ ބައެއް ކޮނޑުން ކުރިމައްޗަށް ވާގޮތަށް ދޫކޮށްލެވިފައި ވިއެވެ. ސަލަފް އެއަތް ޖީބަށް ޖަހާލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. ޕާރޓީ ފެށުމަށް ހުއްދަ ދިނުމަށްފަހު ސަލަފް އެ އޮފީހުގެ ސީނިޔާ ދެތިން ފިރިހެން މުވައްޒަފުންނާއި އެކު ދުރުގައި ހުއްޓެވެ. އެމީހުންނާއި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސަލަފްގެ ނަޒަރު ޝާޔާ ނޫން ފަރާތަކަށް އަމާޒެއް ނުވެއެވެ. ޕާރޓީ ތެރޭގައި ޖަހާފައި ހުރި ގަދަ މިއުޒިކާއި އެތަނުގައި ތިބި މީހުންގެ ހުނުމުގެ އަޑުން މުޅިތަން ވަނީ ހަލަބޮލިވެފައެވެ.

ޕާރޓީތެރޭގައި ޝާޔާ ޙަރަކާތްތެރިވަމުން ދަނިކޮން އޮފީހުގެ ކުއްޖަކު ސިއްރުން އައިސް ސުދާ ކެބިންއަށް ދިއުމަށް ބުނެލިއެވެ. ޝާޔާއަށް ބަލަން ހުރި ސަލަފްއަށް ޝާޔާ ހޯލުން ނިކުތްތަން ފެނި ހިނގައިގަންނަން އުޅުނު ވަގުތު ސީނިޔާ މުވައްޒަފަކު އައިސް ވާހަކަ ދައްކަން ފެށުމުން މަޑުކުރަން މަޖުބޫރުވިއެވެ. ޝާޔާ ސުދާގެ ކެބިންއަށް ވަންއިރު ސުދާ އެކަނި މާ އެކަނި އިނެވެ. ޝާޔާ އެތެރަށް ވަދެ ގޮނޑީގައި އިށީންނަން އުޅުނު ތަން ފެނި ސުދާ ބުނެލި އެވެ.

“ކޮޅަށް ހުރޭ. މިތަނުގެ ގޮނޑިތަކަށް ލިބޭ ހުތުރަކަށް ވާނެ ތިހާ ރީތި އަންހެނަކު އިށީނީމައި.” ސުދާގެ ވާހަކަތައް ހުރިގޮތުން ދެރަވިއެވެ.

“އަން، މީގައި ހިފާ.” ސުދާ ޝާޔާގެ ކުރިމައްޗަށް ޖެހީ ލިޔެފައި އޮތް ޗެކެކެވެ.

“ތިއީ މިތަނުގެ ވަޒީފާއިން ވަކިވާމަތިން ދީފައި އޮތް އިނާމެއް. އަދި ބުނަން. ތި ރީތިކަން ދައްކައިގެން އެހެން ތަނަކުން ވަޒީފާއެއް ހޯދާ. ކަލޭގެ ސަބަބުން އަހަރެންގެ ބޭބެގެ ދިރިއުޅުން ހަލާކުވެގެން ދާކަށް މަށެއް ނޭދެން. ކަލޭމެންގެ ޚަރަދުތައް ބަލަހައްޓަން އަހަރެންގެ ބޭބެގެ ބޭނުން ނުހިފާ އެހެން ގޮތެއް ހޯދާ. މިފައިސާ ތަކަކީ އެތައް ދުވަހަކު ދާ އޮހޮރުވައިގެން ކުރި މަސައްކަތް. މަށެއް ނޭދެން މި ފައިސާތަކުން ކަލޭމެންނަށް ޚަރަދުކޮށް ހުސްކުރާކަށް.”

“ވަޒީފާއެއް ލިބުނުހާ އަވަހަކަށް ކަލޭމެންނަށް ކޮށްފައި ހުރި ޚަރަދުތަކުގެ ބަދަލު ދޭންޖެހޭނެ. މިއީ ކަލޭގެ ބޮލުގައި އެޅިފައި އޮތް ދަރަންޏެއް ކަމުގައި ހީކުރޭ.” ޝާޔާ ހުރީ ހިމޭންވެ ދެރަވެފަ އެވެ.

“އަހަރެން އެދިގެން ކޮށްފައި އޮތްޚަރަދެއް ނޫން ތިއީކީ. ސުދާ ހީކުރާހާ ގޯސްމީހެއް ނޫން އަހަންނަކީ. އަހަރެން ދުވަހަކުވެސް ނޭދެން އަހަރެމެންނަށް ދުރުހިލޭ މީހަކު ޚަރަދު ކުރާކަށް. ސުދާ ނުބުންޏަސް އަހަރެން މާކުރިންވެސް ހުރީ ތި ފައިސާތައް ސަލަފްއަށް ދޭންވެގެން.“ ޝާޔާ ބުނެލިއެވެ.

“އެހެންތަ؟ ހާދަ މާތްމީހެކޭ ދޯ ތިއީ.“ ސުދާ ހިތުގައި ކުޑަވެސް ހަމްދަރުދީއެއް ނެތެވެ.

ސުދާ ގެ ކެބިންއިން ނިކުމެ ޝާޔާ ބެލްކަންޏަށް ނިކުމެ ހުރީ އެކަނިވެލުމަށެވެ. ސުދާ ކީ ކޮންމެ ލަފްޒެއް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ސުދާ އެމީހުންނަށް ކުރި މަލާމާތުގެ ސަބަބުން ހިތުގައި ޖެހޭގޮތްވިއެވެ. ސަލަފް އެހީގެ ގޮތުގައި ޚަރަދު ކުރީ ޝާޔާ ކިޔައިގެންނެއް ނޫނެވެ.

ޝާޔާ ވިސްނަމުން ދިޔަ ވަރަކަށް ބޮލުގައި މަޑު ރިހުމެއް އުފެދެމުން ދިޔައެވެ. ނުރޯން ހިތްވަރުކޮށްފައި އެތަނުގައި ހުރެވެނީ ކިރިޔާއެވެ.

“ޝާޔާ، މިތަނުގައިތަ؟ އަހަރެން ކޮންއިރެއް ހޯދާތާ.” ހަނާ އެތަނަށް އައިސް ހުއްޓުނު އިރު އަތުގައި ޖޫސްތައްޓެއް ހުއްޓެވެ.

“ކިހިނެއްވެފައި ތި ހުރީ. ކަމެއް ވީތަ؟” ހަނާ ޝާޔާގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“ނޫން. އެއްކަމެއްވެސް ނުވޭ.” ޝާޔާ ބުނެލިއެވެ.

“ދޮގު ނުހަދާ. ޝާޔާއަށް ކަމެއް ވެއްޖެ. މީހަކު އެއްޗެއް ބުނީތަ؟” ހަނާ ތަކުރާރުކޮށް އަހަމުން ދިޔައެވެ.

“ކުޑަކޮށް ބޮލުގައި ރިއްސަނީ. ގެއަށް ދާން ބޭނުންވެފައި މި ހުންނަނީ.” ޝާޔާ ކުރިއެކޭ އެއްފަދައިން މި ފަހަރުވެސް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ.

“އަދި އެއުޅެނީ ޕާރޓީ ރަނގަޅަށް ނުފެށިގެން، އަހަރެން މިއައީ ޖޫސްތައްޓެއް ހިފައިގެން. މިތަނަށް ރީތިވައި ޖެހެއެއްނު. ޖޫސްތަށި ބޯލީމައި ރަނގަޅުވެދާނެ.“ ހަނާ ގަދަކަމުން ޝާޔާގެ އަތަށް ޖޫސްތަށި ދިނެވެ. ޝާޔާ ޖޫސްތަށިން ކޯވަރެއް ދަމާލުމުން އެއްކޮށް ބޯލުމަށް ބުނެލިއެވެ. ކޯވަރަކަށްފަހު ކޯވަރެއް ބޮމުން ޝާޔާ ޖޫސްތަށި ހުސްކޮށްލުމުން ހަނާ ތަށި ހިފައިގެން ހިނގައިގަތީ އެބަ އަންނަމޭ ބުނެފަ އެވެ.

ސަލަފް އެމީހުންގެ ކިބައިން ސަލާމަތްވެގެން ނިކުތް އިރު ޝާޔާ އެކަނި ހުރިތަން ފެނި އެދިމާލަށް ހިނގައިގަތެވެ. ޝާޔާ ހުރީ ސަލަފް އާއި ފުރަގަސްދީގެންނެވެ. ސަލަފް ގޮސް ޝާޔާ ކައިރީ ހުއްޓެމުން ޝާޔާގެ ނަމުން ގޮވާލިއެވެ.

“މިތަން ވަރަށް ހިތްގައިމު ދޯ.” ސަލަފް ޝާޔާގެ މޫނަށް ބަލާލިއެވެ. ޝާޔާ ސަލަފްގެ މޫނަށް ބަލާލި ވަގުތު މޫނުމައްޗަށް އަނދިރިވާގޮތްވި އެވެ. ރެއިލިންތަކުގައި އެއް އަތުން ހިފަހައްޓާލަމުން އަނެއް އަތުން ސަލަފްގެ އަތުގައި ހިފާލެވުނެވެ. ސަލަފްއަށް ޝާޔާގެ ބީހުން އިޙްޞާސްވުމުން އުފާވިވަރު މޫނުމަތިން ރަނގަޅަށް އެނގެއެވެ. ޝާޔާއަށް ވެއްޓެން އުޅޭ ކަހަލަ އިޙްޞާސްވުމުން ދެއަތުން ސަލަފްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

blue sea

Level 110 Stories

Other Articles

Previous

ހިތުގައިވި ހާއުފާތަކާ

Next

ހިތް އެކީ ދެވިއްޖޭ…48

Next
December 28, 2016

ހިތް އެކީ ދެވިއްޖޭ…48

Previews
December 28, 2016

ހިތުގައިވި ހާއުފާތަކާ

13 Comments!

  1. Ravi says:
    December 28, 2016 at 3:04 pm

    me first yeyyyy

  2. Ravi says:
    December 28, 2016 at 3:18 pm

    varah reethi when is next part ?? avas kohlachey …

  3. Sugarplum says:
    December 28, 2016 at 3:26 pm

    Aslu shaya and salaf maagulhey.?
    varah nice this prt ves.?
    Waiting for prt11.?

  4. Naash says:
    December 28, 2016 at 4:10 pm

    Asluves….v reethi. Keep it up.

  5. mari says:
    December 28, 2016 at 4:38 pm

    v reethi next part kiyan keiymadhuvefai……..

  6. Sheenu says:
    December 28, 2016 at 5:11 pm

    Vara salhi. Avaha upkolla dhecchey.thnx

  7. Fan of xaahy says:
    December 28, 2016 at 8:34 pm

    Mee zaahyge vaahakaeh

  8. Khajja says:
    December 28, 2016 at 9:10 pm

    Vvv reethi thanks blue

  9. Xaahy says:
    December 28, 2016 at 11:33 pm

    Mi story innaane kulhudhufushi online ga…. Balaaba nimendhekah up kohfa innaany…

    1. Alyaa says:
      December 29, 2016 at 12:14 am

      Kihinei tha balany

    2. Lone Star says:
      December 29, 2016 at 10:45 pm

      Thanks xaahy. Hurihaa kudhin dhey kulhudhufushi online ah. Lone Star ves mihaar mi story kiyany ethanun.

  10. Pinker says:
    December 29, 2016 at 6:32 pm

    Kobaatha mivaahakaige 11th vana bai? Kn irakun up kuranee…i m inthizaaring…..

  11. husna says:
    December 29, 2016 at 10:05 pm

    Reethi varahh konirakunn 11

Comments are closed.

Next Episodeކަލާޔާނުލާ ދިރުމެއްނެތެވެ. (11)←


All Right Reserved!