Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 21

Axoo Level 310 Stories100 Comments100 Login
March 23, 2017 5 Mins Read
43 Comments

” ކޮބާ ދަރިފުޅު ވަކި ގޮތެއް ނިންމައިފިންތަ” ހާރޫނު ސުވާލުކޮށްލިއެވެ. އެވަގުތު އައިޝާގެ ދެލޯ ހަނިވެގެން ދިއުމުން ހީލީކަން ހާރޫނަށް އެނގުނެވެ.

” ދަރިފުޅު އެއްބަސްތަ” އައިޝާއަށް ބުނަން ނުކެރޭނެކަން އެނގުމުން ހާރޫނު އަހާލިއެވެ. އައިޝާ އިސްޖަހާލަމުން އާއެކޭ ބުނެލިއެވެ.

“އަލްހަމްދުލިﷲ.. ދެން ލަހެއް ނުވެ ބައްޕަގެ ދެދަރިންގެ ކައިވެނި ކުރެވިދާނެ” ހާރޫނުގެ ޖުމްލައިން އައިޝާ ސުވާލުގެ ނަަޒަރަކުން ހާރޫނަށް ބަލާލިއެވެ. ސައިހަދަން ހުރި ނީމާވެސް ހަމަ އެކަހަކަ ބެލުމަކުން ބަލާލިއެވެ.

” ނީމާ އަހަރުމެންގެ ފިރިހެން ދަރިފުޅުވެސް ބޮޑުވެއްޖެ..ރިޒްވާން ބޭނުންވަނީ ހުޝާމްގެ ކޮއްކޮ ހިބާ އާއި ކައިވެނި ކުރަން” ހާރޫނުގެ ވާހަކއިން އައިޝާ މޫނުމަތީގެ ކުލައޮއްސިގެން ދިޔައެވެ. ނީމާއަތުގައިވާ ތަށިވެސް ދޫނުވީ ހަމަކިރިޔާއެވެ. ކޮޓަރިން ނިކުތް އީޝަލްވެސް އަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

” ދޮންތަ ކަންބޮޑުނުވޭ.. ހިބާގެ ކައިވެންޏަށް އެދިގެން އަހަރެން ކައިރިއަށް އައީ ހުދު ހިބާގެ މަންމަ.. އަހަރެން ބައްޕަ ކައިރީ އެވާހަކަ ދެއްކިއިރު އަހަންނަށް ނުވެސް އެނގޭ ހުޝާމްބޭބެ ދޮންތަ ކައިރީ ކައިވެނި ކުރަން އެދުނު ކަމެއްވެސް..” ރިޒްވާން އޮޅުން ފިލުވައިދިނެވެ.

” ބައްޕަ މިއަދު ދާނަން އެގެއަށް ގޮސް އެމީހުންނަށް މިއުފާވެރި ހަބަރު ހިއްސާކުރާނަން… ”  ހާރޫނު އިންތަނުން ތެދުވެގެން ކޮޓަރިއަށް ދިޔައިރުވެސް މޫނުމަތިން ފެންނަނީ އުފާވެރިކަމެކެވެ.

” ވާއު ރިޒް ދޮންބޭ.. ހުޝާމްބޭބެ އޯ… ” އީޝާލް ހެމުން ބުނެލިގޮތުން އައިޝާއަދި ރިޒްވާންގެ އިތުރުން ނީމާއަށްވެސް ހެވުނެވެ.

…………………………………………………………..

” ނުވާނެ ތިކަމެއް.. ހުޝާމް އެއްފަހަރުވެސް ލޫޝާއާއި ދޭތެރޭ ވިސްނާލިންތަ.. އެފަކީރު ބަލި އެނދުގަ އޮއްވަ ހުޝާމް ތިއުޅެނީ އެގޮތެއް ނެތް އައިޝާއާއި އިންނަންތަ.. ތިކަމެއް ނުވާނެ ދުވަހަކުވެސް” ހަބީބާ ހުޝާމްއާއި ދިމާއަށް އިނގިލި ދިއްކޮލަމުން ބުންޏެވެ. ސާމީ ބޮލުގައި ހިފަހައްޓައިގެން ހުޝާމްގެ އެނދުގައި އިށީނދެގެން އިނެވެ.

” މަންމާ މީ ލޫޝާވެސް އަދި އަޅުގަނޑުވެސް ބޭނުންވާގޮތް.. އައިޝާއާއި އިނަސް އަޅުގަނޑު ލޫޝާއަށް ގޮތެއް ނުހަދާނަން” ހަބީބާއާއި ހިލާފަށް ހުޝާމް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު އަދަބުވެރިކަމާއެކުއެވެ.

” އަހަރެން ހިތަށް އަރާ އެ އައިޝާ ހުޝާމްއަށް ޖެއްސީ ކޮން ޖާދުލެއްބާއޭ.. ހުޝާމް އެހެންމީހަކާ އިނީމަވެސް އޭނަ ނޫޅުނޭ ހުޝާމް ފަހަތުން ނެއްޓޭކަށެއް.. ގޮތްކުޑަކަމުގެ ހައްދެއްވެސް ނެތެއްނު.. ހިތަށް އަރާ މޫނު ބުރުގާ އަޅައިގެން ފޮރުވިގެން އެއުޅެނީ ކީއްކުރަންބާއޭ.. ލަދުގެ ކަންފުޅެއްވެސް ލިބިފަ ހުރި ކުއްޖެއްނޫން” ހަބީބާގެ ޖުމްލަތައް އިވި ހުޝާމްއަތް ދެއަތް މުށްބާރުކޮށްލެވުނެވެ. ހަބީބާއާއި ދިމާއަށް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ކެތްތެރިވިއެވެ. މަންމައަށް ވިތީއެވެ.

” މަންމާ އައިޝާގެ އެއްވެސް ކުށެއްނެތި ތިގޮތަށް އެއްޗެހި ކިޔުމަކީ އެހާ ރަނގަޅު ކަމެއްނޫން.. އައިޝާއަކީ މަންމަ ތިހީކުރާކަހަލަ ކުއްޖެއްނޫން” ހުޝާމް ދެންވެސް ވާހަކަދެއްކީ މަޑުމައިތިރކޮށެވެ.

” އެކަމަކުވެސް މި………” ހަބީބާގެ ޖުމްލަ ސާމީ މެދުކަނޑާލިއެވެ.

” ހުއްޓާލާ ހަބީބާ.. ކޮންމެ ކަމެއް ހަބީބާ ބޭނުންވާ ގޮތަކަށް ނުވާނެ.. ހުޝާމް މިހާރު އެއްފަހަރު ހަބީބާ ބުނިގޮތަށް ކަންތައްކޮށްފި.. މީ ހުޝާމްގެ ދިރިއުޅުން.. އޭނާ ނުބައި ކަމެއް ނުކުރާހާ ހިނދަކު އޭނަގެ ދިރިއުޅުމާ ބެހުމުގެ އެއްވެސް ހައްްގެއް އަހަރުމެންނަކަށް ނޯންނާނެ.. އަހަންނަކީ ހުޝާމްގެ ބައްޕަ.. އަހަރެންވެސް އޭނަ ކުރާކަންތަކާ ނުބެހެން” ރުޅިއައިސްފައި ހުރިވަރުން ސާމީއަށްވެސް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

” ސާމީ އަކަށް ނޭނގޭނެ.. އައިޝާއަކީ ރަނގަޅި ކުއްޖެއްނޫން” އަނެއްކާވެސް ހަބީބާ ބުނެލިއެވެ.

” ކިހިނެއް މަންމައަށް އެނގެނީ.. އައިޝާ ދައްތަ ކުރިކަމެއް ބުނެބާ މަންމަ” މިފަހަރު ވާހަކދެއްކީ ހިބާއެެވެ. ހިބާގެ އަނގައިން ‘އައިޝާ ދައްތަ’ އޭ ބުނުމުން ހަބީބާއަށް ދަތްކުޑިވިކާލެވުނެވެ.

“ހިބާ މަޑުން ހުރެބަލަ.. ރިޒްވާންއާ ހެދި މޮޔަވެގެން ގޮސް ކޮންމެހެން އައިޝާއަށް ދައްތަ ކިޔާނެކަމެއް ނެތް” އައިސްފައި ހުރި ރުޅިގައި ހަބީބާއަށް ބުނެވުނެވެ.

” ކޮން ރިޒްވާނެއްތަ” ސާމީ ސުވާލުކޮށްލިއެވެ. ހުޝާމްވެސް އެސުވާލުކޮށްލަން ބޭނުންވެފައި ހުރި ކަހަލައެވެ.

” ސާމީއަކަށް ނޭނގޭނެ މިގޭގައި ހިނގާ ކަމެއް… އައިޝާގެ ކޮއްކޮ ރިޒްވާން ނުލިބިގެން ސާމީގެ މިއަންހެންދަރި މޮޔަވެގެން އުޅޭކަހަލަ.. ކުރިން ރިޒްވާނަކީ އައިޝާގެ ކޮއްކޮ ކަން އެނގޭނަމަ ހިބާއާއި ކައިވެނިކުރާށޭ ކިޔާފައި އާދޭސް ކުރާކަށް ނުދިޔައީމުސް ރިޒްވާން ކައިރިއަކަށް ” ހަބީބާ ބުނެލި ޖުމްލައިން ސާމީއަށް ވެސް އަދި ހުޝާމްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

” ކީކޭ.. ހަމަ އަސްލުވެސްތަ މަންމާ.. މަންމަ ހާދަ ރަނގަޅޭ.. ލަވްޔޫ މަންމާ.. ޔޭ.. ހައީީީ.. ޔުއަރ ދޮންތި އިޒް ގެޓިންގ މެރީޑް ސޫން” ހަބީބާގެ ކޮލަށް ބޮސްދިނުމަށްފަހު ހިބާ ދުވަމުން ދުވަމުން ހައިފާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ.

” ހަބީބާ ކީއްތިކުރީ.. އެންމެ ފަހަރަކު އަހަރެން ކައިރީ އަހާލިނަމަ..” ސާމީގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

” ސާމީއަށް ވަގުތެއްވޭތަ ގޭގަ މަޑުކުރަން.. ހިބާގެ ހާލަތު އަހަންނަށް ވުރެ ބޮޑަށް ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ.. ރޭގަނޑު ހަތަރުދަމު ނުނިދާ އުޅޭނީ ބިރުގަންނަނީ އޭ ކިޔާފަ.. މިހާރު ކިރިޔާވެސް ނިދެނީ އެޑޮކްޓަރ ދިން ބޭސް ކައިގެން.. ދެގަޑިން އެއްގަޑިން ހުންނަނީ ޕެނިކް އެޓޭކް އައިސްފަ.. ވޭތުވެދިޔަ ދެމަސްތެރޭގަ އެތަކެއް ޑޮކްޓަރުންނަކަށް ދެއްކިއްޖެ.. ކޮންމެ ޑޮކްޓަރެއްވެސް ބުނަނީ ހިބާ ހިތްހަމަޖައްސާފަ ބެހެއްޓުމަށް.. ހިބާގެ ިހތްހަމަޖެހުމަކީ ރިޒްވާން…. ސާމީއަކަށް ނޭނގުނަސް ހިބާ މިއަދު އުޅެފި އަމިއްލައަކަށް މަރުވާންވެސް.. ދެން ސާމީ ބުނެބާ ކޮންމަޔަކަށްތަ ކެތްވާނީ ކުރިމަތީގައި އަމިއްލަ ދަރިފުޅު ނިމިގެންދާން” ހަބީބާ ފައްޗަކަށް އަމުނާލިއެވެ.

“މަންމާ! މަންމައެއްގެ ހައިސިއްޔަތުން ތިކުރަނީކީ ރަނގަޅު ކަމެއް ނޫން.. މަންމައަށް ހީވަނީތަ ރިޒްވާންއާ ކައިވެނިކުރީމަ ހިބާގެ ބަލި ރަނގަޅުވާނޭ.. ބަލިތަކަށް ޝިފާދެއްވަނީ އެއްކައުވަންތަ ﷲ.. އެފަރާތާ ދުރުން އުޅެގެން ކާކަށް ހިތްހަމަޖެހުންލިބޭނީ.. ފަސްވަގުތު ނަމާދުކޮށް ޤުރުއާނުން އެންމެ ދެތިން އަކުރު ކިޔަވާލިޔަސް އެލިބޭ  ހިތްހަމަޖެހުމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ކޮބާ.. މާފުކުރޭ  މަންމާ އެކަމަކު މަންމައަކީ ރަނގަޅު މަންމައެއް ނަމަ ހިބާއަށް ނަސޭހަތްތެރިވާނީ ނަމާދުކޮށް ދުއާ ކޮށް އަދި ގުރުއާން ކިޔަވަން.. މިކަހަލަ ވަގުތެއްގަ ހިބާގެ ހިތްހަމަޖެހުމަކަށް ވާންވާނީ ރިޒްވާނެއް ނޫން..” ކަންތައްވީ ގޮތުން ހުޝާމްހުރީ ހިސާބަކަށް ރުޅިއައިސްފައެވެ.

” ދެން ތިބުނަނީ އަހަންނަކީ ވަ…” ހަބީބާގެ ޖުމްލަ މެދު ކަނޑާލީ ކޮޓަރިއަށް ބޯދިއްކޮށްލި މާޝާ ފެނުމުންނެވެ.

“ހުޝާމްބެ ހޯދަން އައިސް އެބަތިބި” އަދަބުވެރިކަމާއެކު މާޝާބުނެލިއެވެ. ހުޝާމް ކޮންބައެއްތޯ ސުވާލުކުރުމުން މާޝާ ހާރޫނު ކިޔާމީހެކޭ ބުނެލިއެވެ. ހުޝާމް ތެޅިތެޅިއޮތް ހިތަކާއެކު އަވަސް ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ހަބީބާއާއި ސާމީވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހުޝާމްގެ ފަހަތުން ހިނގައިގަތެވެ.

ހުޝާމް އާއި ހަބީބާއަދި ސާމީ ފެނުމުން ރިޒްވާނާއި ހާރޫނު އިންތަނުން ތެދުވެ ސަލާމް ގޮވާލިއެވެ. ހުޝާމް އަދި ސާމީ ހާރޫނާއި ރިޒްވާންއާއި ސަލާމް ކުރުމަށްފަހު އިށީނުމަށް އެދުނެވެ. ހާރޫނު އިށީންނަމުން ކައިރީގައި ކޮޅަށް ހުރި ހަބީބާއަށް ހީލިއެވެ. ހަބީބާވެސް ނުގޮތަކަށް ހީލިއެވެ. ހާރޫނު ދިން ހަބަރަކުން ހުޝާމް ހިތުގެ އެންމެ ފުންމިނުން އުފާކުރިއެވެ. ލޫޝާމަތިން ހަދާންވުމާއެކު ހިންދިރުވާލެވުނެވެ. ލޫޝާއަށް މިހަބަރި ދިނުމުން ވާނީ ކިހިނެއް ހެއްޔެވެ.

ސާމީވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރުވާށެވެ. ހަބީބާ ބަހެއް ނުބުނެ ހުރީ ބުނެވޭ އެއްޗަކުން ރިޒްވާންގެ ހިޔާލު ބަދަލުވެދާނެތީއެވެ. ހުޝާމް ބޭނުންވީ ކައިވެނީގެ ކުރިން އާއިލާ މީހުންގެ ހާޒިރުގައި އައިޝާއާއި ވާހަކަދައްކާލާށެވެ. ހާރޫނާއި ރިޒްވާން ދިޔައީ އެކަމަށް އެއްބަސްވެ އެރޭ އެގެއަށް އައުމަށް ދައުވަތު ދީފައެވެ.

ހުޝާމް އައިޝާމެންގެއަށް ދިޔައިރު ހާރޫނާއި ނީމާއަދި އީޝާލްއާއި ރިޒްވާން އިންތިޒާރުގައި ތިއްބެވެ. ހުޝާމް ލޯ ހޯދާލީ އައިޝާއެވެ.

” އަންނާނަން ދޮން ގޮވައިގެން” އީޝަލްއަށް ހުޝާމްގެ ހިތުގެ ހާލަތު އެނގުނީ ކަންނޭނގެއެވެ.

ކޮޓަރީގައި ބޭރަށް ނިކުންނަން ނުކެރިފައި އައިޝާ ހުއްޓެވެ. ދެއަތް ފިނިކަމުންގޮސް ގަނޑުފެންކޮޅެއް ފަދައެވެ. ހިތް ތެޅެމުންދިޔައީ ބާރުމިނެއްގައެވެ. އީޝަލްއަށް އައިޝާ ކޮޓަރިން ނިކުއްދަވަންވެސް ޖެހުނީ ގަދަކަމުންނެވެ. އެންމެންގެ ކުރިމައްޗަށް ނިކުމެވުމާއެކު އައިޝާ އިސްޖަހާލިއެވެ. އީޝަލް އަތުގައި ހިފައިގެން ނެތްނަމަ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނީހެވެ. އީޝަލް ގެންގޮސް އައިޝާ ބޭންދީ ހުޝާމްގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

” މިކައިވެނި ކުރުމުގެ ކުރިން އައިޝާއަށް އެނގެން ވަރަށް މުހިންމު ކަމެއް އެބައޮތް… ފަހަރެއްގަ އަހަރެން ބުނާ ވާހަކައަކުން މުޅިން ނުބައިކޮށް ހީކުރެވިދާނެ.. އެހެންވީމަ އަހަރެންގެ ވާހަކަ ފުރިހަަމަވަންދެން ވަކި ގޮތެއް ނުނިންމާނެ ކަމަށް ހީކުރަން..” ވާހަކަ ދައްކަމުންދިޔައިރު ހުޝާމް އިނީ ހިސާބަކަށް ކަންބޮޑުވެފައެވެ. ބުނަން އުޅޭ ވާހަކައިން އައިޝާ މިކައިވެނި ނުކޮށް ހުއްޓާލުމަކީވެސް އެކަށީގެންވާ ކަމެކެެވެ.

” އަހަރެންގެ ފުރަތަމަ އަންހެނުން ލޫޝާއަށް ވަނީ ކެންސަރު ޖެހިފަ.. އެންމެ ފަހު ސްޓޭޖްގަ.. ” ހުޝާމްގެ ޖުމްލައާއި އެކު އެތާ ތިބި އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އައިޝާ ދެލޯ ބޮޑުކޮށްގެން ބަލަން އިނީ ސީދާ ހުޝާމްގެ މޫނަށެވެ. އެމޫނުން އައިޝާއަށް އެތައް އަސަރެއް ފެނިގެން ދިޔައެވެ. ލޫޝާގެ ހާލަތާ މެދު ހުޝާމް ހިތާމަކުރާވަރެެވެ. އައިޝާއާއި ކައިވެނިކުރަން ބޭނުންވާވަރެވެ. ހިތާމައާއި ކަންބޮޑުވުމެވެ.

” އައިޝާ ހީކޮށްފާނެ ލޫޝާގެ ހާލު ހުރިގޮތުންނޭ އަހަރެން އައިޝާއާއި ކައިވެނިކުރަން ބޭނުންވެގެން މިއުޅެނީ.. އެކަމަކު އެހެނެއްނޫން.. ލުޝާއާއި ކަިއވެނިކުރިހާ ދުވަހެއް ވެއްޖެ އަހަރެން މިކަމާ ވިސްނާތާ.. ލޫޝާ ޤަބޫލުކަން އެނގުނު ދުވަހުން ފެށިގެން އަހަރެން މިހުންނަނީ މިކަން ކުރަން ބޭނުންވެފަ..ލޫޝާ އަމިއްލައަށް އަހަރެން ކައިރީ ބުނީވެސް އައިޝާއާއި ކައިވެނި ކުރަނވީ ނޫންހޭ.” ހުޝާމް އިސްޖަހާލައިގެން ހުރެ ބުންޏެވެ. މަޑު އާހަކާއެކު އައިޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

” ލޫޝާއަށް އަހަރެން ހަމްދަރުދީވަން.. މާތްﷲގެ ރަހުމަތްފުޅުން ވަރަށް އަވަހަށް ލޫޝާ ރަނގަޅުވާނެ.. އަހަރެން ހުޝާމްއަށް އިތުބާރުކުރަން.. ހުޝާމް ތިދައްކާ ކޮންމެ ވާހަކައެއްގަވާ ތެދުކަން އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަން.. އަހަރެން ހުޝާމްއާ ކައިވެނިކުރާނަން” އައިޝާއަށް ބުނެވުނީ އިހްތިޔާރަކާ ނުލައެވެ. އެވަގުތު އެންމެންގެ ނަޒަރު ހުރީ އައިޝާއަށް ހުއްޓިފައެވެ. އައިޝާއަށް ހުޝާމްގެ މޫނުން ނަޒަރުވަކިކޮށްލެވުނީ އީޝަލް ކޮނޑުގައި ހިފާލުމުންނެވެ.

” ބޭބެމެންގެ އެއްވެސް އިއުތިރާޒެއް ނެތިއްޔާ އަހަރެން ބޭނުމީ މިއަންނަ ހަފްތާގެ ހަމަ މިދުވަހު ކައިވެނިކުރަން.. އަދި ރިޒްވާނާއި ހިބާގެ ކައިވެނިވެސް ހަމައެދުވަހު ކުރަން” ހާރޫނަށް ބަލާލަމުން ހުޝާމް ބުންޏެވެ. އެދުވަހު ހުޝާމް އެގެއިން ދިޔައީ މާދަމާ ރަންކިޔަން ހެކިވެރިން ފޮނުވާނެކަމަށް ބުނެފައެވެ. އަދި ރިޒްވާންވެސް ތައްޔާރީތައް ކުރުމަށް ބުނެފައެވެ.  ޖެހިގެން އައި ދުވަހުގައި ރިޒްވާންގެ ފަރާތުން އެގެއަށް ފޮނުވީ ސުކޫލުގެ އެހެން ދެޓީޗަރެކެވެ. ހިބާ އުފަލުން އެއްތާކު ފައިހަރުނުލައެވެ. ކައިވެނި ކުރާ ދުވަސްވެސް އައިސް ޖެހުނީ ހީކުރިވަރަށް ވުރެ އަވަހަށެވެ. ދެއާއިލާއިންވެސް ނިންމީ މާބޮޑަށް ފާހަގަ ނުކޮށް ކޯޓުގައި ކައިވެނ ކުރުމަށެވެ. އަދި ފަހުން ހަމައެކަނި އާއިލާ މީހުން ހިމެނޭ ގޮތަށް ވަލީމާއެއް ތައްޔާރުކުރާށެެވެ. ހަމަޖެހިފައި އޮތް ގަޑިއަށް އައިޝާގޮވައިގެން ދިއުމުގެ ތައްޔާރިތައް ކުރުމުގައި އީޝަލްއާއި ނީމާ އުޅުނެވެ. ރިޒްވާންގެ ގޮވައިގެން ހާރޫނު ތަންކޮޅެއް ކުރިން ގޮސްފިއެވެ. އައިޝާގެ މޫނުގައި އަޅާ ކަޅުކުލައިގެ އެދުވަހަށް ހާއްސަކޮށްފައިވާ ފޮތިގަނޑު ބަލާ އީޝަލް ދިޔައީ ނީމާ ކޮޓަރިއަށެވެ. އެވަގުތު ފޯނެއް އަައުމުން ވާހަކަ ދައްކަން މަޑުކޮށްލިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އީޝަލްގެ މޫނުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. ފޯނު ބޭއްވުމަށްފަހު އީޝަލް ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެެވެ. އެވަގުތުވީ އީޝަލް ނައިސް ލަސްވެގެން ނީމާއައި ވަގުތަށެވެ. އީޝަލް ލޮލުން ކަރުނަ ފޮހެލިތަން ފެނި ކިހިނެއްވީތޯ ނީމާ ސުވާލުކުރިއެވެ. އީޝަލް ނީމާއަށް ކިޔައިދިނުމުން ނީމާވެސް ހުރީ ކަންބޮޑުވެފައެވެ. އީޝަލް ނީމާއަތަށް މޫނު ފޮތިކޮޅު ދިނުމަށް ފަހު ވަރަށް އަވަހަށް އަންނާނޭކަމަށް ބުނެ ޓެކްސީއަކަށް ގުޅަންފެށިއެވެ. އަދި އީޝަލް ނާންނަނީސް އީޝަލް ކައިރީ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުންޏެވެ.

ނީމާ އައިޝާ ގޮވައިގެން ކޯޓުކައިރިއަށް ދިޔައިރުވެސް އީޝަލްގެ ހަބަރެއް ނުވެއެވެ. އެތަކެއްފަހަރު ނީމާ ކައިރިންވެސް އެހިއްޖެއެވެ. ނަމަވެސް ނީމާގެ ފަރާތުންވެސް އެދެވިގެންވާ ޖަވާބެއް ނުލިބުނެވެ. އީޝަލްގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭނގުނެވެ. އެންމެފަހުން އައިޝާ ކަންބޮޑުވެގެން އުޅޭ ވާހަކަ ނީމާ މެސެޖް ކޮށްފައި އީޝަލްކައިރީ ބުނުމުން އީޝަލް ކުޑަކަމެއްގައި އުޅޭވާހަކަ ލިޔެ އައިޝާ ފޯނަށް މެސްޖެކޮށްލިއެވެ. އީޝަލްގެ އެފަރުވާކުޑަ ޖަވާބު ފެނި އައިޝާ ދެރަވިއެވެ. އެހެނީ މިހާއްސަ ދުވަހުގައި އައިޝާއާއި އެކު އީޝަލް  ހުރުމަކީ އައިޝާ އެންމެ ބޭނުންވާ އެއް ކަންތަކެވެ.

 އިރުކޮޅަކުން އައިސް ކޯޓުކައިރިއަށް ދެކާރު އައިސް މަޑުކޮށްލިއެވެ. ފުރަތަމަ ކާރުން ފޭބީ ސާމީ އާއި ހަބީބާގެ އިތުރުން ހައިފާ އާއި ހިބާއެވެ. ހިބާގެ ލައިގެން ހުރި ހެދުމުން ގައިގެ ބޮޑުބައެއް ފާޅުވާން ހުރުމުން އެކަމާ ރިޒްވާން ހިތްހަމަނުޖެހުނެއްކަމަކު އެއްޗެއް ނުބުނެއެވެ. ކެތްތެރިވީ މިއަދުމީ އެކަހަލަ ހެދުމެއް ލެވޭނޭ އެންމެ ފަހު ދުވަސްކަމަށްވީމައެވެ. ދެވަނަ ކާރުން ފޭބީ ހަބްޝާއާއި ހާމިދެވެ. ހަބްޝާ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ އައިޝާއަށެވެ. ދެވަނަ ސިކުންތުގައި އެހެން ދިމާއަކަށް މޫނު އަނބުރާލުމުން ހިތްހަމަނުޖެހިފައި ހުރިވަރު އައިޝާއަށް ނަގައިގަނެވުނެވެ. ހަބްޝާމެން ފޭބި ކާރުން ދެން ފޭބީ ހުޝާމްއެވެ. ހުޝާމް ފޭބުމަށް ފަހު އެތެރެއަށް އަތްދިއްކޮލުމުން ހުޝާމް އަތުގައި ހިފާފައި ފޭބީ ލޫޝާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

އެމިލީ ( ދެވަނަ ބައި-2)

Next

އެޕާރޓްމަންޓް 4ބީ (ބާރަވަނަބައި)

Next
March 23, 2017

އެޕާރޓްމަންޓް 4ބީ (ބާރަވަނަބައި)

Previews
March 23, 2017

އެމިލީ ( ދެވަނަ ބައި-2)

43 Comments!

  1. Jeen says:
    March 23, 2017 at 5:50 pm

    V v v v rythi vaahaka eh miaky…comment nukuri kamuga viyas hurihaa part thakeh kiyan.

    1. hayyu says:
      March 23, 2017 at 9:39 pm

      jazakallah khair jeen.. keep reading 🙂

  2. Ell says:
    March 23, 2017 at 5:59 pm

    Me first dho . Vrh reethi maasha Allah

    1. hayyu says:
      March 23, 2017 at 9:41 pm

      guess first is jeen..hehe..jazakallah khair Ell 🙂

  3. Lillyyy says:
    March 23, 2017 at 6:02 pm

    Masha Allah its going amazing till now

    1. hayyu says:
      March 23, 2017 at 9:42 pm

      in sha allah it will be amazing lillyyy.. 🙂 jazakallah khair 🙂

  4. kiya says:
    March 23, 2017 at 6:06 pm

    Vvvv reethi vaahaka

    1. hayyu says:
      March 23, 2017 at 9:43 pm

      jazakallah khair kiya 🙂

  5. Ais says:
    March 23, 2017 at 6:21 pm

    W reethi

    1. hayyu says:
      March 23, 2017 at 9:43 pm

      jazakallah khair Ais 🙂

  6. Cute says:
    March 23, 2017 at 7:00 pm

    V.v.v. reethi mashallah ..

    1. hayyu says:
      March 23, 2017 at 9:44 pm

      jazakallah khair Cute 🙂

  7. Vaahaka foshi says:
    March 23, 2017 at 7:03 pm

    Maasha allah. Vara salhi .abadhuves inthizaru kurevey story eh

    1. hayyu says:
      March 23, 2017 at 9:46 pm

      alhamdulillah!! jazakallah khair Vaahaka foshi 🙂

  8. Razeena says:
    March 23, 2017 at 7:07 pm

    V v v reethi

    1. hayyu says:
      March 23, 2017 at 9:47 pm

      jazakallah khair razeena 🙂

  9. Aashoo says:
    March 23, 2017 at 7:46 pm

    Wow. V reeti. Anekka eeshal mi dhiyaee konthaakah baa. I thought looshaa maruvy kmah. Ekm looshaa ves aissi dho

    1. imagination says:
      March 23, 2017 at 8:10 pm

      same.. even i thought loosha maruvi kamah

    2. hayyu says:
      March 23, 2017 at 9:49 pm

      Eashal dhiyathaneh in sha allah engeyne next part ga.. Loosha adhi dhuniyeyga eba ulhey.. hehe.. jazakallah khair Ashoo 🙂

  10. Ammaar says:
    March 23, 2017 at 7:50 pm

    Ma Sha Allah v reethi..keep it up☺

    1. hayyu says:
      March 23, 2017 at 9:55 pm

      jazakallah khair Ammaar 🙂

  11. Shai says:
    March 23, 2017 at 8:24 pm

    V reethi masha allaah….heevany eeshal mom ah knmes kameh v hen

    1. hayyu says:
      March 23, 2017 at 10:55 pm

      may be dhw.. hehe.. jazakallah khair Shai 🙂

  12. hmmm says:
    March 23, 2017 at 9:05 pm

    Haadha kurey. Eyoh kiyaa hithun indha. V. Salhi. Keep it up.

    1. hayyu says:
      March 23, 2017 at 10:55 pm

      jazakallah khair hmmm 🙂

  13. Shaa says:
    March 23, 2017 at 9:15 pm

    Reehche noon .foohi

    1. ... says:
      March 23, 2017 at 9:38 pm

      ehenvyru nukiya.. ? shaa ekani thihen bunaanee..

    2. hayyu says:
      March 23, 2017 at 10:57 pm

      its okk.. adhi kuriah oi bai thah kiyaaleema reethi vedhaane.. keep reading shaa..

  14. !!!!!!!!! says:
    March 23, 2017 at 9:36 pm

    nice

    1. hayyu says:
      March 23, 2017 at 10:57 pm

      jazakallah khair !!!!!!!!

  15. Saandy says:
    March 23, 2017 at 11:15 pm

    V reethi mibaives… Alhe Eashal ah dhera gotheh nuhadhahchey… V keiytherikan kudavejje 22 vana bai kiyaalan… Kon irakun 22 vana bai kiyaalan libeyny??

  16. Hoo says:
    March 23, 2017 at 11:37 pm

    Maasha allah v nyc.thi nimmaaly emme reethi bain.waitin

  17. M.. says:
    March 24, 2017 at 2:56 am

    V reethi v ibraitheri vaahakaeh keep it up … when is next part

  18. Thuka says:
    March 24, 2017 at 11:18 am

    Waaauuuu… ❤❤ Amazing

  19. Isha says:
    March 24, 2017 at 11:25 am

    Nice??????

  20. aisha says:
    March 24, 2017 at 12:11 pm

    when is next part hayyu???????????
    this story is very nice ???

  21. Erzi says:
    March 24, 2017 at 2:09 pm

    Varah reethii

  22. haaa says:
    March 24, 2017 at 4:33 pm

    V v v v salhi

  23. ravupinky says:
    March 24, 2017 at 8:53 pm

    when is next part?? varah reethi mi part vx

  24. Shaa says:
    March 24, 2017 at 9:17 pm

    Nan nujaha maa fonivane kamei ???

  25. Sheryn says:
    March 25, 2017 at 9:07 pm

    Maasha allah.. v v rythi. . Anei bai kiyaa hithun kehvanyky nunn…. ???

  26. Faxoo says:
    March 27, 2017 at 7:49 pm

    vrh reethi mibaivx, MaShaAllah. waiting fr the next part

  27. mal-mal says:
    August 31, 2017 at 4:09 pm

    varah reethi, MashaAllah! ???

Comments are closed.

Next Episodeއައިޝާ 22←


All Right Reserved!