Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ބާރަވަނަބައި)

shama shuaib
March 23, 2017
5 Mins Read
52 Views
24 Comments

އަނެއްކާ މިހާރު ދިނިންގެ ކޮއްކޮވެސް މިހާލުގައި ޖެއްސީ އެނިޒާމު މެންކަން އިނގިއްޖެޔާ ދިނިން ގޮސް އޭނާ މަރާވެސް ލައިފާނެއެވެ. ނަމަވެސް މިއަދު ހަގީގަތް އެންމެންގެ ކުރިމައްޗަށް ފާޅުކޮށްދެވެން އޮތްއިރު މިފުރުސަތު ނަގާލާކަށް ފަރްހީން ބޭނުމެއްނުވިއެވެ. އެހެންކަމުން ޝަމްހާގެ ހަޔާތުގައި ހިނގި ހުރިހާމެއްވެސް ފަރްހީން ރޮއެރޮއެފައި ދިނިންއަށް ކިޔާދިނެވެ. ދިނިން އަށް ވެފައި ހުރި ގޮތެއްވެސް ނޭންގެއެވެ. މީހާ ހުރީގަބުވެފައެވެ. ފަރްހީން ދިނިންގެ ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލި ހިނދު ކުއްލިއަކަށް ދިނިން ބަޑިއެއްހިފައިން ބޭރަށް ނިކުންނަންދާން މިސްރާބު ޖެހިއެވެ.”އަހަރެން އެމީހާ މަރާލާނަން..” ފަރްހީންގެ ކަންފަތުގައި ހޮނު ގުގުރިއެއްހެން އެ ލަފްޒުތަށް ގުގުމާލިއެވެ.

ފަރްހީންއަށް ކުރާނެ ކަމެއް ނޭންގިފައި ހުއްޓާ ދިނިން ގެއިން ނިކުމެގެން ދާން އުޅުނެވެ. “ހަމަ މިހާރު ހުއްޓޭ.. އެހެންނޫނީ އަންނައިރު އަހަރެންގެ މަރުވެފަ އޮތް މޫނު ބަލަން ތައްޔާރުވޭ.” ފަރްހީން ތީރު އެއްލީ ވަރަށް ހުށިޔާރުކަމާއެކުއެވެ. އެތީރު ގޮސް ހެރުނީ ދިނިން ގެ ހިތަށެވެ. ގޭޓުން ނިކުމެ ނިކުމެ ހުރި ދިނިން ވަގުތުން ހުއްޓުނެވެ. އަދި ކުއްލިއަކަށް ދުވެފައި އައިސް ފަރްހީންގެ ގައިގައި ބައްދައި ގަންނަމުން ރޯން ފެށިއެވެ.

ފަރްހީން ހުރީ ހައިރާންވެގެން އަންތަރީސް ވެފައެވެ. ބޮޑު ފިރިހެނަކު އެގޮތަށް ރޯތަން ދުވަހަކުވެސް ފެނިފައި ނުވާ ފަރްހީން ގެ ހިތަށްވެސް ފުންއަސަރު ތަކެއް ކުރަމުންދިޔައެވެ. އެހާވަރަށް މީހަކު ރޯނީ ކިހާ އަސަރެއް ކުރުމުންކަން ފަރްހީންއަށް ވެސް އިނގުނެވެ. އެހެންކަމުން ފަރްހީން ދިނިން އަށް ހިތްވަރު ދޭން ފެށިއެވެ.

“ދިން. އަދި ތިހެން ދިޔަކަސް ކަމަކު ނުދާނެ. ޕްރޮޓޮކޯލްއަށް ފޮލޯ ކުރަންޖެހޭނެ ދޯ.. ތިހެން އަވަސް އަރުވާލާފަ އުޅިގެން ނުވާނު. ޕްލޭން އާއެއްގޮތަށް ކަންކަން ކުރޭ. ފަރް އަށް އިނގޭ ދިން އަށް ވާނެކަން. ތީއަބަދުވެސް ހިތަވަރު ކުރަމުން އައި ކުއްޖެއްނު. ދެން ހުއްޓާލާ..” ފަރްހީންގެ އޯގާތެރި ބަސްތަކުން ދިނިން އަށް އިތުރަށް ރޮވުނެވެ. އޭނާގެ ކޮއްކޮއާ ދެމެދުގައި ކިތަންމެ ބޮޑު ފާރެއްއޮތަސް އަބަދުވެސް ކާރީގައި ވާނޭކަން އެނގުމުން ދިނިން ގެ ހިތް އުފަލުން ނަޝާލިއެވެ.

ރުއިން ހުއްޓާލުމަށްފަހު މޫނު ދޮވެލައިން އައިސް ދިނިން އޭނާ މަސައްކަތް ކުރުމަށް ހަދާފައިވާ ކޮޓަރިއަށް ދިޔައެވެ. ފަހަތުން ފަރްހީންވެސް ދިޔައެވެ. “މިއަދުގެ ވަގުތެއްގަ ކޮންމެސް މިނިސްޓަރަކު މިކޮޅަށް އަންނަ ވާހަކަ މެއިލް ކޮށްފަ އެބައިން މާލެއިން. ކާޚު ކަމެއް ނޭންގެ. ފުރާ ގޮތަށް އިނީ މާދަން ނޫން އަނެއްދުވަހު. ޔެސް. މީ ކަންނޭންގެ. ފަރް. ދެން ފަރް މިކޮޅުގަ މަޑު ކުރާނީ ތްރީޑޭސް..” އެހެން ބުނެލިއިރު ދިނިން ގެ ހިތް މޯޅިވިއެވެ. ފަރްހީން ދެން އެއްގޮތަކަށްވެސް ދުރަށް ފޮނުވާކަށް އޭނާގެ ހިތް އެއްބަސް ނުވަނީއެވެ. ފަރްހީންއަށް ވެސް އެކަން ވިސްނުނެވެ.  ނަމަވެސް މައުޟޫ ބަދަލް ކޮށްލިއެވެ.

“އަމް. ފައިނަލީ. އަދި ޝަމްހާގާތު ބުނަން ޖެހޭނެ އޭނަ ފެމިލީ އެންމެން ނިޔާވި ވާހަކަ. އާހް. އެހިތަށް ވާނެ ގޮތެއްވެސް ނޭންގެ. އެކަމް އުފާކޮށްލަން ބުނެވޭނު ޝަމްހާގެ ޕްރިންސް ޗާމިން ހޯދުން ވާހަކަ. މިސިޒް ދިނިން ދޯ..ހެހެ” ފަރްހީން އެުދާސްތަށް ފިލުވާލުމަށް އެހެން ބުނެލުމުން ދިނިންވެސް ހީލިއެވެ. ފަރްހީން އުފާވީ އޭނާގެ މަގްސަދު ހާސިލް ވުމުންނެވެ. ފަރްހީން އަށް އޮޅިފައި ވުމާއެކު ދިނިން ހަގީގަތް ކޔާދިނެވެ.

“ފަރްއަށް ތީނީ އޮޅިފަ. ޝަމްގެ ޑޭޑްވެސް ކޮއްކޮވެސް އެބައުޅޭ. ފެނުނީމަ އިނގޭނެ. ދެން މާލެ ގޮސްފަ ދޯ.. ބައިދަވޭ. އަހަރެން ވެސް ދަން އިނގޭ..މާލެ” ފަރްހީންއަށް އެ އިވުނު ދެހަބަރުން ހީވީ ދެއީދު އެއްފަހަރާ އައިހެނެވެ. ޝަމްހާ އަދި ޝަމްހާން ގެ އިތުރުން ސަމާއާ ބައްދަލުވާތީ ފަރްހީންއަށް އުފަލުން ހުރެވެނީ ކީނޫނެވެ. ނަމަވެސް ޝަމްހާންއަކީ މިހާރު ޝަރާގެ މީހެއްކަން ހަނދާން ވުމުން ދެރަވިއެވެ. ނަމަވެސް ޝަމްހާން އުފަލުގަ ހުރިއްޔާ އޭނާއަށް ހެވެވެ.

ޝަމްހާގެ ހުން އަދިވެސް މަޑެއް ނުވެއެވެ. ޝަމްހާން ބަރާބަރަށް ބޭސްދެމުން ސަމާ ބަލަމުން އައިޝާގެ ހިދުމަތުގައި ހުރީ ޗުއްޓީއެއްވެސް ނަގައިންނެވެ. އެގޮތުން ހަވީރު ވުމުން ސަމާގެ ދެތިން ހެދުމާ ޝަމްހާގެ ހެދުން ކޮޅެއް ބަލާ ދާން ޝަމްހާން ފަރްހީންމެން ގޭގެ ތަޅުދަނޑިހިފައިން ނިކުތެވެ. ސަމާވެސް ގޮވައިންނެވެ. މިހާރު ސަމާ ޝަމްހާންއާ ވަރަށް ރައްޓިއްސެވެ. އަދި ފުރަތަމަ ފަރްހީން ފެނުނީ މިގެއިންކަމަށްވެސް ބުނެދިނެވެ. ގެއަށް ވަދެ ސަމާ ލައްވާ ހެދުން ނަގެވުމަށްފަހު ޝަމްހާންވަނީ ފަރްހީންގެ ކޮޓަރިއަށެވެ. ފަރްހީންގެ ހަނދާންތައް އެވަގުތު ޝަމްހާންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ.

ހުރިހާ އެއްޗެއް ދަބަހަކަށް އެޅުމަށްފަހު ސަމާ އައިސް އެކޮޓަރިއަށް ވަނެވެ. އަދި ނުމިނީ ކަމަށް ބުނުމުން ޝަމްހާންވެސް ނިކުންނަން ހިނގައިގަތެވެ. އެވަގުތު އެނދުމަތީގައި އޮތްފޮތެއް ޝަމްހާންގެ ލޮލުގައި އަޅައިގަތެވެ. އެއީ ކުރިންވެސް ފެނިފައި އޮތްފޮތެއްހެން ހީވުމާއެކު ޝަމްހާން އެގެއިން ނިކުތީ އެފޮތްވެސް ހިފައިންނެވެ. ކޮންމެހެން ކިޔާކަށްވެސް ނޫނެވެ. ފަރްހީން ގެންގުޅުން ފޮތަކަށް ވީތީ ނެގިއެވެ.

އެރޭ ނިދަން އުޅި އުޅި ޝަމްހާންއަކަށް ނުއެއް ނިދުނެވެ. އެންމެފަހުންބޭރަށް ނިކުމެލީ ފިނިކޮށްލުމަށެވެ. އެވަގުތު ނޭންގޭ ސަބަބަކާހުރެ މޒުމަތީ އޮތް ފޮތް ކިޔާލާހިތްވިއެވެ. އެހެންކަމުން އެ ފޮތްހިފައިން ޝަމްހާން އެރީ ޓެރަހަށެވެ. ޝަމްހާން އެފޮތް ކިޔަން ފެށުމާއެކު އެ މޫނުން އަރައި ފައިބަން ފެށީ މުޅިން ތަފާތު ކުލަތަކެކެވެ. އެ ފޮތް ކިޔަމުން ދިޔަވަރަކަށް އެއީ ޝަމްހާންގެ ދޮން ކަން އެނގެމުން ދިޔައެވެ. އެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ދޮން އެފަދަ ކަމަކުން ސަލާމަތް ނުކޮށްދެވުމައްޓަކާ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔައެވެ.  އެ ފޮތް ކިޔާ ނިންމާލުމަށްފަހު ޝަމްހާން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ކުރިމަތީގައި އެންމެ ލޯބިވާ ދޮން އުޅެމުން އައިއިރުވެސް އެކަން ނޭންގުނީތީ އަމިއްލަ ނަފަސަށް މަލާމާތް ކުރިއެވެ. އެފަކީރު ބިރުން ނަމާ އެއްޗެހިވެސް ބަދަލު ކުރީ ނަފްސާނީ ގޮތުން ނުހަނު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުރީމަ ކަން އެނގުން ވި ހިނދު އެ ހަޅޭކުގެ އަޑު ދިޔައީ ގަދަވަމުންނެވެ.

“ނޫން.. މިހެން ވެގެން ނުވާނެ..ދޮން. އަޅެ އަހަންނަށް އަންގާލިނަމަ. ކޮންމެސް ގޮތަކުން ފިލިނަމަ. އަހަރެން މީ ވަރަށް ނުބައި ކޮއްކޮއެއް. ވަރަށް ނުބައި…” ރެއިލިންގް ގައި އަތް އަޅުވާލައިން ޝަމްހާން ހުރި އިރު ހާސްފަހަރު އެ ނަފްސު ކުށްވެރި ކުރެވުނެވެ. އަދި ފަރްހީން ނޭންގިނަމަވެސް އެ ކޮށްދިން ކަމަށްޓަކާ އެހިތުގައި ވީ ލޯބި އިތުރު ވިއެވެ.

ޝަމްހާ ޓެރަހަށް ނިކުމެލީ ބޮލަށް ލުއިވެލާ ތޯއެވެ. އެއްވެސް ހާލެއްގައި މިފަދަ ވާހަކަ ތަކެއް އަޑުއިވޭނެ ކަމަކަށެއް ނޫނެވެ. ނަމަވެސް މިހާރު އޭނާއަށް އެންމެ ލޯބިވާ ކޮއްކޮ ވެސް ފެނިއްޖެއެވެ. ނަމަވެސް މިއަދު ކޮއްކޯ އޭ ކިޔާ ގޮވާލާނީ ކޮން ހައިސިއްޔަކުން ކަމެއް ނޭންގުނެވެ. އެހެންކަމުން ކަރުނަތައް ފޮހެލުމަށް ފަހު ގޮސް ކޮޓަރިއަށް ވަނެވެ.

އާދުވަހަކަށް އިރު އެރި އިރު ޝަމްހާން ހުރީ އޭނާގެ ދޮން ފެނުނީތީ ނުހަނު އުފަލުންނެވެ. ނަމަވެސް އެ ވާހަކަ ކިޔައިދޭން ފަސްޖެހެވޭތީ އެކުވެރިޔެއްގެ ހައިސިއްޔަތުން އެހީވާން ނިންމިއެވެ. އެހެންކަމުން ޝަމްހާއާއި ސަމާ ހޭލަން ވާއިރަށް އަމިއްލަޔަށް ސައިވެސް ތައްޔާރު ކޮށްލިއެވެ. ޝަމްހާ ހެނދުނު ތެދުވެގެން އައިރު ޝަމްހާން އިނީ އޭނާގެ އިންތިޒާރުގައެވެ. ސަމާ އޭރު އަދި ނުހޭލައެވެ.

“އަނހާ.. އައިޝާ. މިހާރު ހުން ރަނގަޅު ދޯ؟ އަވަހަށް ސައި ބޯން އާދޭ” ޝަމްހާގެ ލޮލުން ކަރުނަ ހިލުވާލީ އޭނާގެ ކޮއްކޮ އޭނާދެކެ ވާލޯބި ފެނުމުންނެވެ. ނަމަވެސް ޝުކުރު އަދާކުރުމަށް އެދޫ ވަނީ ނުކުޅެދިފައެވެ. ސައި ބޯލައިން ދެމީހުންވެސް ދިޔައީ ޓެރަހަށެވެ. އެތަނުގައި ހުރި ސޯފާއެއްގައި އިށީނުމަށްފަހު ޝަމްހާން ކިޔައިދޭން ފެށީ ވާހަކައެކެވެ. އެއީ ޝަމްހާއާއި ޝަމްހާންގެ ވާހަކައެވެ. އެވާހަކަ އަޑު އަހަމުން ދިޔައިރު ޝަމްހާގެ ތުންފަތުގައި މަޑު ތުރުތުރެއް އުފެދުނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ޝަމްހާންގެ ގައިގައި ބައްދާލަމުން ރޯން ފެށިއެވެ.” ޝަމްކޮ… ދޮންއަށް މާފު ކުރޭ..އައި ނިއު އިޓް ރޭގަ. އެކަމު ނުބުނެވުނީ.. ސޮރީ ޝަމްކޮ..ސޮރީ” ދެން ދިޔައީ ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ހިތް ފުރޭ ވަރަށް ޝަމްހާ ރޯލިއެވެ. ދެމީހުންވެސް ސިހުނީ ތިރިން ކުޑަކުޑަ ސަމާ ގެ އަޑު އިވުމުންނެވެ.

ގޭގެ ދޮރު ހުޅުވާފައި އާދެވުނުކަންވެސް ހަނދާންވީ އެވަގުތުއެވެ. އަވަސް އަވަހަށް ތިރިޔަށް ދިޔައިރު ސަމާ ރޮނީ އެވެ. ޝަމްހާ އުރާލަން އުޅުމުން ދޮންބެ ކާރިޔަށް ދާން ގަދަހަދަން ފެށިއެވެ. އެންމެ ފަހުން ސަމާ ރީތިވެސް ކުރަން ޖެހުނީ ޝަމްހާންއަށެވެ. ޝަމްހާއަދި ސަމާ ގޭގައި މަޑޫކުރަން އެންގުމަށްފަހު ޝަމްހާން ދިޔައީ އިންސްޕެކްޓަރު ގާތަށެވެ. ފަރްހީން އާއި ދިނިން ގެ މައުލޫމާތަކޫ އެންމެ ފަސްމީހުންނަށް އިނގޭ މައުލޫމާތަކަށް ވުމުން އި އިންސްޕެކްޓަރަކަށް ފަރްހީންއާ ބެހޭ އެއްވެސް އެއްޗެއް ނޭންގުނެވެ. އެންމެ ފަހުން ޝަމްހާން ޖެހުނީ ވަރަށް މަތީ ފަރާތަކާ ބައްދަލު ކުރާށެވެ.

“ހާސްނުވޭ. ދެ ދުވަހެއްތެރޭ ފަރްހީން މިކޮޅަށް އަންނާނެ. އެކޮޅުން އޭނަޔާ ހަވާލު ވީ އަހަރުމެންގެ ހެޑް އިންސްޕެކްޓާ..ޝީ އިޒް ސޭފް.” އެވާޙަކަ އަޑު އިވުމާއެކު ޝަމްހާންގެ ހިތް އުފަލުން ފޮޅުނެވެ. ގެއަށް ގޮސް ޝަމްހާގާތު އެވާހަކަ ބުނުމުން ޝަމާހާވެސް އުޅުނީ ވަރަށް އުފަލުންނެވެ. އެންމެނަށްވެސް ހީވަނީ ދެއީދު އެއްފަހަރާ އައިސްގެން އުޅޭހެނެވެ.

“ފަރް..ޝޮޕިންމޯލް އަށްލާފަ އަހަރެން ދާނީ ނިޒާމް މެންގެޔަށް އިނގޭ…މިއަދު އޭނަ އަންނާނެ. ސޯ ކެމެރާ ހަރުކުރަން ޖެހޭ.. ނިންމާފަ ގެއަށް އާދޭ އިނގޭ.. ޑްރައިވާ ހުންނާނެ. ” ދިނިން ހުރީ ކަލޫކުލައިގެ ޖެކެޓެއްލައިންނެވެ. ކަޅުކުލައިގެ ހުޑީއަކާ ކަޅުސްކިނީ އެއްލާފައި ހުރިއިރު އަތަށް ވަނީ ކަޅުއަންގިއެއް ލައްވާފައެވެ. ފަރްހީން އަކީ އާއްމުކޮށް ހުސްވަގުތުތަކުގައި ކޮރެއާ ސިރީޒް ބަލާކުއްޖެއްކަމުން ފަރްހީންގެ ހަނދާނަށް އައީ ކޮރެއަން ސީރީޒެއްކަމަށްވާ ހީލާއެވެ. “ޔޫ ލުކް ލައިކް ހީލާ…” ފަރްހީން އެހެން ބުނެލުމާއެކު ދިނިން އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ކާރު ދުއްވާލިއެވެ.

ދިނިން މޯލް ކުރިމައްޗަށް ކާރު ހުއްޓާލުމުން ފަރްހީން ކާރުން ފައިބާލަމުން ބަލައިން އުޅުމަށް ބުނުމަށްފަހު މޯލްތެރެޔަށް ވަދެގެން ދިޔައެވެ. ދިނިންވެސް އެ ހިސާބުން ކާރުން ފޭބުމަށް ފަހު ހިނގާފައި ދިޔައީ ނިޒާމް އުޅޭ ހޮޓެލްއަށެވެ. އެތަނަށް ދިޔުމުން އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އެންމެފަހުން މޮޅު ހިޔާލެއް އައުމުން ދިނިން މިސްރާބު ޖެހީ ފާހަނަޔާ ދިމާއަށެވެ.

“އިޒް ދިސް ސެންޓް ހޮޓެލް؟ އައި ޖަސްޓް ރިސީވްޑް އަ މެސެޖް ފްރޮމް މިސްޓާ ނިޒާމް. ހީ ވޯންޓްސް ޓީ އަޕްދެއާ. މޭ އައި ނޯ ހިސް ރޫމް ނަމްބާރ؟ އައިއެމް އެފްއެންޑް ބީ މެނޭޖާ ޖިވިއަން ސިންގް.” ދިނިން އެތަނާ ބެހޭ ގޮތުން ހޯދި ހޯދުން ތަކުގެ މައްޗަށްބިނާ ކޮށް މޮޅު ވާހަކައެއް ހަދާލިއެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން ރޫމް ނަންބަރު ވެސް ލިބުނެވެ. ކޮޅު ކޮޅުމައްޗަށް ހިނގަމުންދާ މީހުންގެ ތެރެއިން އިސްޖަހާލައިން ދިނިން ހިނގަމުން ދިޔައީ ނިޒާމްގެ ކޮޓަރި ހޯދާށެވެ. އެންމެ ފަހުން އެތަން ފެނުމުން ފުން ނޭވާއެއް ލުމަށްފަހު ތަޅުގައި ހިފާލީ ދޮރު ހުޅުވާފައި ހުރެދާނެ ކަމަކަށް ނޫނެވެ. އެތެރެއަށް ވަދެ ތަންތަން ބަލަމުން ނުފެންނާނެހެން ކެމެރާތަށް ހަރުކުރަމުން ދިޔައެވެ. އެންމެ ފަހު ކެމެރާ ހަރު ކުރުމުގައި އުޅެނިކޮށް މީހަކު ތަޅުގައި ހިފާއަނބުރާލިއެވެ. ދިނިން އަށް ހުރެވުނު ތަން ވެސް ނޭންގުނެވެ.

ނުނިމޭ….

24
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އައިޝާ 21

Next

އުމުރަށް އެކީގާ ވާނަމޭ

Next
March 24, 2017

އުމުރަށް އެކީގާ ވާނަމޭ

Previews
March 23, 2017

އައިޝާ 21

24 Comments

  1. luhan says:
    March 23, 2017 at 8:38 pm

    V salhi..Next part kon irakun?

    1. imagination says:
      March 23, 2017 at 9:02 pm

      thankqs. next part maadhan rey

  2. Maree says:
    March 23, 2017 at 8:40 pm

    vvv reethi

    1. imagination says:
      March 23, 2017 at 9:10 pm

      thankqs. <3

  3. Mary says:
    March 23, 2017 at 9:30 pm

    Mi bai ves v v rythi…

  4. Shaany says:
    March 23, 2017 at 9:41 pm

    V V reethi..

  5. imagination says:
    March 23, 2017 at 9:44 pm

    thanks @mary and @shaany

  6. Aish says:
    March 23, 2017 at 9:48 pm

    Adhi kithah part thr

    1. imagination says:
      March 23, 2017 at 10:06 pm

      dhen innaaani two more parts.. school hulhuvumuge kurin nimmaalan beynumi 🙂

  7. Thoofa says:
    March 23, 2017 at 10:54 pm

    Ma kuree genesdhey episode 🙁

  8. Shaainer says:
    March 23, 2017 at 11:10 pm

    Aye waau <3

    1. imagination says:
      March 24, 2017 at 12:07 am

      theynnnks <3

  9. Saandy says:
    March 23, 2017 at 11:25 pm

    Asthaa! Konkahala thaakuntha thi ninmaaly?? Nizaam ah nufeni Dhinin salaamaiy vejjeyyaa kithanmehaaves ran’galhu… Next partah eba v inthizaaru kurevey… Keep it up Imagination!! 🙂

    1. imagination says:
      March 24, 2017 at 12:06 am

      thanks saandy.. tbh, saandy ge comments fenunima m really happy. u r one of my favorite writers <3

    2. Saandy says:
      March 24, 2017 at 1:33 am

      ThanQ 🙂 Saandy ves v ufaavejje 🙂

  10. Naf says:
    March 24, 2017 at 12:08 am

    V lobi

    1. imagination says:
      March 24, 2017 at 1:20 am

      thanks naf <3

  11. shau says:
    March 24, 2017 at 1:55 am

    Masha Allah

    1. imagination says:
      March 24, 2017 at 1:04 pm

      <3

  12. ithoo says:
    March 24, 2017 at 2:59 pm

    Woww..kyp it up dearr.. ☺

    1. imagination says:
      March 24, 2017 at 3:24 pm

      thank u ithoo <3

  13. Green handi says:
    March 24, 2017 at 4:51 pm

    Alhe nimendhen story up kurachey I like reading it masha Allah story varah reethi

  14. Akkyy says:
    March 24, 2017 at 9:49 pm

    Kobaatha story

  15. Hoooooo says:
    March 24, 2017 at 11:52 pm

    ????????

Comments are closed.

All Right Reserved!