ދެމުން ދިޔަ ގަދަ އަވީގައި އަހަރެން ހިނގާފަ މިސްރާބު ޖެހީ ރަށުގެ ސާނަވީ މަދަރުސާައާ ދިމާއަށެވެ.މިއަދަކީ ހަމަ ގާއިމު ވެސް އަ.ހަންނަށް ވަރަށޮ ބޮޑު ދުވަހެކެވެ. ސަބަބަކީ އަހަރެންގެ ފަސް މަސްދުވަހުގެ މަސައްކަތުގެ ނަތީޖާ މިއަދު އަހަރެންގެ އަތަށް އަރާނެއެވެ. ތުއްތޮންބެގެ ފާޑު ކިޔުންތަކަށް މިއަދު އަހަންނަށް ރައްދު ޖަވާބު ދެވޭނެއެވެ. މާގިނަ މަސައްކަތަކާ ނުލައި ތޮއްޖެހިފައިވާ ގޭޓު ތެރެއިން އަހަންނާ އަހަރެންގެ ބެސްޓީ ގޭންގް ސްކޫލްތެރެއަށް ވަދެއްޖައީމެވެ.އެ ހަލަބޮލި ވަގުތުކޮޅަަށް ނިމުމެއް އައީ ޗީފް ގެސްޓް […]
ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
ދެ ދުވަހުގެ ބަންދަކަށްފަހު މިއަދު މިއީ އަނެއްކާވެސް ސުކޫލް ހުޅުވުނު ދުވަހެވެ. މިއަދުވެސް ހަމީހުން ސުކޫލަށް ވަދެގެން އައިއިރު އަންހެންކުދިން އުފާވެލާފައި ލޯތްބާއިއެކު ޔުއާންމެނަށް ހިނިތުންވެލާއިރު ދިމްރާމެނާއި ދިމާލަށް ބަލައިލަނީ ރުޅިވެރި ކަމާއި އެކުއެވެ. ހީވަނީ ދިމްރާމެން ތިބެންނުވާ މަޤާމެއްގައި ތިބީ ތީ އެކަމާ ރުޅިއައިސްފައި ތިބި ހެންނެވެ. އާއެކެވެ. ވާނީވެސް އެހެންތާއެވެ.ސުކޫލް ގިނަ އަންހެންކުދިންގެ “ޕްރިންސް” އަށް އެ ތިން ފިރިހެނުން ވެފައިވާއިރު ދިމްރާމެން އަބަދު އެމީހުންނާއިއެކު އުޅޭތީ ހަސަދަ ނުވެއެއް ނުދާނެ ތާއެވެ. މިއަދު […]
މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ. އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި […]
ހުދު ޓީޝާޓަކާއި ނެވި ބުލޫ ޖިންސެއް ލައިގެން އެ އަންނަނީ އިތުރު އެހެން މީހެއް ނޫނެވެ.އޭނާގެ ޔުއާންއެވެ.ޒީނަތުއަށް އޭރުވެސް ހުރެވުނީ ފެންނަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. އެތައް ބައެއްގެ އާދޭހަށްވެސް ޔުއާން މީގެ ކުރިން ވަނީ ޓީޝާޓް ލާން އިންކާރު ކޮށްފައެވެ.އެވަރަށް ޔުއާން އެކަމަށް އިންކާރު ކުރާއިރުވެސް ޒީނަތު އެކި ވައްތަރުގެ އަގު ބޮޑެތި ޓީޝާޓް ޔުއާންގެ ވާރޑްރޯބަށް ލާފައި ބަހައްޓަނީ ކޮންމެސް ދުވަހަކުން އެ ދަރިފުޅު އެ އެއްޗިސް ލާނެ ކަމުގެ އުއްމީދުގައެވެ.ނަމަވެސް މިވީހާ ތަނަށްވެސް […]
އިކުރާމުގެ އަތްދަނޑި މައްޗައް ސީމާ ނެގުމަށްފަހު އެތާހުރި އެނދުމަތީގައި ބޭއްވިއެވެ. އަދި އޭނާ ގެންގުޅޭ ސާމާނުތަކުން ކަތުރެއް ހިފައިގެން އައިސް ސީމާގެ އަންނައުތައް ކަފާ ކުދިކޮށްލިއެވެ. “ވާއު….ޖަޒް ވާއު..ޒީ އަށްވުރެވެސް ފުރިހަމަ..އަހަރެންގެ ބޭނުން ފުދުނީމަ ކަލޭވެސް ދާނެ އެ ޒީ އޮތްތަނަށް..އަހަރެން އޮންނާނެ އޭނަގެ ޕޯސްޓް މޯޓަމް ހަދާފަ ކަލެއާ އެއް ވަޅެއްގައި ވަޅުލަން ބާއްވާފަ..” ސީމާގެ ގައިމައްޗައް ޖެހިގަންނަމުން އިކުރާމު އޭނަ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަތް ޝަމާން […]
“އަހަންނަށް މާފުކޮށްދީ. އަހަރެންނަށް ފަޒޫއަށް ތަދު ކުރެވުނީމަ” ފަޒުނާގެ ކޯތާފަތުގައި ހިފައި ހަތަރުކަޅިހަމަ ކޮށްލަމުން އަޝްފާން ބުންޏެވެ. ފަޒުނާއަށް އިސްޖަހައިލެވުނެވެ. އަޝްފާންގެ އެތޫނު ބެލުމަށް އޭނާއަށް ކެތްނުކުރުވުނީއެވެ. އަދި އަޝްފާނަށް ފުރަގަސްދީ ބެލްކަންޏާއި ދިމާލަށް އެބުރެވުނެވެ. “އަހަންނަށް މާފްނުކުރިއަސް ޕްލީސް ނުރޮއެއި. އަހަރެނަށް ވެސް ރޮވިދާނެ އަންހެން ކުއްޖެއް ރޯތަން ފެނިފަ. އަދި އަމުދުން އަހަރެންނާއި ހެދި ނަމަ. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގައިގަ ޖަހާފައެއް ނޯންނާނެ. އެކަމަކު ރޭގަ ކޮއްކޮ ލާމިއު އާއި އެއްކޮށް ފެނުނީމަ […]
ހުޝާމްއަށް އެކަމެއް ޔަގީންވިއެވެ. އައިޝާ ދިޔަތަނަކަށް ދިއުމުގެ ފަހަތުގައި ހަބީބާގެ އަތެއް ވާކަން ޔަގީންކުރެވުނެވެ. އަދި ހާސްނުވުމަށް އެގޭ މީހުންނަށް ނަސޭހަތްތެރިވީ ﷲގެ އިރާދަފުޅާއެކު އައިޝަވީތާކުން ހޯދައިގެން ގެންނާނެކަމުގެ ޔަގީންކަން ދެމުންނެވެ. ގެއަށް ނުގޮސް އެންމެ ފުރަތަމަވެސް ހުޝާމް ދިޔައީ ޓެރަހަށެވެ. އައިޝާ އާއި ދޭތެރޭގައި ގޯސްގޮތަކަށް ދެކެވުނީތީ ހުޝާމް ދެރަވިއެެވެ. އައިޝާ ކަހަލަ ސާފުހިތެއްގެ ވެރިއަކު އެހާ ގޯސްކޮށް ނުވިސްނާނެކަން ހުޝާމްއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ. ހުޝާމް ދިއުމުގެ ކުރިން އެތާނގައި އައިޝާ އާއި އެކު […]
މިކްޔާއާއި އައުފްގެ ދިރިއުޅުމަށް އެޅެމުންދާ ކަޅު ހިޔަނީގެ އިންޒާރެއް އެމީހުންނަށް އިހުސާސެއް ނުކުރެވެއެވެ. އެހެން ނޫނީ ހުރިހާގޮތަކުން ސަމާލުވެ ތިބުމަށް އެދެމީހުންވެސް ވިސްނާނެއެވެ. ދުނިޔެއަކީ އަޖައިބެއްކަހަލަ ތަނެކެވެ. އެއްބަޔަކަށް އުފަލާއި ހިތްހަމަ ޖެހުން ލިބެމުންދާއިރު އަނެއް ބަޔަކު ކުރަމުންދާނީ ހިތާމައެވެ. އަނިޔާއާއި ހިތްދަތި ކަމެވެ. އެފަދަ ހިތްދަތި މީހުންގެ ތެރޭގައި އިކުރާމާއި ޒީޝާ ވާނެކަމާމެދު ޝައްކެތް ނެތެވެ. ޒީޝާއަށްވެސް އޭރު ޔަޤީން ކަމެއްނެތި ބުނެވުނު ވާހަކެއް މިހާރު އެވަނީ ހަޤީޤަތަކަށް ވެފައެވެ. އިކުރާމާއި ޒީޝާ ރާވަމުން އެދަނީ […]