Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ (ފަހުބައި)

Axoo Level 310 Stories100 Comments100 Login
April 10, 2017 8 Mins Read
39 Comments

ހުޝާމްއަށް އެކަމެއް ޔަގީންވިއެވެ. އައިޝާ ދިޔަތަނަކަށް ދިއުމުގެ ފަހަތުގައި ހަބީބާގެ އަތެއް ވާކަން ޔަގީންކުރެވުނެވެ. އަދި ހާސްނުވުމަށް އެގޭ މީހުންނަށް ނަސޭހަތްތެރިވީ ﷲގެ އިރާދަފުޅާއެކު އައިޝަވީތާކުން ހޯދައިގެން ގެންނާނެކަމުގެ ޔަގީންކަން ދެމުންނެވެ.

ގެއަށް ނުގޮސް އެންމެ ފުރަތަމަވެސް ހުޝާމް ދިޔައީ ޓެރަހަށެވެ. އައިޝާ އާއި ދޭތެރޭގައި ގޯސްގޮތަކަށް ދެކެވުނީތީ ހުޝާމް ދެރަވިއެެވެ. އައިޝާ ކަހަލަ ސާފުހިތެއްގެ ވެރިއަކު އެހާ ގޯސްކޮށް ނުވިސްނާނެކަން ހުޝާމްއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ.  ހުޝާމް ދިއުމުގެ ކުރިން އެތާނގައި އައިޝާ އާއި އެކު ހޭދަވި ވަގުތު ހުޝާމް ހަނދާންފެށިއެވެ. ދެކެވިފައިވާ ވާހަކަތައް ހަނދާންވުމުން ބައެއްފަހަރު ހެވޭގޮތްވެސްވެއެވެ. އައިޝާ ގެ އެމައުސޫމު މޫނު ލޯމަތިން ސިފަވާކަހަލައެވެ. އެލުއި ހިނިތުންވުމުގެ އަޑު ކަންފަތަށް އިވޭކަހަލައެވެ. އައިޝާ ބަނޑު މިހާރު ވަރަށް ބޮޑުވާނެ ކަންނޭނގެވެ. މިދުވަސްވަރަކީ ހުޝާމްގެ އެހީ އައިޝާއަށް އެންމެ ބޭނުންވާނެ ދުވަސްވަރެވެ. އައިޝާ ކޮބައިހެއްޔެވެ. ހުޝާމްއާއި އެހާ ދުރަށް ދިޔައީ ކީއްވެހެއްޔެވެ. ކާކު ކީކޭ ބުނީ ހެއްޔެވެ. އައިޝާ ހަމަ އެންމެ ފަހަރަކުވެސް ހުޝާމް މަތިން ހަނދާން ނުވަނީ ހެއްޔެވެ.

ބޮޑު ތައްޓަކަށް  ތެލުލި ބަނބުކެޔޮ އަޅައިގެން ހަބީބާ ކާންއިނީ ސޯފާމައްޗަށް ދެފައި އަރުވައިގެންނެވެ. ކަމުން ފޯނާ ކުޅެމުން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ހުޝާމް އެގެއަށް ވަދެގެން އައީ އެވަގުތުއެެވެ. ހުޝާމް ފެނުމުން ހަބީބާ ކައިފިންތޯ ސުވާލުކޮށްލިއެވެ. ހުޝާމް ބޯޖަހާލަމުން އައިސް ހަބީބާ ކައިރީގައި އިށީނދެ ބަނބުކެޔޮ ހަބީބާގެ ތަށިން ބަނބުކެޔޮ ފޮއްޗެއް ނަގާ ހަފާލިއެވެ.

“ހިތަށް މިއަރަނީ އައިޝާ އަނބުރާ ގެންނަން” ހުޝާމް ހަމަޖެހިލަމުން ބުނެލިއެވެ. އެވަގުތު ހަބީބާ އަނގައަށް ލާން އުޅުނު ބަނބުކެޔޮ ފޮތި ތަށިތެރެއަށް ވެއްޓުނެވެ. ހުޝާމްއާއި ދިމާއަށް ބަލާލި މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ބިރުވެރިކަމެވެ.

” ހަނދާން ނެތުނީތަ އޭނަ ހެދި ގޮތް.. ހުޝާމް އޭނައަށް އެންމެ ބޭނުންވި ދުވަހު އޭނަ ހުޝާމް ދޫކޮށްލާފަ ދިޔައީ.. އެވެސް ހުޝާމް ބޮލުގައި ތުހުމަތުތަކެއް އަޅުވާފަ” ހަބީބާ އެއިން ގޮތަށް އިނދެ ކިޔާލިއެެވެ.

” އައިޝާ އަހަރެން ދޫކޮށްލާފަ ދިޔައީތަ އެހެން ނޫނީ މަންމަ އޭނަ ފޮނުވާލީތަ” ހުޝާމް ބެލީ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯއެވެ. އެވަގުތު ހަބީބާ އަތުން ތަށި ދޫނުވީ ހަމަކިރިޔާއެވެ.

” ހު..ހުޝާމް މޮޔަވީތަ.. އަހަރެން ކީއްކުރަން ކޮންމެހެން އޭނަ ފޮނުވާލަނީ… ” ހަބީބާ ނޫންކަމަށް ހެދިލާފައި ބުންޏެވެ.

” އާދޭސްްކޮށްފަ ބުނަން މަންމާ.. އަހަންނަށް އޮޅުވާލަން ނޫޅޭ..އަހަންނަށް ހުރިހާ ހަގީގަތެއްވެސް އެނގިއްޖެ.. ކީއްވެތަ އަހަރެން އުފާތަކަށް މަންމަ ހުރަސް އަޅަނީ.. ކޮބާއަހަރެންގެ ކުށަކީ.. ކީއްވެތަ އަހަންނަށް އުފަލެއް ލިބެން މަންމަ ނޭދެނީ.. އަހަރެންމީ މަންމަގެ ދަރިއެއް ނޫންތަ. ކީއްވެތަ ދޮންދަރިއަކަށްވުރެވެސް ގޯސްކޮށް އަހަންނަށް ދޭތެރޭ ކަންތައްތިކުރަނީ.. ” ވާހަކަ ދައްކަމުން ދިޔަ ހުޝާމް އަޑު މަޑުމަޑު ރުއިމަކަށް ބަދަލުވާން ފެށިއެވެ. އިންތަނުން ތެދުވެ ހަބީބާ ކައިރީގައި ކުޑަކަކޫ ޖަހާ އިށިންދެލިއެވެ.

” ހެޔޮނުވާނެ މަންމާ.. އައިޝާއަކީ އަހަރެންގެ ފުރާނަ އަހަރެން ހިތްހަމަޖެހުން… އަހަންނަާ އައިޝާ އާއި ވަކި ނުކުރޭ.. އެއީ އަހަރެންގެ އަލަތު ލޯބިި.. އައިޝާއާއި ވަކިން އުޅުމަކީ އަހަންނަށް ފެންނެތް ސަހަރާއެއްގައި އުޅުން ކަހަލަ ކަމެއް.. ﷲގެ ރަސްކަންފުޅަށްޓަކާ އަހަންނަށް ބުނެދީ އައިޝާވީތަނެއް” ހުޝާމް ރޮމުން އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް ހަބީބާ އަނގައިން ޗުއްޕުއެކޭ ވެސް ނުބުންޏެވެ. އިރުގަނޑެއްވަންދެން ރުއިމަށްފަހު ހުޝާމް މޫނުފޮހެލަމުން އިންތަނުން ތެދުވިއެވެ.

” އެންމެ ރަނގަޅު މަންމާ.. މިރޭ އަޅުގަނޑު މިއުޅެނީ ސިންގަޕޫރަށް ފުރަން ވެގެން.. ދެން ދުވަހަކުވެސް އެނބުރި ނާންނަ ގޮތަށް.. އެކޮޅުގަ ހުއްޓަސް އަހަރެން މަންމަމެންގެ ހަބަރު ބަލާނަން.. އަދި މަންމަމެނަށް ދަތިވއްޔާ އެހީވެސް ވާނަން.. އެކަމަކު އަހަރެން މަންމަމެނަކަށް ހަބަރެއް ނުވާނަން.. ނުވެސް ފެންނާނަން” މިހެން ބުނެ ހުޝާމް އެނބުރި ދާން ހިނގައިގަތެވެ. އޭރު ހަބީބާ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ.

” ނޫން ދަރިފުޅާ އެހެން ނުހަދާ.. މަންމަ ކިހިނެއް ދަރިފުޅާ ނުލާ އުޅޭނީ،…” ހަބީބާ ރޯންފެށިއެވެ.

” އެހެންވީއިރު އަހަންނަށް ބުނެދީ އަހަރެންގެ އައިޝަ ވީތަނެއް” ހުޝާމް ހަބީބާއާއި ދިމާއަށް އެނުރެމުން ބުންޏެވެ.

” މަންމައަކަށް ނޭގެ.. ލޫޝާ ނިޔާވި ހަބަރު ލިބުނު ދުވަހު މަންމަ އައިޝާ ގެއިން ނެރެލީ.. މަންމަ އޭނަ ކޮއްޕާލި ވަގުތު އޭނަ ތިރިއަށް ވެއްޓި ޕޭމެންޓްމަތީގައި ބޯޖެހުނު.. ފުރަތަމަ މަންމަ އަޅާނުލާ ވަނަސް ދެވަނަ ފަހަރަށް ނިކުތިން.. އޭރު މޫނު ބުރުގާ އަޅައިގެން ހުރި އެހެންމީހަކު އައިޝާ ގޮވައިގެން ކާރަށް އަރުވައިގެން ދަނީ.. ހިބާ އައިޝާ ކޮބާހޭ ބުނުމުން  ދޮގުހެދީ ދަރިފުޅު މަންމަދެކެ ރުޅިއައިސް ދާނެތީ… މަންމައަށް މާފުކުރޭ” ހަބީބާ ހުޝާމްގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް އޭގެކުރިން ހުޝާމް ދުރަށް ޖެހިލިއެވެ. ހަބީބާ އައިޝާއަށް ޖެއްސި ނިކަމެތި ހާލު އެނގުމުން ހުޝާމްއަށް ކެތްވަނީކީ ނޫނެވެ. އެވެސް އައިޝާ ބަނޑުގައިވާ ދަރިފުޅަށް ބެލުމެއްނެތިއެވެ.

” މަންމަ އައިޝާ އެގޮތަށް ކޮއްޕާލުމުގެ ކުރިނ ވިސްނާލިންތަ އޭނައަށް ވާނެ ތަދު.. މަންމައަށް އެނގޭތަ އައިޝާ ބަނޑުބޮޑުކަން” ހުޝާމްގެ ފަހު ޖުމްލައާއިއެކު ހަބީބާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ހަބީބާއާށް އައިޝާ ބަނޑުބޮޑުކަން އެނގޭނަމަ އެހެނެއް ނުހެދީހެވެ. ހުޝާމް އިތުރަށް ބަހެއް ނުބުނެ އެތަނުން ދިޔައީ މަޔަކާ ދިމާއަށް ބުނުން އެކަށީގެން ނުވާ އެއްޗެއް ބުނެވިދާނެތީއެވެ. ގެއިން ނިކުތް ވަގުތު އެގެއަށް ވަންނަން އައި ހަބްޝާ ގައިގާ ނުޖެހުނީ ހަމަކިރިޔާއެވެ. ހަބްޝާއަށް ހުޝާމްގެ މޫނު ފެނުމުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާކަން އެނގުނެވެ. އެރަތްވެފައިވާ ދެލޯ ވަނީ ފެންކަޅިވެފައެވެ. ހަބްޝާއާއި ވެސް ބަހެއްނުކިޔާ ނުކުމެގެން ދިޔައީއެވެ. އެތެރެއަށް ވަން ހަބްޝާއަށް ހަބީބާގެ މޫނުމަތިންވެސް ފެނުނީ ހިތާމައިގެ އަސަރެވެ. ހަބްޝާ އެހުމުން ހަބީބާ ތެދުތެދަށް ކަން ހިނގައި ދިޔަގޮތް  ހަބްޝާއަށް ކިޔައިދިނެވެ.

“ހަބީބާއަށް އެނގޭތަ ލޫޝާ މަރުވުމުގެ ކުރިން އަހަންނަށް ކުރި ވަސިއްޔަތެއް.. ލޫޝާ އަހަންނާއި ހާމިދު ކައިރިން އެދުނީ ފަސްވަގުތު އަދާއަށް ނަމާދުކޮށް ގުރުއާން ކިޔެވުމަށް.. އަދި އައިޝާއަކީ އަހަރުމެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކުމަށް.. ފުރަތަމަ އެދުނު ކަންތައް އުނދަގުނުވިޔަސް އައިޝާއާއި ދޭތެރޭ އެގޮތަށް ވިސްނަން އަހަންނަށް އުނދަގުވި.. އެކަމަކު ބަރާބަރަށް ނަމާދުކޮށް ގުރުއާން ކިޔަވައި ހެދި ވަރަކަށް އަހަރެންގެ ހިތް މަޑުމޮޅިވާންފެށި.. ގުރުއާނުގެ ތަރުޖަމާ ކިޔަންފެށުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަންފެށި.. ކުރިން އުޅެވިފައި ހުރިގޮތާމެދު ހިތާމަކޮށް ތައުބާވިން.. ހަބީބާ.. ހިތުގައި ތިވާ ހަސަދަ ފިލުވާލާފައި ނިކަން ފަސްވަގުތު ނަމާދުކުރަން ފަށާބަލަ.. ގުުރުއާން ކިޔަވއި އިސްލާމް ދީނާއި މެދު އިތުރަށް އުނގެނެން މަސައްކަތް ކޮށްބަލަ.. ލިބިފައިވާ ހިތްހަމަނުޖެހުން ފިލުވާލުމަށް ހަބީބާމެން ލަވައެއް އަޑުއަހާލާ ނަށާލާ ހެދުމުގެ ބަދަލުގައި ނިކަން ނަމާދުން ހިތްހަމަޖެހުން ހޯދަބާ.. ގަބޫލުކުރޭ.. ލަވައިން އެލިބެނީ ހިތްހަމަޖެހުމެއްނޫންކަމާއި ހަގީގީ ހިތްހަމަޖެހުމަކީ ނަމާދުން ލިބޭ އެއަޗެއްކަން އެނގިގެންދާނެ.. އަހަރުމެން ސަޖިދައަށް އެއޮންނަ ވަގުތުގައި އަހަރުމެންގެ މައްޗަށް އޮހޭ ރަހުމަތް އެނގޭނަމަ އެސަޖިދައިން ތެދުވާކަށް ވެސް ބޭނުމެއްނުވާނެ.. އަހަންނާ ހަގީގީ ހިތްހަމަޖެހުމަކީ ކޮބައިކަން އެނގުނީ ނަމާދުކޮށް ﷲ ސުބްހާނާހޫ ވަތައާލާ އެންގެވިގޮތަށް އުޅެން ފެށުމުން.. ” މިހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު ހަބްޝާ ލޯވަނީ ފެންކަޅިވެފައެވެ. ހަބީބާ އިސްޖަހާލައިގެން އިންއިރު އެލޮލުން ކަރުނަ ނުހިކެއެވެ.

ފަހަތުގައި އަޑުއަހަން ހުރި ހައިފާވެސް ވަނީ ފެންކަޅިވެފައެވެ. އުޅެވުނު ގޮތުން މާތރަސްކަލާނގެ މާފެއް ނުލިބޭނޭ ހިތަށް އަރަމުން ދިޔައެވެ . ހައިފާއަށް އޮތް ތަނަކީ ނަރައޭ ވެސް ހިތަށް އެރިއެވެ.

އަނެއްދުވަހު ހައިފާ ކޮލެޖަށް ދިޔައީ ދުވަސްގަނޑެއް ފަހުންނެވެ. އެންމެ ފުރަތަމަވެސް ހައިފާ ބައްދަލުކުރީ ބަނޑުގައިވާ ދަރިފުޅގެ ބައްޕައާއި އެވެ. ހައިފާ ބަނޑުބޮޑު ވާހަކަ ބުނުމުން ފެށީ މަލާމަތްކުރާށެވެ. އެއީ އޭނަގެ ދަރިއެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނަމުންނެވެ. އެންމެންތެރޭ ހައިފާ ލަދު ގަންނަވާ މުޅި ކޮލެޖްތެރޭގައި އެވާހަކަ ފަތުރާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. އެންމެ ފަހުން ކޮލެޖްގެ ޕްރިންސިޕަލްއަށް ވެސް އެވާހަކަ އިވި ހައިފާ އޮފީހަށް ގެންގޮސް ތެދު ދޮގު ބަލާ ކޮލެޖުން ވަކި ކުރިއެވެ. ކަންމިގޮތަށްވުން ވީ ހައިފާއަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އެންމެން މަލާމާތް ހައިފާއަށް ރައްދުވަމުން ދިޔައިރު އަނެއްބަޔަކު ހައިފާއަށް ހަޑި އެއްޗެހި ގޮވަނީއެވެ.

ގެއަށް ދިއުމުގެ ބަދަލުގައި ހައިފާ ކޮލެޖްގެ ޓެރަސްއަށް އެރިއެވެ. އެވަގުތު ހައިފާއަށް އެއްވެސް އެއްޗެއް ނިވިސްނޭ ކަހަލައެވެ. ބޭނުންވީ އެއްވެސް މީހެއް ނުފެންނަ ހިސާބަށް ދާށެވެ. ޓެރަސް މަތީހުރެ ހައިފާ ތިރިއަށް ބަލާލިއެވެ. އެހިސާބުން މީހުންވެސް ފެންނަނީ ކުދި ކަނޑާތަކެއް ހެންނެވެ. ދެލޯ މަރާލަމުން ދެއަތް މުށްކަވާލިއެވެ. އަދި އެއްފައި ޓެރަހުން ބޭރަށްލިއެވެ. ހައިފާ ފުންމާލަން އުޅުނުވަގުތު ފަހުތުން ކޮންމެވެސް މީހަކު ހަިއފާގެ އަތުގައި ހިފާ ފަހަތަށް ދަމައިގެތެވެ. ހައިފާ ސިއްސައިގެން ލޯހުޅުވާ ބަލާލިއިރު ކުރިމަތީގައި ހުރީ އީޝަލްއެވެ.

” ކީއްވެ އަހަރެން ސަލާމަތް ކުރީ އަހަރެން ބޭނުމެއް ނޫން މިގޮތަށް ދިރިއުޅޭކަށް.. އަހަރެން ކުރި ފާފަ ދުވަހަކުވެސް ނުފުއްސަވާނެ” ހައިފާ ރޮމުން ރޮމުން ބުނެލިއެވެ. ހައިފާގެ ހާލުފެނި އީޝަލް ދެރަވިއެވެ. ހައިފާ ޓެރަހަށް އެރިތަން އީޝަލްއަށް ނުފެނުނު ނަމަ ހައިފާ ދުނިޔަވެރި ނުވީސް ކަންނޭނގެއެވެ. އީޝަލް ރޮއެރޮއެ ހުރި ހައިފާ ގޮވައިގެން ގޮސް އެތާ ހުރި މޭޒެއްކައިރީގައި އިށީނދެލިއެވެ.

” އަހަންނަށް އެނގޭ އަހަންނަކީ ހައިފާ އެހާ ގަޔާވާ މީހެއް ނޫންކަން.،. އެކަމަކުވެސް އަހަރެން ހައިފާ ކައިރީ ދެތިން ވާހަކައެއް ބުނެލާނަން” އީޝަލް މިހެން ބުނުމުން ހައިފާ އީޝަލްއާއި ދިމާއަށް ބަލާލީ އަހަރެން މިހިރީ އަޑުއަހަންށޭ ބުނާފަދަ ގޮތަކަށެވެ.

އަމިއްލައަށް މަރުވުމަކީ ބޮޑުފާފައެއް ކަމާއި އެފާފައިގެ ބޮޑުކަން ކިޔައިދިނެވެ. އަދި އެކަމާ ގުޅޭ ގޮތުން ގުރުއާނުގެ ބައެއް އާޔަތާ އެއާޔަތްތަކުގެ މާނަވެސް ކިޔައިދިނެވެ. އަމިއްލަ ނަފްސު ގަތުލު ނުކުރުމަށާއި މާތްﷲއީ އަޅުންނަށް ރަހުމްކުރާ ކަލާންގެ ކަން ގުރުއާނުގައި ބަޔާންކުރައްވާފައިވާކަން ކިޔައިދިނުމުން ހައިފާއަށް ބާރަށް ރޮވުނެވެ. އަދި އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫންކަމުގައިވެސް ބުނެދިނެވެ. މައިންބަފައިން ހައިފާއާއި މެދު ދެކެފައިވާ ހުވަފެންތައް ފުނޑުފުނޑުކޮށްލުމގެ އެއްވެސް ހައްގެއް ހައިފާއަށްބލިބިގެން ނުވަ ކަމަށް ބުންޏެވެ. އަދި އެކަލާނގެއީ ފާފަކުރުމަށްފަހުގައިވެސް ފުރިހަމަ ތައުބާއަކުް ތައުބާ ވެއްޖެނަމަ ތައުބާ ގަބޫލުކުރައްވާ ރަސްކަލާންގެ ކަމާއި އެކަލާންގެއީ އަޅުންދެކެ ލޮބިވެވޮޑިގެންވާ ކަލާންގެ ކަމުގައިވެސް ބުންޏެވެ. އެތަކެއް އިރުވަންދެން މިގޮތުގައި އީޝަލް ހައިފާއަށް ވިސްނައިދިނުމުގައި އިނެވެ.

އެވަގުތަށް ހައިފާގެ ހިތގައި އީޝަލްއަށް ޓަކާ އޮތް ަފްރަތު ފޮހެވިގެން ދިޔައެވެ. އީޝަލްއަށް އެތަކެއް ޖެއްސުމެއް ކުރުމަށްފަހުގައިވެސް އެންމެން ހައިފާ ބާކީކޮށްލި ދުވަހު ހައިފާއާއި އެއްކޮށް ހުރި މީހަކީ އީޝަލްއަށް ވުމުން ހައިފާއަށް އީޝަލް އަށް އިހްތިރާމް ކުރެވެން ފެށުނެެވެ. އީޝަލް އަިއޝާގެ އަތުގައި ހިފައިގެން ދާން ހެލިލި ވަގުތު ހައިފާ މަޑުޖެހުނެވެ. ފުރިހަމަ ތައުބާއަކުން ތައުބާވުމުގެ ކުރިން ކުރެވުނު ބޮޑުކުށައް އިއުތިރާފް ވާން ބޭނުމެވެ.

” އީޝަލް އަހަންނަށް މާފުކުރޭ.. އަހަންނަށް ވަނީ އީޝަލްއާއި އީޝަލް އާއިލާއަށް ވަރަށް ބޮޑު އަނިޔާއެއްވެފަ..” އީޝަލް ގިސްލަމުން ބުންޏެވެ. އީޝަލް ނިތްކުރިއަށް ރޫއަރައިގެން ދިޔައެވެ.

” ދޮންބެދައްތަ ފޮނުވާލީ އަހަރެންވެސް އެއްބައިވެގެން.. އީޝާލްގެ މަންމަ އެރަށުން ފޮރުވައިގެން ގެނައީ އަހަރެންގެ މަންމަ.. މޮޔަވުމަކީ އިޝާލްގެ މަންމަ ޖެއްސި ފޭކެއް.. އަހަރެންގެ މަންމައާއި އީޝަލްގެ މަންމަ އެއްބައިވެގެން ދޮންބެދައްތަ ފޮރުވީ.. ލޫޝާދޮންތަ ނިޔާވިދުވަހު މަންމަ ދޮންބެދައްތަ ގެއިން ނެރެލީ.. އަދި އީޝަލްގެ މަންމައާއި ހަވާލުކުރީ.. މަންމަގެ އެދުމުގެ މަތިން އަހަރެން ދޮންބެދައްތަ ފޯނުފޮރުވީ.. އަދި ދޮންބެދައްތަ ފަހުން ގަތް ފޯނުން އީޝަލް ފޯނަށާއި ދޮންބެެ ފޯނަށް މެސްޖެ ކުރީ..އަހަންނަށް މާފުކުރޭ އީޝަލް.. އެއީ އަހަރެން މަންމަ ބުނެގެން ކުރިކަމެއް..” ހައިފާ އިސްޖަހާލައިގެން ހުރެ ކިޔަމުން ދިޔައީ އީޝަލްއާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ. ހައިފާގެ ވާހަކ ތަކުން އީޝާލްއަށް ޝޮކަކަށްފަހު ޝޮކެއް ލިބެމުން ދިޔައެވެ. މިވާހަކަ ޖެހޭނީ ކޮންމެ ގޮތަކންވިޔަސް ހުޝާމްއަށް އަންގާށެެވެ. އައިޝާ ސޮފިއްޔާގެ ވަކިތަކުން ސަލާމަތްކުރެވޭނީ ހުޝާމްއަށް އެކަންޏެވެ. އައިޝާގެ ފުރާނައަށް ފެންބޮވައިގަނެފައިވާ ސޮފިއްޔާ މިހާރު އައިޝާ މަރާނުލާކަމެއްވެސް ނޭނގެއެވެ.

” އަހަންނަށް ހައިފާއަށް މާފުކުރެވޭނި ދޮންތަވީތަނެއް އަހަންނަށް ހޯދައިދިނީމަ.. ވީހާވެސް އަވަހަކަށް ދޮންތަ ހޯދަންޖެހޭނެ އެހެންނޫނީ މަންމަ ދޮންތަ މަރާލާނެ” އީޝަލްގެ ހާސްކަން ބޮޑުވަމުން ދިޔައެވެ.

” މަންމައަހަރެން ކައިރިއަކު ނުބުނޭ.. އަހަންނަށް އެނގޭ ނަމަ އަހަރެން ބުނީމުސް.. މަންމަލައްވާ އެކަން ހޯދޭނީ ދޮންބެއަށް އެކަނި.. އިއްޔަގަވެސް ދޮންބެދައްތައާއި އަޅާ ދޮންބެ މަންމަކައިރީގަ ވަރަށް އާދޭސްކުރި..” ހައިފާ ބުންޏެވެ. މިހެން ބުނެ ހައިފާ ހުޝާމް ފޯނަށް ގުޅެއެވެ. ފޯނު ނިއްވާލާފައި އޮތުމުން ހަބީބާއަށް ގުޅާ ހުޝާމް ކޮބައިތޯ ސުވާލުކުރިއެވެ. ހަބީބާ ރޮމުން ބުނީ ހުޝާމް ގެއިން ނިކުމެގެން ގޮސްފިކަމުގައެެވެ.

” ނޫން.. ކޮންމެހެނެއްވެސް ދޮންތަބެ ހޯދަންޖެހޭނެ.. ޕްލީޒް ހައިފާ ހެލްޕްމީ ޕްލީޒް” އީޝަލްއަށް ރޮވެން ފެށުނެވެ. ހައިފާ ފޯނަށް ހިބާގެ ފޯނެއް އައީ އެވަގުތުއެވެ. ހިބާ ބުނީ ހުޝާމް ހަބީބާދެކެ ރުޅިއައިސްދެކެ ރުޅިއައިސްގެން އެގެއިން ނިކުމެގެން އެގެއަށް ދިޔަވާހަކައެވެ. އެހެން ކަމުން އީޝަލްއާއި ހައިފާ ލަސްތަކެއް ނުކޮށް ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

ހުޝާމްއަށް މިވާހަކަ ކިޔާދިނުމާއެކު ހުޝާމްގެ ލޭހޫނުވި ކަހަލައެވެ. އައި ރުޅިމަތީގައި އަނެއްކާވެސް އެގެއާއި ދިމާއަށް ދިޔައެވެ. ފަހަތުން އީޝަލްއާއި ހާރޫނު އިތުރުން ރިޒްވާނާއި ހިބާވެސް ދިޔައެވެ. ހުޝާމް ފެނުމާއެކު ހަބީބާ ދުވެފައި ހުޝާމްކައިރިއަށް އައެއެވެ. އަދި ހަބީބާއަށް މާފުކުރުމަށް ބުނަމުން ދިޔައެވެ. ހުޝާމް ކޮށްލީ އެންމެ ސުވާލެކެވެ. އައިޝާއަށް ވީތަނެކެވެ.

” މަންމަ މިއުޅެނީވެސް ތިވާހަކަ ބުނަންވެގެން.. މަންމަ ސޮފިއްޔާ ފޯނަށް ވަރަށް ގުޅައިފިން.. އެކަމަކު އޭނަ އައިޝާ އަބުރާދޭން އިންކާރުކޮށްފި.. ދަރިފުޅާ މަންމައަށް މާފުކުރޭ މަންމައަށް ހެޔޮގޮތް ވިސްނިއްޖެ.. ” ހަބީބާ ބުންޏެވެ.

” އައިޝާ ކޮންތާކުވީ” އަނެއްކާވެސް ހުޝަމް ސުވާލު ތަކުރާރުކޮށްލިއެވެ.

“ވިލިގިނލީ ކުނިކޮށި ކައިރީގައި ހުރި ގެއެއްގައި ސޮފިއްޔާ އައިޝާ ގެންގުޅެނީ” ހަބީބާ ކުށްވެރިއަކު ފަދައިން ބުންޏެވެ. ހުޝާމް ފުންނޭވައެއް ދޫކޮށްލަމުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.

” މަންމަ ހަނދާންކުރާތި. އަހަރެންގެ އައިޝާއާއި އޭނަ ބަނޑުގައިވާ އަހަރުމެންގެ ދަރިފުޅަށް ކަމެއްވެއްޖިއްޔާ އަހަރެން ދުވަހަކުވެސް މަންމައަށް މާފެއް ނުކުރާނަން..” ހުޝާމް ޖުމްލައިން އެތާ ތިބި އެންމެން ސިހިގެން ދިޔައެވެ. އައިޝާ ބަނޑުބޮޑުކަން އެމީހުންނަށް އަދި އެނގުނީއެވެ.

އެއަށް ފަހު އެންމެ ހިދުކޮޅަކުވެސް މަޑުުނުކޮށް އެހެން އެންމެނާއެކު ހުޝާމް ވިލގިއްޔާ ދިމާއަށް މިސްރާބުޖެހިއެވެ. އަދި ޕޮލިހުންނަށް ގުޅާ އެމީހުންގެ އެހީއަށްވެސް އެދުނެވެ.

ގޭތެރޭގައި ވާހަކަ ދައްކަން ހުރި ސޮފިއްޔާ ފޯނު އެއްްލާ ފާރުގައި ޖެހީ އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުންނެެވެ. އައިޝާ އޭނަގެ ކިބައިން ހަބީބާއަކަށް ވެސް ނުކުރެވޭނޭ ބުނެލީ ހަރުއަޑުންނެވެ.  އެއަށްފަހު ބަލާލީ ކުރިމަތީގައި ކުޑަ ކޮޓަރިއަށެވެ . ޖީބުން ތަޅުދަނޑިފައްޗެއް ނަގާ ކޮޓަރި ހުޅުވާލިއެވެ.

އެއްވެސް ކަހަލަ އިތުރު ސާމާނެއް ނެތް އަނދިރި ގުދަނެއްފަަދަ އެކުޑަ ކޮޓަރިތެރޭ ތިރީގައި އިށީދެ ފާރުގައި ބޯޖައްސާލައިގެން އައިޝާ އިނެވެ. ފާރުގައި ޖަހާފައި ހުރެ ބޮޑު ދަގަނޑުގަނޑުގައި ބޮޑު ޗޭނުގަނޑެއްޖަހާ އޭތި އައިޝާގެ ފައިގާ އައްސާލާފައިވިއެވެ. މީހެއްގެ ހިލަމެއްވުުމުން އައިޝާ ބަލާލީ ވަރަށް ވަރުދެރަ ގޮތަކަށެވެ. ބަނޑުގައި އަތް އަޅާލީ ސޮފިއްޔާގެ ކިބައިން އެކުއްޖާ ރައްކާތެރުކުރާށެވެ. ވޭތުވެދިޔަ ހަތަރުމަސްދުވަހު ތެރޭގައި ސޮފިއްޔާ ފެނުމުން އައިޝާ މުޅިންވެސް ކަންތައްކުރަނީ މިހެންނެވެ.

” މިވީހާ ދުވަހު އަހަރެން ކަލޭގެ ބަނޑުގައިވާ ދަރިފުޅު މަރާނުލާ މިހުންނަނީ ކީއްވެގެން ކޮންމެ ދުވަހަކުވެސް ކަލޭ ކައިރީ ބުނަމެއްނު.. އަހަރެން ބޭނުންވީ ތިކުއްޖާ މިދުިޔެއަށް އުފަންކޮށް ކަލޭ މަރާލަން.. އަދި ކަލޭގެ ކުއްޖާވެސް އަހަރެންގެ އަޅަކަށް ހަދައިގެން ގެންގުޅެން.. އެކަމަކު މިއަދު އެގޮތަށް ވާކަށް ނެތް.. އެހެންވީމަ ކަލޭ މަރާލަން އިތުރަށް ލަސްކުރަނީ ކީއްކުރަން..” ސޮފިއްޔާ ރުޅިއައިސް ރަތްވެފައި ބުނެލިއެވެ. އައިޝާ ރޮންފެށީ އެހެން ނުހަދާށޭ ބުނަމުންނެވެ. މަރުވެދާނެތީ ބިރުންނެއް ނޫނެވެ. ބަނޑުގައިވާ ދަރިފުޅަށް ޓަކައެވެ. ބަނަޑުގައި ދެއަތް ވަށާލާއި ބާރުކޮށްލީ ދަރިފުޅާ ވަދާއީ ސަލާމްކުރާފަދައަކުންނެވެ. އެވަގުތު އައިޝާއަށް ފަހަރަކު މީހެއްގެ މޫނު ސިފަވަމުން ދިޔައެވެ. ވަދާއީ ސަލާމް ކުރުމުގެ ފުރުސަތެއްވެސް ނުލިބި މިޖެހެނީ އެންމެންނާ ވަކިވެގެން ދާށެވެ.

……………………………

ކުނިކޮށި ސަރަހއްދަށް ހުޝާމްއާއި ހާރޫނު ދިޔައި ފުލުހުންނާއި އެކީގައެވެ. އެެހެން މީހުން އެހިސާބަށް ދިޔައީ ބަގީއެއްގައެވެ.

އެހިސާބުގަނޑުމީހުންކައިރީ ސުވާލުކުރީ މިހިސާބުން މޫނު ބުރުގާ އަޅައިގެން އުޅޭ މީހެއްގެ ގެއެހިސާބުގައި ހުރޭތޯއެވެ. ވަރަށް ގިނަ މީހުންނާއި ސުވާލުކުރުމަށް ފަހު އެތަނުން އެކަކު ހުޝާމް މެން ގޮވައިގެން ގޮސް ދެއްކީ ބާވެ ހަސްނެތީފައިވާ ގެގަނޑެކެވެ. އެމީހާ ބުނިގޮތުގައި ކުނިއަކާލަން އަންނަން ބައެއްދުވަސްދުވަހު މޫނުބުރުގާއެޅި އަންހެނެއް ގޮނޑުހޮވަން އުޅޭތަން ފެނެއެވެ. އަދި އެއަފަހަރަކު އެމީހާއަށް ފާރަލި ދުވަހަކު އެމީހާ އައިސް ވަނީ މިގެއަށް ކަަމަށެވެ.

……………………………

ސޮފިއްޔާ އައިޝާގެ އަނގައިގަ ހިފާ ފިތާލުމަށްފަހު އިސްތަށިގަނޑުގައި ހިފާފައި ކޮޅަށް ނެގިއެވެ އަދި އަނގައިން ދޫކޮށްލަމުން މޫނުމަތީގައި ތިން ހަތަރު ފަހަރު ޖެހިއެވެ. ދުވަހަކުވެސް ނުގޮވާ ވަރަށް އައިޝާ އާއި ދިމާއަށް ހަޑި އެއްޗެހި ގޮވަމުން ދިޔައެވެ. ގޮށްމުށުން އައިޝާގެ އަނގަމަތީގައި ޖެހިޖެހީނުން ތުންފަތް ފަޅައިގެން ގޮސް ބައެއްދަތްތަކުންވެސް ލޭ އަންނަންފެށިއެވެ. އޭރު އައިޝާ ގައިގެ ވަރުދޫވެއްޖެއެވެ. މަންޒަރުތައް ފުސްވާން ފެށިއެވެ. ސޮފިއްޔާ އެވަރުންވެސް ނުފުދިގެން އައިޝާގެ ބަނޑުމަތީގައި ގޮށްމުށުން ޖެހިއެވެ. އައިޝާއާ ވީތަދުން ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

އައިޝާގެ ވޭނީ ހަޅޭކުގެ އަޑު އެގެއަށް ވަދެގަތް ހުޝާމެންނަށް އިވިގެން ދިޔައެވެ. ކޮންމެވެސް ބޮޑު ވޭނެއްގެ ތެރޭގައި އައިޝާ އުޅޭކަން އެނގުމުން އީޝަލްއަށް ރޮއެގަނެވުނެވެ. ހިބާއާއި ހައިފާއަށްވެސް އަނގަމަތީގައި އަތްއަޅާލެވުނެވެ. ހުޝާމް ދުވެފައި ގޮސް އެކޮޓަރީ ދޮރުމައްޗަށް އެރި ވަގުތު ފެނުނު މަންޒަރުން ދުނިޔެއިން މޮޔަވި ކަހަލައެވެ. ލޯބިވާ އައިޝާ ތިރީގައިވާ ވެއްޓިފައި އޮތްއިރު ބަނޑުގައި ހިފަހައްޓައިގެން އޮވެ ތެޅެމުން ފޮޅެމުންދިޔައެވެ. އެތަނަށް ވަންނަން އުޅުނު ފުލުހުންނަށް ހުޝާމް އަތުގެ އިޝާރާތުން މަދުކުރުމަށް ބުންޏެވެ. އަދި ސޮފިއްޔާގެ އަތުގައި ހިފާ ނެރެ ޕޮލިހުންނާ ދިމާއަށް ކޮއްޕާލުމަށްފަހު ހުޝާމް ލައިގން ހުރި ގަމީސްބާލާ އައިޝާ ބޮލުގައާއި ކަރުގައި އޮޅާލިއެވެ. އޭރު އެހެން މީހުންނަށްވެސް އެތަނަށް ވަދެވިއްޖެއެވެ. އޭރު އައިޝާ ގައިން ވަނީ ހަބަރު ހުސްވެފައެވެ. އައިޝާގެ ހާލަތު ފެނި އެންމެނަންނަށް ވަނީ ރޮވިފައެވެ. އީޝަލްގއ އިތުރުން ހިބާއާއި ހައިފާއަށްވެސް ރޮވެމުން ދިޔައެވެ.

ލަސްތަކެއް ނުކޮށް އައިޝާ ހޮސްޕިޓަލަށް ގެންދެވުނެވެ. އެންމެންގެ ހިތްވަރު އެިގެން ދިޔައީ އައިޝާ އަދި ދަރިފުޅުގެ ހާުވެސް ވަރަށް ކްރިޓިކަލް ކަމުގައި ބުނުމުންނެެވެ. ހުޝާމް ނަމާދަށް އަރާ ރޮއެފައި އައިޝާއާއި އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި މާތްﷲ ގެ ހަޒްރަތުގައި ދުއާ ދެންނެވިއެވެ. ހުޝާމްއާއި އެއްފަދައިން ދެންތިބި މީހުންވެސް އައިޝާ ސަލާމަތްކޮށްދެވުން އެދި ދުއާ ކުރިއެވެ.

އިރުގަނޑެއްފަހުން ޑޮކްޓަރުން ދިން ހަބަރުން އެންމެން ތިބީ އުފަލުން ހަލާކުވާވަރުވެފައެވެ. އައިޝާއާއި އައިޝާގެ ދަރިފުޅުވެސް ނުރައްކަލުން ސަލާމަތް ކުރެވިއްޖެއެވެ. އެންމެވެސް ހިތާހިތުން ﷲއަށް ހަމްދުކުރިއެެވެ. ހުޝާމް އެތަަނުގައި ހުރެ ޝުކުރުގެ `

ހަބީބާ އައިޝާކައިރިން ރޮއެފައި މާފަށް އެދުނެވެ. ހުޝާމް ކައިރިންނާއި އައިޝާގެ އާއިލާ މީހުންކައިރިންވެސް މާފަށް އެދުނެވެ. ހަބީބާ ހީކުރި ގޮތާ ހިލާފަށް އެންމެންވެސް ހަބީބާއަށް މާފުކުރިއެވެ. އެއަށް ފަހު ހަބީބާ ނެރެލިދޮރުން އައިޝާ އެގެއަށް ވެއްދީވެސް ހުދު ހަބީބާއެވެ. މައެއްގެ ފަރާތުން ދުވަހަަކު ނުލިބޭހާ ލޯބި ހަބީބާގެ ފަރާތުން އައިޝާއަށް ލިބެމުންދިޔައެވެ، ހަބީބާގެ އިތުރުން ހަބްޝާއާއި ހާމިދުވެސް އައިޝާއަށް އެހާ ހެވެެވެ. ހަބީބާވެސް އައިޝާއާއި ދޭތެރޭގަ ކަންތައްކުރަނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. މިއަދު އައިޝާގެ ހުރިހާ ހިތާމައް ނިމުމަކަށް އައިކަހަަލައެވެ.

5މަސްފަސް

ހިތާމަވެރި ދުވަސްތަކަކަށްފަހު ލަކީޕެލެސް އަށް ބަހާރު މޫސުން އައިސްގެން އުޅޭކަހަލައެވެ. މާމަ ދަރި އުފަންވުމުގެ އުފަލުގައި ހަބީބާ އުފަލުން ހަލާކުވަނީއެވެ. މިއަދަކީ އެކުއްޖާއަށް ނަންކިޔަން ހަމަޖެހިފައިވާ ދުވަހެވެ. ލަކީ ޕެލެސް ސިޓިންގްރޫމަށް ދެއާއިލާ އެންމެން ޖަމާވެފައި އޮތެވެ. ހުޝާމް ކައިރީގައި އިށީނދެއިން އައިޝާއަށް އަތަށް ގެނެސް ލޯބި ލޯބި އަންހެންކުއްޖެއް ހަބިބާ ލައިދިނެވެ. އައިޝާ އެކުއްޖާ އުރާލުމަށްފަހު ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

” ކޮބާ ދެން ނަމެއް ބުނަންވީނު.. ދޮންތަ ނަމެއް ބުނީމައޭ ހައި އަށް ލިބެން އުޅޭ ބޭބީއަށް ނަމަށް ދެވޭނީ” ހިބާ ހީލާފައި އެހެން ބުނުމުން އެންމެންވެސް އެކަމާ އެއްބަސްވިއެވެ. ނަން ބުނުމުގެ އައިޝާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

” މީ މަންމަ އާއި ބައްޕަގެ ޒޫޝާ” ކުޑަކުޑަ ޒޫޝާގެ މޫނަށް ބަލާލިއެވެ. އެވަގުތު އެތަނަށް ހަމަހިމޭންކަން ފެތުރިގެން ދިޔައެވެ. ކައިރީގައި އިން ހުޝާމްވެސް އައިޝާ ގައިގައި އަތްވަށާލީ ނަން ވަރަށް ރިތި ކަމުގައި ބުނަމުންނެވެ. ހަބްޝާ އިންތަނުން ތެދުވެގެން އައިސް އައިޝާއަތުގައި ކުޑަ ކުޑަ ޒޫޝާ އުރާލިއެވެ. އަދި އެކުއްޖާގެ ކޮލަށް ބޮސްދީ ޒޫޝާގެ ނަންކިޔާލިއިރު ހަބްޝާއަށް ވަނީ ރޮވިފައެވެ.

…………….

ޒޫޝާ އަތަށް ލައިގެން އައިޝާ ކޮޓަރިއަށް ވަންއިރ ހުޝާމް އެނދުމަތީގައި ލެޕް ހިފައިގެން އިނެވެ. އައިޝާފެނުމުން ލެޕް އެއްކައިރީގައި ބަހައްޓާފައި ކައިރިއަށް އައުމަށް ހުޝާމް ބުންޏެވެ. އައިޝާ ހީލަމުން ޒޫޝާ އުރައިގެން ގޮސް ހުޝާމްގެ އުނގުތެރޭގައި އިށީނެވެ. ހުޝާމްގެ މޭމަތީގައި ލެގިލަމުން ކުޑަކުޑަ ޒޫޝާ އައިޝާގެ މޭމަތީގައި ބާއްވާލިއެވެ. އައިޝާގެ ބޮލުގައި ފިރުމަމުން ދިޔަ ހުޝާމް އައިޝާގެ މޫނަށް ބަލާލިއިރު އައިޝާއަށް އޮތީ ނިދިފައެވެ. އައިޝާގެ މޭމަތީގައި ޒޫޝާވެސް ލޯބިކޮށް ނިދާލާފައި އޮތެވެ. ދެމައިންގެ މޫނަށް ލޯބިން ފުރިގެންވާ ބެލުމަކުން ބަލަމުން ދިޔައިރު މިފަދަ ނިއުމަތެއް ދެއްވިތީ ﷲގެ ކިބައަށް ހަމްދުކުރަމުން ދިޔައެވެ. އެއަށް ފަހު ބޮކި ނިއްވާލާފައި ހުޝާމްވެސް ރީތިކޮށް އެނދުގައި ލެގިލިއެވެ. މާތްﷲ މިކުޑަ ކުޑަ އާއިލާއަށް ރަހުމަތްލައއްވާ އުފާ ފާގަތި ދިރިއޅުމެއް ދެއްވާށިއެވެ. އާމީން.

-ނިމުނީ-

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

މިހިތުގެ ފަސާނާ 34

Next

ހިތް އެދެނީ (6)

Next
April 10, 2017

ހިތް އެދެނީ (6)

Previews
April 10, 2017

މިހިތުގެ ފަސާނާ 34

39 Comments!

  1. Rose says:
    April 10, 2017 at 5:43 pm

    Masha allah

  2. Shahoo says:
    April 10, 2017 at 5:47 pm

    Maasha allah. V reethi story

  3. avasa says:
    April 10, 2017 at 5:49 pm

    wow maashaa allah v reethi hama rovige adhi midho fast

  4. ssss? says:
    April 10, 2017 at 5:55 pm

    Wow… Varah rythi… Ma Sha Allah

  5. Erzi says:
    April 10, 2017 at 5:56 pm

    Varah reethii.. Masha allah

  6. Iman says:
    April 10, 2017 at 5:57 pm

    Masha Allah v v v v reeethi

  7. Sheena says:
    April 10, 2017 at 6:01 pm

    Nice

  8. hayyu says:
    April 10, 2017 at 6:05 pm

    Jazakallah khair hutihaakudhin ??

  9. Chum handi says:
    April 10, 2017 at 6:18 pm

    Masha Allah… one of the best story I read… hope to see another story of you..

  10. Khajja says:
    April 10, 2017 at 6:24 pm

    Masha allah v rythi n dhen kon dhuvahakunhayyu ge stry eh kiyaalan libeyny

  11. sidd says:
    April 10, 2017 at 6:55 pm

    Good work hayyu. Jazaakillah khairan.

  12. Sheen says:
    April 10, 2017 at 7:39 pm

    Maasha allah. Vara reethi iburaitheri vahakaeh . Ithuru vahaka aka v boda inthizaru kuran

  13. Ammaar says:
    April 10, 2017 at 7:40 pm

    Ma Sha Allah..waiting 4 new story…

  14. Fat says:
    April 10, 2017 at 7:58 pm

    Ma sha Allah. Jazakhallah khair

  15. Wadde says:
    April 10, 2017 at 8:07 pm

    V reethi vahakaye ekamu nimun heevanee maboboda avas kohlafa kurugalhuvala fa oi hen

  16. Hajja says:
    April 10, 2017 at 8:25 pm

    V furihama mivaahaka….
    V asaru koffi mivaahaka in

  17. Ree says:
    April 10, 2017 at 8:27 pm

    Maa sha allah

  18. Aishaa says:
    April 10, 2017 at 8:28 pm

    Maasha alah hayyyuuuu…. v v v v loabi……hayyuge ehen vaahaka akah inthizaaru kuran….

  19. Ice says:
    April 10, 2017 at 9:37 pm

    Masha allah.. varah reethi vaahaka eh..

  20. Princess afu says:
    April 10, 2017 at 9:37 pm

    V v v v nice

  21. rim says:
    April 10, 2017 at 10:50 pm

    Mashaa allah v v v furihama

  22. Saandy says:
    April 10, 2017 at 11:27 pm

    V furihama vaahakaeh… Ekam adhi miahvure dhigukollinama maa furihamavees kamah feney… Hayyuge aa vaahaka-akah inthizaaru kuran… Keep it up Hayyu!! 🙂

  23. ukhthi says:
    April 10, 2017 at 11:47 pm

    this is one of the best story i ever read….. mi site in emme kiyaahithu ky vaahaka…mi vaahaka nimunyma varah dheravehje….mi vaahakaige sababun ethakeh filaavalhu thakeh libihje….jazakillahu khairan…..hayyu….barakallah feeki….;D…..

  24. Kiara says:
    April 11, 2017 at 1:27 am

    Vaahaka nimunee..?
    Dhn kn dhuvahakun mi kahala dheenee vaahaka eh kiyaalan libeynee..
    Mikahala vaahaka eh nuliye ehn kudhineh..?
    Ehaa kiyaa hithun hutta vaahaka ninmaale thi..
    Ekm vs vvv reethi vaahaka..
    New story eh fashaane kamah ummeedhu kuran..?

  25. Azu says:
    April 11, 2017 at 8:49 am

    Ma sha allah…..v furihama….

  26. Shaa says:
    April 11, 2017 at 10:03 am

    Maasha Allah varah reethi mi vaahaka vex. Mikahala ragalhu msg eh libeyne ithuru vaahaka eh adhivex liyaane kamah unmeedhu kuran. Good luck.

  27. Sm1 says:
    April 11, 2017 at 10:58 am

    Masha Allah! 🙂
    Ehen vahaka akh intjizaaru kuran.. 😀

  28. hamoo says:
    April 11, 2017 at 12:09 pm

    varah reethi vaahaka eh ?

  29. Iff says:
    April 11, 2017 at 1:03 pm

    Masha allah. Mee v.iburaiytheri v.reethi vaahaka eh. Mi vaahaka kiyumun dheenuga angavaafaiva gotha hilaafah aharemennah ulhevaykan v.bodah ihusaasvi. Insha allah. E huriha kamehvx ragalhu kurevaythw balaanan. N mi vaahaka liyunu liyuntheriya v.v.bodah thankx. Adhivx mi kahala dheenee vaahakathah genesdheyne kamah unmeedhu kuran.. 🙂

  30. Naju says:
    April 11, 2017 at 1:59 pm

    Masha allah v reethi ♥♥♥

  31. Raasi says:
    April 11, 2017 at 3:03 pm

    Masha Allah varah reeethi story eh

  32. anam says:
    April 11, 2017 at 6:26 pm

    ma sha allah v reethi mi vaahaka

  33. حوا says:
    April 11, 2017 at 9:45 pm

    މާޝާﷲ މިފަދަރީތި އަދިިދީނީވާހައެއް އަދިނުކިޔަން… މިވާހަކައިން ދިރިއުޅުމަށް ބޮޑެތިބަދަލްތަކެއް ގެނުވައިފި… ޖަޛައަކަﷲޚައިރައް…

  34. Malaika says:
    April 12, 2017 at 5:32 pm

    Comment nukurias story baraabarah kiyan…masha allah vrh reethi mi story…fahu bai ekam avas aruvaalaafa dhw miothy…liuntherikan improve vaane in sha allah adhi wrk hard? dheeny mauloomaath libeythy story vrh kiyaa hiy vey…mikahal stories thakah inthizaaru kuran

  35. almaaa... says:
    May 1, 2017 at 10:57 am

    mashaAllah vvvvvvv.reethi.. <3 <3

  36. Mai says:
    August 22, 2017 at 8:42 pm

    Ma Sha Allah… vrh vrh furihama mi vaahaka…

  37. mal-mal says:
    August 31, 2017 at 9:22 pm

    MashaAllah, mi vaahaaka varah reethi!!!feshigen nimendhenves kiyaalee hama kiyaa hithun. ???
    ummedhu kuran mi kahala ehen vaahakathah kuri ah oi thaa ginain fennaane kamah! ???

  38. Mistake says:
    November 25, 2017 at 1:03 pm

    Maasha Allah. Jazaakillah Khairam.

  39. Alien girl says:
    October 5, 2020 at 1:03 pm

    Ma Sha Allah…hama rovey varuga iny…v asaru gadha….and v loabi vhk eh….adhi Axoo ge mikahala story eh fennaane kamah ummeedhu kuran

Comments are closed.



All Right Reserved!