” ހާހާ…ފައިނަލީ ޕިއްޒާ ކޭމް.. ” މިޝްޔާ ދުވަމުން ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ދިޔައެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އިވުނީ ވޭނީ ހަޅޭކެއްގެ އަޑެވެ. މިކްޔާ އަށް ތެދުވުނު ގޮތެއްވެސް ނޭނގެއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ ގޭގެ ދޮރުމަތީގައެވެ. ކުރިމަތިން ފެނުނު މަންޒަރުން މިކްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން މިކްޔާއަށް ހުއްޓުން އަރާފާއި ހުރެވުނީ އޭނައަށް ކުރެވިދާނެ އެންމެ ކަމަކުންވެސް މިޝްޔާގެ ފުރާނައަށް ގެއްލުމެއް ވެދާނެތީވެއެވެ. ކަޅުކުލައިގެ ދިގު ކޯޓެއްލައިގެން މީހަކު […]
ދިޔާންއާއި އުޝާ ތިރިއަށް ފޭބިއިރު އެހަތަރު މީހުން ތިބީ ހަމަޖެހިލައިގެން ސިޓިންރޫމުގައެވެ “ސޯ މިރޭގެ ޕްލޭން ކެންސަލް ދޯ..މާދާމާއަށް ލަސް ކޮށްލާނީ ދޯ..ހިނގާ މި ދެމީހުން ގެއަށް ލާންދާން..މާ ލަސްވެއްޖޭނުން” ޝާރިމް އިށީންދެ އިންތަނުން ކޮޅަށް ތެދުވެ ރީމްއާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.އެއާއެކު ރީމްވެސް ތެދުވެ ޝާރިމްގެ އަތުގައި ހިފާލިއެވެ.ދެމީހުން ދޮރާ ދިމާލަށް ހިނގައިގަތުމުން ދިޔާންވެސް އުޝާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ހިނގައިގަތެވެ.އެ ހަތަރުމީހުން އެއްކޮން ހިނގައިގަތްތަންފެނި ދިމްރާއަށް ޔުއާން އާއި ދިމާލަށް ވައްކަޅިން […]
“ހެލޯ..ވެލް އައި ހޭވް އަ ނިއުސް ފޯރ ޔޫ..” ޒީޝާގެ ދުލުގައި ވާއްގެއްނެތް ކަހަލައެވެ. ނަމަވެސް ދެން އެކޮޅުން ބުނެލި ވާހަކައަކުން އިކުރާމްގެ ލޭ ކެކިގަތެވެ. ހަމަ އެވަގުތު އެއްޗެއް ބުނަން އުޅެނިކޮށް ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީން އިން ފެންނަމުން ދިޔަ މެޑިކަލް ޑޮކިއުމެންޓަކުން އިކުރާމް އިން ގޮނޑިން ފުންމައިގެން ތެދުވުނެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު ކަންފަތުގައި ޖަހައިގެން ހުރި ފޯނު އަތުން ދޫވެ ޓައިލްސްތައް މަތީގައި ޖެހި ފުނޑުފުނޑުވީ އަޑުފައްގަނޑު އިކުރާމްގެ ކަންފަތަށް […]
ވަކި ހިސާބަކަށް ދެމީހުންނަށް ދެވުނުތަނާ ކުއްލިއަކަށް ވާރޭ އޮއްސާލާފިއެވެ. ހިޔާ ހޯދުމަށްޓަކައި އަޝްފާންއަށް އިޝާ އަތުގައި ހިފައި އެތާ ކައިރީގައި ހުރި ހިމަ އަސްކަނި ދަށަށް ގެނދިޔައެވެ. ވާރޭގެ ތިކިތަކުން އިޝާ ހިޔާކުރުމަށްޓަކައި އަޝްފާން ހުރީ އިޝާކުރިމަތީގައެވެ. އޭރު ބޯކޮށްވެހެމުން ދިޔަ ވާރޭ އަޝްފާންގެ ބުރަކަށި ތެންމަމުން ދިޔައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭހާ ކައިރީ ހުރި އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާގެ މޫނަށެވެ. އިޝާގެ ފުން ދެލޮލަށް އޭނާއަށް ގެބިގެންދެވުނެވެ. އަޝްފާން އެހާ […]
” ހީނުކުރައްޗެ ލޫޝާ މަރުވުމަށްފަހު ކަލެއަށް މިގެއިން ލޫޝާގެ ޖާގަލިބޭނެކަމަށް.. އޭގެ ކުރިން އަހަރެން ކަލޭ މާދުރަށް ފޮނުވާލާނަން..” މިހެން ބުނެ ހަބީބާ އައިޝާގެ އަތުގައި ހިފައިގެން ދަމަމުން ތިރިއަށް ގެންދާންފެށިއެވެ. އައިޝާ ރޮމުން އާދޭސްކުރަމުން ދިޔައިރުވެސް ހަބީބާއަށް އެއަޑު ނީވޭ ކަހަލައެވެ. ދޮރުހުޅުވާލުވާލާފައި މަގުމައްޗަށް އައިޝާ ކޮއްޕާލިވަގުތު ތިރިއަށް ވެއްޓި އައިޝާގެ ބޯޖެހުނީ ޕޭމެންޓް މަތީގައެވެ. ހަބީބާ ރަހުމުވެސް ނުކުރާ ހާލު އެތެރެއަށް ޗަދެ ދޮރުލެއްޕިއެވެ. ބޮލަށް އަރާފައި ހުރި އެނބުރުމެއްގެ ސަބަބުން އައިޝާއަށް ތެދުވެވޭ […]
ޑްރާމާއަށް ހާއްސަ ކޮށްފައިވާ ހޯލަށް ވަތްއިރު ގިނަ ގުރޫޕުތައް ތިބީ ހަމަވެފައެވެ.މިފަހަރު ގުރުއަތު ނެގުމުން ޔުއާންމެން ގުރޫޕަށް ލިބުނީ ފަހަތުން ދެވަނައެވެ.އެކި ގުރޫޕުތަކުގެ ތަމްސީލްތަށް ނިމެމުން ގޮސް އެންމެފަހުން އެ މީހުންގެ ގުރޫޕަށްވެސް ޖެހުނެވެ.ޑްރާމާ ކުޅެން ފެށުމުން ޕްރެކްޓިސްއަށްވުރެ ދެގުނަ ރަނގަޅުކަން ހަމީހުންނަށްވެސް އިހުސާސްވިއެވެ.މިކަމުން އެ އެންމެންވެސް ތިބީ ޑްރާމާ ކުޅެމުން ދިޔައިރު އުފާވެ ހިތްހަމަ ޖެހިފައެވެ. ޑްރާމާގެ އެކި މަންޒަރުތައް ނިމެމުންގޮސް ޔުއާންއާއި ދިމްރާގެ ލަވަކިޔުމުގެ ބާއި ޖެހުނެވެ.ދެމީހުންވެސް ގޮނޑިއެއްގައި އިށީންދެ ހަމަޖެހިލުމަށްފަހު ގިޓާއިން ރާގު […]
އިޝާ ނަމާދުން ފައިބައިގެން ތިން ފިރިހެނުން އެއްކޮށް އަރޫޝާގެ ކޮޓަރިއަށް ވަނެވެ. އިރުތަކެއްނުވެ އިވެން ފެށީ ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ. ގަޑިން އެއޮތް ނުވަގަޑި ބައި ވަނީއެވެ. އަދިވެސް ޝާހިދުގެ ކިޔެވުމުގެ އަޑެއް ނުކެޑެއެވެ. ހަރުހިއްކާލާ ކޮންމެ ފަހަރު ފެންފޮދެއް ބޯލައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އަރޫޝާވަނީ ވޭނެއްގައިކަން އޭނާގެ ކުކުރުމުގެ އަޑުން އެނގެއެވެ. ދޭތެރެއަކުން ގަދައަށް ހެލިގަނެއެވެ. ލާމިއު އަރޫޝާގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު އަޝްފާން އޭނާގެ ކޮއްކޮގެ އަތުގައި ބާރަށް ހިފަހައްޓައިގެން […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެން ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
“އިޝާ ، ކޮންތާކަށް” އަޝްފާން އަވަސްއަވަހަށް އަހާލިއެވެ. އެހެންނަމަވެސް އިޝާއަށް މި އަޑު އިވުނުހެން ހީނުވެއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެއޮތް ޓްރެފިކް ބޮޑު މަގުން ޕޭމަންޓަށް އެރިއެވެ. އަޝްފާންއަށް މިމަންޒަރު ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. އޭނާއަށް އިޝާ ގެއްލިއްޖެއެވެ. ކާރުން ފައިބައި ވަށައިގެން ހޯދި ނަމަވެސް އިޝާގެ އެއްވެސް ހިލަމެއް ނުވިއެވެ. ނިދަން އެނދުމަތީއޮތް ފަޒުނާއަށް އޮވެވުނީ ހިނިތުންވެވިފައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަޝްފާންގެ ފިރިހެންވަންތަ ކެމެވެ. އެމަސްތުވީ ބެލުމެވެ. އެ […]