Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 34

ShaiShy Level 410 Stories100 Comments500 Comments
April 10, 2017 7 Mins Read
19 Comments

މިކްޔާއާއި އައުފްގެ ދިރިއުޅުމަށް އެޅެމުންދާ ކަޅު ހިޔަނީގެ އިންޒާރެއް އެމީހުންނަށް އިހުސާސެއް ނުކުރެވެއެވެ. އެހެން ނޫނީ ހުރިހާގޮތަކުން ސަމާލުވެ ތިބުމަށް އެދެމީހުންވެސް ވިސްނާނެއެވެ. ދުނިޔެއަކީ އަޖައިބެއްކަހަލަ ތަނެކެވެ. އެއްބަޔަކަށް އުފަލާއި ހިތްހަމަ ޖެހުން ލިބެމުންދާއިރު އަނެއް ބަޔަކު ކުރަމުންދާނީ ހިތާމައެވެ. އަނިޔާއާއި ހިތްދަތި ކަމެވެ. އެފަދަ ހިތްދަތި މީހުންގެ ތެރޭގައި އިކުރާމާއި ޒީޝާ ވާނެކަމާމެދު ޝައްކެތް ނެތެވެ. ޒީޝާއަށްވެސް އޭރު ޔަޤީން ކަމެއްނެތި ބުނެވުނު ވާހަކެއް މިހާރު އެވަނީ ހަޤީޤަތަކަށް ވެފައެވެ. އިކުރާމާއި ޒީޝާ ރާވަމުން އެދަނީ ކިހާ ނުރައްކާތެރި ރޭވުމެއްކަން އެމީހުންނަށް ވިސްނޭނެ ނަމައެވެ. އެކަމުގެ ސަބަބުން ކުށެއް ނެތް އެތައް ދިރިއުޅުމެއް ހަލާކު ވެގެން ދާނެއެވެ.

މިކްޔާގެ ބަނޑަށް 4މަސް ވީތަނާ އައުފް މިކްޔާގޮވައިގެން ރާއްޖެއައީ ހިތްހަމަޖައްސާލުމަށެވެ. އަދި ހަމައެހެންމެ އެމީހުންގެ ރިޒޯޓް ކަންތައް ބަލާލުމަށެވެ.
” އޯހް! އިޓްސް ސޯ ބިއުޓިފުލް ހިއަރ..އަބަދުވެސް ބޭނުންވަނީ މިކަހަލަ ތަނެއްގައި އުޅުމަށް…ވަރަށް ހިތްފަސޭހަ ދޯ..” އައުފްގެ އަތުގައި ހިފަހައްޓައިލައިގެން ރާޅުޖަހާފަށުގައި ހިނގަމުން ދިޔަ މިކްޔާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. ބަނޑުބޮޑު ވުމުން ކުރިމަތިވާ އުނދަގޫތަކާ ކުރިމަތިލާން ނުޖެހޭކަމީ މިކްޔާގެ ނަސީބެވެ. ފާއިތުވި4 މަސް ދުވަސްތެރޭގައި އައުފްގެ ފަރާތުން ލިބެމުންދާ ލޯތްބާއި އަޅާލުން ފެނި މިކްޔާ ހުންނަނީ އުފަލުން ފޮޅިފައެވެ.

“މްހްމްހް..މީ ކޮންކަމެއްތަ؟” އައުފް ބުނެލިއެވެ. އޭރު އެމީހުން ހިނގަމުން އައިސް އެ ރިޒޯޓްގައި ހާދަފައި ހުންނަ ގެއާ ހަމަވެއްޖެއެވެ.

” މީ އެއްވެސް ކަމެއް ނޫން ދޯ ސީމާ..” ޝަމާން ޖަވާބުދިނީ ސީމާގެ ގައިން ދޫކޮށްލަމުންނެވެ. އޭރު ސީމާވެސް ހެދުން ރީތިކޮށްލަމުން ހަމަޖެހިލިއެވެ.

“އަމް..މީ..އަސްލު ދެންމެގަ ފައިއެޅުނު ގޮތަކުން ބެލެންސް ކެޓީ…ޝަމާން ނުހިފެހެއްޓިނަމަ ވެއްޓޭނެކަން ޔަޤީން..” ސީމާ އަވަސް އަވަހާ އެހެން ބުނެލުމަށްފަހު މިކްޔާގެ ހާލުވެސް އަހާލިއެވެ. ރިޒޯޓްގައި ހޭދަމިވީ ހަފްތާއެއްހާ ދުވަހުތެރޭ ސީމާ އާއި މިކްޔާގެ ގުޅުންވަނީ ވަރަށްބޮޑަށް ބަދަހިވެފައެވެ.

“އަހަރެންގެ ހިތައް އަރާ ޝަމާން އަބަދުވެސް ތިގޮތަށް އަހަރެމެންގެ ސީމާގެ ބޮޑީ ގާޑަކަށް ހުންނާނެނަމައޭ..” މަޖަލަކަށް ނަމަވެސް އައުފް ހާމަކުރީ އޭނާގެ ހިތުގެ އެދުމެވެ. އެކަމަށް ޝަމާން ހީލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

ސީމާ އާއި މިކްޔާ ގޭތެރެއަށް ވަދެގެން ދިޔުމުން ޝަމާން އާއި އައުފް މިސްރާބު ޖެހީ ރެސްޓޯރެންޓާއި ދިމާއަށެވެ. ތަފާތު އެކިވާހަކައިގައި ދެމީހުން ތިބެގެން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ.
އުފަލާއި މަޖަލުގައި ދުވަސް ގުނަމުންދިޔަ މިކްޔާގެ ކޮންމެ ހަރަކާތަށް ފާރަލަމުންދާ މީހަކު ހުރިކަމެއް ނޭނގެއެވެ. އިކުރާމުގެ ލޮލަށް ނިދިނައިސްގެން މިކްޔާގެ ފަސްފަހަތުން ހިޔަންޏެއްހެން ފާރަލަމުންދަނީ ރަނގަޅު ދަޑިވަޅަކަށް ބަލަމުންނެވެ. ނަމަވެސް މިފަހަރުވެސް ނަސީބުގެ ތަޅުދަނޑި ލިބޭގޮތެއްނުވިއެވެ. ބަރާބަރު އެއްމަސްދުވަހު މިކްޔާމެން އެރިޒޯޓްގައި ތިބެފައި އެނބުރި ސްވިޒްލޭންޑަށް ދިޔައީ އެތައް ހަނދާންތަކެއް ހިތުގައި ރައްކާކުރަމުންނެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް މިކްޔާގެ ބަނޑަށް 9 މަސް ވީއިރު ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ޑޮކްޓަރަށް ދެއްކުމާއި އެންމެ ފަހުގެ ތައްޔާރީތަކުގައި ވަގުތު ހޭދަކުރަމުން ދިޔައީ ނުހަނު އުފަލާއި ހިތްހަމަޖެހުމުގައި އެވެ.

” އަފޫ! އައިސްކްރީމް ބޯހިތްވަނީ..” އެނދުގައި އޮތް މިކްޔާ ބުނެލިއެވެ. އޭރުވެސް އައުފް އުޅެނީ ފާރުގައި ކޮންމެވެސް ކަހަލަގެ އިސްޓިކާއެއް ހަރުކުރުމުގައެވެ.

” ސޮރީ ޑިއަރ…ޔޫ ކާންޓް ހޭވްއިޓް..ޑޮކް ބުނެފައެއްނު އޮތީ މިދުވަސްކޮޅު މޭވާ އާއި ތަރުކާރީ އެކަނި ކާން..ދެން އެހެން ނޫނަސް މިކީ މިހާރު މާބޮޑަށް ފަލަވެއްޖެއޭ..” ސަމާސާ ރާގަކަށް އައުފް ބުނެލިއެވެ.

“ދެން ތިބުނީ ފަލަވީމަ ހަޑިއޭތަ؟ އަފޫގެ ކަންތައް މީ..” މިކްޔާ ތުން ދަމާލަމުން ބުނެލިއެވެ. މިއީ މިހާރަކަށްއައިސް އަބަދުގެވެސް އާދައެވެ. މިކްޔާއާއި އައުފް އެއްތަންވިއްޔާ އޮންނާނީ އަބަދުވެސް ކޯޅުމެކެވެ. އެކަމުންވެސް ދެމީހުންގެ މެދުގައި އުފެދިފައިވާ ފުން ލޯބި އިތުރަށް އާލާވުން ނޫންކަމެއް ނުވެއެވެ.

**
ޖެހިގެން އައިރޭގެ ދަންވަރުގެ ވަގުތެއްގައި މިކްޔާ އެޑްމިޓް ކުރީ ބަނޑުގައި މާވަރަކަށް ރިހެމުންދާތީވެއެވެ. އާއިލާ އެންމެން ތިބިއިރު އެތަނުގައި މަދީ ހަމައެކަނި މިޝްޔާއެވެ. މިޝްޔާ ކިތައްމެ އަންނަށް ބޭނުންވީނަމަވެސް ކުރިއަށް އޮތީ އޭނާގެ އިމްތިހާނުގެ ދުވަސްވަރު ކަމުން ނާދެވުނީއެވެ. ސީމާވެސް ސްވިޒްލޭންޑަށް އައީ މިކްޔާގެ އެދުމަކަށެވެ.

ވިއްސާ ކޮޓަރީ ބޭރުގައި ހުރި ބެންޗްގައި މަޑުކޮށްލައިގެން އިން އައުފްގެ ހިތްދަނީ އޮބިނޯނަނަވަރަށް ތެޅެމުންނެވެ. ސީމާއާއި ސޮފިއްޔާ ދެފަރާތުގައި ތިބެގެން އެތައް ވާހަކައެއް ދައްކަމުން ދިޔަނަމަވެސް އައުފްގެ ސިކުނޑިއަށް އޭގެ އަސރެއް ނުކުރެއެވެ. އެއަށްވުރެ އޭނާ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. އެގޮތުގައިވެސް ދުޢާ ކުރެވެނީ ދެމައިންގެވެސް ހާލު ރަނގަޅުވުމަށެވެ.

އެއްގަޑިއިރު ފަހުން އެކޮޓަރީގެ ދޮރުމަތީގައި ހުރި ނަރުސް ކުއްޖެއްގެ އަތުގައި އޮތް ތުއްތު ކުއްޖާފެނި އައުފަށް އިންތަނުން ތެދުވުނެއެވެ. ސިމާއާއި ސޮފިއްޔާވެސް އައުފްގެ ފަހަތުން ދިޔައީ އެލޯބި ފުރާނަ ލޮލުން ދެކިލުމަށެވެ.

“އިޓްސް އަ ގަރލް..” އައުފްގެ އަތުތެރެއަށް ލަމުން ނަރުސް ކުއްޖާ ބުނެލިއެވެ. އައުފްގެ ދެލޯ ކަރުނުން ފުސްވީ ލިބުނު ނިޢުމަތަކުންނެވެ. އެތުއްތު ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އައުފް މިކްޔާގެ ހާލުވެސް އޮޅުން ފިލުވާލިއެވެ.

” އަލްހަމްދު ލިﷲ..ހުރިހާކަމެއްވެސް މިދިޔައީ ވަރަށް އުފާވެރި ގޮތަކަށް.. ދެމައިންގެ ހާލުވެސް ރަނގަޅު ވުމަށް އެދި އަހަރެން ހާދަ ދުޢާއެއް ކުރަމޭ..” ސޮފިއްޔާ ޖަޒުބާތުގައި ޖެހުނެވެ. ފުރަތަމަ މާމަދަރިފުޅު ލިބުމުން އެހިތްވެސް އުފަލުން ފޮޅިފައިވިއެވެ.

” މީހަމަ ބައްޕަ ކުއްޖެކޭ..ދޯ ދޫނީ…އަސްލުވެސް އައުފްއާ ވަރަށް ވައްތަރު..” އެ ތުއްތު މޫނުގައި ފިރުމާލަމުން ސީމާ ބުނެލިއެވެ.

“ޔެސް މައި އޭންޖަލް..ލިލް އާފްރީން…ބައްޕަގެ ފުރާނަ..ލަވް ޔޫ..” އަދިވެސް އެމޫނަށް ބަލަހައްޓައިގެން ހުރި އައުފް ބުނެލިއެވެ.

**
ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އޮތް މިކްޔާއަށް އޮތީ ނިދިފައެވެ. ކައިރީގައި އައުފް އިން އިރު ސީމާވެސް ސޯފާގައި ފޯނުން ޗެޓްކުރަން އޮތެވެ.

” އަފޫ…ބޭބީ..” ބަލި އަޑަކުން މިކްޔާ ބުނެލީ ވަރުބަލިވެފައި އޮތުމުންނެވެ. ކަންނެތް ކަމާއެކު ދެލޯ ހުޅުވާލަމުން މިކްޔާ ބަލާލީ އޭނާގެ ދަރިފުޅި ފެންނަން ނެތުމުންނެވެ.

” ޔެސް ޝީ އިޒް ފައިން..ބޭބީ ވީ ނާރސަރީގަ…ޑޮކްޓަރ ބައްލަވާފައި ބުނުއްވި ނޭވާލުމުގައި ކުޑަ މައްސަލައެއް އުޅޭތީވެ އެހެންވެ ނާރަސަރީގައި 1 ގަޑިއިރު ބާއްވާލަން..އަނެއްހެން ސީރިއަސް ކަމެއް ނޫން…މިހާރު އުޅޭނެ ގެންނަން ދެންމެގަ އަހަރެން ގުޅައިފިން ނާރސިން ސްޓޭޝަނަށް..” ލޯތްބާއިއެކު އައުފް ބުނެލިއެވެ.

ހަމައެވަގުތު އެކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ނަރުސް ކުއްޖާފެނި ސީމާވެސް ހަށިގަނޑު ސީދާ ކޮށްލަމުން އިށީނދެލީ އެ ނަރުސް ކުއްޖާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނިއެވެ.

“ސޮރީ ސަރ…ވީ ހޭވް ލޮސްޓް ޔުއަރ ބޭބީ..” ނަރުސް ކުއްޖާ އެއްނޭވައިން އިއްވާލި ބަސްތަކުން އެތަނުގައި ބޮމެއް ގޮއްވާލިފަދައެވެ.

މިކްޔާއަށް ރޮއެގަނެވުނުއިރު ސީމާވެސް ހުރީ ޝޮކެއްގައެވެ. އައުފް ދުލުން އިތުރަށް އެންމެ ބަހެއް ބޭރު ނުވިތާނގަ ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުރެވުނީ ޖެހި ބުދެއްހެންނެވެ.

“ވަޓް ޑޫ ޔޫ މީން ބައި ޔޫ ހޭވް ލޮސްޓް..؟ ވަރ ޔޫ ޕީޕަލް ޑެޑް؟” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އެކޮޓަރި ގުގުމާލީ އައުފްގެ ހަޅޭކުގެ އަޑުންނެވެ. ނަރުސް ކުއްޖާވެސް ބިރުން ފަހަތަށް ޖެހެވުނު އިރު މިކްޔާ އަދިވެސް ރޮމުން ދިޔައެވެ.

” މައި ބޭބީ…މަންމާ…މަންމާ..އަހަރެންގެ ދަރި….ގެނޭ…ޕްލީޒް އަފޫ…ސީމާ ދޭބަލަ ގޮވައިގެން އަންނަން…މިހާރު އޮންނާނީ ބަނޑުހައިވެފަ…އަހަރެންނަށް އެބައިނގޭ އެކުއްޖާފުޅު އޮތީ ބަނޑުހައިވެފަކަން…އެބަ އިވޭ ރޯ އަޑުވެސް..ޕްލީޒް އަފޫ ގެނެސްދީ…ބޭބީ ގެނެސްދީ..” މިކްޔާ ރޮމުން ގިސްލަމުން ދިޔަ މަންޒަރުފެނި ނަރުސް ކުއްޖާވެސް ދެލޯ ފެންކަޅިވެގެން ދިޔައެވެ. އިތުރަށް މަޑުކުރުމެއްނެތި ނިކުމެގެން ދިޔައެވެ. އައުފް މިކްޔާ ހަމައަކަށް އެޅުމުމަށް މަސައްކަތް ކުރަމުން ދިޔައިރު ސީމާވެސް އެހަބަރު ސޮފިއްޔާއަށް ދިނުމަށް ގުޅާލިއެވެ.

ގިނައިރުވީހެން މިކްޔާގެ ހާލަތު ދަށަށް ދިޔުން ފިޔަވާ އިތުރުކަމެއް ނުވެއެވެ. ބުއްދިފިލާދާފަދަ ހާލަތަކަށް މިކްޔާ ދިޔުމުގެ ކުރިން ޑޮކްޓަރުން ނިދާ އިންޖެކްޝަނެއް ޖަހާލިއެވެ. އެކަމުން މިކްޔާގެ ސިކުނޑިއަށް ވަގުތީ ހައްލެއް ލިބުނަސް ހޭ އެރުމާއިއެކު ކުރީގެ ހާލަތައް ރުޖޫޢަ ވާނެކަން އައުފަށް އިނގެއެވެ. އެހެން ކަމުން އޭނާ ބޭނުންވީ މިކްޔާ ހޭއެރުމުގެ ކުރިން ކޮންމެގޮތަކުން ނަމަވެސް އޭނާގެ ދަރިފުޅު ހޯދުމަށެވެ.

މައިކަލް އާއި ސޮފިއްޔާ ހޮސްޕިޓަލަށް އައި އިރު އެތަން ވަނީ ހަލަބޮލިވެފައެވެ. ޕޮލިހުން ވެސް ހަރަކާތްތެރިވަމުން ދިޔައިރު އާންމުންގެ މީހުން އާދަޔާހިލާފަށް ގިނައެވެ. މައިކަލް ފަދަ މަޝްހޫރު މީހެއްގެ ކާފަ ދަރި ގެއްލިފައި ވުމުން މީޑިއާވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ސޮފިއްޔާ އިރުކޮޅަކާ ކަރުނަ ފޮހެމުންދާއިރު މިކްޔާ އަދިވެސް ހޭ ނާރާއެވެ. އައުފާއި މައިކަލް ވީ ބެރުގައިއެވެ. ސީމާވެސް ފޯނުން ގުޅައިގެން ޝަމާން އަށް އެހަބަރު ދިނުމަށްފަހު އެދުނީ ޗުއްޓީއަކަށެވެ. ރިޒޯޓްގައި އޭނާ ނެތުމުން އުދަނގުވާނެކަން އެނގިހުރެވެސް ސީމާބޭނުންވީ މިފަދަ ހާލަތެއްގައި މިކްޔާ ކައިރީގައި މަޑުކުރުމަށެވެ.
ޝަމާން ވެސް އިތުރަށް ދެކޮޅުހެދުމެއްނެތި އެކަމާ އެއްބަސްވީ އެއީ އޭނާވެސް ބޭނުންވާގޮތްވީމައެވެ.

އެރޭގެ ދަންވަރުގެ ވަގުތެއްގައި ސްވިޒްލޭންޑުން ފުރައިގެން އެދާ މަތިންދާ ބޯޓުތެރެއިން އިވެނީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. ހީވާގޮތުންނަމަ ބަނޑުހައިގެން ރޮނީއެވެ.

“ޒީ އޭނަ ހުއްޓުވާނެގޮތެއް ނެތްތަ؟” ޒީޝާގެ އަތުތެރޭގައި އޮތް އާފްރީންގެ މޫނުގައި އަތް ޖައްސާލަމުން އިކުރާމު ބުނެލިއެވެ.

“އަހަރެން އޭރުވެސް ބުނިންދޯ އަޑު ކެނޑުވޭނެޔޭ އަނގަމަތީގައި އަތް އަޅައިގެން އިރުކޮޅު ހުރުމުން..” ޒީޝާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. އެހިތުގައި ކުޑަނަމަވެސް ރަހުމެއް ނެތްކަން ހާމަވަނީ ދެންމެގައި ދެއްކި ވާހަކައިންނެވެ. އޭނާ އިކުރާމުގެ ތާކުން ތާކު ނުޖެހޭ ރޭވުމުގެތެރެއަށް ވަދެވުނު މޮޔަކަމޭ ހިތައް އަރައެވެ. ކުރިންވެސް ރޭވިފަދައިން މިކްޔާގެ ކުއްޖާ މަރާލިނަމަ މިފަދަ ތަކުލީފެއް އުފުލަން ނުޖެހޭނެއެވެ. ނަމަވެސް އިކުރާމަށް އެ ތުއްތު ކުއްޖާ ފެންނައިރަން މޮޔަވީ އާލާއޭ ކިޔަމުންނެވެ. ކޮން އާލާއެއްހެއްޔެވެ؟ މީ އައުފްގެ ދަރި އާފްރީން އެއް ނޫންހެއްޔެވެ؟ އިކުރާމުގެވެސް ގޮތެއް ނޭނގެއެވެ. މިރޭ އެހާ އަވަހަށް ފުރުމުގެ ކަންތައް ހަމަޖެހިގެން އެދިޔައީ ގައިމު އޭނަ އެކަމާ ދުރާލާ ރާވާފައިވުމުންކަން ޒީޝާ އަށް ވިސްނުނެވެ. ނަމަވެސް އިތުރަށް ސުވާލު ނުކުރީ ދެންވާނެ ފައިދާއެއް ނެތީމައެވެ. އޭނާ އެވަނީ މިކަމުގެ ތެރެއަށް ރަނގަޅަށްވެސް ބޭނިފައެވެ. ޒީޝާ އޭނަގެ ބައްޕަ ކައިރީގައި މީގެ މަހެއްހާދުވަސް ކުރިން ބުނެފައިވަނީ ރަހުމަތްރެރި ކުއްޖެއްގެ ކައިވެނި ޕާރޓީއަށް އޮސްޓްރޭލިއާއަށް ދާކަމެވެ. ނަމަވެސް އޭނާ އުޅުނީ އިކުރާމާއި އެއްކޮށް ކަންތައްތައް ރޭވުމުގައި ސްވިޒްލޭންޑްގައެވެ.

**

އާފްރީން ގެއްލުނުތާ ދޮޅުމަސް ވީއިރުވެސް އެކުއްޖާގެ ނިޝާނެއް ނުފެނުމުން އައުފް މާޔޫސްވާގޮތް ވިއެވެ. މޮޅިވެރިކަމުގެ ސާލެއް އޮޅައިގެން އިނުން ފިޔަވާ އިތުރުކަމެއް ނުވެއެވެ. މިކްޔާވެސް އެދުވަހުގެ ފަހުން އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ނުކައި ހުރުމުގެ ސަބަބުން އެހަށިގަނޑު ނިކަމެތިވެފައިވާއިރު ދެލޯކައިރިވެސް ވަނީ ކަޅުވެފައެވެ. ރޭގަނޑުގެ ނިދިން މަހުރޫމްވެ އިނދެގެން ކަރުނަ އޮއްސުން ނޫންކަމެއް ނުކުރެއެވެ. ނަމާދުކޮށް ޤުރުއާން ކިޔެވުމުން އެހިތަށް ހަމަޖެހުމެއް ލިބުނަސް ދަރިފުޅުގު ހަނދާންތަކާއެކު އަނެއްކާވެސް އަނދިރަކަމަށް ގެނބިގެންދެއެވެ.

ސީމާ އެނބުރި ރާއްޖެ އައީ ޝަމާންގެ އެދުމަށެވެ. އޭނާގެ ބޮޑުދައިތަ ކުއްލިއަކަށް ހޭއެރުމުން ޝަމާން އަށް ވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފައެވެ.

” ސީމާ އަހަރެން ކަމަކު އެދެން އުޅޭތާ މިހާރު ވީކެއް ވެއްޖެ..އެކަމަކު ބުނާނެ ގޮތެއް ނޭނގިގެން” ޝަމާން ފަސްޖެހުނެވެ.

“ބުނެބަލަ…އަހަރެންނަށް ކޮށްދެވޭވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން..” ހިނިތުންވެލަމުން ސީމާ ބުނެލިއެވެ.

“އަސްލު ވާގޮތަކީ ބޮޑުދައިތަ ހޭއެރިޔަސް ނުއެއް ހިނގޭ އެން ވާހަކަވެސް އަދި ނުދެއްކޭ..ވީލް ޗެއަރގަ އިންނަން ޖެހެނީ..3 މަސް ފަހުން އޮޕަރޭޝަނެއް ކުރަން ސިންގަޕޫރަށް ދާން ޖެހޭ.. އޭރަށް ބޮޑުދައިތަގެ ކަންތައްތައް ބަލަހައްޓާނެ މީހެއް ބޭނުންވެގެން…އަހަރެން ވަރަށް އިތުބާރުކުރަން ސީމާއަށް..އެން އައި ވިލް ޕޭ ފޯރ އިޓް..” ޝަމާން ދުރުދުރުން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

“އަހަރެން ވަރަށް ދެރަވެއްޖެ ތިހެން ބުނީމަ…ޕޭ ކުރާނަމޭ؟ އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟ ޝަމާންގެ ބޮޑުދައިތަ އެއީ އަހަރެންގެވެސް ދައްތައެއްކަމުގައި ދެކެނީ..އަހަރެން އުފަލުން ތިކަން ކޮށްދޭނަށް..ހެޔޮ އެންމެ ލާރިއެއް ނުދިނަސް..” ޝަމާންގެ މޫނަށް ބަލަހައްޓައިގެން އިނދެ ސީމާ ބުނެލިއެވެ.

**
ބިޒްނަސް ދަތުރެއްގައި ޝަމާން އިންޑިއާއަށް ފުރުމުން ސީމާއަށް ވަރަށް އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. ޝަމާންމެންގެ ގޭގައި އާލިމާގެ ކަންތައްތައް ބަލަމުން ސީމާ ދިޔައީ ޝަމާން އާއި އެއްކޮށް ވަގުތުވެސް ހޭދަކުރަމުންނެވެ. އެހެންކަމުން ޝަމާން ފުރުމުން ސީމާގެ ހިތުގައި ފަޅުކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. އަދިވެސް ނަމެއް ނުދެވޭ އެގުޅުން ދަނީ ބަދަހިވަމުންނެވެ.

އާދައިގެމަތިން މިއަދުވެސް ސީމާ އުޅުނީ އާލިމާގޮވައިގެން އެގޭބޭރުގައި ހައްދާފައިވާ ބަގީޗާގައިއެވެ.
” ދައްތާ…އަޅުގަނޑު ހިތައް އަރާ ކޮން ކުޑަކުއްޖެއް ރޯއަޑުހޭ އެއިވެނީ..” އެގެޔާ އިންވެގެން ވަކިން ހުރި އިމާރާތުން އަންނަ އަޑަށް ސަމާލުކަން ދެމުން ސީމާ ބުނެލިއެވެ. އެއަޑު އިވޭތާ ކިތައްމެ ދުވަހެއް ވެއްޖެއެވެ. އެތަނުގައި އުޅެނީ ކޮންބައެއް ހެއްޔެވެ؟ ޝަމާން ބުނާގޮތުންނަމަ އެއީ އޭނާގެ ބޮޑުބެގެ ހާއްސަ ކްލިނިކެކެވެ. ނަމަވެސް ސީމާއަށް ދުވަހަކުވެސް އެތަނުން ކުއްޖަކުފެނިފައިވާ ނުވެއެވެ. ހަމައެކަނި ދޭތެރެއަކުން ރޯއަޑު އިވޭނެއެވެ. ޝަމާން އާއި ސުވާލުކުރުމުން އަބަދުވެސް ބުނާނީ އެކައްޗެކެވެ.

“ދެން ސީމާ ވެސް ދޯ..އެއީ ކްލިނިކެއް އެން ބޮޑުބެގެ ހާއްސަ މީހުން އާންމުކޮށް އަންނަނީ.. އެއިން މީހެއްގެ ދަރިއެއްވެސް ރޯއަޑު އިވިދާނެ ނޫންތަ؟ އެހެން ނޫނަސް ބޮޑުބެ މިހާރު ވަރަށް ސްޓްރިކްޓް ވެއްޖެ..އޭނަ ވޯރކު ކުރާގަޑީގައި އެހެން މީހުން އެތަނާ ކައިރިވުންވެސް މަނާ…ދެން އަހަރެންވެސް ނޫޅެން އެވަރަކުން ބަލާކަށް…ނޮޓް ސޯ އިންޓްރެސްޓެޑް..” އެއީ ޝަމާން އަބަދުވެސް ބުނާ ވާހަކައެވެ.

ނަމަވެސް އެބުނާ ޕޭޝެންޓުން ދަންވަރުވެސް އާދޭ ހެއްޔެވެ؟ މީގެ ދެތިންރޭ ކުރިން ސީމާއަށް ނުނިދިގެން ބެލްކަންޏަށް ނިކުތް އިރުވެސް ކުއްޖަކު ރޯއަޑު އިވުނެވެ. އެހެންނަމަވެސް ހިނދުކޮޅެއްފަހުން އެއަޑު ކެނޑުނެވެ. ސީމާއަށް ހީވީ އެއަޑުއައީ އެއިމާރާތުންހެންނެވެ.

ސީމާއެކޭ އެއްފަދައިން އާލިމާގެ ހިތުގައިވެސް އެފަދަ އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އޭނާ ކޯމާއިން ހޭއެރުމުގެ ކުރިންވެސް ވަށައިގެންވި މާހައުލުގައި ހިނގާ ކަންތައްތައް ކުޑަކޮށް ނަމަވެސް ފަހުމުވަމުން ދިޔައެވެ. ބައެއްފަހަރު މީހަކު އުޅޭކަމުގެ އިހުސާސް ކުރެވެއެވެ. އަނެއްބައިފަހަރު ކުޑަކުއްޖެއްގެ ކުކުރުމުގެ އަޑުކަހަލަ އަޑެއް އިވިދާނެއެވެ. އޭރުދެން އެކަމާ ނުވިސްނުނަސް ހޭވެރިކަން ވީފަހުންވެސް އެއަޑުތައް ބައެއްފަހަރު އޭނާވެސް ވަނީ އަހާފައެވެ.
ސީމާއާއި އާލިމާގެ ހިޔާލީ ވާފަށް ކެނޑުނީ ކުއްލިއަކަށް އެއިމާރާތުން އިވުނު އަޑަކުންނެވެ. ވަރަށް ބާރު އަޑުފައްގަނޑެއް އިވުނުއިރު ހަމައެއާއިއެކު ކުޑަކުއްޖެއްގެ ރުއިމުގު އަޑު އިވުނެވެ. ސީމާއަށް ހިމޭނުން ނުހުރެވުނެވެ.

ދައްތާ އަޅުގަނޑު އެބައަންނަން އިނގޭ…މިތާ އިންނާތި..” ސީމާގެ އަޑުގައި ހާސްކަން އެކުލެވިފައިވީނަމަވެސް މޫނުމަތިން އެކަން ފާޅު ނުކުރެވޭތޯ ބެލިއެވެ. ސީމާގެ ބަހަށް އާލިމާ ބޯޖަހާލަމުން ހިނިތުންވެލިއެވެ. އޭނައަށްވެސް ވާހަކަދެއްކޭނެނަމަ މިހާރު ސީމާ އާއި އެތައް ކަމެއް ހިއްސާކުރެވުނީހެވެ.

ސީމާ ދުވެފައިކަހަލަގޮތަކަށް އެއިމާރާތަށް ވަދެގެން ދިޔައެވެ. ކުރިމަތިން ފެންނަންހުރި ސިޑިން މައްޗަށް އެރުމަށްފަހު އެންމެ ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަތްއިރު ގޮޑީގައި ހަމަޖެހިލައިގެންއިން އިކުރާމުގެ މޫނުމަތިން އުފާވެރިކަން ފާޅުވޭ ހުއްޓެވެ.

” އަހާ…މިއައީ ކޮން ކުއްޖެއް..ހާދަ ވަރުބަލިވެފައި ތިހުރީ..” އިކުރާމްގެ އަޑުގައިވަނީ އޯގާތެރިކަމެވެ. “އާދެބަލަ މިތާ އިށީނދެ ހަމަޖެހިލަން ..” ކުރިމަތީގައި އިން ގޮނޑިއަށް އިޝާރާތް ކުރަމުން އިކުރާމު ފެންތައްޓެއް ދިއްކޮށްލިއެވެ.

ފުރަތަމަ ފަންގިފިލާއަށް ދުވެފައި އެރުމުގެ ސަބަބުން ސީމާ ހުރީ ދާހިއްލާ ފޯވެފައެވެ. އެއްވެސް ވިސްނުމެއްނެތި އިކުރާމް ދިއްކޮށްލި ފެންތަށި ތުނބުގައިޖެހުމަށްފަހު ފެންފޮދަކުން ކަރުތެރެ ތެންމާލިއެވެ.

” އަސްލު މިއައީ ކަމަކު…ދެންމެގަ އިވުނު ވަރަށް ބާރު އަޑެއް…އެހެންވެ އަޅުގަނޑު މިއައީ ކިހިނެއްވީތޯ ބަލާލަން…” ވަށައިގެން ހޯދާލަމުން ސީމާބުނެލިއެވެ. ކޮޓަރިތެރެ އޮތީ ވަރަށް ތަރުތީބުކޮށެވެ. އަދިހަމައެހެންމެ ކުޑަކުއްޖެއްވެސް ފެންނާކަށް ނެތެވެ. ނަމަވެސް ސީމާގެ ލޮލުގައި އަޅައިގަތީ އެތާހުރި އެނދުމަތީގައި އޮތް ކުޑަހެދުންކޮޅެކެވެ. ކޮންމެއަކަސް މިތަނަކީ ވަރަށް ސިއްރުވެރި ތަނެއްކަމުގައި ސީމާގެ ހިތް ބުނެލިއެވެ. ހަމައެއާއި އެކު އޭނާގެ ހަވަނަ ހިއްސު އިންޒާރުގެ ރަނގަބީލު އަޅަން ފެށިއެވެ. ގޮނޑިން ތެދުވެގެން ސީމާ ދޮރާދިމާއަށް ދަނިކޮށް މޫނުމައްޗައް އަނދިރިވާކަހަލަ އިހުސާސެއް ކުރެވުމުން އަނެއްކާވެސް ގޮނޑިގައި އިށީނދެލިއެވެ. އޭރު އޭނާގެ ބޮލުގައި ވަރަށްގަދައަށް ރިހެމުން ދިޔައެވެ.

“ހުއް…އަދި އެބައުޅެއެއްނު އަހަރެންގެ ކަންތަކަށް ފާރަލާން..ކުޑަ ކުޑަ ހިޔަޅު..” ސީމާގެ މޫނުމަތީގައި ހުރި އިސްތަށިތައް ދުރުކޮށްލްމުން އިކުރާމު ދަތްތަކަށް ބާރުލަމުން ބުނެލިއެވެ.

” އަހަރެން ކަލެއް ފާރަލާތާ ވަރަށް ދުވަސް ވެއްޖެ..ތި ގޮތް ނޭނގޭ ކުއްޖާގެ ރީތިކަމަށް އަހަރެންގެ ޖިސްމު ވަރަށް ބޭނުންވޭ…ހަހަހަ…އަހަރެން މިއީ އެއިޑްސް ޖެހިފައި ހުރި މީހެއް…އިވޭތަ އަޑު އޭނ؟ ” ސީމާގެ ކޮލުގައި ޖަހާލަމުން އިކުރާމު ހިނިގަނޑެއް ޖަހާލިއެވެ. ހަބަރު ހުސްވެފައިވާ ސީމާއަށް މިއިން އެއްވެސް ކަމެއް ރޭކާ ނުލައެވެ.

އިކުރާމުގެ އަތްދަނޑި މައްޗައް ސީމާ ނެގުމަށްފަހު އެތާހުރި އެނދުމަތީގައި ބޭއްވިއެވެ. އަދި އޭނާ ގެންގުޅޭ ސާމާނުތަކުން ކަތުރެއް ހިފައިގެން އައިސް ސީމާގެ އަންނައުތައް ކަފާ ކުދިކޮށްލިއެވެ.

“ވާއު….ޖަޒް ވާއު..ޒީ އަށްވުރެވެސް ފުރިހަމަ..އަހަރެންގެ ބޭނުން ފުދުނީމަ ކަލޭވެސް ދާނެ އެ ޒީ އޮތްތަނަށް..އަހަރެން އޮންނާނެ އޭނަގެ ޕޯސްޓް މޯޓަމް ހަދާފަ ކަލެއާ އެއް ވަޅެއްގައި ވަޅުލަން ބާއްވާފަ..” ސީމާގެ ގައިމައްޗައް ޖެހިގަންނަމުން އިކުރާމު އޭނަ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ފުން އިހުސާސެކޭ 5

Next

އައިޝާ (ފަހުބައި)

Next
April 10, 2017

އައިޝާ (ފަހުބައި)

Previews
April 10, 2017

ފުން އިހުސާސެކޭ 5

19 Comments!

  1. kayashandy says:
    April 10, 2017 at 4:54 pm

    hey all dn othy last part ingey…insha allah mireyge vagutheigai up kohdheveythw try kuranee..?

  2. kayashandy says:
    April 10, 2017 at 4:59 pm

    n thanks to all de lovely readers..last part ga in kujjaku comment kohfa dhivehi bahah iskan dheyn…aslu mi story ga maigandu gotheigai miulheny beyruge gaumeiga ulhey dhivehi baei ehenveema emeehun ehaavarah dhivehi vaahakei nudhakkaane kamah lafaa kohfa dialogue thah ehuree…ekam dn iraadhakureviyyaa liyaa vaahakeiga dhivehi bahah samaalukan dheynan..n alhugandu aslu real life ga ves vaahak dheikenee mikahalage gothah bilanguage veema ebai ehaa bodah annanee. .sorry for de inconvenience but i ll keep dat in mind…thank u all…n keep waiting ☺ ❤ love you all???

  3. Mash says:
    April 10, 2017 at 5:03 pm

    V v nice mi vaahaka avahah up kurahchey next part keep it up

    1. kayashandy says:
      April 10, 2017 at 6:07 pm

      insha allah…keep waiting n thanks alot?

    2. kayashandy says:
      April 10, 2017 at 6:10 pm

      thank u mash…m.tryn to upload it tonight

  4. Shabyyy says:
    April 10, 2017 at 5:07 pm

    Yeyyyy me first dhw…alhe dhen hama nimeneetha??ekuhjaafulhu mihaaru kobaitha??maraaleekanneyge dhw!!

    1. kayashandy says:
      April 10, 2017 at 6:09 pm

      heheh…dn mihaaru nimenee ey…? ekujjaafulhu neyge oi haaleives? u ll knw it tonight..insha allah…

  5. kiya says:
    April 10, 2017 at 5:14 pm

    V salhi mi part ves

    1. kayashandy says:
      April 10, 2017 at 6:12 pm

      thnkz ? ?

  6. meee says:
    April 10, 2017 at 5:36 pm

    alheyy seema ah dhera gotheh nuhadhaathi plxxx waitingssssss,…….

    1. kayashandy says:
      April 10, 2017 at 6:08 pm

      lets c…neynge vaane gothei dhw…thank u for ur comment ☺

  7. Chum handi says:
    April 10, 2017 at 6:27 pm

    zeesha ves maraalee… seema ves maraalan eulhenee… ikram akee hitheh nei insaaneh… insaanun ge thereah ves nufethey firiheneh… i hate him… but story varah salhi… waiting for the next part…

  8. Anonymous says:
    April 10, 2017 at 6:33 pm

    Aalimaa ah higeyny kanneynge dhn…seemaa naeema aalimaa dhaany kanneynge ethanah…
    =Tinkerbell=

  9. Sheen says:
    April 10, 2017 at 7:50 pm

    Seema enulafa ikramge aidhashun salamai koddhee. Plz. Salhi story eh

  10. xin says:
    April 10, 2017 at 10:08 pm

    alhe avahah up kohdhehchey. kn dhuvaheh mi vaahaka ah inthizaaru kuraatha.

  11. shiu says:
    April 10, 2017 at 10:11 pm

    Vv reethi….seema eh dheragotheh nuhadhaathi..pls…

  12. Maree says:
    April 10, 2017 at 10:53 pm

    V reethi

  13. afu says:
    April 10, 2017 at 11:18 pm

    Kba next part. V salhi story…

  14. Xii says:
    May 18, 2017 at 10:17 pm

    Koba tha last part???

Comments are closed.

Next Episodeމިހިތުގެ ފަސާނާ 35 (ފަހުބައި)←


All Right Reserved!