Skip to content
އެސްފިޔަ

މާހާ – ޓްރެއިލާރ

” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ އެތިކޮޅުތައްވެސް ބިންމަތީގެ އެކި ދިމަދިމާއަށް އެޅިފައިއޮތެވެ. ޝިމާޒް އިންގޮތް ފެނުމުން މާހާއަށް ބިނދެބިނދެފައި ވަރަށް ބާރަށް ހޭންފެއްޓުނެވެ. މާހާ ކިތަންމެ ވަރަކަށް އަދި ކިތަންމެ ގިނައިރަކު ހޭންއިނަސް ޝިމާޒްއަށް ވަރިހަމައެވެ. ޝިމާޒް އިނީ ހަމަ އޭނާގެ ގޮތުގައެވެ. އެހެންކަމުން، މާހާއަށްވެސް ހޭންފެއްޓިގޮތަށް އެތައްއިރެއްވަންދެން ހުއްޓުމެއްނެތި ހެވުނެވެ.

……………………………….

އެހެންނަމަވެސް، މާހާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އޭނާ ކިތަންމެ މޮޅަސް، ބޮޑާވެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. އޭނާ، އެކުދިންވެސް ގެންގުޅެނީ ވަރަށް ގާތްކޮށްގެންނެވެ. ޝިމާޒަކީވެސް އެފަދަ ކުއްޖެކެވެ. މާހާގެ ކިލާހު އެކުވެރިއެކެވެ. މާހާ، އެކުދިންނާއި ވާހަކަދައްކައި ހީސަމާސާވެސް އެވަރަށް ކުރެއެވެ. އަދި ފިލާވަޅުވެސް ބުނެދެއެވެ. އެރީތި ސިފަ މާހާގެ ކިބައިގައި ހުރުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައިވެސް އެއްވެސް ބުރަކަމެއް މާހާއާއިމެދު ނުވެއެވެ. މާހާގެ އެކުވެރި މޮޅު އެހެން ކުދިން، އެކުދިންނާ މެދު ކަންތައްކުރާގޮތުން އޭނާގެ ހިތްވެސް ނުރުހެއެވެ. ބައެއްފަހަރު ފޫހިވެސްވެއެވެ. އެކުދިންގެ ކޮންކުށެއް އޮވެގެން ބާއޭ އޭނާގެ ހިތަށްވެސް އަރައެވެ.

……………………………….

ކިލާހުން ނިކުމެގެން ހިނގާފައި ޝާންއާއެކު އައި ޒާހިލް ފެނިފައި، އަވަސްއަވަހަށް މާހާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލީ އެދިމާއަށް ނުބަލަންވެގެންނެވެ.

އެއީ އޭނާއަށް ހީވިގޮތް ހެއްޔެވެ؟ ނޫނެކެެވެ. ޝާންއާއެކު ދިޔަ ޒާހިލް އެދިޔައީ ހަމަ ރަނގަޅަށްވެސް އޭނާގެ ގައިގައި ޖެހިގަނެފައެވެ.

 

 

( މި ޚިޔާލީ ވާހަކައިގައި މަޖާ، ލޯބި، ހިތާމަ ކެޓެގަރީ އެކުލެވިގެންވިފައިވާނެ. އިންތިޒާރުކޮށްލައްވާ.)

Comments (13)

  1. Lovegirl

    Me first dhw. Mi story v reethi vaanehen heevey waiting for the first part.?

  2. XXX

    Me second..vv reethi vaanehen hyvany

  3. Ma

    Magey life story tha egidhaanethaa vaagotheh.. Waiting

  4. Maly

    Nukuraanan inthizaareh ????

    1. Woa
      Maly

      Why yoa??

    2. M33 hama meeheh
      Maly

      Fuppaane kameh nei

  5. shafu

    reethi vaane hen hyvey

  6. Woa

    Waitingg.. hope nice vaane kamah

  7. Maiha

    Reethi vaane dhw mi vaahaka

  8. Some One

    Waitinggg

  9. Rose Mallow

    Aslu Rose mivahaka genesdhen ulhuny 18+ vahaka ehge gothah. Ekamaku mihaaru eumuraa gulhey vahaka mi site in nugenesdheveythee vaahakaige varah bodu baeh badhalu kuran jeheythy e masahkai mi kuriah dhanee. Ekamaku veehaa ves avahakah mi vahaka genesdheveytho balaanan. Mi vahaka akee kiyuntherin kiyaa hiyy vaa vahaka Akah vaane 🙂

    1. Rose ge big fan eh
      Rose Mallow

      Yeah
      I just hope
      Trailer ves v reethi
      I just read firls part
      Now gonna read next part
      Luv u rose

      #imyourbigfan

  10. Mahaa

    Oops
    So sad
    Insha allah

Comments are closed.