ކަޅުފޮއި އަނދިރި ރެއެކެވެ. ގަޑިން މެންދަމު އެކެއް ޖެހީއެވެ. ގަދަ ވިދުވަރަކާއިއެކު ޖަހާލި ގުގުރީގެ އަޑަށް އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން މިގޮތަށް އިންނަތާ މިހާރު ދެގަޑިއިރެއްހާއިރު ވެދާނެއެވެ. “ޚަލަފް! ނުނިދަންތަ އަދިވެސް؟” އަހަރެންގެ އަޑު އިވުމުން ޓީވީއަށް ގެއްލިފާއިން ޚަލަފް އަހަންނާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުގުރި ޖަހާތީ ނުނިދިގެންދޯ ތިއުޅެނީ؟ ދާންވީތަ ނިންދަވަން؟” ކޮފީ ހުސްކުރި ޖޯޑު އަހަރެންގެ އަތަށްދެމުން ޚަލަފް ސަމާސާކޮށްލިއެވެ. އަތްދަނޑިމަތީ އުފުލާލައިގެން […]
ދިމްރާ ނައްޓުވަން ކުރި މަސައްކަތުގައި ފެނުނީ ދެމީހުންވެސް އެއްކޮން ވެލިގަނޑު މައްޗަށް ވެއްޓުނުތަނެވެ.ދިމްރާއަށް ޔުއާންގެ ގައިން ދޫކޮށްލެވުނީވެސް އެވަގުތުއެވެ. ދިމްރާ ކޮޅަށް ތެދުވިއިރުވެސް ޔުއާންއަށް ވެލިގަނޑުމަތީ ދިމްރާ ދަތް އެޅިތާ އަތްއަޅާލައިގެން އިނދެވުނީ އެތަނަށް ވަމުންދިޔަ ތަދުންނެވެ. “ތީ ވެމްޕަޔަރެއްތަ؟” “ހޫމް!ސަމްޓައިމްސް” ދިމްރާވެސް ޔުއާންހެން އެއްމިޔަކަނުން ހީލަމުން އެނބުރި ހިނގައިގަތެވެ. މަންޒަރު ބަލަން ތިބި ހަތަރު މީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި ތިބި ބައެއް ހެންނެވެ. “މީ އަޅެ ކުޑަކުދިންތަކެއްތަ..އާނ!އެހެންނޭނުން ބުނެވޭނީ..ނުވިސްނޭވަރު ކުޑަކުދިންގެ އުޅުން ހުންނަ […]
އިޝާ ބޭބެ އާއި ހަވާލުކުރުމަށްފަހު އަޝްފާންގެ މިސްރާބު ހުރީ ފަޒުނާ ގެ ގެއާއި ދިމާލަށެވެ. 10 މިނެޓުގެ ދަތުރަކަށް އެގެއާއި ހަމަވި އިރު ފަޒުނާ ކޮނޑުގައި ދަބަސް އަޅުވައިގެން އޭނާގެ އިންތިޒާރުގައި ގޯޅިގަނޑު ކުރިމަތީ ހުއްޓެވެ. ފަޒުނާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއި އެކު އަޝްފާން ބާރު ސްޕީޑުގައި ކުރިއަށް ދުއްވާލިއެވެ. ތުލުސްދޫ ބަދަރަށް ފައި ބީއްސާލުމާއި އެކު ދެމީހުންނަށް މަރުހަބާކީ އަޝްފާންގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ ނާފިއުއެވެ. ނާފިއުއަކީ އޭލެވެލް ގައި އަޝްފާނާއި އެއްމެ […]
“އައި..އައިމް ސޮރީ” ދިމްރާ އެހެންބުނެ އަވަސްވެގަތީ އެތަނުން ނުކުންނާށެވެ.ޔުއާންއަށް ވީގޮތްފެނިި ދިމްރާއަށް ޔުއާންއާއި ދިމާލަށް ބަލައިލަންވެސް ނުކެރުނެވެ.އެހެންކަމުން ހަލުވި ފިޔަވަޅުތަކެއްގައި ނުކުމެ އެ ކޮޓަރި ދޮރުވެސް އޭނާ ލައްޕާލިއެވެ.ދެއަތް ޖޯޑުކޮށްލާފައި މޭގާ ޖައްސާލައިގެންހުރެ ދިމްރާ އެދިޔަގޮތަށް ގޮސް ނުކުތީ ބެލްކަންޏަށްށެވެ.އޭނާ އެ ދިޔަ ބާރުމީނުގައި ގޮސް ހުއްޓިލީވެސް ބެލްކަނީގެ ރެއިލިންގ ކައިރިއަށް ދެވުމުންނެވެ.އެއައްފަހު ފެނުނީ ދެއަތުން ރެއިލިންގައި ހިފަހައްޓާލާފައި ފަޒާ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިތަނެވެ. ވާރޭ ކަނި ކުޑަކުޑަ ކޮށް ޖަހަމުން ދިޔަނަމަވެސް މީހާ ހަމަޔަކަށް […]
އަދި އެންމެ ފަހަރަކު އެ ރީތި މޫނަށް ބަލާލަނަމޭ ހިތައި ބަލާލި ހިނދު ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގައި އާގޮތަކަށް ވިންދެއް ޖަހާލައިގެން ދިޔައެވެ. މިކަން އެދެމީހުންނަކަށް ރޭކައެއްނުލައެވެ. އެވަގުތު ސްކޫލުގެ ރަނގަބީލު ޖެހިގެން ދިޔުމުން ހައިޝަމް ހައިފާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ހޯލަށް ދާން ލައިން ހަދަން ދިޔައެވެ. ހައިފާ ދެންވެސް އިނީ މަސްތުގައި ޖެހުންގޮތަށް އެއިންތަނުން ގުޑިލަންވެސް ނޭނގިފައެވެ. މަސްތު ނުވާންވީ ސަބަބެއްވެސް ނެތެވެ. ހައިޝަމްއަށް ލިބިފައިވަނީ އަންހެންކުދިންގެ ހިތްތަށް އެއަކަށް އަބަދުމެ […]
ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އިސްޖެހިފައި އިން ރިއުމާންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަތުގައި އަޅާފައި އޮތް ރަން ކެވެލިފަށަށް އިރުއިރު ކޮޅުން ދަމާލާއިރު އެ އިނގިލިތަކުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭނާ ވަށައިގެން އެކި މީހުން ހަރަކާތް ތެރިވާކަން އިނގޭ އިރުވެސް ރިއުމާންއަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. އިވޭ ކޮންމެ އަޑަކާއި ފެންނަ ކޮންމެ މަންޒަރެއް ފޭދެމުން ދިޔަހެން ހީވެއެވެ. “ރިއު..” ކުއްލިއަކަށް އޭނާގެ އަތުގައި ހިފާލަމުން އެނަން ގޮވާލި […]
“އިޝާން ދެން އާދެބަލަ ފެންވަރައިގެން ނިދަން ދާން” “އިޝާން އިޝާން …” މަންމަ ގޮވާ އަޑު އިވެމުން ދިޔަޔަސް ޓީވީ އިން ދައްކަމުންދިޔަ ކާޓޫނަށް ޝައުގުވެރިވެފައި ހުރިލެއް ބޮޑުކަމުން އެ ނުނިމެނީސް ފެންވަރަން ދާކަށް އިޝާން ބޭނުމެއް ނުވިއެވެ. އިޝާންގެ ހަބަރެއް ނުވުމުން ނާފިޔާ އެންމެ ފަހުން ކޮޓަރިން ނުކުމެގެން އައިސްފިއެވެ. “އެކަމަކުވާ ދަރިފުޅާ! ކޮން އިރެއް މަންމަ ގޮވާތާ” “މި ކާޓޫން ނިމުނީމަ މަންމާ” “ތި ނިމެންދެން މަންމަ އަކަށް ނުހުރެވޭނެ. ދޮންތިއާ އެއްކޮށް ސްކޫލް […]
“އާހް.. ތަދުވެޔޭ ދައްތާ…” “ކޮންމެހެން މަށާދިމާލަށް ދައްތާއޭ ކިޔާ ގޮވާނެކަމެއް ނެތް.. ހަމަމިހާރު މިހިރަ އެއްޗެހިތައް ދޮންނާން ދޭ..!” މާޝާގެ ކަންފަތުގައި ބާރަށް ހިފާ ކޮއްޕާލަމުން ނަފީސާ ބުންޏެވެ. އުމުރުން މިހާރު 16 އަހަރަށްދާ މާޝާ ދޮންމަންމަ ގާތައް ދިރިއުޅުން ބަދަލުކުރީ އޭނާގެ އުމުރުން 9 އަހަރުގައި މަންމަ ނިޔާވުމާ ގުޅިގެނެވެ. ލިބެމުންދާ އަނިޔާތަކަށް ކެއްކޮއްގެން މިއަދާ ހަމައަށްވެސް މާޝާ އުޅެމުން އަންނަނީ އޭނާގެ މަންމަގެ ވަސިއްޔަތައް ޓަކާއެވެ. ” ދަރިފުޅާ..! މަންމަ ނެތް ދުނިޔެ އެއްގައިވެސް […]
އާދުވަހަކަށް އިރު އެރި އިރު އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. އެނދުމަތީ ދެފައި ދަމާލައިގެން އިނީ ވައަތު ފަޔަށް ތަދުވާ ވަރުންނެވެ. އެފައިގެ ކަކުލުން ތިރިވަނީ އެއްކޮށް ދުޅަވެފައެވެ. އެއްއަތުން ފައި މޮޑެލަ މޮޑެލަ އިން އިޝާ އިރުއިރުކޮޅާ “އައްދިއްޔޯއި” އޭ ކިޔާ ގޮވާލައެވެ. “ދަރިފުޅާ ކިހިނެތްވީ” އިޝާގެ ހާލު ފެނި ފަރީދާ އަހާލިއެވެ. “ވަރަށް ތަދުވޭ ފަޔަށް” ކައިރީގައި އެވަގުތު އިން މަންމަގެ ކޮނޑުގައި އިޝާ ބޯއަޅާލިއެވެ. އޭރު އިޝާގެ މޫނުމަތި ވަނީ ދާތިކިތަކުން […]