Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (ފަހުބައި)

Psenhi Level 410 Stories100 Comments100 Login
May 11, 2017 3 Mins Read
48 Comments

“ތިހާ މަޑުން ގޮވައިގެން ޚަލަފްއަށް އަޑެއް ނީވޭނެ ދޯ؟” ޝަމްމުގެ އަޑު ކަންފަތްދޮށުން އިވުމުން އަހަރެން ފަހަތަށް މޫނު އަނބުރާލީމެވެ.

ތަޤްދީރު އަހަންނާ މިކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އަހަރެންގެ އެންމެ ކައިރީގައި ވާއިރުވެސް މިހިތުގައި ވިންދުޖަހަމުން މިދަނީ އެހެން މީހަކަށް ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގައި ޝަމްމު ބީހިލުމުން އެއީ ޚަލަފްއަށް ވެދާނެކަމަށް ހީކުރެވުނީ ކީއްވެހެއްޔެވެ؟

“ޚަލަފް! މީނަވެސް ބައިވެރިކޮށްބަލަ. ޝަމްމުއަށް އެނގެއޭ މަސްބާނަން ދާހިތުން ޚަލަފްކައިރީ ބުނަން ނުކެރިގެންކަން ނާން ތިއުޅެނީ” ޝަމްމު ހިތަށް އެރިގޮތަށް ބުނިލިއެވެ. މަސްބާނަން މޫދަށް އެރިހުރި ޚަލަފް އަހަރެންގެ ލޮލުގާ އަޅައިގަތީ އެވެގުތެވެ.

ކުޅެން ތިބި މީހުން ގޮވަން ފެށުމުން ޝަމްމު އެދިމާއަށް ދުއްވައިގަތެވެ. ޚަލަފް ބޮލުގެ އިޝާރާތުން އަހަރެން އައުމަށް ބުންޏެވެ. ޖެހިލުންވެހުރެ މޫދަށް އެރިގެން ޚަލަފްގެ ފާތަށް އަހަރެން ދިޔައީމެވެ.

އަހަރެންނަށް ބެލެމުންދިޔައީ އެއްފަހަރު ޚަލަފްގެ މޫނަށް އަނެއްފެހަރު އެ ކަސްރަތީ ހަށިގަނޑަށެވެ. ހުސްގަޔާ ހުރިއިރު ދިއްލިފައިވާ މުތީތަކެއް ފަދައިން ދާތިކިތައް އެހަށިގަނޑުގެ އެކި ހިސާބުން ފެންނަން ހުއްޓެވެ. ތިމާގެ ހިތުގެ ވެރިޔާ އެހާގާތުގައި އެފަދަ ގޮތަކަށް ހުރުމުން އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވޭނީފަހެ ކާކަށް ހެއްޔެވެ؟ އަހަންނަށް ބޭއިޚްތިޔާރުގައި ޚަލަފްއާއި އިތުރަށް ގާތަށް ޖެހިލެވުނެވެ.

“އައި ލަވް ޔޫ.” ޚަލަފްގެ އެ ފިރިހެންވަންތަ ހަށިގަނޑުގެ ދެފަރާތުން ބައްދާލަމުން ޚަލަފްގެ ކަންފަތް ދޮށުގައި ވައި އަޑުން އަހަރެން ބުނެލީމެވެ. އެއަޑު ކަންފަތުގައި ޖެހުމާއިއެކު ޚަލަފް އަހަންނާއި ދިމާއަށް އެނބުރިލިއެވެ. އެވަގުތު ޚަލަފްގެ ނޭފަތް އަހަރެންގެ ނޭފަތުގައި ބީހިލިއެވެ.

ޚިޔާލުގެ ދުނިޔެއިން ބޭރު ވެވުނުހިނދު އަހަރެން އަވަސް އަވަހަށް ފަހަތަށް ޖެހިލީމެވެ. އެފަދަ ވަސްވާސްތަކުން އަހަރެންގެ ހިތް މިންޖުވުމަށް އެދެމުންނެވެ. ޚަލަފްގެ ފަރާތުން ފެެެެެެނުނު ދުރުުުުުުުުކަމާއި ބަަަަސް މަދުކަަަން މިކަަަަަަމަށް އެހީއަކަށް ފުުުުުުުދުނެވެ.

…

މާޒީގެ ފުން ޚިޔާލުތަކުން އެނބުރި އާދެވުނުއިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ރެއާއި ދުވާލު އެއްވެސް ކުލައެއްނުވާ ހުވަފެންތަކެއް ޚަލަފްއާއިއެކު ދެކެމުން  އަންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟ ކާވަނި ކުރެވުނު ދުވަހަށްފަހު މިއަދާ ހަމައަށްވެސް އަހަރެންގެ ހިތާއި ސިކުނޑި ދަނީ ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. އެއްދުވަހު ހިތް އެހަނގުރާމައިގާ މޮޅުވާއިރު އަނެއްދުވަހު ސިކުނޑިއަށް ކާމިޔާބު ލިބެއެވެ. އެތަށް ފަހަރަކު ޝަމްމުގެ ގާތުގައި އެދުވަހު ބުނި މީހަކީ ޚަލަފްކަމާއި މިގޮތަށް ދެމީހުން އެއް ފުރާޅެއްގެ ދަށުގައި އުޅެންޖެހުމުން ހިތަށް ކުރަމުންދާ ހިތްދަތި އިޙްސާސްތައް ޝަމްމުއާއި ޙިއްޞާކުރަން ބޭނުންވިއަސް އެފަދަ ހިތްވަރެއް އަދި ވަނީ ނުލިބިއެވެ.

މިހާރަކަށް އައިސް އަހަރެން ޚަލަފްއާއި ގައިގޯޅިވެވޭގޮތުން ދެން އިތުރަށް އެންމެ ދުވަހެއްވެސް ލަސްނުކޮށް އެވާހަކަ ޝަމްމުގެ ގާތުގައި ބުނަން އަހަރެން ބޭނުމެވެ. ނަމަވެސް އެވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ ޝަމްމު އެނބުރި އަހަރެންގެ ގާތަށް އައުމުންކަން އަހަރެންގެ ސިކުނޑި އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހު ސަރާ އެނބުރި މާލެ އައުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަހަންނާއި ޚަލަފް އެކަނިވާ ވަގުތު މަދުވާނެތީއެވެ. ނަމަވެސް މިވީ ދުވަސްކޮޅުތެރޭ އަހަންނާއި ޚަލަފްއާއި ދެމެދު އަލުން އުފެދުނު އެކުވެރިކަން ދެން ގެއްލޭކަށް އަހަރެން ނޭދެމެވެ. ޚަލަފްވެސް އެގޮތެއް ބޭނުމެއްނޫނެވެ. އެހެންކަމުން ދެމީހުންގެ ދެމެދުގައިވީ އެކަކު އަނެކަކަށްޓަކައި އޯގާތެރިކަމެވެ. ސަމާސާކުރުމާއި އެކަކު އަނެކަކަށް ދިމާވާ މުހިއްމު ކަނަކަން ޙިއްސާކުރުމަކީ މިހާރު ދެމީހުންގެ އާދައަކަށް ވަނީ ވެފައެވެ.

އަހަރެން އެދުވަހަކަށް އިންތިޒާރު ކުރަމުންއައި ދުވަސް އައިސް ޖެހުނީއެވެ. ތިންމަސްދުވަސް އަހަންނާއި ދުރުގާ ހޭދަކުރުމަށްފަހު ޝަމްމު އައުމުން އަހަރެން ހުރީ ނުހަނު އުފަލުންނެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ޝަމްމުގެ ގައިގާ ބާރަށް ބައްދާލީމެވެ. ދެން ދުވަހަކުވެސް އެއްވެސް ތާކަށް އަހަރެން ނުލާ ނުދެވޭނެއޭ ބުނުމުން ލުއި ހިނތުންވުމަކާއިއެކު ޝަމްމުގެ ދެއަތް އަހަރެންގެ ހަށިގަނޑު ވަށާލިއެވެ.

އަހަންނަށް ޝަމްމުގެ މޫނުގެ އެތަން މިތަނުގާ ބޮސްދެވުނީ ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ޝަމްމުއާއި ދުރުގާ އެހާދުވަސް ހޭދަކުރަން ޖެހުމުން އަހަރެންގެ ދިރިއުޅުމުގައި ޝަމްމުގެ މުހިއްމުކަން އިޙްސާސްވިއެވެ. ޚަލަފްގެ ގައިގޯޅިވުމުން ހިތަށް ބިރުވެރިކަން ވަދެގެންދިޔައީ ޝަމްމުއާއި ދުރަށް ދާންޖެހިއްޖެނަމަ ވާނެ ގޮތަކާއިމެދު ވިސްނޭތީއެވެ. އާއެކެވެ! އަހަރެން ދެން ދުވަހަކުވެސް އެކުށް ތަކުރާރެއް ނުކުރާނަމެވެ. ޝަމްމުއަށް ބޭވަފާތެރިއެއް ނުވާނަމެވެ. ޝަމްމުއަކީ މިހާރު އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އެމީހަކާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާނެ އެކެކެވެ.

އެތަށް ދުވަހެއްގެ އިންތިޒާރަށްފަހު އަހަރެންގެ ފަރާތުން ލިބުނު ގާތްކަމުގެ ސަބަބުން ޝަމްމުގެ މޫނުމަތި އުޖާލާވެފައި ވަނިކޮށް އަހަރެން ދުށީމެވެ. ފެންކަޅިވެފައިވާ އެހެނަސް ލޯބިން ފުރިގެންވާ ނަޒަރު ހުއްޓިފައިވީ އަހަރެންގެ ދެލޮލަށެވެ. އެއާއިއެކު އަހަރެންގެ މޫނާއި މޫނު ކައިރި ކޮށްލުމަށްފަހު އަހަރެންގެ ތުނުފަތުގައި ބޮސްދޭންފެށިއެވެ. ކާވެންޏަށްފަހު މިވީހާތަނަށް އަހަރެންގެ ފަރާތުން ދުވަހަކުވެސް ނުލިބޭވަރަށް ޝަމްމުއަށް ލޯބިދޭން އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ.

ޚަލަފްގެ ބައްޕަގެ ޝަރީއަތް ނިމި ބައްޕަ މިނިވަންވީއެވެ. އޭގެ ދެޙަފްތާފަހުން ބައްޕައާއިއެކު ޚަލަފްއާއި ސަރާ، ބޭބީގޮވައިގެން ލ. ގަމަށް ދިޔައެވެ. ޚަލަފްއަށް އެރަށު ކޯޓުން ވަޒީފާ ހަމަޖެހުމުން އެމީހުންގެ ދިރިއުޅުން އެއްކޮށް އެރަށަށް ބަދަލުކުރީއެވެ.

ޚަލަފްއާއި އަހަންނަކީ މިއަދުވެސް ބެސްޓް ފްރެންޑްސްއެވެ. ދެމީހުންގެ ދެމެދުގައި މިއަދުވެސްވަނީ ކުރިން އޮތްފަދަ ގާތް ގުޅުމެކެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަކަށް ލިބޭ އުފަލާއި ހިތާމައިގާ އަނެކަކު ބައިވެރިވަމެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ކޮންމެ ފަހަރަކު އެންމެ ގާތުގައިވަމެވެ. ނަމަވެސް އެންމެ ކަމެއް ފިޔަވައެވެ. ގައިގޯޅިވުމަކީ އަހަރެމެން މިހާރު ދޫކޮށްލާފައިވާ ސިފައެކެވެ.

އަހަންނާއި ޝަމްމުގެ ދިރިއުޅުމަށް އެތަށް ކުރިއެރުމެއް ލިބިފައިވެއެވެ. ޝަމްމުގެ މަޤާމަކީ އަހަރެންގެ ހިތުގައި ދެވަނަ މީހަކަށް ދެވޭވަރަށްވުރެ މާ މަތިވެރި މަޤާމެކެވެ. އަހަންނަށް އެއީ އަގުބޮޑު ޖަވާހިރެކެވެ.

…

އަހަރެންގެ އިނީ އަހަރެންގެ ފުރާނަފަދަ ތިން އަހަރުގެ ކުޑަކުޑަ ނީމްގެ ހަރަކާތް ތަކަށް ބަލާށެވެ. ރަސްފަންނަށް އައިއްސިއްޔާ އެކުއްޖާގެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް އަބަދުވެސް ހުރެއެވެ. ވެލިގަނޑުގައި އިނގިލިން ރޮނގު އަޅަމުން ގެންދިޔައިރު އަހަރެން އެމަންޒަރު ފޯނުގައި ރައްކާކޮށްލީމެވެ.

“ނާން!” އެ ފިރިހެންވަންތަ އަޑު އައި ދިމާއަށް އަވަސް ނަޒަރެއް ދިއްކޮށްލެވުނެވެ. އެއާއިއެކު އަހަރެންގެ ކޯތާފަތް ރަތްވެގެން ދިޔަކަން އަހަރެންގެ މޫނަށް ފުންކޮށް ނަޒަރުހިންގާލައިފި ކޮންމެ މީހަކަށްވެސް ހާމަވާނެއެވެ. އަހަރެންގެ ތުންފަތް މައްޗަށް ވެރިވި ފުޅާ ހިނިތުންވުމަކީ ލިބުނު އުފާވެރިކަމުގެ ހެއްކެއްކަން ގައިމެވެ. މިއީ މިއަދުވެސް އެސޫރަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ މޫނަށް އަރާފައިބާ ކުލަވަރުތަކެވެ. އަހަންނާއި މާ ދުރުނޫން ހިސާބެއްގައި ފަސްވަރަކަށް އަހަރުގެ ފިރިހެންކުއްޖެއްގެ އަތުގައި ހިފާލައިގެން ހުއްޓިލައިގެން އެހުރީ ޚަލަފް ފިޔަވާ އިތުރު މީހެއްނޫނެވެ.

ނިމުނީ

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ލޯބި ވެވުމުން……….11

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (31)

Next
May 11, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (31)

Previews
May 10, 2017

ލޯބި ވެވުމުން……….11

48 Comments!

  1. Mary says:
    May 11, 2017 at 1:42 am

    V rythi ninmun ves. Ekam dheravey vaahaka niminyma. Kon irakun dhen ehn vaaahakaeh kiyan lineyny?

    1. cenhi says:
      May 11, 2017 at 1:28 pm

      Thankx Mary. After Ramazan Insha Allah

  2. ????❤ says:
    May 11, 2017 at 1:44 am

    Nice cover photo
    Story also nyc
    Thankyou♡

    1. cenhi says:
      May 11, 2017 at 1:53 am

      Thnkx

  3. cenhi says:
    May 11, 2017 at 1:46 am

    Mi story ves nimuny. Unmeedhukuran huriha kudhinnah kamudhiya kamah. Mi story baeh readers ge life aa gulhun hurumaek bunelan othy naan fadhain dhiriulhumaga dhimava kankama mayoosnuve move on kurashey. Kuda hivvareh kohfiyya insha Allah dhiriulhun bajjaveri kurevidhaneye. N Khalaf n Naan gulheyne kamah unmeedh kuri kudhinnah bunelan othy sorry Ey. Midhekudhin fadhain huriha enmenna first love kamiyab nuvedhaneye.

  4. cenhi says:
    May 11, 2017 at 1:53 am

    N hopefully will meet u ol again after Ramazan with a horror story this tym

  5. Coco says:
    May 11, 2017 at 5:59 am

    So she still loves Khalaf dhw story is soo touching not beautiful but perfect

    1. cenhi says:
      May 11, 2017 at 1:19 pm

      Thnkx Coco. V ufaavejje thiha kamudhiyaeema

  6. Coco says:
    May 11, 2017 at 6:00 am

    Story is soo touching and beutiful

  7. Noor says:
    May 11, 2017 at 6:48 am

    One of the cutest story dear???

    1. Cenhi says:
      May 11, 2017 at 7:24 am

      Thnkx Noor

  8. Lam says:
    May 11, 2017 at 7:09 am

    Mihaareethi storye genimun masakan kamakunudiya naanu halafuge vaahaka Hus kaareenubuneema

    1. Cenhi says:
      May 11, 2017 at 7:26 am

      Thnkx Lam. Hmm asl u r right.

  9. arsy says:
    May 11, 2017 at 7:56 am

    nimun ehaa reecheh noon

    1. Cenhi says:
      May 11, 2017 at 8:13 am

      Thnkx arsy for da comment. Dhn faharakun dhw

  10. Sidhu says:
    May 11, 2017 at 9:02 am

    Cenhi story ge end ehaa ragalheh noon…Vaahaka v salhi

    1. cenhi says:
      May 11, 2017 at 1:28 pm

      Thankx sidhu

  11. Shile says:
    May 11, 2017 at 9:25 am

    nimunu iru khalaf aa merry koggen tha eyna ulheny?
    Inthizaarek manukuraanamey tiltle????? How????? Nimunuiruves loabivanee khalaf dheke. Khalaf ailaifiyya eyna athutherey to any limit Khalaf wants. So???? Vaahak afeshigen nimunuiruves confusionehgga. kon time frameh baa mee? ehenhithah araala araala. not good.

    1. cenhi says:
      May 11, 2017 at 1:22 pm

      Thnkx shile 4 da comment. Vahaka liyefa in gothun Ehen vedhane. May b adhi effahar feshigen nimendhn kiyalyma get vane kannenge. Enme fahun eyny present miharge life.

  12. Aisha says:
    May 11, 2017 at 10:43 am

    Vv reeth

    1. cenhi says:
      May 11, 2017 at 1:23 pm

      Thnkx Aishu

  13. Yal says:
    May 11, 2017 at 10:47 am

    nimunee dhw vaahaka…v nala vaahaka gendhiya goiyy

    1. cenhi says:
      May 11, 2017 at 1:23 pm

      Hmm. Thnkx Yal

  14. Aisha says:
    May 11, 2017 at 12:19 pm

    Awww varah reethi mi story ves umeedukuran mikahala teeth I story thah adhives kiyaalan libeynekamah ?

    1. cenhi says:
      May 11, 2017 at 1:24 pm

      Thank you Aisha. Insha Allah

  15. Aisha says:
    May 11, 2017 at 12:27 pm

    Maa avaha vaahaka nimmaafa thiothy
    Bt its beautiful bt will be perfect if u make it a little longer

    1. cenhi says:
      May 11, 2017 at 1:25 pm

      Thankx Aisha. Ya avahah ninmaaly bxy vyma

  16. nonns says:
    May 11, 2017 at 12:42 pm

    Woow. Varah reethi stry eh. Ekam haadha avahakashey thi nimmaaly. Btw im waiting for your HORROR story. Ummeedhu kurany reethi vaane kamah

    1. cenhi says:
      May 11, 2017 at 1:26 pm

      Thankx nonns. Cenhi geves unmeedhaky thy

  17. shafu says:
    May 11, 2017 at 12:43 pm

    vvvvvv reeethi…..waiting for your next horror story……..

    1. cenhi says:
      May 11, 2017 at 1:27 pm

      Thankx shafu

  18. silver mist says:
    May 11, 2017 at 1:46 pm

    V v salhi mi story… ??

    1. Cenhi says:
      May 11, 2017 at 5:58 pm

      Thank yu silver mist

  19. Izu says:
    May 11, 2017 at 1:48 pm

    Nimun aslu reehcheh noon. Maa avas aruvailaigen nimmaaly thy. Mi ah vureh reethikoh nimun geneveyne. Vaahaka ge name akaa nugulhey.

    1. Cenhi says:
      May 11, 2017 at 6:00 pm

      He he. Name aka nugulhetha. Naan inthixareh nukureye mihar khalaf libeyne kamakah. Thnkc for da comment

  20. ssss? says:
    May 11, 2017 at 1:54 pm

    V rythi??

    1. Cenhi says:
      May 11, 2017 at 6:03 pm

      Thank you

  21. Some one says:
    May 11, 2017 at 1:58 pm

    Vaaahaka v v v salhi… Assu hiiikuri varah vuren nimun riihcheh nun. . n kudakoh vaaanuvaa… Bt ai v v real life kahala v v salhi than than… Asssu nimun iru halaf aaa gulhun nama maa salhi viss..

    1. Cenhi says:
      May 11, 2017 at 6:05 pm

      Thank you. Asl me hama beynun nuvy mifahar edhemyhun gulhen. I guess this is a difference

  22. Some one says:
    May 11, 2017 at 8:09 pm

    Yaaa dw!!! Gd … Unique assu v!!! N v v emtnl dhn!!! V salhi liyefa oiy goiy! V asaru kuraa kahala gothakah dhn! Lwni hama v… Any way kon irakun u ge ehn story eh annaaanii?

    1. Cenhi says:
      May 11, 2017 at 9:38 pm

      Thnkx some one. After Ramazan

  23. You says:
    May 11, 2017 at 8:34 pm

    V foohi mi vahaka?.ekm Dhn vahaka ya reethi vaane kama heekuran

  24. Šhįýãã Šîaa says:
    May 11, 2017 at 10:28 pm

    Varah reethi vahakaye

    1. cenhi says:
      May 11, 2017 at 11:47 pm

      Thnkx shiya

  25. Chum handi says:
    May 11, 2017 at 10:35 pm

    aslu story reethi… but nimun gadeega khalaf ethaa hureema, does that mean naans husband is khalaf know??? really confused here…. btw waiting for your next story…. ekam cenhi keevve tha logout vegen ehbai comments ah reply kuranee…. and i need the answer for the 1st question….

    1. cenhi says:
      May 11, 2017 at 11:55 pm

      Thnkx chum handi. Hahaha. Asl mivahaka different kolly mifahar. Naan miharvs Mary kohgen ulheny shammu ayey. BT khalaf aaves dhimavedhanenun fahunves. If he x special 2 her, she might feel DAT way dhw. Just a thought of making story uncommon. N login konme fahak vanjeheythy dhn reply kohlany

  26. You says:
    May 12, 2017 at 12:07 pm

    Vahaka reethi yaa bunaaa meeehun na dhw thax aaa kiyaaa comm mi kuraneee reethi nunee yaa hama Ehn. Buna vaaneeee

  27. yours says:
    May 14, 2017 at 9:07 pm

    wow beautiful story ever i have read keep it up

Comments are closed.



All Right Reserved!