Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (9)

Psenhi Level 410 Stories100 Comments100 Login
May 8, 2017 5 Mins Read
31 Comments

…

މާޒީގެ ޞަފްހާތަކަށް ގެއްލިފާ އަހަންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެ ހިތްދަތި ދުވަސްތައް ހަނދާންވުމުން އަނެއްކާވެސް އަހަރެންގެ ލޯ ކަރުނުން ފޯވިއެވެ.

ޚަލަފްގެ ހިތުގައިވެސް އަންނަށްޓަކައި ތެދުވެރި ލޯތްބެއް ވާކަމާއި އެދުވަހު ޚަލަފް އެގޮތަށް ކަންތައް ކުރީ ސަރާގެ ބަލިހާލުގެ ސަބަބުންކަން އެނގުމުން ކޮންމެސްވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ޚަލަފްއެކޭ އެއްފަދައިން އަހަރެންގެ ދިރިއުޅުމަށްވެސް ގިނަ ބަދަލުތަކެއް އައިސްފައިވެއެވެ. އަހަރެންގެ އެކަނިވެރި ޙަޔާތް އުފާވެރި ދިރިއުޅުމަކަށް ހަދަން ޝަމްމުވަނީ އެތަށް ގޮތަކުން މަސައްކަތް ކޮށްފައެވެ. އަހަރެންގެ ހުރިރާވެސް އުންމީދަކީ މިހާރު ޝަމްމުއެވެ. ޝަމްމުއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅުމެވެ.

“ނާން އަހަންނަށް މާފް ކޮށްދޭނަންދޯ؟” އަހަރެންގެ ފޯނަށް އައި މެސެޖް ކިޔާލީމެވެ. އަހަރެން ޚަލަފްއަށް މާކުރިންވެސް މާފު ކޮށްފައިވާކަމާއި އެކަން ދެން ހަނދާން ނައްތާލުމަށް ބުނެ މެސެޖަށް ރިޕްލައި ކޮށްލީމެވެ. އެއާއިއެކު އަނެއްކާވެސް މާޒީގެ ޞަފްޙާތައް އަހަރެންގެ ޚިޔާލަށް އަންނަންފެށިއެވެ.

…

ސަރާއާއި ދޭތެރޭ އަހަރެންގެ ހިތުގާ އެއްވެސް ހިތްބުރަކަމެއް ނެތެވެ. އެމަޤާމްގައި އަހަރެން ހުރި ނަމަވެސް ކަންތައްކުރެވޭނީ އެހެންކަންނޭނގެއެވެ. އެންމެ ތުއްތުއިރުއްސުރެ ބައްޕައެއް ހުރެ އެބައްޕަގެ ލޯބިން މަޚްރޫމްވެފައެވެ. މަންމަގެ ހިތުގެ ބަލީގެ ސަބަބުން ސަރާ ދޫކޮށް ދާނީ ކޮންވަގުތަކުކަން ބުނެދޭންވެސް ނޭނގެއެވެ. އެހެންކަމަށްވީއިރު ތިމާ ލޯބިވާ ފަރާތް އެގޮތަށް އެހެންމީހެއްގެ އަތްމައްޗަށް ދޫކޮށްލަން އެދޭނީ ފަހެ ކާކުހެއްޔެވެ؟ ޚަލަފްފަދަ ރަނގަޅު އިންސާނެއް ތެޔޮ ނާށި ކާޅު ޖަހައިގަންނަ ފަދައިން އަތުލަންދެން މަޑުން ހުރެވޭނީ ކާކަށްހެއްޔެވެ؟ އަހަރެން ނަމަވެސް ނުހުންނާނަމެވެ.

އަހަރެން ޚަލަފްގެ ހަނދާންތަކާއި ދުރުވުމަށް ނުހަނު މަސައްކަތް ކުރީމެވެ. ނަމަވެސް އެނަން މިހިތުގައި ބިންވަޅުނެގިފައިވަނީ އެއަށްވުރެ ވަރުގަދަ ދެއްޔަކުންނެވެ. އެސޫރަ އަހަރެންގެ ދެލޮލުގެ ކުރިމަތީ އަބަދުވެސް ސިފަކުރެވެމުންދިޔައެވެ. ނަތީޖާއަކަށްވީ ކިޔެވުމަށް ދޭންވާ ސަމާލުކަންވެސް ކުޑަވެ އަހަރެން ބޭނުންވި ނަތީޖާއާއި ހަމައަށް ވާސިލް ނުވެވުމެވެ. އެހެންނަމަވެސް  ވަރަށް ހިތްވަރު ނެރެގެން ކުރި ބުރަ މަސައްކަތުން ފަހު ސެމިސްޓާރގެ އިމްތިހާނުން ފާސްވުންވެސް އެއީ އަހަންނަށް ވަރަށް ބޮޑު މިންވަރެކެވެ.

ޖެހިގެން އައި އަހަރު އަހަރެން އަމިއްލަ ރަށް ކަމައްވާ ވެލިދޫގެ  ނ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީމެވެ. ސްކޫލްގައި ބިޒީ ޝެޑިއުލް އަކަށް މަސައްކަތް ކުރަމުންދާން ފެށުމުން ޚަލަފްގެ ޚިޔާލުތައް މަޑުމަޑުން ފުހެވެން ފަށައިފިއެވެ. ނަމަވެސް ރޭގަނޑު ނިދަން އޮށޯންނަ ވަގުތަކީ އަބަދުވެސް އެޚިޔާލުތައް ހިތުގައި ތާޒާވާ ވަގުތަކަށް ވަނީ ވެފައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އަހަރެންގެ ގިނަ އެކުވެރިން މިހާރު ޙަޔާތުގެ ބައިވެރިޔާއާއިއެކު ދިރިއުޅުން ފަށައިފިއެވެ. ބައެއް މީހުންނަށް މިހާރު ކުދިންވެސް ލިބިއްޖެއެވެ. އެއިން ކޮންމެ މީހަކުވެސް އަހަރެން ފެނުމުން ކުރަނީ އެއް ސުވާލުތަކެކެވެ. “ކޮބާ އަދިވެސް ތިޔަ އުންމީދުކުރާ ޕްރިންސް އާ ދިމާ ނުވަނީ ހެއްޔެވެ؟ ކާވެނި ކުރަނީ ކޮންއިރަކުން ހެއްޔެވެ؟ އަދިވެސް ސައި ދޭކަށް ނުވޭހެއްޔެވެ؟” އަހަރެންގެ ޖަވާބަކީ އަބަދުވެސް އެއް ޖަވާބެކެވެ. “ދެން ތިކަމާވެސް އުޅެންވީއެ!”

ނަމަވެސް ޙަޤީޤަތަކީ އަހަރެން އެފަދަ ކަމަކަށް އަދި ތައްޔާރު ނޫންކަމެވެ. ކިތަންމެ ކުދިންނެއް އަހަރެންގެ ގާތުގައި އިންނަން އެހިއަސް އަހަރެންގެ ޖަވާބަކީ ސޮރީއެވެ.

ފަތިހުގެ ހަމަހިމޭން ވަގުތެވެ. ފަތިސް ނަމާދަށްފަހު އަހަރެންވެސް ދަބަސް ކޮނޑުއަޅައިގެން އަތިރިމައްޗަށް ނިކުތީމެވެ. މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށްވުމުން ސްކޫލްގެ މުއައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް މަޖާ މާހައުލެއްގައި އުޅެލުމުގެ މަޤްސަދުގައި ފަޅުރަށަކަށް ދަތުރުދާންވަނީ ރާވާފައެވެ. އެހެންކަމުން ވަރަށް މަދު މީހަކު ނޫނީ ހުރިހާ މުއައްޒަފުން ކަހަލަ ގޮތަކަށް އަތިރިމައްޗަށް ނިކުމެ ތިއްބެވެ.

މޫދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ހިރުނދު ގަހެއްގެ ދަށުގައި އިށީނދެލައިގެން އަހަރެން އިންއިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ ޚަލަފްގެ ޚިޔާލުތަކެވެ. ވަރަށް ފާޅުގައި އަހަންނާއި ދުރަށްދާން ބޭނުންކަމަށް ބުނި ނަމަވެސް އަހަރެންގެ ހިތް އަދިވެސް އެސޫރަ ދެކެލުމަށް އިންތިޒާރު ކުރެވެނީއެވެ.

“އަފޫ!” އަހަރެންގެ ނަމުން މީހަކު ގޮވާލުމުން އަޑުއައި ދިމާއަށް ބަލާލީމެވެ. ސްކޫލްގެ ގިނަ މުއައްޒަފުން އަހަންނާ މުޚާތަބްކުރަނީ އެނަމުންނެވެ.

އިސްކޮޅުން މާ ދިގުނޫން ހަމުގެ ކުލަ އަލި ފިރިހެނެކެވެ. ބޮޑު ދެލޮލަކާއި ތޫނު ކަޅިރަވައެކެވެ. މަތިމަހާއި ތުނބުޅި ކުރުކޮށް ކޮށާލެވިފާވެއެވެ. ކަކުލާއި ހަމައަށް އަންނަ ޖިންސުބުރިއެއް ލައިގެން ހުސްގަޔާ ހުރިއިރު އެ ކަސްރަތީ ހަށިގަނޑު ފެންނަ ކޮންމެ އަންހެން ކުއްޖަކުވެސް ހިތްކިޔާނެކަން ގައިމެވެ. ނަމަވެސް އަހަރެން އިސްޖަހާލީމެވެ.

“ހާދަ އެކަނިވެރިކޮށް! ކޮން ފިކުރެއްގަ؟” އެ ނުދަންނަ މީހާ އައިސް އަހަރެންގެ ގާތުގައި އިށީންނަމުން ސުވާލުކޮށްލިއެވެ. އަހަރެން ފިކުރެއް ނުކުރަމޭބުނެ ދުރު ބަލަހައްޓައިގެން އިނީމެވެ.

“ދަތުރު އަންނަން ދޯންޏަށް އެރީއްސުރެ މިބަލަނީ. އަދިއެއް ތި މޫނުން އެންމެ ފަހަރަކުނޫނީ ހިނިތުންވުމެއް ނުފެނޭ. އަބަދުވެސް  ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފަ ވަރަށް އެކަނިވެރިކޮށް އުޅޭތަން ފެންނަނީ. އެހެންވެ ބޭބެ ކައިރިން ނަން އަހައިގެން އެވަރަކުން މިއައީވެސް ތި އެކަނިވެރިކަން ފިލުވައިދެވޭތޯ؟ އަހަންނަށް ކިޔަނީ ހައިޝަމް. ޕްރިންސިޕަލް ޝަހީމްއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ.” ހައިޝަމް އަމިއްލައަށް ތަޢާރަފްވެލިއެވެ. އަހަރެންވެސް ހިނތުންވެލީމެވެ.

“ހިނގާބަލަ ހިނގާލަންދާން. ފޫހިވެފަ މިހުރީ. އެމީހުން އަދިވެސް ސައިބޮއި ނިމުންކަމަކަށް ނުހެދިވިއްޔަ.” ހައިޝަމްގެ އެދުމަށް އަހަރެން އިންތަނުން ތެދުވެ ހިނގައިގަތީމެވެ. އަހަރެންވެސް ބޭނުންވީ އެ ޚިޔާލުތަކާއި ދުރަށްދާށެވެ. އެހެންމީހުން ފަދައިން ހިނިތުންވެ އެދަތުރުގެ މަޖަލުގައި ބައިވެރިވާށެވެ.

ދެމީހުން ރާޅުފެންފަށުގައި ހިނގަމުން ދިޔައިރު ގިނައިން ދެކެވުނީ ހައިޝަމްގެ ލައިފް ކުރިއަށްދާ ގޮތުގެ ވާހަކައެވެ.

ހައިޝަމްގެ އުފަން ރަށަކީ ސ. ހިތަދޫ ކަމާއި އުޅެބޮޑުވީ މާލޭގައިކަމެވެ. ވަޒީފާ އަދާކުރަނީ ކަސްޓަމްސްގައި ކަމަށާއި ވެލިދޫއަށް އައިސް އެއުޅެނީ ޗުއްޓީއެއް ނަގައިގެން ބޭބެމެންނާއިއެކު މަޖާކޮށްލަން ކަމަށެވެ. އަދި އައިފަހުން މިވީ ދެދުވަސްކަމާއި އަދި ދެޙަފްތާވަރު މިކޮޅުގައި މަޑުކުރަން ގަސްތުކުރާކަމެވެ. މިހެންގޮސް އެތަށް ވާހަކައެއް ދެކެވުނުއިރު ހައިޝަމްގެ މަޖާ މިޖާޒުގެ ސަބަބުން އަހަންނަށް ހެވެއެވެ. ހާދަ އަނގަގަދަ މީހެކޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އަހަރެން ހައިޝަމްއޭ ކިޔާ ވާހަކަ ދައްކަން ފެށުމުން ޝަމްމު ކިޔަސް އޯކޭކަމަށް ބުނެލިއެވެ.

އެނބުރި އެހެންމީހުން ތިބި ހިސާބަށް ދެވުނުއިރު އަހަރެންގެ މިޖާޒު މުޅީން ބަދަލުވެ ހިނިތުންވުމެއް މޫނުމަތީގައި ހުއްޓެވެ. އެމީހުންތިބީ ފައިގަތަޅާ ކުޅޭށެވެ. އަހަރެމެން ދެމީހުން އެއްކޮށް ފެނުމުން ޕްރިންސިޕަލް ދެމީހުން ކަމެއްހޭކިޔާ ދިމާކޮށްލުމުން އަހަރެން ހުރީ ރަކިވެފައެވެ. ދެންތިބި މީހުންވެސް އަހަންނާއި ދިމާކުރަން ފެށުމުން އަހަރެން އިތުރަށް ލަދުގަންނަގޮތްވިއެވެ. އެއާއި ޚިލާފަށް ޝަމްމުގެ މޫނުމަތިން ފެންނަންހުރީ ނުފިލާ ހިނިތުންވުމެކެވެ.

އެދަތުރަށްފަހު އަހަންނާއި ޝަމްމުގެ އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ. ސްކޫލުން ގައަށް އައުމަށްފަހު ލިބޭ ހުސްވަގުތުތައް ގިނައިން ހޭދަކުރެވެނީ ޝަމްމުއާއި އެކުއެވެ. ޝަމްމުގެ އޯގާތެރިކަމާއި އުފާވެރި މިޖާޒުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އެތަށް ދުވަހަކަށްފަހު އާރޯކަން ގެނެސްދިނެވެ. ޝަމްމުއާއިއެކު ހޭދަކުރާ ވެގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އަހަރެންގެ މޫނުމަތިން ފެންނަކަން އެހެން އެންމެންނެކޭ އެއްފަދައިން އަހަންނަށްވެސް ފާހަގަ ކުރެވުނެވެ. އެ އަޅާލުމާ އޯގާތެރިކަމުގެ ސަބަބުން ޚަލަފްގެ މަތިން ވަރަށް ހަނދާންވެއެވެ. ނަމަވެސް އެ ޞަފްޙާތައް މަޑުމަޑުން ހިތުން ފަށަ ފުހެލަން އަހަރެން މަސައްކަތް ފަށައިފީމެވެ.

ޝަމްމު ފުރާދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސްވަނީއެވެ. އަނެއްކާވެސް އަހަރެން އެކަނިވާން އުޅޭކަމުގެ އިހްސާސުން އަހަރެންގެ ހިތް ރޮއްވަމުންދަނީއެވެ.

ޝަމްމު ފުރައިގެން ދިޔައީ އަހަނަށް ބަރާބަރަށް ގުޅާނެކެމާއި ކިތަންމެ ދުރުގައި ހުއްޓަސް އެބަދުވެސް ހާލުބަލާނެކަމަށް ބުނެއެވެ. ދިއުމުގެ ކުރިން އަހަރެންގެ ފަރާތުން އެދުނީ ހަމަ އެންމެ ކަމަކުއެވެ. އެއީ ޝަމްމު ދިއުމަށްފަހުވެސް ކުރީގައި އުޅުނުފަދަ އެކަނިވެރި ދިރިއުޅުމެއް ނޫޅެ އުފާވެރިކަމާއި ހިނިތުންވުމާއިއެކު ދިރިއުޅުމާއި ކުރިމަތިލުމަށެވެ. އަހަރެން ޝަމްމުގެ އެދުން ފުރިހަމަކުރަން މަސައްކަތް ކުރީމެވެ. ނަތީޖާއަކަށްވީ އަހަރެން ހީވެސް ނުކުރާފަދަ ހިތްވަރުގަދަ ކާމިޔާބު މީހަކަށް އަހަރެންވުމެވެ.

އަހަންނެކޭ އެއްގޮތައް ޝަމްމުވެސް އޭނާ ވަޢުދުވީ ަފަދައިން އަހަރެންގެ ހާލުބަލަމުން ގެންދިޔައެވެ. އިރު އަރާނީ ޝަމްމުގެ ފޯންކޯލަކުންނެވެ. އަދި ޝަމްމުގެ ގުޑް ނައިޓް މެސެޖެއް ނުލިބެނިސް އަހަރެންގެ ލޮލަށް ނިދިވެސް އަންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ޙަޤީޤަތަކީ ޝަމްމުގެ އެ ގާތްކަމާއި އޯގާތެރިކަން ޚަލަފްގެ މަތިން ހަނދާންކޮށްދޭކަމެވެ. އެއީ ޚަލަފް ނަމައޭ ހިތަށް އަރާ ފަހަރުވެސް މަދެއްނޫނެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެން އިޝާ ނަމާދު ކޮށްލައިގެން ނިކުމެ ބޭރު ޖޯލީގައި އޮށޯވެލީ މިރޭ ބަތް ކާހިތް ނެތްކަމަށް ދޮންބެ ދައްތަ ކައިރީގައި ބުނެލާފައެވެ. ފޫހިވެފާ އޮތުމުން ޝަމްމުއަށް ގުޅާލީމެވެ. ނަމަވެސް ފޯނު ބިޒީ ކޮށްލުމުން ދެން އިތުރަށް ގުޅަން ނުހަދާ ވައިބާއަށް ވަދެލީމެވެ.

ޯފޯނަށް ބަލަހައްޓައިގެން އޮތުމަށްފަހު އަހަރެން ސިއްސައިގެންގޮސް ކޮޅަށް ތެދުވެވުނީ ވައި އަޑުން އަހަންނަށް އަފޫއޭ ކިޔާ ގޮވާލުމުންނެވެ. އަހަރެން ފުރަތަމަ ހުރީ ބިރުންނެވެ. އެއީ ޝަމްމު ކަމަށް ޤަބޫލްކުރަން ދަތިވެފައެވެ. ޝަމްމު އަވަސް އަވަހަށް ސޮރީއޭ ބުނެ ޖޯލީގައި އިށީނުމަށް އިޝާރާތްކުރުމުން އަހަރެން މަޑުމަޑުން އިށީނީމެވެ. ޝަމްމު އަހަރެން ބިރުގަނެފައި އިންވަރު ފެނި ކުރުސި ކިޔާލުމަށްފަހު ހޭންފެށިއެވެ. އަހަރެންވެސް އެ ހުނުމުގައި ބައިވެރިވީމެވެ.

“އަހަރެން ވަރަށް މުހިއްމު ކަމަކު މިފަހަރު މިއައީ” ޝަމްމު ވާހަކަދެއްކިއެވެ. އަހަރެން އަހައަހާވެސް އެއީ ކޮންކަމެއްކަން ނުބުންޏެވެ. އެންމެ ފަހުން ބުނީ ވަގުތު އައިސް ޖެހުމުން އެނގޭނެ ކަމަށެވެ.

ޝަމްމުގެ އެދުމަށް ޖެހިގެން އައި ރޭ ހިނގާލަން ދިޔައީމެވެ. ބަނދަރުމަތިން ހިނގަމުންގޮސް ތަންކޮޅެއް ދުރުގައި ގާގަނޑުމަތީ އިށީނުމަށް ޝަމްމު އެދުނެވެ. ދެމީހުން އެތަނުގައި އިރުކޮޅަކު ވާހަކަދައްކަން ތިބީމެވެ.

ޝަމްމުގެ އަތް އަހަރެންގެ އަތްމަތީ ބާއްވާލުމުން އަހަރެން ސިހިފައި އެމޫނަށް ބަލާލީމެވެ. އެ ބޮޑު ދެލޯ ހުއްޓިފައިވަނީ ސީދާ އަހަރެންގެ މޫނަށެވެ. އެދެލޮލުން ފެންނަން ހުރި މަސްތުކަމަކީ އެކަން މީގެ ކުރިން އިހްސާސްކޮށްފައިވާ އެއްވެސް މީހަކަށް ސިއްރުވާނެ ކަމެއްނޫނެވެ. އަހަރެން އިސްޖަހާލީމެވެ. ޝަމްމު ބުނަން އެ ބޭނުންވާ އެއްޗެއް އަހަންނަށް އެނގޭކަމުގެ އިހްސާސް ކުރެވުމުންނެވެ.

ނާން! އައިމް އިން ލަވް ވިތް ޔޫ! ވިލް ޔޫ ބީ މައި ވައިފް؟ އަހަރެންގެ އަތުގައި ހިފާލަމުން ޝަމްމުގެ ޖީބުން ރަން އަނގޮޓިއެއް ނަގާ އަހަރެންގެ އަތުގެ ތެރެއަށް ލައިދެމުން ޝަމްމު ބުނެލިއެވެ. އަހަރެން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.

އޯކޭ މިހާރު ޖަވާބެއް ނުދިނަސް. ވިސްނާފަ ޖަވާބެއްދީ! އަހަރެން އިންތިޒާރު ކުރާނަން. އަދި ނާންގެ ޖަވާބަކީ ޔެސް ކަމުގައިވިއަސް ނުވަތަ ނޯ ކަމުގައިވިއަސް ތި އަނގޮޓި ނާން އަތުގައި ބާއްވާ! ތީ އަހަެންގެ ފަރާތުން ދިން ހަދިޔާއެއް. ޝަމްމު އަހަންނާއި މުޚާތަބު ކުރީވެސް ނާން ކިޔާފައެވެ. އެހިތުގައި އަހްނަށްޓަކާ ވާލޯބި އަހަންނަށް އަނދާޒާ ކޮށްލެވުނެވެ.

ނިދަން އޮށޯވެ އޮތްއިރުވެސް އަހަންނަށް އޮވެވުނީ ޝަމްމުގެ ހަދިޔާކަމުގައިވާ ރަން އަނގޮޓި އަތަށް ލައިގެންނެވެ. އެހެން އޮވެގެން އޭގައި ޖަހާފައި އިން އެސް އަކުރުގައި އިރުއިރުކޮޅާ އިނގިލި ހިންގާލެވެއެވެ.

އަހަންނަށް ނިންމުމެއް ނިންމަން އުނދަގޫވަނީއެވެ. ޚަލަފްއަށްޓަކާ މިހިތުގައިވާ ލޯބި ޝަމްމުއާއި ގުޅުމުން ފުހެވިގެން ދާނެބާއެވެ! ޚަލަފްއަށްޓަކާ މިހިތުން ދެވިފައިވާ މަޤާމް ހުސްކޮށް ޝަމްމުއަށް އެމަޤާމް ހިބަކޮށް ދެވިދާނެ ހެއްޔެވެ؟ ޝަމްމުއާއި ކާވެނި ކުރުމަށްފަހު ޝަމްމު އެދޭފަދަ ލޯތްބެއް އަހަންނަށް ދެވިދާނެބާއެވެ! އަހަރެން އަދިވެސް ޚަލަފް އެނބުރި އަންނާނެކަމަށް އިންތިޒާރު ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ! ޚަލަފްއަކީ މިހާރު މީހެއްގެ ހައްޤެކެވެ. ޝަމްމުފަދަ މީހަކު އަހަރެންގެ އަތުގައި ހިފުމަކީ އަހަންނަށް މާޒީ ހަނދާން ނައްތާލާ ދިރިއުޅުމާއިގެން ކުރިއަށްދާން ލިބުނު ފުރުސަތެކެވެ. ބީވެގެންދިޔަ ލޯތްބަކަށްޓަކައެއް އިންތިޒާރެއް އަހަރެން ދެން ނުކުރާނަމެވެ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ޝައިން (ޕާޓް-22)

Next

އިއުނާސް (5)

Next
May 9, 2017

އިއުނާސް (5)

Previews
May 8, 2017

ޝައިން (ޕާޓް-22)

31 Comments!

  1. Kiara says:
    May 9, 2017 at 12:07 am

    Vaahaka up vefa ineema ? ? face inee mihen…
    Kiyan indha ehaa kurukan eguneema ? ? face inee mihen..

    Ekm v salhi ingey story dhaa goih..v aslu mi vaahaka..
    Mibuny..aslu dhiri ulhumuga vs kithanme lwbi vaameeheh huttas ehn meehaku e lwbi ihusaas nuvaa varah lwbi dheyn huriyyaa e dhimaa ah dheveyne ey..
    Aee hageegaiy..
    Thimaa ah liben neh ehchehge inthixaaruga hurumah vure, thimaa ah liben oiy ehchehga hifaigen kuri ah dhiyaima vaanee ragalhah..
    ❤❤❤❤

    1. cenhi says:
      May 9, 2017 at 12:11 am

      Thnkx kaira. Aslvs ehenvaane dhw. Engey Mirey vaahaka kuruvegen shakuva annanekan. Miadh balikoh ulhunyma vahaka nuliyevuny. Mirey liyevun thankolhu hama upkohlaahivvy thikudhin inthixar kuranethy.

    2. Kiara says:
      May 9, 2017 at 12:27 am

      Oh My My..?
      I 1st Tha..
      Yeyyyy..?
      Adhi Alah 1st Comment Kohlevuny Mi..?
      Hahahaha?

  2. malaak says:
    May 9, 2017 at 12:10 am

    Me second dhww

    1. cenhi says:
      May 9, 2017 at 12:12 am

      Ya

  3. Nana says:
    May 9, 2017 at 12:14 am

    Vrh salhi mi part vx?

    1. cenhi says:
      May 9, 2017 at 12:14 am

      Thnkx Nana

  4. Mary mal says:
    May 9, 2017 at 12:19 am

    Nice.next part avahah up vaane kamah heekuran

    1. Cenhi says:
      May 9, 2017 at 6:10 am

      Thnkx

  5. Shaa says:
    May 9, 2017 at 12:22 am

    Vaahaka nimunee tha??

    1. Cenhi says:
      May 9, 2017 at 6:11 am

      Nooney dear adhi nunime

  6. baby says:
    May 9, 2017 at 12:23 am

    mi story dhaagoi varah salhi. keep going cenhi. and gws

    1. Cenhi says:
      May 9, 2017 at 6:12 am

      Thnkx baby

  7. jinni says:
    May 9, 2017 at 12:27 am

    dhen konirakun next part? desperately waiting. anekka shammu ah sirrun nubaavacchey halaf ge vaahaka nubune. shammu geney dhen avahah

    1. Cenhi says:
      May 9, 2017 at 1:07 pm

      Thnkx jinni

  8. Khajja says:
    May 9, 2017 at 8:53 am

    Wow masha allah stry dhaagoiy v rythi v furi hama thanks cenhi n shafakallah

    1. Cenhi says:
      May 9, 2017 at 9:16 am

      Thnkx khajja

  9. Littu says:
    May 9, 2017 at 8:55 am

    Thanks tihaa balive uley iruvs up kodhineema

    1. Cenhi says:
      May 9, 2017 at 9:17 am

      He he. Its my pleasure 🙂

  10. Yuha says:
    May 9, 2017 at 12:10 pm

    Wow v vvreethi vaahakaeh

  11. Yuha says:
    May 9, 2017 at 12:12 pm

    Wow v v reethi mi partvx

    1. Cenhi says:
      May 9, 2017 at 1:06 pm

      Thnkx

  12. silver mist says:
    May 9, 2017 at 2:07 pm

    Vrh vrh salhi ??

    1. cenhi says:
      May 9, 2017 at 5:43 pm

      Thank you

  13. nonns says:
    May 9, 2017 at 5:47 pm

    Wow. Fabulous story ingey cenhi. When next part?? Inthizaaru kurevey eba

    1. cenhi says:
      May 9, 2017 at 9:28 pm

      Thankx. Tonight rest. Dhen last episode may b

  14. Maree says:
    May 9, 2017 at 6:58 pm

    v reethi

    1. cenhi says:
      May 9, 2017 at 9:26 pm

      Thankyu maree

  15. You says:
    May 9, 2017 at 10:42 pm

    Hiyaalu ge kan tha nimaaneee kone irakun baaa

    1. cenhi says:
      May 9, 2017 at 10:49 pm

      Hiyaalu nimey iru vahakaves onnany nimifa kannenge. Haha let’s c

  16. Ana says:
    May 12, 2017 at 1:22 pm

    Asluves varah ry. Thi adg. I v real story eh mee.. Ahan ah sifavany aharen hen mee a

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (10)←


All Right Reserved!