“އަދި ދިމާވާން ވާނެ އިނގޭ… އިންޝާ ﷲ… ޔަޝޫ ވަރަށް ފޯރިހުންނާނެ މިތަނަށް އަންނަން” މައިލީން ތެދުވަމުން ބުނެލިއެވެ. އެ ދެމީހުން ދިޔަ ދިމާބަލަން ތިބި ޒީޝާ އާއި އައިލީޝް ގެ ތުންފަތް މަތީގައި ވަނީ ހިނތުންވުމެކެވެ. އުނދަގޫވޭ ބުނެދޭން ދަތިވޭ… ހާތަލު މީ… ދެނެގެން މީ އަހަރެންގެ ހާލުކަން އެހީ ވާނުހޭ ރޯތަން ފެންނާނެޔޭ ވީ ކީއްކަން ނޭނގޭނެޔޭ… މީ އުފެދުމުގާ ހުންނަ އުނި ކަމެކޭ… ހިތަށް އަރާ ފެންނާނެނަމައޭ މި ދެލޮލުން ދުނިޔެ އެންމެނަށް […]
” ޔާ.. ދެޓް ރިމައިންޑްސް މީ.. ލައުރާގެ ދޮންބެ ގުޅި. ދެން ރިވީ ވާހަކަ ދެއްކީ.. ބުނިން ލައު ނިދާފައޭ.. ” ރިއުވީ ބުނި ވާހަކަ އަކުން ލައުރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ” ވަޓް؟؟ ” ލައުރާ ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. ” ލައުގެ ދޮންބެ ގުޅިޔޭ… ފައިވް ތާރޓީ ކަންހާއިރު.. ވައި؟؟ މާ ބޮޑުކަމެއްތަ އެއީ؟؟” ރިއުވީ ހަމަޖެހިލާފައި ބުނެލިއެވެ. “ރިވީ.. ކިއްކުރަން ފޯނު.. ނެވާމައިންޑް.. ލައު މިދަނީ ގެޔަށް.. ބާއި..” ލައުރާ […]
ނޯޓް: މިވާހަކައިގެ އެއްބައި ވާނީ ކުރިންވެސް މިސައިޓްގައި ގެނެސްދީފައެވެ. ނަމަވެސް މިހާރުމިވަނީ ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ލިޔެފައެވެ. މިވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަމެވެ. …………………………………………………………………………………………………… މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ތިޝާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ކުޑަކުދިން ކުޅޭ ހިތްގައިމު މަންޒަރަށް ބަލަން އިން ތިޝާގެ ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން މެދު އުމުރު އަންހެނަކު ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ބައްރާ ތިޝާ އިން ދިމާއަށް އަންނަނީއެވެ. ބައްރާއަކީ ތިޝާ […]
“ރާދު ވީ ޝުޑްބީ ހެޕީ. އަހަރުމެންގެ ދިރިއުޅުމުން ދޮންތަގެ ހިޔަނި އަބަދަށްފިލީ. ދެން ކީއްވެ ރާދު ތިފާޑަށް ތިއިންނަނީ؟ މިއެއްނޫންތަ އަހަރުމެން ބޭނުންވިގޮތަކީ.” ހިތްހަމަނުޖެހިފައި ލިވްޔާ ބުނެލިއެވެ. އެއާއެކު އެއްދިމާއަކަށް ގެއްލިފައިއިން ކަހަލަ ގޮތަކަށްއިނދެފައި ރާއިދް ލިވްޔާަގެ މޫނަށް ބަލައިލަމުން އިންތަނުން ތެދުވިއެވެ. “އައި ނޯ ލިވީ. އައި ނޯ ވީ ޝުޑްބީ ހެޕީކަން. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންނަކަށް އެއްވެސް އުފާވެެެރިކަމެއް އިހުސާސެއްނުވޭ. އަދިވެސް ތިޚަބަރު ގަބޫލުކުރަން އަހަރެންނަށް ދަތިވަނީ.” އެހެންބުނެލަމުން ލިވްޔާއަށް ވާހަކަ ދައްކާނެ […]
އަހަރެންނަށް ލޯބި ވެވުނީ އޭނާ ދެކެއެވެ. ކީއްވެ ހެއްޔެވެ؟ ކައިވެނީގެ މަތިވެރި ގުޅުމުން ފިރިމީހާއާ އެއްކޮށް އުޅެމުންވެސް އަހަރެންނަށް ލޯބި ވެވުނީ އެހެން ފިރިހެނެއްދެކެއެވެ. ފިރިމީހާއަށް ބޭވަފާތެރި ވެވުނީއެވެ. ކީއްވެހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ކުށުންނެވެ. މީހުންގެ ކުރިމަތީގައި ކުއްވެރިވާނީ ހަމައެކަނި އަހަރެންނެވެ. އެއީ އަހަންނަކީ ކައިވެންޏެއްކޮށްގެން އުޅޭ މީހަކަށްވާތީއެވެ. އަހަންނަކީ އުމުރުން 32 އަހަރުވެފައިވާ އަންހެނަކީމެވެ. އަހަރެންގެ މީހަކާ އިނދެ މި ދިރިއުޅުން އިޙުތިޔާރުކުރީ އަހަރެން އަމިއްލައަށެވެ. މައިންބަފައިންގެ އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. އަވަސް އަރުވާލައިގެން މި ކުރެވުނު […]
އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފެތުރިގަތީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަންނަށް ކުރެވުނު ކުށުގެ ބޮޑުކަން ވަޒަން ކޮށްލެވުނީ އެވަގުތުއެވެ. އޭގެ ހިތި ރަހަ އަހަރެންގެ އަރުތެރެއިން މިއިން ދުވަހަކު ފިލާނެކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބައްޕައާއި ދިމާލަށް ބަލާށެވެ. ބައްޕަގެ އާދަޔާ ޚިޔާލު ޙަރަކާތްތައް ފެނިފައެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެން ސިހުނީ ބައްޕަ ގެނައި ކުއްލި ޙަރަކާތަކުންނެވެ. ގައި ހުރި ބާރެއް ލައިފައި ބައްޕަ […]
“ވަރަށް ވަރަށް ލޯބިވޭ އަޔާދެކެ” އައްޔަދުގެ މޭގައި ރިމީޝާގެ އިނިގިލިތަކުން ފިރުމާލަމުން ބުނެލިއެވެ. ރިމީޝާއާއި ވީ ދިމާލަށް އައްޔަދު އެނބުރިލިއެވެ. ހިތް ތެޅެމުންދާއިރު ރިމީޝާއާއި ކައިރިވެލުމަށް ހިތް ގޮވަމުން ދިޔައެވެ. ޖަނާންގެ ފަރާތުން ލިބުނު ހިތްދަތިކަން ފިލުވާލުމަށް އައްޔަދު ބޭނުންވީ ރިމީޝާގެ ހަށިގަނޑުގެ ބޭނުން ހިފާށެވެ. ނަމަވެސް ރިމީޝާގެ ހަށިގަނޑުގައި ފިރުމާލުމަށް އަތް ހިއްލާވެސް ނުލާ ހުރިއިރު ބަލަމުން ދިޔައީ ދުރަށެވެ. “އަޔާ ލޯބިނުވިޔަސް އަހަރެން މަސައްކަތްކުރާނަން އަޔާގެ ހިތުން ޖާގައެއް ލިބެތޯ” ރިމީޝާ އައްޔަދާއި […]
ޖެހެމުން ދިޔަ ވައި މަޑުވެ، ވެހެމުން ދިޔަ ވާރޭ ހުއްޓި، ކުއްލިއަކަށް މޫސުން ރީތި ވެއްޖެއެވެ. ވާރޭ ހުއްޓާލަންދެން ގެއެއްގެ އަސްކަނި ދަށައް ހިޔާވަހިކަމެއް ހޯދުމަށް ވަދެ ހުރި ހަޔާ އަށް ބަލާލެވުނީ އަދިވެސް އެއްފަހަރު އުޑުމައްޗާ ދިމާލަށެވެ. އެއްކޮށް ވާރޭ ހުއްޓިއްޖެ ކަން ޔަގީން ވީމާ ބާރަށް ހިނގައިގަނެވިއްޖެއެވެ. ހީވާ ގޮތުން ކޮންމެވެސް ތާކަށް ދާން ލަސްވެގެން އުޅޭހެންނެވެ. ކުރިއަށް އޮތް މަގުގެ ކަންމައްޗައް ވާގޮތައް ހަދާފަ ހުރި ގޭގެ ގޭޓު ކުރިމައްޗަށް އަރާ ހަމަ […]
ގަޑިއަކީ ދަންވަރު 12:30 ވިއިރެވެ. އަޒްކާ ހޭލެވުނީ އޭނަގެ ގޭގެ ކައިރީގައި ހުރި ޖަންގައްޔަކުން ކުޑަކުޑަ ކުއްޖެއް ގޮވައިލި އަޑަށެވެ. އަޒްކާގެ ހިތައް އެގަޑީގައި ބިރުވެރިކަމެއް އައެވެ. އަޒްކާ އަވަސްއަވަހައް ދުވެފައި ގޮސް އޭނަގެ ކުޑަ އަންހެން ދަރިފުޅު ސާރާގެ ކޮޓަރިއަދިޔައެވެ، ދިޔައިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިތެރެ ހުރީ އެފުށައް މިފުށައް ޖަހާފައެވެ. ކޮޓަރިތެރެބަލައިލިއިރު ސާރާ ފެންނާކަށް ނެތެވެ. އެވަގުތު އަޒްކާ ހުރީ ބިރުން ފިނިވެފައެވެ. އަޒްކާ އަޒްކާގެ ދަރިފުޅު ހޯދަމުން ދަނިކޮއް ބޭރުގައިހުރި ބަންކެޔޮ ގަހެއްގެ […]