Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (28)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
April 6, 2018 6 Mins Read
36 Comments

“ރާދު ވީ ޝުޑްބީ ހެޕީ. އަހަރުމެންގެ ދިރިއުޅުމުން ދޮންތަގެ ހިޔަނި އަބަދަށްފިލީ. ދެން ކީއްވެ ރާދު ތިފާޑަށް ތިއިންނަނީ؟ މިއެއްނޫންތަ އަހަރުމެން ބޭނުންވިގޮތަކީ.” ހިތްހަމަނުޖެހިފައި ލިވްޔާ ބުނެލިއެވެ. އެއާއެކު އެއްދިމާއަކަށް ގެއްލިފައިއިން ކަހަލަ ގޮތަކަށްއިނދެފައި ރާއިދް ލިވްޔާަގެ މޫނަށް ބަލައިލަމުން އިންތަނުން ތެދުވިއެވެ. “އައި ނޯ ލިވީ. އައި ނޯ ވީ ޝުޑްބީ ހެޕީކަން. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންނަކަށް އެއްވެސް އުފާވެެެރިކަމެއް އިހުސާސެއްނުވޭ. އަދިވެސް ތިޚަބަރު ގަބޫލުކުރަން އަހަރެންނަށް ދަތިވަނީ.” އެހެންބުނެލަމުން ލިވްޔާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ދިނުމެއްނެތި ބާރުހިނގުމެއްގަަައިގޮސް ރާއިދް ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއެވެ. ރާއިދްގެ ބަސްތަކާއި އަމަލުން ހައިރާންވީވަރުން އިންތަނުން ތެދުވެ އަނގަ ހުޅުވިފައި ލިވްޔާއަށް ހުރެވުނީއެވެ. އެއްގޮތަކަށްވެސް ރާއިދް އެހެންބުނަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ

އިރުކޮޅަކު އެހެންހުރުމަށްފަހު ލިވްޔާވެސްގޮސް ކޮޓަރިއަށްވަނެވެ. އޭރު އެނދުގައި އޮށޮވެލައިގެން ނިތުގައި އެއްއަތްބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފައި ރާއިދް އޮތެވެ. ލިވްޔާ އައިސް އޭނާއާއި ޖެހިގެން އިނށީންކަންވެސް އޭނާއަށް އިހުސާސުނުވާފަދައެވެ. ހިތްހަމަނުޖެހިފައި ލިވްޔާ ރާއިދްގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “ރާދު.” މަޑުމަޑުން ލިވްޔާ ރާއިދަށް ގޮވައިލިއެވެ. ނަމަވެސް ރާއިދްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ރާދު.” އަނެއްކާވެސް ލިވްޔާ ގޮވައިލިއެވެ. މިފަހަރުވެސް ރާއިދްގެ ފްރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ރާއިދްއޮތީ ލިވްޔާގެ އަޑުއިވޭ ވަރަށްވުރެ ފުންޚިޔާލެއްގައި ކަހަލައެވެ. “ރާދޫ.” ތިންވަނަ ފަހަރަށް ލިވްޔާ ގޮވައިލީ ރާއިދްގެ އަތުގައިހިފައި ބާރަށް ތަޅުވައިގަންނަމުންނެވެ. ސިހިފައި ރާއިދް ލިވްޔާގެ މޫނަށް ފާޑަކަށް ބަލައިލިއެވެ. އޭރު ހިތްހަަމަނުޖެހުމުގެ ކުލަވަރު އެމޫނުމަތިން ފާޅުވަމުންދިޔައެވެ.

“ކިހިނެއްވީތަ؟” ހިތްހަމަނުޖެހުމުގެ ރާގަކަށް ރާއިދް އަހައިލިއެވެ. “އަހަރެންނަށްތަ ކަމެއްވީ؟ ވަޓްސް ރޯންގް ވިތް ޔޫ ރާދު؟” ލިވްޔާވެސް ޖަވާބުދިނީ އެފަދަގޮތަކަށެވެ. އިރުކޮޅަކު ލިވްޔާއާއި ދިމާއަށް ބަލަން އޮތުމަށްފަހު ރާއިދް ތެދުވެ އެނދުގެފަޑީގައި ލެގިލިއެވެ. “ކޮންއިރަކުންތަ އަހަރެމެންނަށް ބޭބީއެއް ލިބޭނީ؟ކީއްވެތަ މިހައި މަސައްކަތްކުރާއިރުވެސް ލިވީ ބަލިވެ ނީންނަނީ؟” ޝަކުވާގެ ރާގަކަށް ރާއިދް އަހައިލި ސުވާލުން ލިވްޔާގެ އަނގަ ބަންދުވުކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި ރާއިދްއާ ދިމާއަށް ބަލަން ލިވްޔާއަށް އިނދެވުނީއެވެ.

“އަހަރެންނަކަށް ނޭނގެ. ޑޮކްޓަރަށް ދައްކަން ހިނގާބަލަ.” ރާއިދް ގެއްލިދާނެކަމުގެ ބިރު ކުއްލިއަކަށް ލިވްޔާގެ ހިތުގައި އުތުރި އަރައިގަތެވެ. ބޯޖަހައިލަމުން ރާއިދް ލިވްޔާ ގެނެސް އޭނާގެ ގައިގައި ބައްދައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލިވްޔާވެސް ރާއިދްގެ މޭގައި ބޯއަޅައި އެމޭގައި އޭނާގެ މޫނުފޮރުވައިލިއެވެ.

“ރާދު ޕްލީޒް ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ. ވަރަށް ލޯބިވޭ.” ކުޑަކޮށް ރޮވިފައިވާ އަޑަކުން ލިވްޔާ އާދޭހާއެކު ބުނެލިއެވެ. “ލިވީ. އަހަރެން ނޫޅެމޭ ލިވީ ދޫކޮށްލާކަށް. ހަމަޖެހިބަލަ. އަހަރެން ބަލާނަން ވީހައިވެސް އަވަހަކަށް އެޕޮއިންޓްމެންޓް ހެއްދޭތޯ އިނގޭ. ދެން އެވަރަށް ނުވިސްނާ.” ލިވްޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ރާއިދް ބުނެލިއެވެ. ބޯޖަހައިލަމުން ލިވްޔާ އިތުރަށް ރާއިދްގެ އަތުތެރޭގައި ބޮނޑިވެގަތެވެ.

** ** **

އޭނާ ތައްޔާރުކޮށް ނިންމައިފައި ނޫރާއާއި އީނާލް ބޭރަށް ދިއުމާއެކު މަޑުމަޑުން އިސްއުފުލައިލަމުން މަލްހާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލިއެވެ. ހުދުކުަލައިގެ ބޮޑު ވެޑިންގް ޑްރެސްގައި މަލްހާ ހީވަނީ މުޅިން ތަފާތު ކުއްޖެއްހެންނެވެ. ކުރެވިފައިވާ ލުއި މޭކަޕް މަލްހާގެ ދޮންމޫނާއި ވަރަށް ގުޅެއެވެ. ހުދުކުލައިގެ ޝޯލްގައި ޖަހަފައިވާ ކުދިކުދި ވިދާ އެސްތަކުގެ ވިދުން މަލްހާގެ މޫނަށް އެޅިފައިވަނީ ހިތްގައިމު ގޮތަކަށެވެ. މަލްހާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނާގެ ދެވަނަ ކައިވެނި ނަމަވެސް މަލްހާ ކޮންމެވެސް ވަރަކަށް ހިތްބިރުގަނެ ނުތަނަވެސްވަމުންދިޔައެވެ. ދެލޯ މަރައިލަމުން އޭނާއަށް ސާބިތުކަން ދެއްވުންއެދި މަލްހާއަށް ދުޢާ ކޮށްލެވުނެވެ.

ޔާނިކްގެ ހާލަކީވެސް މިއެވެ. ލޯގަނޑު ކުރިމަތީހުރެ ލައިގެންހުރި ކޯޓުގެ ގޮށް އަޅުވައިލަމުން ފުންނޭވާއެއްލިއެވެ. އޭނާގެ ހިތްވެސްވަނީ ނުތަނަވަސްވެފައެވެ. ފާއިތުވެދާ ކޮންމެ ސިކުންތަކާއެކު ހިތުގެ ހިނގުން އަވަސްވަމުންދިޔައެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ ވަގުތު ޖެހުމާއެކު އީނާލާއި ނޫރާ މަލްހާ ބަލައިއައެވެ. ހަމަޖެހިލަމުން މަޑުމަޑުން އިންތަނުން ތެދުވަމުން މަލްހާ އެމީހުނާއި އެކުގައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެގޭގެ ބޮޑު ގޯތީގެ އެއްފަރާތުގައި ކައިވެނިކޮށްދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ މޭޒަށް މަލްހާ ބަލައިލީ ނުތަނަވަސްވެފައި ހުރެއެވެ. މޭޒުގެ އެއްފަރާތުގައި ގާޒީއިންއިރު ގާޒީއާއި ކުރިމައްޗަށްވާ ފަރާތުގައި އިނށީދެލައިގެން ޔާނިކް އިނެވެ. އޭނާއާއިނދާދި ގާތުގައި ހުސްކޮށްހުރި ގޮނޑިއަށް ބަލައިލަމުން މަލްހާ އިސްޖަހައިލިއެވެ. މަޑުހިނގުމެއްގައި މަލްހާގޮސް އެގޮނޑީގައި އިނށީނުމާއެކު ޔާނިކް އިސްއުފުލައިލަމުން މަލްހާގެ ލޯބި މޫނަށް ބަލައިލިއެވެ. އެއާއެކު އެތުންފަތްމައްޗަށް ލުއި ިހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެތައްދުވަހެއްގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެންދަނީއެވެ.

މޭޒާއި ދާދި ކައިރީގައިހުރި ގަހެއްގެ ދޮށުގައި ޔާނިކްގެ އާއިލާގެ އިތުރުން ޝަމްއަލްގެ އާއިލާ މީހުން މަޑުކޮށްލައިގެންތިބީ ކައިވެނިކޮށްދޭތަން ބަލާށެވެ. ފާއިޒާގެ ގާތުގައި ކުޑަކުޑަ ޒީވާންވެސް ހުއްޓިލައިގެން މިމަންޒަރުބަލަންހުރީ ހެވިފައެވެ. ހުދުކުލައިގެ ކުޑަގަމީހަކާއި ކަޅު ކުލައިގެ ޖިންސްގައިހުރި ޒީވާން ފެންނަކޮންމެ މީހެއްގެ ހިތެއްވެސް ލޯބިން ފުރޭނެކަން ޔަގީނެވެ.

ކައިވެނިކޮށްދީ ނިމުމާއެކު ޔާނިކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިއަދަށްފަހު މަލްހާވާނީ ހުރިހައިގޮތަކުންވެސް ހަމައެކަނި އޭނާގެ ހައްގަކަށެވެ. އިތުރު އެއްވެސް މީހަކަށް ﷲ އިރާދަފުޅުން ދެންއެދެމެދަކަށް ނުވަދެވޭނެއެވެ. އެފުރުސަތެއް އޭނާ ނުވެސްދޭނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ މަލްހާދެކެ ލޯބިވެއެވެ. ދުވަހެއްގެ ކޮޅުންވެސް މަލްހާއަށް ދެރައެއްލިބޭފަދަކަމެއް އޭނާ ނުކުރާނެއެވެ.

މޭޒުދޮށުން ތެދުވަމުން މަލްހާގެ އަތުގައި ފުރަތަަމަ ފަހަރަށް ޔާނިކް ހިފައިލިއެވެ. އެއާއެކު މަލްހާގެ ހިތުގެ ހިނގުން އަވަސްވެގެންެދިޔައީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހިތްގައިމުގޮތަކަށް މަލްހާގެ ޖަންބުކުލައަރަމުންދިޔަ މޫނަށް ބަލަންހުރި ޔާނިކް ސިހުނީ ފަހަތުން އީނާލް އައިސް މަރުހަބާއޭ ކިޔައި އަޑުގެކޮޅަށް ހަޅޭލަވައިގަތީމައެވެ. ފާޑަކަށް އީނާލްގެ މޫނަށް ބަލައިލަމުން ހެވިފައިހުރެ ޔާނިކް ލޯއަޅައިލިއެވެ.

“މަލް. އޫޕްސް. ސޮރީ. ދޮންބެދައްތަދޯ. ވެލްްކަމް ޓް މައި ފެމިލީ.” މަލްހާގެ ގައިގައި ލޯތްބާއެކު ބައްދައިލަމުން އީނާލް ބުނެލި ޖުމުލައާއެކު މަލްހާގެ މޫނުމަތީގައިވި ރަތްކަން އިތުރުވެގެންދިޔަތަންފެނި ޔާނިކްހުރީ ބަސްހުއްޓިފައެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އެއީ އޭނާގެ ހަލާލު އަނބިމީހާ ނަމަވެސް އެހިތާއި ހަމައަށް ވާސިލްވާން އޭނާއަށްއަދި ދުވަސްނަގާނެކަން އިހުސާސުވުމުން ޔާނިކްއަށް އިސްޖަހައިލެވުނެވެ. ކިތަންމެ ގިނަ ދުވަހެއް ނެގިނަމަވެސް ހެެވެވެ. އޭނާ އަބަދުވެސް މަލްހާއަށް އިންތިޒާރުކުރާނެއެވެ. އަބަދުވެސް މަލްހާދެކެ ލޯބިވާނެއެވެ. އެދުލުން ޔާނިކްދެކެ ލޯބިވާ ވާހަކަ ބުނެލާނެ ދުވަހެއް ދެކިލުމަށްއެދި އެހިތްވަނީ ބޭގަރާރުވެފައެވެ. އެހެނަސް އޭނާއަށްއޮތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމެވެ.

މަލްހާމެން ޖަހަމުންދިޔަ ސަކަރާތަށް ގެއްލިފައިހުރި ޔާނިކް ސިހިފައި ބަލައިލީ އޭނާގެ ފަޓުލޫނުގައިހިފައި ޒީވާން ކުޑަކޮށް ދަމައިލުމުންނެވެ. ލޯތްބާއެކު ޒީވާން ނަގައި އުރައިލަމުން ޔާނިކް އެކޯތާފަތުގައި ބޮސްދިނެވެ. ސިއްރުން އެމަންޒަރުބަލަންހުރި މަލްހާއަށް ހިނިތުންވެލެވުނެވެ.

“ކޮއްކޮ ވާހަކައެއް އަހަންތަ؟” ޔާނިކްގެ ކަރުގައި އޭނާގެ ކުޑަކުޑަ ދެއަތްވަށައިލަމުން ޒީވާން ބުނެލިއެވެ. ހިނިތުންވެލަމުން ވަގުތުން ޔާނިކް ބޯޖަހައިލިއެވެ. “ޔާންބެއަށް ކޮއްކޮ ބައްޕަ ކިޔަންތަ؟” މަންމި ބުނި ޔާންބެ ކޮއްކޮ ބައްޕައަށްވަނީއޭ.” ތުއްތު ތުއްތު އަޑަކުން ޒީވާން ބުނެލިގޮތުން ޔާނިކްގެ ހިތްފުރިގެން ބަންޑުންވިއެވެ. އެފުށްކޮޅެއްފަދަ ކޮލުގައި ޔާނިކްއަށް އަނެއްކާވެސް ބޮސްދެވުނެވެ.

“ކޮއްކޮ ބޭނުންނަމެއް ކިޔަންވީހަމަ.” ޒީވާންގެ ފަންއިސްތަށިކޮޅާ ކުޑަކޮށް ކުޅެލަމުން ޔާނިކް ލޯތްބާއެކުގައި ބުނެލިއެވެ. “އޯކޭ. އެއީ ބައްޕި. ތީ ބައްޕަ.” ޒީވާންގެ ޖުމުލައާއެއްކޮށް ޔާނިކް ޒީވާން އޭނާގެ ގަޔާއިލައި ބޮނޑިކޮށްލިއެވެ. އެއާއެކު ކުޑަކުޑަ ޒީވާންގެ ހުނުމުގެއަޑު އިވިގެންދިޔައެވެ. އެތަންބަލަންތިބި ކޮންމެ މީހެއްގެ މޫނުމަތީގައިވެސްވީ ހިނިތުންވުމެކެވެ.

ޕާޓީ ފެށޭގަޑި ގާތްވުމާއެކު އެދެމީހުނަށް ޚާއްސަކުރެވިފައިވާ ތަނުގައި މަލްހާއާއި ޔާނިކްގޮސް ހުއްޓިލިއެވެ. ގަޑިޖެހުމާއެކު އެތެރެއަށް ވަދެގެންއަންނަމުންދިޔަ ކޮންމެ މެހެމާނަކާއި ދެމީހުން ކުރިމަތިލީ ހިނިތުންވެތިބެއެވެ. ދެމަފިރިންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފާޅުވަމުންދިޔައެވެ.

ކުއްލިއަކަށް އެމީހުން ކުރިމައްޗަށް އައިސް މަޑުކޮށްލި ރާއިދާއި ލިވްޔާ ފެނުމުން މަލްހާގެ މޫނުމަތީގެ ކުލަވަރު އޮއްސެން އުޅުނެވެ. އެހެނަސް އޭނާގެ މަޑުއަތްތިލައިގައި ހިފައި ޔާނިކް ބާރުކޮށްލިގޮތުން ދެވަނަ ސިކުންތުގައި މަލްހާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ކޮންމެފަދަ ހާލެއްގައިވެެސް ޔާނިކް އޭނާއާއި އެކުގައި ވާނެކަން މަލްހާއަށް ޔަގީންވެގެންދިޔައެވެ.

“މަރުޙަބާ.” އަތުގައިއޮތް ހަދިޔާ ދިއްކޮށްލަމުން ލިވްޔާ ބުނެލިއެވެ. ބޯޖަހައިލަމުން މަލްހާ ލިވްޔާއާއި ދިމާއަށް ބަލައިލަމުން ހިނިތުންވެލިގޮތުން އޭނާ ހައިރާންވިއެވެ. ލިވްޔާ ހީކުރީ ރާއިދާއެކުގައި އޭނާ ފެނުމުން އެހެންފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް މަލްހާ ދެރަވެ އިސްޖަހާނެކަމަށެވެ. އެހެނަސް ކަންތައްމިވީ އޭނާ ހީކުރީގޮތާ ދިމާ އިދިކޮޅަށެވެ.

ރާއިދްގެ ނަޒަރު ހުއްޓިފައިވީ ޖޯޑުކޮށްލެވިފައިވި މަލްހާއާއި ޔާނިކްގެ އަތްތިލައަށެވެ. ލިވްޔާ އޭނާގެ ގައިގައި ކުޑަކޮށް ކޮށްޓައިލުމުން ހަމަޖެހިފައި ގަދަކަމުން ހިނިތުންވެލަމުން ރާއިދް ދެމީހުނަށްވެސް މަރުހަބާ ކިޔުމަށްފަހު ލިވްޔާގެ އަތުގައި ހިފައިގެން ކާތަކެތި އަތުރައިފައިހުރި ދިމާއަށް ހިނގައިގަތެވެ. އެތަންބަލަންހުރި މަލްހާ ހަމަޖހުމުގެ ނޭވާއެއްލަމުން ހިނިތުންވެފައި ޔާނިކާއި ދިމާއަށް ބަލައިލިއެވެ. “ތޭންކްސް.” ސީދާ ޔާނިކްގެ ދެލޮލަށް ބަލައިލަމުން މަލްހާ މަޑުމަޑުންބުނެލިއެވެ. “އެނީ ޓައިމް ޕްރިންސެސް.” ޔާނިކްއަށް އެހެންބުނެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުގައި ނަމަވެސް އެބަސްތަކާއެކު މަލްހާގެ މޫނަށްވެރިވި ގަދަ ރަތްކުލަ ފެނުމުން އޭނާއަށް ހިނިތުންވެލެވުނެވެ. މަލްހާ ލަދުގަތުމުން ހާދަހައި ލޯތްބެެވެ.

ދުރުގައިހުރި މޭޒު ދޮށުގައި ކާންއިންއިރުވެސް ރާއިދްގެ ނަޒަރު އިރުއިރުކޮޅާ މަލްހާ އާއި ޔާނިކްއަށް ހުއްޓެމުންދިޔައެވެ. ލިވްޔާއަށްވެސް އެކަން ފާހަގަވީ ކަންނޭނގެއެވެ. ފާޑަކަށް މަލްހާމެންނަށް ބަލައިލަމުން ރާއިދްގެ މޫނަށް ލިވްޔާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ކީއްވެ މާވަރަކަށް އެދިމާ ތިބަލަނީ؟” އުނދަގޫވެފައި އިނދެ ލިވްޔާ އަހައިލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރުވައިލަމުން ކަމެއްނުވެއޭބުނެ ރާއިދް އެހެންދިމާއަކަށް އޭނާގެ ނަޒަރު ސީދާ ކޮށްލިއެވެ. އެތަންފެނި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ކެއުމައިގެން ކުރިއަށް ދިޔައެވެ.

ކައިނިމިގެން ގެއަށްދާން ލިވްޔާ ހިނގައިގަތީ ރާއިދްގެ އަތުގައި ހިފައިލަމުންނެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ނަޒަރު މަލްހާމެންތިބި ދިމާއަށް ހުއްޓުނެވެ. ފެނުނު މަންޒަރުން ރާއިދްގެ ހިތުގައި ކުޑަކޮށް ރިއްސައިލިއެވެ. ފޮޓޮއަކަށް ތައްޔާރުވެެގެންތިބި އިރު ޔާނިކް ހުރީ އެއްއަތުން ޒީވާން އުރައިލައިގެން އަނެއްއަތުން މަލްހާގެ އުނަގަނޑުގައި މަޑުމަޑުން ހިފަހައްޓައިލައިގެންނެވެ. ރާއިދްއަށް ވަގުތުން މޫނު އަނެއފްރާތަށް އަނބުރައިލެވުނެވެ. އަދި ބާރު ހިނގުމެއްގައި ލިވްޔާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެގެން ދިޔައީ އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ކެތްނުވާނެހެން ހީވުމުންނެވެ. ރާއިދްގެ އަމަލުތަކުން ހައިރާންވެފައިހުރި ލިވްޔާވެސް ފާޑަކަށް ރާއިދާއި ދިމާއަށްބަލަމުން އޭނާއާއި އެއްވަރަށް ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

** ** **

ކާރުގޮސް ޔާނިކް މެންގޭގެ ގޭޓް ކައިރިއަށް ހުއްޓައިލުމާއެކު ސެކިުރިޓީ ގާރޑް ގޭޓް ހުޅުވައިލައިދިނެވެ. އެއާއެކު ގެއާ ހަމައަށްދެވޭގޮތަށްއޮތް ހިމަމަގުން ލައިފައި ކާރު ގެއާދިމާއަށް މިސްރާބުޖެހިއެވެ. ކާރުން ފައިބަމުން މަލްހާ އެބޮޑު ގަނޑުވަރެއްފދަ ގެއަށް ނަޒަރު ހުއްޓައިލިއެވެ. އޭނާ ގާތުގައި ނިފިއައިސްފައިހުރި ޒީވާންވެސް އެގެއަށް ބަލައިލީ ހައިރާންވެފައިހުރެއެވެ. މަލްހާގެ ހެދުމުގައި މަޑުމަޑުން ހިފަހައްޓައިލައިގެންހުރި ޒީވާން ފާއިޒާ އުރައިލީ ލޯތްބާއެކުއެވެ. އެއާއެކު ފާއިޒާގެ ކޮނޑުގައި ބޯއަޅައިލަމުން ޒީވާން އާފުރިލިއެވެ. އެތަންފެނިފައި ހިނިތުންވެލަމުން ޒީވާން ގޮވައިގެން ފާއިޒާ ގޭތެރެއަށްވަދެ އެމީހުންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ޔާނިކާއި މަލްހާއަށް އެކަނިވެލުމުގެ ފުރުސަތު ދެމުންނެވެ.

ޔާނިކްގެ ފަހަތުންގޮސް މަލްހާ އެމީހުނަށްޓަކައި ތައްޔާރުކޮށްފައިވާ ޔާނިކްގެ ކޮޓަރިއަށް ވަނެވެ. އެކިދިމަދިމާއަށް ނަޒަރު ހިންގައިލަމުން މަލްހާ ޔާނިކްގެ މޫނަށް ބަލައިލަމުން އިސްޖަހައިލިއެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ޖަހައިލަމުން ޔާނިކް މަލްހާ ގާތަށް އައިސް ހުއްޓިލިއިރު އެހިތްވެސް ނެގިނެގިފައި ޖެެހެމުންދިޔައެވެ.

“ދާންވީނު ފެންވަރައިލާ ތާޒާވެލަން.” މަލްހާގެ މޫނަށް ބަލަންހުރެ ޔާނިކް އޯގާތެރިކަމާއެކު ބުނެލިއެވެ. ބޯޖަހައިލަމުން މަލްހާ އަލަމާރީގެ އެއްފަރާތުގައި ބަހައްޓައިފައިހުރި އޭނާގެ ފޮށި ކައިރިއަށް ޖެހިލަމުން އޭގެން އޭނާ ބޭނުންވާނެ ސާމާނުތައް ހިފައިގެން ފާޚަނާއަށްވަނެވެ. އެތަންބަލަންހުރި ޔާނިކް ހަމަޖެހިލަމުން ތުވާއްޔާއި ނިދަންލާނެ އެއްޗެހި ހިފައިގެން ޖެހިގެންހުރި ގެސްޓްރޫމްގެ ފާޚާނާއަށް ދިޔައީ މަލްހާ ނުކުންނަންވާއިރަށް އޭނާވެސް އެއްޗެހިބަދަލުކޮށްލައިގެން އައުމުގެ ނިޔަތުގައެވެ.

މަލްހާ ފާޚާނާއިން ނުކުތް ވަގުތަކީ ޔާނިކްވެސް އައިސް ކޮޓަރިއަށްވަތް ވަގުތެވެ. މަލްހާ ފެނުމާއެކު އޭނާއަށް ހުރިފިޔަވަޅުމަތީގައި ހުއްޓިލެވުނެވެ. ތެމިފައިއޮތް މަލްހާގެ ފަންދިގު އިސްތަށިގަނޑާއި އޮމާން ކަމދުރާފެނުމުން ޔާނިކްއަށް ހިތާހިތުން މަލްހާގެ ރީތިކަމާއި މައުސޫމުކަމަށް ތައުރީފުކޮށްލެވުނެވެ. ޔާނިކްގެ ބެލުމުން ލަދުގަތް ނަމަވެސް އިސްއުފުލައިލަމުން މަލްހާ ޔާނިކްއަށް ބަލައިލިއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ދެމީހުންގެ ދެމެދުގައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. އެއަށްފަހު ދެމަފިރިން އެކުގައި ސުންނަތްނަމާދެއް ކުރުމަށްފަހު ވެފައިވާ ވަރުބައްޔާއެކު އެނދުގައި އޮށޯވެލިއެވެ.

“މަލް.” އެނދުގެ އެއްފަރާތުގައި ހަމަޖެހިލަމުން ޔާނިކް މަލްހާއަށް ގޮވައިލީ ލޯތްބާއެކުއެވެ. މަޑުމަޑު ހޫންއެއް ލައްވައިލަމުން މަލްހާ ޔާނިކާއި ދިމާއަށް އެނބުރިލިއެވެ. “މަލް ތިހައި ހާސްނުވޭ މަލް ތައްޔާރުނުވަނީސް އަހަރެން ނެތިން މިގުޅުން މިއަށްވުރެ އިތުރު ހަރުފަތަކަށް ގެންދާކަށް. މިބުނީ މަލްގެ ނުރުހުމުގަ އަހަރެން މަލްެގެ ގައިގައި އަތެއް ނުލާނަމޭ. އެހެންވީމަ އެކަމާ މަލް ހާސްނުވައްޗޭ. ޓޭކް ޔުއަރ އޯން ޓައިމް. ޓިލް ދެން ވީ ކެން ބީ ގުޑް ފްރެންޑްސް.” ޔާނިކްގެ ވާހަކަތަކުން މަލްހާގެ ހިތަށްލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ބޯޖަހައިލަމުން މަލްހާ ހިނިތުންވެލިތަންފެނި ޔާނިކްއަށްވެސް ހިނިތުންވެލެވުނެވެ. އެކައިވެނީގައި ބަރަކާތްލެއްވުންއެދި ދުޢާކުރާ ހާލު ދެމަފިރިން ލޯމަރައިލީ ވެފައިވާ ވަރުބައްޔާއެކު ހަށިގަނޑަށް އަރާމެއް ހޯދުމުގެ ބޭނުމުގައެވެ.

** ** **

ހޮސްޕިޓަލަށް އެކުއެކީގައި ވަދެގެންދިޔަ ރާއިދާއި ލިވްޔާއަށް އެތަނުގައި އުޅެމުންދިޔަ ބައެއްމީހުންގެ ނަޒަރުތައް އަމާޒުވަމުންދިޔައެވެ. އެމީހުންގެ ނަމްބަރު ޖެހުމުން ޑޮކްޓަރުގެ ރޫމަށް ދެމަފިރިންވަނީ ހިތްއަވަސްވެފައި ތިބެއެވެ.

ގޮނޑީގައި ހަމަޖެހިލަމުން ޑޮކްޓަރު ކުރަންފެށި ސުވާލުތަކަށް ލިވްޔާ ޖަވާބުދެމުން ދިޔައެވެ. އެއަޑުން އެކަނިވެސް އޭނާ ހާސްވެފައިއިންވަރު އިނގި ހާމަވަމުންދިޔައެވެ. ދިމާވެގެންއުޅޭ މައްސަލަ ވަރަށް ތަފްސީލްކޮށް ލިވްޔާ ޑޮކްޓަރަށް ކިޔައިދިނެވެ. ދޭތެރެއަކުން ރާއިދްވެސް ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ދެމަފިރިންގެ ވާހަކަތައް އަޑުއެހުމަށްފަހު ޑޮކްޓަރ ހަވާލުކުރި ޓެސްތްތައް ވީހައިވެސް އަވަހަކަށް ހެދުމަށް އިރުޝާދު ދިނެވެ. ހިތްނުތަނަވަސްވެފައިތިބެ ދެމީހުން އެކޮޓަރިން ނުކުންނަމުން ލެބޯޓްރީއާއި ދިމާއަށް ހިނގައިގަތެވެ.

“ރާދު. އަހަރެމެންނަށް ބޭބީއެއް ލިބޭނެދޯ.” ކަންބޮޑުވުން އެކުލެވިފައިވާ ރާގަކަށް ހޮސްޕިޓަލުން ނުކުންނަމުން ލިވްޔާ އަހައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރާއިދް ހަމައެކަނި ބޯޖަހައިލީއެވެ. ލިވްޔާވެސް އިތުރަށް އެއްޗެކޭ ނުބުނީ އެވަގުތު އޭނާގެ ހިތާއި ސިކުނޑީގައިވި ޚިޔާކުތަކެއްގެ ސަބަބުން ވާހަކަދައްކާހިތް ނެތުމުންނެވެ.

** ** **

ދޮރުގައި މީހަކު ޓަކި ޖަހާއަޑަށް މަލްހާއަށް އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލެވުނެވެ. ފަތިސްނަމާދުކޮށްލުމަށްފަހު އެކިވާހަކަތަކުގައި އޮއްްވައި
އޭނާއާއި ޔާނިކަށް އަނެއްކާވެސް ނިދުނީއެވެ. ކުޑަކޮށް އާފުރިލަމުން ބުރުގަލެއް އަޅައިލަމުން މަލްހާގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ހެވިދިލިފައިހުރި ޒީވާން ވަގުތުން މަލްހާއަށް ގޮވައިލަމުން އޭނާގެ ގައިގައި ބާރަށް ބައްދައިލިއެވެ.

“މަންމިގެ ދޫނި.” ޒީވާން އުރައިލަމުން ކޮޓަރިއަށް ވަދެފައި މަލްހާ ބަލައިއިރު ޔާނިކް ދެލޯހުޅުވައިގެން އޮތްތަންފެނުމުން ލަދުގަތެވެ. މަލްހާގެ ކޯތާފަތަށް ވެރިވަމުންދިޔަ ކުލަވަރަށް ބަލަން ޔާނިކްއަށް އޮވެވުނީ އާޝޯޚުވެފައެވެ. އެވަގުތު މަލްހާގެ އުރުގައިއިން ޒީވާން ފައިބާން އުޅެންފެށުމުން މަލްހާ މަޑުމަޑުން ޒީވާން ތިރީގައި ބަހައްޓައިލިއެވެ. އެއާއެކު ބައްޕާއޭ ކިޔައި ގޮވައިލަމުން ކުދިފިޔަވަޅުތަކެއްގައި ޒީވާންގޮސް އެނދަށް އަރައި ޔާނިކް ގައިގައިވެސް ބައްދައިލިއެވެ. އެދެމެދުގައި އުފެދިފައިވި ގާތްކަންފެނި މަލްހާއަށް ޙަމްދުކޮށްލެވުނީ އޭނާގެ ނިންމުމާއިމެދު އުފާކުރާހާލުގައެވެ.

“ދެން ބައްޕަ ދީ ކޮއްކޮއަށް.” ޔާނިކްގެ ކޮލުގައި ބޮސްދެމުން އޭނާގެ ކޮލުގައި ޝަހާދަތްއިނގިލި ޖައްސައިލުމަށްފަހު ޒީވާން ބުނެލިއެވެ. ކުޑަކޮށް ހީލަމުން ޔާނިކްވެސް ޒީވާންގެ ލޯބި ކޯތާފަތުގައި ބޮސްދިނެވެ. އެހުރިހައި މަންޒަރެއް ބަލަން ކޮޓަރީގައިހުރި ސޯފާގައި މަލްހާ އިނެވެ. ޔާނިކްއާ ދިމާއަށް ލޯބިގޮތަކަށް ހިނިތުންވެލަމުން ޒީވާން މަލްހާއާ ދިމާއަށް ބަލައިލިއެވެ. އަދި އަނެއްކާވެސް އެނބުރި ޔާނިކްއާ ދިމާއަށް ބަލައިލިއެވެ. ކިހިނެއްވީހޭ ބުނާ އުސޫލުން ޔާނިކް ނިތްއަރުވައިލިއެވެ.

“ބައްޕަ މަންމައަށް އުއްމަނުދޭ.” ކުޑަކޮށް ދެރަވެފައިއިނދެ ޒީވާން ބުނެލި ޖުމުލައިން ދެލޯބޮޑުކޮށްލަމުން މަލްހާއަށް ޔާނިކްއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ޔާނިކްވެސްއިނީ ސީދާ މަލްހާއާއި ދިމާއަށް ބަލަންކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ލަދުގަނެފައި މަލްހާއަށް އިސްޖަހައިލެވުނީ ހަދާނެގޮތެއް ނުވިސްނުމުންނެވެ.

“މަންމި ދެރަވަނީ. ބައްޕަދޭ މަންމިއަށް އުއްމަދޭން.” ހަރަންބަނދެލަމުން ޒީވާން ދެލޯބޮޑުކޮށްލައިފައި ބުނެލިއެވެ. ޔާނިކްއަށް މަލްހާއާއި ދިމާއަށް ބަލައިލެވުނީ ހަދަންވީގޮތެއް ނުވިސްނުމުންނެވެ. މަލްހާގެ ނުރުހުމުގައި އޭނާއާއި ގާތްވާކަށް ޔާނިކް ބޭނުމެއް ނުވެއެވެ.

ކުރުނުކޮށް ޒީވާން އާދޭސްކުރަންފެށުމުން ކަންބޮޑުވެފައި ޔާނިކް އަނެއްކާވެސް މަލްހާއާއި ދިމާއަށް ބަލައިލީ ހަދަންވީ ކިހިނެއްތޯ އަހައިލާފަދައަކުންނެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ލަދުވެތިގޮތަކަށް މަލްހާ ބޯޖަހައިލިއެވެ. އެއީ އޭނާގެ ފިރިމީހާއެވެ. އެގުޅުމަށް ފުރުސަތެއްދޭން ޚުދު މަލްހާވެސް ބޭނުންވެއެވެ. ވީއިރު އެކަމުގައި އެއްވެސް މައްސަލައެއް މަލްހާއަކަށް ފާހަގައެއް ނުވިއެވެ.

މަލްހާގެ މިހަރަކާތާއެކު ޔާނިކްގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. ފަނޑު ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލީ ބޭއިޚުތިޔާރުގައެވެ. އިންތަނުން ތެދުވަމުން ލަސްފިޔަވަޅުތަކެއްގައި ޔާނިކް މަލްހާއާއި ދިމާއަށް މިސްރާބުޖެހިއިރު ދެހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޔޭއި އޭ ކިޔައިލަމުން ޒީވާން ދެއަތްޖަހަައިލަމުން ހީލިއަޑު އިވުނެވެ. މަލްހާ ގާތުގައި އިނށީދެލަމުން ޔާނިކް އިސްޖެހިފައިއިން މަލްހާގެ މޫނަށް ނަޒަރުހިންގައިލިއެވެ. އަދި ތުންފަތުގައި ދަތްއަޅައިލަމުން ލަސްލަހުން ގުދުވެ ޖަންބުކުލަ އަރަމުންދިޔަ މަލްހާގެ ދޮންކޯތާފަތުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު މަލްހާއަށް ދެލޯމަރައިލެވުނީ ހިތްހަމަޖެހިފައިއިނދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އުއްމީދު……..

Next

ލޯބީގެ ރާސްތާއަކީ ކަރުނައޭ 1

Next
April 6, 2018

ލޯބީގެ ރާސްތާއަކީ ކަރުނައޭ 1

Previews
April 6, 2018

އުއްމީދު……..

36 Comments!

  1. Nau says:
    April 6, 2018 at 7:10 am

    Salaam all.. Sry lasvythy.. Kuhliakah kameh jehunyma ehnvy.. M really truely v sry.. Hope u guys will like this part too.. Enjoy reading.. Nxt part in sha allah sunday ga.. Bt v try kuraanan eyge kurinvx up kureveythw.. Sry once again.. Thanks all.. Ly guys?❤

  2. lotus says:
    April 6, 2018 at 7:25 am

    Yey finaly…. wow vvvv salhi mi part vx.. ???heevanee livya ah baby eh nulibeynehen.. waiting for the next part..???keep up the good work nau

  3. Aisha says:
    April 6, 2018 at 7:25 am

    Wow v reethi <3

  4. Black fathafolhi says:
    April 6, 2018 at 7:33 am

    Up kurun thankolheh avas vaakah nehtha

  5. Rifu says:
    April 6, 2018 at 7:43 am

    Wowow…that cute little zeevrn ummmwah?…story vvvvv ???reethi

  6. Shai says:
    April 6, 2018 at 7:51 am

    Yes varah reethi.?

  7. Twingirl says:
    April 6, 2018 at 7:56 am

    Wowo vvv rythi story. .. keep it up. ..? hama story ah waiting waiting

  8. Think says:
    April 6, 2018 at 8:04 am

    V reethi. But mal ah merry kureveyny bappa valee dhinyma eynu. Kaaku tha mal ah valee dhiny???

  9. Pinky shifoo says:
    April 6, 2018 at 8:18 am

    Wow ❤️❤️❤️… Mi part vx v v v reethi ???… Zeevaan haadha cute ey ???… Eagerly waiting for the next part… Lots of love and take care Nau ❤️❤️❤️?????????

  10. Any says:
    April 6, 2018 at 9:08 am

    V reethi Sunday ge kurin up veytho nau loabiii balahchey pls an story hama hab❤❤❤❤

  11. Axy says:
    April 6, 2018 at 9:17 am

    Thi haa bxy koh ulhemun ves vaahaka up kohdhey they v v bodhah thanks ?????mi part ves v reethi v furihama ???????
    ????????????

  12. Shafa says:
    April 6, 2018 at 9:37 am

    Yey finaaly mi partvs kiyaalan libunee.. Vv reethi mi partvs…waiting for the next part…❤??

  13. Anonymous says:
    April 6, 2018 at 11:10 am

    Woooww

  14. axoo says:
    April 6, 2018 at 11:11 am

    wow v reethi mi partves

  15. Queen angela? says:
    April 6, 2018 at 11:19 am

    Oww..that cute little boy..ummmwaah..??? story Varah reethi..mal yaanik dheke Lwbi vaafahun raadhu gennacchey mal kairyga aadheys kuran..so that he can feel the bitterness..

  16. Luba says:
    April 6, 2018 at 11:26 am

    Masha allah varah rythi mi baives nau … kn irakun vaahaka nimeynii … ehaa avahah nunihmahchey ?

  17. Khaleesi says:
    April 6, 2018 at 11:32 am

    Livya ah baby nulibeyne so raaidh foohi vaany livya mathin and he will miss malha and will run to her but dhn it will too late cause malha will love yaanik. That’s my guess hehe plz next part avahah up kurahchey waiting waiting waiting ❤️??❤️❤️

  18. Think says:
    April 6, 2018 at 12:12 pm

    Story ga in hama nujehey thankolheh. Kihineh tha mal ah merry kurevuny. Kaaku tha valee dhiny. Mal ge dad kairi naahaa tha. Merry kureveyny ahaafa dad valee dhinyma.. Kihineh e vy. Hama eh nujehey. Ebai explain kohdhybala..

    1. Kokko says:
      April 6, 2018 at 1:12 pm

      Dehn eba ingey dhw eyna dad kan dheynee..hurihaakameh akurun akurah nuliyunas…eyna dad indhadhaanr dhw gaazee aa havaal hffavx

  19. nau ge fan says:
    April 6, 2018 at 2:42 pm

    V nice….but Think buni thankolhu I ah ves point kurevunu…overall this story is awesome…keep it up

  20. Zaahi says:
    April 6, 2018 at 3:03 pm

    Mi part ves vvvvvarah salhi ???

  21. Think says:
    April 6, 2018 at 3:32 pm

    Neygeyne dw. Ehn vx innan jeheyne. Kihaa important thaneh dw e. Eyrun aneka vx mal ge mom mn ah gulhaign dw vaany.. @ kokko mi namu ga comment kuri faraathah..

    1. Nau says:
      April 6, 2018 at 3:51 pm

      Yes think.. Ur ryt. Actually kyry part ga mention kohfa innaane kaiveni kuran valy hoadhan dad ah gulhaa vaahaka.. Ehnve aslu mi part ga evaahaka mention nukurevuny.. Sry for that.. Bt thanks for pointing out a mistake for me?

  22. Think says:
    April 6, 2018 at 8:34 pm

    Yeah. Merry kuran ulhey vaahaka mom kairi buny dw e part ga. Dad akaa vaahaka vx nudhaka. Dad bunefa innany gulhaaney dw valee hoadhan. Gulhi nama e vaahaka innaane dw. Eyrun aabidhaa mn ah vx konmes ehcheh hithah araa bodu kanthakeh vaane hn hyvany. Eba hama nujehey. Alhe eba genesdhyba. Dad ah gulhaign kihineh tha vy?? Point out that plxx

  23. Think says:
    April 6, 2018 at 8:39 pm

    Valee hoadhaakah noon dw eyru gulhy. Inna vaahaka mok kairi buny. Dad buni eynu valee hoadhan gulhaaney adhi. I think gulhi nama bodu kanthah gandeh vaane hn. Or else eba mention koli nama story reethi vaane maa bodah vx. V reethi story. But ethan kolhu hama eh nujehey. Can u plxx explain that part

  24. Maya says:
    April 7, 2018 at 11:14 am

    Wow.. Adhi kiriyaa mi kiyuni. Vvvv bxy dhuvas kolheh… Bt vvvvvvvvvv reeethi

  25. lotus says:
    April 7, 2018 at 7:04 pm

    Next part tmrw up kohdheynan dhw nau… kiyaa hithun hureveneekee noon mihaaru vx.. heheh keep up the good work???

  26. Haifa says:
    April 8, 2018 at 10:06 am

    Hei nau awahah up kohdheeba story

  27. Anonymous says:
    April 8, 2018 at 10:51 am

    kon iraku up kurani…..?avahah up kohdhee bi….

  28. Mona says:
    April 8, 2018 at 11:29 am

    Mihaar mi story kiyan foohi veje…up kuraaleh ehaa las…eves 3 folhu vai…up kuran bunaa dhuvahuves up vany dhuvas nimen 2 or 3 minutes ah vaa fahun…

  29. Waitin says:
    April 8, 2018 at 2:49 pm

    Asluves haadha lahey dhw.. v foohi dhen.. mivarun nuliyan feney stry…

  30. zee says:
    April 8, 2018 at 3:56 pm

    Think haadha varekey dho thivany valee akaa hedhi. dhen valee dheegen dho kaiveni kureveynee. gaazee aa havalukohfa ves ovedhaane dho. adhi next part ga ves a vahaka dhakka faane dho mal ge mom aa dad ves. thee dhen boduvaru

    1. Alyss says:
      April 8, 2018 at 5:27 pm

      asluves think!!!
      chill pill
      I am sure that nau had got the point
      writers ah ves mistake hedheyne!!!
      don’t take it negative:):)

  31. Alyss says:
    April 8, 2018 at 5:31 pm

    when is the next part I just read the whole story and it’s amzing
    keep up the good work
    waiting for the next part and please up kohbaa avahaah

  32. Niha says:
    April 8, 2018 at 6:24 pm

    hey guys.. nau ah ves vaguthu v varakun dhw vaany.. nau ah up kureveyhaa avahah kuraaneyey.. nau ge ehen kanthah thah ves hunnaanennu.. nau ves busy vaane dhw ehen kan kamuga..hama ekani vaahaka eh nun dhw nau liyaany. so.. be patient.. nau ah up kurevey emme avahakah kuraane.. ?❤️❤️.

    1. Alyss says:
      April 9, 2018 at 5:10 pm

      good point Niha
      nau is also a human like us
      she also need times.

Comments are closed.

Next Episodeތަޤްދީރު (29)←


All Right Reserved!