Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވެވުނު ލޯބި

Jannat Level 1
April 6, 2018 2 Mins Read
4 Comments

އަހަރެންނަށް ލޯބި ވެވުނީ އޭނާ ދެކެއެވެ. ކީއްވެ ހެއްޔެވެ؟ ކައިވެނީގެ މަތިވެރި ގުޅުމުން ފިރިމީހާއާ އެއްކޮށް އުޅެމުންވެސް އަހަރެންނަށް ލޯބި ވެވުނީ އެހެން ފިރިހެނެއްދެކެއެވެ. ފިރިމީހާއަށް ބޭވަފާތެރި ވެވުނީއެވެ. ކީއްވެހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ކުށުންނެވެ. މީހުންގެ ކުރިމަތީގައި ކުއްވެރިވާނީ ހަމައެކަނި އަހަރެންނެވެ. އެއީ އަހަންނަކީ ކައިވެންޏެއްކޮށްގެން އުޅޭ މީހަކަށްވާތީއެވެ. އަހަންނަކީ އުމުރުން 32 އަހަރުވެފައިވާ އަންހެނަކީމެވެ. އަހަރެންގެ މީހަކާ އިނދެ މި ދިރިއުޅުން އިޙުތިޔާރުކުރީ އަހަރެން އަމިއްލައަށެވެ. މައިންބަފައިންގެ އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. އަވަސް އަރުވާލައިގެން މި ކުރެވުނު ކައިވެންޏަށް މިހާރު 6 އަހަރު ވެއްޖެއެވެ. އަހަރެންގެ ދަރިއަކުވެސް އެބަހުއްޓެވެ.

އަހަރެން ވަޒީފާ އަދާކުރަނީ މި ރަށު ސުކޫލުގައެވެ. ވަޒީފާ އަދާ ކުރާތާ މިހާރު 2 އަހަރު ވީއެވެ. އަހަރެންގެ އުމުރުން 25 އަހަރުގައި އަހަރެން ކައިވެނިކޮށްފީމެވެ. ކިޔަވާ ނިމިގެން އައި އަހަރު ނޫން އަނެއް އަހަރު އަހަރެން ކައިވެނި ކުރީއެވެ. ކައިވެނި ކުރީ ރަށުގައި އުޅުމަށެވެ. ނަމަވެސް ކަންތައް ދިމާވިގޮތުން ޖެހުނީ ފިރިމީހާ ރަށަށް ބަދަލުވާށެވެ. ފިރިމީހާ ރަށައް ބަދަލުވެ އަހަރެން އުޅުނީ ވަރަށް އުފަލުންނެވެ. އަހަރެން ފިރިމީހާ ދެކެ އަހަރެން ވަރަށް ލޯބި ވީމެވެ. ފިރިމީހާ އާއިލާ އަކީ އަހަރެންގެ އާއިލާ ކަމުގައި ދުށީމެވެ. ނަމަވެސް ދުވަސްތައް ދިޔަވަރަކަށް ފިރިމީހާގެ މަންމަގެ ފަރާތުންވެސް ޝަކުވާތައް އިވެމުން ދިޔައެވެ. ފިރިމީހާގެ ފަރާތުން ވެސް އެކި އެކި ޝަކުވާތައް އިވެމުންދިޔައެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެން ވަރަށް ރޮމެވެ. ހިތާމަ ކުރީމެވެ. ނަމަވެސް ފަހުން ފަހުން އައިސް އަހަރެން ކައިރިއަށް އަންނަނީ ފާޑެއްގެ ނުލަފާ ރުޅިގަނޑެކެވެ. ފިރިމީހާ ކަންތައްކުރާގޮތުން އޭނާދެކެ ފޫހިވެއެވެ. އަހަރެންނަށް ސުކޫލުގެ އުޅޭ އެހެން މުވައްޒަފުންނާ އެއްކޮށް ދަތުރެއް ނުދެވެއެވެ. ބާބެކިއު ހަދާކަށް ނުދެވެ. ކުދި ކުދި ކަންކަމާ ޝަކުވާ ކުރެއެވެ. މިކަހަލަ ކިތައްމެ ކަމެއް ދިމާވެއްޖެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންނަށް އޭނާ އާ ގާތްވެވުނީއެވެ. ދާން ނުޖެހޭ ހިސާބަށްވެސް ދެވުނީއެވެ. އޭނާ އާ ފުރަތަމަ ވާހަކަ ދައްކަންފެށި ދުވަހުން ފެށިގެން ވެސް އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ. އުފާވެއެވެ. އޭނާވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ބުނި ކޮންމެ ކަމެއް ކޮށްދެއެވެ. އޭނައަށް އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ މީހެއްކަންވެސް އެނގޭނެއެވެ. ދަރިއަކު ހުންނަކަށްވެސް އެނގޭނެއެވެ. އެކަމަކުވެސް އޭނާ އަހަރެން ދެެކެ ލޯބިވެއެވެ. ކީއްވެ ހެއްޔެވެ؟ މި ގުޅުން ހުއްޓުވަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އަދިވެސް މިކަމެއް ނުހުއްޓެއެވެ. ކުރިން ދެމީހުން ވެސް އުޅުނީ އެއްރަށެއްގައެވެ. އެހެނަސް މިހާރު އޭނާ އުޅެނީ އަހަރެންނާ ވަރަށް ދުރުގައެވެ. އެކަމަކުވެސް މި ހިތާ ވަރަށް ކައިރީގައެވެ. ދެގޮތެއްނުވާ ލޯބި އަދިވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައިވެއެވެ. މި އެއްވެސް ކަމެއް އަހަރެންގެ ފިރިމީހާއަކަށް ނޭނގޭނެއެވެ. އަހަރެން ފިރިމީހާ ދެކެ ލޯބިވާން ބޭނުންވެއެވެ. ނަމަވެސް ދެން އަލުން އަހަރެންނަށް ފިރިމީހާދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟؟

Share Article

Follow Me Written By

Jannat

Level 1

Other Articles

Previous

ނަމަވެސް.. 5

Next

އުއްމީދު……..

Next
April 6, 2018

އުއްމީދު……..

Previews
April 6, 2018

ނަމަވެސް.. 5

4 Comments!

  1. Nafoo says:
    April 6, 2018 at 9:24 am

    Masha Allah … Story varah nice…❤????

  2. shaha says:
    April 6, 2018 at 11:40 am

    Nice story

  3. unlucky girl says:
    April 6, 2018 at 2:02 pm

    Varah reethi❤❤❤❤

  4. baanty says:
    May 7, 2018 at 12:55 pm

    Varah reethi????

Comments are closed.



All Right Reserved!