އަހަރެންނަށް ލޯބި ވެވުނީ އޭނާ ދެކެއެވެ. ކީއްވެ ހެއްޔެވެ؟ ކައިވެނީގެ މަތިވެރި ގުޅުމުން ފިރިމީހާއާ އެއްކޮށް އުޅެމުންވެސް އަހަރެންނަށް ލޯބި ވެވުނީ އެހެން ފިރިހެނެއްދެކެއެވެ. ފިރިމީހާއަށް ބޭވަފާތެރި ވެވުނީއެވެ. ކީއްވެހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ކުށުންނެވެ. މީހުންގެ ކުރިމަތީގައި ކުއްވެރިވާނީ ހަމައެކަނި އަހަރެންނެވެ. އެއީ އަހަންނަކީ ކައިވެންޏެއްކޮށްގެން އުޅޭ މީހަކަށްވާތީއެވެ. އަހަންނަކީ އުމުރުން 32 އަހަރުވެފައިވާ އަންހެނަކީމެވެ. އަހަރެންގެ މީހަކާ އިނދެ މި ދިރިއުޅުން އިޙުތިޔާރުކުރީ އަހަރެން އަމިއްލައަށެވެ. މައިންބަފައިންގެ އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. އަވަސް އަރުވާލައިގެން މި ކުރެވުނު […]