Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…12

Maikaa Level 310 Stories100 Comments100 Login
April 6, 2018 5 Mins Read
13 Comments

” ޔާ.. ދެޓް ރިމައިންޑްސް މީ.. ލައުރާގެ ދޮންބެ ގުޅި. ދެން ރިވީ ވާހަކަ ދެއްކީ.. ބުނިން ލައު ނިދާފައޭ.. ” ރިއުވީ ބުނި ވާހަކަ އަކުން ލައުރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

” ވަޓް؟؟ ” ލައުރާ ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.

” ލައުގެ ދޮންބެ ގުޅިޔޭ… ފައިވް ތާރޓީ ކަންހާއިރު.. ވައި؟؟ މާ ބޮޑުކަމެއްތަ އެއީ؟؟” ރިއުވީ ހަމަޖެހިލާފައި ބުނެލިއެވެ.

“ރިވީ.. ކިއްކުރަން ފޯނު.. ނެވާމައިންޑް.. ލައު މިދަނީ ގެޔަށް.. ބާއި..” ލައުރާ އަވަސް އަވަހަށް އޭނާގެ ފޯނު ހޯދައިގެން ގެއަށް ދާން ނިކުތެވެ. ރިއުވީ ހުރީ ވާނުވާ ނޭނގިފައެވެ. ދުވަހަކުވެސް ރިއުވީއަކަށް ލައުރާ އުޅޭގޮތުން ވާނުވާއެއް ނޭނގެއެވެ.

ލައުރާ ގެޔަށް ވަންއިރު އެކަކުވެސް ގެޔަކުނެތެވެ. އަމިއްލަ ނަފުސަށް ހީލަމުން ކޮޓަރިއަށް ވަނެވެ. ކޮޓަރި ދޮރު ތަޅުލުމަށްފަހު ލައުރާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު މާޒީން ދުވަހެއް ހަދާންވިއެވެ.

********************************************

” ލައުރާ .. ބަސްއަހައިގެން އުޅެންޗޭ.. މަންމަމެން ގާތް ގަނޑަކަށް މަހެއްވާނެ އެކޮޅުގައި.. ދޮންބެމެންވެސް އަންނާނީ ވަރަށް ފަހުންކަމަށް ބުނީ.. ދެތިން މަސް ކޮއްލާފަހެއް ހީވަނީ.. ” ލުލްމާ ލައުރާގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. އެމީހުން އެއުޅެނީ ފުރަން ދާށެވެ.

” މަންމަވެސް ދޯ.. ބަސް އެހޭތަ؟؟ މެލީގެތަ ބަސް އަހަންވީ؟؟ ” ލައުރާވެސް ލުލްމާގެ ގައިގާ ބައްދާލިއެވެ. ކިތަންމެ ދެރަވިޔަސް މަޖާ އެއްޗެއް ބުނެލީ އެކަން ނުދައްކާށެވެ. އަލަށް މަންމަމެން އޭނާ އެކަނި ގޭގައި ބަހައްޓާފައި ތާކަށް ދަނީއެވެ.

” ބައްޕަވެސް ވަރަސް ހަދާން ވާނެ ލައުމަތިން އިނގޭ..” ޝިޔާޒްވެސް ލައުރާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. ” ގޭގައި އެކަނި ހުއްޓަސް ބައްޕަމެން ލަދު ގަންނަ ފަދަ ކަމެއް ނުކުރަންޗޭ..” ޝިޔާޒް އިތުރު ކޮއްލިއެވެ.

” ބައްޕާ.. މިއީ ބައްޕަގެ ބަސް އަހާ ކުއްޖެއް ނުން. އެހެން ނޫނަސް ލައު ނުކުރާނަމޭ އެކަހަލަ ކަމެއް..” ލައުރާ ހީލިއެވެ.

” ތީ މަންމަމެންގެ އޭންޖެލް..” ލުލްމާ އެންމެ ފަހު ފަހަރަށް ލައުރާގެ ގައިގާ ބައްދާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނައައެވެ. ލައުރާއަށް ނޭނގޭ ގޮތަށް އެކަރުނަތަށް އަވަހަށް ފުހެލިއެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ހުރި މެލީންއަށް އެމަންޒަރު ފެނުނެވެ.

” މެލީން.. މަންމައަށް ސަލާމް ބުނަންޗޭ.. ދައްތަ ވަރަށް އުފާވޭ ތިކަހަލަ ރަނގަޅު އެކުވެރިއެއް ލައުރާއަށް ލިބުނީތީވެ. ” މެލީންގެ ގައިގާވެސް ބައްދާލަމުުން ލުލްމާ ބުނެލިއެވެ. މެލީން އަކީވެސް އޭނާގެ ދަރިއެއް ފަދަ ކުއްޖެކެވެ.

” ދަނީ..” ހިތާމަ އާއި އެކީ އެހެން ބުނެލާފައި ލުލްމާ ނިކުތެވެ. ލައުރާ އާއި މެލީން ދޮރު ކައިރީ އެމީހުން ލިފްޓަށް އަރަން ދެން ބަލަން ހުއްޓެވެ. ލިފްޓްގެ ދޮރު ލެއްޕުމާއި އެކު ލައުރާ ބަޑި ފަޅައިގެން ދިޔައެވެ. މެލީން ލައުރާގެ ގައިގާ ބައްދާލިއެވެ. އަދި މަޑުމަޑުން ލައުރާގެ ބޮލުގައި ފިރުމާލިއެވެ. ” ލައު.. ލުމްދައްތަ އެދިޔައީ އެއްކޮންނެއް ނޫނެއްނުން.. އަދި އެއުޅެނީ މިގެއިންވެސް ނުނިކުމެވިގެން .. ތި ރޯން ފެށީ.. ލުމްދައްތައަށް ލައު ރޯކަން އެނގިއްޖެއްޔާ ކިހާ ދެރަވާނެ. ” މެލީންއަށް ލައުރާ ދެރަވާނެވަރު އިނގެއެވެ.

” ޔާ.. ތިބުނީ ތެދެއް.. ދެން ނުރޯނަން..” ލައުރާ ނޭފަތް ދަމާލަމުން ބުނެލިއެވެ. ލޮލުގައި ހުރި ކަރުނަތަށް ފުހެލުމަށްފަހު މެލީން އާއި ދުރަށް ޖެހިލިއެވެ. އަދި ހީލިއެވެ. ” ހިނގާ ލައުއަށް ކުކިން ލެސަން ދޭންދާން..”

” ކޭ.. ސިސް..” މެލީން މަލާމާތުގެ ގޮތަކަށް ހީލިއެވެ. ލައުރާއަށް ސަތާރަ އަހަރު ވިއިރުވެސް ކައްކާކަށް ނޭނގެއެވެ. ލައުރާ ކައްކާ އެއްޗެއްގައި ރަހަޔަކުން ރަހައެއް ނުލާނެއެވެ. އެކަމަކު މޮޅު ތަންކޮޅަކީ ރަހަކިޔުމަށް މޮޅުކަމެވެ. އެއްޗެއްގައި ރަހަ ކިތަންމެ މަޑުން ހުއްޓަސް އެނގޭނެއެވެ. ރަހަ ރަނގަޅުވާނީ ކިހާ ވަރަކަށް އަޅައިގެން ކަން އެނގޭނެއެވެ.

މެލީން ލައުރާއަށް ނޫޑްލްސް ކައްކަނެ ގޮތް ކިޔައިދޭން އުޅުނެވެ. ބޭނުން ވާނެ ހުރިހާ އެއްޗެއް ހުރީ މޭޒު މައްޗަށް ނަގާފައެވެ. ލައުރާ ގޮނޑިއެއްގައި އިށީންދެގެން އިން އިރު ދެފައި ވަނީ މެޒުމަތީގައެވެ. މެލީން ކިޔާ އެއްޗަކަށް ހޫމް އަޅުވަމުން ދިޔައިރު އޭނާގެ ނަޒަރު ހުރީ ފޯނަށެވެ.

ލައުރާ އެހެން އިނުމުން މެލީންއަށް އުނދަގޫވިއެވެ. މީ ނޫޑްންސް ހަދަން ކިޔައިދޭ ދެވަނަ ދުވަހެވެ. އެކަމަކު ދެންވެސް ނޫޑްލްސް ކައްކާފައި ހުންނައިރު ރަހަޔަކުން ރަހައެއް ނުލާނެއެވެ. އެއްފަހަރު މާ މަޑު ވިއްޔާ އަނެއް ފަހަރު މާ ހަރު ވާނެއެވެ. އެނެއް ފަހަރު ހުންނާނީ އަނދާފައެވެ.

” ލައުރާ.. މެލީ ކީކޭ މިބުނީ؟؟” މެލީން އެންމެ ފަހުން ލައުރާގެ ފޯނު ޖަހައިގަތެވެ. އަދި ސުވާލު ކޮއްލިއެވެ.

” ލައުރާ..” ލައުރާ ޖަވާބު ދިނެވެ. ” ތި ބުނީ ލައުރާ އޭ.. ލައުއަށް ގޮވާލީ އެއްނުން..”

” ނޯ ފޯންސް ފޮ ޔޫ..” ފޯނު ލައުރާ އާއި ދުރުގައި މޭޒުމަތީ ބާއްވަމުން މެލީން ބުނެލިއެވެ. އަދި އުނދުން ކައިރިޔަށް ގޮސް ނޫޑްލްސް ތެލީގެ ހާލަތު ބަލާލިއެވެ. މެލީން ބޯހަލުވާލީ ނޫޑްލްސްތަށް އަނދާފައި ހުރުމުންނެވެ. ލައުރާ އައި ހެދި އެޔޮއްމީރު ކޮއްހެދި ނޫޑްލްސް ކޮޅު އެނދީއެވެ.

” އޫ.. ލައު އެއް ނުކާނަން މިއަދަކު ނޫޑުލީހެއް.. ލައުއަށްވެސް އެއްއަށްވުރެ މީރުކޮން ކެއްކޭނެ. ” ލައުރާ އައިސް މެލީން ކައިރީ ހުއްޓިލާފައި ނޫޑްލްސް ތެއްޔަށް ބަލާލިއެވެ. އަދި މެލީންއަށް މަލާމާތް ކޮއްލިއެވެ.

” މީ ހަމަ ލައުރާގެ ކަންތަކޭ.. އެންމެ ފަހުން އުކާލަން އެޖެހުނީ.. ދެން ނޯ މޯ ކުކިން ލެސަން ފޮ ޔޫ.. ” މެލީން ނޫޑްލްސްތަށް ޑްސްޓްބިންއަށް އަޅާލާ ތެލި ދޮވެލަމުން ބުނެލިއެވެ. އޭރު ލައުރާ ކޮންމެސް މީހަކަށް ގުޅައިގެން އުޅެއެވެ.

” މެލް.. ކައްކާނެ ކަމެއް ނެތް.. ޕިއްޒާއަށް އޯޑަރ ކޮއްފިން .. ތްރީ.. މިޔަދަށް ވާވަރަށް ކެވޭނެ އޭގެން.. ” މެލީން އަލުން ނޫޑްލްސް ކައްކަން އުޅުމުން ބުނެލިއެވެ.

” އޭގެން ކެވޭނެ މާދަމަޔަށްވެސް.. ކީއްކުރަން މެލް ކައިރީ ނުބުނެ ޕިއްޒާ ގެންނަނީ؟؟ ތިން ޕިއްޒާ އަހަރުން ނަކަސް ނުކެވޭނެ އޭ.. ” މެލީން ބޯ ހޫރާލިއެވެ. ރަނގަޅަށް ވިއްޔާ އެއުޅެނީ ބަޔަކު ގެންނާށެވެ. ” ކޮން ބަޔަކު އަންނަނީ؟؟”

” ކިހިނެތް އެނގުނީ؟؟ އަރާން އައި އައުސް މިގަޑިގައި ފްރީ ވާނެ.. ތްރީ އޯ ފޯ ސަމްތިންގްގައި ނިމޭނެ އެމީހުން .. ސޯ …….” ލައުރާ ފުމެމުން ފުމެމުން ބުނެލިއެވެ. ” މެސެޖްވެސް ކޮއްފިން.. ގުޅައިފިންވެސްމެ..” ލައުރާ އިތުރު ކޮއްލިއެވެ.

” ގޯޑް.. ތިދެން ބޮޑުވަރު.. ލައުރާ.. ” ސޯފައިގާ އޮތް ކުޝަން އެއްނަގައި ލައުރާއާއި ދިމާލަށް އެއްލަމުން ބުނެލިއެވެ. ލައުރާ ހެމުން ހެމުން އޭގެން ރެކުނެވެ. އަދި ކުޝަން ބިންމަތީ ޖެހުމުގެ ކުރިން ލައުރާ ފައިން އޭގައި ޖަހާ މެލީންއާއި ދިމާލަށް ހޫރުވާލިއެވެ. މެލީންގެ ގައިގާ އެޖެހުމުގެ ކުރިން މެލީން އެހެން ކުޝަން އެއްނަގައި އޭގައި ޖެހިއެވެ. އިތުރު ކުޝަންއެއް ނެއްލިގެން އުޅެނި ކޮން ގޭގެ ބެލް ޖެހި އަޑު އިވުނެވެ. މޭލީން އާއި ދިމާލަށް ދޫނެރެލަމުން ލައުރާ ގޮސް ދޮރު ހުޅުވިއެވެ.

” ހޭއީ.. އަދި ޕިއްޒާއެއް ނާދެ.. ” ލައުރާ ދޮރު ހުޅުވި ގޮތަށް ބުނެލިއެވެ. އަދި ބޭރުގައި ތިބި ދެމީހުންނަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.

” އައުސް..” މެލީންއަށް އައުސް ފެންނައިރަށް ގޮސް އައުސްގެ ގައިގާ އޮޅުލައި ގަތެވެ.

” ތިދެމީހުން މެރީ ކުރަން ވެއްޖެއެއް ނުން ދެން.. މީކޮން ކަމެއް؟؟ ” އަރާން ސޯފާއަށް ވެއްޓިގަންނަމުން ބިންމަތީ ހުރި ކުޝަން ތަކަށް އިޝާރަތް ކޮއްލިއެވެ.

” އަދި އަށާރަ އަހަރެއް މެލްއަކަށް ނުވެޔޭ.. އެއިޓިން ވާ އިރަށް މެރިޔޭޖް.. މީ އަރާންގެ ލޯބިވެރިޔާގެ ބޭބިޝްކަން.. މަށަކަށް ހިޔެއް ނުވޭ ފަސްދޮޅަސް އަހަރު ވާއިރުވެސް ތިދެމީހުންނަށް މެރީ ކުރެވޭ ވަރުވާނެހެންނެއް.. އެންމެ ކުޑަމިނުން ކައްކަން އިނގޭނަމަވެސް ރަނގަޅު. ” މެލީން އައުސް އާއި ދުރަށް ޖެހިލަމުން ބިންމަތީ ހުރި ކުޝަންތަސް ނެގިއެވެ.

” ހޭ.. ކާކު ފެށީ.. ހަމަ ގައިމުވެސް ލައު އެއް ނޫން..” ލައުރާ އޭނާގެ ބޮލުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަދި ވަކިން ހުރި ސޯފާއަކަށް ވެއްޓިގަތެވެ.

” އޯކޭ .. މެލް ގަބޫލުކޮއްފާނަން މެލް ކަން ފެށީ.. އެކަމަކު ކާކުތަ ކަރާޓޭ ޖައްސަނީ ؟؟” ލައުރާއަށް ދޫ ދޭކަށް މެލީން ބޭނުމެއް ނުވިއެވެ.

” ވަކި ލައު އަށް ދޯ ނޭނގޭނީ ކައްކަން. ކާކުތަ މިޔަދު ނޫޑުލިސް އެތި އަންދާލީ؟؟” ލައުރާވެސް މެލީންއަކަށް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

” ކާކުތަ އަބަދު ކުކިން ލެސަން ދޭށޭ ކިޔާފައި ފޯނާއި ކުޅެން އިންނަނީ؟؟” މެލީން މިހާރު އިނީ ލޯ އަޅައިގެންނެވެ. އަރާންއާއި އައުސް އެކަކު އަނެކަކަސް ބަލާލިއެވެ. ” ކާކުތަ..”

” ލައުރާގެ މަންމަމެން ދިޔައީތަ މިހާރު؟؟ ” އަރާން ލައުރާއަށް އެއްޗެކޭ ނުބުނެވެނީސް އަވަހަށް އަހާލިއެވެ.

” އަމްމްމް.. މިހާރު ފުރާފާނެ.. ރަށަށް ދެވުނީމަ ގުޅާނަމޭ ބުނި.. ” ލައުރާ ޖަވާބުދިނެވެ.

” ކޮން އިރަކުން ނޯ އަންނަނީ؟؟ ” އައުސް އަހާލިއެވެ.

” ބުނި މަންތެއް ވަރު ވާނޭ.. އެކަމް މަންމައަށްވެސް ޔަގީނެއް ނޫން.. ” ލައުރާ އިސްޖަހާލިއެވެ. އެހާ އަވަހަށް މަންމަ އައި ބައްޕަ މަތިން ހަނދާން ވާން ފެށިއެވެ. ކިތަންމެ ދެރަވިޔަސް އޭނާއަށް ކުރެވޭނެ ވަކި ކަމެއް އިންނާނެ ހެއްޔެވެ.

އެވަގުތު ލައުރާގެ ފޯން ރިންގް ވާން ފެށިއެވެ. ހިތް އަވަސް ވެފައި ވާ ހާލު ލައުރާ ފޯން ނަގާ ބާލާލިއެވެ. އުންމީދު ކޮއްގެން ހުރީ މަންމަ ގުޅާނެކަމަށެވެ. ނަމަވެސް ގުޅަނީ ޕިއްޒާއެވެ. ފޯންއަށް ޖަވާބު ދިނުމަށްފަހު އަވަހަށް ލައުރާ ތިރިއަށް ފޭބީ ޕިއްޒާ ގެނައުމަށެވެ. އަދި އޭނާގެ ދެރަވެފައިވަ މޫނު އެމީހުންނަށް ނުދެއްކުމަށެވެ.

” ލައު ހަމަ ކަރާޓޭ ޖެއްސިތަ؟؟” ލައުރާ ޕިއްޒާ ހިފައިގެން އެތެރެއަށް ވަންވަގުތު އަރާން އެހި އަޑު އިވުނެވެ.

” އަރާން.. ” ލައުރާ ރާގެއް ލާފައި ގޮވާލިއެވެ. ލައުރާ އެގޮތަށް ގޮވާނީ އޭނާ ލަދުގަތީމައެވެ. އަތުގައި ހުރި ޕިއްޒާ ފޮށިތަށް މޭޒު މަތީ ބަހައްޓާފައި ލައުރާ އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާ ނިކުމެގެން އައި އިރު އަތް ފުރާ ބައިވަރު ސީޑީ ތަކެއް އޮތެވެ. އެއެއްޗެހި ބިންމަތީ ބެހެއްޓުމަށް ފަހު އަލުން ކޮޓަރިއަށް ވަނެވެ. މިފަހަރު އައި އިރު އަތުގައި ހާރޑްއެއް އޮތެވެ.

” ސަޅި އެއްޗެއް ފެނިއްޖެތަ؟؟” ލައުރާ ހާރޑް މެލީން އަތަށް ދެމުން ބުނެލިއެވެ. ” ތިތާ ނެތިއްޔާ ހާރޑްގައި ހުންނާނެ އާ ފިލްމް ތަކެއް.. އެތަނުން އެއްޗެއް ބަލަންވީނުން..” ލައުރާ އިތުރު ކޮއްލިއެވެ. އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. މެލީންއާއި ލައުރާ ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.

” އިތުރު މީހަކަށް އިންވައިޓް ކުރިންތަ؟؟” މެލީން އަހާލިއެވެ. ލައުރާ ޖަވާބުގައި ބޯ ހޫރުވާލިއެވެ.

ލައުރާ މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ.

********************************************

” ލައުރާ.. ކީއްވެ ދޮންބެ ކައިރީ ނުބުނީ ރިއުވީ އާއި އެކީ އޭ ބޭރަށް ދަނީ ؟؟” ލައުރާ ސިހުނީ ޝާއިން ދެވަނަ ފަހަރަށް ސުވާލުކޮއްލުމުންނެވެ. އޭރު ކޮޓަރި މެދުގައި ކަހަލަ ގޮތަކަށް ޝާއިން ހުއްޓެވެ.

” އަން؟؟ ކީކޭ؟؟ ކޮންއިރަކު ދޮންބެ އައީ؟؟” ލައުރާގެ މޫނުމަތީ ވަނީ ހައިރާންކަމެވެ. ޝާއިން އޭނާ ކުރި ސުވާލު ތަކުރާ ކޮއްލިއެވެ.

” އަމްމްމް. ނޭނގެ. ހަމަ ބުނާ ހިތް ނުވީ.. ” ލައުރާ ފޭކް ސްމައިލް އެއްދެމުން ބުނެލިއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ލޯބީގެ ރާސްތާއަކީ ކަރުނައޭ 1

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (12)

Next
April 6, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (12)

Previews
April 6, 2018

ލޯބީގެ ރާސްތާއަކީ ކަރުނައޭ 1

13 Comments!

  1. Nash says:
    April 6, 2018 at 6:18 pm

    Varah nice….salhi….u can do it…best of luck…n me first dho

    1. Maikaa says:
      April 24, 2018 at 3:39 pm

      thanks Nash..

  2. shif? says:
    April 6, 2018 at 6:20 pm

    Vvv reethi mi part vx !????
    Ekm up kuraaleh vv las!
    When nxt part?

    1. Maikaa says:
      April 8, 2018 at 2:35 pm

      thanks.. sorry las vaathiive … next part inshaa allah friday

  3. NASH says:
    April 7, 2018 at 1:39 pm

    wow nice…gud job Maikaa…whn next

    1. Maikaa says:
      April 8, 2018 at 2:38 pm

      thanks nash.. umm im trying next part friday ga genes dhevey thwwww..

  4. shaha says:
    April 7, 2018 at 7:33 pm

    Nice

    1. Maikaa says:
      April 8, 2018 at 2:35 pm

      Thanks shaha

  5. unique says:
    April 15, 2018 at 4:17 pm

    kobaatha story

    1. Maikaa says:
      April 24, 2018 at 3:26 pm

      sorry las vaathiive but dhen next part genes dheveynii my exam nimuniii. soo its roadha mahuga i guess…

  6. manaliiiiiiiiiiiii says:
    April 23, 2018 at 9:26 am

    kon iraku next paart genes dheniiiiii dhen??????????

    1. Maikaa says:
      April 24, 2018 at 3:28 pm

      umm. enme avaha ves genes dheveynii roadha mahah fahu..

  7. zaara says:
    April 30, 2018 at 9:33 am

    v reethi vaahaka..
    cant wait for the next chapter

Comments are closed.



All Right Reserved!