ތިޝާ ދާން މަގުދައްކަމުން އެއްކައިރިއަށް ޖެހިލެވުނީ ހަދާނެ ގޮތް ހުސްވެ ހުރެއެވެ.ފުރުސަތެއް ލިބުމާއި އެކު ތިޝާ ދުވެފައި ގޮސް ގޭތެރެއަށް ވަނެެވެ. އެވަގުތު ގޭތެރެއަށް ވަންނަން އައިސް އައިސް ހުރި ލޯރެން ގައިގާ ނުޖެހުނީ ހަމަ ކިރިޔާ އެވެ. ތިޝާ ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ލޯރެން ފާޑަކަށް ބަލަން ހުރުމަށްފަހު ގޯތި ތެރެއަށް ނިކުތެވެ. އޭރު ބޭރު ޖޯލީގައި އިން އަކްޝަމް ފެނުމުން ލޯރެން އަށްވީ ނުބައި ގޮތެކެވެ. ލޯރެން އަކްޝަމް ކައިރިއަށް ގޮސް […]
އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ތިޝާ” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދި އެ ފޮޓޯގައި ތިޝާ އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ. ރާޅުގަނޑު ސަރަހައްދުން ތިޝާ އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔަ އެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން ގެންދިޔައިރު ތިޝާ ކަނޑުން ނަގަމުންދާ ރާޅުތަކުގެ ރީތި ވާހަކަ […]
ނޯޓް: މިވާހަކައިގެ އެއްބައި ވާނީ ކުރިންވެސް މިސައިޓްގައި ގެނެސްދީފައެވެ. ނަމަވެސް މިހާރުމިވަނީ ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ލިޔެފައެވެ. މިވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަމެވެ. …………………………………………………………………………………………………… މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ތިޝާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ކުޑަކުދިން ކުޅޭ ހިތްގައިމު މަންޒަރަށް ބަލަން އިން ތިޝާގެ ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން މެދު އުމުރު އަންހެނަކު ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ބައްރާ ތިޝާ އިން ދިމާއަށް އަންނަނީއެވެ. ބައްރާއަކީ ތިޝާ […]