ލިޝާން ޒަކްޔަންއަށް ލިޔުނު މެސެޖު ފޮނުވާލަމުން ސައިކަލު ދުއްވާލީ ގްލޯރިއާ ޖީންސްއާ ދިމާއަށެވެ. ނިދާފައި އޮތް ޒަކްޔަން ލޯހުޅުވާލަމުން ކަންނެތްކަމާއެކު ލިބުނު މެސެޖު ކިޔާލިއެވެ. “ހައިރާ މަރުވިރޭ ޔައިޝްގެ އެގޭގަ ހުރި. އޭނަގެ ފޯނުގެ ލޮކޭޝަން އަންގަނީ އެހެން. ޒަރީން އަދި ހުސެންވެސް އެރޭ ތިބީ މާލޭގަ. އޯލްސޯ އަހަރެން އިރިން ފްރެންޑަކަށް ހަދައިފިން. މިރޭ ޔައިޝް އާ ސުވާލުކުރަން ފެނޭ” ޒަކްޔަންގެ ނިދި ފިލައިގެން ދިޔައެވެ.
“އެހެންވީމަ މިހާރު ގަބޫލުކޮށްފިން އަހަރެންގެ ސޮރީ ގަބޫލުކުރިކަމަށް. ހެހެ..ރިން..އޯކޭ ދޯ އެހެން ކިޔަސް. ކިހިނެއްތަ އަސްލު ހައިރާއާ ދިމާވީ؟” ލިޝާން މަޑުމަޑުން މައުލޫއަށް ވަންނަމުން ދިޔައެވެ. “ހެހެ..އޯކޭ އެހެން ކިޔަސް. އަސްލު އަހަރެމެން ދިމާވީ ކޮލެޖުން. އަހަންރެން އޭރު ހުރި ގޭގަ ޑްރަގް ޑިލް ކުރާނެ. އެހެންވެ އަހަންނަށް އެކަމުގެ ތެރެއަށް ވަދެވުނީ. ދެން އަސްލު ހައިރާއަށް ފެމެލީއިން ކޮންމެސް ޕްރެޝާއެއް އަންނާތީ އޭނަ އަބަދު މޫޑް އޮފް ވެފަ ހުންނާތީ އަހަރެން އޭނަ މިކަމަށް ވެއްދީ..ވަރަށް ދެރަވޭ މިހާރު.”
އިރިން ހަގީގަތުގައިވެސް ދެރަވެފައިވާކަން ލިޝާން ދެނެގަތެވެ. އެހިސާބުން ހައިރާގެ ވާހަކަ ދެއްކުން ލިޝާން ހުއްޓާލިއެވެ. އެވެސް އުކުޅެކެވެ. މަޑުމަޑުން ކަންކަން ހޯދުމަކީ ލިޝާން ދެކޭ ގޮތުގައި އެންމެ ރަނގަޅުގޮތެވެ. އެ ބައްދަލުވުން ނިމިގެން ދިޔައީ ދެޒުވާނުންގެ ހިތުގައިވެސް އާ ވިންދެއް އުފައްދާލާފައެވެ.
“ކޮބާ ކޮންކަމެއް ހޯދުނީ..އެޔެއްނޫނޭ.. ފޮރެންސިކްސް އަދިވެސް ނުލިބޭތަ..މިހާރު ދެން ލިބެންވެއްޖެ ދޯ..” ލިޝާން އޮފީހަށް ވަދެގެން އައިތަނާ ޒަކްޔަން ސުވާލުކޮށްލިއެވެ. އޭރު އަދި ގަޑިން އަށެއްޖަހަނީއެވެ. “އޭރު އައި ގޮތަށްދޯ..އަދި ނުހޯދޭ އަނެއްހެން. މިހާރުދެން ވަރަށް ކްލޯޒް..ހެހެ..އެންޑް އަހަރެން މިއައީ ރިޕޯޓު ހިފައިގެން. އެއްމައްސަލަ އޮތީ. ނީރާވެސް ހައިލިޔާވެސް ހެދީދޮގު. ހައިރާގެ ބައިގެ މައިދޮރު ހުރީ ހުޅުވާފަ. ހައިލިޔާގެ ފިންގަރޕްރިންޓް އާ ނީރާގެ ފިންގަރޕްރިންޓްވެސް ތަޅުން ހޯދާފަ އިނީ. އޭގެ މާނަޔަކީ އެ މީހަކު އައިމަ ހައިރާ އަމިއްލަޔަށޭ ދޮރު ހުޅުވީ..އޭގެން ފަހުން އެގޭ ދޮރު ތަޅުލާފައެއް ނުވޭ.” ލިޝާން އޭގައިވާ އެއްޗެއް ކުރުގޮތަކަށް ކިޔާލަދެމުން އެރިޕޯޓު ޒަކްޔަންއާ ހަވާލުކުރިއެވެ. “ތިންވަނަ ފިންގަރ އެއީ؟” ޒަކްޔަންގެ ސުވާލަށް ލިޝާން ކޮނޑުއަރުވާލިއެވެ. އެވަގުތަކީ ޔައިޝް ވަދެގެން އައިވަގުތެވެ.
“ވަނުމުގެ ކުރިން މީގަ އިނގިލި ޖައްސާފަ..” ލިޝާން ޔައިޝްވަނުމުގެ ކުރިން ބުނަން އުޅުން ޖުމުލަ ފުރިހަމަ ނުކުރެވެނީސް ލިޝާން ގެނައި އެތީގައި އިނގިލިޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. “ކޮބާ..މޮޅު އެއްޗެއް ވިސްނުނީތަ؟ އަނެއްކާވެސް އަހަންނަށް އުނދަގޫތިކުރަނީ.” ޔައިޝްގެ ބަސްތަކަށް ޒަކްޔަން ހީލިއެވެ.”މި ހިތަށްއަރަނީ އަހަރެމެންނަށް ދޮގު ހެދިކަން ސާބިތުވީމަ ކިތައްއަހަރަށްތޯ ޖަލަށް ދާންޖެހޭނީ..ޔައިޝް. މަށަށް އިނގޭ އެރޭ ޔައިޝް އެގެޔަށް ވަތްކަން..ދެން ތެދުބުނަންވީނު. އަހަރެން އެންމެ ފޯނުކޯލެއް ކުރަން ޖެހޭނީ. އަހަރެމެންނަށް ދޮގުހެދުން ނަފްސާނީ އަނިޔާ ދިނުން ޑޮމެސްޓިކް ވަޔޮލަންސަށް ޗާޖު ކުރެވޭނެ.”
ޔައިޝްގެ ހިނިތުންވުން ގެއްލި މުޅި މީހާ ދާހިއްލަން ފެށިއެވެ. އަވަސް ނޭވާތަކެއް ލަމުން ދެތިންފަހަރު މޫނު ފުހެލިއެވެ. “ޕްލީޒް… އަހަރެންގެ ބައްޕަ އަހަރެން މަރާލާނެ…ނުބުނާތި.އާނ…އަހަރެން ހައިއަށް އިންޒާރެއްދޭން އެގެޔަށްވަނިން..ތަޅުނުލާހުރީމަ ވަނީވެސް. އަހަންނަށް މާކުރިންވެސް ސިޑީގެ ސީސީޓީވީ ހަލާކުވެފަ ހުރިކަން އިނގޭ. އެހެންވެ އެރީ ސިޑީން. އަހަންނެއް ނޫނޭ ހައި މަރާލީކީ…އަހަރެން ވަތްއިރު ހައިއޮތީ ބިންމަތީގަ..ވަޅި އޮތް ދުރުގަ. އަހަރެން ގާތު ހައި އާދޭހަށް އެދުނު. އެކަމު ގަނެފަ ހުރި ބިރެއްގެ ބޮޑުކަމުން އަހަރެން ފިލީ…އޭގެ ފަހުން ރަނގަޅަށް ނުވެސް ނިދޭ…ހަމަ ތެދެއް މިބުނީ..އެކަމު އަހަރެން ބަދުނާމު ނުކޮށްލާތީ..އެޔަށްވުރެ ރަނގަޅުވާނެ އުމުރަށް ޖަލަށް ލިޔަސް. ނޫނީ ބައްޕަ އަތުން އަހަރެން މަރުވާނެ.. ހެޔޮ ނުވާނެ..”
ޔައިޝްގެ ވާހަކަތައް ޒަކްޔަން ގަބޫލުކުރިއެވެ. ސަބަބަކީ މީހާ ބިރުދައްކާލައިފިނަމަ އަބަދުވެސް ހަދާނީ ތެދުކަމަށް ވާތީއެވެ.އެވަގުތު ލިޝާންގެ މެސެޖެއް އަނެއްކާވެސް އައެވެ. “ތިންވަނަ ފިންގަރ އެއީ ޔައިޝްގެ. ހީވަނީ އޭނަ އެހަދަނީ ތެދުހެން.” ޒަކްޔަން ޔައިޝްއަށް ބަލާލިއެވެ. އޭރުވެސް އޭނާ އިރުއިރުކޮޅާ މޫނު ފުހެމުން ދިޔައެވެ. “ހަނދާކުރާތި. އެންމެ ދޮގެއް ހެދިކަން އިނގުނަސް..” ޒަކްޔަން ޔައިޝް ފޮނުވާލުމަށްފަހު އެރެއަށް މަސައްކަތް ނިންމާލިއެވެ.
އިރިން ވިސްނަމުން ދިޔައީ ލިޝާންއާމެދުގައެވެ. އިރިންއަށް ލިޝާން ވަރަށް ކަމުދިޔައެވެ. އެހިޔާލުތަކުގައި އޮއްވާ އޭނާއަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ނުނަގަން އޮވެފައިވެސް އެންމެ ފަހުން އިރިން ފޯނު ނެގިއެވެ. “ހެއި..ނިދާފަތަ؟” އެކޮޅުން އަހާލިއެވެ. ކާކުކަން ނޭންގޭހާލު ޖަވާބެއްނުދީ އިރިން އޮތީއެވެ.”ރިން…މީ ޝާންއޭ.” އެޔާއެކު އިރިންއަށް ހެވުނެވެ. ދަންވަރުގެ އެހަމަހިމޭން ވަގުތުގައި ދެމީހުން އެކަކު އަނެކަކާ އެތައްވަގުތެއްވަންދެން ވާހަކަދައްކަން ތިއްބެވެ.
ހަމައެވަގުތެވެ. ޒަކްޔަން ފުރޮޅިފުރޮޅި އޮތީ ނުނިދިފައެވެ. “ހެއިލް…ކީއްވެތަ އަހަންނަށް އޮޅުވާލަނީ…ތެދައް ކިޔައިދީބަލަ. އަހަރެންވެސް ހެއިލްގެ ދައްތަދެކެ ލޯބިވަމޭ…އިންސާފުވެސް ހޯދަދެވޭނީ ހެއިލްވެސް އެއްބާރުލުން ދިނީމަދޯ…އަހަރެމެން މިއޮއްވީހާދުވަހު މި ވީ ލޯބި ހަމަ އެހާވެސް….އަގެއްނެތީތާ ދޯ…އީރޫ..އަހަންނަށް މާފުކުރޭ..އަހަންނަށް ހެއިލް ރޮއްވާލެވިއްޖެ..”
ހެނދުނުވެގެން އައިއިރުވެސް ޒަކްޔަންއޮތީ ނުނިދިފައެވެ. ފެންވަރާލައިގެން ޒަކްޔަން ދިޔައީ އޮފީހަށެވެ.އަދި ހައިލިޔާ ގެނައެވެ. “ކީކޭތަ ހީކުރަނީ؟ އަހަންނަކީ ވަގުތު ގިނަވެގެން އުޅޭ މީހެކޭތަ؟ ކުރާނެ އިތުރު ކަމެއް ނެތިއްޔާވެސް ބުނެބަލަ؟” ހައިލިޔާ ވަތްގޮތަށް ހަޅޭއްލަވައިގަތެވެ. “ހައިލިޔާ އަށް ހީވަނީދޯ އަހަންނަށް ވަރަށް މަޖައޭ…ހައިރާއާ މެދު ނުވިސްނަނީތަ؟ އެހުރިހާ ނަފްރަތަކާ ކުރިމަތި ވީ ހައިރާގެ މަންމައަކީ ނީރާއަށް ނުވީމަކަން ހައިލިޔާއަށް އިނގޭތަ؟ އަހަރެން ހަމަ އަޖައިބުވެއްޖެ. ހައިލިޔާ ދޮގު ހަދަން ވެސް ހާދަ މޮޅޭ ދޯ…އެދުވަހު އެބަޔަށް ވަނީމެއްނު. ކީއްވެ…ކީއްވެ މީހަކަށް ނޭންގީ؟؟..ބުނެ!! ކީއްވެ ތަހުގީގަށް ކުރިއެރުން ނުލިބޭގޮތަށް އޮޅުވާލަން އުޅުނީ؟؟” ޒަކްޔަން ދެރަވާންފެށުމުން ރުޅި އިސްކޮށްލިއެވެ. ޒަކްޔަންގެ އެސިފަ ފެނިފައިނުވާ ހައިލިޔާ ފަހަތައް ޖެހިލިއެވެ. “ޕްލީޒް…އަހަންނަށް މައާފުކުރޭ..ތިއިން އެއްވެސް ވާހަކައެއް އަހަންނަކަށް ނޭންގެ. އެރޭވެސް ދޮންތަ އަހަންނާ ވަރަށް ލޯބިން ވާހަކަދެއްކީ..ދެމީހުން އެކަކު އަނެކަކަށް މައާފުކޮށް މައާފަށްއެދިފަ ވަރަށް ލޯބިން….އެކަމު ފެނުނު މަންޒަރުން އަހަރެން ބިރުގަތީ…ޕްލީޒް…ހެޔޮނުވާނެ. މިފަހަރު މިހަދަނީ ހަމަ ތެދު…ހީވީ ދޮންތައަށް އިނގިގެން އުޅޭހެން. ކަމެއްވާން އުޅޭކަން. އަހަރެންނާ އެންމެފަހު ފަހަރަށް ވާހަކަދައްކާގޮތައް ނަސޭހަތްދީފަ ބައްދާލާދަ ފޮނުވާލީވެސް…”
ހައިލިޔާއަށް ރުޅިމޫނު ދައްކާލުމަށްފަހު ޒަކްޔަން އޭނާ ފޮނުވާލިއެވެ. ދެން ގެނައީ ނީރާއެވެ. “އަހަންނެއް ނޫން.. އާނ..ދޮރު ހުރީ ހުޅުވާފަ. އެކަމު އަހަރެން ގުޅީވެސް…އަމިއްލަޔަށް މީހަކު މަރާފަ އަމިއްލަޔަށް އެކަން ރިޕޯޓުކުރަން އަހަންނަކީވެސް މޮޔައެއް ނޫނޭ” ނީރާ އެންމެފަހުން ދިން ބަޔާން ބަދަލެއް ނުކުރެއެވެ. ޒަކްޔަން އަހާ އަހާވެސް ހަމަ އެވާހަކަ ތަކުރާރު ކޮށްކޮށްއިނީއެވެ.
އެންމެ ފަހުން ޒަކްޔަން ދުވަހަށް މަސައްކަތް ނިންމާލިއެވެ. އަދި ސަންޔާ އައުމުންނާ ލިޝާން ހޯދާ މައުލޫމާތުގެ އެހީގައި އިތުރު ތަހުގީގު ކުރަން ނިންމިއެވެ. ގެއަށްގޮސް ފެންވަރާލިތަނާ ޒަކްޔަންއަށް ފޯނެއް އައެވެ. “ވަރަށް އަވަހަށް އާދެބަލަ ހުޅުމާލެ ފެރީ ޓާމިނަލަށް.ވަރަށް މުހިއްމު..” އެ ކޯލު ކެނޑުނެވެ. ޒަކްޔަން ޓީޝާޓެއް ލަމުންލަމުން ގެއިން ނިކުތީ އެމީހަކު ހާސްވެފައި ހުރިކަން އަޑުންވެސް އިނގޭތީއެވެ. ޒަކްޔަން އެހިސާބަށް ދިޔައިރު އެތާހުރީ ހައިރާއާ ހަވާލުވެގެން ހުރި ޑޮކްޓަރެވެ. “ޒެކް..ހައިރާ މަރުވިއިރު ޝީ ވަޒް ޕްރެގް…އޭނަ ބަނޑުބޮޑު. އެކަމަކު އަހަންނަށް އައި މެސެޖެއް. އޭގަ އޮތީ އަހަރެން ހައިރާގެ މަރުގެ ރިޕޯޓުގަ އެކަން ހިމަނައިފިނަމަ އަހަނރެންގެ ފުރާނަވެސް ދުއްވާލާނެކަމަށް. އެދުވަހު ނުބުނެވުނީ ކުއްލި ގޮތަކަށް ފުރަން ޖެހުނީމަ. ޒެކް..މިހާރުވެސް އަހަރެންގެ ފުރާނަ މިއޮތީ ނުރައްކަލުގެ ތެރޭގަ. އެހެންވެ އަހަރެން މި ފުރަނީ. އަހަރެންގެ އަމިއްލަ ގައުމަށް. މި ދަނީ ކެނެޑާއަށް..ބާއި..ސަލާމް.”
ޑޮކްޓަރ ޒަކްޔަންގެ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިޔައެވެ. ޒަކްޔަންއަށް ހުރެވުނީ އަޑުއިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިވީ ކިހިނެއްބާއެވެ. މި ލިބުނީ ކޮންކަހަލަ މައުލޫމާތެއްބާއެވެ. މި ހުރިހާ ކަމެއް މިކުރަނީ ކާކު ބާއެވެ. އެ ދަރިފުޅުގެ ބައްޕަބާއެވެ. ޒަކްޔަން ވެއްޓުނީ ސުވާލުގެ ވަޅުގަނޑަކަށެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އެހީވެވޭނީ ސަންޔާއަށެވެ. އަދި އިރިންއަށެވެ. އެތަނުން އެކަކުވެސް ތެދުބުނާނެބާއެވެ. ޒަކްޔަން ވިސްނާލިއެވެ.
ނުނިމޭ
6627 Comments
Comments are closed.
imagination ??
June 5, 2018 at 12:43 amhey guyss..m very sick ingey.. ehen ve saturday da ves up nukohllevuni.. mi haaru mi story nimen varah kairi vehjje..so hope you are liking this.. let me know what you think about this part
Yum
June 5, 2018 at 2:18 amWat???nimeny ey…alhe ehaa avahah ninmaa nulaaba…varah reethi mi vaahaka…i like these kind of stories..keep up the good work dear???❤❤??
imagination ??
June 5, 2018 at 5:17 pmHaha.. Mee limit kohggen plan kuri story eh. Seym ge As aharuvi ma. Plus vaahaka dhehkumuge mubaaraai eba feshey.. Thanks a lot love ? ♥
lulu
June 5, 2018 at 2:19 amok darling. get well soon.. mi bai ves hama habbu as always 😉 phn call adu ehi iru ves heevi ekahala ehcheh.. keevveba zakyan menah shakku nuvee dhw police officer akah vee iru.. sikundeega theh kameh huriyya suspect kurevey kahala kanthah thakuga ves zakyan men eba thibey hama vaanuvaaga.. ebai rangalhu kolla darling
imagination ??
June 5, 2018 at 5:19 pmHaha… Thanks dear. Ehen ves vedhaane dho. Cause eves insaanun vi ma. Emyhunves missed out vaa ehchehi hunnaanu. Thanks again dear ❤️?
unique
June 5, 2018 at 4:30 amupvejje dhw… kiyaalaafa comment eh kollaanan
imagination ??
June 5, 2018 at 5:19 pmYesss… Thanks ❤️
Mate
June 5, 2018 at 4:38 amVrh reethi……keep it up…….
imagination ??
June 5, 2018 at 5:20 pmThanks mate.. ♥️♥️♥️
unique
June 5, 2018 at 4:56 amvv reethi vv interesting hisaabeh curiously waiting for next part… aslu twisteh genaima vv difficult guess kollan ves who did this great work imagination…..
imagination ??
June 5, 2018 at 5:22 pmHahaha… Thanks unique. M so happy to continuously see ur comment ♥️♥️♥️❤️?
Any
June 5, 2018 at 5:09 amV reethi mibaives hadhamolhey vahaka liyan masha Allh
imagination ??
June 5, 2018 at 5:23 pmHey any… Thanks a lott ??♥️
Stry kiyaa man
June 5, 2018 at 9:46 amWat ! Stry nimeny ey semya.haadha avahah
dear ge stry thah ninmaalany.adhi ninmaalaane kameh neh dear.N stry v salhi .hama great work ey bune veyyny.friends ah heevany hama eii yaish ge kameh hen.e henve yaish dad hai maraaly ladhun salaamah vaan. Or hairaa ge dad noony mom.dhen nygey mi vaa gotheh.waiting 4 nw part.-salaam-???
Scarlet
June 5, 2018 at 10:21 amKyhvetha reethi vaahaka eh vehjiyyaa abadhuves avahah nimeny!!..sad??..varah reethi story eh❤❤
imagination ??
June 5, 2018 at 5:25 pmAwwnn.. Sorry dear. I don’t want to not upload episodes and write a story. Ehenve busy vaane thi. In sha allah my next story kiyaalan libeyne after my AS exams ❤️❤️?♥️?♥️
nunnu
June 5, 2018 at 12:15 pmvarah reethi masha allah mi part ves
when next part
imagination ??
June 5, 2018 at 5:25 pmNext part in sha allah on Thursday.. Thankss love ❤️❤️❤️
eekko
June 5, 2018 at 12:18 pmmasha allah mibaivx v rythi n GWS
imagination ??
June 5, 2018 at 5:26 pmHey eekko.. Thanks ❤️
Roxy
June 5, 2018 at 12:31 pmBuddyyyyy get wel soon nge ?? n vrhaka vx vvv slhi thi gna twist vx v fakkr v curious mhru ?? n btw roxy mhru bxy kmun savdhaan india nubeleythr vx v dhvx vhje so e ahna gdi hndhrnh nei mhru ????
imagination ??
June 5, 2018 at 5:27 pmThanks roxy. Glad u loved it. Haha.. Aan mihaaru ehvves varakah tv nubeley.. Varah seydu ?❤️♥️♥️❤️?
Sham
June 6, 2018 at 3:37 pmWoww??its awsome dude…gws soon dear n avahah rangalhu vegen vrhaka aneh bai genes dhehvaba?
?penguin
June 6, 2018 at 8:50 pmWoww??….awesome stry…..btw r u in grade 10??? If so which scool
imagination ??
June 11, 2018 at 2:08 pmm in 11. ahah VIHS ga ?
imagination ??
June 11, 2018 at 2:09 pmkurin i was in GIS
hey
June 10, 2018 at 11:46 pmhey kobaa story now thursday gossi ehnu?? bali ve ulhenya gws dear veehaa ves avahah story upload koh lahchey ingey dear ah veeha avahakah