ތިން ކުދިންވެސް ގެއިން ނިކުމެ މިސްރާބު ޖެހީ މިހާރު މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައިވާ ރަސްރަނި ބަގީޗާއަށް ދިއުމަށެވެ. އެތަނަށް ގޮން ވަތް އިރު ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުންދެއެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރުގެ ހިތްގައިމު ވަގުތުކަމުން މީހުންވެސް ގިނަވާނެ ނޫންހެއްޔެވެ. އެކިއެކި އުމުރު ފުރާއިގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ތިން ކުދިންވެސް ގޮސް އެކި ތަންތަން ބަލައިލާ އެކި ގޮތްގޮތަށް ސެލްފީ ނަގާާ ހެދިއެވެ. އެއީ އެކުދިންގެ އާދައެވެ. އެކަހަލަ ތަނަކަށް ދެވިއްޖެނަމަ އަބަދުވެސް އެދުވަހެއްގެ ހަނދާންތައް ފޮޓޯތަކެއްގެ ސިފައިގައި ނަމަވެސް ރައްކާކުރާނެއެވެ. އެންމެ ފަހުން ތިން އެކުވެރިންވެސް ގޮސް އެތަނުން ބެންޗެއްގައި އިށީނެވެ. އެއާއެކު ބޮޑު ވާހަކަ ފެށިއްޖެއެވެ. ތިން އެކުވެރިން އެއްތަންވެއްޖެނަމަ ދުވަހަކުވެސް ވާހަކަ ހުހެއްނުވެއެވެ. ވަށައިގެންވީ މާހައުލަށް އެކުދިންގެ އެއްވެސް ސަމާލުކަމެއް ނެތްފަދައެވެ. ރަސްރަނި ބަގީޗާއަށް ވަދެގެން އައި ތިން ޒުވާން ފިރިހެން ކުދިންނަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެތަނަށް ވަދެ ވަކި ހިސާބަކަށް ހިނގާލައިފައި ތިން ޒުވާނުންވެސް ހުއްޓިހުރީއެވެ. އެމީހުންގެ ނަޒަރު އެކި ތަންތަނަށް ދަތުރުކުރަމުން ދިޔައެވެ. ހީވާ ގޮތުން ކޮންމެވެސް ބައެއް ހޯދަނީއެވެ. ތިން ޒުވާނުންގެ ރީތިކަމަށް ގެއްލިފައި އެތައް ޒުވާން އަންހެން ކުދިންނެއް ތިއްބެވެ. ޔޫހާންގެ އެއްފަރާތުގައި ހުރި ޔައިޝް އަޅި ކުލައިގެ އަތް ދިގު ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އިރު އަނެއް ފަރާތުގައި ހުރި އިފާން ހުރީ މަޑު ފެހި ކުލައިގެ އަތް ދިގު ގަމީހަކާއި ނޫ ކުލައިގެ ޖިންސް ފޮތީގެ ސްކިނީއެއްގައެވެ. ދެ ޒުވާނުންވެސް ނުހަނު ރީތި ކަމަށް ދައްކައެވެ. މެދުގައި ހުރި ޔޫހާން މަޑު ނޫ ކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ފެންނައިރު އޭނަ ވެސް އެހާ ރީއްޗެވެ. ވަކި މީހަކަށް ދޫކުރާ ވަރުގެ މީހެއް ނެތެވެ. ލައިފައިވި އަތް ދިގު ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް ކޮންމެ މީހަކުވެސް އޮޅާލައިފައިވާއިރު ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާހާވެއެވެ. ކޮންމެ މީހަކުވެސް ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައިފައި ވީއިރު ތުނިކޮށް ބަހައްޓައިފައިވި ތުނބުޅިން ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ވައަތު އަތުގައި ރިހި ކުލައިގެ ރީތި ގަޑިއެއް އަޅާފައިވީ އިރު ތިން ޒުވާނުންވެސް އަރާފައިވަނީ ކަޅާއި ހުދުކުލަ ހިމެނޭ ސްނީކާސް ބޫޓަކަަށެވެ. ވައަތު ޖީބަށް އަތް ޖަހައިލައިގެން ހުރުމުން ޔޫހާންގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. އެހެން ހުއްޓާ ޔޫހާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ޔައިޝް އަދި އިފާންއަށް މަޑުމަޑުން ގޮވާލަމުން ވަކި ދިމާލަކަށް އަތުގެ އިނގިލިތަކުން އިޝާރާތް ކޮށްލިއެވެ. ތިން މީހުންވެސް ހިނިތުންވެ ހުރެ އެދިމާލަށް ހިނގައިގަތެވެ. ”މީޝް…” ޔުމާހުގެ އަތުގައި ހިފައިގެން ހުރި މީޝާ އޭނާއަށް މީހަކު ގޮވާލުމުން ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު އޭނަގެ މޫނު މައްޗައް ހައރާންކަން ވެރިވި އިރު ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. ” އާޝި… ” ފުޅާ ހިނިތުންވުމަކާއެކު އޭނަގެ ފަހަތުގައި ހުރި އަންހެން މީހާގެ ގައިގައި މިޝާ ކުޑަކޮށް ބައްދާލިއެވެ. ”މިކޮޅުގަތަ ތި އުޅެނީ… ކިހިނެއްތަ އާޝި؟ ” މިޝާ.އެއްފަހަރާާ އޭނަގެ ހިތުގައި އުފެދުނު ސުވާލުތައް އާޝިޔާއަށް އަމާޒުކޮށްލިއެވެ. ” ހޫމް.. މިހާރު މިކޮޅުގަ އުޅޭތާ ކިތަންމެ ދުވަހެއް… އަހަރެން މާޝާﷲ ވަރަށް… މީޝް ކިހިނެއްތަ؟ ” އާޝިޔާވެސް މީޝާ އޭނައަށް ކުރި ސުވާލުތަކަށް ޖަވާބުދިނުމަށްފަހު މީޝާއަށް ސުވާލުތައް އަމާޒުކުރިއެވެ. މީޝާ ވެސް އޭނަ ރަނގަޅުކަމުގައި ބުންޏެވެ. ދެ ފިރިހެނުން ހުރީ ވާނުވާގައެވެ. އެހެން ކަމުން އާޝިޔާ އޭނަގެ ކުޑަކުޑަ އާއިލާ ތަޢާރަފު ކޮށްލަދިނެވެ. ” މީ އަހަރެންގެ ހަޒްބަންޑް އަފާޒް.. ދެން މީ ދޮށީ ދަރިފުޅު ޒައުލް އެން މީ އެންމެ ކުޑަ ޝިޔާ… ” އާޝިޔާ އޭނަގެ އާއިލާ ތަޢާރަފު ކޮށްލަދިނުމުން ޔުމާންވެސް އޭނަ އަމިއްލައަށް ތަޢާރަފު ވެލަމުން އަފާޒް އާއި ސަލާމް ކޮށްލިއެވެ. މީޝާވެސް ކުޑަކުޑަ ޝިޔާގެ ކޮލުގައި މަޑުމަޑުން ހިފާލައި ޒައުލްގެ ބޮލުގައި ފިރުމާލިއެވެ. ” މާން… މީ މީޝްގެ އޭލެވެލް ކްލާސް މޭޓެއް… އާޝިޔާ… އޭރު ވަރަށް ފްރެންޑް ވާނެ… ވަކި ހިސާބަކުން މީޝް ނަމްބަރ ބަދަލުކުރީމަ ގުޅުން ކެނޑުނީ… ފޯނު ހަލާކުވެގެން އެފަހަރު ނަމްބަރތައް ގެއްލުނީ… ” މީޝާ އޭނަގެ ފިރިމީހާއަށް އާޝިޔާ އެއީ ކާކުކަން ބުނެލަދިނެވެ. ޔުމާން ހިނިތުންވެލިއެވެ. އެދެ މީހުންގެ ކުދިންނަށްވެސް އެއްކުއްޖަކު އަނެއްކުއްޖަކަށް ތަޢާރަފުކޮށްލަ ދިނުމުން ނުހަނު އަވަހަށް ރަހުމަތްތެރިވެއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ދުވަސް ވީ ދެރަހުމަތްތެރިން ދިމާވެ އެގުޅުން އަނެއްކާވެސް އުފެދުމުން އުފާވާނެ ނޫން ހެއްޔެވެ. ބެންޗުގައި ވާހަކަ ދައްކަން އިނުމަށްފަހު އައިލީން ފެން އަރުވާ ވަޑާމުގެ ފޮޓޮއެއް ނަގަން ކަމަށް ބުނެ ތެދުވިއެވެ. ޝައުނާވެސް ތަންކޮޅެއް ދުރުގައި ހުރި އޭނަގެ އޮފީސް ކުއްޖަކަށް ހަވާލުކުރަން ޖެހޭ ޕެންޑްރައިވެއް އޮތުމުން އެކުއްޖާ ގުޅާފައި އައުމަށް ބުނުމުން އޭނަވެސް އެބަ އަންނަންކަމަށް ބުނެ ދިޔައެވެ. އައިލީންގެ ފަހަތުގައި ފުދޭވަރަކަށް ދުރުގައި ރިފްޝާ އޭނަގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ރިފްޝާ ފޮޓޮއެއް ނަގާނަމޭ ހިތާ ފޯނު ނެގިއެވެ. ފޯނު ހުޅުވާލުމަށްފަހު ކެމެރާއަށް ވަދެ ކުރިމައްޗައް ބަލައިލިއިރު އޭނައަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ ޔޫހާން އައިލީންގެ ގާތަށް ދަނީއެވެ. ހިތްހަމަ ޖެހޭގޮތައް ފޮޓޮއެއް ނެގުމުން ހިނިތުންވެހުރެ ފޮޓޮއަށް ބަލަމުން ފަސްއެނބުރި ހިނގައިގަން އައިލީން ޔޫހާންގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. އެހެނަސް ވެއްޓުމުގެ ކުރިން ޔޫހާން އޭނަގެ ބާރުގަދަ ދެއަތުން އައިލީންގެ ހިމަ އުނަގަނޑުގައި ވަށާލިއެވެ. އައިލީންގެ ދެއަތް ވަނީ ޔޫހާންގެ ކަރުގައި ވަށާލެވިފައެވެ. އެހާ ކައިރިން އަހަރުތަކަކަށްފަހު އެ ރީތި މޫނު ފެނުމުން ޔޫހާން އޭނަގެ ހިތްފުރެންދެން ބަލައިލަން ބޭނުންވިއެވެ. އައިލައިނާއިން ފަވާލެވިފައިވި ބޮޑު ދެލޮލަށް މީހަކު ބަލާ ފޫހިނުވާނެހާ ރީއްޗެވެ. މަސްކަރާ އަޅާފައިވި ދިގު އެސްފިޔަތަކުން އެ ރީތިކަން އިތުރުކޮށްދީފާވެ ވެއެވެ. އެ ރީތި ދެ ތުންފަތް ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކްއިން ފަވާލައިފައިވުމުން އެ ދޮން މޫނާ ނުހަނު ގުޅެއެވެ. ކަޅުކަން ގަދަ ދިގު ފަން އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލައިފައި ވީއިރު ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް ޖެހިލާ މަޑުމަޑު ވައިރޯޅި އާއެކު އެ ދޮން އޮމާން މޫނުގައި ބީހިލާ މަންޒަރު ހާދަ ފުރިހަމައެވެ. ޔޫހާންގެ އެ އަސަރުގަދަ ތޫނު ދެލޯ އޭނައަށް އަމާޒުވެފައިވާ ގޮތުން އައިލީންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އަތް ފައި ވަނީ ފިނިވެފައެވެ. އެހެނަސް އޭނައަށްވެސް ޔޫހާންގެ އެ އަސަރުގަދަ ދެލޮލުން ނަޒަރުވަކިކޮށެއް ނުލެވުނެވެ. އަޅި ކުލައިގެ ކަޅިއެއް ލިބިފައިވި އެ ފުން ދެލޮލަށް ގެނބިގެންދާން އެ ހިތް އެދި ގޮވަނީއެވެ. އެ ރީތި މޫނު އެހާ ކައިރިން ފެނުމުން ކުރެވެމުން ދިޔައީ ވަރަށްވެސް ތަފާތު އިހުސާސެކެވެ. މިހާރު އަދި ކުރިއަށްވުރެވެސް ރީތިކަމަށް ދައްކައެވެ. ރިފްޝާ އެ ރީތި މަންޒަރު ވަގުތުން އޭނަގެ ފޯނުގައި ރައްކާކޮށްލިއެވެ. ފަހަތުން ފެން އަރުވާ ވަޑާމުން ފެން އަރުވަމުން ދިޔައިރު އޭގެ ކުރިމަތީގައި މަޑު ނޫ ކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީއެއްގައިވި ޔޫހާންގެ ދެ އަތުގެ ތެރޭގައި ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ދިގު ސްކާޓެއްގައިވި އައިލީން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި އޮތް އިރު އެ މަންޒަރު ކިތަންމެހާވެސް ރީއްޗެވެ. ހީވަނީ ހަމަ ފޮޓޮއަކަށް ހުއްޓި ތިބި ހެންނެވެ. ” ވާއު… ނައިސް ޕިކްޗަރ… ” ފޮޓޯ ނަގާލުމަށްފަހު ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން ހުރި ރިފްޝާ ސިހުނީ ދާދި ގާތުން ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. އަވަސް އަވަހަށް ފަސްއެނބުރި ބަލައިލި ރިފްޝާގެ ނޭވާ ތާށި ވާގޮތްވީ އޭނަގެ ދާދި ގާތުގައި ހުއްޓި ހުރި އިފާން ފެނުމުންނެވެ. ” ފަ… ފާން… ” އަވަސްވެފައިވި ހިތަކާއެކު އަޅައިގަންނަމުން ރިފްޝާއަށް ބުނެލެވުނެވެ. ރިފްޝާއަށް ވީގޮތް ފެނި އިފާންގެ ގާތަށް ހިނިއައެވެ. ” އާނ ފާން… ކިހިނެއްވީ.. ބިރުގަތީތަ އަހަރެން ފެނުނީމަ… ” ހިނިގަނޑު ހިންދާލަމުން އިފާން ބުނެލިއެވެ. ” ނޫން.. އަސްލު އެހާ ކައިރިން ކުއްލިއަކަށް ފެނުނީމަ އައި ވޯޒް ޝޮކްޑް… ހެހެހެ.. ” ހަމަޖެހެން މަސައްކަތް ކުރަމުން ރިފްޝާ ބުންޏެވެ. ” ކީއްކުރާނީ… ދުރުން ފެނުނީމަ ހިތެއް ނުފުރޭ… ހިތް ބުނަނީ އަދިވެސް ކައިރި ވެލާށޭ… ” ބޭއިޚްތިޔާރުގައި އިފާންއަށް ބުނެވުނެވެ. އިވުނު ބަސްތަކުން ރިފްޝާއަށް އިފާންގެ ދެލޮލަށް ބަލައިލެވުނެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެހިތަށްވެސް ކުރުވީ ފޮނިފޮނި އިހުސާސެކެވެ. އިވުނު ބަސްތަކުންވެސް ރިފްޝާ ހުރީ ނުހަނު އުފަލުންނެވެ. ” ކީކޭ ތި ބުނީ؟ ” އިފާންގެ ލޮލުން ނަޒަރު ވަކިކޮށްލަމުން ރިފްޝާ ބުނެލިއެވެ. ” ނަތިން… އެއްވެސް އެއްޗެއް ނުބުނަން… ” ސިހިފައި ނޫންކަމަށް ހެދެމުން އަވަސްއަވަހަށް އިފާން ބުންޏެވެ. އިފާންގެ ހަރަކާތްތަކަށް ބަލަން ހުރި ރިފްޝާއަށް ނުހީ ނުހުރެވުނެވެ. ރިފްޝާ ހީލުމުން އާޝޯހުވެފައި އިފާންއަށް ބަލަން ހުރެވުނެވެ. އެ މޫނުމަތިން އޭނައަށް ފެންނަނީ މައުސޫމުކަމެވެ. ދޮން ކުލައިގެ ބަޓަފްލައި ސްލީވް ޓޮޕަކާއި ހުދު ކުލައިގެ ސްކިނީގައި ރިފްޝާ ނުުހަނު ރީއްޗެވެ. ފަން އިސްތަށިކޮޅު މިނިވަންކަމާއެކު ދޫކޮށްލާފާވުމުން ވަރަށްވެސް ފުރިހަމައެވެ. ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ތުންފަތުގައި ޖައްސާފައިވީއިރު ދެލޯ ވަނީ އައިލައިނާއިން ފަވާލާފައެވެ. އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެދެލޯ ނުހަނު ފުރިހަމައެވެ. ކަޅި ޖަހާ ނުލާ އިފާން ބަލަން ހުރުމުން ހުނުން ހުއްޓާލަމުން ރިފްޝާ ކިހިނެއްވީތޯ އަހާލިއެވެ. ބަދަލުގައި އިފާން ހިނިތުންވެލަމުން ކަމެއްނުވާ ކަމުގައި ބުންޏެވެ. އެ ރީތިކަމަށް ގެއްލިފައި ކިތަންމެ އިރަކުވެސް މީހަކަށް ހުރެވިދާނެއެވެ. ”އެހެމް އެހެމް… ” އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެ މީހުންނަށް އަމިއްލަ ދުނިޔެއިން ނިކުމެވުނީ ދާދި ކައިރިން މީހެއްގެ އަޑު އިވުމުންނެވެ. ސިހިފައި ދެ މީހުން އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެލިއެވެ. ހަމަޖެހެން މަސައްކަތްކުރަމުން އިސްއުފުލާ ބަލައިލި އައިލީންގެ ދެ ލޯ ބޮޑުވީ ކުރިމަތިން ފެނުނު މީހުންގެ ސަބަބުންނެވެ. ” ދޮ… ދޮންތާ… ދޮންތަބެ… މިތާ… ” އަޅައަޅައިގަންނަމުން އައިލީން ބުންޏެވެ. ” ހޫމް… މިތާ… ކިހިނެއްވީ؟ ” އާޝިޔާ ޖަވާބުގައި ބުންޏެވެ. ” ނުވެސް ބުނަމެއްނު ދޮންތަ މިއަދު މިތަނަށް އަންނަ ވާހަކައެއް؟ ” ހާސްވެފައި ހުރި ވަރުން އައިލީންއަށް ބުނެވުނެވެ. ” އާނ… ދެން އަންނަ ހިތްވީމަ އައީ… ދެން ފަހަރަކުން އައިލީ ގާތު ބުނެފަ އަންނާނީ… ” އާޝިޔާ ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. ”އަހަރުމެންވެސް އެބަ ތިބިން ޔޫން… ” ފަހަތުން ޔޫހާންގެ ކޮނޑުގައި ކޮށްޓާލަމުން ޔުމާން ބުނެލިއެވެ. އެއާއެކު ޔޫހާން ސިހިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. ” ދޮ… ދޮންބެ… ދޮންބެދައްތަ… މިތާ… ” ޔޫހާންއަށްވެސް ވީ އައިލީންއަށް ވީވަރެވެ. ” އާނ… އަނެއްކާ ދޮންބެމެންވެސް ޔޫން ގާތުން ހުއްދަ ހޯދައިގެންތަ އަންނަންވީ… ހެހެހެ.. ” ޔޫމާން އެހެން ބުނުމުން އައިލީން އާއި ޔޫހާން ފިޔަވައި އެންމެނަށްވެސް ހެވުނެވެ. ” ނޫން… އެހެނެއް ނޫން… ” ޔޫހާން ބުނެލިއެވެ. ” ބައިދަވޭ… ދެންމެ… މި ފޮޓޮއަކަށް ރެޑީވެގެންތަ އެތިބީ… ހެހެހެ.. ” ލާނެއް ހިނިތުންވުމަކާއެކު މީޝާ ބުނެލިއެވެ. އެއާއެކު އައިލީންގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ” އެއީ.. ކުޑަ އެކްސިޑެންޓެއް… ” ޔޫހާން ވަރަށް ނޫންކަމަށް ހެދެމުން ބުންޏެވެ. އެންމެންވެސް ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ޔޫހާން އާއި އައިލީންގެ މޫނުގެ ކުލަވަރުު ފެންނަ ކޮންމެ މީހަކަށްވެސް ހެވޭނެއެވެ. ދެ މީހުންވެސް ތިބީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. ” އައިލީ އާންޓީ… އައިލީ އާންޓީ ތި ޕިންކް ޑްރެސްގަ މިންކޮއަށް ވަރަށް ރީތި… އެއީ މިންކޮގެ ފޭވަރިޓް ކުލައަކީ ޕިންކް ވީމަ… މިންކޮގެ ފޭވަރިޓް އާންޓީ އަކީ ވެސް އައިލީ އާންޓީ… ހެހެހެ… ” ރިފްޝާ އާއި އިފާން އާއެކު އެތަނަށް އައިސް ހުއްޓުން ޔޫމިން ބުނެލިއެވެ. ރިފްޝާ ފެނުމުން އޭނާ ރިފްޝާގެ ގާތަށްވެސް ދިޔައީއެވެ. ރިފްޝާ ގާތު ހުއްޓާ އައިލީން ފެނުމުން އައިލީން ގާތަށް ކަމަށް ބުނެ އެތަނަށް އައީއެވެ. ރިފްޝާ އާއި އިފާންވެސް ޔޫމިންގެ ފަހަތުން ގޮސް އެމީހުނާ ބައިވެރިވީއެވެ. ” އެހެންތަ.. ތެންކް ޔޫ… އައިލީ އާންޓީގެވެސް ފޭވަރިޓް ކުލައަކީ ޕިންކް ކުލަ… ހެހެހެ… ” ޔޫމިންގެ ކޮލުގައި ލޯބިން ހިފާލަމުން އައިލީން ބުނެލިއެވެ. އެއާއެކު ޔޫމިން އޭނަގެ ކުދިކުދި ދަތްތައް ފެންނަވަރަށް ހީލިއެވެ. އެ މަންޒަރު ފެނި އެންމެންވެސް ތިބީ ނުހަނު އުފަލުންނެވެ. ޔޫހާން އަށް އަނެއްކާވެސް އައިލީންއަށް ނަޒަރެއް ދެވުނެވެ. އައިލީން މިއަދު މާބޮޑަށްވެސް ރީއްޗެވެ. ފިޔާތޮށި ކުލައިގެ މަތިކޮޅާއި ފައިތިލަ އާއި ހަމައަށް އަންނަ ފުޅާ ދިގު ސްކާޓް އައިލީންގެ އެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ކަރުގައި މިއަދުވެސް ވަނީ ހެދުމާއި ގުޅޭނޭހެން ފިޔާތޮށި ކުލައިގެ ތުނި ތުނި ސްކާފެއް އަޅާފައެވެ. ދެއަތުގައިވެސް ހަމަ އެކުލައިގެ ތަޑި އަޅާފައިވުމުން އިތުރަށް ފުރިހަމަކޮށްދެއެވެ. ” ޔޫމިން އަބަދުވެސް ދައްކާނެ އައިލީގެ ވާހަކަ… ސުކޫލުން އައިއްސަ އަދި ވަކިން ދައްކާނެ… އަބަދުވެސް ބުނާނެ މިންކޮގެ ފޭވަރިޓް އާންޓީ އަކީ އައިލީ އޭ… ” އައިލީންއަށް ބަލަން ގެއްލިފައި ހުރި ޔޫހާންއަށް ހަމަބިމަށް އާދެވުނީ މީޝާ ވާހަކަދެއްކުމުންމެވެ. މީޝާ އެހެން ބުނުމުން އައިލީން ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އޮފީސް ކުއްޖަކާއި ވާހަކަދައްކާލަން ހުރުމަށްފަހު ފަސްއެނބުރި ހިނގައިގަން ޝައުނާ ސިހުނީ ކުރިމަތީ އޭނަގެ ހަރަކާތްތަކަށް ބަލަން ހުއްޓި ހުރި ޔައިޝް ފެނުމުންނެވެ. ” ޔައިޝް… ކިރިޔާ އެއްނު ހަޅޭއްލަވައިނުގަނެވުނީ… ބިރުންވެސް ކިރިޔާ ހަލާކުނުވީ… ތީ ދެން މީހުން ކަންތައް ކުރާ ގޮތްތަ… ” ޝައުނާ ޔައިޝްއާއި ދިމާލަށް ބަލާލަމުން ނުރުހުންވެފައި ބުންޏެވެ. އޭރު އޭނަ ހުރީ އާދައިގެ މަތިން ދެބުމަ ގޮށްޖަހައިލައިގެންނެވެ. ” ކިހިނެއްވީ … މަ ފެންނަނީ ބިރުވެރި އެއްޗެއްގެ ސިފައިގަތަ. ދެން ތި ކާލީ ހެއާ ތި ކަންތައް ކުރަނީ ވަކި ރީތިކޮށްތަ… އަބަދު މި ދެބުމަ ހުންނާނީ ގޮށްޖަހައިގެން… ” ޔައިޝް ދިފާއުގައި ބުނެލިއެވެ. ” އަނެއްފަހަރު ކާލީ ހެއާ ކިޔަން ފެށީ ދޯ… ޔައިޝް ގާތު ބުނަމެއްނު އަހަންނަށްވެސް ނަމެއް އޮވެޔޭ… ދެން ބުނަން ޔައިޝް ފެނުނީމަ އަހަރެންގެ މި ދެބުމަ އޮޓޮމެޓިކުން ގޮށްޖެހެނީ… އެނގިއްޖެތަ… ކުއްލިއަކަށް އެހާ ކައިރިން ފެނުނީމަ ކޮންމެ މީހަކަށްވެސް ވާނީ އެކަހަލަ ގޮތެއް ދޯ… ” ދަތްކުނޑި ވިކާލައިގެން ހުރެ ޝައުނާ ވާހަކަދެއްކިއެވެ. ” ހަހަހަ… ކިތަންމެ ގިނަ ނަމެއް ހުއްޓަސް އަހަރެން ކިޔާނީ ކާލީ ހެއާ… ދެން އެހެންނޫނަސް ނުލާހިކު ރީތިވިއްޔަ ދެބުމަ ގޮއްޖަހައިލައިގެން ހުންނަ އިރު… ” ޔައިޝްގެ ވާހަކަތައް އަޑުއިވި ޝައުނާ ދެ ފާރާތައް ބޯ ހޫރާލަމުން ހިނގައިގަތެވެ. ޔައިޝްވެސް ފަހަތުން ހިނގައިގަތެވެ. ޝައުނާ އެދިޔަ ގޮތައް ދިޔައީ އައިލީންމެން ގާތަށެވެ. އެ ހިސާބަށް ދެވެންދެންވެސް ޔައިޝް ދިޔައީ ހުއްޓުމެއްނެތި ވާހަކަދައްކަމުންނެވެ. ޝައުނާ އައިލީންމެން ގާތު ހުއްޓުމަށްފަހު އުނަގަނޑުގައި އަތް އަޅުވާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭރު އެތާ ތިބި އެންމެންގެ ނަޒަރު ވަނީ އޭނައަށް އަމާޒުވެފައެވެ. ޝައުނާ ކިހިނެއްވީތޯ އަހާލިއެވެ. އެހެނީ އެންމެންގެ ނަޒަރު އޭނައަަށް ހުއްޓިފައިވުމުން ޝައުނާ ހުރީ ހައިރާންވެފައެވެ. ” އައިގޮތަށް އައިސް މާ ފުން ނޭވައެއް ދޫކޮށްލީމަ.. ” އާޝިޔާ ބުނެލިއެވެ. ”މި އަނގަ ގަދަ މިތުރު ކިބައިން ސަލާމަތްވެވުނީމަ ހަމަޖެހުމުގެ ނޭވައެއް ލީ ” ޝައުނާ ޖަވާބުގައި އެހެން ބުނުމުން އެންމެނަށްވެސް ހެވުނެވެ. ވަރަށް އިރު ވަންދެން އެމީހުން އެތަނުގައި ތިއްބެވެ. އެވަގުތުކޮޅު ތެރޭވެސް އެކަކު އަނެކަކަށް އެނގި އެމީހުންގެ މެދުގައިވަނީ ރަނގަޅު ގުޅުމެއް އުފެދިފައެވެ. ” ހޫމް… ދެން ހިނގާ އަހަރުމެން އެއްފަރާތަވެލަމާ…. މިކުދިންނަށް ފުރުސަތު ދެމާ ދޯ… ހެހެހެ… ” ހިނިތުންވެލަމުން މިޝާ ޔޫހާންމެނަށް އިޝާރާތްކުރަމުން ބުނެލިއެވެ. ޔޫހާން މެން ދުއްވާލަން ދާން ހިނގާށޭ ބުނުމުން އައިލީންމެން ބަލައިލީ އާޝިޔާ އަދި އަފާޒް އަށެވެ. އެދެމީހުނަށްވެސް އެކުދިން އެ އެދުނީ ހުއްދައަށްކަން އެނގުމުން ހިނިތުންވެލަމުން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ. މިވީ ކުޑަ ވަގުތުކޮޅުގައިވެސް ޔޫހާންމެނަކީ ރަނގަޅު ބައެއްކަން އާޝިޔާއަށާއި އަފާޒްއަށް އިނގިގެން ދިޔައެވެ. އަދި މީޝާވެސް ވަނީ އެކުދިންނަކީ ރަނގަޅު ކުދިންތަކެއް ކަމުގައި ބުނެފައެވެ. ހިނިތުންވެލަމުން ޝުކުރު އަދާކުރުމަށްފަހު ޔޫހާންމެންގެ ފަހަތުން އައިލީންމެން ހިނގައިގަތެވެ. ޕާކުކޮށްފައިވާ ސައިކަލު ނަގައިގެން އައިސް އައިލީންމެންގެ ކުރިމަތީ ތިން ޒުވާނުންވެސް މަޑުކޮށްލިއެވެ. ސައިކަލަށް އަރަން އިޝާރާތްކުރުމުން އައިލީން ޔޫހާންގެ ސައިކަލު ފަހަތަށް އެރި އިރު ރިފްޝާ އިފާންގެ ސައިކަލު ފަހަތައް އެރިއެވެ. ޝައުނާ ގޮސް ޔައިޝްގެ ސައިކަލު ފަހަތަށް އެރިއެވެ. އެންމެން ސައިކަލަށް އަރާ ހަމަޖެހިލުމުން ސައިކަލު ދުއްވާލިއެވެ. އައިލީން އާއި ރިފްޝާ އަދި ޔޫހާން އާއި އިފާންގެ އިތުރުން ޔައިޝްގެ ހިތް އުފަލުން ފުރިފައިވަނީ ހިތް އެދޭ ބައިވެރިޔާގެ އެހާ ގާތުގައި އިނދެވުމުންނެވެ. ޝައުނާގެ ހިތްވެސް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. އެކި މަގުތަކުގައި ދުއްވުމަށްފަހު އެމީހުން ގޮސް ރެސްޓޯރެންޓެއްގެ ކުރިމައްޗައް ސައިކަލު ހުއްޓާލިއެވެ. ސައިކަލު ޕާކު ކޮށްލުމަށްފަހު ޔޫހާންމެން އައުމުން އެމީހުންގެ ފަހަތުން އައުމަށް ބުނުމުން އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާވެސް އެމީހުންގެ ފަހަތުން ރެސްޓޯރެންޓަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.








Salaam dear readers ???❤️❤️❤️????????????… Here is the 13th part ???… This part is longer than the last part ???… Hope u all will like this part too ❤️❤️❤️??????… Thank you so much all for the support ❤️❤️❤️???… Point out the mistakes for me so that I can improve ???❤️❤️❤️???… Waiting for the comments ???… Last part ge comment thakah reply kohlaanan In Sha Allah time veema ???… Love you all my readers ❤️❤️❤️?????????????????????…
Yahh me first
Yesss mifaharu vx Thoo first ???… Congrats dear❤️❤️❤️..
V reethii..
Thankyou so much Laima ❤️❤️❤️????????????…
Vvvvv reeti
Thankyou so much Zuhoooo ❤️❤️❤️????????????…
finally
?
yayy after all they met their lovess n i just love it cant wait for next part
Thankyou so much unique ❤️❤️❤️????????????… Next part submit kohlaifinn…
Woow mihaaru story v nice n interesting.. thankx ifoo mi part dhigukoh genesdhinyma n story hama v habeys.. Waiting 4 next soon…
Thankyou so much Naju ❤️❤️❤️????????????… Next part submit kohlaifinn…
ifoo dear… 🙂 vrh vrh vrh ufaavefa mihury mi part dear dhigukolladhinyma.. 🙂 vrh vrh vrh reethi mi part ves.. maa sha allah.. konme faharakuves hama enme kiyaalaa hiyy vaathankolhun thi nimmaalany.. hehe.. 🙂 shauquverian hifahattan vrh molhu dear.. 🙂 good job dear! keep it up.. 🙂
Thankyou so much noor ❤️❤️❤️????????????… Noor ge comment eh libunyma v v v v ufaavehje ifoo ???… N ur story was one of my favourite story now ❤️❤️❤️… Once again thankyou so much ❤️❤️❤️❤️❤️…
Vvv reethi .masha allah.
Dhuvaheh dhuvahakah stry dhany hama furihama vamun .v nice.
Next part avahah up kohla dhehchey dear.
Waiting waiting.
-salaam-????
Thankyou so much story kiyaa man ❤️❤️❤️????????????… V v ufaavehje ???… Next part submit kohlaifinn…
Varah reethi……..????????????????
Thankyou so much Mate ❤️❤️❤️????????????… V v ufaavehje ???…
Hi ifoo, was trying to contact you. just wanted to ask something. can u give me a call on 7997991 Thanks – admin-
Asslu kuree kolhu ehaa ehaa noon.. but fahun vrh reethi vaane hen heevanee. There should be someone who doesn’t want them to be happy. Righ?? Eyrah dho asslu interesting vaanii.. hama bunelee inge. And good luck ❤️❤️❤️
Thankyou so much Shawa ❤️❤️❤️????????????… V v ufaavehje comment kohleema ???… Yahh… A person like that will come very soon…
Wow . Varah reethi . When is the next part
Thankyou so much Maya ❤️❤️❤️????????????… V v ufaavehje comment kohleema ???… Next part submit kohlaifinn
Wow… Varah reethi Masha Allah❤… Waiting for next part?
Thankyou so much Mal ❤️❤️❤️????????????… V v ufaavehje comment kohleema ???… Next part submit kohlaifinn
Nice❤❤whn nxt part.??
Thankyou so much samm ❤️❤️❤️????????????… V v ufaavehje comment kohleema ???… Next part submit kohlaifinn
Woww ifoo.. Varah varah reethi hurihaa parts eh ves.. Costumes in feshigen sifa kurumah ❤❤??alhe haadha loabi photo ekeyy dho rifoo mi nagaaly masha allah ???? hehe.. Hama emme reethi thankolhunney dho nimmaalany mi ??? thi kuraa hiy varah hama saabahey buneveynee darling ????? story hama obinoave.. Varah varah gadha ingey ifoo ?❤???waiting for next part.. Lovesss ?❤?????
Livy ❤️❤️❤️❤️❤️… Thankyou so much dear ifoo ah thidhey support ah ❤️❤️❤️???????????????… Abadhuvx enme inthizaaru kurevey eh comment livy ge comment akee ???… V v v ufaavehje ???… Next part submit kohlaifinn ???… Lots of love dear ❤️❤️❤️????????????…