Skip to content
އެސްފިޔަ

ނުލިބުނު މާފް….

” މަންމާ.. ހޭލަބަލަ.. އަޅެ އެންމެ ފަހަރަކުވެސް ތި ދެ ލޯ ހޮޅުވާލާފަ ރައިހާއާ ދިމާއަށް ބަލާލަބަލަ.. ރައިހާ މިއައީއޭ.. ދެން ދުވަހަކުވެސް މަންމަ ދޫކޮށްލާފަ ނުދާނަމޭ.. ދެން މަންމާ ޕްލީޒް ރަައިހާ އާ ދުރަށް ނުދޭ.. ރައިހާ އެކަނިކޮށްލާފަ ނުދޭ.. މަންމާ.. ”

ރައިހާ އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ގިސްލާ ރޮނީއެވެ. އޭރު އެތާނގައި ހުރި ނަރުސް ކުއްޖާ އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން މަންމައާ ދުރަށް ޖެހިލާފައި އަސަރުން ފުރިގެންވާ ނަޒަރަކުން ރައިހާ އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ. އާނއެކެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ލޯ ހޮޅުވާލާފާނެހެންނެވެ. ދަރިފުޅާއޭ ކިޔާ އަތުގައި ހިފާލާފާނެހެންނެވެ.

އެވަގުތު ނަރުސް ކުއްޖާ މަންމަގެ މޫނުމަތީގައި ހުދު ފޮތިގަނޑު އަޅައިފިއެވެ. ރައިހާ ބާރަށް ރޮއިގަންނަމުން ދެއަތުން މޫނު ފޮރުވާލީ ކަރުނަތައް ފޮރުވުމަށެވެ. އެންމެ ފަހު ވަގުތުވެސް އޭނާއަށް އެ މަންމައާ މެދު ކަންތައް ކުރެވުނު އިހާނެތި ގޮތް ހަނދާންވުމުން ހިތް ކުދިކުދިވި ކަހަލައެވެ. މޭގައި އަތްއަޅާލަމުން އޭނާ ހުރިތަނަށް ތިރިވީ އެމަންމަގެ މާފު ނުލިބުމުން އެކަމާ ހިތާމަ ކުރަމުންނެވެ. ކަކޫ މަތީގައި ބޯ އަޅާލައި ލޯ މަރާލުމުން އޭނާއަށް ސިފަ ވާން ފެށީ މާޒީގެ ދުވަސްތަކެވެ.

އެއީ މީގެ 25 އަހަރު ކުރިއެވެ. ހުރިހަަ ނުބައެއް ފެށުނު އަހަރެވެ. ރައިހާއާ އޭނާގެ އާއިލާ ދިރިއުޅެމުން އައި އެޕާޓްމެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައްޕަ ނިޔާވިއެެވެ. ގެއާއި ގޭގައި ވީހާ ސާމާނެއް ބޭނުންނުކުރެވޭވަރަށް އަނދާ ހުލިވުމުން ރައިހާގެ މަންމަ ޝިފާނާ އޭނާގެ ދެދަރިން ކަމަށްވާ ރައިހާއާ ރައިޝާ ގޮވައިގެން ބަދަލުވީ އޭނާގެ އެއްބަނޑުއެއްބަފާ މީހެއްގެ ގެއަށެވެ. ޝިފާނާ ދުވާލުދާހަތަރުދަމު ހޮޓަލެއްގައި ވަޒީފާ އަދާކުރަން އުޅުނުއިރު ރައިހާމެން އެގޭގައި އުޅުނީ ވަރަށް ހާލުގައެވެ. ވާނީވެސް އެހެންތާއެވެ. މީހުން ތޮއްޖެހިފައިވާ އެ ގޭގައި އެތިން މައިންނަށް ބަނޑުފުރާނަމުއްތި ކުރާނެ ކާއެތިކޮޅެއްހާ ހިސާބުވެސް ލިބުނީ މަދު ފަހަރަކު ވިއްޔާއެވެ.

ދެން ދިމާވީ އަދި މާ ހިތާމަވެރި ކަމަކާއެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. ރައިހާގެ ކޮއްކޮ ރައިޝާ ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރ ހަދަން ދިން ޓެސްޓް ތަކެއް ހެދުމުން އެނގުނީ ކޮއްކޮގެ ކިޑްނީ ފެއިލްވެ ކޮންމެ ހަފްތާޔަކު ޑަޔަލިސިސް ހަދަންޖެހިފައިވާކަމެވެ.

ޝިފާނާގެ ގޮތްހުސްވިއެވެ. ލޮލުގެ ކޮއި ފަދައިން ބަލައި ބޮޑުކުރި ދަރިއަކު މަރުގެ ތުންފަތްމަތީގައި ވާއިރު މައި ލަގޮނޑިއަށް ކެތްނުވާނެކަން ގައިމެވެ. ދެދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ މަތިވެރި މަޤުސަދުގައި އޭނާ ހޯދި ހުރިހާ ފައިސާއެއް ހަގު ދަރި ރައިޝާގެ ފަރުވާއަށް އޭނާ ހޭދަކުރީ ދޮށީ ދަރި ރައިހާއަށް ވިސްނޭނެ ކަމަށް ބަލާފައެވެ.

ނަމަވެސް ކަންތައްވީ ދިމާއަދިކޮޅަށެވެ. ރައިހާގެ ވިސްނުން ވަރަށްވެސް ތަފާތެވެ. ޙަމްދަރުދީ ވުމުގެ ބަދަލުގައި އޭނާ އިސްކުރީ ރުޅިވެރިކަމެވެ. އޭނާ ދެކޭގޮތުގައި ކޮއްކޮ ބަލިވިއެއްކަމަކު މަންމަގެ ހުރިހާ ފައިސާއެއް ކޮއްކޮއަށް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. މަންމަގެ ހުރިހާ ވަގުތެއް ކޮއްކޮއަށް ހޭހަންކުރަން ހޭދަކުރާކަށް ނުޖެހޭނެއެވެ.

ޙަޤީޤަތަކީވެސް އެއީއެވެ. ޝިފާނާއަށް ރައިހާއާ މެދު ފަރުވާކުޑަކޮށްލެވުނީއެވެ. މިކަމުގެ ނަތީޖާ ވަރަށްވެސް ހިއްޗެވެ. ސީދާ މަގަކުން ހިނގަ ހިނގައި ހުރި ކުއްޖާ ގޯޅިއަޅަން ފެށީއެވެ.

ތެދަށް ބުނާނަމަ ރައިހާ ގޯސްކޮށް އުޅެންފެށީ އޭނާ އަމިއްލައަށް ބޭނުންވެގެންނެއް ނޫނެވެ. އޭނާ ކުރާ ކޮންމެ ނޭދެވޭ ޢަމަލެއްގެ ފަހަތުގައި އިބިލީހުން ފަދައިން ތިބީ އޭނާގެ އެކުވެރިންނެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެއޭ ބުނާ ބީދައިން ރައިހާވެސް އެންމެފަހުން އޭނާގެ ނުލަފާ ކުލާސްކުދިންގެ ވަސްވާހަށް ހެއްލި ގެއްލުނީއެވެ. މުޅި ދުވަސް އެއްކޮށް ހޭދަކުރަނީ ނިދުމުގައި ނޫނީ ކެފޭތަކުގައެވެ. ސްކޫލަށް ދަނީވެސް ހިތަށް އެރިއްޔާއެވެ. އެހެންޏާ އަށެއް ޖަހާއިރަށް ނިދަންއަރާ ކުއްޖާ ދަންވަރު ޕާޓީތަކަށް ގޮސް އަންނަނީ ދޭއްޖަހައި ބޮޑުވާ ފަހުންނެވެ.

މިކަމާ ރައިހާގެ މަންމަ އިންތިހާއަށް ކަންބޮޑުވިއެވެ. ހިތާމަކުރިއެވެ. ކޮންމެ ނަމާދަކަށްފަހު ކަރުނައަޅައި ރޮނީ އޭނާގެ ލޯބިވާ ދަރިފުޅު އިސްލާޙް ކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުއާކުރަމުންނެވެ. ނަމަވެސް ޝިފާނާގެ ނަސޭހަތްތަކަށް ރައިހާ ދިނީ ބީރުކަންފަތެވެ. އެއާދޭސް ތަކުން ރައިހާގެ ހިތަކަށް ޒައްރެއްގެ މިންވަރަށްވެސް އަސަރު ނުކުރިއެވެ. ހީވާކަހަލައެވެ. އޭނާގެ ހިތް ހަމަ ހަރީއެވެ. މަންމައަށްޓަކައި އެހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު ބޮޑީއެވެ. މަންމަ އެތައް ފަހަރަކު ރައިހާގެ ފައިބުޑަށް ތިރިވެ މާފަށް އެދުނުއިރުވެސް އެ އަލިފާންގަނޑު ނިވޭގޮތެއް ނުވިއެވެ. ނުވިތާކަށް ދެންވެސް އެމަންމަގެ ހުވަފެންތަކުގައި އޭނާ ޖެހީ ކޮޅުފައިންނެވެ.

މިގޮތުގައި ދެމިހުންނަތާ މާގިނަ ދުވަހެއް ނުވެ ރައިހާގެ ކިޔެވުން ނިމިއްޖެއެވެ. މަންމަ ދެކެ ކިތަންމެ ނުރުހުނަސް ނަތީޖާޝީޓް މަންމައަށް ދައްކަން ޖެހިލުންވީ އެމަންމަ ރޯނެވަރު ހިތަށް އެރުމުންނެވެ. ނަމަވެސް މަންމައާ މެދު ވިސްނާލެވުނީ ހިނދުކޮޅަކަށެވެ. އެކުވެރިން ގުޅާފައި ރިޒޯޓަށް ދަތުރުދާން ފުރަން އައުމަށް އެންގުމުން އެންމެ ސިކުންތެއްވެސް ނަގާ ނުލާ ފޮށި ހިފައިގެން އޭނާ ދިޔައީ އެކުވެރިން ގާތަށެވެ.

ރިޒޯޓަށް ގޮސް އުޅެނިކޮށް ވަރަށް އާދަޔާޚިލާފު ހާދިސާއެއް ހިނގިއެވެ. ރައިހަާގެ ގްރޫޕް ފާލަންމަތީގައި ސަކަރާތް ޖަހަން ތިއްބައި ކުޑަކުއްޖަކު މޫދަށް ވެއްޓި ގެނބުނީއެވެ. އަދި އެކުއްޖާ ގެނބޭތަން ފެނިފައި އެ ކުއްޖާގެ މަންމަ އޭނާގެ އަމިއްލަ ސަލާމަތަށް ނުބަލައި އޭނާގެ ދަރިފުޅު ސަލާމަތް ކުރަން މޫދަށް ފުންމާލީއެވެ. އެދުވަހަކީ ފުދޭވަރަކަށް އޮއިބާރު ދުވަހަކަށް ވެފައި އެހިސާބު ފުންކަމުން އެދެމައިން ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ކަންދިމާވީވެސް ވަރަށް ދެރަ ގޮތަކަށެވެ. ލައިފްގާޑަށް ކުއްޖާ ސަލާމަތްކުރެވުނު ނަމަވެސް އެކުއްޖާގެ މަންމަ ސަލާމަތެއް ނުކުރެވުނެވެ.

މިހާދިސާގެ ސަބަބުން ރައިހާއަށް އޭނާގެ މަންމައާ މެދު ވިސްނެން ފެށިއެވެ. މަޔަކު ދަރިއަކަށްޓަކައި ފުރާނަވެސް ޤުރުބާން ކުރާނޭ ބުނާވާހަކަ ޤަބޫލު ކުރެވުނީ ލޮލުން ފެނުމުންނެވެ. އެމަންމަގެ އޯގާތެރިކަމާމެދު ވިސްނި ވިސްނިހެން އޭނާގެ ހިތް މަންމައަށްޓަކައި ސާފުވަމުން ދިޔައެވެ. ކުށް ކުރެވުނީ އޭނާއަށް ކަން ވިސްނި މަންމަގެ ކިބައިން މާފަށް އެދެން ރައިހާގެ ހިތް އެދެން ފެށިއެވެ.

ނަމަވެސް ފޮނި އުންމީދުތަކަކާއެކު މާލެ އައި ރައިހާއަށް ގެއަށް އައުމުން ލިބުނީ ވަރަށް ވެސް ފުން ހިތާމައެކެވެ. މަންމަ ހާޓްއެޓެކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ޚަބަރު ވީ ރައިހާގެ ހިތް ރޮއްވާލި ޚަބަރަކަށެވެ. މީހެއްގެ ލޮލަކަށް ކަނދުރާއަކަށް ބެލުމެއްނެތި ދުވެފައި ހޮސްޕިޓަލަށް ދެވުނުއިރު އޮތީ ވާނެ އެއްޗެއް ވެ ނިމިފައެވެ.

ރައިހާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ މީހެއް އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. އިސް އުފުލާ ބަލާލިއިރު ކައިރީގައި ހުރި ކޮއްކޮ ފެނި ބައްދާ ލެވުނީ މާފަށް އެދުމުންނެވެ. ލޯބިވާ ކޮއްކޮގެ މާފް ލިބުމުންވެސް އެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. ވަރަށް މަސައްކަތުން ރައިހާ ރުއިން ހުއްޓާލީ ކޮއްކޮގެ ހުރިހާ ކަމެއްވެސް ކޮށްދިނުމަށް ޢަޒުމު ކަނޑައަޅަމުންނެވެ.

އާނއެކެވެ. ކޮންމެ މީހަކީވެސް އަބަދަކު ދުނިޔޭގައި ހުންނާނެ މީހެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. އޭގެކުރިން އެހެން މީހުންނާމެދު ރަނގަޅަށް ކަންތައް ކުރަން އާދަ ކުރާށެވެ. މީހެއްގެ ރަނގަޅުކަން ވިސްނޭނީ އެމީހަކު ދުރަށް ދިޔައީމައެވެ. އޭގެ ކުރިން އަމިއްލައަށް ވިސްނައި އެކަކަށް ވެސް ދެރައެއް ނުދީ އުޅެވޭތޯ ބަލާށެވެ. އޭރުން ފަަހުން އެމީހަކާ މެދު ވިސްނާ ދެރަވާކަށް ނުޖެހޭނެއެވެ.

Comments (23)

  1. unique

    varah iburaihtheri…. vaahaka ves reethi

    1. Roxana
      unique

      Thnkew buddy ?? vv hpy vrhaka kamudhiaiima ??

  2. kula

    wow…varah nice…nice name…stry aai varah gulheyy….

    1. Roxana
      kula

      Ehehe e hma v visnrfa dhin nameh ??? thnkew kula v ufaa vhje vhk kmudhiaiima ??

  3. Roxana

    Assalaam alaikun readers.. hw u everyone?? Miothy roxy ge dhevna vaahka ummeedhu kuran hurhr kudhnnh vx mi vrhaka kamudhaane kamah.. bt kamunudhiyas cmmnt khlrfa bunelyma i wil try my bst to improve.. lv u everyone ???

  4. No one

    Vr iburaitheri nd rythi mi vaahaka…hagygy haadhisaa eh tha?.. asluvx vr heart touching… Keeep it up dear♥️♥️

    1. Roxana
      No one

      Roxy akh neynge mkhala hrdhisr eh hngi kmh.. thnkew buddy ?? vvv hpy no one sissy ah vrhaka kmudhiaiima ??

  5. Mate

    It was amazing…….keep it up….

    1. Roxana
      Mate

      Awn thnkew mate ??? vvvvvvvvvv ufaa vhje vaahaka kamudhiaiima ??

  6. Jazlee

    Roxa derr, Btw stry vrh rythi,.Alhe plxx. Dhigu stry eh liyeba. Can wait 2 C yur nxt stry…??Lysm ???Sissy….

    1. Roxana
      Jazlee

      Awn so itx u my dear jazlee sis ? roxy beynun vfa mi hunnany kujjeh thi idea dhinyma lng stry nuliyevign ulhey reason kyrdheyn.. aslu mi aharu roxy gr 10 vma vvv bxy hols ga vx lts of xtras n hws.. anhkkr olevel vx kairi vny.. so im jst thnkn i may nt be able to kyp it goin regulrly.. regular kh up nukurevidhrnethy adhi nufhtr hus kuru strys thah mi ghnany bt buddy thihn buni kmhtkr vx roxy dhgu stry eh lyrnan adhi noonas.. adhi kommes dhuvahakun roxy ge dhgu stry eh lyrnan bt ihah kuru stories.. ???? bt thnkew sis vvvvvvvvvvvvvvvvv hpy vhje buddy thkhla cmmnt eh khlyma adhi reehchey bunyma vx.. lysm too ?

  7. well..someone

    woww…vahaaka vv vv reethi..

    1. Roxana
      well..someone

      Well.. thnkew someone ?? real glad vaahaka reehchey bunelyma ??

  8. Shaira

    Wowowow
    Varah salhi
    Adi ehaame iburaitheri…???

    1. Roxana
      Shaira

      Thnkew shaii sis ?? v ufr vhje vaahaka kamudhiaiima ??

  9. Minion ?

    If you dnt mind just drop me a hi.. I have some ideas to give. Btw story v creative. Viber @9877233

    1. Roxana
      Minion ?

      Owh i had lve to biddy ?? bt i kinda dnt use viber nw ☹ cn u plx plx mail me at [email protected]??? V beynun thi ideas thah ngen buddy n thnkew soooo much hlp khdhn offr kuryma plus stry reethi vma ??????

  10. Zidhan

    Mail kollaafa innaane.. Reply eh dhehche ❤?

  11. Nanni

    Varah reethi Roxy… keep up the gud work… vrh reethi sifakurun… ithuru vhk thakeh kiyaalan libeyne kamah ummeeedhu kuran…. u can do this… where there is a will there is a way

    1. Roxana
      Nanni

      Well said my buddy ?? iraadha kurevvyyr v avahah stry eh up khlrnan ??? thnkew sis vv ufr vhje stry kamudhiaiima ??

  12. Virasha

    Rythii … kyp going

    1. Roxana
      Virasha

      Thnkew virasha buddy ?? vvvvv hpy vaahaka kamudhiaiima ??

  13. naisha

    varah iburaihtheri vaahaka eh

Comments are closed.