Skip to content
އެސްފިޔަ

އައިރާ 2

އައިރާ އިސް އުފުލާބަލާލި އިރު ކުރިމަތީގައި ހުރީ މީގެ ކުރިން ފެނިފައި ނުވާ މީހެކެވެ.އިސްކޮޅުން ދިގު ވެރިއެއްގެ މީހެކެވެ. ލާފައިވަނީ ކަޅު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އަތުގައި އޮތް ކެމެރާއިން އައިރާގެ ފޮޓޯ ނަގަން ފެށުމުން އައިރާ ބަލާކަށް ނުހުރެކެމެރާ އަތުލީއެވެ. ހީލިއިރު ކޮލަށް އެޅިފައިވާ އަޑިކޮޅުން އެމީހާގެ ރީތިިކަން ފުރިހަމަ ކޮށްދެއެވެ. އައިރާ ކުޑަ ހިނދުކޮޅަކަށް  އެރީތިކަމަށް ގެއްލިފައި ހުރެވުނެވެ.”ހެލޯ” އެމީހާ ވާހަކަ ދައްކަން ފެށުމުން އައިރާއަށް ހަމަބިމަށް އާދެވުުނެވެ. “އަހަރެންނަށް ކިޔަނީ ވިކްޔަން، ތިކުއްޖާއަާށް ކިޔަނީ ކޮންނަމެއްތަ؟” ވިކްޔަން އަމިއްލައަކަށް ތައާރަފް ވެލިއެވެ.އަދި އައިރާގެ ނަން އަހާލިއެވެ.އައިރާ މަޑުމަޑުން އައިރާ ގެ ނަން ބުނެލިއެވެ.”ދެން ކެމެރާ ދޭންވީއެއްނު، މިހާރު ވަރަށް ލަސްވެސް ވެއްޖެ ފަހުން ދިމާވާނެ ކަމަށް ހީކުރަން”.ވިކްޔަން ބުނެލިއެވެ. ވިކްޔަން އަށް ކެމެރާ ހަވާލު ކުރުމަށް ފަހު އައިރާ ހިނގައިގަތީ ގެއާ ދިމާށެވެ.

އައިރާ އަށް ވިސްނެމުންދަނީ މިހާރު ރަށު ތެރޭގައި ހިނގަމުންމިދާ ކަންތައްތަކާއެވެ. ފެންވަރާލައިގެން ނިދަން އޮށޯވެ އޮންނަތާ   ވެސް މިހާރު އިރުގަނޑެއް ވެއްޖެއެވެ. މަންމަ ކާން އިން ގަޑީގައި ދެއްކި ވާހަކަ ތަކާއިމެދު  އައިރާ އަށް ވިސްނެނީއެވެ. މިހާރު ރަށުގައި ހިނގަމުންމިދާ ނޭނގެ “މަރު” ތަކަކީ އޭގައި ކޮންމެވެސް ހަޤީގަތެއް ފޮރުވިފައިވާނެ ކަމެކެވެ.ރަށު އެންމެންވެސް ކިޔާ   އަޑު އިވެނީ އޭގައި ރޫޙާނީ ކަމެއް އުޅޭކަމެވެ. މަރާލެވިފާއިވާ ދެމީހުންވެސް ވަނީ ވަރަށް އިހާނަތެކޮށް މަރާލެވިފައެވެ.ޕޮލިހުންނަށް  ވެސް ވަނީ މިކަންތައް ކޮށްފައިވާ މީހެއް އަދި އަދަށް ދާންދެންވެސް ނުހޯދިފައެވެ. އައިރާގެ ލޮލަށް މަޑުމަޑުން ނިދިސަވާރުވަމުން  ގޮސް އައިރާއަށް ނިދިއްްޖެއެވެ.

ފަތިހުގެ އަރާމުނިދިން އައިރާ ހޭލައްވާލީ ފޯނެއް އައުމުންނެވެ. މޫނަށް ވައްތަރެއް ޖައްސާލާފައި ފޯނު ނަގާ “ހަލޯ” އޭ ނުބުނެވެނިސް ފޯނު ކެނޑިއްޖެއެވެ. ގަޑި ބަލާލިއިރު 5 ޖަހަނީއެވެ. ރަނގަޅަށް މޫނު ފުހެލުމަށްފަހު ގުޅީ ކާކުތޯ     ބަލާލިއެވެ. އައިޝް ކަން އިނގުމުން ފޯނު ބާއްވާލުމަށްފަހު އައިރާ އަނެއްކާވެސް ނިދީއެވެ. އައިރާއަށް  ހެލެވުނީ މަންމަ އައިސް ގޮވުމުންނެވެ. ގަޑި ބަލާލި އިރު ކަމަކުދާކަށް ނެތެވެ. އައިރާ އޮފީހަށް ދާގަޑި ޖެހިއްޖެއެވެ. މަންމަ ސައި ތައްޔާރުކޮށްފައި ހުރި   ވާހަކަ ބުނުމުން ފާހަނައަށްވަދެ ފެންވަރާލައިގެން ނުކުމެ ރީތިވާން ފެށިއެވެ.އިސްތަށި ގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ތުންފަތުގައި ނޫޑް ކުލައިގެ ލިޕްސްޓިކް ހަކާލުމަށްފަހު ލޯގަނޑުން އަނެއްކާވެސް ރީތިތޯ ބަލަާލިއެވެ.ލާފައިވާ ކަޅު ކުލައިގެ އަތްދިގު ގަޔަށް ދޫ  ހެދުން އައިރާ ލުމުން ވަރަށްވެސް ރީއްޗެވެ.ކަޅު ކުލައިގެ ޖީންސް އާއި ހެދުން އައިރާ ގެ ރީތި ކަމަށް ފުރިހަމަ ކަން ގެނެސްދެއެވެެ.ގަޑި ބަލާލިއިރު ގަޑި ޖެހެން ފަސް މިނެޓަށްވަނީއެވެ. އަވަސް ކޮށްލައިގެން ނުކުމެ މަންމަ ގިރާފައިން ޖޫސްތަށި ހުސްކޮށްލުމަށްފަހު މަންމަ އަށް ގޮވާލުމަށްފަހު ދަނީކަމަށް ބުނެ އޮފީހަށް ދިޔައީއެވެ.                                     އައިރާގެ މަގުސަދަކަށް ވެފައިވަނީ އަލްވިންގެ މަރުގެ ހަޤީޤަތް ހޯދާށެވެ. އަލްވިން އަކީ ކުށުގެ ރެކޯޑުގައިވެސް އަދި މައްސަލައެއްނެތް މީހެކެވެ. ނަމަވެސް ކޮންމެވެސް އެއްޗެއް ނުވަތަ ކަމެއް ފޮރުވިފާވާކަހަލަ އިހްސާސް އެއް އައިރާއަށް ކުރެވެން ފެށިއެވެ.  ސަބަބަކަށް ވަނީ އައިރާ އަލްވިންގެ މަރުގެ ހަޤީޤތް ހޯދަން އައިރާ އާއެކު މަސައްކަތް ކުރާ ޓީމާ ވާހަކަ ދެއްކުން ކުރިއަށް ދަނިކޮށްއަލްވިންގެ ބޮޑުބޭބެއެށް އައިސް އަލްވިންގެ މަރުގެ ހަޤީގަތް އޭނާ އަމިއްލައަށް ކޮށްފާނަން ކަމަށް ބުނެ ކޭސް އޭނަޔާ ހަވާލު ކުރުމަށްއެދުމުންނެވެ.އަލްވިންގެ ބޮޑުބޭބެއަކީވެސް މޮޅު ޤާނޫނީ ވަކީލެކެވެ.ނަމަވެސް އައިރާ ދެކޮޅު ހެދުމުން އިތުރަށް އެއްޗެއް ބުނާކަށް  އެއްވެސް މީހަކަށް ނުކެރުނެވެ. އާދެ! އަލްވިންގެ ބޮޑުބޭބެ ސިމާއު ހިތްހަމަަނުޖެހި ހުރެ ނުކުމެގެން ދިޔަ ގޮތާއި ހުރިހާއި       ކަމަކުންވެސް އައިރާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. މި ކަމުގައި ގޯހެއް އުޅޭކަމެވެ.މި ކަމުގެ ހަޤީގަތް ނުބަލާ އައިރާ އަށް ދެންހަމަ ނިދި ނުލިބޭނެއެވެ. ސަބަބަކަށް ވަނީ އައިރާގެ ހިތުން އަލްވިން އަށް ޖާގަ ދެވިފާއިވާތީއެއްނޫނެވެ. އައިރާ އަކީ އިންސާފު މީހުނަށް ހޯދަދޭން ބޭނުންވާ ކުއްޖަކަށްވާތީއެވެ. މިކަމުގެ އަޑީގައި ފޮރުވިފައި ވަރަށް ބޮޑު ހަޤީިގަތެއް ވާނެކަން އައިރާ ޤަބޫލުކުރެއެވެ.

Comments (11)

  1. Aleesha

    Story haadha kury…. Thankolheh dhigu koh genes dheebala plx…. ??? Varah reethi vaane hn heeveyy…. N the name ayra is v. Nice…. I love the name♥️♥️♥️

    1. sunflower0909
      Aleesha

      ok insha allah tonight thankolhe dhigu kohdheynanan… :*

  2. Maani

    Haadhahaavaa kureyvaahaka??
    Ekam v reethi maasha àĺlah???

  3. eekko

    waiting 4 the nxt part

  4. Mishy

    Vrh vrh reeethi… ?????????btw maakuru… nxt prt dhigu khladheyne kmh hykrn…. whn nxt? Waitinn ❤❤❤❤❤❤❤❤❤❤??????????

  5. sunflower0909

    ok insha allah tonight thankolhe dhigu kohdheynanan… :*

  6. unique

    hama vv reethi

  7. Mait

    I Really like the names & the story .. But it’s really short ..

  8. Samm

    Nice stry❤❤?whn nxt part

  9. Fathy

    Ehbas dhe line ah araafa inyma kiyumuga khmes varakah dhathuru…dhen Genna partga ekan rangalhukhlan feney..vaahaka varah reethi…by v kury.. waiting for next part

  10. Kooji

    next part please

Comments are closed.