Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭނުމޭ ދޭން ހިތް އެކީ 3

Xasha Level 1
April 22, 2019 3 Mins Read
2 Comments

‘ޝަޔަން ‘ މާހިންއަށް އެނަން ކުރިން އިވުންހެން ހީވިއެވެ. ހަނދާންވޭތޯ އޭނާ އުޅެއުޅެ އެކަމެއް ނުވިއެވެ. ” އެހެންތަ?….އެކަނިތަ ތިއައީ?…” މާހިން ހީކުރީ ގެއްލިގެން އުޅޭ ކުއްޖެއް ކަމަށެވެ.

” ނޫން… ބައްޕަ ދިޔައީ ސައިކަލު ޕާރކު ކުރަން…” ޝަޔަން އިނގިލި ދިއްކޮށްލީ ދުރުގައި ޕާރކު ކުރަން އުޅުން އޭނާގެ ބައްޕަ އަލީއަށެވެ. ” ޝަޔާ ކިޔަސް އޯކޭ ދޯ..ކިތައް އިޔާރސް ތަ?” މާހިން ޝަޔަންގެ ދެއަތުގައި ހިފާލަމުން އަހާލިއެވެ.”ޔެސް….7 އިޔާރސް ޝަޔާ އަށް” ޝަޔަން އަށް އެނަން ވަރަށް ކަމުދިޔައެވެ. އަދި އިނގިލިން ހަތެއް ދައްކާލިއެވެ. މާހިން ގާތަށް ހިނިއައެވެ. “އޯ…އެހެންވީމަ ތިއައީ މަންމި ބަހައްޓާފައި ދޯ ގޭގައި…” ޝަޔަންގެ މަޑު ކޮލުގައި މާހިން ހިފާލިއެވެ. ޝަޔަންގެ މޫނުމަތީގައި ވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ” ޝަޔާ މަންމި ވީ ޝަޔާ އާ ދުރަށް ގޮސްފައި..” ޝަޔަންގެ ލޮލުގައި ކަރުނަ ވިދާލިއެވެ. މާހިން ގެ ހިނިތުންވުން ފަނޑުވިއެވެ. ” ސޮރީ ޝަޔާ….ޑޮންޓް ކްރައި..ޝަޔާ ރޯންޏާ ދައްތަ ވެސް ރޯނަން….ރޯންވީތަ?..” މާހިން ޝަޔަން ގަޔާ ކައިރިކޮށްލިއެވެ. ޝަޔަން ވަގުތުން ރުއިން ހުއްޓާލިއެވެ. “ނޫން….” ޝަޔަން ދެލޯ ފުހެލިއެވެ.

“މަންމި ވެސް ދެރަވާނެ ޝަޔާ ރޮންޏާ…. ދެން ނުރޯތި އިނގޭ…” މާހިން ޝަޔަން ގަޔާ ކައިރި ކޮށްލަމުން ބޮލުގައި ފިރުމާލިއެވެ. ޝަޔަން ބޯ ޖަހާލިއެވެ. ” ޝަޔަން ” ފިރިހެނެއްގެ އަޑު އިވުނެވެ. ޝަޔަން މާހިން ކައިރީގައި ދަނީއޭ ބުނެފައި އެ ފިރިހެންމީހާ ކައިރިއަށް ދުއްވައިގަތެވެ. މާހިން އެ ދިމާލަށް ބަލަން ހުރެފައި އެތެރެއަށް ވަނެވެ.

ޝާމިހު ކޮޓަރިތެރޭ އެނބުރުނެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެންމެފަހުން އޭނާ ބޭރަށް ނުކުތެވެ. އޭރު އޭނާގެ ދައްތަ އަޒްކާ ބަދިގޭގައި އުޅެއެވެ. “އަޒޫ…..މަށަށް ކޮފީއެއް…. ވަރަށް އާރޖެންޓް ކޮށް…..” ޝާމިހު ފާރަށް ލެނގިލަމުން ބުނެލިއެވެ. އަޒްކާ އަކީ އޭނާގެ ދައްތައަށް ވުރެއް ބޮޑަށް އެންމެ ގާތް އެކުވެރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޒްކާ ހީލާފައި ކޮފީ ޖޯޑެއް ދިއްކޮށްލިއެވެ. ” ނަސީބެއްނު…ދެމީހުންނަށް ކޮފީ ގިރައިގެން ކޮފީތަށި ދޭން ދާން ވެގެން އުޅުނީ….ހިނގާ ޓެރެހަށް… ވަރަށް އާރޖެންޓް  ވެގެންނޭނުން ތި އުޅެނީ…” އަޒްކާ ފްރިޖުން ފެންފުޅިއެއް ނަގައިގެން ޓެރެސް މައްޗަށް އެރިއެވެ. އަޒްކާ އުނދޯލީގައި އައިސް އިށީނުމުން  ކުރިމަތީ އިން ގޮނޑީގައި ޝާމިހު އައިސް އިށީނެވެ. ” ދެން ބުނެބަލަ….ކިހިނެއްވީ????” އަޒްކާ ކޮފީ ޖޯޑުން ކޯވަރެއް ދަމާލިއެވެ.” މާބޮޑު ކަމެއް ނުވޭ…. މައިންޑް ރީފްރެޝް ކޮށްލަންވެގެން…” ޝާމިހު ނޫން ކަމަށް ހެދުނެވެ. އަޒްކާ ބުމަ އަރުވާލިއެވެ. ” އެހެން ދޯ…..ޝާމިހުގަނޑާ….މިއަދު ކޮންފަރާތަކުން އިރު އެރި….ނޭނގޭނެ ކަމަށްތަ ހީކުރި….މިހާރު އިނގިއްޖެ ކީއްވީކަން…” ލާނެތް ފާޑަށް އަޒްކާ ބަލާލިއެވެ.”ކޮންކަ..ކަ..ކަމެއް..ތަ އެނގުނީ…?” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޝާމިހު އަހާލިއެވެ. އޭނާ ހާސްވިއެވެ. އަޒްކާ އަނގަޔަކުން ނުބުންޏެވެ. ބަލަހައްޓައިގެން އިނީއެވެ.” ސިސް…އޭ….އޯކޭ… އަހަންނަކަށްވެސް ނޭނގޭ އަހަންނަކަށް ވާ ގޮތެއް…އައި ސޯ އަ ގާލް…. ވާރެއާ ތެމެން ހުރި…. މިސްޓީރިއަސް ގޮތެއް ހުރި ….ވަރަށް ވިސްނޭ އެބަ އެކަމާ މެދު…..” ޝާމިހު ކިޔައިދިނެވެ. އަޒްކާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ހަހަހަހަ……ސީރިއަސްލީ….ޝާހް ހީކުރީ އަހަރެން ރުޅިއައީ ކަމަށްތަ?….މައި ލިލް ބްރަދާރ….އަދިވެސް ހަމަ އެ ބޭބިޝް ވިސްނުން….އެނީވޭސް….ގާރލް ޕްރޮބްލަމް އެއްދޯ…” ހިނިގަނޑު މައިތިރި ކުރަމުން އަޒްކާ ވާހަކަދެއްކިއެވެ. ޝާމިހު ހުރީ އަނގަ ސަކަރާތް ވެފައެވެ.” ހޭއި….އިޓްސް އޯކޭ…ޝާހް އެ ގާރލް އާ ވާހަކަ ދައްކާލަބަލަ….ފްރެންޑް ވެބަލަ….ފަހުންނޭނުން ތިކަމާ އުޅޭނި…” ޝާމިހު ކޮނޑުގައި ޖަހާލާފައި އަޒްކާ ދިޔައެވެ. ޝާމިހު ވިސްނުމަށް ގެއްލިފައި އިނެވެ. އެ އަންހެންކުއްޖާއާ ވާހަކަ ދައްކާނީ ކިހިނަކުންތޯއެވެ.

ފުން ވިސްނުމަކަށް ގެއްލިފައި އިން ޝާމިހު ސިއްސައިގެން ދިޔައީ ބަންގީގެ އަޑަށެވެ. އަވަސްއަވަހަށް ކޮފީ ތަށި ހުސްކޮށްލަމުން ދާން ހިނގައިގަތެވެ.އޭރު ޝަޔަން  އަލީ އާއެކު ގެޔަށް އައިސްފިއެވެ.ޝާމިހު ތައްޔާރުވެލައިގެން ނިކުމެ ކައިރީގައި ހުރި މިސްކިތާ ދިމާއަށް މިސްރާބު ޖެހިއެވެ.

މާހިން ބެލްކަނީގައި ހުއްޓިލާފައި މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. މަގުމަތީގައި ފުދޭވަރަކަށް މީހުން މަދެވެ. ” މާހީ….އައިސް ބަލަ މަށަށް ހެލްޕެއް ވާން….މަ މިހިރީ ޗޫސް ކުރަން ނޭނގިފަ…” އެތެރެއިން އިވްޔާ ގޮވާލުމުން މާހިން އެތެެރެއަށް ވަނެވެ. މިތަން ބަލަން ކައިރި އެޕާރޓްމަންޓެއްގައި މީހަކު ހުއްޓެވެ. ދަނޑިވަޅު ބަލާފައި އޭނާ ލާޓަރެއް ނެގިއެވެ.އޭރު އަނެއް އަތުގައި ތެޔޮހަމެއް އޮތެވެ.

މާހިން ކޮޓަރިއަށް ވަން އިރު މުޅި ތަނަށް އޮތީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައެވެ. ކޮޓަރީގެ މެދުގައި ދެއަތް އުރާލައިގެން އިވްޔާ ހުއްޓެވެ. “ސާބަސް…..ކީއްވެފަ މިއޮތީ މިތަނަށް..” ކޮޓަރިއަށް ވަންނަމުން މާހިން ސުވާލުކޮށްލިއެވެ. ” ނާއިފްގެ ޕޭރެންޓްސް ބުނި އަންނާށޯ…. އައި ޑޯންޓް ނޯ ވަޓް ޓު ވެއާރ….” އިވްޔާ ދެއަތް އުރާލަމުން ހެދުންތަކަށް ބަލާލިއެވެ.މާހިން ގާތަށް ހިނިއައެވެ.ހިނި ހިފަހައްޓާލަމުން ހެދުންތަކަށް ބަލާލިއެވެ. މާހިން އެތަނުން ނެވީ ބްލޫ ކުލައިގެ ލޭސް ފޮތީގެ ހެދުމެއް ނެގިއެވެ. އިވްޔާ އެހެދުމަށް ބަލާލަފައި ބޮޑުވާ އިނގިލި ދިއްކޮށްލިއެވެ. އެ ހެދުން ހިފައިގެން އޭނާ ފާހަނައަށް ވަނެވެ. މާހިން ދެފަރާތަށް ބޯހޫރުވާލަމުން ގޮސް ސޯފާގައި ޖައްސާލިއެވެ. އިރުކޮޅަކުން އިވްޔާ ރީތިވާންވެގެން މާހިން އަށް ގޮވަންފެށިއެވެ. މާހިން އެތެރެއަށް ވަންތަނާ އެޕާރޓްމަންޓުން ކަރަންޓު ދިޔައެވެ. މާހިންއަށް އަނދިރިގަނޑު ތެރެއިން އެއްޗެއް ފެންނަ ވަރެއް ނުވިއެވެ. އޭނާއަށް ދުން ވަސް ދުވަން ފެށިއެވެ. އިވްޔާގެ އަޑު އިވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ޝާމިހު މިސްކިތުން ފައިބާގެން އައިސް ގެއަށް ވަންނަމުން ކުރިމަތީ ހުރި ބިލްޑިންއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެ ލޯ ބޮޑުވިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xasha

Level 1

I am an average girl who loves to write stories❤❤.....Feel free to comment and criticise so that i can do better next time....

Other Articles

Previous

ހިތި ހަނދާން 6

Next

އަހަރެން

Next
April 22, 2019

އަހަރެން

Previews
April 22, 2019

ހިތި ހަނދާން 6

2 Comments!

  1. jiji says:
    April 22, 2019 at 10:51 pm

    Waiting for the next part..dhn ehaa gina dhuvas nukurahchey up nukoh..?❤

  2. Anonymous says:
    April 23, 2019 at 3:18 pm

    sorry for being too late…..Thank u??

Comments are closed.

Next Episodeބޭނުމޭ ދޭން ހިތް އެކީ 4←


All Right Reserved!