Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއުތިރާފް (8 ވަނަ ބައި)

Shafag Level 110 Stories
April 21, 2019 3 Mins Read
7 Comments

“ރާއިޝް. އަހަރެން މިގުޅީ ކަމަކު ކިޔަންވެގެން. މިކަންތައް ކޮށްދެވޭނެ ހަމައެކަނި މީހަކީތިއީ.” މަޑުމަޑުން އަހަރެން ވާހަކަ ދެއްކީމެވެ.

**************

ގޮނޑީގައި އިށީނދެ އިންއިރު ހާސްވެގެން ދެއަތްދެއަތާއި މޮޑެމުން ދިޔައިރު ހިތްހީވަނީ މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ. ކުރިމަތީގައި ހުރި މޭޒަށް ނަޒަރު ހުއްޓާލައިގެން އެހެން އިންއިރު މިތަނަށް އަންނަން އަހަރެންނަށް ހިތްވަރު ލިބުނީ ކިހިނަކުންތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލު ކުރެވުނެވެ. އިރުކޮޅަކުން ދޮރެއް ހުޅުވުނު އަޑު އިވުނެވެ. “ނައިރާ.” އެއަޑެއް އަހަން އަހަރެންގެ ހިތް ކެތްމަދުވެފައިވާ އަޑު އިވުމާއެކު އަހަރެންގެ ގައިން ހީބިހި ނެގިއެވެ. ލޮލުން ކަރުނަ އަންނަންފެށީ އިޚުތިޔާރުން ބޭރުގައެވެ. އަހަރެން މިތަނަށް އައީ ކީއްކުރަންކަން ހަނދާންވުމުން ދެލޯ ފޮހެލީމެވެ. އިސް އުފުލާ ބަލައިލިއިރު ކުރިމަތީގައި ހުރީ އަޒާންއެވެ. ކުރިން އަބަދުވެސް ކުރުކޮށް ކޮށާފައި ހުންނަ ތުނބުޅި ހުރީ ދިގުވެފައެވެ. އިސްތަށިގަނޑު ހުރީ ހޭވިފައެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އޭނާގެ ކައިރިއަށް ދިޔުމަށެވެ. އޭނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލައިދީ އޭނާގެ ގައިގައި ބައްދާލުމަށެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ހިފަހައްޓަން މަޖުބޫރެވެ.

އަޒާން އަހަރެންނަށް ބަލަހައްޓައިގެން ހުރިގޮތުން އޭނާ ހުރީ އަހަރެން ފެނުމުން ހައިރާންވެފައިކަން އެނގެއެވެ. އިރުކޮޅެއް ވަންދެން އޭނާގެ މޫނުމަތިން އުފާވެރިކަން ފެނުނުހެންވެސް ހީވިއެވެ. ދެން އަހަރެންނަށް ނުބަލަން މޫނު އަނބުރާލަމުން ވާހަކަ ދެއްކީ ބީރައްޓެހި ރާގަކަށެވެ. “ނައިރާ މިތަނަށް އައުން ރަނގަޅެއް ނޫން. ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ.” އޭނާގެ ވާހަކަ އިވިފައި އަހަރެން އައީ ރުޅިއެވެ. “އަޒާންއަކަށް މިހާރު އަހަރެންގެ އެއްވެސް ކަމެއް ނިންމުމުގެ ހައްގެއް ނޯންނާނެ. އަހަރެން ކުރާ ކަމަކަށް ފާޑު ކިޔުމުގެ ހައްގެއްވެސް ނޯންނާނެ.” ހަރުކަށި ރާގަކަށް އަހަރެން އެހެން ބުނުމުން ހައިރާންވެފައި އަޒާން އަހަރެންނަށް ބަލައިލިއެވެ. “އަހަރެން މިއައީ އަޒާންގެ ފަރާތުން އަހަރެން ޖަވާބު ބޭނުންވާ ސުވާލުތަކެއް ހުރީމަ. އެހެން ނޫންނަމަ ދުވަހަކުވެސް އަހަރެން އަޒާން ދެކޭކަށް ނާންނާނަން.” އަޒާން ބަލަން ހުރިގޮތުން ހީވީ ދެކޮޅު ހަދަން އުޅޭހެންނެވެ. އެކަމަކު އިރުކޮޅަކުން ކުރިމަތީގައި ހުރި ގޮނޑި ދަމާފައި އިށީންނީ ސުވާލު ކުރާށޭ ބުނަމުންނެވެ.

ކިތަންމެ ހިތްވަރެއް ކޮށްފައި މިތަނަށް އައެއް ކަމަކު ބޭނުންވި ސުވާލުތައް ކުރާކަށް ފަސޭހައެއް ނުވިއެވެ. މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި މަޑު ތުރުތުރެއް އުފެދެންފެށީ ހާސްވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަޒާންގެ ޖަވާބުތައް އަހަން އަހަރެންނަށް ކެތްވާނެބާއޭ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. އަހަރެން ސިހުނީ އަހަރެންގެ އަތުގައި އަޒާން ހިފުމުންނެވެ. ވަގުތުން އޭނާގެ އަތް ފޮޅުވާލީމެވެ. “ދުވަހަކުވެސް… ދުވަހަކުވެސް ކަލޭގެ ތިދެއަތުން އަހަރެންގެ ގައިގައި އަތް ނުލާތި.” ޝަހާދަތް އިނިގިލި އޭނާއާއި ދިމާއަށް ދިއްކޮށްފައި އަހަރެން އެހެން ބުނުމުން އޭނާ އަވަހަށް މައާފަށް އެދުނެވެ. ވަރަށް ހިތްވަރު ކޮށްފައި އޭނާއާއި ސުވާލު ކުރީމެވެ. “ކީއްވެ؟ ކީއްވެ އަޒާން؟” އަހަރެންގެ ސުވާލުން އަޒާން ސިހުނެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނުތަން އަހަރެންނަށް ފެނުނެވެ. “ނައިރާ. އެވާހަކަ ދައްކައިގެން…..” “ކީއްވެހޭ؟” ކުރިމަތީގައި ހުރި މޭޒުމަތީގައި ދެއަތުން ޖަހަމުން އަހަރެން ކޮޅަށް ތެދުވީ ރުޅިއައިސްފައި ހުރެއެވެ. އަހަރެންގެ އެއަމަލުން އަޒާންއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އިރުކޮޅަކު އަހަރެންނަށް ބަލަން އިނދެފައި އޭނާ އިސްޖަހައިލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ބޮޑުވީ ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެން. ލާރިން ގަނެވޭ، އަހަރެން ބޭނުން ކޮންމެ އެއްޗެއް އަހަރެންނަށް ލިބުނު. އުނިވިކަމަކީ ލޯބި. މަންމަ އުޅުނީ އަމިއްލަ އެން.ޖީ.އޯ އެއް ހުޅުވައިގެން އެކަމުގައި. ބައްޕަ އުޅުނީ ސިޔާސީ ކަންކަމުގައި. ގިނަވަގުތު އަހަރެން އުޅެނީ އެކަނި. ބޮޑުވަމުން އައި އިރު އަހަރެންގެ ހުރިހާވެސް ބަޔަކީ އަހަރެންގެ ރައްޓެހިން. މުޅި ދުވަސް އަހަރެން ހޭދަކުރަނީ އެމީހުންނާއެކު. އޯލެވެލް ނިމުމުން ބައްޕަ އަހަރެން ބޭރަށް ކިޔަވަން ފޮނުވީ އެމީހުންނާއި އަހަރެން ދުރުވާނެ ކަމަށް ހީކޮށް. އެކަމަކު ކިޔަވައިގެން އައިސްވެސް އަހަރެން އުޅުނީ އެމީހުންނާއެކު. މަންމަ ވަރަށް މަސައްކަތް ކުރި އަހަރެން ހުއްޓުވޭތޯ. އެކަމަކު އޭރު މާލަސްވެއްޖެ. އަހަރެން ވަޒީފާއަކަށް ނުދާ ކަމަށް ބުނެ ބައްޕަ އަހަރެންނަށް ލާރި ދިނުން ހުއްޓާލި. ބައްޕަ ހީކުރީ އަހަރެންނަށް ދަތިވާނެ ކަމަށް. ބައްޕައަށް ނޭނގުނު ކަމަކީ އަހަރެންނަށް ލާރިއަށް އެއްވެސް ދަތިކަމެއް ނެތްކަން. ޑުރަގު ވިއްކުމަކީ އަހަރެމެންގެ “ގޭންގް”ގެ މައިގަނޑު މަސައްކަތް. ބައްޕައަކީ އެންމެން ދަންނަ މީހަކަށް ވީތީ އާންމުކޮށް ފެންނަހެން އަހަރެން އެކަމުގައި ނޫޅުނަސް އެކަމުގެ އަޑީގައި މަސައްކަތް ކުރި ބޮޑެއް އަހަރެންނަކީ. އަހަރެންނާއި އެކު އުޅުނު މީހުންނޭ ކިޔައިގެން އެކަހަލަ ވާހަކަ އިވޭތީ ބައްޕަވެސް މަންމަވެސް އެމީހުންނާއި އަހަރެން ދުރުކުރަން މަސައްކަތް ކުރީ.

ޑުރަގުގެ މައްސަލައެއްގައި އަހަރެމެންގެ މީހަކު ހައްޔަރު ކުރުމުން އަހަރެމެންނަށް އެމަސައްކަތް މަޑުޖައްސާލަން މަޖުބޫރުވީ އިތުރު މީހަކުވެސް ހައްޔާރުކޮށްފާނެ ކަމުގެ ބިރު އޮތުމުން. އެދުވަސްކޮޅު ލާރީގެ ދަތިކަންވެސް ކުރިމަތިވި. ދެން އައީ އަހަރެމެންގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދަން ލިބުނު ފުރުސަތެއް. އެރޭ އަހަރެމެން އެތަނަށް ދިޔައީ އަހަރެމެންނަށް އެގޮތަށް އިރުޝާދު ލިބުނީމަ. އެގޯޅީގައި އަހަރެމެން މަޑުކޮށްގެން ތިބޭތަން އިރުކޮޅެއް ވީއިރު ދުރުން ސައިކަލުގެ އަލި ފެނިއްޖެ. އޭނާ ސައިކަލު ޕާކު ކުރުމުން އަހަރެމެންގެ ދެމީހަކު އޭނާ ހިފެހެއްޓީ.”

އަޒާން ވާހަކަ ދައްކަމުން ދިޔައިރު އަހަރެންގެ ހަށިގަނޑުން ވަރުދޫވާހެން ހީވުމުން އަހަރެން މަޑުމަޑުން ގޮނޑީގައި އިށީންނީމެވެ. އިސްދަށަށް ޖަހައިގެން އިންއިރު ގިސްލެވެން ފެށުނެވެ. އަޒާން އަހަރެންނަށް ސަމާލުކަން ނުދީ ވާހަކަ ދެއްކިއެވެ.

އެކަކު ދެއަތުގައި ހިފުމުން އަނެކަކު އަނގަމަތީގައި އަތްއެޅީ. އެމަގަކީ ދުއްވާ އެއްޗެހި މަދު މަގެއްކަމުން އަހަރެމެންގެ މަސައްކަތް އިތުރަށް ފަސޭހަވި. ފުރަތަމަ ހަމަލާ ދިނީ އަހަރެން. އޭނާ ތެޅިގަތް ގޮތަކުން އަހަރެންގެ އަތުގައި އޮތް ވަޅި އަހަރެންގެ މޫނަށްވެސް ހެރުނު. އަހަރެންގެ ނިތްކުރީގައި މިހިރީ އޭގެ ލަކުނު. އޭނާގެ ހަރަކާތް ހުއްޓުމުން އޭނާގެ ހަށިގަނޑު ގެންދަން މަސައްކަތް ކުރަނިކޮށް ދުއްވާއެއްޗެއްގެ އަލި ފެނުނުހެން ހީވެ އަހަރެމެން އެންމެން ދުއްވައިގަތީ. ނަސީބަކުން އެކާރު އެމަގަކަށް ނުވަދޭ. ވަކި ހިސާބަކުން އަހަރެން އެނބުރި ބަލައިލިއިރު އަންހެން ކުއްޖަކު ދުވެފައި އެތަނަށް އަންނާތީ ދެކުނިން. އަނދިރި ކަމުން އޭނާގެ މޫނެއް ނުފެނޭ. ފެނުނީ އޭނާގެ ދިގު އިސްތަށިގަނޑު.”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ކަލާޔާ ނުލާ 12

Next

ވިންދޭ ލޯބި ތީ އެދޭ 47

Next
April 21, 2019

ވިންދޭ ލޯބި ތީ އެދޭ 47

Previews
April 20, 2019

ކަލާޔާ ނުލާ 12

7 Comments!

  1. jiji says:
    April 21, 2019 at 3:40 pm

    Me first dhw. .finally up vejje. .kiyaafa comment eh kohlaanan In Sha Allah ??♥

  2. jiji says:
    April 21, 2019 at 3:51 pm

    Alheyy haadha reehchey mi part vec♥??.. Axaan dhw naira ge brw maraalii mi..Alhe next part dhigukohdhehchey nge ♥??..Um sis ge age kihaa vareh????❤??..nd nimendhn story up kurahche..Assu u knw??mi part kiyamun dhiya iru hyvy hama flim eh balailevunu hn..ehaa vec obi????..I’m outta of words really…hope u will upload new part as fast as u could ??❤❤??♥♥???????..just waiting curiously…Ly loadsss

    1. Shafag says:
      April 21, 2019 at 7:23 pm

      Thankyou so much jiji. 25 ❤❤❤

  3. Axee says:
    April 21, 2019 at 4:56 pm

    Masha Allah varah reethi

    1. Shafag says:
      April 21, 2019 at 7:24 pm

      Thankyou Axee ❤

  4. Kiyaaraa says:
    April 21, 2019 at 5:04 pm

    Story vrh reethi ❤❤❤❤❤❤❤❤❤❤❤
    This part also awesome ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤mi part kuru viass next part digukoh geness dehchey dear
    ❤❤❤❤❤❤❤❤❤❤❤❤❤ waiting for the story ❤❤❤❤

    1. Shafag says:
      April 21, 2019 at 7:24 pm

      Thankyou Kiyaaraa ❤❤

Comments are closed.

Next Episodeއިއުތިރާފް (9 ވަނަ ބައި)←


All Right Reserved!