Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 24

Axoo
April 1, 2017
6 Mins Read
58 Views
36 Comments

ެ. އެތެރެއަށް ބޯދިއްކޮށްލުމާއެކު ފެނުނު މަންޒަރުން އައިޝާ ނޭވާ ހުއްޓުނު ކަހަލައެވެ. އަޑު ނެތްތާކަށް ގޮވާލެވުނީ ހުޝާމްއަށެވެ.

އައިޝާގެ އަޑުއިވިފައި ހުޝާމް އައިކޮޅަށް ދުއްވައިގަތެވެ. ލޫޝާ ކޮޓަރިއަށް ދެވުނު އިރު ޓައިލްސްތައް މައްޗަށް ވެއްޓިފައި އޮތް ލޫޝާގެ ބޯ އައިޝާ އޭނާގެ އުނގަށް ލަނީއެވެ. އައިޝާ ލޫޝާއަށް ގޮވަންފެށިއެވެ. ހުޝާމްވެސް އަވަހަށް ފެންތައްޓެއް ހިފައިގެން އައިސް ލޫޝާގެ މޫނުގައި ކާތަމުން ގޮވަންފެށިއެވެ. ބިރުވެރިކަން އިތުރުވެގެން ދިޔައީ ލޫޝާ ލޯހުޅުވާލުމަށްފަހު އަނެއްކާވެސް ހޭނެތުމުންނެވެ.އެވަގުތު ލޫޝާގެ ނޭފަތުން ގިނަ އަދަދަކަށް ލޭފައިބާން ފެށިއެވެ. މިމަންޒަރު ފެނި އައިޝާއަށް ރޮވެން ފެށުނެވެ. ހުޝާމް ލޫޝާ އަތްމައްޗަށް ނަގަަމުން ކޮޓަރިން ބޭރަށް ނިކުތީ ހަބީބާއަށް ގޮވަމުންނެވެ. ހަބީބާ ދުވަމުން އައި އިރު ހުޝާމް ލޫޝާ ސޯފާގައި ބާއްވަނީއެވެ. ހަބީބާ އަވަހަށް ލޫޝާ ކައިރިއަށް ލެފި ލޫޝާއަށް ގޮވަންފެށިއެވެ. ހައިފާ ކައިރީ އެމްބިއުލާންސްއަށް ގުޅަން ބުނުމަށް ފަހު ހުޝާމް ޖެހިލީ ރޯންހުރި އައިޝާ ކައިރިއަށެވެ. އަދި މިވަގުތުމީ ކެތްތެރިވާންވީ ވަގުތު ކަމުގައި ބުނެ ހިތްވަރު ދިނެވެ.

” ހުޝާމް ކާރުގަ ދާންވީނު” ހަބީބާ ބުނެލިއެވެ.

” ނޫން ކާރުގަ ދިޔައިއްޔާ މާލަސް ވާނެ.. އަހަރެން ދާނަން ލޫޝާ ގޮވައިގެން އެމްބިއުލާންސް ގަ.. މަންމަމެން އާދޭ ކާރުގަ” ހުޝާމް ބުންޏެވެ.

އެމްބިއުލާންސް އައުމުން ހުޝާމް ލަސްނުކޮށް ލޫޝާ އަތްމައްޗަށް ލައިގެން ނިކުންނަން ދިޔައީ އައިޝާ ކައިރީގަވެސް އަންނަން ބުނެފައެވެ. ނަމަވެސް އައިޝާ ވަކި ހިސާބަކަށް ދިޔަތަނާ ހަބީބާ ހުއްޓުވިއެވެ. އަދި ހަބީބާއާއި އެކު ދާން މަޑުކުރުމަށް ބުންޏެވެ.

ހަބީބާ ތިރިއަށް ފައިބާ ޑްރައިވަރު ކައިރީގައި ކާރުން ގަރާޖުން ނެރުމަށް ބުންޏެވެ. ނެރުމާއެކު ހަބީބާ އާއި ހައިފާ އޭގެއަށް އެރިއެވެ. އައިޝާވެސް އަރަން ދިމާކޮށްލުމާއެކު ހަބީބާ ޑްރައިވަރު ކައިރީގައި ކާރު ދުއްވާލުމަށް ބުންޏެވެ. ކާރު ދުއްވާލުމާއެކު އައިޝާ ހުއްޓުނެވެ. ހަބީބާ ކަންތައް ކުރި ގޮތާމެދު ނުވިސްނާ އައިޝާ މައްޗަށް އަރާ ދަބަސް ހިފައިގެން އައިސް ޓެކްސީއެއްގައި ހޮސްޕިޓަލާ ދިމާއަށް އަށް މިސްރާބުޖެހިއެވެ.

އައިޝާއަށް ހޮސްޕިޓަލަށް ދެވުނުއިރު އެމަރޖެންސީ ރޫމުގެ ދޮރުމަތީގައި ހަބީބާ އާއި ހަބްޝާގެ އިތުރުން ހައިފާއާއި ހާމިދު ތިއްބެވެ. ހުޝާމް ނެތުމުން ހުޝާމްވީ އެތެރޭގައި ކަން އައިޝާއަށް އެނގުނެވެ. އައިޝާ މަޑުމަޑުން ހިނގާލާފައި ގޮސް އެމީހުން ކައިރިއަށް ހުއްޓި ލޫޝާ ކިހިނެއްތޯ ސުވާލުކުރިއެވެ. ނަމަވެސް އެކަކުވެސް އައިޝާގެ ސުވާލަށް ޖަވާބެއް ނުދިނެވެ. ކަޅިއަޅައިގެންފައި ހަބްޝާވެސް ހަބީބާވެސް މޫނު އަނބުރާލީއެވެ. ހައިފާ މަލާމަތްކުރުމުގެ ގޮތުން އަނގަމަތީ އަތް އަޅާފައި ހީލުމުން އައިޝާ ވަރަށް ބޮޑަށް ލަދުގަތެވެ. މިމަންޒަރު ބަލަން ހާމިދަށް ކެތްނުވުމުން އައިޝާއަށް ޖަވާބު ދިނުމަށް ގޮނޑީގައި އިށީނުމަށް ބުންޏެވެ. އައިޝާ އާއެކޭ ބުނުމަށްފަހު ހާމިދު އެދުނު ގޮތަށް ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ.

އިރުގަނޑެއްފަހުން ލޫޝާއޮތް އެނދުން ދަމަމުން ވަރަށް ދުވަމުން ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ. ފަހަތުން ހުޝާމްވެސް ވަރަށް ބާރަށް ދާންފެށިއެވެ. ވާނުވާ ނޭނގިފައި ތިބެ އެހެންމީހުންވެސް ހުޝާމްފަހަތުން ދާންފެށިއެވެ. ލޫޝާ އައި ސީ ޔޫ އަށް ވެއްދިތަން ފެނި ހަބްޝާ ރޯންފެށިއެވެ. ހާމިދުވެސް ގޮނޑީގައި އިށީނދެ މޫނުގައި އަތް އެޅިއެވެ. އައިޝާވެސް އަނގަމަތީގައި އަތް އަޅައިގެން ހުރިއިރު ލޯ ވަނީ ފެންކަޅިވެފައެވެ. ހުޝާމް ކައިރިއަށް ޖެހިލީ ހުޝާމް ދެރަވާނެވަރު އެނގޭތީއެވެ. އައިޝާ ކޮނޑުގައި އަތް އަޅާލުމާއެކު ހުޝާމް އައިޝާ މޫނަށް ބަލާލިއެވެ. އަދި ގަޔާ ކައިރިކޮށްލިއެވެ.

” ދޮންބޭ ކީކޭ ޑޮކް ބުނީ” އެއްވެސް މީހަކު ވާހަކަދެއްކޭ ހާލަތެއްގައި ނެތުމުން ވާހަކަ ދެއްކީ ހައިފާއެވެ.

“އިންޓަރނަލް ބްލީޑިންގް އެކޯ ބުނީ” ކުރަކި އަޑަކުން ހުޝާމްއަށް ބުނެވުނެވެ.

“ދެން ވީހާއަވަހަކަށް ބޭރަށް ގެންދެވޭތޯ އުޅެންވީނު..” ހަބީބާ ލޯފޮހެލަމުން ބުންޏެވެ. ހުޝާމްވެސް ބޯޖަހާލުމަށްފަހު އައިޝާއަތަށް ފިތާލުމަށްފަހު ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.

ވަރަށް ގިނައިރު އެތާ މަޑުކުރުމަށް ފަހު އައިޝާ ގެއަށް ދިޔައީ ހުޝާމް ބުނީމައެވެ. ހަބީބާއާއި ހަބްޝާއަދި ހައިފާވެސް ފޮނުވާލުމަށްފަހު އެތާނގައި މަޑުކުރީ ހާމިދާއި ހުޝާމެވެ.

“މާދަމާ ހެނދުނު ފުރަންވީ” ހާމިދުއިން ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ހުޝާމް ބުނެލިއެވެ.

” ބޮޑުބެ ވަރަށް ދެރަވޭ އައިޝާއާއި ހުޝާމް ކައިވެނި ކުރިތާ މަހެއްވެސް ނުވަނީސް ދާންޖެހޭތީ.. މިރޭ ދާންވީނު އައިޝާ ކައިރީގަ މަޑުކުރަން.. ބޮޑުބެ މަޑުކޮށްލަފާނަން މިތާންގަ..” ހާމިދު ހުޝާމްގެ އިހްސާސްތައް ދެނެގަތް ކަހަލައެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ހުޝާމް ގެއަށް ދާން މިސްރާބުޖެހިއިރު މެންދަމު އެކެއް ޖަހަން އުޅެނިކޮށެވެ. ގެއަށް ވަދެ ތަޅުލުމަށް އެނބުރުނު ވަގުތު ސޯފާމަތީގައި ނިދިފައި އޮތް އައިޝާ ފެނުނެވެ. ހުޝާމް އައިޝާއަށް ގޮވާކަަށް ބޭނުމެއް ނުވިއެވެ. ސޯފާކައިރީ ކުޑަކަކޫ ޖަހައިގެން އިށީނީ ރަނގަޅަށް އެމޫނަށް ބަލާލުމަށްޓަކައެވެ. އިރުއަރަންދެންވެސް މިހެން އިންނަން ހުޝާމް ބޭނުންވާ ކަހަލައެވެ. މިދުނިޔެ މަތީ ހުޝާމްއާއި ކުރިމަތިލާން މިޖެހެނީ ކޮންފަދަ އިމްތިހާނަކާ ހެއްޔެވެ. އެއްކޮޅުން އަލަތު އަނބިމީހާ މަރާ ހަނގުރާމަ ކުރަމުންދާއިރު އަނެއްކޮޅުން ދެވަނަ އަނބިމީހާއާއި ކައިވެނިކުރިތާ މާގިނަދުވަސްތަކެއް ނުވަނީސް މިޖެހެނީ ދުރަށްދާށެވެ. މިވަރުން ދެއަނބިންގެ ހައްޤުތައް ހުޝާމްއަށް އަދާ ކުރެވޭނެ ހެއްޔެވެ. މިކަމުގަ ކިތަންމެ ކުޑަ އިހްމާލެއް ވިޔަސް އެކަމުގެ އަޒާބު ލިބޭނެއެވެ.

ނިދިފައި އޮތް އައިޝާއަށް ހޭލެވުނީ މީހަކު ނޭފަތް ދަމާލި އަޑު އިވިފައެވެ. ކައިރީގައި އިށީނދެ އިން ހުޝާމްގެ ލޮލުން އައިސްފައިވާ ކަރުނަތައް ފެނުމުން އައިޝާ ފުންމައިގެން ތެދުވިއެވެ. އަދި ކިހިނިއްވިތޯ ސުވާލުކުރަންފެށިއެވެ. ހުޝާމް ވަކި ޖަވާބެއް ނުދީ އައިޝާގެ އުނގުގައި ބޯއަޅާލިއެވެ. މިކަމުން އައިޝާއަށް އަށް އިތުރު ހައިރާން ކަމެއް ގެނުވިއެވެ.

” މާދަމާ ހެނދުނު ފުރާގޮތަށް ހަމަޖެހިއްޖެ.. ވަރަށް ދެރަވޭ އައިޝާ މިކޮޅުގަ ބަހައްޓާފަ ދާން ޖެހޭތީ.. ނޭނގެ އެކޮޅުން އާދެވޭނީ ކޮންދުވަހަކު ކަމެއް.. ވަރަށް މިސްވާނެ އައިޝާ މަތިން..” ހުޝާމް މަޑުމަޑުން ކިޔާލިއެވެ. ވީގޮތް އެނގުމުން އައިޝާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. އަދި އުނގުމަތީގައި ހުޝާމްގެ ބޯމަތީގައި އައިޝާގެ ކޯ ޖައްސާލިއެވެ.

” ކެތްތެރިވާންވާނެއްނު.. ކިތަންމެ ދުވަހެއްވިޔަސް ލޫޝާ ރަނގަޅުވިއްޔާ ކިހާ ރަނގަޅު.. އަހަރެންވެސް ވަރަށް މިސްވާނެ ހުޝާމް މަތިން..” އައިޝާ އެހެން އޮވެ ބުނެލިއެވެ. އިރުގަނޑެއް އެހެން ތިބުމަށްފަހު އައިޝާ ތެދުވިއެވެ. އަދި ހުޝާމްގެ ބޯ ގަދަކަމުން ހިއްލާލިއެވެ.

” ހީވަނީތަ އަހަރެން ހުޝާމް ދާއިރަށް ފިލާނެއޭ… އެނގޭ ފިލިޔަސް އޮތްތަނަކުން ހޯދާނެކަން..” ސަމާސާ ރާގަކަށް އައިޝާ ބުނެލިއެވެ. އައިޝާގެ މިސަމާސާއިން ހުޝާމްއަށްވެސް ހެވުނެވެ.

ހުޝާމް އައިޝާގެ އަތުގައި ހިފައިގެން ގެއިން ނިކުންނާން ދާން ހިނގައިގަތެވެ.

” ހުޝާމް ކޮންތާކަށް މިދަނީ” ހައިރާންވެފައި އައިޝާ އަހާލިއެވެ. ނަމަވެސް ހުޝާމް އިތުރު ބަހެއް ނުބުނެ އައިޝާގެ އަތުގައި ހިފައިގެން އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު މިސްރާބުޖެހީ ޓެރަހާ ދިމާއަށެވެ.  އެތަނަށް ދެވުމާއެކު އެންމެ ފުރަތަމަވެސް އައިޝާއާއި ހުޝާމްގެ ކަޅި ހުއްޓުނީ އުޑުމަތީގައިވާ ސާދަވިލޭރޭގެ ފުރިހަމަ ހަނދަށެވެ. ހަނދަށް ބަލާލުމަށްފަހު ހުޝާމް އައިޝާގެ މޫނަށް ބަލާލިއެވެ.

“މާޝާﷲ.. ފުރިހަަމަކަމުގެ މިސާލެއް” ހުޝާމްއަށް ބުނެވުނެެވެ. ހުޝާމްގެ ޖުމްލައިން އައިޝާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އިސްޖަހާލެވުނީ އެމޫނު ހުޝާމްއަށް ނުދެއްކުމަށްޓަކައެވެ.

ހުޝާމް އައީޝާގެ ދަތްދަޮޅިދަށް ދެއިނގިލި ލައްވާލުމަށްފަހު އެމޫނު މައްޗަށް އުފުލާލިއެވެ.

” އަހަރެން ބެލިޔަދީ… ޕްލީޒް.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް.. ” ހުޝާމް ބުނެލިއެވެ. އައިޝާ ހީލަމުން ހުޝާމް މޭގައި ލައްވެލިއެވެ.ހުޝާމްވެސް އައިޝާ ގައިގާ ދެއަތް ވަށާލިއެވެ.

ހަތަރު ގަޑި ބައިވާންދެންވެސް ހުޝާމް އާއި އައިޝާ ތިބީ ޓެރަހުގައެވެ. އެތާ ބަހައްޓާފައި ހުރި އުނދޯލީގައި ހުޝާމް އިންއިރު ހުޝާމްގެ އުނގުމަތީގައި އައިޝާ އިނެވެ. އެއަށްފަހު ދެމީހުން މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. ދެމީހުން އެކީގައި ދަމުނަމާދާއި ފަތިސް ނަމާދުކުރިއެވެ. އެއަށްފަހު އައިޝާ ހުޝާމްގެ ދަބަސް ތައްޔާރުކޮށްދިނުމަށްފަހު ސައިހެދިއެވެ. ސައިބޮއެ ނިންމާލުމަށްފަހު ހުޝާމް ދަބަސް ހިފައިގެން ދާން ހިނގައިގެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގުނެވެ. އައިޝާގެ ހިތަށް ފާޑެއްގެ ގޮތްތަކެއް ވާނެފެށިއެވެ. ގޮސް ގޮސްހުރި ހުޝާމްގެ އަތުގައި ހިފާލެވުނީ ބޭއިހްތިޔާރުގައެވެ. އައިޝާއަށް ރޮވެން އުޅޭހެން ހީވުމުން ހުޝާމް އައިޝާ ގައިގާ ބާރަށް ބައްދާލިއެވެ.

” އައި ލަވްޔޫ ހުޝާމް” އައިޝާއަށް ކުރެހިފައިވާ އަޑަކުން ބުނެވުނެވެ. އައިޝާގެ ދުލުން ފުރަތަމަ ފަހަރަށް އެލަފްޒު އިވުމުން ހުޝާމްއަށް ލިބުނީ ބުނެދޭންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. ކުރިއަށްވުރެވެސް ބޮޑަށް ބައްދާލަމުން ހުޝާމްވެސް މާބޮޑަށް ލޯބިވެއޭ ބުނެލިއެވެ.

ހުޝާމް ފުރައިގެން ދިއުމުން މުޅިގޭތެރޭ ފަޅުވެފައިވާކަހަލައެވެ. އީޝަލްވެސް އައިސް އެތައް އިރަކު އެގޭތެރޭގައި އުޅުނުއިރުވެސް އައިޝާއަށް ފަޅުކަން އިހްސާސް ވަމުން ދިޔައެވެ. މާބޮޑަށް ހިތްނުތަނަވަސްވެ ބޮޑު ތޫފާނެއް އަންނަން އުޅެކަހަލަގެ އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. މިކަމާ ހެދި ދުވަހުގެ ބޮޑުބައި އައިޝާ ހޭދަކުރީ ގިނަގިނައިން ހެއްދެވިފަރާތް ހަނދުމަ ކުރުމުގައެވެ.  އެކަމުން އައިޝާއަށް އެތައް ގުނައަކަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.

ހުޝާމްގެ ހަބަރެއްވީ އެރޭގެ ވަގުތެއްގައެވެ. ލޫޝާގެ ހާލަތަށް ވަކި ބަދަލެއް ނާންނަކަން އެނގުމުން އެކަމާ ހިތާމަކުރިއެވެ. އަދި ލޫޝާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރިއެވެ.

ހުޝާމް ދިޔަފަހުން އައިޝާގެ ކަމަކީ ހުޝާމގަނެދީފައި ހުރި ދީނީފޮތްތައް ކިޔުމާއި ކީރިތި ގުރުއާނުގެ ތަރުޖަމާ ހިތުދަސްކުރުމެވެ. ތިރީބަޔަށްވެސް ދަނީ މަދުފަހަރަކު އެވެ. އެގެއަށް ދާ ކޮންމެ ފަހަރަކު ހަބީބާގެ ވިހަގަދަ ބަސްތައް އިވި އައިޝާގެ ހިތްފަޅައިގެން ދާވަރުވެއެވެ. ނަމަވެސް އެކަހަލަ އެއްވެސް ވާހަކައެއް އައިޝާ ހުޝާމް ކައިރިއަކު ނުދައްކައެވެ. މަންމައާއި ދަރިއަކު ޖެއްސުމަކީ އައިޝާ އެއްވެސް އިރެއްގެ ބޭނުންވި ކަމެއް ނޫނެވެ.

އާދައިގެމަތިން މިއަދުވެސް ދީނީ ފޮތެއް ކިޔުމުގައި މަޝްއޫލުވެގެން އައިޝާ އިނެވެ. ހާރޫނު ފޯނެއް އައުމުން ނެގީ ވަރަށް ހަމަޖެހިލާފައެވެ. ނަމަވެސް ލިބުނު ހަބަރަކުން މުޅިން މާޔޫސްވިއެވެ. ސޮފއްޔާ ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަނީއެވެ. ސައިފު ހެނދުނު ހޭލައިގެން ސައިދޭން ދިޔައިރު ސޮފިއްޔާއެއް ކޮޓަރިއަކު ނެތެވެ. އާންމު ތަޅުލާފައި ހުންނަ އެކޮޓަރީގައި ސައިހިފައިގެން ދިޔައިރު ހުރީ ތަޅު ހަލާކުކޮށްލާފައެވެ. ސައިފުގެ އަންހެނުން މަރިނާ ރޭގައި ނިދަން ވަންއިރުވެސް ކޮޓަރީގައި ހުރީ ރަނގަޅަށް ތަޅުލާފައެވެ. ހާރޫނު ބުނީ މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމަށާއި އަދި ވެސް ސޮފިއްޔާގެ ހަބަރެއް ނުވާ ކަމަށެވެ. އަދި އަވަހަށް ގެއަށް އައިސްދޭން އެދުނީ އީޝަލް ރޮވަރުންނެވެ. އައިޝާވެސް އަވަހަށް މިދަނީއޭ ބުނުމަށް ފަހު ރެޑީވެގެން ދާން ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ހަބީބާފެނި ސިހޭގޮތްވިއެވެ.

” ތަނަކަށް ދަނީތަ” ރުންކުރު ގޮތަކަށް ހަބީބާ ސުވާލުކޮށްލިއެވެ. އައިޝަ ގެއަށް ގޮސްލަނީ ކަމުގައި ބުނީ ސޮފިއްޔާގެ ކަންތައް ސިއްރުކުރަމުންނެވެ.

” ފަހުންވެސް ދެވިދާނެއްނު.. އާދެބާ މަންމައަށް ކަމެއް ކޮށްލަދެން.. މާޝާވެސް ވީ އޭނަގެ ރަށައްގޮސް އަނެއްކޮޅުން ހައިފާވެއްޖެ ކޮލެޖަށް ގޮސް.. މިރޭ އަންނާނެ މަންމަގެ ރަހުަތްތެރިންތަކެއް ކެއުމަކަށް.. ހުޝާމް ބުނި އައިޝާ ވަރަށް މޮޅަށް ކައްކައޭ.. ހިނގާބާ މަންމައަށް މިކަން ކޮށްދޭން” ކުއްލިއަކަށް ހަބީބާގެ ރާގު ބަދަލުވިއެވެ. އައިޝާ ގައިގާ ފިރުމާވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.  ފުރަތަމަ ފަހަރަށް ހަބީބާ ކަމަކު ކިޔުމުން ނުކޮށްދީ އައިޝާއަކަށް ނުކެރުނެވެ. އަމިއްލަ އެދުން ގުރުބާންކޮށްލާފައި އައިޝާ ދިޔައީ ހަބީބާ ބުނިކަންތައް ކޮށްދޭށެވެ.

ހަބީބާގެ ކާއެއްޗެހީގެ ލިސްޓު ދިގުކަމުން ގޮސް ގަޑިއަށް ކެއްކޭ ވަރުވީ ހަމަކިރިޔާއެވެ. އެތައް ދާތަކެއް އޮހޮރުވުމަށްފަހު ކެއްކި އެއްޗެހިން މިރު ރަހައެއް ލާނެ ކަމަށް އައިޝާ އުއްމީދުކުރިއެވެ. ކޮޅަށް ހުރެ ހުރެ ދެފަޔަށް ވެސް ރިއްސާވަރުވެއްޖެއެވެ. މޭޒުމައްޗަށް ކާއެއްޗެހި އެރުވުމަށްފަހު ތަށިތައްވެސް އަތުރާލިއެވެ. އިރުކޮޅަކުން ހަބީބާ އޭނާގެ ރައްޓެހިންނާއެކު އަންނަތަން ފެނުނެވެ. ހަބީބާގެ އިތުރުން ތިން އަންހެނެކެވެ. އެމީހުންވެސް ތިބީ ހަބީބާ ގޮތަށް ވަރަށް ހެދިލައިގެންނެވެ. މޮޅެތި ވާހަކަ ދައްކަމުން ފަހަރަކު މީހެއް ތައްޓަށް ކާއެއްޗެހި އެޅިއެވެ.  އައިޝާ ކައިރީގައި މަޑުކޮށްލައިގެން ހުރީ ހަބީބާ އެކަމަށް އެދުމުންނެވެ.

” ހަބީ.. ހާދަ އޮއިލީއޭ މި.. މިހާ އޮއިލީ އެއްޗެހި ނުވެސް ކެރޭނެ ކާކަށް” އެތަނުން އެކަކު ބުނެލިއެވެ.

” އެންމެ ފަހަރަކު ކާލިޔަސް ކަމެއް ނުވާނެ.. އަޅެ ރަހަ ބަލާލަބަ” ހަބީބާ ބުނުމުން އެމީހާ އެތިކޮޅެއް ނަގާ އަނގައަށް ލިއެވެ. ނަމަވެސް އަނގައަށްލީވަރަށް ވުރެ ބާރަށް ޓިޝޫއެއް ނަގާ އަނގައިގާ ހުރި ކާއެއްޗެހިތައް އޭގެއަށް އަޅާލިއެވެ.

” މީކާކު ހެދި އެއްޗެއްތަ ހާދަ ނުބައޭ” އެމީހާ ބުނެލިއެވެ. ހަބީބާ ބަލާލީ އައިޝާއަށެވެ. އައިޝާ ހުރީ ގަބޫލު ނުކުރެވިފައެވެ.

“އައިޝާ ހެދި އެއްޗެހި މީ މުޅިންވެސް.. މީ އަހަރުމެންގޭ ބޮޑުކައްކާ.. ކީއްކުރާނީ އަހަރުމެންވެސް ތިބެނީ ކެތްކޮށްލައިގެން.. ” ހަބީބާގެ ޖުމްލައިން އައިޝާހެ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ.

” ކަލެއަށް ކައްކަން ނޭގެންޏާ ތިވަޒީފާ ދޫކޮށްލަންވީނު.. މިހިރަ ބަތަކުންވެސް ލާ ރަހައަކުން އަނގަޔަށް ހޮޑު އަންނަ ވަރުވޭ” އެތަނުން އެހެން މީހަކު ބުނެލިއެވެ. ގަތްލަދުން އައިޝާ ހުރީ ލޯދިމާކޮށްލަންވެސް ނުކެރިފައެވެ.

” ޗީޑި މީ އޮމްލެޓެއްތަ ނޫނީ ހޮޑު ގަނޑެއްތަ.. ހަބީބާ އަަހަރުމެން ތިގެނައީ ކޮންކަހަލަ ކެއުމަކަށްތަ.. މިއަށްވުރެ ރަނގަޅު ކައިރީ މިހިރަ ހޮޓަލުން ކެޔަސް” މިހެން ބުނެ އެންމެ ތެދުވެގެން ދާން ހިނގައިގަތެވެ. އެތަނުން އެކަކު ދިޔައީވެސް އެތާނގައި ހުރި ރިހަ ބޯތަށި އައިޝާ ބޮލަށް އަޅާލާފައެވެ. އެންމެ ފަހުން އެތާ ހުންނަން ކެތް ނުވެގެން އައިޝާ އެތަނުން ނިކުންނަން ދުއްވައިގަތެވެ. ދުވަމުން ދިޔައިރުވެސް އައިޝާއަށް ރޮވެނީއެވެ.

” އެކަމަކު ހަބީ.. ހާދަމީރޭ އެއެއްޗެހި” ހަބީބާ އާއި އޭނާގެ ރައްޓެހިން ވާހަކަ ދައްކަން ތިބީ ހަބީބާގެ ކޮޓަރީގައެވެ.

” އެތެދެއް.. އެހާމީރު ކާނާއެއް އަހަރެންވެސް ނުކަން އަދި.. ” އެތަނުން އެހެން މީހަކު ބުނެލިއެވެ.

” ދެންހެވޭ.. ތިކަން އެނގޭ އަހަންނަށްވެސް.. ބޭނުންވީ އެއައިޝާ ލަދުގަންނަވާލަން.. އެކަން ބަރާބަރަށްވެއްޖެ.. ކަލޭމެންނަށް ވަރަށް ޝުކުރު.. ދެން ހިނގާދާން ކާން.. މިހާރު އޭނަ ގޮސްދާނެ” ހަބީބާ އޭނާގެ ރައްޓެހިން ގޮވައިގެން އަނެއްކާވެސް ކާމޭޒު ކައިރިއަށް ދިޔައެވެ. އަދި މާޝައަށް ގޮވާލަމުން ރިހަ އެޅިފަހުރިތަން ސާފުކުރުމަށް ބުނެލިއެވެ.

-ނުނިމޭ-

44
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

މަންމާއޭ އެހެނަސް ލޯބިވޭ‎

Next

ރޭޝަމް (11)

Next
April 2, 2017

ރޭޝަމް (11)

Previews
April 1, 2017

މަންމާއޭ އެހެނަސް ލޯބިވޭ‎

36 Comments

  1. cham says:
    April 1, 2017 at 11:21 pm

    Wow varah reethi story.. When next part..

  2. Aasha says:
    April 1, 2017 at 11:27 pm

    Masha allah v nice mi partvx.. Iru iru kolhun beley Aisha vaahaka nikun thw.. Wainting…
    Wen nxt part??

  3. Shabyyy says:
    April 1, 2017 at 11:33 pm

    Alhe Habeebaaaaaa keekey hithah araagentha thilheny Aisha aa alhaaganegen…..vaahaka varah reethiii

  4. Hajja says:
    April 1, 2017 at 11:41 pm

    Mi bai ves v reethi…aneh bai avahah genesdheyne kamah heekuran

  5. kiya says:
    April 2, 2017 at 12:27 am

    Alhe habeeba haadha gohey rulhi ayas ehenhadhaakah nuvaanennu dho

  6. sidd says:
    April 2, 2017 at 12:28 am

    Insaaniyyathu nei insaanun ves dhuneyga ulhey.

  7. ?yaanu? says:
    April 2, 2017 at 12:30 am

    Hayyu.. Adhi thankolhei dhigu kohdhybalaaa… V v loabi.. V salhi maasha Allah..

  8. Shaa says:
    April 2, 2017 at 1:23 am

    Reethi..

  9. ella says:
    April 2, 2017 at 1:24 am

    Perfect story,but thankolheh kurii

  10. reimaa says:
    April 2, 2017 at 6:41 am

    V v v furihama keep it up

  11. Vaahaka foshi says:
    April 2, 2017 at 6:58 am

    Jazakillah khairan. Varah salhi ?

  12. Chum handi says:
    April 2, 2017 at 7:07 am

    Masha Allah.. This story is fab… but ehera habeeba gandeh dho…. Aisha vaa keh theri… next part avas kohdhechey…

  13. Saandy says:
    April 2, 2017 at 7:12 am

    V furihama… Maidhaithage nubaikan adhi kiriyaa dhw mi fennan feshy… Hayyu! Adhi dhigu kolladheebala pls 🙂

  14. rim says:
    April 2, 2017 at 9:59 am

    Alhey hayyu haadhahaaa furihamaey kehtherikamuge meyvaa fonivaane allah lobivaa alhun gekehthekan imthihaan kurahvaane aishaa eiihama kehtherikamuge laamaseelmisaaleh v v v riiiiiiiithi

  15. lara says:
    April 2, 2017 at 12:37 pm

    PIS PIS PIS HAADHA NULAFAYEY DHW

  16. K says:
    April 2, 2017 at 1:42 pm

    Habeebaaaaaa
    I’ll kill you if I could ????

  17. imagination says:
    April 2, 2017 at 7:38 pm

    okey m going to kill habeeba.. she is so annoying ..story v loabi

  18. Fann says:
    April 2, 2017 at 8:15 pm

    Nyx

  19. Aishaa says:
    April 3, 2017 at 7:16 am

    Thank you hayyuuu…v v v v salhi…..

  20. Erzi says:
    April 4, 2017 at 3:25 pm

    Varah reethii.. Knirakun next??

  21. Aisha says:
    April 4, 2017 at 9:57 pm

    Alhe dhen konirakutha next v salhi mivaahaka

  22. Shifu says:
    April 4, 2017 at 10:53 pm

    Mi vaahaka up kuranee kn dhuvasthakaku tha. Reethikamun hama iru kolhakaa esfiya balaalevey vaahaka up kureytho

  23. Aishaa says:
    April 5, 2017 at 9:50 am

    Hayyuuu…..kn irakun tha next part????….

  24. Fan says:
    April 5, 2017 at 12:09 pm

    HAyyuu..wot happened dear??no reply no story!!…u ok tha anehka????

  25. En says:
    April 5, 2017 at 3:20 pm

    Hayyu Kobaa…

  26. Aishaaa says:
    April 5, 2017 at 3:58 pm

    Hayyyuuuuuu…where is next part?????…plz mi ah vureh avahah miah vure dhigukoh genesdhybaaa….plz plZ….stry v v v v v reethi….mashaa allah…

  27. ravupinky says:
    April 5, 2017 at 8:19 pm

    hayyyyyyyyyyuuuuu when is next partt?? waiting story hama habeys!!

  28. aisha says:
    April 5, 2017 at 10:09 pm

    love this story ????
    where is the next part hayyu..??
    anekka pendrive gellunytha ???

  29. kiya says:
    April 5, 2017 at 10:39 pm

    Hayyu r u ok? Story las vanny Keevve? Pls avas kohdheeba

  30. Sss says:
    April 6, 2017 at 8:33 am

    Hayyyyyyyyuuuuuuuuuuuu

  31. Nappluuu says:
    April 6, 2017 at 11:54 am

    Hayyyyyyyyuuuuuuuuuuuu….when is nrxt prt……plz avas kohdhybaaaaa. ..pendrive aaii hayyuuu aaii ehkoh the mifaharu gehluny…..

  32. Nappuu says:
    April 6, 2017 at 11:55 am

    Hayyyyyyyyuuuuuuuuuuuu….when is nrxt prt……plz avas kohdhybaaaaa. ..pendrive aaii hayyuuu aaii ehkoh the mifaharu gehluny…..

  33. Aisha says:
    April 6, 2017 at 4:54 pm

    Vaahaka ehkoh nuliyey iruvess mivaru vane

  34. أخت عبدالله says:
    April 6, 2017 at 8:24 pm

    Waiting next …. haadha lahey updat vaan

  35. hhhh says:
    May 20, 2017 at 11:16 am

    Alhey haadha goahey dho e anhen meeha
    Poor Aisha

  36. mal-mal says:
    August 31, 2017 at 8:46 pm

    pis pis pis, mi Habeeba ah adhi varu gadha ladeh libeyne!!!!

Comments are closed.

All Right Reserved!