ތެޅެމުން ފޮޅެމުން ހިބާ ކޮޓަރިން ނިކުތެވެ. ރޮމުން ރޮމުން ގޮސް ހަބީބާ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. ސިއްސައިގެން ގޮސް ހަބީބާއަށް ހޭލެވުނީ ހިބާގެ ރުއިމުގެ އަޑަށެވެ. ސާމީވެސް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ. ސާމީ ފެނުމާއެކު ހިބާ ސާމީ ގައިގާ ބައްދައިގަތެވެ. ” މަންމާ… ބައްޕާ އަހަރެން މަރުވަނީ.. އަހަރެން ސަލާމަތް ކުރޭ” ހިބާ ރޯމަހެއް ތެޅޭހެން ތެޅޭތަން ފެނި ހަބީބާއާއި ސާމީ ކަންބޮޑުވިއެވެ. އެކި ގޮތްގޮތުން ހިބާ ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވީ […]
ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ. ހަމަ އެއާއެކު އެ މަޤްޞަދަކީ ކޮބައިތޯ ވެސް އޭނަގެ ހިތަށްއެރިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް އަޒާން ގެއްލެން އުޅެނިކޮށް އޭނަގެ ކޮޓަރީގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ އަޒާނަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެއީ އައިމަންކަން ޔަޤީންވުމުންނެވެ. އައިމަން ދެވަނަ ފަހަރަށް […]
“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ […]
“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ […]
“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. […]
އެސްފިޔައިގެ މެމްބަރުންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން މެމްބަރުންނަށް ޕޮއިންޓްލިބޭ ނިޒާމެއް މިވަނީ ތަޢާރަފްކޮށްފައެވެ. މިސިސްޓަމްގެ ދަށުން ޕޮއިންޓް ލިބޭނީ އެސްފިޔަގައި ރެޖިސްޓަރ ކޮށްފައިވާ މެމްބަރުންނަށެވެ. ޕޮއިންޓް ލިބޭނީ ހަމައެކަނި ލޮގިންވެފައިވާނަމަ އެވެ. ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާ ޕޮއިންޓް ، އެ މެމްބަރެއްގެ ނަމާއި ދިމާލުން ފެންނަން ހުންނާނެއެވެ. މިގޮތުން މެމްބަރުން ހުށަހަޅާ ވާހަކަ ނުވަތަ ލިޔުންތަކާއި، ޙިޔާލު ފަދަ ތަކެއްޗަށް ބިނާކޮށް ތިރީގައިވާ އުސޫލުގެ މަތިން ޕޮއިންޓް ދެވިގެން ދެވިގެންދާނެއެވެ. މިޕޮއިންޓް ސިސްޓަމްގައި ހިމެނެނީ މައިގަނޑު […]
އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ. އެ ގަނޑުތައްވީ ސާފު ދިވެހި ލިޔުމަކުން ފުރިފައެވެ. އައިމަން ޙައިރާންކަންމަތީ އިނދެ ސީދާވެލަމުން އެ ލިޔުން ކިޔަންފެށިއެވެ. “ލޯބިވާ ވިސާމަށް…..އަހަރެން މި ސިޓީ މި ލިޔަނީ ވިސާމާއި ހަމައަށް މި ސިޓީ ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ވިސާމާއި ހަމައަށް މީތި ފޯރުން ﷲ ގެ އިރާދަފުޅުގައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެކަކުވެސް ނުވެއެވެ. މި ސިޓީ ކިޔަން ވިސާމް […]
ހ. ޝަރުތުތައް ޤަބޫލުކުރުން: 1. މި ވެބްސައިޓް ބޭނުން ކުރާނީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން، ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން މިވެބްސައިޓުގެ ދަށުން ނުވަތަ ވެބްސައިޓަށް ނިސްބަތްވާ ނުވަތަ ވެބްސައިޓު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކާއި ކަމެއް ހިމެނޭ ގޮތަށް، ވެބްސައިޓްގެ އެންމެހާ ކަންކަމާއި އެއްބަސްވެވޭނަމައެވެ. 2. “އެސްފިޔަ”ގެ ޤަވާއިދުތަކަށް އަންނަ އިސްލާހުތައް، ޚިދުމަތް ހޯއްދަވާފަރާތްތަކަށް، އަދި “އެސްފިޔަ” ބޭނުންކުރާފަރާތްތަކާއި ހިއްސާކުރަމުން ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ޤަވާއިދުތަކަށް (www.esfiya.com/rules) އަހުލުވެރިވުމަކީ “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ […]
އައިމަނަށް ފޮތުގެ ތެރެއިން އެ ސިޓީ ފެނިއްޖެނަމަ އޭނަ އެއާއިމެދު ކަމެއްނުކޮށް ނުހުންނާނެކަން ޔަޤީންކުރެވުނީތީވެއެވެ. ޝިޔާ ބަލަބަލާ ހުއްޓާ އައިމަން އެއްފަހަރު އެފޮތަށް އަނެއް ފަހަރު އޭނައަށް ބަލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ގޮސް އެތާ ބޭރުގައި ހުރި ސައިކަލަށް އަރައި ސްޓާޓްކޮށްލިއެވެ. ** ރެސްޓޯރެންޓްގެ ސައިކަލު އެތަނާ ޙަވާލުކޮށްފައި އައިމަން ފައިމަގުގައި ގެއަށް އައީވެސް ޝިޔާ ދިން ފޮތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ކަޅުކުލައިގެ މޮނީޓަރު ފޮތުގެ […]