މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ހައިފާގެ މިސްރާބު ހުރީ އޭނާގެ ގެއާ ދިމާލަށެވެ. އޭނާ ވިސްނަމުން އެދަނީ އޭނާގެ މަންމަ އަށް އެވާހަކަ ކިޔައިދޭނެ ގޮތަކާ މެދުގައެވެ. ޔަޤީނެވެ. މަންމަ އޭނާގެ ބަހަށް އިތުބާރު ކުރާނެއެވެ. އަޔާޒުގެ ފަރާތުން ލިބިފައިވާ އަނިޔާތައް އެންމެ ރަނގަޅަށް އިނގޭނެ މީހަކީ އޭނާގެ މަންމަ އެވެ. މަންމަގެ ފަރާތުން ލިބެންވާ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. “މަންމާ! މަންމާ!” ގެއަށް އައިސް ވަދެވުމާއެކު ހައިފާ […]
“ނޫން…. އަޅުގަނޑު ދޫކޮށްލާ.. ހެޔޮނުވާނެ.. އާދޭސްކޮށްފަ ބުނަން.” ހައިފާ އާދޭސް ކޮށް ރޮމުން ދިޔައެވެ. ހައިފާގެ ރުއިމުގެ އަޑާ އާދޭހުގެ އަޑު އަޔާޒަށް އިވޭހެނެއް ހިޔެއް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ހައިފާގެ ކިބައިން އުފާ ހާސިލް ވެވޭތޯއެވެ. “އައްދިޔޯއި………” ކުއްލިއަކަށް އަޔާޒު ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ހައިފާ އަވަހަށް ތެދުވެ ދުއްވައިގަތެވެ. ހައިފާއަށް ގެއާ ހަމައަށް އާދެވުނު އިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ހީވަނީ އެހެންފަދަ […]
ކުދި ފަނިފަކުސާގެ އަޑުން މުޅި މާޙައުލު ވަނީ ގުގުމާލާފައެވެ. ހައިފާ އާއި މަރިޔަނބު ރަށުގެ ބޮޑުމަގުން ހިނގަމުން އެދަނީ ދަންވުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. މިއީ މިހާރު އާދަވެގެން ކޮންމެ ރެއެއްގައިވެސް މިދެމައިން އުޅެން ޖެހޭ ޙާލެވެ. ހައިފާ ކްލާސްތައް ނެގުމަށްޓަކައި އަޔާޒު ގާތަށް ދާން ފެށިތާ މިހާރު މަސް ދުވަސް ވަނީ އެވެ. ކޮންމެ ރެއެއްގެވެސް ރޭގަނޑު ކެއުމަށްފަހު 9 ޖަހާއިރަށް ކްލާހަށް ދާން އޭނާ ތައްޔާރުވެއެވެ. އަޔާޒު ދިރިއުޅެމުން ދަނީ އިސްކޫލުގައި ހެޑްމާސްޓަރުން […]
މި ވާހަކަޔަކީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ. “މަންމާ!” ހައިފާ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ހައިފާގެ ލޯބިވާ ދަރިފުޅު އެވްލީންގެ އަޑުންނެވެ. ހައިފާ އަކީ ދިރިއުޅުމުގައި އެތައް ވޭނާ ހިތާމަ ތަކެއް އުފުލާފައިވާ އަންހެނެކެވެ. “މަންމާ! އަނެއްކާ މަންްމަ ވިސްނަނީ ދޯ؟” އެވްލީން ނިކަން ލޯބިން އައިސް އޭނާގެ މަންމަގެ ކަރުނަތައް ފޮހެލަދިނެވެ. “މަންމާ! ދެން އެކަންތަކާ ނުވިސްނަބަލަ. ޕްލީޒް. އެވް މިހިރީނު މަންމައާއެކު. އެވް ކަހަލަ ކްލައުން އެއް ހުއްޓަ މަންމަ […]