ކުމާރު ދިއްކޮށްލި ފަސްސަތޭކަ ރުފިޔާގެ ނޫޓް، ލައިގެން ހުރި ޖީންސްގެ ޖީބަށް ކޮށްޕާލަމުން ހައިފާ ދޮރު ހުޅުވައިލިއެވެ. އެއާއެކު ހުޅުވުނު ދޮރުން، ވެނެއް އޭގެ ހޮރަށް ދެމިގަންނަހެން ކުމާރު ބޭރަށް ދެމިގަތެވެ. ހައިފާ އަވަސް އަވަހަށް ދޮރުލެއްޕިއެވެ. އެރޭގެ ފަސްވަނަ މެހުމާނު އައުމުގެ ކުރިން ކުޑަކޮށް ރީތިވެލުމަށް އަލަމާރީގެ ދޮރުފަތުގައިި ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެއާއެކު … ހައިފާ ފެންކަޅި ވެއްޖެއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. ލޯގަނޑުން ފެންނަ އެރީތި ސޫރަ […]
ފުލުހުންގެ މަސައްކަތްތަކަށް ނުވަތަ ފުލުހުންނަށް ތަޢުރީފުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަމައެހެންމެ އެބޭކަލުންގެ މަސައްކަތަށް ތާއިދެއްވެސް ނުކުރަމެވެ. އަދި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެމެން އަތުލައިގަތުމަށް ރޫބީ ކުރިމަސައްކަތް މޮޅުކަން ގަބޫލުކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރެވުނެވެ. ފުލުހުންގެ ބެލުމުގެދަށުން ތަމްރީނު ލިބިގެން މޮޅު ރޭވުންތަކަކާއި އެކު އައިސް އަހަރެމެންނާއި ކުރިމަތިލީ ރޫބީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އަހަރެން ގަބޫލުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަމަކީ އޭނާގެ ވިސްނުންތެރި ކަމާއި ރޭވުންތެރިކަމެވެ. އޭނާގެސިކުނޑި މަސައްކަތް ކުރާލެއް […]
އިޝާން ދުވެފައި ގޮސް މީހުންތައް ފަޅާލާފައި އެތެރެއަށްވަނެވެ. އޭރު ސައިކަލު ދަށުވެފައި އޮތް ސޮރުވެސް ތެދުވެއްޖެއެވެ. ނިޝްވާ އޮތީ ބަންޑުންނެވެ. އިޝާން ދެކަކޫ ޖަހާ ނިޝްވާ ތެދުކޮށްލިއެވެ. ނިޝްވާގެ އެއްވެސް ހަރަކާތެއް ނެތްއިރު ނިތްކުރިމަތިން ވަނީ ފަޅާގެން ގޮސްފައެވެ. އަދި އަތުގައި ހަންމެށިފައި ހުރި ތަންތަން ހުއްޓެވެ. ބަލާބެލުމަށް އިތުރު ގެއްލުމެއް ލިބިފައެއް ނެތެވެ. ހީވާގޮތުން ނިޝްވާ ގައިގަ ޖެހުމުގެ ކުރިން އެމީހަކު ވަނީ ސައިކަލު ބުރަކި ޖައްސާ ސައިކަލު އަނބުރާލަން މަސައްކަތް ކޮށްފައެވެ. މާބޮޑު ގެއްލުމެއް […]
އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އައްސަލާމް ޢަލައިކުމް އެސްފިޔައިގެ މެސެޖު ކުރުމުގެ ސިފައަށް ލިބުނު ގަޔާވާ ޝުޢޫރުތަކަށް އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ޝުކުރު އަދާކުރަމެވެ. މެސެޖު ކުރުމުގެ ސިފަ ތަޢާރަފް ކުރުމާއި އެކު ވަރަށް ގިނަ މެމްބަރުން “ޗެޓް” ކުރުމުގެ ސިފަ ހިމެނުމަށް ޚިޔާލު ފޮނުވިއެވެ. އެޚިޔާލުތަކާއި އެއްގޮތަށް 4 ޖޫން 2013 އިން ފެށިގެން “ޗެޓް” ކުރުމުގެ ސިފަ “އަނގަތެޅުން ” މިނަމުގައި ހިމެނިގެންދާނެއެވެ. ދިވެހިންގެ ކާބަފައިން އަނގަތަޅާ އުޅޭ މަޝްހޫރު ތަނަކީ ހޮޅުއަށިގައި ކަމުގައިވާތީ […]
ޢައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ އާދެ މިވާހަކަ އަކީ އަޅުގަނޑުގެ ފުރަތަވާހަކަ. މިވާހަކަގެ އަލީގައި އަޅުގަނޑު އަލަށްމިފަށައިގަންނަ މިމަސައްކަތަކީ ތިޔަ އެންމެ ކިޔުންތެރިންނަށް ރީތި ވާހަކަތަކެއް ގެނެސް ދިނުމުގެ މަޤުޞަދުގައި ފަށައިގަންނަ މަސައްކަތެއް. ވުމާއެކު އަޅުގަނޑަށް ތިޔަ އެންމެ ކިޔުންތެރިންގެ އެއްބާރު ލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދުގައި އަޅުގަނޑުގެ ފުރަތަމަ ވާހަކައިގެ ފުރަތަމަ ބައި ތިޔަކިޔުންތެރިންނާއި ހަމައަށް ގެނެސް ދެން: މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްލިޔެވިފައިވާ ވާހަކައެއް. ނަމަވެސް މިވާހަކައިގާ ހިމެނޭ ނަންތަކާއި ތަންތަންކީ އަސްލު […]
ރަސްކަލަކަށް ވަރަށް ރީތި އަންހެން ދަރިޔަކު ލިބިގެންވިއެވެ. މިއަންހެން ކުއްޖާ އެއްފަހަރަކު އޭނާގެ ބައްޕަމެންނާއި އެކީ ޝިކާރަކުރަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިއްޖެއެވެ. ދެން މިއަންހެން ކުއްޖާ ހިނގަމުން ހިނގަމުން ދަނިކޮށް ފެނުނީ ވަރަށް ނިކަމެތި ޖިފުޓިގަނޑެކެވެ. އެތަނުގެ އެތެރެ ބަލާލިއިރު ވަރަށް ޒުވާން، ފިރިހެން ކުއްޖަކު ނަމާދު ކުރަން ހުއްޓެވެ. ޒުވާނާ ގެ ނަމާދު ނިމެންދެން އަންހެން ކުއްޖާ އެތަނުގައި މަޑުކުރިއެވެ. އެ ޒުވާނާއަށް އެއީ ގެއްލިފައިވާ ކުއްޖެއްކަން އެނގުމުން ކާނެ އެއްޗެހީގެ އިތުރަށް، ނިދުމަށްޓަކައި […]
އަރީކާ ފޯން ހިފައިގެން ނިކުތްއިރު އޭނާގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެނެއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީތީއެވެ. އޭނާ ކޮޓަރިން ދަމުން ފޯން ބާއްވާފައި ދިޔައީ ގަސްތުގައެވެ. ނަޢުމާ ފޯނުން ދެއްކި ހުރިހާ ވާހަކަތަކެއް މިހާރު ހުންނާނީ އެ ފޯނަށް ރެކޯޑް ވެފައެވެ. އޭނާގެ ބޭނުމަކީ ރިކޯޑްކުރި ވާހަކަތައް ނިޝްވާއަށް އިއްވުމެވެ. އޭރުން ނިޝްވާއަށް ޖެހޭނީ އޭނަ ދައްކާ ވާހަކަތައް ޤަބޫލްކުރާށެވެ. އަރީކާ ކޮޓަރިން ނިކުމެ ފުރަތަމަވެސް ބެލީ ނިޝްވާ އުޅޭތޯއެވެ. […]
އަހަރެން ހުރީ އަހަރެންގެ ގާތް ރަހުމަތްތެރިޔާ ހަމްދު އާއި އެކު ފެން ކޫލަރު ކައިރީގައި ފެންބޯށެވެ، އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. އެއީ ފިޒިކްސް ޓިޗަރުގެ އަޑެވެ. ‘ހަވަރ ޔޫ ފަޒީން’ ފިޒިކްސް ޓިޗަރ އެހިއެވެ. ގިނަ ދުވަސް ތަކަކަށް ފަހު ފެނުމުން އަހާލަން ބޭނުންވީ ކަންނޭގެއެވެ. ‘ހަވަރ ޔޫ’ ދަމާލައިފައި ފިޒިކްސް ޓިޗަރ ސުވާލު ތަކުރާތު ކުރިއެވެ. އަހަރެން ހަގީގަތުގައިވެސް އެއްޗެކޭ ބުނަން ބޭނުން ނުވީއެވެ. ނަމަވެސް ތަކުރާރު ކުރުމުން ޖަވާބު ދިނިމަށް މަޖުބޫރު ވީއެވެ. […]
އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، ގައިބާރު ދެރަވެ މުސްކުޅިވެފައިވާ އަންހެނަކު ފުންވިސްނުމަކަށް ގެއްލިފައި، އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީން ފެންނަމުން ދަނީ މާޔޫސްކަމާއި ނާއުންމީދެވެ. އުފަންވީ ބިމުން ބޭރުކޮށްލެވި، ނުވެސް ދަންނަ ބައެއްގެ ތެރޭގައި، އެހެންތަނެއްގައި އުޅެން ޖެހުމަކީ ހާދަ ވޭނެއް އަޅާނެކަމެކެވެ. ހާއްސަކޮށް މުސްކުޅިވެ ގައިބާރުދެރަވެ، އަދުތޯ މާދަންތޯ ވުމުން އެ ކުއުޅުނު ރަހުމަތްތެރިންނާއި، އާއިލާކަމަށް ދެކިގެން އުޅުނު މީހުން ދޫކޮށްފައި އައިސް މުސްކުޅިން ބަލަހައްޓާ ގުރައިދޫގައި އެކަނި ހުންނަން ޖެހުމަކީ ހާދަބޮޑު އަނިޔާއެކެވެ. […]