ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ޒީކަށް ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް […]
“އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ… އަހަރެން ހިނގާލާފަ ހިނގައިދާނަން….” އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ވީ ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮން ވާހަކައެއް ބާއޭ ހިތައް އަރުވަމުންނެވެ. އާޓިފިޝަލް ބީޗް ކައިރިން އައިސް މަޖީދީ މަގު ހުރަސް ކުރުމަށް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. […]
ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ […]
“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ. މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… 🙂 } ޒީކް: {ވެލްކަމް…. 🙂 } މަޒީން: {ހެއި…. 🙁 […]
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާއި ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ. ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް […]
ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތް ޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ. ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް […]
“އައި. ލަވް.ޔޫ ސޯ މަޗް އަނޫޝް.. ބަލާބަ އެއޮތީ ރަށެއް” ތެދެކެވެ. ލޮލުކަޅަށް ފެންނަ ހިސާބުން ރަށެއްގެ މަލަމަތި ފެންނަންހުއްޓެވެ. ނަސީބު ރަނގަޅުކަމުން އޮއި ހުރިގޮތުން މާ ގިނަ އިރު ނުވެ އެރަށާއި ހަމައަށް ދެވިއްޖެއެވެ. ހިކިފަސްތާކު ފައި ޖެހުމުން ﷲ އަށް ހަމްދުކޮށް ގޮނޑުދޮށުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އެހެން ތިއްބާ ދެމީހުނަށްވެސް ނިދިޖެހނީ ކޮން އިރަކު ކަމެއް ނޭނގުނެވެ. އަނޫޝްއަށް ހޭލެވުނީ ކަރު ހިތްކައިގަނެގެނެވެ. ދެއަތަކަށް ފުރޮޅިލިތަނުން ގައިދަށުގައި ކަށި އެއްޗެއްހުރިކަމުގެ އިހްސާސްވުމުން އޮވެވުނުތަން […]
ގެއެއްގެ އަލަމާރިއެއްގެ އެންމެ އަޑީގައި އަހަރެންގެ ޢުމުރުގެ ދުވަސްތައް ގުނަމުން ގެންދާތާ އަހަރެއްގެ ދެބައިކުޅަ އެއްބައި ވެއަތުވެ ހިނގައްޖެ އެވެ.ކަނު އަނދިރިކަމާއި، ހޫނުކަން ފިޔަވައި އެހެން އެއްޗެއް ތަޖުރިބާއެއް ނުކުރެވެ އެވެ. އަހަރެން އޮތީ ފޫހިވެގެންގޮސް ހަލާކުވާވަރުވެފަ އެވެ. އަހަންނަކީ ދުނިޔޭގައި ދިރިހުރި ފުރާނައެއްކަމެއް އެކަކުވެސް ނުދެނަހުއްޓެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެންގެ ޢުމުރުން މިވީހައި މުއްދަތުގެ ތެރޭގައި އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސާލި މީހަކު ހަނދާނެއް ނެތެވެ. އަހަރެން ގޭގައި ބާއްވާފައި އޮންނަނީ ކީއްވެކަމެއް ޚުދު […]
އަނޫޝް ކުރިއަށް ގޮސް ގޮސް ހުއްޓާ ނެގި ބޮޑު ރާޅަކާއިއެކު މުޅި ޔޮޓުގެ ޑެކްތެރެއަށް ފެން ވައްދާލިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ، އަނޫޝް އަރިއަޅާލައިގެން ގޮސް ވެއްޓެމުން ދަނިކޮށް ޑެކްގައި ހަރުކޮށްފައި އިން ގޮނޑިއެއްގައި ހިފާއްޓާލާ ފައިހާ ކޮބާތޯ ބަލާލިއިރު ފެންނާކަންނެތެވެ. އަނޫޝްގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަފަދައެވެ. “ފައިހާ” އަނޫޝް އަށް ބާރަށް ރޮއި ގަނެވުނެވެ. ޔޮޓަށް ބިންދަމުން ދިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ މުޅި މީހާ ތެމި ފޯވެފައިވާ ހާލު، ޖެހެމުން ދިޔަ […]