އޮޔާ (2)
އަނޫޝް ކުރިއަށް ގޮސް ގޮސް ހުއްޓާ ނެގި ބޮޑު ރާޅަކާއިއެކު މުޅި ޔޮޓުގެ ޑެކްތެރެއަށް ފެން ވައްދާލިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ، އަނޫޝް އަރިއަޅާލައިގެން ގޮސް ވެއްޓެމުން ދަނިކޮށް ޑެކްގައި ހަރުކޮށްފައި އިން ގޮނޑިއެއްގައި ހިފާއްޓާލާ ފައިހާ ކޮބާތޯ ބަލާލިއިރު ފެންނާކަންނެތެވެ. އަނޫޝްގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަފަދައެވެ.
“ފައިހާ” އަނޫޝް އަށް ބާރަށް ރޮއި ގަނެވުނެވެ.
ޔޮޓަށް ބިންދަމުން ދިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ މުޅި މީހާ ތެމި ފޯވެފައިވާ ހާލު، ޖެހެމުން ދިޔަ ވަޔާ ހަނގުރާމަކުރަމުން އަނޫޝް މަސައްކަތްކުރަމުން ދިޔައީ ފައިހާ އެންމެ ފަހުން ހުއްޓިހުރި ތަނަށް ދެވޭތޯއެވެ. އެހިސާބަށް ދެވުމުން ރެއިލިންގ ގަނޑުގައި ބާރަށް ހިފާއްޓާލައިގެން ހުރެ ބިޔަ ރާޅުތަކާއި ދިމާލަށް ބަލަން ފެށިއެވެ. ފައިހާ ފެނޭތޯއެވެ. ވަށައިގެން ހޯދަމުން ދަނިކޮށް އަނޫޝްގެ ލޮލުގައި އަޅައިގަތީ ރީނދޫކުލައިގެ އެއްޗެކެވެ. ފައިހާ ލައިގެން ހުރީ ރީނދޫކުލައިގެ ޓީޝާޓެކެވެ.
އަނދިރިކަމުގެ ތެރެއަށް ރަނގަޅަށް ލޯ ހޭނުމުން އެއީ ފައިހާކަން އެނގުނެވެ. އެކަމަކު ފައިހާ އޮތީ ބަންޑުންކަން އެނގުމުން އަނޫޝް ހާސްވިއެވެ. ޔޮޓުގައި ތިބި މީހުންގެ އެހީއަށް އެދެން ދާން އުޅެފައިވެސް ބިޔަ ރާޅުތަކުގެ ތެރެއަށް ފައިހާ ގެއްލިދާނެތީ އެތަނުން ނުގޮސް ދެން ކަންތައް ކުރަންވީ ގޮތަކާއި ދޭތެރޭ އަނޫޝް ވިސްނާލިއެވެ. މީހަކަށް ގޮވިއަސް އަޑު ނީވެނޭކަން ޔަގީނެވެ.
އަނޫޝް ދެވަނަ ފަހަރަށް ބަލާލިއިރު ފައިހާގެ ހަރަކާތެއްނެތް ހަށިގަނޑު ގަދަ ކޮޅިގަނޑުގައި ޖެހިގެން ޔޮޓާއި ދުރަށް ދާތަން ފެނުނެވެ. ރެއިލިންގ ގަނޑުގެ ތަންކޮޅެއް ދުރުގައި ހަރުކޮށްފައި އިން ލައިފް ރިންގ އެއް ފެނުމުން ވަރަށް މަސައްކަތުން އެހިސާބަށް ގޮސް އެ ނަގާ ފައިހާއާ ދިމާލަށް އެއްލިއެއްކަމަކު އޭތި ގޮސް ޖެހުނީ މާދުރުގައެވެ. އެވަގުތު ހަދާންވީ ޑެކްމަތީ ހުންނަ ލޮކަރެއްގައި ލައިފްޖެކެޓްތަކެއް ހުންނާނެކަމެވެ. އަވަހަށް ގޮސް ދެ ލައިފް ޖެކެޓް ނަގާ އެކަތި އަޅާލުމަށްފަހު އަނެކަތި އަތުތެރައަށް ލައްވާލީމެވެ.
އަނޫޝް އަރައިގެން ހުރި ބޫޓު ބޭލުމަށްފަހު ރެއިލިންގަޑު މައްޗަށްއަރާ މޫދަށް ފުންމާލިއެވެ. ލައިފްޖެކެޓް އޭގެ ވާޖިބްއަދާކުރަމުން ދިޔަސް ކަނޑުގަދަކަމުންނާއި ވެހެމުންދާ ވާރޭގެ ސަބަބުން ތަންތަން ފެންނަނީ ވަރަށް ނުސާފުކޮށެވެ. ފައިހާ އޮތް ހިސާބު ބަލާލިއިރު އަނޫޝްއާއި ވަރަށް ދުރުން އެ ރީނދޫކުލައިގެ ޓީޝާޓް ފެންނަން އޮތެވެ. އޮއިވަރު ހުރިގޮތުން ގިނައިރު ވާވަރަކަށް ފައިހާ ދުރަށް ގެންދާނެތީ ގައިގާ ހުރި ހިތްވަރެއްލާފައި ފައިހާއާއި ދިމާލަށް އަނޫޝް ފަތަންފެށިއެވެ.
އިރުކޮޅެއްވީއިރު އަތުގައި އަޅުވާފައިވާ ލައިފްޖެކެޓް އިނުމުން އުނދަގޫވާތީ އޭތި ނަގާ ދުރަށް އެއްލާލިއެވެ. އަނޫޝް ދިޔައީ އޭނާ ގައިގާ ހުރި ބާރެއްލާފައި ފަތަމުންނެވެ. އޮއިވަރާ އެއްކޮށް ފަތަމުން ދިޔަކަމުގައި ވިޔަސް ކުރިޔަށް ދެވޭހެނެއް ހިއެއް ނުވެއެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އުނޫޝް ފަތަމުން ދިޔައީ އެއްމެ އުއްމީދެއްގައެވެ. އޭނާގެ ލޯބިވާ ފައިހާ ސަލާމަތްކުރުމަށްޓަކައެވެ. ވަރުބަލިވީ ވަރަކަށް އުނޫޝްއަށް ލޮނު ވެސް ބޮވެމުން ދިޔައެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި ފައިހާ ލޮލު ކޮޅުން ނުގެއްލޭ ވަރަށް ފަތަމުން ދިޔައެވެ.
މިފަހަރު ނަސީބު ހުރީ އުނޫޝްއާއި އެއްކޮޅަށް ކަންނޭގެއެވެ، ނެގި ބިޔަ ރާޅެއްގެ އެހީގައި އުނޫޝްގޮސް ފައިހާ ކާރިއަށް ފާޑަކަށް ލަށްވިއެވެ. އަވަސް އަވަހަށް ފައިހާގެ ހަށިގަނޑުގައި ހިފާއްޓާލިއިރު އެއްވެސް ކަހަލަ ދިރުމެއް ނެތްފަދައެވެ. ފައިހާގެ ހޭވެރިކަން ހުރިތޯ ބަލަން އިސްތަށިގަނޑަށް ކުއްލިއެއް ޖެހިއެވެ. ގައިމުވެސް ހޭ ހުރިއްޔާ ރުޅިއަންނާނޭ ހިތައެވެ. އެކަމަކު ފައިހާގެ އަޑެއް ބޭރެން ނުވިއެވެ.
ފައިހާގެ އިސްތަށިގަނޑުގައި ހިފައިގެން އޭނާގެ ހަށިގަނޑު ލޮނުގަނޑު ތެރޭ ގެންދަން މަސައްކަތްކުރިއިރު އަނޫޝްއަށް ގިސްލެވެން ފެށިއެވެ. ފައިހާގެ އިސްތަށިގަނޑަކީ އަނޫޝް އަބަދުވެސް ކުޅެލަން ބޭނުންވާ އެއްޗަކަށް ވާތީއެވެ. ފައިހާ އިސްތަށިގަނޑު ދެކެ ލޯބިވާވަރުން އިސްތަށިގަނޑު ހާވާލާ ފައިހާ ރުޅިއަރުވާލުމަކީ އަނޫޝްގެ އާދައެކެވެ.
އަނޫޝްއަށް ހުރިހާ އުއްމީދެއް ގެއްލިފައި އޮވެގެން ފަތަމުން ދަނިކޮށް ފައިހާ ކުއްލިއަކަށް ކެއްސާލިއެވެ، ކޮށިއަރައިގެން އުޅޭ ފާޑަކަށެވެ. ﷲ އަށް ޝުކުރުކޮށްލާފައި އަނޫޝް އަވަސްވެގަތީ ވީހާވެސް ބޮޑަކަށް ފައިހާގެ އަނގައާއި ނޭފަތް ލޮނުގަނޑުން މައްޗަށް ހިއްލާލާފައި ބޭއްވޭތޯއެވެ. އަނެއްކާވެސް ފައިހާ ކެއްސާލިއެވެ. އަދި ފައިހާ ނޭވާލަމުންދާކަން އަނޫޝްއަށް އެނގުނެވެ. ކުއްލިއަކަށް ފައިހާ ކެއްސާލާފައި ހޮޑުލިއެވެ. މީހަކު ހޮޑުލައިގެން އަދި ދުވަހަކު ވެސް އަނޫޝް މިފަހަރު ނޫނިއްޔާ އުފަލެއް ނުވެއެވެ.
“އަނޫޝް” “އަނޫޝް” ފައިހާ ކުރެހިފައިވާ އަޑަކުން އަނޫޝްއަށް ގޮވާލިއެވެ.
“ލޯބީ ، އަހަރެން މިހިރީއޭ، ރަނގަޅަށް ނޭވާލާން މަސައްކަތްކުރޭ. އައި ވިލް ބީ ހިއަރ ފޮރ ޔޫ” އަނޫޝް ލޯބިން ބުނެލިއެވެ.
އަނޫޝް އަޅައިގެން ހުރި ލައިފް ޖެކެޓް ބޭލުމަށްފަހު ފައިހާގެ ގައިގާ ލައިފްޖެކެޓް އަޅުވައިދިނެވެ. ފައިހާއަށް އަމިއްލަ އަށް ފެންމަތީ އޮވެވެން ފެށުމުން އަނޫޝްއަށް ވަރުބަލިކަން އިހްސާސްވާން ފެށިއެވެ. އަދި ވެސް ކޮޅިގަނޑު މައިތިރިވާން އުޅޭހެނެއް ހިއެއް ނުވެއެވެ. އެކަމަކު އޭން އެއްވެސް ކަމަކަށް ވުރެ މުހިއްމުވީ ދެމީހުނަށް އެކުގައި ތިބެވުންކަމެވެ.
އަނޫޝް ފަރާތް ފަރާތަށް ބަލާލައިފާ ހޯދަމުން ދިޔައީ އޭނާ ކުރިން އެއްލާލި ލައިފް ރިންގް ފެންނަން އޮތްތޯއެވެ. އޭތީގައި ހިފައްޓާގެން ތިބެއްޖެޔާ ޔޮޓު ނުގެއްލޭނެތީއެވެ. ތޫފާން މައިތިރިވުމުން ޔޮޓުގައި ތިބި މީހުންނަށް އެމީހުން ސަލާމަތްކުރަން ފަސޭހަވާނެތީއެވެ.
“ފައި، އޯކޭތަ؟” އަނޫޝް އަހާލިއެވެ. ފައިހާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔަސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ވަރުބަލި ފިލުވާލައި އަވަހަށް ފަތަންފަށްން ޖެހޭނެ. އަހަރެން އޮންނާނެ ލައިފް ރިންގެއް އެއްލާފައި. އޭތި އަތުޖެހިއްޖެހާ ސަލާމާތްވާން ފަސޭހަވާނެ” އަނޫޝް ބުނެލިއެވެ.
ފައިހާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލައިފާ އުނޫޝްގެ ދުރުން ޔޮޓު އޮތްދިމާލަށް ބަލާލި ވަގުތު ފައިހާގެ މޫނުމައްޗަށް އެރި ކުލަވަރުން ކަމެއް ގޯސްވެއްޖެކަން އަނޫޝްއަށް އެނގުނެވެ.
މަޑުމަޑުން އަނޫޝް އެނބުރި ފައިހާ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލާލިއިރު ޔޮޓުއޮތީ ވަރަށްދުރުގަވެ.
“ފައިހާ ޓްރައި ކުރަން ހިނގާ.. އޮންލީ ޗޮއިސް ވީ ހޭވް” ޖެހެމުންދިޔަ ގަދަ ވައިގާ ދައްކާ ވާހަކަ އަޑު ނީވިދާނެތީ އަނޫޝް ވަރަށް ބާރަށް ފައިހާއަށް ގޮވާލައިފާ ބުންޏެވެ.
އަނެއްކާ ވެސް ފައިހާ ބޯ ޖަހާލިއެވެ. އަޑު ބޭރުނުވި ނަމަވެސް ފައިހާ ތުންތަޅުވާލައިފާ “އައި.ނޯ ” އޭ ބުނެލިއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
Nice…waiting 4 next part …
Thanks insha allah tday
V rythi masha allah?
Jazakallah khairan
V rythi…..waiting 4 next part….
Thanks insha allah tday upload kollanan
Nice. Bt miah vure dhigu kohleveynetha:)
sure