ޝިފާނާ އާތިކާ ކައިރީގައި ދޮގެއް ހަދާލާފައި ނުކުތީ ހަމީދުއާއި ބައްދަލުކުރަން ދާށެވެ. ޝިފާނާ ހަމީދުއާ ބައްދަލުކުރީ ގެސްޓު ހައުސް އަކުންނެވެ.އެއީ ހަމީދު އެދެމީހުންނަން ހާއްސަކޮންގެން ހިފާފައި ހުރި ކޮޓަރިއެކެވެ. ޝިފާނާ އައިސް ވަތްތަން ފެނިފައި ހަމީދު ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލާފައި އައިސް ޝިފާނާގެ ގައިގައި ހިފާ ގެނެސް އެނދު މައްޗަށް ވައްޓާލިއެވެ. ޝަހުވާނީ އެދުމުން ފޯވެފައިތިބެ ދެމީހުން މަޖާ ނަގަމުން ދިޔަ އިރު ލަދާއި ބިރުގެ ކަންފުޅެއްވެސް ނުވެއެވެ. ޝިފާނާ ހެދުން ލައިގެންއައިސް ބެއްޔާއާއި […]
ތެޅިތެޅި އޮތް ހިތަކާއެކު އާތިކާގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސާޔާ އެނދުމަތީގައި ނިދާލާފައި އޮތެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީދެނެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުތްތަނުން ޝިފާނާވެސް އަންނަތަން ފެނުނެވެ. ޝިފާނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އާތިކާ ސުވާލުކުރުމުން ކަމެއް ނުވެއޭ ކިޔާފައި މައުޟޫ ބަދަލުކޮށްލިއެވެ. ޝިފާނާގެ މަންމަ މުހުސިނާ ނިޔާވީ ކުއްލިއަކަށެވެ. އޭނާއަށް އެވާ އުނދަގޫތަކުގެ އިތުރަށް އެހެން ބައްޔެއް ނުވެއެވެ. އެދަނޑިވަޅުގައި އެންމެ ބޮޑަށް ޝިފާނާއަށް އަޅައިލާ ހިތްވަރު ދިނީ […]
ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ބޯޅައެއް ހިފައިގެން ދުވެދުވެފައި އުޅެއެވެ. އެކުއްޖާ އާއި ދެތިން ފޫޓެއް ދުރުގައި އެކުއްޖާގެ މައިންބަފައިން އިށީދެލައިގެން ތިއްބެވެ. އަންހެން ކުއްޖާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ކުޅެން އުޅެމުންވެސް ދުރުގައިތިބި މަންމައާއި ބައްޕައަށް ބަލައިލަނީ މައުސޫމް ގޮތަކަށެވެ. ދަރިފުޅު ހީލާ ކޮންމެ ފަހަރަކު އެދެމީހުންގެ ހިތްފުރިގެންދެއެވެ. އަސްލަމްއާއި އާތިކާ ކައިވެނިކުރީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށްފަހުގައެވެ. ދެމީހުންގެ އާއިލާގެވެސް ރުހުމުގައި ކައިވެނި ކުރެވުނު ނަމަވެސް ކައިވެންޏަށްފަހު އަސްލަމް […]
ހަޤީޤީ ހާދިސާ އެދުވަހު އަހަރެން ޔުނިވަރސިޓީގެ ފާހާނާ ތެރެއަށް ވަނީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް، ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަހަރެންނާ އެއްކޮށް ކިޔަވާ މާޒިން ނަމަކަށް ކިޔާ ސާޅީހަކަށް އަހަރުގެ ފިރިހެނެއް ފާހަނާ ތެރެއަށް ވެއްޓިގެން އެތަނަށް ބައިވަރު މީހުން ޖަމާވެފައި ތިއްބެވެ. “ކިހިނެއްތަވީ؟” އަހަރެން އެމީހުން ގާތު އެހީމެވެ. ” އޭނަ ނޭވައެއް ނުލާ. މުޅި ގައި ފިނިވެފަ. ހީވަނީ ދިރުމެއް ނެތް ހެން. ވަރަށް ނުބައިވަސް […]
މުޅި ކޮޓަރިތެރޭގައި ވަނީ އުދާސްކަމެވެ. ހަށިގަނޑު ތޮރުފާފަދަ ހޫނުކަމެކެވެ. ހަތަރުފަރާތުގައިވާ ފާރުން އާވި އަރާފަދައެވެ. ފަންކާ ނިއްވާލައިފާ ވުމުން މުޅި ކޮޓަރިތެރޭގައިވެސް ވަނީ ފޫހިކުރުވާފަދަ ހަމަހިމޭންކަމެވެ. ފަންކާގައި އެލުވާފައިވާ ދަންމަޅި ދެކޮޅަށް ހޫރިލަ ހޫރިލަ އިނެވެ. ހައިޝަމް ގޮނޑިއަކަށް އެރުމަށްފަހު އެ މަޅިއަށް ބަލަހައްޓައިގެން ހުރީއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރުފެންނަމުން ދިޔައެވެ. މޫނުމަތި ވަނީ މިލާފައެވެ. އޭނާ މަޑުމަޑުން އެ މަޅި ކަރަށް މަހާލިއެވެ. ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އެވަގުތު އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް […]
އަހަރެން ހަނދާން ހުންނަން ފެށީއްސުރެންވެސް އަހަރެންނަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހަކީމެވެ. އާއިލާގައި ތިބި ހުރިހާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް ވުމުން އަހަރެން ބޮޑުވަމުން އައީ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ މެންނާއި ބޭބެމެންގެ ވެސް ފުރިހަމަ ލޯތްބާއި ހިމާޔަތް ލިބިގެންނެވެ. މިހެންކަމުން އަހަރެންގެ ސްކޫލް ދައުރު ފެށިގެން ދިޔައީވެސް ކާމިޔާބުކަމާއި އެކުގައެވެ. ކޮންމެ އަހަރެއްވެސް ނިންމާލަނީ ކުލާހުން އެއްވަނަ ހޯދައިގެންނެވެ. ކިޔެވުމުގެ އިތުރުން އެހެން ކަންކަމުގައިވެސް އަހަރެން ދިޔައީ މަންމަމެން […]
“ނުހާ، ނޫރާ” އަހަރެމެންގެ ކަންފަތުގަ ޖެހުނީ ބޭބެ ގެ އޯގާތެރި އަޑެވެ. “އާދޭ ކުރުނބާ ބޯން.” ބޭބެ ބުނެލި އަޑު އިވުނެވެ. ކުޅުން ހުއްޓާލުމަށް ފަހު އަހަރުމެން ދުއްވައިގަތީ ބޭބެ ކައިރިއަށެވެ. އޭރު މަންމަ ވެސް ބަދިގޭގަ އުޅުނެވެ. އަހަރެމެންގެ އާއިލާ އަކީ ކުޑަ ކުޑަ މެދު ފަންތީގެ އާއިލާ އެކެވެ. ފަނުން ހަދާފައި ވާ ކުޑަ ކުޑަ ގޭގަ އަހަރުމެންގެ ކުޑަ ކުޑަ އާއިލާ އުޅެމުން އައީ ވަރަށް ވެސް އުފަލުގަ އެވެ. އެއީ އަހަރެންގެ […]
ސައިބަރ ބުލީންގް ނުވަތަ އޮންލައިން ބުލީންގް އަކީ އަދުގެ މުޖުތަމައުގައި ވަރަށް އާންމުކޮށް އަޑުއިވެމުންދާ ބަހެކެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ އިލެކްޓްރޯނިކް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ފޯނު، ކޮމްޕިއުޓަރު ، ލެޕްޓޮޕް އަދި ޓެބްލެޓުތައް އަދި މިނޫންވެސް ތަކެތި ބޭނުންކޮށްގެން މެސެޖު،ޗެޓު،ފޮޓޯ،ވީޑިއޯ ފޮނުވުމުން ކުރާ ބުލީ ނުވަތަ ހަނގާއެވެ. މިފަދަ ބުލީތަކުގެ މިސާލުތަކުގެ ތެރޭގައި އެފޮނުވޭ ފަރާތް ނުރުހޭފަދަ މެސެޖުތަކާއި ވީޑިއޯ،ފޮޓޯ ހިމެނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ނުހިނގާ ކަމެއްގެ އަޑުފެތުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. […]
މިއަދު އަހަރެން ފަޚުރުވެރިވަމެވެ. ޓީވީއިން އަހަރެންގެ ދަރިފުޅުފެންނަމުންދިޔައިރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. ލޮލުން އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭނާ ދިޔައީ ރާއްޖޭގެ އެއްވަނައަށެވެ. އަދި އިތުރު ދެ މާއްދާއަކުން 100% މާރކްސް ހޯދައި ދުނިޔޭގެ އެއްވަނަވެސް އަހަރެންގެ ދަރިފުޅު ހޯދިއެވެ. އެއީ އަހަރެން ބަނޑުއަޅަ ވިހޭ ދަރިފުޅެވެ. އަހަރެން ފަޚުރުވެރިނުވާންވީ ސަބަބެއް ކޮބައިހެއްޔެވެ؟ ނަމަވެސް އަހަންނަށް މި އިހުސާސްވަމުންދާ ފަޚުރުވެރިކަމަކީ އަހަންނަށް ހަމަ ހައްގުއެއްޗެއް ބާއެވެ؟ […]