Skip to content
އެސްފިޔަ

ައަހަރެންގެ އިޙްޞާޞްތަކަކީ…….

ގެއެއްގެ އަލަމާރިއެއްގެ އެންމެ އަޑީގައި އަހަރެންގެ ޢުމުރުގެ ދުވަސްތައް ގުނަމުން ގެންދާތާ އަހަރެއްގެ ދެބައިކުޅަ އެއްބައި ވެއަތުވެ ހިނގައްޖެ އެވެ.ކަނު އަނދިރިކަމާއި، ހޫނުކަން ފިޔަވައި އެހެން އެއްޗެއް ތަޖުރިބާއެއް ނުކުރެވެ އެވެ. އަހަރެން އޮތީ ފޫހިވެގެންގޮސް ހަލާކުވާވަރުވެފަ އެވެ. އަހަންނަކީ ދުނިޔޭގައި ދިރިހުރި ފުރާނައެއްކަމެއް އެކަކުވެސް ނުދެނަހުއްޓެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެންގެ ޢުމުރުން މިވީހައި މުއްދަތުގެ ތެރޭގައި އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސާލި މީހަކު ހަނދާނެއް ނެތެވެ. އަހަރެން ގޭގައި ބާއްވާފައި އޮންނަނީ ކީއްވެކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެ އެވެ. ސަބަބަކީ އަހަންނަށް އިނގޭ ގޮތުގައި ބޭނުން ނުކުރާ އެއްޗެހި ހުންނަނީ ގޮނޑުގައި ކަމަށްވާތީ އެވެ.

 

ދެންއައީ އެދުވަހެވެ. އަހަރެން ހުރީ ވާނުވާގަ އެވެ. ފަސް ވަޤުތު އަހަރެންގެ ބޭނުން ޖެހެންފެށި އެވެ. އަހަރެންގެ ގައިގައިވި ހިރަފުސްތައް ފޮޅައި ސާފުކުރަމުން ދިޔައިރު އެތައް ދުވަހަކަށްފަހު ސާފު ވައިރޯޅިއެއްވެސް ލިބިއްޖެ އެވެ. ވީގޮތް އަހަންނަށް އެނގެންފެށީ ދެނެވެ. މިއީ މާތްވެގެންވާ ރަމަޟާން މަހެވެ. ފަސް ވަޤުތު އަހަރެންގެ ބޭނުން ޖެހެއެވެ. ރޭއަޅުކަމަށް އެތަށް ދަމެއްވަންދެން އަހަންނާއިއެކު މީހުން ވަޤުތު ހޭދަކުރެ އެވެ. އަހަންނަށް ހީވީ ދެޢީދު ލައިގަތްހެންނެވެ. ދުވަހަކުވެސް ހިތްހަމަ ނުޖެހޭ ވަރަށް ހިތްހަމަ ޖެހިއްޖެ އެވެ. ނަމަވެސް އަހަންނަށް ނޭނގުނު ކަމަކީ މިއުފާވެރި ކަމަކީ އަވާމެންދުރެއް ކަމެވެ. ފެންކައްކާ ބޮއްޔަކަށްވުރެ އަހަރެންގެ މަޤާމް ދަށްކަން އެނގުނީ ރަމަޟާން މަސް ފާއިތުވެ ދިޔުމުންނެވެ. އަނެއްކާވެސް ކުރީގެ ޙާލަތަށް އަހަރެން ރުޖޫޢަވެއްޖެ އެވެ. ކުރީގެ އެކަނިވެރިކަން ތަކުރާރު ވެއްޖެ އެވެ.

 

އަނެއްކާވެސް އިންތިޒާރުގެ ދުވަސްތައް ގުނަން ޖެހުނީ އެވެ. އަހަރެން އެންމެ ބޭނުންވަނީ ރަމަޟާން މަސް ބައްދަލު ކުރުމެވެ. އަހަރެން ދުނިޔޭގައި ހުރިކަން އިޙުޞާޞް ކޮށްދެނީ އެމަހެވެ. ނޫނީ އެމީހުން އެހެން މަސްމަހުގައި އަހަރެން ދިރި ހުއްޓަސް މަރުވެއްޖެ ކަމަށް ހީކުރަނީ އެވެ. މިއީ އަހަރެންގެ އިޙްޞާޞްތަކެވެ. އަހަންނަކީ މުޞައްލައެކެވެ.

Comments (20)

  1. Ryn

    woww.. vrh emotional vi aslu.. evn i felt hw it will actually fyl if it ws alive.. cx u write it so perfectly i luv it 🙂 gd job

    1. Faxoo
      Ryn

      thankyou Ryn. I will try to improve my sentence structure better. and BTW, your stories are one of my favourites too 😉

  2. sheynn

    Myge font change kohbala…nueh kiye

  3. Kitty

    V nice masha allah ? at first I thought it was a mushaf

    1. aika
      Kitty

      Me 2

    2. Faxoo
      Kitty

      ehehe.. ehentha. so close ??
      and thanks for reading

  4. Crazi

    Yah i also was thinking abt mushaf

  5. mohamed

    thanks for the idea for a autobiography…it is very nice

  6. mohamed

    thanks for the idea for a autobiography… quite helpful

    1. Faxoo
      mohamed

      you are welcome, Mohamed 🙂 Autobiography eh mee. dhen vaahaka akaa vattharu gotheh vx hunnaane meega. ei sifa kurumuge bayaa ihsaas thah kiyaadheythy. I am happy to hear that it helped you ?

  7. adhysham

    Masha v nice ??

  8. Liyuntheriya

    “…ކުށް ގޮތް ” ސަބަބަކީ އަހަންނަށް އިނގޭގޮތުގައި…” ރަނގަޅު ގޮތް “… އަހަންނަށް އެނގޭ ގޮތުގައި
    ފަޒޫއަށް ލިޔުންތެރިކަމުގައި ކުރިއެރުމާއި ކާމިޔާބު އެދެން

    1. Faxoo
      Liyuntheriya

      thankyou for pointing out my mistakes and telling me the correct way. 🙂 it really inspires me 🙂

  9. mack

    V reethi..keep it up….thi kiyaidhiny hama kanthah vaa gothuge vaahaka……..

    1. Faxoo
      mack

      thank you, 🙂 yaa mee hama kanthah vaa goi ? 🙁

  10. ali

    Furaana huri ehchehtha musalla akee

    1. Anonymous
      ali

      kaleymen kiyaa “Autobiography” ekey mee.. ?

  11. Mairy

    Very nice Masha Allah

    1. Faxoo
      Mairy

      thankyuu Mairy ?

  12. Shafy

    Vvv lobi story eh masha allah??

Comments are closed.