ކޮއްކޮގެ ލޮލުގައިވާ ކަރުނަ އަހަރެންނަށް ފެނުނެވެ. ކޮއްކޮ ބޭރަށް ބަލަހައްޓައިގެން ހުރުމުން މަންމަވެސް ބޭރަށް ބަލާލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭރަށް ނިކުމެއްޖައީމެވެ. އަދި ބޮލުގައި އިން އަވި އައިނު އަޅައިގެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަހަރެން ސައިކަލުގައި މަޑުކޮއްލީ މިހާރު އަހަރެން ދިރިއުޅޭ ކޮޓަރި ހުންނަ ގެސްޓް ހައުސް ކައިރިއަށެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު ދެތިންނޭވާ ބޭރުކޮއްލީމެވެ. އަދި އައިނު ރަނގަޅު ކޮއްލަމުން ސައިކަލުން ފައިބާ ސައިކަލު ތަޅުދަނޑި އަބުރަމުން ގެސްޓް ހައުސް […]
ޑރ.ފިރްދައުސް އެޅުވި ވީޑިޔޯއަކީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ […]
“ކާކު ގަބޫލު ކުރާނީ އޭނަ އެކަހަލަ ކަމެއް ކުރާނެކަމަށް” އަހަރެންގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ. އެހެންމީހެއް ކީކުރަންހެއްޔެވެ. އަހަރެންނަށްވެސް އޭނަ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެން އޭނަ ނުލާހިކު ރަނގަޅަށް ދަންނަމެވެ. އޭނައަކީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހްމަތްތެރިއެކެވެ. އަހަރެންނާއި އޭނަ ދިމާވެފައިވަނީ ސްކޫލް ދައުރުގައެވެ. އޭރުވެސް އޭނައަކީ މަޑުމައިތިރި އަހްލާގު ރަނގަޅު ބަސްމަދު ކުއްޖެކެވެ. ދެން މިއަދު އޭނަ ކުއްލިއަކަށް އެކަހަލަ ބޮޑު ކަމެއް ކުރާންވީ ކީއްވެ ހެއްޔެވެ. “އޭރުވެސް އަހަރެންނަށް […]
ސީމާގެ އެޕާޓްމެންޓަށް ވަންނަ މީހުން ދިޔައީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ސީމާގެއަންހެން ރަށްްޓެހިންނަށްވުރެ ގިނައީ ފިރިހެން ރަށްޓެހިންނެވެ. އަންނަ ގިނަމީހުންގެއެދުމަކީ ސީމާގެ ޒުވާންހަށިގަނޑުގެ ފޮނިމީރުކަންލިބިގަތުމެވެ.ގެއެކޭ ކިޔުމަށްވުރެ އެތަނަށް ނާސިގެއެެކޭ ކިޔުންވެސް މާރަނގަޅުވާނެއެވެ. އިންތިޒާރު ކޮށްލައްވާ….
ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ. އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ […]
ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ. މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ […]
ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ. “ކޮއްކޮމެންނޭ…. އާދޭ އެއްގަމަށް ބޮޑުރާޅެކޭ….” އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ. ސީމާގެ އަތުން އޭނާގެ […]
“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….” މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ […]
މާޒީގެ ތެރެއިން އަހަންނަށް ހޭވެރިކަން ވީ ގެޔާއި ޖެހިގެން ހުންނަ މިސްކިތުން އަސުރު ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އަވަސްވެގަތީ އަސްރުނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިއުމަށެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުކުރިމަތީގައި ހުރި ފޮށިގަނޑަކާއި ހުދު ސިޓީ އުރަ ފެނިފައެވެ. މޫނުމަތިން ދާތިކިތައް ވިދަންފެށީ މީހަކަށް ފެނިއްޖެނަމަ ވާނެ ގޮތް ހިތަށް އަރާފައެވެ. އަހަރެން އަވަސްވެގަތީ މީހަކަށް ފެނުމުގެ ކުރިން އަވަހަށް އެއެއްޗެހި އެތެރެއަށް ވެއްދުމަށެވެ. ……………………………………………………………………………………………………………. ރާޝިން އަށް ނޭނގުނު ކަމަކީ އޭނާ […]