
ރަހުމެތް ނެތް ހިތް [2]
މާޒީގެ ތެރެއިން އަހަންނަށް ހޭވެރިކަން ވީ ގެޔާއި ޖެހިގެން ހުންނަ މިސްކިތުން އަސުރު ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އަވަސްވެގަތީ އަސްރުނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިއުމަށެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުކުރިމަތީގައި ހުރި ފޮށިގަނޑަކާއި ހުދު ސިޓީ އުރަ ފެނިފައެވެ. މޫނުމަތިން ދާތިކިތައް ވިދަންފެށީ މީހަކަށް ފެނިއްޖެނަމަ ވާނެ ގޮތް ހިތަށް އަރާފައެވެ. އަހަރެން އަވަސްވެގަތީ މީހަކަށް ފެނުމުގެ ކުރިން އަވަހަށް އެއެއްޗެހި އެތެރެއަށް ވެއްދުމަށެވެ. …………………………………………………………………………………………………………….
ރާޝިން އަށް ނޭނގުނު ކަމަކީ އޭނާ އެހާ ސިއްރުން އެއެއްޗެހި ނެގިކަމުގައިވީ ނަމަވެސް އެކަންތައް ފެނުނު މީހަކު ހުރި ކަމެވެ. އެވަގުތުވީ ރާޝިންގެ އެންމެ ގާތް އެކުވެރިޔާ އަދި އެރަށު ޕޮލިސް ސްޓޭޝަން ގައި މަސައްކަތް ކުރަމުން އަންނަ ފިޒާން، ރާޝިންގެ ގޭ ކައިރިއަށް ސައިކަލުގައި އައިސް ހުއްޓުނު ވަގުތެވެ. ރާޝިންގެ މޫނުމަތިން ފެންނަމުންދިޔަ ހާސް ކަމާއި ކަންބޮޑުވުން އޭނާ އަށް އަންގައިދިނީ ކޮންމެވެސް ކަމެއް ގޯސް ކޮށް ހިނގައިފި ކަމެވެ.
……………………………………………………………………………………….
ސިޓީ އުރަ ކެނޑުމަށް ފަހު އަހަރެން ކިޔަން ފެށީމެވެ. ” އަހަރެން ރާޝިންގެ އަންހެނުންނާއި ދަރިން މިތާ ބައިތިއްބާފަ މިތިބީކީ އަހަރެމެން ވަކި ކުރާނެ ކަމެއް ނެތީމަކާ އެއްނޫން…. ކަލޭ ކުރި ކަމެއްގެ ބަދަލު ހިފަން ވެގެން…. އަދި އަހަރެން މިއީ ކާކު ކަމެއްކަން ނުބުނެވޭދޯ!.. މާދަމާ ރަށުގެ ތުނޑީކޮޅަށް އާދޭ! ބަރަާބަރު 5 ޖަހާ އިރު.. ހަނދާންކޮށް އެކަނި އަންނާނީ! އުއްމީދުކުރަން ތިފޮށިގަނޑުގަ އޮތް އެތި ކަމުދާނެކަމަށް.. އެންޖޯއި!!!”
އަހަރެން ދެން އަވަސްވެގަތީ އެ ފޮށިގަނޑު ކެނޑުމަށެވެ.. އަހަރެން އޭގައި އޮތް އެއްޗެއް ނެގި ތަނާ ދިޔައީ ސިއްސައިގެންނެވެ. އޭގައި އޮތީ އަހަރެންގެ ދޮށީ އަންހެން ދަރިފުޅު ރަފޫޝާ ގެއްލުމުގެ ކުރިން ލައިގެން ހުރި މަޑު ދޮން ކުލައިގެ ނިދާ ހެދުމެވެ. ލެއިން ތަތްތެޅިފައެވެ. އަހަންނަށް ހުރެވުނީ ފާޑާ ކަށް ހުއްޓުން އަރާފައެވެ. ” ރަފޫޝާ!!” އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނީ އެއްވެސް އިހުތިޔާރަކާނުލައެވެ.
…………………………………………………………………………………………….
އަނދިރި ކޮޓަރިއެކެވެ. އިންސާނުން ތަކެއްގެ ނޭވާ ލާ އަޑާއި ކުކުރާ އަޑުނޫން އެހެން އަޑެއް ނީވެއެވެ. ” ދޫކުރޭ!! އަހަރެމެން ދޫކުރާށޭ! އަޑެއްނީވޭތަ…؟. ކޮންތާކަށް އަހަރެމެން ލާފަ މިތިބީ!!” އެ އިވުނީ ރާޝިންގެ އަންހެނުން ސަފޫރާގެ ހަޅޭކުގެ އަޑެވެ.” މަންމާ ކޮއްކޮ ބިލުގަނޭ!” ދެން އިވެންފެށީ ސަފޫރާ އާއި ރާޝިންގެ ތުއްތު ތުއްތު ދަރިފުޅު ރަފްޝާ ގެ މައުސުމު އަޑެވެ. ” އޭ!! ވާހަކަ ނުދައްކާ….މައިތިރި ވޭ! ” ބަރު އަޑެކެވެ. އަނދިރިކަމުން ހަމައެކަނި ލަފާކޮށްލެވޭކަމެވެ. ދެލޮލަށް އިނގިލި ކޮއްޕާލިއަސް ނެނގޭނެ އެވެ. ” އަހަރެމެން މިތިބި ކޮންތާކު؟ ބުނޭ؟ ކޮބާ އަހަރެންގެ ރާޝިން؟ ކޮބާ އަހަރެން ގެ ދެ ދަރިން…. ކަލޭމެން ކޮން ކަމެއް ބޭނުން ވަނީ؟” ސަފޫރާ ވަރަށް ހިތްވަރު ކޮށްލާފައި ސުވާލު ކުރަން ފެށިއެވެ. ” ބުނެފީމެއްނު މައިތިރި ވާށޭ!.. ހަޅޭނުލަވާ ތިތާ މައިތިރި ވެގެން އިނދޭ ނޫނީ ކަލޭގެ މި ދެ މައުސޫމު ދަރިން ކަލޭ ލޯ ކުރިމަތީގައި މަރާލާނީ!” ހަމަ އެ ބަރު އަޑެވެ. ” ނޫން… ނޫން… އަހަރެންގެ ދެދަރިންނަށް އެއްވެސް ކަމެއް ނުކުރާތި …އަހަރެން މަޑުން ހުންނާނަން…” ސަފޫރާ ހަތިޔާރު ބެހެއްޓިކަހަލައެވެ. ކުއްލިއަކަށް މުޅި ކޮޓަރި ދިއްލިއްޖެއެވެ.. ސަފޫރާ އާއި އޭނާގެ ދެދަރިން ވަށައިގެން ތަންތަން ހޯދަން ފެށިއެވެ..
އެއީ ޓިނު ކަހަލަ އެއްޗަކުން ހަދާފައިވާ ކޮޓަރި އެކެވެ. މެދު ގައި ހަތަރެސްކަން މޭޒެއް ހުރިއިރު އެ މޭޒުވަށައިގެން 4 ގޮނޑި ހުއްޓެވެ. ސަފޫރާގެ ކުރިމަތީ ގައި 7 އަހަރުގެ ރަފޫޝާ އިން އިރު ކަނާތް ފަޅީގައި 2 އަހަރުގެ ރަފްޝާ އެވެ. ސަފޫރާގެ ވާތް ފަޅީގައި ބޯ ދިގު ކޮށް ހުރި ފިރިހެނެއް އިނެވެ. ކަޅުކުލައިގެ އަތް ކުރު ޓީޝާޓް އަކާއި ކަޅުކުލައިގެ ޖީންސެއްގައި އެ ގޮތް ނޭނގޭ މީހާ ހުރިއިރު ކަރާއި އަތް ވަނީ އެކި ސައިޒުގެ ފަށްތަކުން ވަނި ފުރާލާފައެވެ. އޭނާ އިނީ ކުޑަ ކުޑަ ވަޅިއެއް މޭޒަށް ހަރާލަ ހަރާލަ އެވެ.. ސަފޫރާ އާއި އޭނާގެ ދެދަރިން ހުރީ ދެއަތް ފުރަގަހަށް ލާފައި ގޮނޑި އާއެއްކޮން އައްސާފައެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ………
22 Comments!
Comments are closed.
Yes me first v nice
thnks.. congrats… 🙂 😉
hey guyss… sry fr de late update.. net sloww vgn.. v varun mi up kuryy vs.. hope u guys will lyk it.. thks fr de support.. enjoyy.. 🙂 🙂 🙂 😉
nukko.. omg e v kihineh 😮 .. nyc vrh nyc.. n i luv tht mammaa kokko biluganey hehehe.. i missd tht thing.. vrh vrhhh nyc.. watin fr nxt prt.. 😉 gd lck
haha dww.. nd thnks… v avahah in sha allah up kuraanan.. once again thnks.. 🙂 🙂
vvvvvvv salhi .. keep it up nukko .. n gud luck 🙂 .. when next part? waiting waiting .. 🙂
thnks.. in sha allah v avahah
Hmm curious to read 🙂 😉 but due to late uploading I really had to wreak my brain to remember the last part 🙁 it’s kinda nerve wreaking hope u will upload the story fast
Gd lck……
sorry ira.. wifi sloww kamun hama nuvey.. v undhagulun up kury vs.. sorry once again.. 🙁
nd thanks.. will try to upload asap
V salhi.. keep up d gud wrk..
thnkss 🙂
Haadha kurey thankolheh dhigukon genesdhybala story v nice
will try adhi vs dhigu kohleveytho.. hehe thnkss
V.reethi maashaa allah… Ryn ge best friebd dho thee… U write just like ryn..
hehe yupp yaania.. im ryyn’s bff… thnksss… really ryyn gothah tha liyanyy.. hehehe.. bff viyya :p :p 😉 😉
V v short.
Will try dhigu kohllan.. thnks… 🙂 🙂
Rangalhu gothakee, sofooraa aai eynaage dhe dharin “thibee” dhe ai furagaha lai assafa eve’ mihen. Dhen vaa goi balan curious.
thnks
ohh ? dhen vaany kihinehbaa! varah reethi ingey.. dhen oi bai vx kiyaalaanan ?
Thnk u faxooo….. 🙂 🙂
vvvv reethi.haadha inthixaareh kuramey kuriyah vaany kihineh tho balan.