– – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – – މާތްﷲގެ ވަލީވެރިންނަކީ ކޮބާ؟ މި ދުނިޔޭގައި މާތްﷲ މީސްތަކުންނަށް ދެމަގަށް މަގުދެއްކެވި ފަދައިން، އެކަލާނގެ ދެބައިމީހުން މިދުނިޔޭގެ މީސްތަކުންގެ ތެރޭގައި ލައްވާފައިވެއެވެ. އެއީ ޝައިޠާނާގެ ހެއްލުންތެރިންނާއި ﷲގެ ވަލީވެރިންނެވެ. މިއީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމެކެވެ. އޭގެތެރެއިން ޝައިޠާނާގެ ވަލީވެރިންނާ ޚިލާފަށް ﷲގެ ވަލީވެރިންނަކީ ދެދުނިޔޭގެ ބާއްޖަވެރިންނެވެ. ކާމިޔާބު ލިބުނު މީހުންނެވެ. އެއީ މާތްﷲގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބާ، ނަހީކުރެއްވި ހުރިހާ ކަމަކުން […]
ހުވަފެން ހުވަފެނަކީ، ވޭނީ، ބިރުވެތި، އުފާވެރި، އަޖއިބުކުރުވަނިވި އެއްޗަކަށްވެއެވެ. ބައެއް ހުވަފެން ތެދުވެއެވެ. އަދި ބައެއް ހުވަފެން ކުރިމަތިވަމުން އަންނަ ކަމަކަށް އިޝާރާތް ކުރެއެވެ. ހަރުގަނޑު– ހަރުގަނޑެއްގެ އެންމެ މައްޗަށް އެރީތީ ހުވަފެނުން ފެނިއްޖެ މީހަކުގެ ކުރިމަގު ވަރަށް އުޖާލާވާނެއެވެ. ބޮޑެތި ކާމިޔާބީތަށް ހާސިލްކުރެވޭނެއެވެ. މީ ކިޔަވާ ކުދިންނަށް ވަރަށް މުހިއްމު ހުވަފެނެކެވެ. އެ ކުދިންނަށް ކިޔެވުމުގެ ރޮނގުގައި އޭނާ ކުރިއަށްދާން ބޭނުންވާ ކޮންމެ ހިސާބަކަށްވެސް ކުރިއަށް ދެވޭނެއެވެ. އެންމެ ހިތްއެދޭ މީހާއާއި ކައިވެނިކުރެވޭނެއެވެ. މި ހުވަފެނަކީ […]
މިއީ މީގެ 90ވަރަކަށް އަހަރު ކުރީ ހިނގި ހާދިސާއެއްގެ ސަބަބުން ނިޝާއަށް ދިމާވަމުން އަންނަ ކަމެކެވެ. މާޒީގެ ރަން ދުވަސް ތަކެވެ. ޖިންނީންގެ ދުނިޔޭގައި ވަރަށް މަދުން އުޅޭ ލޭބޯ ޖިންނީންގެ އާއިލާއަކަށް ނިސްބަތްވާ ލޭބޯ ޖިންނިއެއް ކަމަށްވާ އަބީޔު ޖިންނި ލޯބީގެ ގޮތުން ގުޅިފައިވާ މައިޝާ ސިހުރުވެރިއެއްގެ އަތްދޮށުވެއްޖެއެވެ. މި ސިހުރުވެރިޔާއަށް މައިޝާވަރަށް ކަމުދިޔައެވެ. އަދި މި ޖިންނި އޭނާގެ ސިހުރުގެ ބާރު ބޭނުން ކޮށްގެން އިންސާނަކަށް ބަދަލު ކުރުމަށް ސިހުރުވެރިޔާ މަސައްކަތްތައް ފަށައިފިއެވެ. އަބީޔު […]
އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ ކަޅުފޮއި ރެއެވެ. އަހަރެންގެ ވަށައިގެންވި އަނދިރިކަން އަހަރެންގެ އެކަނިވެރިކަމުގެ ފައިދާ ނެގުމަށް އެހެން ފަރާތަކަށް ހިތްވަރުދިން ރެއެވެ. ބާރަށް ރޮއިހަޅޭއް ލަވަމުން ސަލާމަތަށްއެދި ކުރި އާދެސް އަހާނޭ ފަރާތެއްނެތި އަހަރެން މުޅި ދުނިޔެއަށް ގިނަވި ރެއެވެ. މުޅިއުމުރުގައި އެރޭގައި އެލިބުނު ވޭނީ އަނިޔާގެ ހިތާމަ އުފުލަން ޖެހިދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އަހަރެންގެ ތަގުދީރެވެ. އިންތިޒާރު ކޮށްލައްވާ…. (މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް […]
އިރުއަރައިގެންއައީ ވަރަށްވެސް ހިތްގައިމު ދުވަހެއްގެ ގޮތުގައިއެވެ. ނަމަވެސް މިއަދު ބިންވަޅުނަގަން އެ އުޅޭ މުސީބާތަކީ ކޮބައި ކަން އެކަކަށްވެސް ހަމަނޭންގެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަސައްކަތާއިގެން އެ އުޅެނީއެވެ. ދެން ވާނީ ކޮން ކަމެއްކަންވެސް ނޭނގި ތިއްބާ އެ ބިންދައިލީ ބޮޑެތި ބިޔަ ރާޅު ތަކެކެވެ. މުޅިރަށް ގެނބިގެން ދިޔަފަދައެވެ. މި ރާޅުތައް ރަށަށް ބިނަދައިލީ ހުރިހާ އެންމެންވެސް އެބައެއްގެ މަސައްކަތުގައި މަސްއޫލުވެގެން ތިއްބައެވެ. ހަލީނާއާއި އަރަޝްއަށް ތިބެވުނީ ވަރަށްވެސް ނުރައްކާތެރި ހިސާބެއްގައި އެވެ. ރަށުގެ ގޮނޑުދޮށުގައި […]
އަހަންނަށް ވޭނީ އާހެއް ދޫކޮށްލެވުނެވެ. ބަނޑުގައި ފިރުމާލެވުނީ އުފަލުން ފުރިގެންނެވެ. ނަަމަވެސް ވާން މިއުޅެނީ ކިހިނެއް ކަމެއް ޙުދު އަހަންނަކަށްވެސް އިހުސާސެއް ނުކުރެވެއެވެ. ބޭއިހްތިޔާރުގައި އަހަންނަށް އަމްރު އޭ ކިޔާ ހަޅޭއްލެވުނެވެ. އޭރު އަހަރެންގެ ބަނޑަށް 36 ހަފްތާ ފުރިއްޖެއެވެ. އަހަރެންގެ ފިރިމީހާ އަމްރު އަހަރެން ވަގުތުން ނަގައިގެން ގެނދިޔައީ އޭ.ޑީ.ކޭ އަށެވެ. ވަގުތުން އަހަރެން ވިހާނެ ކަމަށް ބުނެ ވެއްދީ ތިއޭޓަރަށެވެ. ކުއްލިއަކަށް އަހަންނަށް އިވެން ފެށީ ތިއޭޓަރުގެ ތެރެއިން އެހެން އަންހެނެއްގެ ވޭނީ ކެކުޅުމުގެ […]
ކަސްރަތީ ރީތިހަށިގަނޑެއްގެ ވެރިޔަކައްވުމައް އެންމެންވެސް އެދޭނެއެވެ. ހަށިގަނޑުގެ އެކިތަންތާ ބޭކާރުމަސްގިނަވެ ލޮކިމަސްޖަހާ ބަރުހެލިކޮއް ހުރެއްޖެނަމަ މީސްތަކުންގެ މަލާމާތުގެކަޅި އަމާޒުވެ’ ތިމާވެސް އަމިއްލަ ހަށިގަނޑާމެދު ލަދުގަންނަ ހިސާބައްދާންޖެހެއެވެ. މިލިޔުމުގާ މިހިމަނާލަނީ ހަށިގަނޑުން ބޭކާރުމަސްތައް ވިރުވާލުމައް ކުރެވިދާނެ ކަމެކެވެ. –1* ލުނބޯ’ […]
“ހަލޯ ޑޭޑް.. ޔެއާ..އޯކޭ..” ލޫހާން ފޯނު ބޭއްވިއެވެ. ފަހަތް ރަނގަޅަށް ބަލާލުމަށްފަހު ޖެހިގެން އޮތް ގޯޅީގެ ތެރެއަށް ވަނދެގެން ދިޔައެވެ. އޭނާގެ އިންތިޒާރުގައި އޮތްކާރަށް އެރިއެވެ. “ޑޭޑް.. އޭރު ރޭވުނުގޮތަށް ކަންތައް ހިގަނީ.. ކިއާ އަކަށް ޝައްކެއް ނުވާނެ..” ލޫހާން ވާހަކަ ދެއްކިއެވެ. “ރަނގަޅު..އެކަމް ލޫހާން ދެން ޑޭޑް ކިއުން ހުއްޓަންވީނު؟..” ރަޝީދުބުނެލިއެވެ. “ހެހެ..ދެން އާދަވެފައި އިނީމަ އެހެންނޫނަސް ދުވަސްގަނޑެއްފަހުން ހަމަ ޑޭޑް ކިޔަންޖެހޭނީ..ހެހެ..” ލޫހާން މާނަވީ ހިނިތުން ވުމެއް އަރުވައިލިއެވެ. ރަޝީދުވެސް ތިޔައީ ތެދެކޭބުނެލިއެވެ. ލޫހާންކާރުން ނިކުމެލީ ކިއާ އަށް އެތަނަށް އާދެވުމުގެ ކުރިން އަވަހަށް އެތަނުން ދިއުމުގެ މަގްސަދުގައިއެވެ.ނަމަވެސް ލޫހާންއަށް ނިކުމެވުނީ ޝީންގެ ކުރިމައްޗަށެވެ. އޭނާ ރަނގަޅަށްވެސް ބޭޒާރުވީތާއެވެ. ކިއާ އަށް އާދެވުމުގެ ކުރިން ލޫހާން ޝީންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ކިއާއަށް އާދެވުމުގެ ކުރިންޖެހިގެން އޮތް ގޯޅިއަށް ދެމީހުން ވަނެވެ. “ޝީން އަވަހަށް ކިއާ އަށް ގުޅާފަބުނޭ އާރޖެންޓް ކަމެއް ޖެހިގެންނޯ ދިޔައީ ނަގަން އައިސް އިނީމަ..އަވަސް..ޕްލީޒް..” ލޫހާން ދެފަރާތް ހޯދައިލަމުން ބުނެލިއެވެ.”އެކަމް ކީއްވެ ބުނަންވީ؟ އެކާރުން ލޫހާން ނިކުންނަ ވި ސަބަބެއް ބުނޭ..އޭރުން..” ޝީން ވެސް އަހއެވެ. “ޕްލީޒް ފުރަތަމަ ބުނެބާ އޭރުން ބުނާނަން ޕްރޮމިސް….އަވަސް..” ލޫހާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ޝީން ފޯނުނަގައި ކިއާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަހަރު ރިންގުވުމާއެކު ކިއާ އެކޮޅުން ފޯނުނެގިއެވެ. “ހޭއި ކިއާ ސޮރީ ވަރަށް މުހިންމު ކަމެއް ޖެހިގެން ދޮންބެ ބަލާއައުމުން ދިޔައީ.. ދެން ބާއްވަނީ އިނގޭ..ނެތް މިގަޑީގައި ވާހަކަ ދެއްކޭކަށެއް..ބާއި ޓޭކްކެއާރ”ޝީން ފޯނުކަނޑައިލިއެވެ. “ހުންންންން ބުނޭ..އަވަސް” ޝީން ކެތްމަދުވެފައި އިންކަހަލައެވެ. “ކިއާ ކައިރީ ނުބުނަންޗޭ.. މިއުޅެނީ ކިއާގެ ލޯބި ޓެސްޓުކުރަން..ދެން އަމިއްލަޔަށް ގެޓުކުރޭ.. ޔޫ ހޭވް އަ ގްރޭޓް ސެންސް އޮފް ހިޔުމާ..” ލޫހާން ބުނެލިއެވެ. ********* (ދެހަފްތާފަސް) “ޓެސްޓުވެސް ނިމުނީ.. އުންމީދުކުރަން ކިއާ ބައްޕަ ބުނިގޮތަށް […]